” ތިކުރީ ކޮންކަހަލަ ސުވާލެއް؟ ބައްޕަ ނިހާދުދެކެ ރުޅިއަންނަންވީ ކީއްވެގެން؟ ބައްޕަ ނިހާދު ދެކެ ވަރަށް ލޯބިވޭ… ” އޯގާތެރިކަމާއި އެކީގައި ހަދީޖާ ނިހާދުގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ” ނުވޭ… މަންމަ ލޫޝާދެކެ ވެސް ލޯތްބެއްނުވޭ. ބައްޕަ އާއި މަންމަ ލޯބިވަނީ ހަމައެކަނި ޔުމްނު އާއި ޔުޝްރާ ދެކެ…. މިއަދުވެސް ލޫޝާ ވެއްޓިފައި އޮތްވާ މަންމަ ޔުމްނު ގޮވައިގެން ދިޔައީ ލޫޝާ އަށް ބަލާވެސް ނުލާ…. އަހަރެން ނާއި ލޫޝާ ޔުމްނު މެންނާއި އެކީގައި ކުޅުނަސް […]
ލޫޝާ. ވަރަށް ރީތިނަމެއް. ” ޒުލޭޙާ އުފާވެރި ރާގެއްގައި ބުންޏެވެ. ” ކޮބާ ރަޝީދާ؟” ހަލީމް ރަޝީދާ ފެންނަން ނެތުމުން އަހާލިއެވެ. ” ރަޝީދާވީ ބޭރަށް ގޮސް. މިހާރު އަންނަން އުޅޭނެ. ” ޒުލޭޙާ ބުންޏެވެ. ” އެހެންތަ؟ ” ހަލީމް ބުނެލިއެވެ. އަދި ޒުލޭޙާގެ އަތުން ކުޑަދަރިފުޅު ނަގާ އުރާލިއެވެ. ” ކާފަގެ ހުރިހާ ހުވަފެނެއް. މިދަރިފުޅުގެ ބައްޕަ ވެއްޔާ މޮޑެލާފި. މިދަރިފުޅުވެސް ބޮޑުވެގެން ޝަކުވާ ކުރާނެ. ގޯސްވާނީ މިމުސްކުޅިކާފަ އާއި މާމަ. ” ހަލީމް […]
އަހަރެން ރަޝީދާ ޔާއިނީ ހަމައެކަނި އަހަރެންގެ މަންމަގެ އުފަލަށް. ރަޝީދާ ދެކެ ލޯތްބަކުންނެތްނޫން. ” ޖަލާލް ރަޝީދާގެ މޫނަށް ބަލާލަމުން ބުންޏެވެ. ރަޝީދާ ކަރުނުން ފުރިފައިވާ ދެލޯ މަރާލިއެވެ. ” އެހެންވިއްޔާ . އެހެން ވިއްޔާ މިދަރިފުޅަކީ …. ޖަލާލް ލޯބިން އަހަރެންނާ ގުޅިގެން ހޯދި ދަރިއެއް ނޫންތާ. އެރޭގެ އެގުޅުމަކީ ޖަލާލް މަޖުބޫރުން އަހަރެންނާއި ގުޅުނު ގުޅުމެއްތާ…. ސުބުހާނަށްﷲ. ” ރަޝީދާ އަށް ގިސްލެވެންފެށިއެވެ. ޖަލާލް ކުޑަދަރިފުޅު ގެންގޮސް ރަޝީދާގެ އުނގަށް ލިއެވެ. އަދި ނިކުންނަދޮރާއި […]
ހިތްމަގޭ އެ ލަފުޒުގެ އަޑު އެހުމަށް ވަނީ ކެތް މަދުވެފާ. ހިތް އެދޭ ލޯތްބާއި އުފާ ވީ އެލަފްޒާ ގުޅުވިފާ. ******************************************* މުޅިކާއިނާތުވަނީ ނިދާމަރުވެފައެވެ. ހަމަހިމޭންކަން ވަނީ ހިސާބު ގަނޑަށް ވެރިވެފައެވެ. އެއްވެސް އިންސާނެއްގެ ހިލަމެއް ނުވެއެވެ. އިރުއިރު ކޮޅާ ކާޅުގޮވާލާއަޑު އިވިލައެވެ. ކުއްލިޔަކަށް ފުރާޅުމަތިން ބުޅާ ކޯޅިގަތް އަޑު އިވިގެން ދިޔައެވެ. މެދުއުމުރަށް ދާ ސަކީނާ ސިއްސައިގެން ދިޔައެވެ. އެވަގުތު ރަޝީދާ އަޅަމުން ދިޔަ ވޭނަށް ކެއްކުރަމުން ސިއްސައިގެން ގޮސްފައި ސަކީނާގެ އަތުގައި ހިފިއެވެ. ސަކީނާ […]