Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިކުރުވާހަކަލޯބި

99

Zel Level 110 Stories
November 20, 2019 6 Mins Read
10 Comments

” ސަޕްރައިޒް ”

އައިޝާގެ ލޯ މަތީގައި އަޅާފައިވާ އަތް ނައްޓައި ލަމުން ވާރިޝް ހީލި އެވެ. އެ އާއި އެކު އައިޝާ މަޑުމަޑުން އޭނާގެ ދެލޯ ހުޅުވާލި އެވެ. ފެނުނު މަންޒަރުން އައިޝާގެ ދެލޯ ބޮޑު ވެގެން ދިޔަ އެވެ. ބިރުން ފަހަތަށް ޖެހެވުނެވެ.

” ނޫން… ނޫން… އަހަންނަށް ދެރަ ގޮތެއް ނުހަދާތި…. ވާރިޝް…. އަހަރެން ސަލާމަތް ކުރޭ…”

އައިޝާ ފަހަތް ބަލައިލި އިރު ވާރިޝްގެ ހިލަމެއް ވެސް ފެންނާކަށް ނެތެވެ. ކުރިމަތީ ގައި ވަޅި ހިފައިގެން ހުރީ އައިޝާގެ ކުރީގެ ލޯބިވެރިޔާ ޒާހިދެވެ. އަވަސް އަވަހަށް އައިޝާ ކޮޓަރިން ނިކުތުމަށް ހިނގައިގަތެވެ. އެހެންނަމަވެސް ޒާހިދު އެއަށް ވުރެ މާހުޝިޔާރެވެ. އައިޝާގެ އިސްތަށިގަނޑު ގައި ހިފައި، އެނދާއި ދިމާލަށް ކޮށްޕާލި އެވެ. އޭރު އައިޝާގެ މުޅި ހަށިގަނޑު ބިރުން ތުރު ތުރު އަޅަނީ އެވެ. ޒާހިދު ކޮޓަރީގެ ދޮރު ތަޅުލުމަށް ފަހު އައިޝާ އާއި ގާތްވެލި އެވެ.

” ކަލޭ މަށާ ވަކިވީ މީ ބޯ މީހެކޭ ކިޔާފަ… ނުބައި މީހެކޭ ކިޔާފަ… އާނ… މައްސަލަ އެއް ނެތޭ… މީ ނުބައި މީހާ… އެކަމު އަހަރެން ވެސް ކަލޭ ދެކެވީ ލޯބި…. ހަޤީޤީ ލޯބި….. އަހަރެންގެ ހިތުގައި ކަލެއަށް ދެވުނު މަތިވެރި ޤަދަރަށް ކަލޭ އެރީ ކޮޅުފައިން………. އަހަރެން ކަލޭ ހޯދާތާ ހާދަ ދުވަހެއް ވެއްޖޭ…. މިއަދު ކަލެއަށް މަގޭ ނުބައިކަން ދައްކާލާނަން…”

މިހެން ބުނުމާއި އެކު ޒާހިދު އައިޝާގެ ކަރުގައި ވަޅި ޖައްސާލި އެވެ. އޭރު ޒާހިދު ހުރީ އިންތިހާއަށް ރުޅި ގަދަވެފަ އެވެ.

” ޒާހިދު ނޫން… އަހަރެން މަރާ ނުލާތި… އާދޭސް ކޮށްފަ މިބުނީ… އަހަރެން…. އަހަރެން.. ދޫކޮށްލާ…”

އައިޝާގެ އަޑު ބެދޭ ގޮތްވި އެވެ. ޒާހިދު ބަލާކަށް ނެތި ތަންމިނަށް އަތް ދަމާލައި، އައިޝާގެ ކަރަށް ވަޅި ހަރާލަން ދިމާ ކޮށްލި އެވެ. އެވަގުތު އައިޝާ އޭނާގެ ދެލޯ ބާރަށް މަރާލަމުން “މަންމާ” އޭ ކިޔައި ރޯން ފެށި އެވެ. ކުއްލިއަކަށް އައިޝާއަށް އިވުނީ އެނދު މަތިން ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑެވެ. ފިސާރި ބިރުން ހުރެ އައިޝާ އޭނާގެ ދެލޯ ހުޅުވާލި އެވެ. ތަށިމުށިގަނޑުމަތީގައިި ލެއިން ތަތްތެޅިފައިވާ ޒާހިދުގެ ފުރާނަ ނެތް މަސްގަނޑު ފެނުމާއި އެކު އެނދުން ފުއްމައިގެން ތެދުވެ، އައިޝާ ކޮޓަރިން ނިކުންނަން ދުއްވައި ގަތެވެ. އޭރު އޭނާގެ ހިތް ހީވަނީ ހަށިގަނޑު ފަޅައިލާފައި ބޭރަށް ނިކުމެ ދާނެހެންނެވެ.

އައިޝާ ދުވަމުން ކަހަލަ ގޮތަކަށް ގެއަށް އައިސް ވަތް އިރު އޭނާގެ ނޭވާ އުފުރައިގެން ދަނީ އެވެ. އޭނާ ވަނީ ބިރުން ދާހިއްލައި ފޯވެފަ އެވެ. އޭރު އައިޝާގެ މަންމަ ފަތީނާ އާއި ބައްޕަ އާދިލު އައިޝާގެ އިންތިޒާރު ގައި ސިޓިންރޫމްގައި އިނެވެ.

” މަންމާ… ބައްޕާ… އަހަރެން ސަލާމަތް ކޮށްދީ ”

ފަތީނާގެ ގައިގައި ބައްދާލުމާއި އެކު އައިޝާގެ ބަޑި ފަަޅައިގެން ހިނގައްޖެ އެވެ.

” ދަރިފުޅާ އައިޝާ…. ކީއްވެފަ ތިހުރީ…؟ ކަމަކާ ބިރުންތަ؟ ”

އައިޝާގެ މޫނަށް ބަލައިލަމުން ވަރަށް ހާސްވެފައި ހުރެ ފަތީނާ އެހި އެވެ. އައިޝާ ވަަރަށް ހިތްވަރު ކޮށްފައި މިރޭގަ ވި ހުރިހާ ކަމެއް ކިޔައި ދޭން ފެށި އެވެ. އެ ވާހަކަތައް އަހައިފައި ފަތީނާ ވަރަށް ބިރުގެންފި އެވެ. އާދިލަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެންނެވެ.

***

ދަންވަރުގެ ހަމަހިމޭން ވަގުތެވެ. އޭރު ވެސް އައިޝާ އޮތީ އެނދުމަތީ ގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އެވެ. އޭނާގެ މޫނު މަތިން ނިދީގެ އެއްވެސް އަސަރެއް ފެންނަން ނެތްކަހަލައެވެ. ހިތުގައި ބިންވަޅު ނެގިފައި ވަނީ މިރޭ ދިމާވި ކަންތައް ގަނޑެވެ.

” ވާރިޝް އަކީ ކޮން ފަދަ ނުބައި ރައްޓެއްސެއް… އަހަންނަށް ސަޕްރައިޒެއް ދޭންށޭ ކިޔާފަ ގެސްޓުހައުސް އަކަށް ގެން ގޮސް އަހަރެން މަރުގެ އެތި ފަހަރަކަށް ވައްޓާލީ….. އެކަމު ޒާހިދަށް އެވީ ކީއްބާ..؟ ޒާހިދު މަރާލީ ކާކުބާ؟.. ”

އައިޝާ އަށް ކުއްލިއަކަށް ސިއްސައިގެން ދިޔައީ އޭނާގެ ކަންފަތް ދޮށުގައި މީހަކު ވައި އަޑަކުން “ދަރިފުޅާ” އޭ ކިޔައި ގޮވައިލި އަޑަށެވެ.

” ކާކު؟؟؟ ކާކު؟؟؟ ” އައިޝާ އަށް ތެޅެގަނެވުނެވެ.

” ދަރިފުޅާ ”

އަނެއްކާ ވެސް އެ އަޑެއް އިވުނެވެ. އެކަމު މި ފަހަރު އެ އަޑު އައީ އައިޝާ އާއި ވަރަށް ދުރުންނެވެ. އައިޝާގެ ހިތުގައި ބިރުވެރި ކަމުގެ އިޙުސާސްތައް ކެކި އުތުރެން ފެށި އެވެ. މުޅި ރޭ ވެސް އައިޝާ ހޭދަ ކުރީ އެ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.

***

އިރުގެ އަލިކަން ދުނިޔެއަށް ވެރިވެ ގަތުމާއި އެކު މާލެ ތެރެއަށް ގުގުމަމުން ދިޔަ ޚަބަރަކީ ދެ ޒުވާނަކު ރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު ވާހަކަ އެވެ.

” ދަރިފުޅާ…. ރޭގަ ވާރިޝް ވެސް މާލޭގެ ގޯޅި ގަނޑެއްގެ ތެރޭގައި މަރާލާފަ އޮއްވާ ފެނިއްޖެ.. ބައެއް މީހުން ކިޔާ އެއީ އިންސާނެއްގެ ކަމެއް ވެސް ނޫނޯ…. ވާރިޝްގެ މަސްގަނޑު އޮތީ ކާލާފަޔޯ..”

ފަތީނާ ދައްކަމުން ދިޔަ ވާހަކަތަކުން އައިޝާ ބިރުން ދެލޯ ފެންކަޅިވި އެވެ.

” ދަރިފުޅާ… ކަންބޮޑު ނުވޭ… ދަރިފުޅަށް ރޭގަ ވީ ކަންތަކާއި މިކަމާ ގުޅުމެއް އޮންނާނެ… މަންމަ ތައްހާނުބެ ކައިރިއަށް ގޮސް މި ވެގެން އުޅޭ ގޮތެއް ބަލާނަަން.. ”

ފަތީނާ މިހެން ބުނުމާއި އެކު އާދިލުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫންނެވެ.

” ހަނދާން ކުރާތި…. މިއީ ތި ހީކުރާ ކަހަލަ ކަމެއް ނޫނޭ…. ހަމަ ކަމެއް ވާއިރަށް ޖެހޭތަ ފަންޑިތަ ހަދަން ދާން…. ގޮސްގެން ނުވާނެ.. ” އާދިލުު ވަރަށް ބާރަށް ދޮރު ޖަހަމުން ކޮޓަރިއަށް ވަނެވެ.

ދަންވަރުގެ އަރާމު ނިދިން މަޙްރޫމު ވެ އައިޝާއަށް މިރޭ ވެސް ކުރިމަތި ލާން ޖެހިފައި ވަނީ އެ ބިރުވެރި ކަންތަކާ އެވެ.

” ދަރިފުޅާ ”

މިރޭ އެ އަޑު އައީ ސީދާ ކޮޓަރީގެ މައި ދޮރާއި ދިމާލުންނެވެ. އައިޝާ ވަރަށް ބިރުން ހުރެ ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ކޮޓަރީގެ ދޮރު ހުޅުވުނީ އައިޝާ އެގޮތަށް ހުއްޓުން އަަރާފައި އިންދަ އެވެ.

” ކާކު؟… ތީ ކާކު؟… މިތަނަށް ނުވަދޭ… ހެޔޮނުވާނެ… މިތަނުން ދޭ…” އައިޝާއަށް ރޮއި ގަނެވުނެވެ. އެއާއިއެކު ކޮޓަރީގެ ދޮރު މަޑުމަޑުން ލެއްޕިއްޖެ އެވެ.

***

އާދުވަހަކަށް އިރު މަރުޙަބާ ކިޔުމާއި އެކު ފަތީނާގެ ގާތަށް ގޮސް އައިޝާ އަށް މިހާރަކަށް އައިސް ދަންވަރުގައި ކުރިމަތިލާން ޖެހޭ ގޮތް ނޭނގޭ ބިރުވެރި ކަންތަކުގެ ވާހަކަ އައިޝާ ކިޔައި ދީފި އެވެ. ފަތީނާ ބޭނުން ވީ އާދިލަށް ސިއްރުން ނަމަވެސް ތައްހާނުބެ ކައިރިއަށް ދާންށެވެ. މި ވާހަކަތައް އޭނައަށް ޙިއްޞާ ކުރަންށެވެ. އެހެން ނަމަވެސް ކަން ދިމާކުރި ގޮތުން ތައްހާނުބެ އޭރު ހުރީ ހަފުތާ އަކަށް މާލޭ އިން ބޭރުގައި ކަމުން އޭނާ އައުމުން އެ ވާހަކަތައް ދައްކަން ފަތީނާ މަޑުކުރި އެވެ.

ދުވަސްތައް މިގޮތަށް ފާއިތުވަމުން ދިޔަ އެވެ. އައިޝާއަށް ކުއްލިއަކަަށް ހޭލެވުނީ މީހަކު އޭނާގެ މޭގައި ބޯ އަޅައި ލައިގެން އޮވެ ރޯ އަޑަށެވެ. އައިޝާ ބިރުން ފިތްކަނޑައިގެން ނު ދިޔައީ ހަމަ ކިރިޔާ އެވެ. އޭރު އެ އަންހެން މީހާ އައިޝާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެމީހާގެ ފައި ބިމަކު ނުޖެހެެ އެވެ. ހަށިގަނޑުގައި އެތަކެއް ޒަޚަމު ތަކެއް ފެންނަން ހުއްޓެވެ.

” ދަރިފުޅާ… ބިރު ނުގަނޭ… މިއީ ދަރިފުޅުގެ މަންމަ އޭ… މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ..” އެ އަންހެންމީހާ ވާހަކަ ދައްކަން ފެށިއެވެ.

އައިޝާ އިތުރަށް ބިރު ގަންނަ ގޮތްވި އެވެ.

” ކީކޭ؟؟ މަންމައޭ؟؟ އެ ކިހިނެތް؟؟ ” އައިޝާ ވަރަށް އުނދަގުލުން އެހި އެވެ.

” އާނ ދަރިފުޅާ… މިއީ ދަރިފުޅުގެ މަންމަ ރަޝީދާ… މަންމަގެ އެއްވެސް ކުށެއް ނެތި ދަރިފުޅުގެ ބައްޕަ މަންމަ މަރާލީ… ދަރިފުޅު ބައްޕަ ގާތު އަހާ ބަލަ މަންމަ މަރާލީ ކީއްވެ ތޯ؟؟..”
އެހެން ބުނުމާއި އެކު އެ އަންހެން މީހާ ގެއްލިއްޖެ އެވެ.

އައިޝާ ގަޑި ބަލައިލި އިރު ގަޑިން ދަންވަރު 3:30 ވަނީ އެވެ. އެހެން ނަމަވެސް އޭނާ ބޭނުން ވީ މިހާރުން މިހާރަށް އެ ވާހަކަ އޭނާގެ ބައްޕަ ގާތުގައި ދައްކާށެވެ. އައިޝާ އެނދުން ތެދުވެ ގެން ގޮސް އޭނާގެ ބައްޕަމެންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަން ފެށި އެވެ.

” ދަރިފުޅާ…. މިއޮތް ދަންވަރު؟؟ ކިހިނެއްތަ ވީ؟؟” އާދިލު ކޮޓަރީގެ ދޮރު ހުޅުވާލި އެވެ.

” ކަލޭ ތީ އަނިޔާވެރި އެއް… މަކަރުވެރި އެއް… ކަލޭ މަގޭ މަންމަ މަރާލީ… ކީއްވެ މަރާލީ؟؟.. ބުނޭ…. ކީއްވެ މަރާލީ؟..” އައިޝާ އަށް އަޑުގެ ނެތް ތަނަށް ރޯން ފެށުނެވެ.

” ކީކޭ؟ މަރާލީއޭ؟ ” ވާނުވާ ނޭނގިފައި ވާ ފަތީނާއަށް އަހައިލެވުނެވެ. އޭރު އާދިލަށް ހަމަ ރަނގަޅަށް ވެސް ރޮވޭ ގޮތް ވެއްޖެ އެވެ.

” އާނ… އަހަރެން އައިޝާގެ މަންމަ މަރާލީ….. އަހަރެން މިއަދު ހުރިހާ ވާހަކަ ތަކެއް ކިޔައި ދޭން ބޭނުން… ފަތީނާއަށް ދަރިން ނުލިބޭތީ އަހަރެން އެހެން އަންހެނަކާއި އެކު ގުޅުން ބޭއްވިން…. އޭނައަށް ކިޔަނީ ރަޝީދާ… އަހަރެން ރަޝީދާ އާއި ކައިވެންޏެއް ނުކުރަން…. އެކަމު އަހަރެމެން އެއްކޮށް އުޅެމުން ދަނިކޮށް ރަޝީދާ އައިޝާއަށް ބަލިވެ އިނީ… އޭގެ ފަހުން ތަކުރާރު ކޮށް ރަޝީދާ އެދެމުން ދިޔައީ އަހަންނާ ކައިވެނި ކުރުމަށް… އެކަމު އަހަރެން އެކަމާއި ދެކޮޅު ހެދިން…. އައިޝާ ލިބުމުން އަހަރެން ބޭނުން ވީ ރަޝީދާ މަރާލަން… އެއީ ރަޝީދާގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކު ވެދާނެތީ… އެގޮތުގެ މަތިން އަހަރެން އޭނާ މަރާލިން… އަދި އައިޝާ އަހަރެންގެ ކައިރިއަށް ގެނައިން… އޭގެ ފަހުން އަހަންނަށް ތަޖުރިބާ ކުރަން ޖެހުނީ ބިރުވެރި ކަންތައް ގަނޑަކާ… އަހަންނަށް ރަޝީދާގެ އުނދަގޫ ވާން ފެށި… އަހަރެން އެ ވާހަކަތައް ފަންޑިތަ ހަދާ މީހަކަށް ކިޔައި ދިނުމުން ރަޝީދާގެ ރޫޙު ރަޝީދާ މަރާލި ކޮޓަރި ތެރޭގައި ވާ ކަމަށް ބުނި… އަދި އޭނާ ފަންޑިތަ ހަދާ ރަޝީދާގެ ރޫޙު ނިންދަވާލި…. އޭގެފަހުން އަހަންނަށް އޭނާގެ އުނދަގުލެއް ނުޖެހުނު… އެހެންނަމަވެސް މިހާރު އަހަންނަށް އަނެއްކާ ވެސް އޭނާގެ އުނދަގޫވާން ފަށައިފި…. އަހަންނާއި ރަޝީދާގެ ލޯބީގެ ހުރިހާ ކަމެއް ހިނގީ ” ފަޖުރު ” ނަމަކަށް ކިޔާ ގެސްޓު ހައުސް އެއްގެ 99 ވަނަ ނަންބަރު ކޮޓަރި ތެރޭގައި… އަދި އަހަރެން އޭނާ މަރާލީ ވެސް ހަމަ އެ ކޮޓަރީގައި… ދަރިފުޅާ އައިޝާ…… އޭގެ ވިހި އަހަރު ފަހުން ދަރިފުޅަށް ވެސް ތި ވަދެވުނީ ހަމަ “ފަޖުރު” ގެސްޓު ހައުސްގެ 99 ވަނަ ނަންބަރު ކޮޓަރިއަށް… އަދި ދަރިފުޅުގެ މަންމަގެ ނިދާ ފައިވާ ރޫޙު ދަރިފުޅަށް ތިވަނީ ހޭލުއްވާ ލެވިފަ……….. ފަތީނާ….. ދަރިފުޅާ….. އަހަންނަށް މަޢާފު ކުރޭ…. އަހަންނަށް ހަޤީޤަތް އޮޅުވާ ލެވުނީ….. އަހަރެން މީގެ ހައްޤު އަދަބު ލިބެން ބޭނުން…”

އާދިލުގެ ވާހަކަ މިހާ ހިސާބަށް ދިޔަ އިރަށް މުޅި ގެއިން ކަރަންޓުގެ އަލިކަން ހިނގައްޖެ އެވެ. އެއާއި އެކު ބާރު އަޑު ފައްގަނޑަކާއި އެކު އާދިލުުގެ ހަޅޭކުގެ އަޑު އިވުނެވެ. ފަތީނާ ނިކަން ބިރުން ހުރެ އައިޝާގެ ގައިގައި ބައްދާލަމުން ރޯން ފެށި އެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ކޮޓަރިއަށް އަލި ވެގެން ދިޔަ އެވެ.

ފަތީނާ އާއި އައިޝާއަށް އެއްކޮށް ކަހަލަ ގޮތަކަށް ހަޅޭލަވައި ގަނެވުނެވެ. އޭރު ކޮޓަރި ތެރެއަށް ވަނީ ލޭގެ ކޯރެއް ހެދިފަ އެވެ. އާދިލުގެ ގައިގެ އެކި ތަންތަނަށް ވަޅި ޖަހައި ވަނީ މަރައިލާފަ އެވެ. ކުއްލިއަކަށް ކޮޓަރި ތެރެއަށް ދުންގަނޑެއް އަރައިގެން ދިޔަ އެވެ.

” މަންމާ ”

ދުންގަނޑުގެ ތެރެއިން ރަޝީދާ ފައުޅުވުމާއި އެކު އައިޝާ އަށް ބޭއިޚުތިޔާރު ގައި ކޮޅަށް ތެދުވެވުނެވެ. ރަޝީދާ ހިނިތުންވުމަކާއި އެކު އައިޝާ އާއި ދިމާލަށް އަތް ދިއްކޮށްލި އެވެ.

” މަންމާ ”

އައިޝާ އަނެއްކާ ވެސް އޭނާގެ މަންމައަށް ގޮވައިލަމުން ރަޝީދާ އާއި ކައިރި ވެލިއެވެ. އައިޝާގެ ހިތުގައި ވާ ބިރުވެރިކަން މިހާރު މަޑުމަޑުން ނެތެމުން ދާ ކަހަލަ އެވެ.

” ދަރިފުޅާ… މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ… ވަރަށް ވަރަށް ލޯބިވޭ……… ނުބައި ރޭވުމެއްގެ ތެރެއިން މީހަކު ދަރިފުޅު މަރާލަން އުޅެނިކޮށް މަންމައަށް ގޮވީމެއްނު… އަދި މަންމަ ދަރިފުޅަށް އެހީވިން.. ދަރިފުޅު ސަލާމަތްކޮށް ދިނިން… މަންމަ ޤަބޫލު ކުރާ ގޮތުގައި ކުށްވެރިންނަށް އޭގެ ހައްޤު އަދަބު ލިބެން ޖެހޭނެ…. އެގޮތުގެ މަތިން މަންމަ ވާރިޝް ވެސް…. ޒާހިދު ވެސް… އަދި ބައްޕަ ވެސް މަރާލީ… ފުލުހުން މި މަރުތައް ތަޙުޤީޤު ކުރިޔަސް، މީގެ ހަޤީޤަތް އެ މީހުންނަކަށް ދެނެ ނުގަނެވޭނެ… މަންމައަށް މި ކުރެވުނީ ކުށެއް ނަމަ ދަރިފުޅު މަންމައަށް މަޢާފު ކުރޭ ”

އައިޝާގެ މޫނުގައި ފިރުމައިލަމުން ރަޝީދާ ފަހަތަށް ޖެހެލި އެވެ. އެ އާއި އެކު ކޮޓަރި ތެރެއަށް ވެރި ވެފައިވާ ދުންތަކާއި އެކު ރަޝީދާ ގެއްލިއްޖެ އެވެ. އައިޝާ ބާރު ބާރަށް ރޮމުން ކޮޓަރީގެ ތަށިމުށިގަނޑު މައްޗަށް ޖެހެގަތެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކު ފަތީނާ ގޮސް އައިޝާގެ ގާތުގައި އިށީނަމުން، ފަތީނާގެ ގަޔާއި އައިޝާ ލައްކޮށްލި އެވެ.

ނިމުނީ

Share Article

Follow Me Written By

Zel

Level 110 Stories

Other Articles

Previous

ނާކާ – (އެޕިސޯޑް 06)

Next

ނޭނގިހުރެ ވެވުނު ލޯބި (10 ވަނަބައި)

Next
November 20, 2019

ނޭނގިހުރެ ވެވުނު ލޯބި (10 ވަނަބައި)

Previews
November 20, 2019

ނާކާ – (އެޕިސޯޑް 06)

10 Comments!

  1. sama says:
    November 20, 2019 at 6:04 pm

    Vvvvvvvv reethi vaahaka eh
    vv interesting
    adhives mikahala baivaru vaahaka thakeh kiyaalan libeyne kamah ummeedh kuran
    good luck keep it up

    1. sama says:
      November 20, 2019 at 6:05 pm

      And I’m first dho

  2. Meekkomee says:
    November 20, 2019 at 6:17 pm

    Woww??? mi story ves varah Reethi ingyy ???? waiting for a new story ??

  3. samra says:
    November 20, 2019 at 7:34 pm

    Vv reethi story eh…??

  4. ®@@ñ! says:
    November 21, 2019 at 12:58 am

    V v. V reethi ♥️ speechless

  5. Ibsha says:
    November 21, 2019 at 1:13 pm

    Kurin ves ky vaahaka eh
    Ekam varah reethi

  6. malsamalkkomal says:
    November 22, 2019 at 12:10 am

    Wowow. Varah reethi mi story maasha allah. Ummeedhukuran adhi zel bro mikahala reethi vaahka eh mal mennah kiyaalan dheyne kamah.tc bro:)

  7. JusSaskin says:
    January 14, 2020 at 4:15 pm

    The story is pretty good but there are some parts that doesnt make sense at all.
    Like the part adhil brings a baby girl to home out of nowhere and his wife doesnt ask any questions ????

  8. Maasha says:
    October 9, 2020 at 9:09 am

    Wow

  9. OMG says:
    November 13, 2024 at 12:02 pm

    I’ve read this story
    Zel..
    And I know you..
    You up stories in vaahaka app dhw
    I know igey baivaru vaahaka keemey

Comments are closed.



All Right Reserved!