އެއްމެ ފަހުން އިސްރާ އަށް ބޮލަށް އުނދަގޫ ވާވަރަށް ކިޔަން ފެށީމައި އިސްރާ ހިތާ ހިތާ ކިޔާލި އެވެ. “މީނަގެ ބައްޕަ ވެސް ކަމެއް ބޭނުން ވެއްޖިއްޔާ އަބަދު ކައިރީގައި ވިއްދާ ފައި… ހަމަ އަނީލްގެ މިޒާޖު… ޕިސް ޕިސް ޕިސް..” *** މިހެން ކިޔާފައި ކޭކު ބަޖިޔާ ހަދާ ނިންމާލި އިރު ތިންގަޑި ސާޅީސް ފަހެއް ވެއްޖެ އެވެ. އައިނާ އިސްރާ ކައިރީ އަވަހަށް ތައްޔާރު ވާން ދާށޭ ބުނެލި އެވެ. އިސްރާ ތައްޔާރު ވެގެން […]
އިކާލް އާއި މާއީ އަކީ އެއް އުމުރެއްގެ އަދި އެއްކުލާހެއްގައި ތިބޭ ދެކުދިންނެވެ. އަދި މިދެ ކުދިންނަކީ އެންމެ ގާތް އެކުވެރިންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ދެކުދިންގެ ހިތުގައިވެސް އެކަކު އަނެއްކަކަށްޓަކައި އިހްސާސްތަކެއް އުފެދެމުން އަންނަ އިރު އެ އިހްސާސްއަށް ދޭނެ ނަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް ދެމީހުންވެސް އެއްވެސް ދެގޮތެއް ނުވެ އެކަކު އަނެކަކަށް އެހީތެރި ވެދީ ހުރިހާ ސިއްރުތަކެއް ކިޔައިދެމުން ދިޔައެވެ. ރާކިން އާއި ފާއިޒް އަކީ ވެސް އިކާލްމެންނާއި އެއް […]
ޝަން އަށް ވެސް އައިޝަން ކުރަން އުޅުން ކާމިޔާބެއް ނުވިއެވެ. ވީ ނާކާމިޔާބެވެ. *** ”ދޮންތާ…..” ޔަނާލް ޔާޝާއަށް ގޮވާ އަޑައް ޔާޝާ އައިސް ކޮޓަރިއަށް ވަނެވެ. ”ދޮންތަގެ ފޯން ރިންގް ވާއިރު ވެސް ދޮންތަ ތިހުންނަނީ ބޭރުގަ. ދެންވެސް އަވަހައް ފޯން ނަގާބަލަ” ޔާޝާ އަތައް ފޯނުު ދެމުން ޔަނާލް ބުނެލިއެވެ. ”ހަލޯ” ޔާޝާ ފޯނު ނެގި ގޮތައް ބުނެލިއެވެ. ”މިރޭ އަށެއް ޖަހާކަން ހާއިރު ދެޑީ ވެގެން ހުންނާތި. އަހަރެންް މަންމަ އަށާއި ގޭ […]
“އައުޗް… މަންމާ…” ކެއްކުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ހަޅޭއްލަވައިގެން އަޑު އިވުނެވެ. މަސައްކަތް ހުއްޓާލުމަށްފަހު، އަހަރެމެން އަވަސްވެގަތީ، ވީގޮތެއް ބެލުމަށެވެ. ********************** “މަގޭ ދަރި..” ޖަމިއްތައަށް ބާރަށް ބުނެވުނެވެ. އޭރު ވާތު ފައި ކުޑަކޮށް ހިއްލާލައިގެން ހުރި، ރިފާގެ ފައިން ލޭ އަންނަމުން ދިޔައެވެ. އާޔާ ދުވެފައި ރިފާގެ ކައިރިއަށް ގޮސް، އޭނާގެ ކޮނޑުގައި ހިފެއްޓިއެވެ. ރިފާގެ ދެތުންފަތް ޖައްސާ ބާރުކޮށްލެވިފައިވީގޮތުން، އޭނާއަށް ވަރަށް ތަދުވާކަން އެނގެއެވެ. މޫދުގައި އުޅުނު އެންމެންވެސް […]
އާދައިގެ މަތިން ސުކޫލު ނިންމާލުމަށްފަހު އަހަރެން ގެޔަށް އައީމެވެ. ކޮޓަރިއަށް ވަނެ ފެންވަރައިލައިގެން އަހަރެން އެނދުގައި އިށީންދެލައިގެން އިނެލީ މިއަދު ކުލާހުގައި ވީ ކަންތަކާއި މެދު ވިސްނާލުމަށެވެ. ނަމަވެސް އަހަރެންނަށް ވިސްނެނީ މުޅިން އެހެން ކަމަކާއިއެވެ. ކުލާހުގައިވީ ކަންތަކާއި މެދު ވިސްނުމަށްވުރެ އަހަރެންގެ ސިކުނޑި ދިޔައީ އެހެން ކަމަކަށް ވިސްނުމަށް އަމުރު ކުރަމުންނެވެ. އެކަންތައްތަކަށް ވުރެ އަހަރެންގެ ވިސްނުން ދިޔައީ މާދުރަށް ދަތުރު ކުރަމުންނެވެ. އަހަރެންގެ މިދެލޯ އަބަދުވެސް ބޭގަރާރު ވަނީ އެ ސޫރަ ދެކިލުމަށެވެ. މިދެ […]
ކާރުގައި އިނެގެން ކައިޒީން ދިޔައީ ގޭ އެންމެނަށް އެހަބަރު ދެމުންނެވެ. ކައިޒީން އެހެން ބުނުމާއިއެކު އެމީހުންވެސް ވަރަށް ހާސްވެފައި ތިބިކަން އެނގުނީ ވާހަކަދައްކަމުން ދިޔަ ގޮތުންނެވެ. އަދި ފަޒީލްއަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގެއެވެ. ކައިޒީންވެސް ހުރީ އޭނާ އެކަނި ހުއްޓާ އެކަހަލަ ކަމެއް ވުމުން ބިރުގަނެފައިއެވެ. މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ކާރު ހުޅުމާލޭގެ އެންމެ މަޝްހޫރު ހޮސްޕިޓަލް ކަމުގައިވާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަން އިރު ޒިރާން އިނީ ހުއްޓުން އަރާފައިއެވެ. އެސްފިޔަވެސް ޖަހައި […]
“ކުޑް ޔޫ ފައިންޑް އަވޭއި ޓު ލެޓް މި ޑައުން ސްލޮވލީ؟..އަ ލިޓިލް ސޭންޕަތީ އައި ހޯޕް ޔޫ ކޭން ޝޮވް މީ…އިފް ޔޫ ވޮނަ ގޯ ދެން އައި ވިލް ބީ ސޯ ލޯންލީ..އިފް ޔޫއާރ ލީވިންގ ބޯއި؛ ލެޓް މި ޑައުން ސްލޯވލީ..ލެޓް މި ޑައުން ؛ ޑައުން ލެޓް މި ޑައުން ޑައުން ލެޓް މި ޑައުން ލެޓްމި ޑައުން ޑައުން ލެޓްމި ޑައުން ޑައުން..ލެޓް މި….” ކޮޓަރިއަށް ވެރިވެފައިވާ ފުން އަދިރިކަމުގެ […]
ދެލޯ މެރެމުންދިޔަ ޔަނާލް ފެނި އިކާންއަށް ޔަނާލްގެ ނަމުން ގޮވާލާ ދުވެފައި ގޮސް ޔަނާލްގެ ހަށިގަނޑުގައި ހިފަހައްޓާލެވުނީ ކިރިޔާއެވެ. އޭރު ޔަނާލްގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއްނެތެވެ. ދެލޯ މެރިފައިވީއިރު މޫނު މަތީގައިވީ ވަރުބަލިކަމެވެ. ހާސްވެފައިހުރި އިކާން މަޑުމަޑުން ޔަނާލްގެ ކޮލުގައި އަތުން ކޮއްޓާލިއެވެ. ދެތިން ފަހަރު ތަކުރާރުކުރުމުންވެސް ޔަނާލްގެ ފަރާތުން ހަރަކާތެއް ނުފެނުމުން އިކާން އިތުރަށް ހާސްވިއެވެ. އެވަގުތު އިކާންގެ ފަހަތުން ހޯލްވޭއިން ނުކުމެގެން އައި މިކާލްއަށް އެމަންޒަރުތައް ފެނި އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ދެވުނެވެ. ” […]
އިރު އޮއްސެމުން އައި އިރު މުޅި އުޑުމަތި ވަނީ އަނދުން ކުލައިގެ ވިލާތަކުން ބައްދާލާ ވިއްސާރައިގެ ކުލަވަރު ދައްކާލާފައެވެ. ފަޒާގެ ހިމޭންކަން މުގުރަމުން ދިޔައީ ތޮށިގަނޑު މަައްޗަށް ބިންދަމުން ދިޔަ ބިޔަ ރާޅުތަކެވެ. އުޑުމަތީގައިވީ ވިލާތައް ބޯވަމުން ދިޔަ އިރު ވައިރޯޅިތަކުގައިވީ ފިނިކަން ދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ.ވަޔާއިއެކު ވާރޭގެ ހިމަހިމަ ތިކިތައް ބޯވަމުން އެކި ދިމަ ދިމާއަށް ބުރުއްސަމުން ދިޔައިރު ތެމިދާނެ ކަމުގެ އެއްވެސް ފަރުވާލެއްނެތި އިން އިސްރާއަށް ސިހުން ގެނުވީ އޭނާގެ ކޮނޑުމަތީގައި މީހަކު އަތް އަޅާލުމުންނެވެ. އެއީ ކާކުގެ އަތެއްކަން އިހުސާސްވީ ހިނދު އެތަނުން ތެދުވެ ދުއްވައިގަންނަން ނެގި ފުރަތަމަ ފިޔަވަޅުން އިސްރާއަށް ފަހަތަށް އެނބުރި ބަލާލެވުނީ ޔޫސުފް އޭނާގެ ނަމުން ގޮވާލުމުންނެވެ. “އިޒީ” އެތަށް ދުވަހަކަށް ފަހު ޔޫސުފް އިސްރާއަށްް އެނަމުން ގޮވާލުމުން އެންމެ ފުރަތަމަ ދުވަހެކޭވެސް އެއްގޮތައަށް އިސްރާއަށް ޔޫސުފްއާއި ދިމާލަށް ބަލާލެވުނީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. ހަޔާތުގައި ވެފައިވާ ހުރިހާ ކަމެއް ހަނދާނުން ފޮހެވިގެންގޮސް ޔޫސުފްގެ މަޑު މުށި ކުލައިގެ ދެލޮލުގެ ތެރެއަށް ގެނބިގެން ގޮސްދާނެހެން […]