އެދުވަސް އެނބުރި އަންނާނެނަމައޭ އަދިވެސް އަހަރެންގެ ހިތަށް އަރައެވެ. ެ އެއީ އަހަރެންގެ މާޒީގެ ސޮފްހާތަކުގައި ލިޔެވިފައިވީ އެންމެ އުފާވެރި ދުވަސްތަކެވެ. ******************************************* މަންމަޔާ ބައްޕަޔާއެކު އަހަރެން އުޅެމުން އައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. އާދައިގެމަތިން ބައްޕަ ދިޔައީ އަހަރެންް ކޮލެޖަށް ލާށެވެ. އެޔަށްފަހު ބައްޕަ ދެންދާނީ މަންމަޔާ އެކު އޮފީހަށްށެވެ. މަންމަޔާއި ބައްޕަވެސް މަސައްކަތް ކުރަނީ އެއް އޮފީހެއްގައެވެ. އަހަރެންގެ އިންޓަވަލް ގަޑީގައި އަހަރެން ގޮވައިން ގެޔަށް އައިސް ސައި ބޮނީ އަބަދު ވެސް ތިން މީހުން އެކީގައެވެ.މިއަދުވެސް […]
މާކާނޑުގެ މެދުގައި އުފެދިފައިވާ ކުޑަކުޑަ ފަޅުރަށަށް އަހަރެން ދިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ދެކިލުމުގެ ނިޔަތުގައެވެ. ރަށުގެ މަލަމަތިން ފެންނަމުން ދިޔައީ މޫދުއެރި ސަކަރާތްޖަހަމުން ދިޔަ ކުދިބައެކެވެ. އެއީ ދަތުރުގޮސްގެން އުޅޭ ބައެއްކަން އެނގުނީ ޖަހާފައިވާ ފޭލިގެ ތަކުގެ ސަބަބުންނެވެ. އަހަރެން އަވަސްވެގަތީ އެމީހުންނަށް ފެނުމުގެ ކުރިން އެކުވެރިޔާގެ ގާތަށް ދިޔުމަށްށެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ. އަހަރެން ފެނުމުން އެތާ ވެލި ކުޅެން އިން ކުޑަ އަންހެން ކުއްޖާ އޭނާގެ ފައިވާނުން އަހަރެންގެ […]
ޒައިޝާ އަކީ ވަރަށްބަސް އަހާ ކުއްޖެެކެވެ. ޒައިޝާގެ އާއިލާ ދިރިއުޅުން މެލެޝިޔާ އަށް ބަދަލުކުރިީ ޒައިޝާ އަށް ރަނގަޅަށް ކިޔެވުުމުގެ މަގު ފަހި ކޮށްް ދިނުމުުގެ ބޭނުމުގައެވެ. ރޭލު އެކްސިރެނޓެއްގައިި ޒައިޝާގެ މަންމަ އާއި ބައްޕަ ނިޔާވެއެވެ. ޒައިޝާ އުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. ޒައިޝާގެ ދައްތައެއް ހުންނަކަން އެނގުނެވެ… ***އިންތިޒާރު ކޮށްލައްވާ***
ހިޔަޅެއްގެ ކަރުގައި ކަށްޓެއް ޖެހުނެވެ. ހިންވެސް ދިރުވައިނުލެވި ކަންބޮޑވެގެން އެކަށި ނެގޭނެ ގޮތެއް ފެނޭތޯ ކޮޅުކޮޅަށް ދުވަނިކޮށް މާކަނައަކާ ދިމާވެ، އެކަށިނަގާދެވިދާނެތޯ ސުވާލު ކުރި އެވެ. މިހާރު ވަރަށްގިނަ ޖަނަވާރާ ދޫނިތަކަށް އާދޭސް ކުރެވިއްޖެ ވާހަކައާއި ކަށިނައްޓާލަ ދީފިނަމަ ވަރަށް ރަނގަޅު ހަދިޔާއެއް ދޭނެކަމަށް ބުނުމުން މާކަނާ އޭތީގެ ތުންގަނޑަ ބޮލާއެކު ހިޔަޅުގެ އަނގައިގެ ތެރެއަށް ބާނައިގެން ކަރުގައިހުރި ކަށި ތުނބުން ހިފައި ނައްޓާލައިގެން ނަގައިފިއެވެ. މާކަނާ ހިޔަޅުގާތު އަހާލިއެވެ.”ކަލޭ ދޭން ބުނި ބޮޑު ހަދިޔާ ކޮބައި […]
އަހަރެންނަކީ ގުރައެކެވެ. އަހަރެން ބަލަނީ 12 އަހަރުގެ ކުޑަ ކުޑަ އާޝާ އެވެ. އާޝާ އަހަރެންނަށް ވަރަށް ރަނގަޅެވެ. ގަޑިން ގަޑިޔަށް ކާން ދެއެވެ. އަހަރެންނާ އެކީ ކުޅެން ވެސް ކުޅެއެވެ. އެއްވަހެއްގެ އިރު އޮއްސުނު ވަގުތެވެ. އާޝާމެން ދިޔައީ މާމަ ގެއަށްށެވެ. އަހަރެން ނިދަން ވެގެން ކޮއްޓަށް ވަނީމެވެ. އެވަގުތު ދޮރު ހުޅުވާލި އަޑަށް ބަލާލި އިރު ތިބީ މޫނު ނިވާ ކޮއްގެން ތިބި ދެ މީހުންނެވެ. އެމީހުން އެތާ އިން އާޝާ ގެ ބައިސްކަލު […]
އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ފުޅައްޓޭ (ފޫޅުދިގު ހަންޑި) ހިނގަމުން ދިޔައީ ރަށުގެ ބޮޑުމަގުންނެވެ. މިހާާރު ފުޅައްޓޭގެ ފޫޅުވަނީ ގަތާލެވިފައެވެ. ގަމީހާއި ޖިންސުގައި ބެގީކޮށްލާފައި ހުންނައިރު ނުހަނު ފުރިހަމައެވެ. މިހާރު ކަށް ބޮލުނާށީގެ ބަދަލުގައި ގެންގުޅެނީ މޯނޮސްޓާ ދަޅެކެވެ. ބޮލުގައިވެސް ހުންނަނީ ސްޕައިކް ޖައްސާލާފައެވެ. އަރާފައި ހުންނަނީ އޮފީސް ބޫޓަކަށްށެވެ. މިހެންދަނިކޮށް ހަސަންޓޭ އަށް ފުޅައްޓޭ ފެނުނެވެ. ހަސަންޓޭ ހިތައްއެރިއެވެ.”މިއީ ކޮންރަށަަކު ކުއްޖެއްބާއެވެ. ވަރަށް މުއްސަނދިވާނެހެން ހީވެއެވެ. އަވަހަށް ގެޔަށްގެންގޮސް ހަބަރު ދަބަރު ބަލާލަންވިއެވެ.” މިހެން ހިތަށްއަރާ ގޮސް ފުޅްްޓޭއާއި ސަލާމް ކޮށްލުމަށްފަހު ރައްޓެހިވިއެވެ. އަދި ފުޅަށްޓޭ ގެޔަށް ގެންދިޔައެވެެ. ********** އެއްދުވަހަކު ހެނދުނު ފުޅައްޓޭ އައިންތުއަށް ގަމީހެއްދިނުމަށްފަހު އިސްތިރި ކޮށް ދިނުމަށް ބުންޏެވެ. ދެން އައިންތު ގަމީސް އިސްތިރި ކޮށްގެން ދިޔައިރު ފުޅައްޓޭއަށް އޮތީ ނިދިފައެވެ. ދެން އައިންތު ގޮވާލުމަށްޓަކައި، އެނދު ކައިރިޔަށް ދިޔަ ވަގުތު ފުޅައްޓޭގެ ފޫޅު ފެނުނެވެ. ވަގުތުން އައިންތުއަށް އެއީ ފޫޅުދިގު ހަންޑިކަން އިނގުނެވެ. އައިންތު ބިރުން މަޑުމަޑުންގޮސް ހަސަންޓޭ ކައިރީގައި މިވާހަކަ ބުނުމަސް ފަހު، ހަސަންޓޭ އަށް ފޫޅު ދައްކަާ، އަވަހަށް ފުޅައްޓޭ އެ ގެއިން ނެރުމަށް ބުންޏެވެ. އެދުވަހު ހަވީރު ހަސަންޓޭ ފުޅައްޓޭ ގާތުގައި އެގެއިން ދިޔުމަށް އެދުނެވެ. ނަމަވެށް ފުޅައްޓޭ ދާން އެއްބަހެއް ނުވިއެވެ. އަދި ބުންޏެވެ.”ހައްހައްހާ، ޔޫ ގާއިޒް ނޯ މީ ރައިޓ،ް އާން އަހަރެން މިއީ ކުރީގެ ފޫޅުދިގު ހަންޑި. މިހާރުގެ ފުޅައްޓޭ އަހަރެން މިގެއިން ދާނެ އޮތީ ހަމަ އެންމެ ގޮތެއް. މަގެ ފޫޅު މަށަށް އަނބުރާ ދީ އޯރ އެލްސް އައި ވިލޮ ނެވާ ގޯ…” ދެން ހަސަންޓޭ އަވަހަަށް ފޫޅު ދިނެވެ. ދެން ފުޅައްޓޭ ބުންޏެވެ. “އަހަރެން މިރަށަށް މި އައީ ވެސް މި ބެނުމުގައި، ދެން ދަނީ.. ދެނެއް އަހަރެން އައިންތު ހޯދާކަށް ވެސް ނާންނަނަން، އަހަރެންގެ ބައިވަރު ފްރެންޑުން ތިބޭ.. ސަންމޭރީ (ސަންތި މަރިޔަނބު)، ސަފަރެ (ސަފަރު ކަތްދަ)، މިހެން ގޮސް ކިޔާނެ ކަމެއް ނެތް… ޓާޓާާ، ބާއި، ސީޔޫ.” މިހެން ބުނުމަށް ފަހު ފުޅައްޓޭ ވަލުތެރެޔަށް ވަދެ ގޮސް ގެއްލިއްޖެއެވެ.