ކުޅުދުއްފުށީ ފަސްގަނޑުގައި ފައިޖެހުމުން ނިކްހާއަށް ކުރެވުނީ ތަފާތު އިހްސާސް އެކެވެ. އޭނާގެ ވަށައިގެން މީހަކު އުޅޭކަހަލަ އިހްސާސް އެއް ކުރެވުނެވެ. އަވި ނުދީ އޮތް ނަމަވެސް ހޫނުވާން ފެށިއެވެ. ގައި ހިރުވަން ފެށިއެވެ. ބޮލުގައި ރިއްސައިގަތީ ހެޔަށް ގޮތްވާ ވަރަށެވެ. ކައިރީގައި ހުރި ޔަނާލްގެ އަތުގައި ހިފާ ނިކްހާ އަށް ބާރު ކޮށްލެވުނެވެ. “ނިކްހާ…” ނިކްހާ އަށް ވަމުން ދިޔަ ގޮތްފެނި ޔަނާލް ހާސްވިއެވެ. ނިކްހާ އަތް ހިތްލައިލަމުން ބޮލުގައި އަތްޖައްސާލިއެވެ. “މަންމާ…” ޔަނާލް ހާސްވެފައި ގޮވާލި […]
އަހަރެންމީ ޔާޝާއާ އެއްވެސް ގުޅުމެށް ނެތް މީހެއް ކަމުގައި ވިޔަސް އަހަރެން ވަރަށް ލޯބިވޭ ޔާޝާާ ދެކެ” ޔަނާލް ކައިރީގައި ޔާޝާ ދެކެ ލޯބިވާ ވާހަކަ އައިޝަން އަށް ބުނެވުނީ ބޭ އިހްތިޔާރު ގައެވެ. ”ކީކޭ… ދޮންތަ ދެކެ ލޯބިވެޔޭ؟؟؟” ޔަނާލް އަށް ގަބޫލް ނުކުރެވިގެން އަހާލިއެވެ. އާނ… އެކަމް ޔަނާލް ހީކޮށްފާނެ އަހަރެން މިވަނީ ޔާޝާ ދެކެ ހަގީގީ ލޯތްބެއް ނޫނޭ. އަހަރެން މިހުރިހާ ދުވަހު ވެސް އަހަރެން މިހުންނަނީ ޔާޝާ އަށް އެކަން ނާނގަން. […]
މާލޭގެ ވިޔަފާރިވެރިއެއް ކަމަށް ވާ ރެހާން އަޙްމަދު އާއި އަންހެނުން ޑޮކްޓަރ ކެއިލީން ޔޫކޭ އިން މާލެ ބަދަލުވީ ދާދިފަހުންނެވެ.މި ދެމަފިރިންގެ ކައިވެންޏަށް 30 އަހަރު ވީއިރު ލިބިފައިވަނީ 2 ކުދިންނެވެ.ޒެން އާއި ޒާނާ އަކީ އެދެމަފިރިންގެ ލޮލުގެ ނޫރެވެ. ކެއިލީން އަކީ އަންހެނުންގެ ހާއްސަ ޑޮކްޓަރެކެވެ. އެތައްބަޔެއްގެ ލޯބި ލިބިފައިވާ އޯގާތެރި ޑޮކްޓަރެކެވެ. އެހުރިހާ މަންޒަރެއް ފެނި ޒެން ވެސް ބޮޑުވެގެން ވީ ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށެވެ. އަދި ހަމަ އެއާއެކު އޭނާއަކީ ރާއްޖޭގެ […]
“އޭ! މަ އަންނާނަން ކޮޓަރިއަށް ވަދެލާފަ އިނގެ.” ތަށި ދޮންނަން ހުރި ޝަމީމްއަށް އަވަސް އިޝާރާތެއް ދީފައި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ޒައިން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ޒައިން ކޮޓަރިއަށް ވަތް ވަގުތަކީ ޝިމާޔާ ކޮޓަރިން ނުކުތް ވަގުތެވެ. ޝިމާޔާ މަޑު ހިނގުމެއްގައި ހިނގައިފައި ގޮސް ބަދިގެއަށްވަނެވެ. އޭރު ޝަމީމް އެންމެ ފަހު ތަށި ދޮވެ ހޯލްޑަރުގައި ބަހައްޓަނީއެވެ. ޝިމާޔާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. މިހާރުގެ ފިރިހެންކުދިން ހަމަ ރަނޑުތާއެވެ. ޝަމީމް ބަދިގެއިން ނުކުންނަންވެގެން […]
އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއްނޫނެވެ. މޫސުމީ ގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް މީގެ ތިންއަހަރު ކުރިން “ނިޔާމަ” ބޯޓުގައި މާލެ ދާން ފުރި ދުވަހު އާރާއަށް ކުރެވުނު އިޙުސާސް މިއަދު އޭނާއަށް އެކުރެވޭ އިޙުސާސާ ވަރަށް ތަފާތެވެ. އުފަން ރަށާއި މައިން ބަފައިން ދޫކޮށް، އެދުވަހު ދަތުރަށް ފުރީ ފުރާ ހިތަކުންނޫނެވެ. ނަމަވެސް މިއަދު މާލެއިން، އުފަން ރަށަށް ދާން އެފުރަނީ ވަރަށްވެސް ފޮނި […]
ލެޕް ނިއްވާލައިފައި އޮށޯތް ތަނާ އަހަރެންނަށް ނިދުނެވެ.. ދުވަސްތައް ފާއިތު ވަމުން ދިޔައީ ވަރަށް ވެސް ހަލުވި ކަމާއެކުގައެވެ. ޓާމް ޓެސްޓްގެ ދުވަސްވަރު ކަމުން އަހަރެންގެ އިސްޓަގްރާމް އެކައުންޓް ޓެމްޕޮރެރީ ކޮއް ޑީއެކްޓިވޭޓް ކުރުމައްފަހު ހުރިހާ ވަގުތެއް ހުސްކުރީ ފޮތް ކިޔުމަށެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންނަށް ހީކުރި ވަރަށް ވުރެ ރަނގަޅު ރިޒަލްޓެއް ލިބުނެވެ.. އަހަރެންނަށް ލިބުނު ރިޒަލްޓްގެ ސަބަބުން މަންމަ އާއި ބައްޕަ އުފާވީތީ އަހަރެނަން ވަރަށް ވެސް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.. އަހަރެން […]
މެސެޖެއްއައެވެ ..ޔައިޝްގެ ފަރާތުންނެވެ…”ޕިސް ޕިސް ކިތަށް އައިޑީ ގެންގުޅޭނެ ކަމަށްތަ ތިއުޅެނީ” ޔައިޝް ކޮއްފައި އިން މެސެޖް އަށް އަހަރެން ރިޕްލައި ކުރީމެވެ..”ކޮބާތަ މައްސަލަ އަކީ މީ 5ވަނަ އައިޑީ..އަހަރެން ކުރިން ގެންގުޅުނު އައިޑީ ޑިލިޓް ކޮއްފައޭ އާ އައިޑީއެއް ހުޅުވަންޏާ ހުޅުވަނީ”…”ތިއެއް ނޭނގެ މިހާރު މައިޝާއަށް ފޮލޯ ކުރެވުނު އަދަދެއްވެސް ނޭނގެ”…”ތީގަ އަހަރެންގެ މައްސަލަ އެއް ނެތެންނު ކާކު ބުނީ އަހަރެންނަށް ފޮލޯ ކުރާށޭ…ހަމަ ގައިމުވެސް އަހަރެންނެއް ނުބުނަން..”އަހަރެން ވެސް ދުލެއް ނުކުރަމެވެ…”ހޫން..ދެން ހެވޭ މަންޖޭ […]
”މާއީވެސް ދާނަން ދޯ..” ފާއިޒް އޭނާގެ ފޯނަށް ބަލަން އިނެ ބުނެލިއެވެ. ”ނޫން… މިއަދު މެންދުރުފަހު އެބޮތް ޑިއުޓީ.. އެހެންވެ ނުދެވޭނެ… މާދަމާއިން ފެށިގެން އަހަރެންނަށް އަދި ޗުއްޓީވާނީ…” މާއީ އެހެން ބުނެފަައި ގެނައި ތަށިތައް ހިފައިގެން އޭނާގެ ބަޔަށް ދިޔުމަށް ތައްޔާރުވެލިއެވެ. އިކާލް އާއި ފާއިޒް އެމީހުންގެ އަމިއްލަ ވާހަކައިގައި އެތައް އިރަކު ތިއްބައި ފާއިޒްއަށް ވެސް މީހަކު ގުޅުމުން ދިޔައީއެވެ. އިކާލް ގޭގައި އެކަނި ވުމާއިއެކު ކުރާނި ކަމެއް ނޭނގިފައި މުޅި ގޭގައި ހިނގަން […]
މާއީ އޭނާގެ ކޮޓަރިއަށް ވަނެފައި ނަމާދުކޮށްލައިގެން އައިސް އަނެއްކާވެސް އޮށޯވެލީ ނިދާލުމަށެވެ. އެދުވަހަކީ މާއީއަށް މެންދުރުފަހު ޑިއުޓީ އޮތް ދުވަހަކަށް ވުމުންނެވެ. އެނދުގައި އޮށޯތުމާއިއެކު މާއީއަށް ފުން ނިދީގެ އަރާމު ކަނޑުގައި ފީނާގަނެވުނީ ހިނދުކޮޅެއްގެ ތެރޭގައިއެވެ. ނަމަވެސް މާއީއަށް ސިއްސައިގެން ގޮސް ހޭލެވުނީ ކަމެއް ހަނދާންވި ފަދައަކުންނެވެ. އާއެކެވެ. މިއަދު އޭނާއަށް އިކާލްއަށް ކައްކަން އެބަ ޖެހެއެވެ. މިއަދު އިކާލް ކާން ދާނެ ގެޔެއްވެސް ނެތެވެ. އެހެންޏާ ފާއިޒްމެންގެ ގެޔަށް ކާން ދިޔަ ކަމުގައި ވިޔަސް މިއަދު […]