Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތެދުވެރި ލޯބި- 10

♡Maii♡ Level 310 Stories100 Comments100 Login
December 7, 2019 4 Mins Read
15 Comments

°*ނާލް… ދޮންތަ ވަރަށް ވަރަށް މިސްވޭޭ  ނާލްް މަތިން. އެކަމަކު ކީއްކުރާނީ. ދޮންތަ އަށް ޝާމްް އޮންނަނީ ހުރިހާ ކަމެށް މަނާ ކޮށްފަ. އޮފީހަށް ދިޔުން ވެސް އަދި އެހެން ކަންތަށްތަށްވެސް?. ނާލް އަށް ގުޅަަންް ވެސް ދޮންތަ ވަރަށް މަސައްކަތް ކުރިން އެކަމަކުު ޝާމް އެކަން ވެސް ދޮންތަ އަށް މަނާ ކުރީ. އަދި ނާލް ދޮންތަ އަށް ކަމެށް ކޮށްދީބަ -9******- މިއަކީ އައިޝަން ނަންބަރު, މިނަންބަރަށް ގުޅާފައި ބުނޭ ދޮންތަ މިދުވަސް ކޮޅުު ބިޒީ ވީމައޭ ނުދެވެނީ… މިި މެސެޖް ގެ ރިޕްލައި ނާލް ނުދޭތި، ޝާމް ނިދާފައި އޮތް ގަޑީގައި ސިއްރުން ނާލް އަށް މި މެސެޖް ކުރީ. އެހެންނޫނީީ ޝާމް އަށް އެނގި ދާނެ . އަދިި އަފޫ އަށްވެސް އަންގަށްޗޭ މިކަންތަށް. ދޮންތަ ބަލާނަން މިގޮތަށް ޝާމް ނިދީމަ ކޮންމެރެއަކުވެސް ނާލް އަށް މެސެެޖްް ކުރެވޭތޯ. ދޮންތަ އަބަދުވެސް ވަރަށް ލޯބިވޭ ނާލް ދެކެ” މެސެޖް ކިޔާ ނިމުން އިރު ޔަނާލް އިނީ ދެލޮލުން ފެން ފައިބަަ ފައިބައެވެ.

°°°°°

އޮފީހުގަ ކުރަން ޖެހޭ މަސައްކަތް ތަށް މިހާރު ޔާޝާ ނެތީމަ އައިޝަން ކުރަމުން ދަނީ ވަރަށް ބުރަކޮށެވެ. އެހެންކަމުން އަމިއްލަ ދިރިއުޅުމާ މެދު ވިސްނާލަން ލިބެނީ ވެސް މަދު ވަގުތު ކޮޅަކުއެވެ. ޔާޝާ އޮފީހައް ނާންނާތީ, އައިޝަން އަށް ހަމަ އެކަނި ބުރަވަނީ މަސައްކަތެށްް ނޫނެވެ. ޔާޝާ އައިޝަންގެ ލޮލަށް ނުނެންނަންޏާ އެހެން ކަންތަށްތަށް ވެސް އައިޝަން ކުރަނީ ވަރަށް އުނދަގުލާ އެކީއެވެ.

ކޮމްޕިއުޓަރ ކީބޯޑުން އެއްޗެށް ލިޔަން އިން އައިޝަން އަށް މަސައްކަތް މެދު ކަނޑާލަން ޖެހުނީ ފޯނު ރިންގް ވާން ފެށުމުންނެވެ. އައިޝަން ފޯނަށް ބަލާލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ނަމަވެސް ތްރޫ ކޯލަރ ފޯނަށް އަޅާފަ އިނުމުން ސޭވް ނުކުރާ ނަންބަރެށް ވިޔަސް ޔަނާލްް އޭ ޖަހާފަ އިނެވެ. އައިޝަން ފޯނު ނުނަގަން އިންދަ ވެސް, އެއީ ޔާޝާގެ ކޮއްކޮ ނަން ކަން ހަނދާން ވުމުން ކޯލް މިސް ނުވަނީސް އަވަހައް ފޯނު ނެގިއެވެ.

”ހަލޯ” އައިޝަންގެ އެ ފިރިހެންވަންތަ އަޑުން ފޯނު ނެގި ގޮތަށް ބުނެލިއެވެ. އެކޮޅުން ވެސް ހަލޯ ބުނުމުން އައިޝަން ކޮންކަމަކުތޯ ތިގުޅީ ސުވާލު ކުރިއެވެ.

”ދޮންތަ ބުނެގެން… ސޮރީ ޔާޝާ ބުނެގެން” ޔަނާލް އެގުޅީީ ޔާޝާ ބުނި ވާހަކަ އައިޝަން ކައިރީގައި ބުނާށެވެ.

”އޯކޭ ދޮންތަ ކިޔަސް. އަޅުގަނޑަށް އިނގެޔޭ ތިއީ ޔާޝާ ކޮއްކޮ ކަން” އައިޝަން މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކިއެވެ.

”ދޮންތަ ބުނީ ދޮންތަ ވަރަށް ބިޒީ ވީމައޭ އޮފީހައްް ނާދެވެނީ މިވާހަކަ ބުނެލަ ދޭށޯ އައިޝަން އަށް ގުޅާފަ” ޔަނާލް އަޑުގަ ކޮންމެސް ވަރަކަށް ހިތާމަ ކުރެހިފައި ހުރުމުން އައިޝަން އަށް ޔާޝާ އަށް ކޮންމެސްް ކަމެށްް ވެއްޖެ ކަން އެނގުނެވެ.

”އޯކޭ ބޭއްވީ… އެކަމް އޯކޭތަަ އެއްޗެއްް ސާފްް ކޮށްލަން ބޭނުމިއްޔާ އަދި މި ނަންބަރަށް ގުޅާލިޔަސް” ޔާޝާ އާއި ބެހޭޭ ގޮތުން އަދި އެއްޗެށް ސާފު ކޮށްލަން ޖެހިދާނެތީވެ, އައިޝަން އަހާލިއެވެ. ޔަނާލް ވެސް އެންމެ ރަނގަޅޭ ބުނެ ފޯނު ބޭއްވިއެވެ.

”ޔާޝާ އެއުޅެނީ ވެސް މީހަކާ އިނދެގެން. ދެން ކީއްވެބާ ޔާޝާ ކޮއްކޮ އެހާ ދެރަވެފަ އެހުރީ. އަނެއްކާ ޔާޝާ އަހަރެން ގުޅީމަަ ފޯނު ވެސް ނުނަގާ. ކޮންމެސް ނުބައެށް އެބައުޅޭ މިކަމުގަ. މިވެގެން އުޅޭ ގޮތް އަހަރެން ބަލާނަން.

ޔާޝާ ދެރަ ލިބޭ ކަށްް އަަަހަަރެެންް އެށް ގޮތަކަށް ވެސްް ނޭދެން. ޔާޝާ އަށް ޓަކައި ކޮންމެ ފަދަ ޤުރުބާނީ އެއްވާން ވެސްް އަހަރެން މިހިރީ ތައްޔާރަށް. އަދި ދުވަހަކު ވެސް ޔާޝާ ނޫން މީހަކު އަހަރެންގެ ހަޔާތަކަށް ނުގެންނާނަން. އަހަރެން އަބަދުވެސް އިންތިޒާރު ކުރާނަން ޔާޝާ އަށް”

އައިޝަނން ފުންވިސްނނުމެށް ތެރޭގައި އިނދެގެން ކިޔަމުން ގެންދެއެވެ. އައިޝަން ބޭނުންވަނީ އައިޝަން ކޮންމެ ހާލެއްގަ ހުރިކަމުގަ ވިޔަސް, ޔާޝާ އަބަދުވެސް އުފަލުގަަ ހުރުމެވެ.

°°°°°°°°°°

ހެނދުނުގެެ  ނާސްތާ ތައްޔާރު ކުރުމަށް ފަހު, ޔާޝާ އިނީ ސޯފާގައި އިށީންދެގެން ޝަމްރާ އާވާހަކަ ދައްކާށެވެ. ޔާޝާ އެއުޅޭ ހާލު ފެނިފަ, ޝަމްރާ ހިތުގައި ޔާޝާ އަށް ހަމްދަރުދީ އުފެދެއެވެ. އަދިި ޔާޝާ އެއުޅޭ ގޮތުން ދެރަވެސް ވެއެވެ. ޝާމް އިއްޔެ ޔާޝާގެ ކޯތާފަތް މަތީގައި ޖެހިތަން ދުޅަވެ, ނޫފާގަނެފަ ހުއްޓެވެ.

މިއަދުު ވެސް ޝާމް ޔާޝާ އޮފީހަކަށް ނުފޮނުވައެވެ. ހެނދުނނު މައިރާ ޝާމް ހޭލި ގޮތަށް ބޭރަށް ދިޔައީ ޔާޝާ ކޮންތާކަށްހޭ އެހުމުން ވެސް, ޖަވާބު  ނުދީ ބީރު ކަންފަތެށް ދެމުންނެވެ.

ފަނަރަ ވަރަކަށް މިނެޓް ފަހުން ޝާމް ގެއަށް އައިސް ވަނެވެ. އަދިި ޝާމް ރައްޓެއްސެށް ބޭރުގަ ހުރި ކަމަށް ބުނެ, ޝާމް އަށާއި އޭނައަށް ސައިހަދަން ދާށޭ ބުންޏެވެ. ޔާޝާ ބޯޖަހާލާފައި ގޮސް ކާގެއަށް ވަދެ ސައި ހަދާލިއެވެ. މާގިނަ އިރެއް ނުވެ, ޝާމް އާއި ނާއިޝް އައިސް ސައިބޯ މޭޒު ދޮށުގަ އިށީނެވެ.

ޔާޝާ އަށް ޝޮކެށް ލިބުނު ކަހަލައެވެ. ޝާމް އަކީނާއިޝްގެ އެކުވެރިއެށް ކަން އެ އިނގުނީ ޔާޝާ އަށް އަދި ކިރިޔާއެވެ. ޔާޝާ އަނގަަ މަތީގައި އަތް އަޅާލާފައި ދެލޯ ބޮޑު ކޮށްލިއެވެ. ޝާމްގެ ފުރަގަހުގަ ކޮޅަށް ޔާޝާ ހުރިއިރު ޝާމްް އަކަށް ޔާޝާ އަށް ގޮތެށް ވެފަ ހުރިކަމެށް ނޭނގެއެވެ.

ޝާމްގެ ކުރިމައްޗަށް ވާގޮތަށް އިން ނާއިޝް އަށް ވެސް ޔާޝާ ފެނުމުން ހައިރާން ކަމެށް ލިބުނެވެ. އަދިި ޔާޝާ ކޯ މަތީގައި ދުޅަވެފަ އިން ތަންގަނޑު ނާއިޝް އަށް ފެނުމުން އެއީ ޝާމް ޖަހާފަ އިންގޮތަަެެެެއްނ ކަން އިނގުނެވެ.

”އޭ ބްރޯ… މީމަގޭ ވައިފް… ޔާޝާ, މީ އަހަރެންގެއެންމެ ގާތް އެކުވެރިޔާ ނާއިޝް” ޝާމް ދެމީހުން ދެމީހުންނަށް ތައާރަފް ކޮށްދިނެވެ. ޝާމް އެހެން ބުނެލުމާއެކު, ޔާޝާ ދުވެފަ ކަހަލަ ގޮތަކަށް ގޮސް މައްޗަށް އެރިއެވެ.

”އޭ ނާއިޝް.. އެއްޗެށް ހީނުކުރައްޗޭ, އޭނަަ ބައެށް ފަހަރު އުޅޭނެ އެހެން” ޔާޝާ ދިޔަތަން ބަލަން އިން ނާއިޝް ފެނުފަ, ޝާމް ބުނެލިއެވެ.

”އޭ.. ކައެ އެހެރީ އެމަންޖެ މޫނުމަތީގައި ޖަހާފަަަތަ؟” ނާއިޝް އަހާލީ ޝާމްގެ މޫނަށް ނަޒަރެށް ދެމުން, ނާއިޝް އަށް ޔާޝާގެ މޫނަށް ވީކިހިނެތް ކަން އެނގެން ބޭނުން ވާ ހާލުގައެވެ.

”އާނ. ހެހެ. މަ ބުނީމެއްނު އޭރު ވެސް މަށެށް ލޯތްބެށް ނުވެޔޭ” ޝާމް ހިނިގަނޑެށް ޖަހާލަމުން ބުނެލިއެވެ.

°°°°°

އަފްރީން އަށް ރޭގަ ޔާޝާ ފޮނުވި މެސެޖް ޔަނާލް ދައްކާލުމުން  އަފްރީން ވެސް ހުރީ ވާނުވާގައެވެ. ޝާމް އާ ރައްޓެހިި ވެގެން އުޅުން އިރު ވެސް, ޝާމްް ޔާޝާ އާދޭތެރޭގަ ކަންތައް ކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ އަފްރީން އަދި ޔަނާލްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އަދި ކޮންމެސް ގޮތަކުން ޔާޝާ އެއުޅޭ ހާލުން ސަލާމަތް ކޮށްދޭން އަފްރީން އާއި ޔަނާލް ނިންމިއެވެ. އަދި ދެމީހުން ނިންމީީ އަނުމް އަށްވެސް މިވާހަކަ ކިޔައިދީގެން ގޮތެއް ނިންމާށެވެ.

ގޭގަ ހުންނަ ބޮޑު އުނދޯލީގައި ޔަނާލް އާއި އަފްރީން ތިބީ ޔާޝާ އާއި ބެހޭ ގޮތުން އެކި ވާހަކަ ތަށް ދައްކާށެވެ. މާގިނަަ އިރެށްް ނުވެ ޔަނާލް ފޯނަށް އައިޝަން ގުޅިއެވެ.

”ޔަނާލް ތޯ؟” އައިޝަން އަދަބުު ވެރި ކަމާއެކީ ވާހަކަަ ދެއްކިއެެެެވެ.

”ލައްބަ.. އަޅުގަނޑުމީ ޔަނާލް. ކަމަކުތޯ؟” ޔަނާލް މަޑުމައިތިރި ކަމާއެކުު ވާހަކަ ދެއްކިއެވެ.

”ވަރަށް ބޮޑު ވާހަކަ އެށް ދައްކާލަން ވެގެން. ޔަޝާގެ ކޮއްކޮ ކަން އެނގުނީމަ އަހަރެން ބޭނުން ވާހަކަ އެށްް ބުނަން. ޔަނާލް އަހަރެންނަށް އެއްވެސް ކަމެށް ސިއްރު ނުކުރާތި! ޔާޝާ އަށް ކަމެއް ދިމާ ވެގެން އުޅުނަސް އަހަރެން ކައިރި ނުބުނެ ނުހުންނާތި. އަހަރެންމީ ޔާޝާއާ އެއްވެސް ގުޅުމެށް ނެތް މީހެއް ކަމުގައި ވިޔަސް އަހަރެން ވަރަށް ލޯބިވޭ ޔާޝާާ ދެކެ” ޔަނާލް ކައިރީގައި ޔާޝާ ދެކެ ލޯބިވާ ވާހަކަ އައިޝަން އަށް ބުނެވުނީ ބޭ އިހްތިޔާރު ގައެވެ.

”ކީކޭ… ދޮންތަ ދެކެ ލޯބިވެޔޭ؟؟؟” ޔަނާލް އަށް ގަބޫލް ނުކުރެވިގެން އަހާލިއެވެ.

..*ނުނިމޭ*..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

♡Maii♡

Level 310 Stories100 Comments100 Login

??

Other Articles

Previous

ލަފްޒު 4

Next

ނޭނގި ވެވުނު ލޯބި 5

Next
December 7, 2019

ނޭނގި ވެވުނު ލޯބި 5

Previews
December 7, 2019

ލަފްޒު 4

15 Comments!

  1. Maisha maii says:
    December 7, 2019 at 4:11 am

    Hey guys…. Miothy thedhuveri loabi part 10 vx up kohlaafa…. Ummeedhu kuran hurihaa kudhinnah vx kamudhaane kamah… Kiyaalaafa comment eh kohlahchey. And mihaaru story gendhaa goiyy rangalhu tha??? Have a nice day all♥♥♥

  2. Kairaa says:
    December 7, 2019 at 12:48 pm

    Alhey enme kiyaa hiyy vi thankolhu e nimuny…..whn nxt…waiting…btw mi part hama habbu….

    1. Maisha maii says:
      December 7, 2019 at 9:25 pm

      Aww thanqs kairaa…. Next part Tuesday ga up kohleveytho balaanan… Keep waiting.

  3. Izabell says:
    December 7, 2019 at 3:20 pm

    Alhey hadha interesting kollaafa ey mi part thi nimmaaly. Anyways, mi part vx varah varah reethi, Masha Allah ❣️❣️❣️❣️❣️❣️❣️ Nd when is next part

    1. Maisha maii says:
      December 7, 2019 at 9:27 pm

      Awwwn ehentha❤❤❤…. Thankssss izabell… Next part Tuesday ga up kohleveytho balaanan?

  4. Meekkomee says:
    December 7, 2019 at 7:13 pm

    Awwwn…..maii ….. Varah varah reethi mi part ves ………. Whn is next part……. Waiting 4 it ………luv yeahhh…… Varah miss ingyyy 🙁 udhagoo nunyyyaamu ahvahah up kohla dhythi ingyyyy;)

    1. Maisha maii says:
      December 7, 2019 at 9:29 pm

      Awwwn thank you so much meekko… Miss yu too… Next part Tuesday ga up kohleveytho balaanan… Hehe aan heevany liyeveyne hen Tuesday ah❤❤❤. Love you more. Keep waiting

  5. magnumm says:
    December 7, 2019 at 7:17 pm

    awwwwww….mai kolhuuu???miss ya so so so so much???mi part vx vrh vrh habbuuuuu???waiting fr da nextt…much lovexx sisthey❤❤❤

    1. Maisha maii says:
      December 7, 2019 at 9:32 pm

      Awwwn thank you so much magnamm♥♥… Hehe mai kolhu ey.. Varah loabi thihen keema???…. Miss yu tooo magnummm kolhuuuu❤❤❤… Keep waiting♥♥♥♥♥♥♥

    2. magnumm says:
      December 8, 2019 at 11:27 am

      alheyy assu theyyy….i’ll call ya mai kolhu then???

    3. Maisha maii says:
      December 8, 2019 at 11:42 pm

      Hehe…. Aan??. Mai vx kiyaanee magnumm kolhu??

  6. ??tweety?? says:
    December 11, 2019 at 8:27 am

    when next

    1. Maisha maii says:
      December 17, 2019 at 11:17 pm

      mihaaru next part submit kohlaifin. Sorry for the delay

    2. Maisha maii says:
      December 17, 2019 at 11:17 pm

      Hey all… mihaaru next part submit kohlaifin.

  7. nash says:
    December 19, 2019 at 8:11 am

    adhi vs nufeny

Comments are closed.

Next Episodeތެދުވެރި ލޯބި- 11←


All Right Reserved!