އަހަރެންގެ ދެއަތް ވަނީ ރައިހާން ގެ ބާރުގަަދަ އަތުގެ ތެރޭގައި ބަންދު ކުރެވިފައެވެ. ރައިހާން ގެ އަނެއް އަތް އޮތީ އަހަރެންގެ ބަނޑު މަތީ ވަށާލެވިފައެވެ.. ރައިހާން އަހަރެން ދުރައް ލާކަށް ނޫޅެއެވެ..އެހެންވެ އަހަރެން ވެސް އިން ގޮތަށް އިނީއެވެ… އަހަރެމެން ދެމީހުން ކުއްލިއަކަށް ދުރުވީ…ކޮޓަރީގެ ދޮރުން ވަދެގެން އައި ޝާނިޔާއްތަ ފެނުމުންނެވެ…
ޝާނިޔާއްތަ އަށް އެ މަންޒަރު ނުފެނޭ ކަން ޔަގީން ވުމުން އަހަރެންނަށް ފުން ނޭވާއެއް ލެވުނެވެ.. އަސްރު ނަމާދަށް ބަނގި ގޮވާ އަޑު އިވުމުން ރައިހާން އަވަސް ވެގަތީ މިސްކިތް ދޮށަށް ދިއުމަށެވެ.. ދުވަސް ތަށް އެހެން ފާއިތު ވަމުން ދިޔައެވެ.. ނަމަވެސް އެ ދުވަހު ވި ކަންތަކާ މެދު ރައިހާން އެއްގޮތަކަށްވެސް ވާހަކަ އެއް ނުދައްކައެވެ… އެއީ ވީ ކަމެއް ކަމައް ވެސް ނުހަދައެވެ…. އެހެން ވެގެން އަހަރެންވެސް އެ މައުލޫ އަކަށް ވާހަކަ އެއް ނުދައްކަމެވެ.. ނަމަވެސް އެ މަދު ސިކުންތު ކޮޅުގެތެރޭހައިވި ހުރިހާ ކަމެއް އަހަރެންގެ ހިތުގެ އެންމެ އަޑީގައި ވަނީ ރައްކާ ކުރެވިފައެވެ… ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ…
ސުކޫލު ބަންދު ދުވަހެއް ކަމުން އަހަރެން އޮތީ ގަދަ ނިދީގައެވެ.. އަވަހަށް ތެދުވާކަށް ގަސްތެއް ނުކުރަމެވެ… ނަމަވެސް އަހަރެންގެ ނިދި ހަރާބު ވެގެން ދާން ނެގީ މަދު ސިކުންތު ކޮޅެކެވެ… އަބަދުވެސް އަހަރެންގެ ނިދި ހަލާކު ވަނީ ކާކުގެ ސަބަބުން ކަން އިނގޭނު ދޯ!! އަހަ އަހަ…. “މައީ މައީ… އަވަހަށް ދޮރު ހުޅުވަބަލަ…. އެމަޖެންސީ ނަންބަރ 1 އޭ…. ޖަލްދީ ކަރޯ!! ” ލަޔާ އައިސް އަހަރެންގެ ކޮޓަރީގެ ދޮރުގައި ތަޅަން ފެށިއެވެ… ހީވަނީ ދެންމެ ދެންމެ.. ދޮރު ވައްޓާލާފާނެހެނެވެ.. އިތުރު ގޮތެއް ނެތިގެން… އަހަރެން އެންމެ ފަހުން ދޮރު ހުޅުވީމެވެ.. މައީ އަހަރެންގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ…”ޕިސް ޕިސް.. ކިހިނެއްތަ ވީ…. ތަނެއްގަ ރޯވެގެންތަ ތިއުޅެނީ… ހަމަ ޖެހިބަލަ ޑޫޑް” “އޯކޭ…އޯކޭ.. ގެސް ވަޓް.. .. ވަރަށް ވަރަށް ސްޕެށަލް ޑޭ..އެއް އަންނަން އެބަ އުޅޭ….” ލަޔާ ވަރަށް އުފާވެފައި ހުރެ ބުނެލިއެވެ.. “މައިސަމް ގެ ބާތް ޑޭ؟؟؟ .. ނާދިންގެ ބާތްޑޭ؟؟؟ ޝާނިޔާއްތަ ގެ ބާތް ޑޭ؟؟؟ އަމް.. ޔުއާ ފަސްޓް ބްރޭކް އަޕް ޑޭ؟؟؟” އަހަރެން ހިތަށް އައި ހުރިހާ އެއްޗެއް ކިޔާލީމެވެ… “ސާބަސް މައީ އަށް .. ކަލޭގެ އާށިގް ގެ އުފަންދުވަހެންނު އަންނަން އެއުޅެނީ….ބަލަ އެވަރު ވެސް.. ހަނދާން ނުހުންނަނީތަ…. ލޯބިވެޔޭ ބުނާނެ… ގެރި ލޯބި ދޯ އަހަ އަހަ ” ލަޔާ އަހަރެންނަށް ޖޯކު ޖަހަން ފެށިއެވެ… ” އަހަ އަހަ ބަލަ މީނދި މޮޔަޔާ އަހަރެންނަށް އިނގެޔޭ.. މީގެ 19 ދުވަހާއި 10 ގަޑިއިރާއި 17 މިނެޓް ފަހުން އެއީ ރައިހާން ގެ ބާތްޑޭ ކަން މަށަށް އެނގެއޭ… ލަޔާ މޮޔަ ހައްދާލަން ވެގެން އެއީ..އަހަ އަހަ” “ހޫން ހޫން.. ދެން ހެވޭ..އޭ މައީ.. ތިއެއް ނޫނޭ ރައިހާން ގެ ބާތް ޑޭއަށް ކަމެއް ރާވަން ހިނގާބަ އައިއެމް ސޯ އެކްސައިޓެޑް…” ލަޔާ ގަޑި ބަލާލަމުން ބުނެލިއެވެ…. “އަހަރެންވެސް ތި ކަމާ ވިސްނާތާ ދުވަސް ކޮޅެއް ވެއްޖެ… އެންމެ ފުރަތަމަ ހިނގާބަލަ ދޭނެ ގިފްޓަކާމެދު ޑިސްކަސް ކުރަން….” އަހަރެން ނޯޓްފޮތް ނަގަމުން ބުނެލީމެވެ…. ” އަހަރެން ދޭން ބޭނުމީ… އަވަގްލާސް އަކާ..ބެލްޓަކާ…އައިނެއް..އޯކޭ ވާނެދޯ މައި” ” ޔާ އިޓްސް ގުޑް” އަހަރެން އެއްބުމް ހިއްލާލަމުން ބުނެލީމެވެ…”ދެން މައީ ދެނީ ކޯޗެކޯ؟؟” އަހަރެން ދޭން ވިސްނާފަ ހުރި އެއްޗިސް ގަނޑުގެ ތިރީގައި ނޯޓު ކޮއްލީމެވެ… ލަޔާ އޭއްޗިސް ކިޔާލިއެވެ ” 1:ޖިންޖަރ ހެއާސްޕްރޭ. އޭ…. އެއީ ކީއްކުރަން؟؟” ލަޔާ ސުވާލުކުރިއެވެ….”ރައިހާން ގެ ބޮލުގައި ހަން ފޮޅޭ ކަން އަހަރެންނަށް އިނގޭ… އެހެންވެ… އެކަމަށް ފަރުވާކުރަން” އަހަރެން ޖަވާބު ދިނީމެވެ..”އަޅޭ ހާދަ ލޯތްބެކޭ ތިވަނީ…އަހަ އަހަ…2:ޕިންކް ޕެންތާ….ފޯވަޓް … ހީ އިޒް ނޮޓް އަ ބޭބީ… އަހަ އަހަ” ލަޔާ ހޭން ފެށިއެވެ….” ސާބަސް.. ކުޑަ އިރުގެ ހަނދާނަތައް އާކޮއްލަންށޭ އެއީ.. އަހަރެން ކުރި ދިރާސާއަކުން އިނގުނީ ރައިހާންއަށް އެންމެ ކަމުދާ ކާޓޫން އަކީ ޕިންކް ޕެންތާ ކަން އެހެންވެ ޔޭ..” އަހަރެން ތުން އަނބުރާލަމުން ބުނެލީމެވެ” އަހަ އަހަ ދެން ހެވޭ… 3: ޑްރީމް ކެޗާރ؟؟؟ އެއީ ކީއްކުރަން … ރައިހާން އެއީ އަންހެން ކުއްޖެއްތަ ޑްރީމް ކެޗާ ދޭން އަހަ އަހަ ” ޕިސް ޕިސް ބަލަ ފިރިހެން ކުދިންނަށް ވެސް ދެޔޭ ޑްރީމް ކެޗާރ ކޮން ފޮތެއްގަ އޮތީ ޑްރީމް ކެޗާރ އަކީ ހަމަ އެކަނި އަންހެން ކުދިންނަށް ދޭ އެއްޗެކޭ” “އަހަ އަހަ ދެން އޯކޭ… ޔޫ ވޮން ..4: ގަޑި..އެއް އޯކޭ.. 5: ބޮ..ބޮކް..ސާ އެކޭ!!!!!!!! މައީ މޮޔަވީތަ… ކާކުތަ އެމީހެއްގެ ކްރަޝްގެ ބާތްޑެ ޕްރެސެންޓް އަކަށް ބޮކްސާއެއް ދޭނީ…” ލަޔާ އަޑުން އަޑުނަގާ ހެނީއެވެ…. އަހަރެން ލަޔާ ގައިގާ ވިކައިގަތީމެވެ… ” ކޮބާތަ މައްސަލަ އަކީ…ކޫސަނި އެއްޗެއް ދިނުމަށް ވުރެ ރަނގަޅެއްނު… ބޭނުން ހިފޭ އެއްޗެއް ދިނިއްޔާ… އަޅެ ލަޔާ ބުނެބަލަ ބޮކްސާ އަކަށް ވުރެ މުހިންމު އެއްޗެއް އޮންނާނެތަ ” ވާހަކަ ދައްކާ ނިމުނު އިރު އަހަރެންނަށް ވެސް ފާޑަކަށް ހިނިއައެވެ.. ” އޭ މައިޝާ… ކިހިނެއް ލިބުނު އައިޑިއާއެއްތީ ބުނޭ ބުނޭ” “ކުރީ ދުވަހަކު އަހަރެން ނުސީދާކޮއް ޝާނިޔާއްތަ ކާރީގައި އަހާލީ… ރައިހާން އަށް އެންމެ ބޭނުންތެރި އެއްޗަކީ ކޮބާ ހޭ.. ބުނީމަ ޝާނިޔާއްތަ ބުނީ ރައިހާން އެންމެ ގިނައިން ހަލާކު ކުރަނީ ބޮކްސައޭ… އަހަ އަހަ އަހަ އެހެންވެ” އަނެއްކާވެސް ލަޔާ ހޭން ފެށިއެވެ…ހެވުނު ވަރުންގޮސް އަހަރެމެން ދެމީހުނަށް ތިބީ ފާޑަކަށް ރޮވިފައެވެ… އޭގެ އަނެއް ދުވަހު .. އަހަރެމެން ލިސްޓުގަ ހިމަނައިފައިވާ އެއްޗިސް އަލީ އެކްސް ޕްރެސް އިން އޯޑަރަށް ޖެހީމެވެ… އަހަރެން ކަންބޮޑުވަނީ … ރައިހާން ގެ އުފަންދުވަހާ ހަމަ އަށް އެ އެއްޗިސް ތަށް ނައިސް ދާނެތީއެވެ… .. އަހަރެން ރާވައިގެން ހުރީ ޕޮޓޯ ފްރޭމް އެއްވެސް ދޭގޮތަށެވެ… އާދިއްތަ ދުވަހެވެ… އަހަރެން އަވަހަށް ތައްޔާރުވެގެން ސުކޫލަށް ދިޔައީމެވެ… ކްލާހަށް ވެންނި ގޮތަށް އަހަރެން ދުވެފައި ގޮސް ލިއުޝާ ގައިގާ ބައްދާ ގަތީމެވެ… “ލިއޫ… އައި ލްވް ޔޫ… އިނގެ އެންނު މައީ ވަރަށް ލޯބިވާކަން ލިއު ދެކެ… ދޯ…” އަހަރެން ކިޔަން ފެށީމެވެ…” އަހަ އަހަ… ކީއްކޮއްދޭންވީ … ކަމަކު ކިޔަންވީމަ ލޯބިވާ މީހެއް ތިއީ ” ލިއުޝާ ޖަވާބު ދިނެވެ.. ” އަހަ އަހަ.. ހާދަ އަވަހަކަށް އަހަރެން ބަސްޓު އެވީ… ކުޑަ ޑަމީއެކޭ.. އަހަރެން ދޭ ފޮޓޯ އެއް އޭ4 ގަނޑަކު ވަރަސް ވަރަށް ރީއްޗަށް ކުރަހާ ދީފާނަންތަ…. ލިއު ބޭނުމިއްޔާ އަހަރެން ރުފިޔާ ވެސް ދީފާނަން…” ލިއުޝާ ގޮވައިގެން ތަންކޮޅެއް ދުރަށް ގޮސް ބުނީމެވެ… ” އެންމެ އަވަސް ވެގެން 1 ވީކް ބޭނުން ވާނެ ކުރަހަން.. ..އެނޑް ކުރަހަން ވި ފޮޓޮ ގެނޭ އަހަރެންގެ އަތަށް.” ތޭންކިއޫ ސޯމަޗް….. އައި ލޯބި ޔޫޫ…..” އަހަރެން ދަބަހުން ފައިލެއް ނަގާ… ލިއުޝާ އަތަށް ދިނީމެވެ.. އެ ފައިލުގައި ރައިހާންގެ ފޮޓޯއެއް ޕްރިންޓް ކޮއްފައި އޮންނާނެއެވެ…”ސޯ ކިހާ ވަރެށް ޕޭ ކުރަންވީ” އަހަރެން ބުނެލީމެވެ.. “ބަލަ މައީ އަށް އެއްޗެއް ކުރަހާދޭ އިރަކު ލާރި ނަގާކަށް އަހަރެންނެއް ނުޖެހޭނެ އެންނު. ދައްކާ ކޮސް ވާހަކަ……. ޕޭ ކުރާ ގޮތަށް.. ކުރަހަންޏާ އަހަރެންނެއް މައީ އަކަށް ކުރަހައެއް ނުދޭނަން” ލިއުޝާ އަހަރެންގެ ނިތުގައި ޖަހާލަމުން ބުނެލިއެވެ… “އަހަ އަހަ އޯކޭ އޯކޭ…. “….
ދުވަސް ތައް ދިޔަ ގޮތެއްވެސް އަހަރެންނަކަށް ނޭނގެއެވެ.. މާދަމާ އަކީ… ރައިހާން އަށް 15 އަހަރު ފުރޭ.. ދުވަހެވެ.. .ލަޔާ އޯޑަރ ކުރި ހުރިހާ ގިފްޓް ތަކެއް އައެވެ… އަހަރެން އޯޑަރ ކުރި ބައެއް އެއްޗިސް ނާދެއެވެ.. ބޮކްސާ އާއި ގަޑިއެއް ނާދައެވެ… ބޮކްސާ ނައުމުން އަހަރެން ހުރީ ވަރަށް ވެސް ދެރަވެފައެވެ.. ލިއުޝާ ކުރެހި ..ރައިހާން ގެ ފޮޓޯ ގަނޑު އަހަރެންނަށް ވަރަށް ވެސް ކަމުދިޔައެވެ.. ލިއުޝާ އަކީ ..ކުރަހަން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ.. އޭނަގެ ކުރެހުމެކޭ.. އަސްލު.. އެއްޗެކޭ ތަފާތެއް ނުހުންނާއެވެ.. އެހާވެސް މޮޅެވެ. .ލިއުޝާ ހާ ކުރަހަން މޮޅު ނުވިއެއް ކަމަކު އަހަރެންނަށް ވެސް ދަނޑި މީހުން ކުރަހަން އެނގެއެވެ.. އަހަ އަހަ.. އޮގަސްޓް މަހުގެ 8 ވަނަ ދުވަހެވެ.. ރައިހާން މެންގޭ ސިޓިންރޫމް ޑެކަރޭޓް ކުރުމުގައި އަހަރެންނާއި ލަޔާ އުޅުނީމެވެ… އެތަން ތައްޔާރު ކޮއް ނިމުނީ ހަވީރު ވެސް ވީފަހުންނެވެ.. ޑެކަރޭޝަން ކޮއްފައި އޮތް ގޮތް ރީތި ކަމުން އެތަށް މީހުނެއްގެ ތައުރީފުގެ ބަސް އަހަރެމެންނަށް ރައްދުވިއެވެ.. އަހަރެން އަވަހަށް ގެއަށް ގޮސް ލީ ފެންވަރަލާށެެވެ.. އަހަރެން ޝޯލް އަޅާ އުޅެނިކޮއް ލަޔާ އައެވެ.. “އޭ ކޮބާ ގިފްޓް ތަށް ” ލަޔާ ބުނެލިއެވެ.. “އޯށިޓް އެއެއްޗިސް ތަށް ފޮށި ގަނޑަކަށް ނާޅާ ހުންނާނީ އައި ފޮގޮޓް.” ފާރްސަލް ކޮއްފައި ހުރި ހަދިޔާތަށް ބޮޑު ފޮށިގަނޑަކަށް އަޅާ ބަނދު ކޮއްލީމެވެ… އަހަރެން އަވަހަށް ލަޔާ އާއެކު ރައިހާން ގެ ގެއަށް ދިޔައީމެވެ… “އޭ ލަޔާ ކިހިނެއް… މި ފޮށި ފޮރުވާނީ” އަހަރެން އަހާލީމެވެ.. ” ދޮންނަ މެށިން ތެރެއަށް ލަމާ” “އާން ހިނގާ އަވަހަށް ” އަހަރެންނާއި ލަޔާ ގޮސް އެފޮށިގަނޑު މެށިން ތެރެއަށް ލާ ފޮރުވީމެވެ.. ކޭކު ގެނެސް މޭޒުމަތީގައި ބެހެއްޓީމެވެ… އުއްބައްތި ތަށް ރޯ ކުރިއެވެ.. 3…2…1… ރައިހާން އައިސް ސިޓިން ރޫމް ދޮރުހުޅުވާލި އިރަށް އަހަރެމެން އެންމެން އެކު އެކީ ހަޅޭ ލަވާގަތީމެވެ.. ރައިހާން ހުރިީ ވަރަށް ވެސް ސަޕްރައިސް ވެފައެވެ… ރައިހާން އުފާވެފައިހުރިވަރުން އަހަރެންނަށް ހިނިތުން ވެވުނެވެ.. ރައިހާން އަވަހަށް ކޭކު ފެޅިއެވެ… ޝާނިޔާއްތަ އަހަރެން ރައިހާން އާ ދިމާލަށް ކޮއްޕާލިއެވެ..” ދަރިފުޅާ.. ރައިހާން މައިއްކޮ.. އަނގަޔަށް ލައްވަބަ ކޭކު ކޮޅެއް… ލަޔާ އާއި މައިއްކޮ އޭ ޕާޓީ ރޭވީ…..” ޝާނިޔާއްތަ ބުނެލިއެވެ.. ރައިހާން އައިސް އަހަރެންގެ އަނގަޔަށް ކޭކު ކޮޅެއް ލެއވިއެވެ.. ވަގުތުގެ ބޭނުން ހިފައި ލަޔާ އަވަހަށް އެތަން ފޮޓޯނެގިއެވެ… ކޭކު ފަޅައި ނިމުމުން ރައިހާން ދިޔައީ.. ހަދިޔާ ފޮށި ހޯދާށެެވެ.. އަހަރެމެން ހިންޓުވެސް ދިނީމެވެ… ރައިހާން އަށް ހަދިޔާ ފޮށި ނުފެނުމުން ލަޔާ އެންމެ ފަހުން ގޮސް ފޮށި ހިފައިގެން އައެވެ… އަހަރެން ހިތަށް އެރިއެވެ.. ބޮކްސާ ނައި ކަން އެއީ އަހަރެންގެ ނަސީބެވެ.. އެއީ އަހަރެންގެ މަންމަ ވެސް ޕާޓީގައި ބައިވެރު ވުމުންނެވެ… ރައިހާން އެއްޗަކަށް ފަހު އެއްޗެއް ކަނޑަމުން ދިޔައެވެ… ޑްރީމް ކެޗާރ ފެނުމުން …އަހުމަދު (ރައިހާން ގެ ރައްޓެއްސެއް) ބުނިއެވެ… “ރައިހާނޫ… ކާކު ދިން އެއްޗެއް …….ތިއީ ލޯބިވެރިން އެކަކު އަނެކަނަށް ދޭ އެއްޗެއްނު އަހަ އަހަ ” ވުގުތުން އަހަރެންގެ ދެ ކޯ ރަތް ވިއެވެ… ” ތިއީ މައީ ދިން ގިފްޓެއް…” ލަޔާއަށް ނުހުރެވިގެން ބުނިއެވެ… ވަގުތުން މަންމަ އަހަރެންނާ ދިމާލަށް ފާޑަކަށް ބަލާ ލިއެވެ… އަދި ބޮކްސާ ދިންކަން އިނގުނު ނަމަ ކިހާ ވަރެއް ވާނެއޭ އަހަރެންގެ ހިތަށް އެރިއެވެ…….11 ޖެހީ އިރުވެސް ޕާޓީ ނުނިމުނެވެ.. ލުޔޫން ނިދުމުން މަންމަ ގެއަށް ދިޔައެވެ.. އަހަރެން ނާއި ރައިހާން އާއި ލަޔާ ތިބީ ސަކަރާތް ޖަހާށެވެ… 12 ޖަހާލި ކަން ހައިރު އަހަރެންވެސް ގެއަށް ދިޔައީމެވެ.. އަހަރެން ގެއަށް ވެންނި އިރު ސޯފާގައި އޮށިންވެލައިގެން .. މަންމަ އޮތެވެ.. “އޮންނާނެ ދެންމެ އައި 3 ޕޯސްޓް .. ކޮން ބޮކްސާއެއްތަ އޭގަ އެއޮތީ؟” މަންމަ ކުރި ސުވާލުން އަހަރެންގެ ދެލޯ..ބޮޑުވެގެން ދިޔައެވެ..ބުނާނެ އެއްޗެއް ދުލަކަށް ނައެވެ..”އެއީ…މި.. ލަޔާ ގެ ބޮކްސާއެއް..” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ..”އެކަމަކު އެއީ ފިރިހެން ކުދިންގެ ބޮކްސާ އެއް ހެން މަންމަ އަށް ހީވަނީ…” “ނޫނޭ މަންމާ އެއީ އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ވެސް ލެވޭ.. ވައްތަރެކޭ… ” “ހާން ދެން ދޭ އަވަހަށް ނިދަން..” އަހަރެން އަވަސް އަވަހަށް ކޮޓަރިއަށް ވެންނިމެވެ…. މަންމަ ލަޔާ ގާތުގައި … ބޮކްސާގެ ވާހަކަ އަހައި ފިއްޔާމު އަހަރެންގެ ދުވަސް ދިޔައީއެވެ… ކުރަހައިފައިވާ ރައިހާންގެ ފޮޓޯގަނޑު ދޭކަށް އަހަރެން ހަނދާން ވެސް ނެތެވެ… އެ ފޮޓޯގަނޑަށް ބަލަން އޮއްވައި އަހަރެންނަށް ނިދުނެވެ…….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





Woww?? varah reethi ingyy mi part????ehbai thankoo koo kiyaa iru Hama hevenyy????????whn is next part ???? waiting for it ??? LYSM ????❤️❤️❤️❤️
ehehe thank u soo much… glad tht u guys like this story…❤❤❤
Varah majaa than than kolhu anna part eh……vvvv reethi….vvvv furihama mi part….and whn nxt….varah kiyaa hithun mihiry nxt part….plz avhah up kohla dhehchey….ly gurlll
thank u soooo much kairaa… lymmmm❤❤?
Mi part ge emme salhi word akee “BOXER”???….. mi part vx varah varah varah varah varah varah varah varah varah reethi… I hope next part ga vx mi kahala majaa than than kolhu hunnaane kamah…. Whn next part kiyaalan libeynee….LYSM????❤
ahaha thank u …. n lym girl❤❤?
Wow varah reethi mi part vx????… Mi part ga haadha majaa than than gina ey dhw… Hehe????… Baeh than than kiyaairu baaru baarah hevey???… And mai ge name use kohfa innaathee mai ah heevanee eii hama mai hen???… Waiting for next part.. Ly??
eehehe thank u maiii❤❤❤
Wow love the story…”boxer” …?? the best part ..hehe …when next part
ehehe thank uu….
Varah varah reethi.maa sha Allah waiting for the next part ???
thank u yanaaa❤❤?
Varah reethi♡
Whn nxt part
Curiously waiting…?
Awwnnn gurll…. Mi prt vx varah reethi… Whn is the next prtt???????? Maisha and raihaan gulhuvadheebaa… Mai haadha varakashey e lwbbah e edhenyy… ??❤??????????
thankuu… raihaan.. maisha dheke loabi nuvanya keehkuraaniii❤❤?..raihaan hithuga oih ehcheh gurll akah vs neynge
Gurlll.. We need part 10… thankolheh avahah up kohladheveynetha..
Dheeburii, awahah up kerey foni nuwe gobolhiyaa kiyan hithun mihiroo
ahaha submit kofffimey goriii maadhan publish vaalha hen heevanuu????❤miss u behena?
Varah majaa mi part….masha allah vrh reethi mi part …ur the best gurll