ނައިޒަކްމެނަށް މާލެ ދެވުނުއިރު އެ ދުވަހުގެ އިރުއޮއްސިއްޖެއެވެ. އުޑުމަތި މަޑު އޮރެންޖް ކުލައެއްގައި އޮތް އިރު އެއީ މޮޅު ކުޅުންތެރިއެއްގެ ކުރެހުމަކަށްވުރެވެސް ފުރިހަމަ މަންޒަރަކަށް ވާނޭކަން ކަށަވަރެވެ. އިރުއޮއްސުނު އިރުވެސް މުޅި މާލޭގެ މަގުމަތި ވަނީ މީހުންތަކުން ފުރިފައެވެ. ފަޅަށް އެންމެ މަގެއްވެސް ފެންނާކަށް ނެތެވެ. މީހުންތަކުގެ ތެރެއިން ސައިކަލު ދުއްވައިފައި ނައިޒަކް އެމީހުންގެ ގެއާއި ހަމައަށް ދިޔައެވެ.ގޭޓު ކައިރީ ސައިކަލު ޕާކްކުރުމުން ރިޝާނާ ސައިކަލުން ފޭބިއެވެ. ސެކިއުރިޓީ ގާޑު ގޭޓު ހުޅުވައިލަދިނުމުން ރިޝާނާ ވޯކްވޭއިން ހިނގައިލައިފައި ގޮސް […]
ރައިހާން އަހަރެންގެ ނިތުގައި އަތް ބާއްވާލިއެވެ.. އެވަގުތު އަހަރެންނަށް ބުނެދެން ނޭނގޭ އުފަލެއް ލިބުނުނެވެ.. މުޅި ހަށިގަނޑުގައި ކަރަންޓު ބާނި އެއް ދައުރު ކޮއްލި ފަދައެވެ… “ރައިހާން .. އައި ..ލަ ” އަހަރެން ބުނަން އުޅުނު ޖެމްލަ ހުއްޓުނީ.. ރައިހާންެ ފޯނު ގެ ވޯލް ޕޭޕާރ ގައި އިން އީޝާގެ ފޮޓޯފެނި ފައެވެ.. ވަގުތުނަ އަހަރެންގެ އަނގަ ބަންދުވިއެވެ.. ހިތަށް ތޫނު ކަށިތަކެއް ހަރާލި ފަދައެވެ.. އަހަރެން ކުރި ހިއްވަރު ވީ ބޭކާރެވެ.. “ކީކޭ ؟” […]
އެދޮރުން ކޮޓަރިއަށް ވަދެގެން އައީ މިއަދު ސުކޫލުން ފަތީން އާއި ދިމާވި ދިވެހި މުދައްރިސްއެވެ. އޭނާ ހުރީ އާދައެކޭ އެއްފަދައިން ވަރަށް ހިނިތުން ވެލާފައެވެ. އޭނާ ފެނުމާއެކު ފަތީން ވަރަށް ހައިރާންވިއެވެ. އޭނާގެ ކޮޓަރީގައި ފަތީން އޮތީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. “މިސްގެ ކުލާހުގަ މިއަދު އިން ކުއްޖެއްދޯ؟ ނަން ހަނދާން ނެތިގެން މިސް މިއުޅެނީ..” ފަތީން އޮށޯވެގެން އޮތް އެނދު ކައިރީގައި ހުރި ކުޑަ ޑްރެސިންޓޭބަލް ގޮނޑިއެއްގައި އިށީންނަމުން އޭނާ ސުވާލުކޮށްލިއެވެ. “ފަތީން… ނަމަކީ […]
ނޯޓް: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ފަތިހުގެ ހިތްގައިމު ވަގުތެވެ. ކޮވެލި ތަކުގެ ނަލަ ނަލަ އަޑުން ތަފާތު ރާގު ރާގަށް ލަވަ ކިޔަމުން ދާއިރު އުޑުމަތީ ގައި ހަނދު އޭގެ ވާޖިބު އަދާކުރުމަށް ފަހު ދުނިޔެ އާއި އަލްވަދާޢު ކިޔަން ތައްޔާރު ވަމުން ދިޔަ އެވެ. ހަދީޖާ ފަތިސް ނަމާދު ކޮށްލައި ގެން އޭނާގެެ ދެ ދަރިން ގޭ ގައި ތިބި ތޯ ބެލުމަށް ފަހު، ގޭގެ އިމާއި ގުޅިފައިވާ […]
އެއިރު ނިކްހާގެ ބޮލުން ފައިބަމުން ދިޔަލެއިން ސިޓިންރޫމްގެ ހުދު މާބްލްސްތައް ރަތްވަމުން ދިޔައެވެ. ޔަނާލް ނިކްހާގެ އަތްތިލައިގައި ހިފާ ބާރުކޮށްލިއިރު އަޑުންއަޑުނަގައި ރޯންފެށުނެވެ. އެއްފަހަރު ނިޝާ ކޮޓަރި ދޮރާ ދިމާއަށް އަނެއްފަހަރު ނިކްހާ އާ ދިމާއަށް ބަލަމުން ދިޔަ ޔަނާލް އަށް އެކޮޓަރި އަށް ވަންނާކަށް ނުކެރުނެވެ. ހާސްވެފައި އިންވަރުން އާއިލާ މީހަކަށް ގުޅަން ވެސް ހަނދައިން ވީ އިރުކޮޅެއް ފަހުންނެވެ. އަވަސް އަވަހަށް ޔަމާން އަށް ގުޅާ ކުރުގޮތަކަށް ވީގޮތް ކިޔައިދިނުމަށްފަހު އަވަހަށް އައިސްދިނުމަށް ބުނަމުން […]
ނިދިފައި އޮތް ނައިޒަކް އަށް ހޭލެވުނީ އޭނާގެ ކޮޓަރީގައި ޓަކި ޖަހާ އަޑަށެވެ. ނަމަވެސް ނައިޒަކް އަށް ރަނގަޅަކަށް ދެލޮލެއް ނުހުޅުވުނެވެ. ދެލޯ އެއްކޮށް ތަތްލާފައިވާ ކަހަލައެވެ. ގަދަކަމުންވެސް ނައިޒަކް ދެލޯ ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެއިން ކޮންމެ ފަހަރަކު ނައިޒަކްގެ ދެލޮލަށް ތަދުވެއެވެ. ނައިޒަކް މަޑުމަޑުން އަތް ގެންގޮސް ސައިޑް ޓޭބަލް މަތީގައި އިން ފެންޖަގުގައި ހިފެހެއްޓިއެވެ. އަދި މަޑުމަޑުން އޭތި ގާތަށް ގެނެސް ނައިޒަކް އޭގެން ފެންފޮދެއް އަތުގައި […]
ހެއި ރީޑަރސް!…. މި ވާހަކައިގެ އުޅޭ އާނިޝާ އެންޑް އާނިޝް ގެ ނަން މާބޮޑަށް ގުޅޭތީވެ، އާނިޝާ ގެ ނަން ..*އަފްރީން*.. އަށް ބަދަލު ކޮށްލައިފީމެވެ. ”ޔާޝާ…. ދީބާ ނަންބަރު” އާނިޝާ ބުނެލިއެވެ. ޔާޝާ ނަމްބަރު ދިނުމުން އާނިޝާ އަށް މިސް ކޯލް އެއް ޖަހާލާފައި މިރޭ ކޮންމެސް ވަގުތެއްގެ ގުޅާނަން ކަމަށް ބުނެ، އަނުމް މެން ކައިރި އަށް ދިޔައެވެ. *** ހެނދުނުގެ ވަގުތެވެ. ޔާޝާ އޮފީހައް ގޮސް ވަތްއިރު އޮފީހުގައި އުޅެނީ އައިޝަން އެކަންޏެވެ. […]
ރަނގަބީލުގެ އަޑާއެކު ކޮންމެ ކުއްޖަކުވެސް އެކުއްޖަކު އިށީންދެގެން ތިބި ތަންތަނަށް ބެހިގެން ދިޔައެވެ. ދިވެހި ގަޑި ނަގައިދެއްވަން މިއަދު އައީ މުޅިން އާ ޓީޗަރެކެވެ. އެއީ ވަރަށް ޒުވާން ޓީޗަރެކެވެ. ލޫޅާފަތި ހަށިގަނޑަކާއި ފަންއިސްތަށި ގަނޑެއް ފިލިފައިވާ އޭނާ ހުރީ އާދައިގެ އިސްކޮޅެއްގައެވެ. އޭނާގެ ހަމުގެ ދޮންކަމާއި މޫނު މަތީގެ ރީތިކަމުގެ ޖާދޫގައި ކުލާހުގެ ހުރިހާ ފިރިހެން ކުދިން ތިބީ ޖެހި އާގަމަ ވެފައެވެ. އެ މުދައްރިސް ދުރުވެ ހުރިހާ ކުދިންނަށް އޭނާގެ ތައާރަފެއް ދިނެވެ. އޭނާގެ […]
އާދައިގެމަތިން ނީލް މިއަދުވެސް ކެމެރާ ހިފައިގެން ގެއިން ނިކުތީ އަތިރިމަތީގެ އިރުއޮއްސޭ މަންޒިރުގެ ރިތިފޮޓޯކޮޅެއެއް ނަގާލުމުގެ ނިޔަތުގައެވެ. ނީލް އޭނާގެ އަތުގައި އޮތް ކެމެރާ ކޮނޑުގައި އަޅުވާލައިގެން ، ސައިކަލަށް އަރާ މިސްރަބުޖެހީ އަތިރި މައްޗަށެވެ. ނީލްއައް ސައިކަލުގައި ދުއްވާފަ ދެވުނީ ވަކި ހިސާބަކަށެވެ. ވަރަށް ކަޅު ވިލާތަކެއް ދުނިޔެމައްޗަށް ރަސްކަން ކުރަން ފަށައިފިއެވެ. އިރުކޮޅެއްނުވަނީސް ބޯކޮން ވިއްސާރަ ވެހެން ފަށައިފިއެވެ.މަގުގެ އެއްކައިރީގައި ސައިކަލު ޕާކް ކޮއްލުމައްފަހު ނީލް އޭނާގެ ސައިކަލުގެ ވަށިގަނޑުގައި އޮތް އެނާގެ ކުޑަޔާ […]