Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލަފްޒު 4

Maahkko Level 1
December 7, 2019 6 Mins Read
2 Comments

” ތިކުރީ ކޮންކަހަލަ ސުވާލެއް؟ ބައްޕަ ނިހާދުދެކެ ރުޅިއަންނަންވީ ކީއްވެގެން؟ ބައްޕަ ނިހާދު ދެކެ ވަރަށް ލޯބިވޭ… ” އޯގާތެރިކަމާއި އެކީގައި ހަދީޖާ ނިހާދުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.
” ނުވޭ… މަންމަ ލޫޝާދެކެ ވެސް ލޯތްބެއްނުވޭ. ބައްޕަ އާއި މަންމަ ލޯބިވަނީ ހަމައެކަނި ޔުމްނު އާއި ޔުޝްރާ ދެކެ…. މިއަދުވެސް ލޫޝާ ވެއްޓިފައި އޮތްވާ މަންމަ ޔުމްނު ގޮވައިގެން ދިޔައީ ލޫޝާ އަށް ބަލާވެސް ނުލާ…. އަހަރެން ނާއި ލޫޝާ ޔުމްނު މެންނާއި އެކީގައި ކުޅުނަސް މަންމަ ރުޅިއާދޭ. އަބަދު އަހަރުމެން ދެކުދިންނަށް އެޗެހިކިޔާނީ…. އެއީ ކީއްވެގެންތަ؟” ރޮވިފައިވާ ރާގަކަށް ނިހާދު އަހާލިއެވެ.

ހަދީޖާ އަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ހަދީޖާ ލޫޝާ އާއި ނިހާދު ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ. އޭނަގެ ބޭބެ އަށް އައިސްފައިވާ ބަދަލާއި ދޭތެރޭގައި އޭނަ ޚައިރާންވިއެވެ. ރަޝީދާ އަށް ދެކުދިން ލިބުނުފަހުން ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. އޭގެ ކުރިންވެސް ރަޝީދާ ލޫޝާ އަކާ އަޅައެއް ނުލައެވެ. ނިހާދު އަކީ ކާކުތޯވެސް ބަލައެއްނުލައެވެ. ރަޝީދާ އަށް ރަޝީދާގެ ދެކުދިން ނޫން އެހެން ޒިންމާ އެއް ވާކަމެއް ނޭނގެއެވެ. ފިރިމީހާ އާއި ދެކުދިންގެ ކަންތަކުން އަވަދިވެގެން އެހެންދިމާއަކަށް އެނބުރިލާނެ ފުރުސަތެއް ނޯވެއެވެ.

ލޫޝާ ގެ އުމުރުން މިހާރު 6 އަހަރެވެ. ކޮންމެވެސް ވަރަކަށް ކަންހިނގާމަގު އެނގެއެވެ. ވާނުވާ ވަކިވެއެވެ. ހަގީގަތަކީ ކޮބައިކަން ނޭނގުނަސް ގޯސް ކަމެއްވިއްޔާ އެއީ ގޯސްކަމެއްކަން އެނގެއެވެ. ރަނގަޅު ކަމެއްވިއްޔާ އެއީ ރަނގަޅުކަމެއްކަން އެނގެއެވެ….. ލޫޝާ އަކީ އުޅޭކުއްޖެއްކަމެއް ރަޝީދާ އަކަށް ނޭނގެއެވެ. ކައިފިތޯ ނުކައިތޯ ބަލައެއް ނުލައެވެ. ފެންވެރިތޯ ކުރަނީ ކޮންކަމެއްތޯ ބަލާލާކަށް ރަޝީދާއަކަށް ފުރުސަތެއް
ނުލިބެއެވެ. ލޫޝާގެ އެކަނިވެރިކަމުގެ އެހީތެރިއަކީ ނިހާދު އެވެ. ނިހާދަކީވެސް މަންމަ އާއި ބައްޕަގެ ލޯތްބަށް ބޭނުންވެގެން ތެޅިފޮޅެމުންދާ ކުއްޖެކެވެ. އުމުރުން 11 އަހަރު ވީއިރުވެސް ބައްޕަ ލޯބިން ބޮލުގައި ފިރުމާލާފައެއް ނުވެއެވެ. މަންމަ ގެ ލޯތްބަކީ ކޮބައިކަމެއް ނޭނގެއެވެ. ޚަދީޖާ ނޫން ދެވަނަ އެހެން އެހީތެރިޔަކު ނުވެއެވެ.

ހަވީރު ވަގުތެވެ. ޔުމްނު އާއި ޔުޝްރާ ފެންޑާގައި ކުލެން ތިއްބެވެ. ލޫޝާވެސް އެމީހުންނާއި އެކީގައި ކުޅެން އުޅެއެވެ. ޔުމްނު ރުޝްރާ ރޮއްވާލާފައި ޔުޝްރާގެ އަތުގައި އޮތް ކުޅޭ އެއްޗެއް ނެގިއެވެ. އެތަން ލޫޝާ އަށް ފެނުމުން ޔުމްނު އަތުން ކުޅޭއެތި އަތުލައިފައި ޔުޝްރާ އަށް ދޭން އުޅުނެވެ. އެމަންޒަރު ރަޝީދާ އަށް ފެނުމުން ރުޅިއައިސްފައި ލޫޝާގެ އަތުން ކުޅެއެތި އަތުލާފައި ޔުމްނު އަށް ދިނެވެ. އަދި ޔުމްނު އާއި ޔުޝްރާ ގޮވައިގެން އެތެރެއަށް ވަނެވެ. ފާރުމަތީގައި މިމަންޒަރު ބަލަން އިން ނިހާދު ފައިބައިގެން އައެވެ.

” އަހަރެން ބުނީމެއްނު އޭރުވެސް ލޫޝާ ކޮއްކޮމެން ކައިރިޔަށް ނުދާށޭ…. ” ނިހާދު ބުންޏެވެ. ލޫޝާ ދެލޯ އަޅާލަމުން ނިހާދު އަށް ބަލާލިއެވެ. ” ކަންފަތެއް ނުހުންނާނެ… ” ލޫޝާގެ ބޮލުގައި ޖަހާލަމުން ބުންޏެވެ.
” ތަދުވެއްޖެ. …. ” ލޫޝާ ނިހާދުގެ ގައިގައިޖަހަން އަތް މަޅާލިއެވެ. ނިހާދު ޖެހިޔަނުދީ ހިފެހެއްޓިއެވެ. ދެކުދިން ހިފަނިކޮށް ނިހާދުގެ ގައިގައި ލޫޝާގެ އަތުން ވަކިއެޅުނެވެ.
” އަތް ދިއްޔޯ… ދައްކަބަލަ. ” ލޫޝާގެއަތުގައި ހިފައި ގަދަކަމުން އިނގިލިތަކަށް ނިހާދު ބަލާލިއެވެ.
” ނަސީބެއް. ކޮއްކޮމެން މީހެއްގެ ގައިގައި ވަކި ނޭޅުނުކަން… ” ވިސްނޭ ކުއްޖެއްހެން ނިހާދު ބުންޏެވެ.
” ކީއްވެ ނިޔަފަތި ނުކަނޑާ ތިހިރީ؟” ނިހާދު އަހާލިއެވެ.
” އަހަރެން ނަކަށް ކަނޑާކަށް ނޭނގޭ…. ” ލޫޝާ ބުންޏެވެ.
” ގެނޭ އަހަރެން ކަނޑާދޭނަން…. ” ނިހާދު ބުންޏެވެ.

ނިހާދު ޙަދީޖާ ގެންގުޅޭ ނިޔަފަތިކަނޑާދަތި ހިފައިގެން އައިސް ލޫޝާގެ އިނގިލީގެ ނިޔަފަތިތައް ކަނޑާދިނެވެ. ލޫޝާ އަށް ތަދުވެގެން ރޮވިފައި އިނެވެ. ބައެއް އިނގިލިތަކުގެ ނިޔަފަތި ގަނޑުގެ ދަށައް ލޭ އަރާފައި ހުއްޓެވެ. ނިހާދު އަށް އެނގުނު ގޮތަކަށް ލޫޝާގެ އިނިގިލިތަކުގެ ނިޔަފަތި ކަނޑާލަދިނެވެ. ޚަދީޖާ ބޭރުން އައިސްވަންތަނުން ނިހާދު ލޫޝާގެ ނިޔަފަތިކަނޑަން އިންތަން ފެނުމުން އަވަސް އަވަހަށް އައިސް ނިހާދުގެ އަތުން ނިޔަފަތިކަނޑާ ދަތި ނެގިއެވެ.
” ސުބުހާނަސްﷲ…. މިއީ ކުޑަކުދިން ގެންގުޅޭ އެއްޗެއް ނޫން…. ލޫޝާ ދައްކަބަލަ. ޔާރައްބީ…. ނިޔަފަތިތައް…. ނިހާދު. ދެންވެސް މިކަހަލަ ކަމެއް ނުކުރާތި. ލޫޝާ އަށް ކިހާތަދުވާނެ. ” ޚަދީޖާ ލޫޝާގެ އަތައް ފުމެލަމުން ބުންޏެވެ.
” ލޫޝާގެ ނިޔަފަތި ދިގުވީމައި…. ” ނިހާދު ދެރަވެފައި ބުންޏެވެ.
” އެކަމަކު ވެސް. ލޫޝާ ނުރޮއި އިނީމައިވެސް ޚައިރާން ވެއްޖެ. ލޫޝާއަކަށް ތަދެއް ނުވޭތަ؟” ޚަދީޖާ ލޫޝާގެ ކޮލުގައި ފިރުމާލަމުން އަހާލިއެވެ. ލޫޝާ ގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. ލޫޝާ ތަދުނުވާކަމަށް ބޯހޫރާލަމުން ޖަވާބު ދިނެވެ.

ރޭގަނޑުގެ ހިމޭން ވަގުތެވެ. ހަދީޖާ ދީނީ ފޮތެއް ކިޔާލަން އުނދޯލީގައި އިނެވެ. ލޫޝާ އާއި ނިހާދު ދެފަރާތުގައި ނިދާފައި އޮތެވެ. ބޭރުން އައިސް ހުސްނީ އެތެރެއަށް ވަނެވެ. ހަދީޖާ އުންދޯލީގައި އިންތަން ފެނުމުން އަހާލިއެވެ.
” ކޮބާ. ލަތީފް ގުޅިތަ؟” ހުސްނީ އަހާލިއެވެ.
” ނޫން. މިދިޔަހަފުތާ ބުރާސްފަތި ދުވަހު ގުޅިފަހުން ނުގުޅާ. ” ހަދީޖާ ފޮތް ލައްޕާލަމުން ބުންޏެވެ.
” އެހެންތަ؟ ބޭބެ ހީކުރީ މިއަދު ގުޅާނެކަމަށް…. އޮފީހަށް މިއަދު ގުޅި. ދެހަފުތާއެއްހާ ދުވަސް ފަހުން އަންނަވާހަކަ ބުނި. ” ހުސްނީ ބުންޏެވެ.
” އާން. އެވާހަކަ އެންމެފަހުން ގުޅިދުވަހު ބުނި. މިހާރު ބޯޑުއޮތީ ޖަޕާނުގައި. އެތަނުން ދެން
އިތުރުތާކަށް ލަތީފް އެއް ނުދާނެ. ލަތީފް ދެން އަނާނީ ރާއްޖެއަށް. ” ހަދީޖާ ބުންޏެވެ.
” އާން. މިހާރު ދަތުރު ކުރަން ދިޔަތާ 3 އަހަރުވީ ވިއްޔާދޯ. ދެން މާލެ އައިސް ރަނގަޅު ވިޔަފާރިއެއް ފެށީމައި ރަނގަޅުވާނީ. ރުޝްދީ ކޮއްކޮވެސް އަންނަ އަހަރު ރާއްޖެ އައިސް ދަތުރުކުރަން ނުދާގޮތައް މިހާރު އޮތީ ދަތުރު ކުރެވިއްޖެއެއްނުދޯ. ދެން މާލޭގައި ވިޔަފާރިއެއް ފެށީމައި ހުންނާނީ ރަނގަޅަށް. ” ހުސްނީ ބުންޏެވެ.
” އާން. ލަތީފްވެސް އަބަދުވެސް ދައްކާނެ ވިޔަފާރިއެއް ފަށާވާހަކަ. އެކަމަކު އޭނގެ ކުރިން އަހަރުމެން ގަސްތުކޮށްފައި އޮތީ ހައްޖައްދާން. މިފަހަރު މާލެ އެއަންނަނީ ހައްޖައްދާން. ” ހަދީޖާ ބުންޏެވެ.
” އެހެންތަ؟ ވަރަށް ރަނގަޅު. ކުއްޖަކު ލިބުމުގެ ކުރިން ހައްޖަ ދެވުނިއްޔާ ވަރަށް ރަނގަޅު.” ހުސްނީ ބުންޏެވެ. ހުސްނީ އެތެރެއަށް ހިނގައިގަތެވެ.
” ބޭބޭ. ނިހާދު އެތެރެއަށް ވައްދަދޭންވީއެއްނު.” ހުސްނީ ހުއްޓިލިއެވެ. އަދި އެތެރެއަށް ނުވަދެ ނިދާފައި އޮތް ނިހާދު އުރާލައިގެން ގެންގޮސް ކޮޓަރިޔަށް ލިއެވެ. ފަހަތުން ޙަދީޖާ ލޫޝާ އުރާލައިގެން އެތެރެއަށް ވަނެވެ.
” ބޭބޭ ރަޝިއްތަ ކައިރީ ބުނާތި އަހަރެން ބޭރަށް ދިޔަވާހަކަ.” ޙަދީޖާ ލޫޝާ އެނދުގައި ބާއްވަމުން ބުންޏެވެ.
” ކޮންތާކަށް ދާން ތިއުޅެނީ؟” ހުސްނީ އަހާލިއެވެ.
” ލަތީފްގެ މަންމަ ބަލިވެއުޅެނީ. އެހެންވެ އެގެޔަށް ދާން ވެގެން. ލޫޝާ އާއި ނިހާދު ހޭލާ އުޅެނިކޮށް ދާން އުޅުނީ. އެކަމަކު ދެމީހުހްވެސް ވެއްޖަ ދާން. އެހެންވެ ނިންދަވައިފައިދާން މަޑުކޮށްލީ. މިހާރު ރަޝިއްތަ އަށް އޮންނާނީ ނިދިފައި. ” ޙަދީޖާ ބުންޏެވެ.
” އާން. ދޭން. އަހަރެން ބުނާނަން ރަޝީދާ ކައިރީ. އެހެން ނޫނަސް ނިދާފައި ތިއްބާ މިމީހުންގެ އުދަގުލެއް ނުވާނެ . މިތަނަށް ވަންނާނެ މީހެއްވެސް ނޫޅޭނެ. ” ހުސްނީ ބުންޏެވެ.
” މިތަނަށް މީހަކު ވާދެދާނެ ތީއެއްނޫން. ލޫޝާ މީހަކު ނެތިއްޔާ ބިރުން އުޅޭނެ އެހެންވެގެން.” ޙަދީޖާ ބުންޏެވެ. ހުސްނީ ލޫޝާ އަށް ބަލާލިއެވެ. އަރާމު ނިންޖަކުން ނިދާލާފައި އޮތެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނެތިއެވެ. އަނެއް އެނދުގައި ނިދާފައޮތް ނިހާދު އަށް ބަލާލިއެވެ.
” އާން. ބުނާނަން. ދޭ … ” ހުސްނީ ބުންޏެވެ. ޙަދީޖާ ހީލާފައި ނިކުމެގެން ދިޔައެވެ. ފަހަތުން ހުސްނީ ވެސް ބޭރަށް ނިކުތެވެ.

ރޭގަނޑުގެ ހިމޭން ވަގުތެވެ. މަޑުމަޑުން ފިނިވައިރޯޅިޖެހިލަ ޖެހިލާ ހުއްޓެވެ. އުޑުމަތި ބަނައެވެ. ދެންމެދެންމެ ވާރޭވެހިދާނޭކަމުގެ ނިޝާންތައް ފެންނަމުން ދިޔައެވެ. ޙަދީޖާ ވާރޭ ވެހިގަތުމުގެ ކުރިން ލަތީފްގެ ގެއަށް ދެވޭތޯ ބާރު ހިނގުމުގައި ހިގާލާފައި ދިޔައެވެ.

ލޫޝާ އާއި ނިހާދު ނިދާފައި އޮތް ކޮޓަރިޔާއި ދިމާއަށް މީހެއްގެ ހިޔަނި ވިއެވެ. މަޑުމަޑުން އެހިޔަނި ކައިރިވަމުން ދިޔައެވެ. ލޫޝާއާއި ނިހާދު ނިދާފައި އޮތް ކޮޓަރި ދޮރުހުޅުވާލާފައި މީހަކު އެތެރެއަށް ވަނެވެ.

އިރުކޮޅެއްގެ ފަހުން ލޫޝާ ރޮއިގަތް އަޑު އިވުނެވެ. ކުއްލިޔަކަށް މީހަކު އެކޮޓަރިތެރެއިން ބޭރަށް ނިކުތެވެ. ގަދަނިދީގައި ނިދާފައި އޮތް ނިހާދު އަށް ހޭލެވުނެވެ. އަދި ލޫޝާގެ އެނދާއި ދިމާއަށް ބަލާލިއެވެ. ލޫޝާ ދެލޯ ބޮޑުކޮށްގެން ވަންނަދޮރާއި ދިމާއަށް ބަލާލިއެވެ. ނިހާދު އެނދުން ތެދުވެގެން ލޫޝާގެ ކައިރިޔަށް އައެވެ. ލޫޝާ ނިދަންލާ ހަރުވާޅުއޮތީ މާދުރުގައެވެ. ލޫޝާ ބިރުން ތުރުތުރު އަޅައަޅާ އިނެވެ. ގިސްލެވެމުން ދިޔައެވެ. ނިހާދު
ލޫޝާ އާއި ސުވާލުކޮށްލިއެވެ.

” ލޫޝާ ކިހިނެއްވީ؟” އާފުރިލަމުން ނިހާދު އަހާލިއެވެ. ލޫޝާ އެއްވެސް ޖަވާބެއް ނުދީ ކޮޓަރިދޮރާއިދިމާއަށް އަތް ދިއްކޮށްލިއެވެ. ނިހާދު ބަލާލިއެވެ.
” ކިހިނެއްވީ؟ ” އަނެއްކާވެސް ނިހާދު އަހާލިއެވެ.
” މީހަކު. ކޮންމެވެސް މީހަކު ލޫޝާގެ ހަރުވާޅުބޭލީ…. ” ގިސްލަމުން ނިހާދުގެ ކައިރީގައި ބުންޏެވެ. ނިހާދު ދޮރާއި ދިމާއަށް ބަލާލިއެވެ.
” ކާކު؟ އެތާ އެކަކު ވެސް ނެތް. ވާރޭ ވެހެނިކޮށް މިތަނަށް ވަންނަނީ ކާކު؟… ލޫޝާ އަށް ހުވަފެނެއް ފެނުނީދޯ…. ” ނިހާދު އާފުރިލަމުން އަހާލިއެވެ. ” ދެން ނިދާލާ. އެހެން ނޫނީ މަންމަ އައިސް ރުޅިއަންނާނެ. ނުނިދާ އިންދާ ފެނިއްޖެއްޔާ ކަންފަތުގައިވެސް ހިފާނެ. ނިދަން އޮށޯވޭ… ”

ނިހާދު ވެސް ގޮސް އެނދަށް އެރިއެވެ. ލޫޝާ ބިރުން ދޮރާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. ގިސްލެވިފައެވެ. ދެލޮލުން ކަރުނަ އަންމުން ދިޔައެވެ. ލޫޝާ ދުރުގައި އޮތް ރަޖާގަނޑު ނަގައިކައިރިކޮށްލައިގެން އެނދުގެ ކަނުގައި ދެފައިކުރުކޮށްގެން ކަކޫ
މަތީގައި ބޯއަޅައިލައިގެން އިނެވެ. ވާރޭ ބޯކޮށް ވެހެމުން ދިޔައެވެ. ނިހާދު އެނދުގައި ނިދާފައި އޮތެވެ….. އިރުގަނޑެއްފަހުން ޙަދީޖާ ވާރޭއާއި ތެމިފޯވެގެން އައިސް ކޮޓަރިޔަށް ވަނެވެ. ލޫޝާ އެނދުގައި ކުރުގެޅިގެން އިންތަން ފެނުމުން ޙަދީޖާ ހައިރާންވިއެވެ. ލޫޝާ އަށް ގޮވާލިއެވެ.
” ލޫޝާ…. ”

ޙަދީޖާގެއަޑު ޖެހޭ އިރަށް ފުންމައިގެން ތެދުވެ ޙަދީޖާގެ ގައިގައި އޮޅުލައިގަތެވެ. އަދި ގިސްލާ ރޯންފެށިއެވެ. ޙަދީޖާ ލޫޝާ ހަމަޔަކަށް އެޅުވުމަށް ފަހު ލޫޝާ އާއި ސުވާލު ކޮށްލިއެވެ. ލޫޝާ ޙަދީޖާ އަށް ވީގޮތް ކިޔާދިނެވެ. ޙަދީޖާގެ ދެލޯ ބޮޑުވިއެވެ. ހާސްވިއެވެ. އަވަސް އަވަހަށް ދުރުގައި އޮތް ހަރުވާޅުނަގައި ލެއްވިއެވެ. އަދި އެވާހަކަ އަކީ މީހުން ކައިރީ ދައްކާ ކަހަލަ ވާހަކަ އެއްނޫން ކަމުގައި ޙަދީޖާ ބުންޏެވެ. ކުޑަކުޑަ ލޫޝާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޙަދީޖާ ލޫޝާ އަށް އެއީ ލޫޝާ އަށް ހީވިގޮތެއްކަމުގައި
ބުނެވިސްނާދެވޭތޯ އުޅުނެވެ.

ޙަދީޖާގެ ބަސް ގަބޫލުކޮށް ލޫޝާ އެވާހަކަ އެއްވެސް މީހެއްގެ ގާތުގައެއް ނުދައްކައެވެ. އެކަމަކު އަބަދުވެސް ހިތުގައި އެބިރުވެރިކަންތައް އޮވެއެވެ. ޙަދީޖާ ބޭރަށް ދާން އުޅުނަސް ލޫޝާ ރޮއި ޙަދީޖާ ދިޔަކަނުދެއެވެ. ކުރިންވެސް ބިރުގަންނަ ލޫޝާ މިހާރު ކުރިޔަށް ވުރެން ބޮޑަށް ބިރުގަނެވެ. ޙަދީޖާ ލޫޝާ އަށް ވިސްނާދޭން ވަރަށް މަސައްކަތް ކުރެއެވެ.

ލަތީފް މާލެއައުމުން ޙަދީޖާ ލަތީފްގެ ގެޔަށް ދިޔައެވެ. ލޫޝާ އާއި ނިހާދު އެކަނިވީއެވެ. ރޭގަނޑު ވެއްޖެއްޔާ ލޫޝާގެ ހިތުގައި ބިރުވެރިކަން އުފެދެއެވެ…. އެތައް އިރަކު ނުނިދާ ހޭލާ އިނދެއެވެ. ކޮޓަރިޔަށް ވަންނަ ދޮރާއި ދިމާއަށް ބަލަހައްޓައިގެން ތާއްޔާއި ޖެހިލަޖެހިލާ އިދެއެވެ. ލޫޝާ އަށް ނިދިފައި ހޭލެވެނީ ކޮންމެވެސް މީހެއްގެ ވިޔާނުދާ އަމަލުގެ ސަބަބުން ނެވެ…. އެގޮތައް އެތައްރެއެއް ވޭތުވެގެން ދިޔައެވެ. ދުވެސަކަރާތް ޖަހާ އުފާކޮށް އުޅުނު ލޫޝާ ހިމޭން ވިއެވެ. ހިތުގައި ބިރުވެރިކަން ވަކިހިއްޕާލިއެވެ. ކުރިމަތިން
ހިޔަންޏެއްހެން ފެންނަމުން ދިޔަ ސިފަ ބިރުވެރި އެއްޗެއްގެ ގޮތުގައި ލޫޝާ އަށް ސިފަވާން ފެށިއެވެ. އުމުރުން 6 އަހަރުގެ ލޫޝާ އަށް ނަފްސާނީ ބައްޔެއް ޖެހުނުކަހަލަ އެވެ. ކުޑަކަމެއް ވާއިރަށް ބިރުން ރޮއިހަދައެވެ. އަމިއްލަ ނަފުސައް އޮންނަ އިތުބާރު ގެއްލިހިނގައްޖެއެވެ.

ލޫޝާގެ އަޖައިބެއްކަހަލަ ހަރަކާތް ތައް ފެނުމުން ރަޝީދާ ގެ ސިކުޑިޔަށް ސިފަކުރެވުނީ ލޫޝާ އަކީ މޮޔަކުއްޖެގެ ގޮތުގައެވެ…. ނޫނީ ރަޝީދާ އަށް ޖެއްސުން ކުރަން ޖައްސާ ވައްތަރެއްގެ ގޮތުގައެވެ. އެގޮތުން އެތައްދުވަހަކު ލޫޝާ އަށް އަދަބު ލިބެއެވެ. ކޮޓަރިޔަށްލާ ތަޅުލައެވެ. ތަޅުލުމަށްފަހު ރަޝީދާ ލޫޝާގެ މަތިން ހަނދާނެއް ނުވެއެވެ…. އެގޮތައް އަދަބު ލިބުމުން ލޫޝާގެ ހިތުގައި އޮތް ބިރުވެރިމާއި އެކު ބައެއް ދުވަސް ދުވަހު
ބަނޑުހައި ހޫނުކަން ވެސް އިޙްސާސްކުރަން ޖެހެއެވެ. ދޮރުގައި ތަޅާ މަންމަ އަށް ގޮވުމަށްފަހު އެއްވެސް ހަބަރެއް ނުވުމުން ދޮރުބުޑުގައި ކަކުލުގައި ބޯއަޅައިގެން އިނދެ ގިސްލާރޮމުން ދެއެވެ…. މިމަންޒަރުތައް ނިހާދު ބަލަމުން ދަނީ އޭނަޔަށް ލިބެމުން ދާ އަނިޔާ އެއްގެ ގޮތުގައެވެ. ގޭތެރެ ހަމަހިމޭން ވެލާއިރަށް ނިހާދު ކޮންމެވެސް ގޮތަކުން
ކޮޓަރި ހުޅުވައިފައި ލޫޝާ އަށް ކާންދެއެވެ….. ނިހާދުގެ ހިތުގައި ލޫޝާ އާއި ދޭތެރޭގައި ހަމްދަރުދީ އުފެދެއެވެ. އެކުޑަކުޑަ ސިކުޑިއަށް ވަމުންދާ ކަންތައްތައް ސިފަކުރަން ނޭނގުނުކަމުގައިވިޔަސް ހިތުގައި އާދަޔާއި ހިލާފް އޯގާ ތެރިކަމެއް އުފެދެއެވެ. ލޫޝާ އަށް ލިބޭ އަނިޔާތަކަކީ ނިހާދު އަށް ލިބެމުންދާ އަނިޔާތަކެއްގެ ގޮތުގައި ދެކެވެން ފެށިއެވެ….. ނިހާދު ލޫޝާ އަށް އެހީތެރިކަމުގެ އަތެއް ފޯރުވާލާފަހަރަކީ ނިހާދު އަށް ވެސް އެކަމުގެ އަދަބު ލިބޭފަހަރެއެވެ…. މިގޮތައް ދުސްތައް ވޭތުވެގެން ދިޔައެވެ. މާންބަފައިގެ ލޯތްބަށް ތެޅިފޮޅެމުން ދިޔަ އެކަނިވެރި އެދެކުދިންގެ އެހީތެރިއަކީ އެކަކު އަނެކަކެވެ. ރޭގަނޑުގެ ހިމޭންކަމާއި ކަނުއަނދިރިކަމެވެ.
************************

އެއްދުވަހެއްގެ ހަވީރެވެ. 8 އަހަރުގެ ލޫޝާ އަމިއްލަ އަށް ރީތިވާން އެނގުނުގޮތަކަށް ރީތިވެގެން ބޭރަށް ނިކުތެވެ. އޭރު ޔުމްނުކުރަހަން ގެންގުޅުނު އާޓުފޮތަކާއި ކުލަފޮއްޓެއް އުނދޯލީގައި އޮތެވެ. ކިޔަވަން ޝަގުވެރިކަން ހުންނަ ލޫޝާ ފޮތް ހުޅުވާލާފައި އޭގައި ކުރަހަން ފެށިއެވެ…..
” ކޯއްޗެއް ކުރަހާލަނީ؟” ހުސްނީގެ ރައްޓެހިކަމުގައި ގެޔަށް އަންނަ އަލިބެ އަހާލިއެވެ. ލޫޝާ އަލިބެއަށް ބަލާލިއެވެ. އެއްވެސް އެއްޗެއް ނުބުނެ އަލިބެގެ މޫނަށް ބަލަމުން ދިޔައެވެ. ލޫޝާ ގޭތެރެއަށް ވައްކަޅިން ބަލާލިއެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ…. އަލިބެ އުނދޯލީގައި ލޫޝާގެ ކައިރީގައި އިށީނެވެ.
” އަލިބެ މިއެހީ ކޯއްޗެއްހޭ ތިކުރަހާލަނީ؟” އަލިބެ ދެވަނަ ފަހަރަށް ލޫޝާ ކުރެން އަހާލިއެވެ. ލޫޝާ ބިރުން އަލިބެގެ މޫނަށް ބަލަމުން ދިޔައެވެ. ދުފާތް ކޮށްލައިގެން އިން އަލިބެ ލޫޝާ އަށް ސިފަކުރެވެން ފެށީ ބިރުވެރި އެއްޗެއްގެ ގޮތުގައެވެ.
” ސައިކަލު ދުއްވާލަން ދާނަންތަ؟” އަލިބެ ލޫޝާގެ ކުޑަކުޑަ އަތުގައި ހިފަމުން އަހާލިއެވެ. ލޫޝާގެ ހިތް ބިރުން ތެލެމުން ދިޔައެވެ. ރޮއިގަންނަން ވެސް ނޭނގިފައި ދެލޯ ބޮޑުކޮށްގެން ލޫޝާ އަލިބެއަށް ބަލަމުން ދިޔައެވެ. އަލިބެ ބަލަން ބަލާކަށް ނުހުރެ ލޫޝާ ގަދަކަމުން އަލިބެއާއި ކައިރިކޮށްލިއެވެ. ލޫޝާ ރޮއިގަތެވެ.

Share Article

Follow Me Written By

Maahkko

Level 1

Other Articles

Previous

އެދުވަސް އަނބުރާ އަންނާނެނަމަ

Next

ތެދުވެރި ލޯބި- 10

Next
December 7, 2019

ތެދުވެރި ލޯބި- 10

Previews
December 7, 2019

އެދުވަސް އަނބުރާ އަންނާނެނަމަ

2 Comments!

  1. Maisha maii says:
    December 7, 2019 at 5:50 am

    Wow❤❤❤ v reethi mi part vx❤❤❤ waiting for next part❤❤❤ when next?

  2. Roohy says:
    December 16, 2019 at 6:43 pm

    ????Kobaaa nxt parttt

Comments are closed.



All Right Reserved!