ފަތީން އިނީ ސުކޫލު ފަޓުލޫނު ލައިގެން ބަދިގޭގައި ސައިބޯށެވެ. އެއިރު މެންދުރު ނަމާދަށް ބަންގި ގޮވަމުން ދަނީއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް އައި މެސެޖަކަށް އޭނާ ބަލައިލިއެވެ. “ކޮބާ ތިމީހާ؟” އެއީ ޖިޔާދު ފޮނުވާލި މެސެޖެކެވެ. “އާދޭ މިގޭ ކާރިއަށް..” ފަތީން ރިޕްލައި ފޮނުވާލިއެވެ. ކައިނިމިގެން ފަތީން ތެދުވެގެންގޮސް ސިންކު ކައިރީގައި ހުއްޓިލި ވަގުތެވެ. އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފަތީން އަތް ދޮވެގެން އަންނަން ވާއިރަށް ފޯނު ވަނީ ކެނޑިފައެވެ. ފަތީން ފޯނަށް ބަލައިލީއިރު ގުޅާފައިވަނީ […]
بسم الله “ދަރިފުޅާ!.. ތައްޔާރު ވެއްޖައިންތަ؟” ނައިރާ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލަމުން ބުނެލިއެވެ. “ލައްބަ.. މަންމާ މިދަނީ..” އުމުރުން ސާދަ އަހަރުގެ ނާރާ އޭނާގެ ބުރުގަލަށް ފަހު ދަތި ޖަހާލަމުން ބުނެލިއެވެ. އަދި ލޯގަނޑު ކުރިމަތީގައި ދެފަރާތަށް އެނބުރިލަމުން ރަނގަޅުތޯ ބަލާލިއެވެ. ހިކި ކުއްޖެކެވެ. ވަށް މޫނަކާއި ހަންގަނޑު އަލި ރީތި ކުއްޖެކެވެ. އިސްކޮޅުން މާދިގު ނޫނަސް ކުރެކޭވެސް ނުބުނެވޭނެއެވެ. ކަނޑު ނޫކުލައާއި މަޑު ނޫކުލައިގެ ޔުނީފޯރމް ގައި ފެންނަނީ ވަރަށް ސާދާ […]
އަހަރެންނަކީ އަންހެން ކުއްޖަކީމެވެ.އަހަރެން ދެކޭގޮތުގައި އަހަރެން މިއީ ނަމަކަށް އުޅޭ ބޭކާރު ކުއްޖަކީމެވެ .އަހަރެންގެ އުމުރުން މިހާރު ވީ 12 އަހަރެވެ. މިއަދު ވެސް އިރު އެރީ ކޮންމެ ދުވަހެކޭ އެެއްފަދަައިން އަހަރެން ބަލަން އޮއްވައެވެ.މިއީ އަހަރެންނަށް އޮތް ގޮތެވެ.ރޮއިރޮއިދެލޯ ވަނީ ދުޅަށް ވެފަައެވެ.އަހަރެން ތެދުވީމެވެ.މޫނު ދޮވެލާ ރީތި ވެލާގެން ނުކުތީމެވެ.އަހަރެންގެ މިސްރާބަކަށް ވީ ބަދިގެއެވެ.ބަދިގެ އަށް ވަދެއް އަވަސް އަރުވައިލާގެން ކަންތަށްތަށް ނިންމޭތޯ އުޅުނީމެވެ.އަހަރެން ކުޑަ އަކަސް މިކަންތަށް ވަނީ ކުރަން ދަސްވެފައެވެ.އިސާހިތަކު ހުރިހާ ކަމެއް […]
އޮފީހުން ގެއަށް އައީ 10 ގަޑީރެއްހާއިރު ހުއްޓުމެއް ނެތި މަސައްކަތް ކުރުމަށްފަހު ވަރަށް ބޮޑަށް ވަރުބަލި ވެގެންނެވެ. ގެޔަށް އައިސް ވަނުމާއެކު އިވުނީ ލިވިއާ ރޮއިގަތް އަޑެވެ. އަހަރެން ވަގުތުން ދަރިފުޅާއޭ ކިޔާ ދުއްވައިގަތީމެވެ. ކޮޓަރިއާ ދިމާލަށެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅުލާފަކަން އެނގުނީ އަހަރެން ހާސްވެފައި ހުރިލެއް ބޮޑުކަމުން ދުވެފައި ގޮސް ގައިގައި ހުރި ބާރެއް ލާފައި ތަޅުގައި ހިފުމުންވެސް ތަޅު ގުޑާ ނުލީމައެވެ. “ހުޅުވާ މިދޮރު!” އަހަރެން ވަރަށް ބާރަށް ހަޅޭ ލަވައިގަތީމެވެ. އެއިރުވެސް […]
ފަތިހުގެ ހިތްފަސޭހަ ވަގުތު ހަށިގަނޑަށް ލިބެމުން ދިޔަ އަރާމާއި ފިނިކަމުގެ ތެރެއިން ޒައިނަބަށް އޭނާގެ ދެލޯ މަޑުމަޑުން ހުޅުވައިލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ޒައިނަބުގެ ގައިގައި އޮޅުލައިގަނެގެން ނިދާފައި އޮތް އޭނާގެ ފިރިމީހާ ހައިލަމް އާއި ދުރުވެލައި، ކަންނެތް ގޮތަކަށް އެނދުމަތީގައި ދެފަރާތަށް ފުރޮޅިލަމުން ޒައިނަބު އެނދުން ތެދުވެ ފޯނުން ގަޑި ބަލައިލި އެވެ. ” ހައިލަމް.. އޭ ބަލަ ހައިލަމް… ދެލޯ ހުޅުވާލަ ބަލަ… ފަތިހު 5 ޖަހަނީ…. ފަތިސް ނަމާދު ކުރަން ތެދުވޭ… […]
ފޯނާ ކުޅެން އިނދެފާ އޭނާ ޔަނާލްއާ ވާހަކަ ދެއްކުމުންވެސް ޔަނާލްގެ ޚަބަރެއްނުވުމުން އިކާން އިސްއުފުލާ ބަލައިލި ވަގުތު ނިދިފައި އޮތް ޔަނާލް ފެނި އިކާންއަށް ހިނިތުންވެލެވުނެވެ. ހިނދުކޮޅަކަށް އެމޫނަށް ބަލަހައްޓާއިގެން އިނުމަށްފަހު އިކާންއަށް އޭނަގެ އަތް އުފުލާލާ މަޑުމަޑުން އެއޮމާން މޫނުގައި ފިރުމާލެވުނެވެ. އެހިނދު އޭނަގެ ހިތަށް ވެރިވި އިހުސާސާއެކު ދެވަނަ ފަހަރަށްވެސް އިކާންއަށް އެއަމަލު ތަކުރާރުކޮށްލެވުނެވެ. ޔަނާލްއަށް ކުރިމަތިވާނޭހެން އޭނަ އިށީންދެގެން އިން ގޮނޑި މަޑުމަޑުން އަނބުރާލާ އޭނަގެ ފުރިހަމަ ސަމާލުކަމެއް ޔަނާލްއަށް ހުސްކޮށްލިއެވެ. ޔަނާލްގެ […]
ހީވާ ގޮތުން އެއީ އެކަމުގައި އަބަދުވެސް އުޅޭ މީހެކެވެ. އާރިފާ އެމީހާއަށް ކުރަން ވީ ކަންތައް ހަވާލު ކޮށްފައި ދިޔައީ ދެން ވާން އޮތްގޮތް ނޭނގޭ ހާލުއެވެ. އެމީހާއަށްވެސް އާރިފާ އެތަނުން ދިޔުމުން ނުހަނު އުފާވެލާފައި އެތަނުން ދިޔައެވެ. ****** ”އީނާޝް.. އަހަރެންނަށް ހީވަނީ ނަބާހު އެބުނީ ތެދުހެން.. އީނާޝް ފަސްއެބުރި ދިޔުމުންވެސް ހުރީ ވަރަށް ދެރަވެފަ.. އަހަރެންނަށް ފެންނަނި ނަބާހުއަށް މަޢާފު ކޮށްފަ ނަބާހުއާއި ފްރެންޑް ވާން.. އޭރުން އީނާޝްއަށް ވެސް ރަނގަޅުވާނެ..” ކައިޒީން އީނާޝްގެ […]
“ޕިސް ދެން ފައްޓަބަލަ ތިއްތިބޭ.” އާރިޝްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އުޝާ ބުންޏެވެ. އާރިޝްއަށް ހަމަބިމަށް އާދެވުނީ އެވަގުތުއެވެ. “އަމް. ތިކުދިން ކުޅެލަން ވީއެއްނު ދޯ. ތިއްތިބެގެ ފްރެންޑެއް އެބަހުރި އެކޮޅުގަ. އަންނާނަން އިނގޭ.” އާރިޝް އެކަނިވެލަން ބޭނުންވެފައިހުރިވަރުން ނައިޒަކްމެންގާތު ބަހަނާއެއް ދައްކައިލައިފައި ތަންކޮޅެއް ދުރުގައި ހުރި ހަޓެއްގެ ކައިރިއަށް ދާން ހިނގައިގަތެވެ. “އޯކޭ ދެން އަހަރުމެން ކުޅޭނީ. އެހެންވީމަ އުޝާ ފައްޓާ ދެން މީމަކުން. އޯކޭ؟” ނައިޒަކް ބުންޏެވެ. އުޝާ އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ކިޔަން […]
ސާދަވިލޭރޭގެ ހަނދު ފޫހިކަމެއް ނެތި މެދު އުޑުގައި ރަނިކަން ކުރަމުން ދިޔައިރު އެހަނދުވަރުގެ ރީތި ރިހި އަލި ދިޔައީ މުޅި ދުނިޔެއާއި ކުޅެމުންނެވެ. ހަނދުގެ ދަރުބާރުގައި ފިޔަޖަހަމުން ދިޔަ ތަރިތަށް އެކަމުގެ ޝަރަފު އަމިއްލައަށް ބަލައިގަންނަމުން ދިޔައީ އެހެން ހިތްތަކުގައި ހަސަދަވެރިކަން އުފައްދަމުންނެވެ. ބަގީޗާގައި ހެދިފައި ހުރި އެކި ކަހަލަ މާމެލާމެލީގެ ގަސްތަށް ވަޔާއިއެކު ނާނާ ކިޔަމުން ދިޔައިރު، މާމެލާމެލީގެ މީރުވަސް ވަނީ މުޅި ފަޒާގައި ހިފާފައެވެ. ބެލްކަނީގެ ރެއިލިންގްގައި އަތް އަޅުވައިލައިގެން އާސިމް ހުރިއިރު ވަށައިގެންވީ މަންޒަރުގެ ރީތިކަން ހިތަށް ވާސިލްކުރެވޭ ގޮތެއް ނުވިއެވެ. ވާނީވެސް އެހެންތާއެވެ. ދުވަހުގެ ކޮޅުންވެސް އަފްނާން […]