އިތުރަށް ލެޕްޓޮޕް ދޮށުގައި އިށީންނާނެ މޫޑެއް ފަތީންގެ ނެތެވެ. ދެލޮލަށް ވަނީ ކޮންމެވެސް ވަރަކަށް ނިދި ސަވާރުވެފައެވެ. ބޭނުންވަނީ ހޫނު ކޮފީތައްޓެއް ބޮއިލާށެވެ. ފަތީން ކޮޓަރީގެ ދޮރު ހުޅުވާލާފައި ނުކުތްއިރު ގޭތެރެއަކު އެއްވެސް މީހަކު ނެތެވެ. މަންމަގެ ކޮޓަރި ހުރީ ދިއްލާފައެވެ. ބައްޕަ ގެޔަށް އައިތޯ ޔަގީންކޮށްލުމަށް ފަތީން ގޮސް އެކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ނަމަވެސް ދޮރު ހުޅުވާކަށް ފަތީން ބޭނުމެއް ނުވިއެވެ. މިރޭ ބައްޕަ އެ ހިންގި އަމަލު ފަތީންގެ ސިކުނޑިއަށް ވަންނަން ފަށައިފިއެވެ. ބައްޕައާއި މެދުގައި […]
“ކޮން ޒައިންއެއް؟” މޫނުމަތީގައިވި ސީރިއަސްކަން އެއްފަރާތް ކޮށްލުމަށްފަހު އާރިޝް ހިނިތުންވެލަމުން ސުވާލުކޮށްލިއެވެ. “ނޭނގެ ދާދި އިހަކަށް ދުވަހަކު އަހަންނާ ދިމާވީ. ޝައްމު އާ އެކީގަ އޭނަ އުޅެނީ. އަހަންނަށް އޭނަ ފެނުނު ފުރަތަމަ ދުވަހު ހީވީ ބައްޕަ ފެނުނުހެން. އޭނަވެސް ހުރީ ފާޑަކަށް ދެލޯ ބޮޑުކޮށްފަ ބަލަން.” ނައިޒަކް ކިޔައިދިނެވެ. “ހެހެ.. ތި ވާނީ ހަމަ ޒެކް އަށް ހީވި ގޮތަކަށް. އެހެންނޫނަސް ދުނިޔޭގަ އުޅޭއިރު އިއްތިފާގުންވެސް އެއްވައްތަރު މީހުނާ ދިމާވެއެއްނު.” އާރިޝް ކިޔައިދިނީ އޭނަ ނިންމައިފައި […]
“ހިއާރ..ފޯރ ޔޫ..އަހަރެންގެ އައިން ކަހަލަ ނާޒުކު ނާޒުކު އެހާ ރީތި ކުޑަ ކުޑަ ފިނިފެންމަލެއް..” އައިލީންއަށް އެ ފިނިފެންމާ ދިއްކޮއްލަމުން އައިޝަމް މުޅި ދުނިޔެއަށްވެސް ސިއްރުން އައިލީން ކައިރީ ބުނެލި ލޯބިވެތި ބަސްތަކުން އައިލީންގެ ކޯތާފަތް ރަތްވިއިރު ލަދުރަކި ހިނިތުންވުމެއް ތުންފަތްމައްޗަށްވެރިވިއެވެ. “އައިން..ހިނގާ ދާން..މިހާރު މާ ލަސްވެއްޖެ..އެންމެ ވިހި މިނެޓު ބާކީ..” ކުއްލިއަކަށް ހާސްވެފައިހުރެ އައިޝަމް ބުނެލީ އައިލީންގެ އަތުގައި ހިފާ ބެލްކަނީއިން ނެރެމުންނެވެ. “އޭން..ކޮންތާކަށް؟..” ސުވާލުމާކެއްގެ ތެރޭގައި ހުރެ އައިލީން އަހާލީ އައިޝަމް އެކިޔާ އެއްޗެއް […]
ރިންގުވަމުންދިޔަ ފޯނަށް ބަލައިލުމަށްފަހު މަސައްކަތް މެދުކަނޑާލާ ވިޝާލް ފޯނަށް ޖަވާބުދިނެވެ. އެކޮޅުން ބުނެލި ވާހަކަތަކުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ވަގުތުން މިދަނީއޭ ބުނެ ވިޝާލް އަވަސް ފިޔަވަޅުތަކެއްގައި ކެބިންއިން ނުކުތެވެ. ފައިލެއް ހިފައިގެން ވިޝާލްގެ ގާތަށް ދާންދިޔަ ޔަލްވީގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ އަވަސް ފިޔަވަޅުތަކެއްގައި އަންނަމުންދިޔަ ވިޝާލް ފެނިފައެވެ. ” ސަރ… ފައިލް… ” އޭނަ އާއި އަރާހަމަވުމާއެކު ޔަލްވީ ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް މަޑުކޮށްލުމެއްނެތި ވިޝާލް އެދިޔަ ގޮތަށް ގޮސް އޮފީހުން […]
އެވަގުތު އައިޝަމްގެ މޫނުމަތިން އެހެން އަސަރެއްފެނިލިއިރު އެ ދެލޮލުން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ______________________________________________ އައިލީންގެ ހިލަމެއްގެ ހިސާބުވެސް ގޮނޑުދޮށަކުނެތެވެ. އެވީ ކުޑަ ސިކުންތުކޮޅުގެ ތެރޭގައި އައިލީން އެވަދުނީ ކޮންތާކަށްކަމެއްވެސް އައިޝަމްއަކަށް ނޭނގުނެވެ. ނަމަވެސް ކުއްލިއަކަށް އައިޝަމްގެ ހިތަށްއެރިއެވެ. “އަނެއްކާ މީހަކު އައި….ނޫން..” އައިޝަމް ދެފަރާތަށް ބޯހޫރާލަމުން އެތަންގަނޑަށް އަވަސް ނަޒަރެއްދިނެވެ. އައިލީންގެ ކުޑަ ކުޑަ ހިލަމެއްވެސް އައިޝަމްއަށް އެތަނަކުންނުވިއެވެ. ކުއްލިއަކަށް އަވަސް ހިނގުމެއްގައި އައިޝަމް ޕާޓީއޮތް ސަރަހައްދާދިމާލަށް ހިނގައިގަތީ އަވަސް ނަމަވެސް، އެހާ ފިރިހެންވަންތަ […]
އެއީ ވަރަށް ވިއްސާރަ ހަވީރެކެވެ. އަހަރެން އިނީ ރެސްޓޯރެންޓެއް ގައެވެ. ބިއްލޫރިން ހަދާފައިވާ އެ ރެސްޓޯރެންޓަކީ ވިއްސާރައިގެ މަންޒަރު ދުށުމަށް ވަރަށް އެކަށޭނަ ތަނެކެވެ. ކުއްލި އަކަށް އަހަރެންގެ ފޯނަށް އައި މެސެޖަކުން ފެންކަޅިކޮށްލިއެވެ. ހަމަ އެ ސިކުންތުގައި އަހަރެންގެ ސިކުނޑިތެރޭ އެނބުރެން ފެށީ އެ ލޯބި ހަނދާންތަކެވެ. އާނއެކެވެ. އަހަންނާއި މާޔާގެ ރަން ޒަމާނެވެ. ލޯބީގެ ބަގީޗާއެއް ހައްދައި ފޮޅުވި ކުލަކުލައިގެ މާތަކުގެ ހަނދާނެވެ. ތަގުދީރު ނިންމަވައިފި ގޮތެއް އާދަމުގެ ދަރިއަކަށް ބަދަލު ކުރެވޭނެ ހެއްޔެވެ؟ ކުރެވޭނެ ނަމަ […]
ނައިޒަކް އަވަހަށް ބެލްކަނި ދޮރު ހުޅުވައިލުމަށްފަހު ބެލްކަންޏަށް ނުކުުތެވެ. އެއީ އެ އަޑު އައީ އެ ދިމާލުން ކަމަށް ވާތީއެވެ. ބެލްކަނީގެ ރެއިލިންގް ގައި ހިފަހައްޓައިގެން ހުރެ ނައިޒަކް ތިރިއަށް ބަލައިލިއެވެ. ނަމަވެސް ތިރިއަކުން އެއްވެސް އެއްޗެއް ނައިޒަކް އަކަށް ނުފެނުނެވެ. ނައިޒަކް ކުރިއަށް ދާން ހިނގައިގަނެފައި އަނެއްކާވެސް އޭނާއަށް ހުއްޓެވުނީ ހަމަ އެ އަޑު އިވިގެންނެވެ. މިފަހަރު ކުރިއަށްވުރެވެސް ބާރަށް އެއަޑު އޭނާއަށް އިވުނެވެ. ދުރުދުރަށް ނަޒަރު ހިންގަމުން ދިޔަ ނައިޒަކް އަށް ފެނުނީ ތަންކޮޅެއް […]
ޖެހިގެން އައިދުވަހަކީ ހުކުރު ދުވަހެކެވެ. އަހަރެން ހޭލިއިރު އެލީނާ އުޅެނީ ސައި ހަދާށެވެ. އޭނާ އެއުޅެނީ އަހަރެންގެ ސަމާލުކަން ހޯދަންކަން އަހަރެންނަށް އެނގުނެވެ. އަހަރެން ތެދުވެ ފެންވަރައިގެން ބޭރަށް ދާން ހިނގައިގަތް ވަގުތު އަހަރެންނަށް އެލީނާ ގޮވާލިއެވެ. “އާދޭ ކާން..” އޭނާ ބުނެލީ ވަރަށް ލޯބިންނެވެ. “ކަލޭ ރޭގަނޑަށް ތިގުޅާ މީހުނަށް ސައިދީ..” އަހަރެން ގެއިން ނުކުތީ އެލީނާގެ އަނގަ ބަންދު ކޮށްލާފައެވެ. އަހަރެން ދިޔައީ އެލީނާގެ ބައްޕަމެން ދިރިއުޅޭ ގެއަށެވެ. އަހަރެން ދިޔުމުން އެލީނާގެ ބައްޕަގެ […]
ލަޔާގެ ތައްޓަށް ފެން އަޅައިދޭން ހުރި ޔައިޝްގެ ނަޒަރު އަހަރެންނަށް އަމާޒު ވެފައި ހުރުމުން އުނދަގޫވާގޮތް ވިއެވެ.. ބިޒްނަސް ފެއާރ ވަރަށް ވެސް ކާމިޔާބު ކަމާއެކީ.. ނިމިގެން ދިޔައެވެ.. އަހަރެންނަށް ގެއަށް އާދެވޭ ވަރުވީ 10 ވެސް ޖެހިފަހުންނެވެ.. ވެފައިހުރި ވަރުބަލި ކަމުން އައި ގޮތަށް އަހަރެންނަށް ނިދުނީއެވެ… މާދަމާ އަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ…އަހަރެން ހުރީ ވަރަށް އަރާމު ކޮއް ނިދާލަން ހިތުލައިގެނެވެ… އަހަރެންނަށް ހޭލެވުނީ.. މަންމަ ގޮވާ އަޑަށެވެ… ދެލޯ އުނގުޅަމުން […]