Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައުފެއްދުންތެރި ލިޔުންއެހެނިހެން

ނާއިންސާފް

zeneeshaa Level 1
November 20, 2019 One Min Read
4 Comments

މާކާނޑުގެ މެދުގައި އުފެދިފައިވާ ކުޑަކުޑަ ފަޅުރަށަށް އަހަރެން ދިޔައީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ދެކިލުމުގެ ނިޔަތުގައެވެ. ރަށުގެ މަލަމަތިން ފެންނަމުން ދިޔައީ މޫދުއެރި ސަކަރާތްޖަހަމުން ދިޔަ ކުދިބައެކެވެ. އެއީ ދަތުރުގޮސްގެން އުޅޭ ބައެއްކަން އެނގުނީ ޖަހާފައިވާ ފޭލިގެ ތަކުގެ ސަބަބުންނެވެ.

އަހަރެން އަވަސްވެގަތީ އެމީހުންނަށް ފެނުމުގެ ކުރިން އެކުވެރިޔާގެ ގާތަށް ދިޔުމަށްށެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެ އެވެ.  އަހަރެން ފެނުމުން އެތާ ވެލި ކުޅެން އިން ކުޑަ އަންހެން ކުއްޖާ އޭނާގެ ފައިވާނުން އަހަރެންގެ ގައިގާ ޖެހީއެވެ. އަހަރެން ވެއްޓުނީ ސާފު، ހުދު ކުލައިގެ މަޑު މަޑު ދޮންވެލިގަނޑު މައްޗަށްށެވެ. ނަމަވެސް  އެ ވެލިގަނޑުގެ މަޑުކަމަކުން މިފަހަރު އަހަރެންގެ ނާޒުކު ހަށި ގަނޑަކަށް އެއްވެސް އަރާމެއް ނުލިބުނެވެ.

ހޭވެރިކަން ވީއިރު އަހަރެންނަށް އޮވެވުނީ ވަރަށް ބީރަށްޓެހި މާހައުލެއްގައެވެ. ވަށައިގެން ފެންނަމުންދާ މަންޒަރު ތަކަށް ނަޒަރު ހިންގާލީމެވެ. އަހަރެންނަށް ފެނުނީއަހަރެންނާ ދިމާލަށްް ދުވަމުންއައި ކުޑަކުޑަ ކުއްޖެކެވެ. ރަނގަޅަށް ބަލާލުމުން އެއީ އަހަރެންގެ ގައިގައި ޖެހި ކުއްޖާކަން އަހަންނަށް ޔަގީންވިއެވެ. އެކުޑަކުޑަ އަތުން އަހަރެންގެ ގައިގާ ހިފަހަށްޓާލިލެއް ބާރުކަމުން އަހަރެންގެ ނާޒުކު ހަށިގަނޑަށް ލިބުނުވޭން މިފޮޅުވަތް ކިޔާލުމަކު އިހުސާސެއް ނުކުރެވޭނެކަން ގައިމެވެ.

އަހަރެންގެ ގައިގައި ކޮޅަށް ހުންނާނެހާ ހަކަތަ ނެތުމުން އަހަރެނަށް އޮންނަން ޖެހުނީ ވެއްޓިފައެވެ. އިވުނު ބާރު އަޑުފަށް ގަނޑާއި އެކު އަހަރެންނަށް ތެތްކަމެއް އިހުސާސް ކުރެވުމުން މަތި ބަލާލީމެވެ. ގަޔާދިމާލަށް އޮހެމުންދިޔަ އެތައް ހާސް ފެންތިކިތައް ފެނުމުން ވިއްސާރަ ވެހެނީކަން ޢަހްރެންނަށް އިނގުނެވެ. އަހަރެންގެ އާއިލާ މަތިން ހަނދާންކޮށް ރޯން އޮށްވައި ދުވެފައި ނިކުތް ބޮޑުމީހެއްގެ ފައި ދަށުވެ އަހަރެން ޗިސްޗިސް ވިއެވެ.

އަހަރެންނަކީ ނިކަމެތި ކޮކާލަކީމެވެ. އަހަރެންނަށްއެތައް އަނިޔާއެއް ދީ އަހަރެން މަރާލީ އަޅެ އަހަރެން އެ އިންސާނުންނަށް ކޮން އުނދަގުލެއް ކޮށްގެން ބާވައެވެ؟ އަހަރެންގެ ފަރާތު ލިބުނު ހަމަ އެކަނި އެއްޗަކީ އުފަލާއި ހިތަހަމަ ޖެހުންކަން ޔަގީނެވެ. އަހަރެންފަދަ ރީތި ކޮކާތައް އުދުހިލާފައި އުޅޭތަން ފެނުމުން ކުޑަކުދިންގެ އިތުރުން ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނަށްވެސް ހިތްހަމަ ޖެހުން ލިބޭނެކަން ގައިމެވެ. މިއީ އިންސާފެއް ހެއްޔެވެ؟

***ނިމުނީ***

Share Article

Follow Me Written By

zeneeshaa

Level 1

Other Articles

Previous

މޮޔަ ހިތް މަގޭ…9

Next

ނާކާ – (އެޕިސޯޑް 06)

Next
November 20, 2019

ނާކާ – (އެޕިސޯޑް 06)

Previews
November 20, 2019

މޮޔަ ހިތް މަގޭ…9

4 Comments!

  1. Ixx❤ says:
    November 20, 2019 at 8:34 pm

    Me first dhw? Wow varah reethi zeny ge series vaahaka eh fennaane kamah ixx umeedhu kuran vrh reethi ibaarah kurun masha allah?❤☘

    1. zeneeshaa says:
      November 20, 2019 at 8:36 pm

      Awwwnnn thanks..yeah first comment and thanks a lot.. inshallah adhi fennaane?❤

  2. Uranium_235 says:
    November 22, 2019 at 8:19 pm

    Woah woah

    1. zeneeshaa says:
      December 2, 2019 at 9:31 am

      what happened?? thanks anyway..<3

Comments are closed.



All Right Reserved!