Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ނާކާ (އެޕިސޯޑް 05)

Maseeh Level 110 Stories
November 19, 2019 6 Mins Read
12 Comments

ފައުޒާ ހުރީ އާނިސްއަށް ފުރަގަސްދީގެންނެވެ. ފައުޒާގެ ޖަވާބެއް ނުލިބުމުން އާނިސް ތެދުވެ ފައުޒާ އާއި ގާތް ވެލިއެވެ. “ފައޫ… ބުނެބަލަ.” އާނިސް ސުވާލުކޮށްލީ ފައުޒާގެ އެއްވެސް ޖަވާބެއް ނުލިބުމުން ކަންބޮޑުވެ ހުރެއެވެ. އެވަގުތު ފައުޒާ އެނބުރި އާނިސްއަށް ބަލައިލިއެވެ. އޭނާ ހުރީ ހާސް ވެފައެވެ. ހިތް ނުތަނަވަސް ވެފައިވާކަން މޫނުމަތިން ދޭހަވެއެވެ. “ނޭނގެ.” ފައުޒާ ބުނެލީ އެންމެ ޖުމްލަ އެކެވެ. އެޖަވާބުން އާނިސްގެ ހިތުގައި އުފެދުނީ ސުވާލު މާކެކެވެ. ފައުޒާއަށް ނޭނގޭކަމަށް އެބުނަނީ ކޮން އެއްޗެއް ބާއެވެ. ނަމަވެސް އާނިސްއަށް ޔަގީންވާ ކަމަކީ އާނިސް ގާތްވުމުން ފައުޒާއަށް އުނދަގޫވިކަމެވެ. “ފައޫއަށް އުނދަގޫވަންޔާ އަހަރެން އެގޮތަކަށް ނޫޅޭނަން.” އާނިސް މިހެން ބުނެފައި އަނެއްކާވެސް ފައުޒާ ގޮވައިގެން އެނދުމަތީގައި އިށީނދެލިއެވެ. ވާހަކަ ދައްކާލާށެވެ.

އާނިސް ވަރަށް ގިނަ ވާހަކަ ފައުޒާ އާއި ދެއްކިއެވެ. ފައުޒާއަށް ހިތްވަރުދީ ދިރިއުޅުމާއިގެން ތެދުވުމަށް އާނިސް ވިސްނައިދިނެވެ. ވަރަށް ގިނައިރު އެދެކުދިން އެކޮޓަރީގައި ވާހަކަ ދައްކަން ތިއްބެވެ. އާނިސް ގެޔަށްދިޔައީ އިރު އޮއްސެން އުޅެނިކޮށެވެ.

އެރޭ ޓިއުޝަން ނިންމާލާފައި ނުކުތް ވަގުތެވެ. ފަތީން އާއި ޝިމާ ނުކުތީ އެކުއެކީގައެވެ.

ޝިމާ: “ކޮބާ އާނިސް.؟ ހަބަރެއްވިތަ؟”

ފަތީން: “އާނ މިއަދު ގެޔަށް އައިސް ބުނި ދަމުން ގުޅާށޯ..”

ޝިމާ: “ތިދެމީހުން އަންނަންވީނު 9 ޖަހަން ގާތްވީމަ އަހަރެމެންގެޔަށް.. އަހަރެން މިގަޑީގަ ގޮސް ބަލާނަން މަންމަ ކައިރިން މޮޅު ދޮގެއް ހަދާލެވޭތޯ..”

ގެޔާ ދިމާލަށް މިސްރާބުހުރި އެދެކުދިން ވާހަކަ ދައްކަމުން ދިޔައެވެ. އާނިސް ޓިއުޝަން ނަގަނީ ފަތީން އާއި ޝިމާ ޓިއުޝަން ނަގާ ގެއަކުންނޫނެވެ. އެހެންކަމުން ޓިއުޝަން ގަޑީގައި އެދެކުދިންނަށް އާނިސް އަކާއި ދިމަލެއް ނުވާނެއެވެ.

ފަތީން ގެޔަށް ދިޔައީ ޝިމާ ގެއަށް ލާދީފައެވެ. ޝިމާ ގެއަށްވަދެ އޭނާގެ މަންމަ މާރިޔާ ހޯދާލިއެވެ. މާރިޔާ އުޅުނީ ބަދިގޭގައެވެ. ޝިމާ ބަދިގެޔަށް ވަދުނީ މަންމަ ކައިރިން ހަދާލާނެ މޮޅު ދޮގެއް ވިސްނާފައެވެ.

“މަންމާ.. އަހަރެން މިރޭ އެބަޖެހޭ އަދި ގްރޫޕު މަސައްކަތެއް ކުރަންދާން. ފަތީން އާއި އެކު. އޯކޭތަ؟” ޝިމާ ހެދީ ދޮގެއްކަމެއް މާރިޔާ އަކަށް ނޭނގޭނެއެވެ. “އާނ ދަރިފުޅާ މައްސަލައެއްނެތް. އެކަމަކު ފަތީންއާއި އެކީ މާބޮޑަށް ސަކަރާތްޖަހާ ނުހަދާތި. އެގޭ އަނެއްކުއްޖާ މަރުވީމަ އެއާއިލާ މިހާރު އުޅޭނީ ވަރަށް ހިތްދަތިކޮށް.” ޝިމާއަކީ ފަޒީން ދުނިޔޭގައި ހުރިއިރު ފަޒީންގެ ލޯބިވެރިޔާ ކަމެއް މާރިޔާ އަކަށް ނޭނގޭނެއެވެ.

ފަތީން ގެޔަށްގޮސް ވަގުތު ގުނަމުންދިޔައެވެ. ނުވައެއް ޖެހުމާއި ގާތްވަމުން ދިޔަ ވަރަކަށް އޭނާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ފަތީން އާނިސްއަށް ގުޅީ ނުވައެއް ޖަހަން ފަނަރަ މިނެޓަށް ވެފައި އޮއްވައެވެ.

ފަތީން: “ކޮބާ ކަލޭ؟”

އާނިސް: “މަ މިހިރީ ރެޑީގަ. ކޮބާ ޝިމާ؟”

ފަތީން: “އޭނަ ބަލާ ދާންޖެހޭނީ.. އޭނަ ހުރީ ދާގޮތަށް. ކަލޭ ނުކުމޭ ބޭރަށް. މަމިކައިރި ކުރަނީ ތިގެޔާ..”

ފާތީން ގެއިން ނުކުމެގެން އާނިސް މެންގެޔާއި ދިމާލަށް ހިނގަމުން އާނިސްއާއި ވާހަކަ ދެއްކިއެވެ. ފަތީން އާއި އާނިސް ޝިމާގެ ގެޔަށް ދިޔައިރު އޭނާ ހުރީ އެދެކުދިންގެ އިންތިޒާރުގައެވެ. “މަބުނަންތަ ވާހަކައެއް.. އޭނަ ހުރެދާނެ ފާރަޔަށްވެސް.. އެހެންވީމަ އަހަރެން ދާނަން ކުރިން.. ކަލޭމެން އާދޭ އަހަރެންނަށްވުރެ ތަންކޮޅެއް ފަހަތުން.” ޝިމާ އާއި އަރާ ހަމަވެފައި ފަތީން ބުންޔެވެ. މިހެން ބުނެފައި ފަތީން ކުރިއަށް ހިނގައިގަތް ވަގުތު ޝިމާ ފަތީންގެ އަތުގައި ހިފެހެއްޓިއެވެ. “ބިރު ނުގައްނައްޗެ! އޭނަ ކުރިމަތީ ބިރު ގަންނަކަން ނުދައްކަށްޗެ! ވަރަށް ކެރިފަ ހުންނާތި އިނގޭ..” ފަތީންއަށް ހިތްވަރެއް ދިނުމުގެ ނިޔަތުގައި ޝިމާ ބުނެލިއެވެ. “އެއީ ތެދެއް.” އާނިސްވެސް ޝިމާގެ ވާހަކައަށް ބާރުދެމުން ބުނެލިއެވެ. އެވަގުތު ފަތީންގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ. ޝިމާގެ ދުލުން ނުކުތް އެ ޖުމްލަތަކުން ފަތީންގެ ހިތްވަރު އާލާވެގެން ދިޔައެވެ. އެދެ އެކުވެރިން ފަތީން އާއިމެދު ވިސްނާވަރު ފަތީންއަށް ހާމަވެގެން ދިޔައެވެ. ފަތީން ހިނގައިގަތީ ހިނިތުން ވެލާފައެވެ.

ފަތީން ގޮސް އޭނާ ބުނި ބުރިޖު މަތީގައި ހުއްޓިލީއިރު ޝިމާއާއި އާނިސް ތިބީ ތަންކޮޅެއް ދުރުގައިހުރި ގަހެއްގެ އެއްފަރާތަށް ވަދެ ފިލައެވެ. އެއީ ރަށުގެ އެންމެ އުތުރުފަރާތު މޫދުގައި އެޅިފައި ހުރި ބުރިޖެކެވެ. ބުރިޖު އެޅިފައިވަނީ ރަށާއި ފަންސާސް ވަރަކަށް ފޫޓު ދުރުގައިއޮތް މީހުންނޫޅޭ ފަޅު ސަރަހައްދާއި ގުޅުވުމަށެވެ. މިސަރަހައްދަކީ ރޭގަނޑު ގަޑީގައި ޅަޒުވާން އުމުރުގެ ކުދިން މާފޮޅުވަން އަންނަތަނެކެވެ. އެވަގުތު އެމާހައުލުގައި ދިއްލާފައި ވަނީ ދޮންކުލައިގެ ނިދާބޮކިތަކެއް ފަދަ އަލިމަޑު ބައްތި ތަކެކެވެ. ގަސްބޯކަމުން އެސަރަހައްދުން މާގިނަ ތަންތަނެއް ނުފެނެއެވެ.

“ފަތީން އެކަނިދޯ އަދިވެސް އެހެރީ؟ ކޮބާބާ އެބުނާ މީހާ؟” އެމީހާ ފެންނަން ނެތުމުން ޝިމާ، އާނިސްއަށް ބުނެލިއެވެ. “އަދި ނާންނަނީ ކަންނޭގެ.” އާނިސް ވައިއަޑުން ބުނެލިއެވެ. އެދެކުދިން ނިވާވެގެންހުރި ގަސް ކައިރިން ފަތީން ހުއްޓިގެންހުރި ހިސާބު ސާފުކޮށް ފެނެއެވެ.

ފަތީން އެ ބުރިޖު މަތީ ހުންނަތާ ކުޑަ އިރުކޮޅެއް ވެއްޖެއެވެ. ނަމަވެސް އެމީހާގެ އެއްވެސް އިޝާރާތެއް ނުވިއެވެ. ފަތީން އެނބުރި ޝިމާމެން ފެނޭތޯ ގަސްތަކުގެ ތެރެޔަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އަނދިރިކަމުން ތަންތަން ވަކި ކުރަން ވަރަށް އުނދަގުލެވެ.

ބައި ގަޑީރެއްހާއިރު އެތާ ހުރުމަށްފަހު އޭނާ ނާންނާނެ ކަމަށް ނިންމާފައި ފަތީން އެނބުރި ހިނގައިގަތުނެވެ. ޝިމާ އާއި އާނިސް ފެނޭތޯއެވެ. ފަތީން އަންނަތަން ފެނުމުން ޝިމާ އާއި އާނިސް ގަސްގަނޑު ދަށުން ނުކުތެވެ. އެކުދިން ސުވާލު ކުރުމުން ފަތީން ކިޔައިދިނެވެ. ހީވާގޮތުން އެކުދިން އައިކަން އޭނަޔަށް އެނގުނީއެވެ. އެހެންކަމުން އޭނާ ނައިސް ހުރީއެވެ. ނުވަތަ އެމީހާ އެހެދީ ދޮގެކެވެ. ތިންކުދިންގެ ހިތުގައިވެސް އުފެދުނީ ވަރަށް ބޮޑު ސުވާލެކެވެ.

ޝިމާ ގެޔަށްލާފައި ފަތީން އާއި އާނިސްއަށް ފަތީންގެ ގެއާއި ހަމަޔަށް އާދެވުނުއިރު 10 ޖަހައިފިއެވެ. “ކޮބާ ފައޫ؟ މަ ވަދެލަންތަ؟” އާނިސް މިހެން ބުނުމާއެކު ފަތީން ކުއްލިއަކަށް ހަނދާންވީ މިރޭ ޝައިހާމިސް ކައިރިޔަށް ވާހަކަ ދައްކާލަން އަންނަން މިސް ބުނެފައި އޮތް ކަމެވެ. “އޭ މީ ކަޑަ ގަޑިއެކޭ މޭން.. ފަހުންދޯ.. މަ ދެންމެވެސް މިދިޔައީ ގްރޫޕް މަސައްކަތެކޭ ކިޔާފަ މަންމަމެން ކާރީ.. މިފަހަރު ކިޔާނެ އެއްޗެއް ނޯންނާނެ.” ފަތީން މަސައްކަތްކުރީ އޭނާ ތާކަށް ދާން އުޅޭކަން އާނިސްއަށް ނޭންގުމަށެވެ. ކުލާހުގެ ދިވެހި ޓީޗަރާ މިކަހަލަ ގަޑިއަކު ބައްދަލުކުރަން އުޅޭކަން އެނގިއްޖެނަމަ ފަހަރެއްގައި އާނިސް ނުބައި މާނައެއް ނަގައިފާނެތީއެވެ. “އޯކޭ އޯކޭ.. ސަލާމް ބުނައްޖެ ފައޫއަށް.. ބުނައްޖެ މަ ވަރަށް ލޯބިވެއޭ..” އާނިސް ސަމާސާ ރާގަކަށް މިހެން ބުނުމަށްފަހު ގެޔާދިމާލަށް ދާން ހިނގައި ގަތުނެވެ. ފަތީންވެސް ހިނިގަނޑެއް ޖަހާލައިފައި އާނިސް ހިނގާފައި ދާތަން ބަލަން ހުއްޓެވެ.

އާނިސް މަގުގެ ކޮޅުން އޮބާލުމުން ފަތީން ގޭތެރެޔަށް ނަޒަރު ހިންގާލިއެވެ. ސިޓިންރޫމްގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ފަތީން ވަގުތުން އޭނާގެ ފޯނުނެގިއެވެ. އަދި މިއަދު ޝައިހާމިސް ދިން ކުޑަ ކަރުދާސް ކޮޅު އޭނާގެ ގަމީހުގެ ޖީބުން ނަގައި މިސްގެ ނަމްބަރަށް ގުޅައިލިއެވެ. ފޯނު ރިންގްވީ އެންމެ ފަހަރަކުއެވެ. އެކޮޅުން ފޯނު ނެގީ ޝައިހާމިސްއެވެ. “މިސް.. މިއީ ފަތީން.. މިސް ފްރީތަ؟” ފަތީން ވަރަށް ލަދުންހުރެ ވާހަކަ ދެއްކިއެވެ. “ހެހެ.. އާނ ވަރަށް ފްރީ..” އާދައިގެ ހިތްހެޔޮ ހިނިތުން ވުމަކާއިއެކު އެކޮޅުން މިސް ޖަވާބު ދިނެވެ. “އަހ އަހ… އަނެއް.. ތިގެހްހް..” ފަތީން އެގެޔަށް ދާން ބޭނުން ވާވާހަކަ ބުނަން އޭނާއަށް ހުރީ އުނދަގޫ ވެފައެވެ. “ހެހެހެހެ….. މިސް މިއަދު އަންނާށޭ ބުނީމަދޯ ތިގުޅީ؟؟ ނާންނަނީތަ؟” ޝައިހާ ހިނިގަނޑެއް ޖަހާލާފައި ބުނެލިއެވެ. “އަޅުގަނޑު މިދަނީ ތިގެޔަށް އިނގޭ..” ފަތީން ބުނަން ބޭނުންވެގެން އުޅުނު ވާހަކަ އޭނާގެ ދުލުން ބޭރުކުރުމަށް އެހީވެދިނީ ޝައިހާގެ ހިތްހެޔޮކަމެވެ.

ފަތީންއަށް އެގެޔާއި ހަމަޔަށް ދެވުނީ ފަސްވަރަކަށް މިނެޓުންނެވެ. އެގޭ ދޮރު ހުރީ ލައްޕާފައެވެ. ފަތީން މަގުގެ ދެފަރާތަށް ރަނގަޅަށް ބަލާލުމަށްފަހު ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި ގޭތެރެއިން ދޮރު ހުޅުވާލިއެވެ. “އާދޭ އެތެރެޔަށް..” ޝައިހާ ބުނެލިއެވެ. ފަތީން އަވަސް އަވަހަށް ގޭތެރެޔަށް ވަދުނެވެ. މީހަކަށް ފެނިދާނެތީއެވެ. “ހިނގާ ކޮޓަރިއަށް ވާހަކަ ދައްކާލަން..” ޝައިހާ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. ފަތީންވެސް އޭނާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދުނެވެ. ޝައިހާ އާއި ދިމާލަށް ފަތީންއަށް ރަނގަޅަށް ބަލާލެވުނީ އެވަގުތެވެ. ތިރިން ފެށިގެން މައްޗަށެވެ. އެއީ އޮމާން ދޮން ފައެކެވެ. އެއުމުރުގެ ޒުވާނަކާއި ބަލާފައި ހެޔޮވަރުގެ ބައްޓަމެއް ލިބިފައިހުރި ރީތި ޒުވާނެކެވެ. އޭނާ ލައިގެން ހުރީ ފައިގެ ފަލަމަސްގަނޑު ފެންނަ ވަރުގެ ކުރު ސޯޓަކާއި ކުޑަ ޓޮޕްކޮޅެކެވެ. ޓޮޕްކޮޅުގެ ކުރުކަމުން ސޯޓާއި ޓޮޕްކޮޅާއި ދެމެދުން އޭނާގ ބަނޑުގެ ވަރަށް ބޮޑުބައެއް ހާމަޔަށް އޮތެވެ. ޝައިހާގެ ރީތިކަމަށް ގެއްލިފައި ފަތީންއަށް ހުއްޓިގެން ހުރެވުނެވެ. “އިށީނދެބަލަ..” ޝައިހާ އިޝާރަތްކުރީ އެނދަށެވެ. ފަތީން އެނދުމަތީގައި އިށީނދުމާއިއެކު ޝައިހާވެސް ފަތީންގެ ގާތުގައި އިށީނދެލިއެވެ.

ޝައިހާ: “އެއްވެސް ވާހަކައެއްވެސް ނުދައްކާ ތިއިންނަނީ ކީއްވެ؟”

ފަތީން: “ހެހެ. ކޮންވާހަކައެއް ދައްކަންވީ؟”

ޝައިހާ: “ފަތީން ބޭނުން ވާހަކައެއް.”

ފަތީން: “މިސް އެކަނިތަ މިގޭގަ އުޅެނީ؟ ކޮބާ މިގޭ މީހުން؟”

ޝައިހާ: “ހެހެ. އާނ މިވަގުތު މިއުޅެނީ މިސް އެކަނި. މިސްގެ އާއިލާގެ މީހަކު މިހާރު ދުނިޔެއަކު ނެތް. މާލޭގަ އުޅެފަ މިއައީ ރާއްޖެތެރޭގެ ދިރިއުޅުން ބަލާލަން ބޭނުން ވެގެން”

ޝައިހާގެ ހިތްހެޔޮ މިޒާޖާއިއެކު ފަތީންގެ ލަދުރަކިކަން މަޑުމަޑުން ފިލައިގެންގޮސް ހަމަޖެހިގެން ވާހަކަ ދައްކަން ކެރޭވަރަށް އޭނާ ހަމަޖެހިލިއެވެ. ފަތީން އިނީ އެކޮޓަރީގެ ރީތިކަމާއިމެދު އާގަމަ ވެފައެވެ. އެކި ދިމަދިމާލަށް ނަޒަރު ހިންގާލަ ހިންގާލައެވެ.

ޝައިހާ: “ދެން އެވާހަކަ ދައްކަބަލަ.”

ފަތީން: “ތިބުނީ ކޮން ވާހަކައެއް؟”

ޝައިހާ: “ފަތީން އެންމެ ދައްކަން ބޭނުންވާ ވާހަކައެއް. ފަތީންގެ އުދާސްތަށް ބޭރު ކޮށްލަންވީ.”

ފަތީން: “އެއީ ކޮން ވާހަކައެއް؟”

ޝައިހާ: “ހެހެ. ފަތީން ތި ނޭނގޭ ކަމަށް ހަދަނީ.. މިސްއަށް ކިޔާދީބަލަ ފަތީންގެ ބޭބެ ނެތުމުން އެންމެ މިސްވަނީ ކޮން ކަމެއްކަން؟”

ފަތީން: “ބޭބެ ނެތީމަދޯ؟ ބޭބެއާ ނުލާ އައިމް ޔޫޒްލެސް. އައި މިސް މައިސެލްފް ނައު. ބޭބެ ހުރިއިރު ކަމަކާ ވިސްނާކަށް ނުޖެހެ. މީހަކު އަޅުގަނޑާއި ދިމާލަށް ބާރަށް އެއްޗެއް ބުންޔަސް ބޭބެ އެމީހަކު ހުރިތަނަށް ތިރިވާވަރު ކޮށްލާނެ. އަޅުގަނޑަކީ ބޭބެގެ އެއްމާބަނޑު ކުއްޖަކަސް މިޒާޖު ވަރަށް ތަފާތުވާނެ. އަޅުގަނޑާއި ދިމާލަށް މީހަކު އެއްޗެކޭ ބުންޔަސް އަޅުގަނޑަކަށް ނުކެރެ ރައްދު ދޭކަށް. އެކަމް ބޭނެ އޭގެ އިދިކޮޅު. މީހުން ބުނޭ ވަލުތެރޭގެ ޖަނަވާރުން އެއެއްޗެހީގެ ދަރިން ބޭރުން އަންނަ ހަމަލާތަކުން ހިމާޔަތް ކުރާހެން އިންސާނުންވެސް އެމީހުންގެ ދަރިން ބޭރުން އަންނަ ހަމަލާތަކުން ހިމާޔަތް ކުރާނެއޭ.. އެކަމަކު އަޅުގަނޑަށް އެ ހިމާޔަތްތެރިކަން އިހުސާސް ކުރެވުނީ އަޅުގަނޑުގެ ބޭބެއާއި އެކު. އެކަމަކު އެހިމާޔަތްތެރިކަން ނިގުޅައިގަތް މީހަކު އެ ނިގުޅައިގަތީ. އެއީ އެއްވެސް ރަހުމެއް ނެތް މީހެއް. ހިތެއް ނެތް މީހެއް. އަޅުގަނޑު ދުވަހަކުވެސް އެމީހަކަށް މައާފެއް ނުކުރާނަން.”

ބޭބެގެ ވާހަކަތަކުން މާޒީގެ ހަނދާންތަށް ސިކުނޑިއަށް ވެރިވެ ފަތީންއަށް ރޮވުނެވެ. ޝައިހާ ފަތީންއާއި ގާތަށްޖެހިލިއެވެ. އަދި ފަތީންގެ ކޮނޑުގައި އޭނާގެ އަތް ބާއްވާލިއެވެ. އިސްދަށަށް ޖަހައިގެންއިން ފަތީން، ޝައިހާއާއި ދިމާލަށް ބަލައިލިއެވެ. އެވަގުތު ފަތީންގެ އިހުތިޔާރުން އޭނާގެ ވިސްނުން ބޭރުވިފަދައެވެ. ޝައިހާގެ ގައިގައި ފަތީންއަށް ވަރަށް ބާރަށް ބައްދައިލެވުނެވެ. އަދި އަޑުންއަޑުނަގާ ރޯން ފެށުނެވެ. ޝައިހާ ފަތީންގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. ފަތީންގެ އެ އުދާސްތަށް ބޭރުކުރެވޭނީ ހިތް ފުރޭވަރަށް ރޮއިލީމަކަން ޝައިހާއަށް އެނގެއެވެ.

ފަތީން ވަރަށް ގިނައިރު ވަންދެން އެގޮތުގައި ރުއެވެ. ޝައިހާމިސް ގައިގައި ބައްދާލެވިފައި ވާކަން ފަތީންއަށް އިހުސާސް ކުރެވުނީ އެތަށް އިރަކު ރުއި ފަހުންނެވެ. ފަތީން މަޑުމަޑުން މިސްއާއި ދުރަށް ޖެހިލިއެވެ. އެއީ ކޮށްގެން ނުވާނެ ކަމެއްހެން ފަތީންއަށް އިހުސާސް ކުރެވުނީމައެވެ. ފަތީންގެ މުޅި ހަށިގަނޑަށްވެސް ހަމަޖެހުމެއް އިހުސާސް ކުރެވުނީ އެވަގުތެވެ. ހަފްތާއެއްހާ ދުވަސް ހިތުގައި ރައްކާކޮށްގެން ގެންގުޅުނު އުދާސްތަށް ހިތުން ނުކުމެގެން ދިޔައީ ހިތް ފުރޭވަރަށް ރޮއިލީމައެވެ.
“އޯކޭތަ؟” ފަތީންގެ ބޮލުގައި ފިރުމާލަމުން ޝައިހާމިސް އަހައިލިއެވެ. އެވަގުތު ފަތީން ޝައިހާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ޝައިހާ އިނީ މާޔޫސްވެފައެވެ. އެއީ ކަޅިރަވަ ރީތި ޖާދުވީ ލޮލެކެވެ. ފަތީންއަށް އެދެލޮލުގެ ތެރެޔަށް ވަދެވުނީ ނޭނގިއިންދާ ކުއްލިއަކަށެވެ. އެދެލޮލުން އޯގާތެރިކަމާއި ހަމްދަރުދީގެ އިތުރުން އެހެން އެއްޗެއް ފަތީންއަށް ފެންނަ ފަދައެވެ. ޝައިހާގެ ދެލޯ ފަތީންއާއި ވާހަކަ ދައްކާފަދައެވެ. އެދެލޯ ފަތީންގެ ހިތަށް ބުނެދެނީ ޝައިހާގެ ހިތުތެރެޔަށް ވަނުމަށެވެ. އެ ހިތުގައި ފަތީންއަށްޓަކައި ތައްޔާރު ކުރެވިފައި އޮތް ޖާގައެއް އޮތް ވާހަކައެވެ. ނަމަވެސް ފަތީން ބިރުގަތެވެ. އެއީ ބިލާހަކަށް ވެދާނެތީއެވެ. ފަތީން ވަގުތުން އިންތަނުން ތެދުވިއެވެ. ކުރެވުނީ ކުރެވިގެން ނުވާނެ އިހުސާސް ތަކެއްހެން ފަތީންއަށް ހީވުމުންނެވެ.

“ކީއްވެ ތި ތެދުވީ؟ މިސްއަށް ފަތީން ދެރަވާ ކަހަލަ ކަމެއް ކުރެވުނީތަ؟” ޝައިހާގެ ހިތުގައި އުފެދުނު ސުވާލުތަށް އޭނާ ފަތީން އާއި ކުރިއެވެ. އެވަގުތު ފަތީން ދިނީ ވަރަށް ކުރު ޖަވާބެކެވެ. އޭނާ ބޯ ދެފަރާތަށް ހޫރާލިއެވެ. އިސްދަށަށް ޖަހައިގެން ހުރެއެވެ. “މިރޭ ގޮސްލާނަން!” އެކޮޓަރިން ނުކުތުމަށް ހިނގައި ގަންނަމުން ފަތީން ބުނެލިއެވެ. ޝައިހާ އިތުރު އެއްވެސް އެއްޗެއް ނުބުނެ އެނދުމަތީގައި އިނެވެ.

ފަތީން ނުކުމެގެން ދިޔަތަން ބަލަން ޝައިހާއަށް އިނދެވުނީ ލަދުވެތި ވެވުނީމައެވެ. ފަތީންއަށް އެހީވާން ޝައިހާ ކިތަންމެ ބޭނުންވިއަސް ވަކިވަރެއްގެ ދުރުމިނެއް އެދެމެދުގައި ވާންޖެހޭނެކަން ޝައިހާ ހަނދާން ނެތުނީއެވެ. އެކަމާ ޝައިހާ އޭނާގެ އަމިއްލަ ނަފްސް ކުއްވެރި ކުރިއެވެ.

ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ގެޔާއި ދިމާލަށް އަޅަމުން ދިޔައިރު އެތަކެއް ވާހަކަތަކެއް ފަތީންގެ ހިތް އޭނާއާއި ދައްކަމުން ދިޔައެވެ. ޝައިހާގެ ދެލޯ ދެންމެ ދައްކަމުން ދިޔަ ވާހަކަތަކަކީ ހަޤީގަތެއް ބާއެވެ؟ އެއީ ހަޤީގަތަކަށް ވުމަށް ފަތީންގެ ހިތް އެދި ގޮވާކަހަލައެވެ. ޝައިހާ ފަތީންގެ ހިތުން ޖާގައެއް ހޯދާހެން ފަތީންއަށް އިހުސާސް ކުރެވެން ފެށިއެވެ. ހިތް ތެޅިފޮޅެނީ ޝައިހާގެ ބީހިލުމަކަށެވެ. އެދެލޮލުގެ ޖާދުވީ ބަލާލުމަކަށެވެ. އެ ހިނިތުން ވުމާއި އެމީރު ވަހަށެވެ.

 

 

 

-5 ވަނަ އެޕިސޯޑް ނިމުނީ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maseeh

Level 110 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ

Next

ކަފުން ވެވިފާ…13

Next
November 19, 2019

ކަފުން ވެވިފާ…13

Previews
November 18, 2019

ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ

12 Comments!

  1. ailee says:
    November 19, 2019 at 9:18 am

    wow varah salhi when next part

    1. Maseeh says:
      November 19, 2019 at 6:42 pm

      Thank You. In two Days Insha-Allah

  2. Kylie says:
    November 19, 2019 at 10:30 am

    V reethi mi part vx…. Waiting fr nxt…

    1. Maseeh says:
      November 19, 2019 at 6:43 pm

      Thank you very much

  3. SARAH says:
    November 19, 2019 at 12:16 pm

    V v v reethi… Kn irakun next part

    1. Maseeh says:
      November 19, 2019 at 6:43 pm

      Thank You… Insha Allah In Two Days

  4. Shim says:
    November 19, 2019 at 6:36 pm

    Alhe teacher ah fall vee dho… hahaha

    1. Maseeh says:
      November 19, 2019 at 6:44 pm

      yes

  5. rainstorm says:
    November 19, 2019 at 7:06 pm

    alhey hama mashah hiivanii e aanis knmes nuba eh hadhaigen ulheyhen… adhi mi shaiha vx mii rangalhu miiheh hen hiyeh nuvey… ehkala miihaage msg ai gadi a aanisge phn ai vaguthu eh vaguthakah vun eii ihthifaaqeh baa? haadha hiinuveyey ekamu… e miihakii aanis kanneynge nuunii aanis a ehkoh ulhey miiheh hen hiivanii… anyway, vhk vrh interesting…. abadhu hen belenii mi vhk up vefa indheythoa

    1. Maseeh says:
      November 20, 2019 at 6:26 pm

      rainstorm ge konme comment akun v happy vey. thanks for being with this story.. and hehe yes konmes meehehge nubaeh eba ulhey dho. lets see

  6. Azeem says:
    November 20, 2019 at 6:52 pm

    Varah ves asarugadha. Heevanee hama mivaguthu hingamun dhaa kanthah thakeh hen. Vaahaka liye, kiyun therinnaa hama ah genesdheefa huri gothaamedhu varah hiyyhama jehey.
    Kaireega hingaa kanthah thakaa, maahaulu varah rangalhah bayaankohdheefa hurin kan feney.
    Maseeh thee varah hunaru veri kujjeh. ?

    1. Maseeh says:
      November 23, 2019 at 8:47 am

      ohh Azeem. that is one the best comments I ever read. Thank you.

Comments are closed.

Next Episodeނާކާ – (އެޕިސޯޑް 06)←


All Right Reserved!