ލޯބިވަން ޔާރާއޭ 12

- by - 79- November 19, 2019

ފުޅާ ހިނިތުންވުމަކާއެކު ޔަލްވީ އެއަންހެން ކުއްޖާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. އެވަގުތު އެއަންހެން ކުއްޖާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ” ރާއްކޯ… ” އިވިގެންދިޔަ އަޑާއެކު ޔަލްވީ އާއި ރާޔާއަށް އެކުއެކީގައި އަޑު އައި ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ޔަލްވީއަށް އަވަސް އަވަހަށް ތެދުވެވުނެވެ. ” ރާޔާ… މަންމަ ކިތައް ފަހަރުތަ ބުނާނީ ރާޔާ ކައިރި ނުދުވާށޭ… ކިިރިޔާއެއްނު އަނިޔާއެއްނުވީ.. މަގުން ހިނގާ އެހެން މީހުނަށްވެސް ބަލަންވާނެއެއްނު… އެދައްތައަށް ދެންމެ ތަދުވިނަމަ ކިހިނެއް ހަދާނީ…” ބާރު ހިނގުމެއްގައި އައިސް މަޑުކޮށްލި އަންހެން ކުއްޖާ ރާޔާގެ އަތުގައި ހިފަހައްޓާލަމުން ހިތްހަމަނުޖެހުމުގެ ރާގެއްގައި އެހެން ބުނުމާއެކު ރާޔާ އިސްޖަހާލިއެވެ. ” ހޭއި… އިޓްސް އޯކޭ… އެއީ އެވަރު ކަމެއް ނޫނޭ… ދައްތައަކަށްވެސް ރާއްކޮއަކަށްވެސް އެއްވެސް އަނިޔާއެއްނުވޭ ނަސީބަކުން… ރާއްކޮ ސޮރީވެސް ބުންޏޭ ދޯ… ދެން ފަހަރަކުން ހިނގާފަ ދާނީ އިނގޭ… ” ރާޔާގެ އަތުގައި ހިފައިގެން ހުރި އަންހެން ކުއްޖާގެ މޫނަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޔަލްވީ ރާޔާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ހިނިތުންވެލާފާ ބުނެލިއެވެ. އެއާއެކު ކިޔަމަންތެރިކަމާއެކު ރާޔާ މަޑުމަޑުން ބޯ ޖަހާލިއެވެ. ޔަލްވީ އާއި ދިމްނާ ދެމީހުނަށްވެސް ހިނިތުންވެލާފާ ދަނީ ކަމުގައި ބުނެ އަތިރިމައްޗަށް ނުކުމެވެން އޮންނަ މަގަށް މިސްރާބުޖެހިއެވެ. ރިއާޝާވެެސް ވިޝާލްގެ ފޯނުކޯލެއް އައުމާއެކު ރާޔާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

” ކޮންކަހަލަ މަންމައެއްތަ އެއީ… ހާދަ ބާރަށޭ އެވާހަކަ ދައްކަނީ… އަދި މީހުންގެ ތެރޭގަ އެހެން ވާހަކަ ދެއްކީމަ ލަދުވެސްގަންނާނެދޯ… ކުޑަކުދިންނަށް ގޯސްކޮށް ކަމެއް ކުރެވުނީމަ ލޯބިން މަޑުމައިތިރިކަމާއެކުގަ އެކުދިންނަށް ރަނގަޅު ގޮތް ބުނެދެން ވާާނީ… އޭރުން އެންމެ ފަސޭހައިން އެކުދިން އެކަންކަން ރަނގަޅުކުރާނީ… ރީތިކޮށް ވިސްނައިދިނީމަ ފަސޭހައިން ޤަބޫލުވެސް ކުރާނެ… އަބަދު ހިތްހަމަނުޖެހިފަ ބާރަށް ބުނާނަމަ ފަހުން އެކުދިންވެސް ބުނާ އަޑެއް ނާހާނެ… ” ހިނގާދިޔަ ކަންތަކުގެ ސަބަބުން މޫޑު ޚަރާބުވެފައިވި ޔަލްވީ އެކަމާ ގުޅޭގޮތުން އެއްޗެކޭ ނުބުނެއެއް ނުހުރެވުނެވެ. ” ހޫމް… ޔާލް ތިބުނީ ތެދެއް… އެކަމަކު ކޮންމެ މީހަކު ތިވިސްނުމެެއް ނުހުންނާނެދޯ… ” ދިމްނާގެ ވާހަކައަށް ޔަލްވީ ބޯ ޖަހާލިއެވެ. ދެމީހުންވެސް އަތިރިމައްޗަށް ނުކުމެ ޔަނާލް ފެނޭތޯ ކޮޅުކޮޅަށް ނަޒަރު ހިނގާލިއެެވެ. އެވަގުތު ރާޅުޖަހާ ފަށުގައި ހުއްޓިލައިގެން ހުރި ޔަނާލް ފެނި ޔަނާލްއަށް އަޑުއިވޭނޭހެން ޔަލްވީ ގޮވާލިއެވެ. ޔަނާލް ފަސްއެނބުރި ބަލައިލުމާއެކު ދިމްނާ އައުމަށްއެދި ހަނާ އަޅާލުމުން ޔަނާލް އާދައިގެ ހިނގުމެއްގައި އެދެމީހުނާއި ދިމާލަށް މިސްރާބުޖެހިއެވެ. ތިން ޒުވާނުން އެކުގައި ގެއާއި ދިމާލަށް މިސްރާބުޖެހީ އިރުއޮއްސުމަކާ ދާދި ގާތްވެފައިވުމުންނެވެ.

ޔަނާލް ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރި އިކާންއަށް ހަމަހޭވެރިކަންވީ ފަހަތުން އޭނަގެ ކޮނޑު މަތީ މިކާލް އަތް ބާއްވާލުމުންނެވެ. އިކާން މިކާލްއަށް ބަލައިލުމާއެކު މިކާލް އޭނަގެ ދެބުމަ މައްޗަށް ހިއްލާލަމުން ކިހިނެއްވީތޯ އަހާލިއެވެ. ”ކަމެއްނުވޭ… ” ޖަވާބުދެމުން އިކާން އޭނަގެ ކެމެރާ އޮއްސެމުންދިޔަ އިރާ ދިމާކޮށް ރީތި ފޮޓޯއެއް ނަގާލިއެވެ. ” ކަމެއްނުވާ ކަމެއް ނޭނގެ.. މިތަނަށް އައިންސުރެވެސް ޔަނާލްއަށް ނޫނީ އިކް ބަލައެއްނުލާ… ނުވިތާކަށް ފޮޓޯވެސް ނަގައިފި… މަށަށް މިހީވަނީ ހަމަ ރަނގަޅަށް ދޯ… ޔޫ ލައިކް ހަރ ރައިޓް… ” މިކާލް އިކާންގެ މޫނު މަތީގެ ކުލަވަރުތަކަށް ބަލަހައްޓާއިގެން ހުރެ ބުނެލުމާއެކު އިކާން ދެބުމަ ގޮށްޖަހާލަމުން މިކާލްއަށް ނަޒަރެއް ދިނެވެ. ” މިކް ތިބުނާފަދަ މާނައެއްގަ އައި ޑޯންޓް ލައިކް ހަރ… ރީތި މަންޒަރެއްވީމަ ހަމަ ފޮޓޯއެއް ނަގާލީ… އޭގެ މާނައެއް ނޫން އެއީ އަހަންނަށް ޔަނާލް ކަމުދެއޭ… މިކްއަށް އެންމެ ރަނގަޅަށް އެނގޭނީ އަހަރެންގެ ހިތުން އެމަޤާމު ދެވިފަވަނީ ހަމައެކަނި މަލްހާއަށް ކަން… ” އިކާންގެ ވާހަކަތަކުން މިކާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” އިކް… ވިސްނާލަބަލަ… އިކްގެ ހިތުން މަލްހާއަށް ޖާގަދެވިފަވިޔަސް މަލްހާގެ ހިތުން އިކްއަށް ލިބިފަވަނީ ކޮންޖާގައެއް… އެއްވެސް ޖާގައެއް އެބެއްތަ… ނެތެއްނު… އެހެންވީމައެއްނު އެހެން މީހެއްގެ ގާތަށް އޭނަ އެދިޔައީ… އެފަދަ މީހަކަށްޓަކައި އިކްގެ ހިތުން ޖާގައެއް ހުސްކޮށްފަ ބާއްވަންވީ އެއްވެެސް ސަބަބެއް އަހަންނަކަށް ނުވިސްނުނު… އެނބުރި އަންނާނެކަމުގެ އެއްވެސް އުއްމީދެއްނެތް މީހަކަށްޓަކައި ހަޔާތުން ބައެއް ހުސްކޮށްލުމަށްވުރެ ރަނގަޅުވާނެ އެހުސްކަން ފިލުވާލުމަށް އެހެން ބައިވެރިއަކު އިޚްތިޔާރުކުރުން… ހަމައެކަނި ފޮޓޯ ނެގުމެއް ނޫން އަހަންނަށް އިކްގެ ފަރާތުން ފާހަގަވީކީ… ޔަނާލްއަށް އިކް ބަލައިލާ ނަޒަރުވެސް ތަފާތު… ތިހިތުގަ ޔަނާލްއާމެދު ކޮންމެވެސް އިހުސާސްތަކެއްވޭ އިކް ގަބޫލުނުކުރިޔަސް… އެއީ ޝައުޤުވެރިކަމަށްވިޔަސް… އަދި އިކްއަށް ރިއަލައިޒްނުވަނީ… ” މިކާލްގެ ވާހަކަތަކުން އިކާންގެ ހަރަކާތްތަކަށް ކުޑަ މަޑުޖެހުމެއް އައެެވެ. އެހެނަސް އިތުރަށް އެކަމާ ވިސްނަން ބޭނުންނުވާތީ އިތުރު އެއްޗެކޭވެސް ބުނުމެއްނެތި އިކާން އޭނަކުރަމުންދިޔަ ކަމަށް ސަމާލުކަން ދިނެވެ. މިކާލްވެސް އިކާން އެއްޗެކޭ ނުބުނުމުން އިތުރަށް އެވާހަކަ ދައްކާކަށް ނޫޅުނެވެ. މާގިނައިރެއްނުވެ އިރުއޮއްސުމާއެކު ދެޒުވާނުން ގޮސް ރަށު ތެރެއަށް އެރިއެވެ.

ރޭގަނޑުގެ އަނދިރިކަމަށް ދުނިޔެ ގެނބިފައިވީ ހިނދު އިކާން އޭނަގެ ކޮޓަރީގެ ތަނަވަސް އެނދުގައި ލެޕްޓޮޕް ހިފައިގެން އިންއިރު އޭނަގެ ފުރިހަމަ ސަމާލުކަން ހުއްޓިފައިވަނީ ލެޕްޓޮޕްގެ ސްކްރީނަށެވެ. އެކި ދުވަސްދުވަހު މަތިން އޭނަ ނަގާފައިހުރި ފޮޓޯތައް ހުރި ފޯލްޑަރ ބަލަމުން ދިޔައިރު އެތުންފަތުގައިވީ ހިނިތުންވުމެކެވެ. ފޮޓޯއަކަށްފަހު ފޮޓޯއެއް ބަލަމުން ދިޔަ އިކާންގެ ހިނިތުންވުން ފުންވީ ސްކްރީނުން ފެނިގެންދިޔަ ޔަނާލްގެ ތަސްވީރު ފެނިފައެވެ. އިރުގެ ރަން ދޯދިތައް އެދޮން މޫނުގައި ބޮސްދެމުން ދިޔައިރު ރަތް ފިނިފެންމަލެއްގެ ފިޔަފަދަ ތުންފަތުގައިވީ ހިތްތައް ކަތިލާފަދަ ހިނިތުންވުމެކެވެ. ކަޅުކަންގަދަ އޮމާން އިސްތަށިގަނޑުގައި ވައިރޯޅިތައް ބީހިލާފައިދާއިރު އެކޮއްލާ ހަރަކާތްތަކުން އިތުރު ފުރިހަމަ ކަމެެއް ގެނުވައެވެ. ބޭއިޚްތިޔާރުގައި އިކާންއަށް ލެޕްޓޮޕްގެ ސްކްރީނުގައި އަތުން ފިރުމާލެވުނެވެ. ސިކުންތުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅަކަށްފަހު އިކާާން އަވަސް ހަރަކާތަކާއެކު އޭނަގެ އަތް ދަމައިގަތެވެ. ކުރެވުނު ކަންތައް ރޭކާލީ އަދިކިރިޔާއެވެ. އޭނަގެ ހަރަކާތްތައް ބެހެއްޓުނު ގޮތާއިމެދު ޚުދު އިކާންވެސް ހައިރާންވިއެވެ. ޔަނާލްގެ ސޫރަ ފެނުމާއެކު އޭނައަށް ތަފާތު އިހުސާސެއްކުރެވޭކަމަށް އެވަގުތު އޭނަގެ އަމިއްލަ ހިތް އެއްބަސްވިއެވެ. އެސޫރަ ފެނުމާއެކު އޭނަގެ އިހުސާސްތަކަށް ބާރުފޯރުވަން އުނދަގޫވާ ހާލަތްތައް ކުރިމަތިވެއެވެ. މިކާލް ބުނިހެން އޭނަގެ ހިތުގައި ހަމަރަނގަޅަށްވެސް ޔަނާލްއަށްޓަކައި އިހުސާސްތަކެެއް އުފަންވަނީ ހެއްޔެވެ؟ އޭނަގެ ހިތުން ޔަނާލްއަށް ޖާގައެއް ހުސްކުރެވެނީ ހެއްޔެވެ؟ މަލްހާގެ ސޫރަގެ ބަދަލުގައި ޔަނާލްގެ ސޫރަ އޭނަގެ ހިތަށް ވެރިވަނީ ހެއްޔެވެ؟ ސިކުނޑީގައި އުފެދިގެން އައި ސުވާލުތަކާއެކު އިކާން ނުތަނަވަސްވިއެވެ. އެސުވާލުތަކުގެ ޖަވާބު އޭނައަކަށް ޔަގީނެެއްނުވިއެވެ. ލެޕްޓޮޕް ލައްޕާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލާ އެނދުގައި އޮށޯވެލީ އެކަމާމެދު އޭނަގެ ވިސްނުން ހިނގަމުންނެވެ. އެކި ހާލަތްތަކުގައި އޭނާ ޔަނާލްއާއެކުވީ މަންޒަރުތައް ސިފަވަމުން ދިޔައިރު އިކާންގެ ސިކުނޑީގެ ޚިޔާލުތައް ދެކޮޅަށް ކިރެމުން ދިޔައެވެ. އެރޭގެ ނިދި ލޮލަށް ސަވާރުވީވެސް އިކާން އެވިސްނުމުގައި ވަނިކޮށެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ކުރިއަށްދަމުން ގޮސް ދެހަފްތާ ފާއިތުވެގެން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އެކަކު އަނެކަކު ގުޅުންތައް ކުރިލާ ހެދެމުން ދިޔައެވެ. އެގޮތުން އެންމެ ބޮޑު ބަދަލެެެއް ގެނުވީ ދިމްނާ އަދި އަހުނަފްގެ ގުޅުމަށެވެ. ދުވަސްތަކަކަށްފަހު އެދެމެދުގައި ކުރިން އޮތްފަދަ އެކުވެރިކަމެެއް އުފެދިގެން އައެވެ. އެކަކު އަނެކަކާ ހީސަމާސާކޮށް ކަންކަން ހިއްސާކުރެވެމުން ދިޔައެވެ. ދިމްނާއަށް އޭނަގެ ހިތުގައި އުފެދިފައިވި އިހުސާސްތަކުގެ ސަބަބުން އަހުނަފްއާ ދުރުގައި ހުރުންވީ ކުރަން އިންތިހާއަށް އުނދަގޫވިކަމަކަށެވެ. ލޮލަށް ފެންނަ ހިސާބުގައި އެންމެ ހިތްއެދޭ ބައިވެރިޔާ ވާހިނދު ދުރުދުރުން އުޅުމަކީ އެއްވެސް ހިތަކަށް ފަސޭހަކަމެއްނޫނެވެ. އެތައް ގޮތަކުން ވިސްނުމަށްފަހު އޭނައަށް ބުރަވެވުނީ ހިތުގެ އެދުމަށެވެ. އަހުނަފްގެ ފަރާތުން ލިބޭ ގާތްއެކުވެރިކަމާއެކު ކުރިއަށް ދިއުމަށެވެ. އޭނައަށް އެހިތުން ޖާގައެއްނެތް ނަމަވެސް އެކުވެރިއެއްގެ ހައިސިއްޔަތުން އަހުނަފްގެ ދިރިއުޅުމުގެ ހިއްސާއަކަށް ވާން ދިމްނާގެ ހިތް ކެނޑިނޭޅި ބުނަމުން ދިޔައެވެ. ރިސޯޓުން ލިބުނު ދިހަ އޮފް ދުވަހަށްފަހު އަނބުރާ ދިޔުމަށްފަހުވެސް ގަވައިދުން ކަހަލަ ގޮތަކަށް ސޯޝިއަލް މީޑިއާތަކުގެ އެހީގައި އެކުވެރިކަމުގެ ގުޅުން ކުރިއަށްދަމުން ދިޔައެވެ.

ދެހަފްތާ ފާއިތުވެގެން ދިޔައިރު ޔަލްވީވެސް ހުރިހާ މަސައްކަތްތަކެއް ދަސްކޮށް ފަރުވާތެރިކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަމުން ދެއެވެ. ނައުފާވެސް އޮފީހުން ކެނޑުމާއެކު ވިޝާލްއާ އެންމެ ގާތުން ހުރިހާ މަސައްކަތެއްވެސް ކުރަމުން ދިޔައީ ޔަލްވީއެވެ. އެދެމެދުގައިވި ބީރައްޓެހިކަންވެސް ކެނޑިފައިވީއިރު މަސައްކަތްތައް ކުރުމުގައި އެކަމުން އިތުރަށް ފަސޭހަވެގެން ދިޔައެވެ. މިވީ ދުވަސްތަކުގައި ވިޝާލްގެ މިޒާޖު އެނގި ޔަލްވީއަށް އިތުރަށް ވިޝާލްއާމެދު ގާތްކަން އިހުސާސްކުރެވުނެވެ. ވިޝާލްގެ އެމަޑުމައިތިރިކަމާއި މަސައްކަތަށް ހުންނަ ފަރުވާތެރިކަމާއެކު އޭނަގެ ކޮންމެ އާދައަކުން ޔަލްވީގެ ހިތް އިތުރަށް ވިޝާލްއަށް ލަންބުވާލައެވެ. އެތޫނު ދެލޯ އޭނައަށް އަމާޒުވާ ކޮންމެ ފަހަރަކު ތަފާތު ގޮތަކަށް ހިތް ތެޅިލައެވެ. އަތްފައި ފިނިވެގެން ގޮސް ގަނޑުފެން ކޮޅެއްހާ ފިނިވެއެވެ. އެބަލައިލުމުން އޭނަގެ މުޅި ނަފްސަށް ދިރުން ގެނެސްދޭފަދަ އިހުސާސެއްކުރެވިގެންދާއިރު އޭނަގެ ހިތުން ވިޝާލްއަށް ދެވިފައިވި މަޤާމު ޔަލްވީއަށް ޔަޤީންވެގެން ދިޔައެވެ. ވިޝާލްގެ ދިރިއުޅުމުގެ ކަންކަން ނޭނގިހުރެ ޔަލްވީ އޭނަގެ ލޯބި ކާމިޔާބު ވާނެކަމުގެ އުއްމީދުގައި އޭނަގެ ހިތުގައި އުފެދިފައިވި އިހުސާސްތަކަށް އިޖާބަދެމުން ދިޔައެވެ.

ވޭތުވެގެންދިޔަ ދުވަސްތަކުގައި އިކާން އާއި ޔަނާލް މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައީ ނުހަނު އަވަދިނެތިކޮށެވެ. ގިނަ ވަގުތުތައް މަސައްކަތްތަކުގައި ހޭދަކުރަމުންދިޔަ ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ފެނިލާާ ކޮންމެ ފަހަރަކު ހިނިތުންވުމެއް ހަދިޔާކޮށްލެވެއެވެ. މަދުމަދުން ނަމަވެސް އެދެމެދުގައި ބައެއް ފަހަރު މަސައްކަތުގެ ވާހަކަ ދެކެވެއެވެ. ޔަނާލް ބްލޫސް ކުންފުނީގެ އަހަރީ ޖަލްސާއަށް ތައްޔާރީތައްވަމުން ދިޔައިރު އެކި އެކި ކުދި އިވެންޓްތަކުގެ މަސައްކަތްތައްވެސް ކުރަމުން ދިޔައެެވެ. އިކާން ދަނީ އޭނަ އިސްވެ ހުރެ ފުރަތަމަ ފަހަރަށް ކުރެވެމުންދާ ގެސްޓް ހައުސްގެ މަސައްކަތުގެ ކަންކަން ވަރަށް ފުރިހަމައަށް ކުރެވޭތޯ ބަލަމުންނެވެ. މިކަމުގައި އޭނައަށް މިކާލްގެ އިތުރުން ބައްޕަ އާއި ބޭބެގެ އެހީ ވަރަށް ބޮޑަށް ލިބިގެންދެއެވެ. މިހާރު އޭނާާ ވަނީ ގެސްޓް ހައުސްގެ މުޅި ޕްލޭނިން ނިންމާ އިސްފަރާތްތަކާ އެކަން ހިއްސާވެސްކޮށްފައެވެ. އެންމެނަށްވެސް އެޕްރޮޖެކްޓް ކަމުދިޔުމާއެކު ދެން އޮތީ އަމަލީ ކުލަ ޖެއްސުމައިގެން ކުރިއަށް ގެންދިއުމެވެ.

ޔަނާލް ތައްޔާރުވެގެން ހުރެ ކޮޓަރީގެ އެކިއެކި ތަންތަން ބަލަމުން ދިޔައީ ކާރުގެ ތަޅުދަނޑި ނުފެނިގެންނެވެ. އޭނާ މިހާރު މުޅި ކޮޓަރިތެރެ ހޯދާހޯދާ ވަރުބަލިވެއްޖެއެވެ. އެވަރުންވެސް ތަޅުދަނޑި އޭނަގެ ލޮލުގައި އަޅާއިގަންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން ޓެކްސީއަކަށް ގުޅުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ކޮޓަރީގެ ދޮރު ހުޅުވާލަން އުޅުނު ޔަނާލްގެ ލޯ މައްޗަށް ކުޑަކޮށް އަނދިރިވެގެން ދިޔައެވެ. ވެއްޓިދާނެހެން ހީވި ވަގުތު ޔަނާލް އަވަސް އަވަހަށް ދޮރުގެ ތަޅުގައި ހިފަހައްޓާލިއެވެ. ބޮލުގައި އުފެދިފައިވި ރިހުމުގެ ސަބަބުން ދެލޯ މަރާ ބާރުކޮށްލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. މަޑުމަޑުން ދެލޯ ހުޅުވާލުމަށްފަހު ހަމަޖެހިލެވޭތޯ ޔަނާލް މަސައްކަތްކުރިއެވެ. މިހާރަކަށް އައިސް އަބަދުހެން ހުންނަ ބޮލުގައި ރިހުމެއް އުފެދިފައެވެ. ވަރުބަލިކަން އިހުސާސްކުރެވޭއިރު ބައެއް ފަހަރު މޫނު މައްޗަށް އަނދިރިވެ ބޮލަށް އެނބުރުންވެސް އަރައެވެ. އަރާމުކޮށްލުމުން ރަނގަޅުވެދާނެ ކަމަށް ބަލާފާ ޔަނާލްއަށް ހުރެވެނީއެވެ. މީހާ ހަމަޖެހިލުމަށްފަހު ކޮޓަރީގެ ދޮރު ހުޅުވާލާ ޔަނާލް ބޭރަށް ނުުކުތެވެ. ޖަލްސާއަށް ދާވާހަކަ ކުރިންވެސް މަންމަ ގާތު ބުނެފައިވުމުން ޔަނާލް ޓެކްސީ އަންނާނެއިރެއްގެ އިންތިޒާރުގައި ހުރުމަށް ގެއިން ނުކުތެވެ. ޓެކްސީ އައިސް މަޑުކޮށްލީ އޭނާ އެތަނުގައި ހުންނަތާ ހަތަރު ވަރަކަށް މިނިޓު ފަހުންނެވެ. އިތުރަށް ލަސްކުރަން ނަހަދާ ޔަނާލް އަވަސް އަވަހަށް ޓެކްސީއަށް އަރާ ދާންވީތަން ބުނެލުމާއެކު ޑްރައިވަރު ކާރު ދުއްވާލިއެވެ. ޓެކްސީ އޭގެ މަންޒިލަށް ފޯރުމާއެކު ޔަނާލް ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ކާރުން ފޭބިއެވެ. ކާރުން ފޭބި ޔަނާލް މިފަހަރުވެސް ބޮލަށް އެނބުރުން އެރުމާއެކު ނުވެއްޓުނީ ކިރިޔާއެވެ. މަޑުމަޑުން މަގުގެ އެއްކައިރީގައި ޔަނާލް ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ.

ބްލޫސް ކުންފުނީގެ ގާޑެން އެރިއާގައި އިކާން މަޑުކޮށްލައިގެން ހުރީ މިކާލްގެ އިންތިޒާރުގައެވެ. ގުޅާގުޅާ ފޯނު ނުނެގުމުން މެސެޖެއް ލިޔަމުން ކުރިއަށް ހިނގައިގަތް އިކާން ހުއްޓުނީ ކުރިމަތިން ޔަނާލް ފެނުމުންނެވެ. އަތުގައި އޮތް ކްލަޗް ތެރެއިން ކޮންމެވެސް އެއްޗެއް ހޯދަމުންދިޔަ ހިނގަމުން އައި ޔަނާލްގެ ހަރަކާތްތައްވެސް ހުއްޓުމަކަށް އައީ ކުރިމަތީގައި ޖެހޭ ނުޖެހޭހާ ކައިރީގައި ހުރި އިކާން ފެނުމުންނެވެ.

ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ދެހިތަށްވެސް އެނގުންވެލައިގެން ދިޔައެވެ. ހިތުގެ ތެޅުން ބާރުވެ ހުރިހާ ސަމާލުކަމެއް ކުރިމަތިން ފެންނަމުންދިޔަ ސޫރައަށް ދެވުނެވެ. ބޯ އެސްފިޔަތަކުގެ ހިޔާވަހިކަމުގެ ދަށުގައިވި ޔަނާލްގެ ރީތި ދެލޯ ފެނި އިކާންގެ ނޭވާވެސް ހުއްޓުނު ފަދައެވެ. މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައިވި ހިނިތުންވުމުން އޭނަގެ ހިތަށް އާރޯކަން ގެނުވިއެވެ. ވޭވީ އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްލާ ކަނާއަތުގެ ކޮނޑުމަތިން ކުރިމައްޗަށް ގެނެސްފައިވީއިރު ލައިފައިވަނީ ގަދަ ނޫކުލައިގެ ހަށިގަނޑަށް ހެޔޮވަރުކޮށް ހުރި ފައިތިލަ އާއި ހަމައަށް އަންނަ ހެދުމެކެވެ. ހެދުމުގެ ތަނބިކައްޓާއި ހަމައިން ފަޅާލެވިފައިވީއިރު އެހެދުން ޔަނާލްއާ ނުހަނު ގުޅެެއެވެ. ޔަނާލްއަށްވެސް އިކާންގެ ތޫނު ދެލޮލުގެ ޖާދުލުގައި ޖެހިފާ ހުރެވުނީއެވެ. މޫނު މަތީގައިވި ތާޒާކަމާއެކު ގަދަ ނޫ ކުލައިގެ ކޯޓު ފަޓުލޫނުގައި އިކާން  ފެންނަލެއް ނުހަނު ފުރިހަމައެވެ. އެތެރެއިން ހުދު ގަމީހެއް ލައިފައިވީއިރު އަޅާފައިވަނީ ހުދާއި ނޫކުލަ ހިމެނޭ ޓައިއެކެވެ.

ދެމީހުނަށްވެސް އެއްވެސް އިޚްތިޔާރަކާނުލާ އެހެން ތިބެވުނީއެވެ. ދެމީހުނަށް އެކުގައި ސިހިފައި އެއްފަރާތަކަށް ބަލައިލެވުނީ މިކާލް ކެއްސައިލުމުންނެވެ. ހަމަހޭވެރިކަން ލިބުމާއެކު ދެމީހުނަށްވެސް އިސްޖަހާލެވުނެވެ. ” ކީއްވެތަ ފޯނު ނުނެގީ… ހާދަ ވަރަކަށް ގުޅާއިފީމޭ… ” އިކާން ކަމެއް ވީކަމެއްވެސް ނޭނގޭ ކަމަށް ހެދެމުން މިކާާލް ގާތު އަހާލީ އާދައިގެ ގޮތަކަށެވެ. ” އަހަރެން ހަލޯ ކިޔާކިޔާ އިކް ވާހަކައެއް ނުދެއްކި… ދެން ފޯނު ކަނޑާލީ… ކާރު ދުއްވަން އިނީމަ ފޯނު ނުނެގުނީ… އިއަރފޯން ނުލައި އާދެވުނީ… އިކް މާވަރަކަށް ގުޅަން ފެށީމަ ދެން މަޑުކޮށްފަ ފޯނު ނެގީ… ” މިކާލް ބުނެލިއެވެ. ޔަނާލް އޭރުވެސް އެއްޗެކޭ ނުބުނެ މަޑުމަޑުން ހުއްޓެވެ. އިކާން ލޮލުގެ ހިމަކޮޅުން ޔަނާލްއަށް ބަލައިލުމަށްފަހުވެސް ބުނާނެ އެއްޗެއް ނޭނގުމުން ހުރީއެވެ. ” ހޭއި ޔަނާލް… ޖަލްސާއަށްދޯ… ގެސްޓެއްގެ ގޮތުގަ… ނޫނީ ޖަލްސާގެ އެރޭންމަންޓްސް ބެލެހެއްޓުމަށްތަ… ” އިކާންއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ހިނިތުންވުމަކާއެކު މިކާލް ޔަނާލްއާ ވާހަކަ ދެެއްކިއެވެ. ” ހާއި… އެރޭންޖްމަންޓްސްގެ ކަންކަން ކުރިއަށް ގެންދިއުމަށާ… އެންޑް އޭޒަ އަ ގެސްޓް… ” ވަކިވަކިން ކޮންމެ މީހެއްގެ މޫނަށް ބަލައިލާާ ހިނިތުންވުމެއް ހަދިޔާކުރަމުން ޔަނާލް ބުނެލިއެވެ. ” ސޯ ވަޓް އަރ ވީ ވެއިޓިން ފޯރ… ލެޓްސް ގޯ… އެހެން ގެސްޓުންވެސް އެބައާދޭ… ފަސޭހައިން އެތެރެއަށް ވަދެވޭނެ ކުރިން ދިޔައިމަ…” މިކާލްގެ ވާހަކައަށް އެއްބަސްވަމުން ތިން މީހުން އެކުގައި އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ޖަލްސާގެ ކަންކަން ބަލަމުންދިޔަ ދިމްނާ ފެނުމާއެކު ޔަނާލްގެ މިސްރާބު އެދިމާލަށް ބަދަލުކޮށްލިއިރު އިކާން އާއި މިކާލް ގޮސް ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ.

ޖަލްސާގެ ފެށިގެން ދިޔުމާއެކު އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. ޖަލްސާގެ އެކިއެކި އެޖެންޑާތައް ކުރިއަށް ދަމުން ގޮސް ކަމަކަށްފަހު ކަމެއް ނިމެމުން ދިޔައެވެ. އެގާރަ ގަޑި ތިރީސްވުމަކާ ގާތްވެފައިވަނިކޮށް ޖަލްސާ ނިމި މެހެމާނުންނަށް ޚާއްސަކުރެވިފައިވި ފިނިހިއްޕެވުން ކުރިއަށް ގެންދެވުނެވެ. ބޮލުގައި އިންތިހާއަށް ރިއްސަމުން ދިޔުމާއެކު އިތުރަށް ދެން ކެތްނުވާނެހެން ހީވުމުން ޔަނާލް ހުރިހާ ކަމެެއް ދިމްނާއަށް ހަވާލުކޮށްލުމަށްފަހު ގެއަށް ދާން ނުކުތެވެ.

ބޮލުގައި އަތުން ހިފަހައްޓާލައިގެން ހުރެ ހޯލްވޭއިން ނުުކުންނަންދިޔަ ޔަނާލް އިކާންއަށް ފެނުނެވެ. ޔަނާލްގެ ހަރަކާތްތަކުންނާއި ފެންނަ ފެނުމުން އޭނަގެ ހާލަތު ރަނގަޅުނޫންކަން އިކާންއަށް އެނގުނެވެ. މިކާލް ދެފަހަރަކު މަޑުން ގޮވާލުމުންވެސް އެއަޑަށް ސަމާލުކަމެެއްނުދީ އިކާން އަވަސް ފިޔަވަޅުތަކެއްގައި ހޯލްވޭއިން ނުކުންނަން ހިނގައިގަތެވެ. ހޯލްވޭއިން ނުކުމެ ގޭޓާއި ހިސާބަށް ދެވުނުތަނާ ޔަނާލްއަށް މުޅިތަން އަނދިރިވިފަދައެވެ. ބޮލުގައި ބާރަށް ހިފަހައްޓާލެވުމާއެކު ގައިގެ ވަރު ދޫވެގެން ގޮސް ޔަނާލް އަރިއަޅާލިއެވެ. ދެލޯ މެރެމުންދިޔަ ޔަނާލް ފެނި އިކާންއަށް ޔަނާލްގެ ނަމުން ގޮވާލާ ދުވެފައި ގޮސް ޔަނާލްގެ ހަށިގަނޑުގައި ހިފައްޓާލެވުނީ ކިރިޔާއެވެ. އޭރު ޔަނާލްގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެެއްނެތެވެ. ދެލޯ މެރިފާވީއިރު މޫނު މަތީގައިވީ ވަރުބަލިކަމެވެ. ހާސްވެފައި ހުރި އިކާން މަޑުމަޑުން ޔަނާލްގެ ކޮލުގައި އަތުން ކޮށްޓާލިއެވެ. ދެތިން ފަހަރު ތަކުރާރުކޮށްލުމުންވެސް ޔަނާލްގެ ފަރާތުން އެއްވެެސް ހަރަކާތެއް ނުފެނުމުން އިކާން އިތުރަށް ހާސްވިއެވެ.

79

ifoo

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

You may also like...

20 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. Salaam dear readers ❤️❤️❤️😊😊😊… Here is the 12th part 😊😊😊… Hope all will like this part too 😊😊😊… Feel free to comment your views 😊😊😊… What do you guys think will happen next??? 😊😊😊… Heheh… Next part In Sha Allah on Friday night 😊😊😊… Will try my best to upload the next part on the day mentioned 😊😊😊… Thankyou soooooo much for the support n love you all my readers ❤️❤️❤️😘😘😘😊😊😊… Good night all 😊😊😊…

  ⚠Report!
  1. Yesss dear ur first 😊😊😊… Congratulations 😊😊😊… Waiting for your comment 😊😊😊…

   ⚠Report!
  2. vhk vrh riithi… waiting ga hama mihaaruh sure mi inii… hehe… iyye kuda koh busy v ma story kiyaafa vx cmmt eh nukurevunu… sorry for that

   ⚠Report!
  3. It’s ok rainstorm 😊😊😊… V v v ufaavehje comment kohleema 😊😊😊… Thankyou soooooo much dear ❤️❤️❤️😘😘😘😊😊😊… Now next part is uploaded 😊😊😊…

   ⚠Report!
 2. V reethi mibaives … Dhn heevanee ikaan yanaal gendhaan ee hospital a hen … Btw waiting curiously for the next part dear … All the best … Love u n love this story ifoo 💓💓💓

  ⚠Report!
  1. Imko ❤️❤️❤️…. Thankyou soooooo much dear for the comment ❤️❤️❤️😊😊😊😘😘😘… Imko ge comment kiyaalaafa ifoo v v v ufaavehje 😊😊😊… Hope to see ur comment more often 😊😊😊… Let’s see what happens dhw 😊😊😊… Much much more loves from me dear ❤️❤️❤️😘😘😘😊😊😊…

   ⚠Report!
  1. Awwwwnn ❤️❤️❤️😘😘😘😊😊😊… Thankyou soooooo much dear ❤️❤️❤️😘😘😘😊😊😊… It means a lot for me 😊😊😊… Hope to see ur comment more often n much more loves from me ❤️❤️❤️😊😊😊😘😘😘…

   ⚠Report!
 3. Mi part vx v reethi ❣️bt haadha laheyy up vaaleh 😪thankolheh avahah next part up kuraane kamah heekuran 😊story vvvv salhi ❣️❣️❣️❣️ waiting for the next part 😘😘😘😘

  ⚠Report!
  1. Mal ❤️❤️❤️… Thankyou soooooo much dear ❤️❤️❤️😘😘😘😊😊😊… Ifoo vx gaboolu kuran parts thah gebesdheveyleh laskamah 😢😢😢… Ekamaku keehkuraany dhw… Time nuvaathy lasvany 😢😢😢… Mikan ragalhu kureveythr v masaikah kuran… In Sha Allah next part Friday night ga kiyaalan libeyne 😊😊😊… Much more loves ❤️❤️❤️😘😘😘😊😊😊…

   ⚠Report!
  1. Mai ❤️❤️❤️… Thankyou soooooo much ❤️❤️❤️😘😘😘😊😊😊… In Sha Allah next part Friday night ga kiyaalan libeyne 😊😊😊… Much more loves ❤️❤️❤️😘😘😘😊😊😊…

   ⚠Report!
 4. Ma Sha Allah. Mi part vx varah varah reethi. You are so talented. Aslu v Gina dhuvas fahun ifoo sis he story ah comment kohllevuny. I am really sorry for that. And varah curious kohlaafa story nimmaalee. Simply can’t wait for Friday. Thank you so much for bringing such a nice story. I simply love it and really appreciate your work. Aslu varah vaahaka kiyas hihvey mikala vaahakathah fenunyma. Ehenve adhives ehffaharu thanks. May Allah make you a much more successful writer and may he fulfill all your dreams. Lysm ifoo sis.❤️❤️❤️❤️

  ⚠Report!
  1. Awwwwnn ❤️❤️❤️😘😘😘😊😊😊… Soooo sweet of you 😊😊😊… Thankyou soooooo much for the comment ❤️❤️❤️😘😘😘😊😊😊… I’m really very happy to see ur comment after a long time 😊😊😊❤️❤️❤️… It encouraged me a lot 😊😊😊… Hope to see ur comment more often 😊😊😊…

   ⚠Report!
  1. Mal ❤️❤️❤️… Thankyou soooooo much ❤️❤️❤️😊😊😊😘😘😘…

   ⚠Report!
 5. Varah💯💯💯💯Varah💯💯💯💯 Varah💯💯💯💯reethi💯💯💯💯💯maa sha Allah.💯💯💯curiously waiting💯💯💯for💯💯💯 the💯💯 next💯💯💯part.💯💯💯

  ⚠Report!
  1. Yanaa ❤️❤️❤️😘😘😘… Thankyou soooooo much ❤️❤️❤️😊😊😊😘😘😘… V v v ufaavehje 😊😊😊… It means a lot for me 😊😊😊… Now next part kiyaaleveyne 😊😊😊… Much loves ❤️❤️❤️😘😘😘….

   ⚠Report!

Leave a Reply

Your email address will not be published.