މެންދުރުފަހު ދޭއް ޖަހާއިރަށް އިކާލްމެންގެ ޑިއުޓީ ނިމުމުން އެމީހުން އަވަސްވެގަނީ އަވަހަށް ގެޔަށް ދިޔުމަށެވެ. ވެފައި ހުރި ވަރުބަލިން ކަމަށް ވެސް ވެދާނެއެވެ. މާއީ އާއި އިކާލް އެކުގައި ދިޔައިރު ފަހަތުގައި ރާޔާ ހުރީ އެދެމީހުންނާ ދިމާލަށް ލޯ އަޅައިގެން ބަލާށެވެ. ނަމަވެސް އެކަމެއް އިކާލްމެންނަކަށް ނޭނގެއެވެ. ****** އިކާލް އަށް ގެޔަށް ވަނެފައި ފުރަތަމަވެސް ޖެހިގަނެވުނީ ސޯފާއަށެވެ. ވެފައި ހުރި ވަރުބަލިން އަރާމު ކޮށްލުމުގެ ނިޔަތުގައިއެވެ. ނަމަވެސް މާ ގިނައިރަކު އިކާލްއަކަށް އެހެންނެއް ނޯވެވުނެވެ. ފާއިޒް […]
ސަމާހު: “ބުނީމެއްނު ފަޒީން މަރުވިރޭ ތިމަންނަޔާ އޭނަ ދިމަލެއް ނުވެޔޭ. އެކަމަކު ދެންމެ މި ދައްކާލި ވީޑިއޯގަ އެވާގޮތް މަށަށް ކިޔާދެވިދާނެތަ؟” ނަޒީހު: “އޭނަ ފުރަތަމަ ތަޅަން ފެށީ.. އަހަރެން ހަމަ ރީތިކޮށް ވާހަކަ ދެއްކީ ދޯ؟” ސަމާހު: “ރަނގަޅޭ.. ތިނޫން ވާހަކައެއް އަހަރެން ނުބުނަން ދޯ؟ މަގޭ މިބުނަނީ އެރޭ ވީގޮތް ރަނގަޅަށް ކިޔާދޭށޭ..” ނަޒީހު: “ބަލާއެއްނު. ތި ހޯދައިގެން ތިއުޅޭ ވީޑިއޯއެއްގަ އެޔޮތީއެއްނު ވީގޮތް ފެންނަން. ދެން އިތުރަށް ކޯއްޗެއްތަ ނޭނގިގެން ތިއުޅެނީ؟” ނަޒީހު […]
އަހަރެން ކޮޓަރިއަށް ވަތްއިރު އެލީނާ އުޅެނީ ލިވިއާ ނުނިދައިގެންނެވެ. ލިވިއާ ރޯންއޮވެފައި އަހަރެން ފެނުމާއިއެކު ދުއްވައިގަނެގެން އައިސް އަހަރެންގެ އަތުތެރެޔަށް ވަދުނެވެ. އަހަރެން ލިވިއާ އުރާލިވަގުތު އަހަރެންނަށް ފެނުނީ ލިވިއާގެ ނިއްކުރި ވަރަށް ބޮޑަށް މަށައިގެންގޮސްފައިވާތަނެވެ. އެލީނާ ކޮންމެސް އަނިޔާއެއް ކުރީކަން އަހަރެންނަށް ޔަގީނެވެ. އަހަރެން ލިވިއާ ގޮވައިގެން ބޭރަށް ނުކުތީމެވެ. ލިވިއާ ހުއްޓާލީ އަހަރެން އުނދޯލީގައި އިނދެ އިރުކޮޅަކު ނާނާ ކިޔާދިންފަހުންނެވެ. އަހަރެންގެ ނާނާ ނިމުނުއިރު ލިވިއާއަށް ވަނީ ނިދިފައެވެ. “ކީއްވެތަ މިރޭ ޒުވާބެއް ނުފަށަން […]
°*ނާލް… ދޮންތަ ވަރަށް ވަރަށް މިސްވޭޭ ނާލްް މަތިން. އެކަމަކު ކީއްކުރާނީ. ދޮންތަ އަށް ޝާމްް އޮންނަނީ ހުރިހާ ކަމެށް މަނާ ކޮށްފަ. އޮފީހަށް ދިޔުން ވެސް އަދި އެހެން ކަންތަށްތަށްވެސް?. ނާލް އަށް ގުޅަަންް ވެސް ދޮންތަ ވަރަށް މަސައްކަތް ކުރިން އެކަމަކުު ޝާމް އެކަން ވެސް ދޮންތަ އަށް މަނާ ކުރީ. އަދި ނާލް ދޮންތަ އަށް ކަމެށް ކޮށްދީބަ -9******- މިއަކީ އައިޝަން ނަންބަރު, މިނަންބަރަށް ގުޅާފައި ބުނޭ ދޮންތަ މިދުވަސް ކޮޅުު […]
” ތިކުރީ ކޮންކަހަލަ ސުވާލެއް؟ ބައްޕަ ނިހާދުދެކެ ރުޅިއަންނަންވީ ކީއްވެގެން؟ ބައްޕަ ނިހާދު ދެކެ ވަރަށް ލޯބިވޭ… ” އޯގާތެރިކަމާއި އެކީގައި ހަދީޖާ ނިހާދުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ” ނުވޭ… މަންމަ ލޫޝާދެކެ ވެސް ލޯތްބެއްނުވޭ. ބައްޕަ އާއި މަންމަ ލޯބިވަނީ ހަމައެކަނި ޔުމްނު އާއި ޔުޝްރާ ދެކެ…. މިއަދުވެސް ލޫޝާ ވެއްޓިފައި އޮތްވާ މަންމަ ޔުމްނު ގޮވައިގެން ދިޔައީ ލޫޝާ އަށް ބަލާވެސް ނުލާ…. އަހަރެން ނާއި ލޫޝާ ޔުމްނު މެންނާއި އެކީގައި ކުޅުނަސް […]
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ހެނދުނު ހޭލައިގެން ކުޑަ ގޮތަކަށް ސައި ބޯލައިގެން އަހަރެންގެ މަސައްކަތަށް ދިޔައީމެވެ. އެއީ އާދައިގެ އޮފީހެއްގެ މަސައްކަތު މީހެއްގެ ވަޒީފާއެކެވެ. ކޮންމެ ވަޒީފާއަކަސް މިއަދު އަހަރެންނަކަށް މައްސަލައެއް ނެތެވެ. މި އާދައިގެ ދިރިއުޅުންވެސް މިހާރު އަހަންނަށް ފުދެއެވެ. އެއީ ސަބަބެއް ނެތި އެއްވެސް ނޫނެވެ. އޭރު އުޅެވުނު ގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. ހިތުގާ ޖެހި ރޮވެއެވެ. އޭރު އަހަރެންގެ އުމުރުންވީ އަދި އެންމެ 15 […]
އޭގެ އަނެއްދުވަހެވެ. މުނީޝާމެން ބަދިގޭގައި ޙަރަކާތްތެރިވަމުން ދިޔައިރު އާރިޝް އިނީ ކާކޮޓަރީގައި އޭނާގެ ފޯނު ހިފައިގެންނެވެ. ނައިޒަކް ދިން ރަތްކުލައިގެ ހެޑްސެޓް ކަންފަތަށް ޖަހައިގެން އިންއިރު ވަށައިގެން ހިނގާ އެއްވެސް ކަމެއް އާރިޝް އަށް ނޭނގޭކަހަލައެވެ. ކުއްލިއަކަށް ބިންމަތީގައި ފޮއްޓެއް ބެހެއްޓި އަޑަށް މުނީޝާ އަށް އެ އަޑު އައި ދިމާލަށް ބަލައިލެވުނެވެ. އޭރު ޝިވާން ހުރީ ކާކޮޓަރި ދޮރުމަތީގައި އާރިޝް އަށް ބަލަހައްޓައިގެންނެވެ. މުނީޝާ ޝިވާން ގާތަށް އައުމުން ޝިވާން މުނީޝާ ގައިގައި ބައްދައިލިއެވެ. “މަންމަމެން […]
ބިރުން ތުރުތުރު އަޅާ ޙާލު ލަސް ލަހުން ފިޔަވަޅު ނަގަމުން ޒައިނަބު ހޮސްޕިޓަލްގެ ވޯރޑުގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. “ހައިލަމް” ކުއްލިއަކަށް ޒައިނަބުގެ ފިޔަވަޅުތަކަށް ހުއްޓުން އެރި އެވެ. ވާނުވާ ނޭނގިފައިވާ ޒައިނަބުގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. “ހައިލަމް” އަނެއްކާވެސް ޒައިނަބު އޭނާގެ ފިރިމީހާއަށް ގޮވައިލި އެވެ. ހަމައެއާއި އެކު ދުވެފައި ކަހަލަ ގޮތަކަށް އައިސް ހައިލަމް އެޑްމިޓް ކޮށްފައި އޮތް އެނދު ކައިރީގައި ހުއްޓުނެވެ. ޒައިނަބު އެތަކެއް ސުވާލުތަކެއް ހިތުގެ ތެރެއަށް ގުޅަކޮށްގެން ހުރެ […]
އަހަރެންނަށް ހޭލެވުނު އިރު ކަމަކު ދާކަށް ނެތެވެ.ގަޑިން ފަތިހު 5 ޖަހާ ބޮޑު ވެއްޖެއެވެ.ނަސީބެ ސުކޫލު ބަންދުވިކަން އަހަރެންގެ ހިތައެރި އެވެ.ގަޑި ބޭކާރު ނުކޮށް އަވަހަށް ފާހަނާ އަށް ވަދެ ރީތިވެ ވުސޫ ކޮއްލާގެން އަވަހަށް ނަމާދަށް އެރީމެވެ.ނަމާދުކޮށް ނިމިގެން އަހަރެން ދުއާ ކުރަން އަތް އުފުލާލީމެވެ.އޭރު އަހަރެންގެ ލޮލުން ކަރުނަ ފާބަނީއެވެ.އަހަރެން އަބަދުވެސް ހިއްވަރު ކުރެވޭތޯ ބަލަމެވެ. އަހަރެންނަށް މިނޫން ދުވަހެއް ދައްކަވާތޯ ދުއާކުރީމެވެ.އަހަރެން ކަރުނަ ފުހެލާފަ ހަމަޖެހެލީމެވެ.ނަމާދު ދޮޅި ބާލައި ފަތް ޖަހާލާފަ ކަބަޑު […]