މަގުމަތިން ހިނގަމުން ދިޔަ ޒައިންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިއަދުގެ ބަސްދީގަތުމަށް ފުރިހަމައަށް ޖަވާބުދެވޭނެ ކަމާމެދު މިހާރު ޒައިންއަށް ޝައްކެވެ. ޒައިންގެ ސިކުނޑިތެރޭ އެ ސިޓީ ނޫން އެހެން އެއްޗެއް ދައުރު ނުވާ ކަހަލައެވެ. އަބަދުވެސް އެސިޓީގައި ލިޔެފައިވާ ކޮންމެވެސް ޖުމުލައެއް ޒައިންގެ ސިކުނޑިތެރޭ އެނބުރެއެވެ. މި ޚިޔާލުތަކެއްގެ ތެރޭގައި ހުރެ ޒައިންއަށް ޓީވީ މޯލްޑިވްސް އިމާރާތާއި ހަމައަށް އާދެވިއްޖެއެވެ. ސިކުނޑިތެރޭ ދައުރުވަމުން ދިޔަ ޚިޔާލުތައް އެއްފަރާތްކުރަން މަސައްކަތް ކުރަމުން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޒައިން […]
އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ އަހަރެން ވަރަށް ކުޑަ އިރު ނިޔާވެފައެވެ.. އަހަރެންނާއި އަހަރެންގެ ކޮއްކޮ ބަލަމުންދިޔައީ މާމައެވެ.. ނަމަވެސް މާގިނައަހަރެއް ނުވެ މާމަވެސް މިދުނިޔެ ދޫކޮއްދިޔައީއެވެ.. އޭރު އަހަރެންގެ އުމުރުން އެންމެ 16 އަހަރެވެ.. އަހަރެންނާއި އަހަރެންގެ ކޮއްކޮ މުޅިން ނިކަމެތިވެ ބޯހިޔާކޮއްލާނެ ތަނެއް ނުލިބުނެވެ.. އެއްފަހަރު ކައފިއްތާ އަނެއްފަހަރު ހުންނަނީ ނުކައެވެ.. މިފަދަ ދަތިހާލުގައި އަހަރެމެން ދިޔައީ އުޅެމުންނެވެ.. ސުކޫލަށް ދަމުން އަހަރެން ދިޔައީ ވަޒީފާވެސް އަދާކުރަމުންނެވެ.. ކިތަންމެ ނިކަމެތި ހާލެއްގައި ދިރިއުޅެމުން […]
އީރަމްގެހިތުގައިވާ އެއްޗެއް މީކާންއަށް އެނގިގެންދިޔުމުން އިތުރަށް އީރަމް އެކަން ސިއްރުކުރާކަށް ނޭދެއެވެ. އޭނާ ދުލުގައި ބަސްތައް ތާށިވެފައި ހުއްޓެއްކަމަކު ހިތުގައިވާ އިހުސާސްތައް އެހިތުގައި ބާއްވާކަށް ނޭދެއެވެ. އެހެންކަމުން ނުހަނު ގާތުން ފެންނަމުންދިޔަ ރީތި ޒުވާނާގެ އަތުގައި އީރަމް ހިފަހައްޓާލިއެވެ. އެއްޗެއް ބުނަން ބޭނުންވެފައި ހުރި އީރަމްއަށް ނަޒަރު ހުއްޓާލި މީކާންގެ ހިތްދިޔައީ ތެޅިގަނެގެންނެވެ. އެދެލޮލުން އެކަނިވެސް އޭނާ ބުނަން އުޅޭ އެއްޗެއް އެނގިގެންދިޔައެވެ. ނުހަނު ސާފުކޮށް އީރަމްގެ އިހުސާސްތަށް އެބޮޑުދެލޮލުން ދިޔައީ ފެންނަމުންނެވެ. ހައިރާންވެފައި އެދެލޮލަށް ބަލަހައްޓައިގެން […]
ދުވަސްތަށް ފާއިތުވެދިޔައީ އެފަދަގޮތަކަށެވެ. ނާޒީ ދިޔައީ އީރަމްގެ އިތުރު ޓެސްޓްތަކެއް ހަދާ ޑޮކްޓަރ ލަފާގެ މަތިން ކުރީގެ އެތަށް ރިޕޯޓުތަކެއްވެސް އެއްކުރަމުންނެވެ. ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ނާޒީ ކުލިނިކުން ޗުއްޓީއެއް ނެގިއެވެ. އަދި އެއާއިލާތެރޭ ފޯރިގަދަކޮށް ރޭވިގެންދާ ކަންތަށްތަކުގައި އޭނާ ގެ ފުރިހަމަ އެއްބާރުލުން ދިޔައީ ދެމުންނެވެ. ދެދުވަހަށްވެފައިވާ ކައިވެންޏަށް ތައްޔާރުވަމުން ދިޔަ އެ ބޮޑު އާއިލާއަށް މީކާންގެ އެހީވެސްދިޔައީ ލިބެމުންނެވެ. އީރަމް ކައިރި އެވާހަކަ ނުބުނެ މީކާން ހުރީ އީރަމް އާއި ނާޒީ ބައްލަދުކުރުވަން ބޭނުންވާތީވެ […]
ފެންގަނޑުގެ ތެރެއަށް ނުވެއްޓި ސަލާމަތްވުމުން އިޙްނާ މަޑުމަޑުން ދެލޯ ހުޅުވާލައިފައި ބަލާލިއެވެ. ނަމަވެސް އެނާ ވެއްޓުނަ ނުދީ ހިފަހައްޓައިގެންހުރި ކުއްޖާފެނި ދެލޯ ބޮޑުވިއެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭފަޅައިލައިފައި ނިކުމެދާނެ ހެންނެވެ. އެހާވެސް ބޮޑަށް އިޙްނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އެވަގުތު ގޭތެރެއިން މިލްނާ ގޮވައިލި އަޑަށް އެކުއްޖާ އިޙްނާގެ ލޫޅާފަތި ހަށިގަނޑު ސީދާކޮށްލާ އިޙްނާގެ ގައިން ދޫކޮށްލިއެވެ. “އިޙްނާ.. ނަމާއި އެއްވަރަށް މަންޖެވެސް ރީތި” ލާނެތް ހިނިތުންވުމެއް މުނޫމައްޗަށް ވެރިކޮށްގެން ހުރެފައި އެނާ […]
އުޝާ އެއެންމެންގެ މޫނަށް ބަލާލިއެވެ. އެއަށްފަހު ނެގީ ޖިންސު ޖީބުގައި އޮތް އޭނާގެ ފޯނެވެ. ފަރިތަކަމާއެކު ޕާސްވޯޑު ޖަހާލުމަށްފަހު އޭނާ ގުޅީ ޝާފިއު ސާރއަށެވެ. އެއަށްފަހު އިންތަނުން ތެދުވެލުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ދެންތިބި މީހުން ތިބީ އުޝާ ކިޔަން އުޅޭ އެއްޗަކަށް ކަންފަތް ދީގެންނެވެ. “ހަލޯ ސާރ. އަޅުގަނޑު ސުވާލެއް ކޮށްލަންވެގެން… ލައްބަ… އަޅުގަނޑުމެންނާއި މިކޭސް ހަވާލުކުރުމުގެ ކުރިން މި ކޭސް ބެލީ ކޮން ބައެއްތޯ؟” ސާރ ދޭނެ ޖަވާބެއްގެ އިނތިޒާރުގައި އެންމެންވެސް ތިބީ ނޭވާ […]
ޒައިން ހީކުރި ގޮތާއި ޚިލާފަށް އޭނާ ކޮޓަރި ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ނައިޒަކް އެވެ. ނައިޒަކް ގާތުގައި ހުރި އާރިޝް ފެނުމުން އެއީ މީގެ ކުރިން ދުވަހު އޭނާގެ ތަޅުދަނޑިފަތިން ޖެހުނު މީހާކަން ހަނދާންވިއެވެ. “ކޮބާ ޝައްމު؟ ދޮރު ތަޅުވެސް ނުލާ އެހުރީ.” ޒައިންގެ މޫނުމަތީގައިވި ނުތަނަވަސްކަމުގެ ކުލަވަރު ފާހަގަނުވާ ޙާލު ނައިޒަކް އެހިއެވެ. އެކަމަކު އެކަން ނައިޒަކް ގާތުގައި ހުރި އާރިޝް އަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ. “މީ ކުއްލިއަކަށް ހުޅުމާލެ ދާން ޖެހިގެން […]
އާދުވަހަކަށް އިރު އަރައިފި އެވެ. މިއަދުމީ ދެމަސް ދުވަހަށް ފަހު އަހަރެންގެ ބައްޕަ ރަށައް އަންނަ ދުވަހެވެ. އަހަރެންނަށް އުފަލުގެ ކޮޅެއްވެސް ނެތެވެ. އިއްޔެގެ އިރު އޮއްސުމާ ހަމައަށް އަހަރެން ހުރީ އަހަރެންގެ އަނިޔާވެރި ކަމުގެ ދުވަސްތައް ނިމުމަކަށް އަންނަ ކަމުގެ ޚިޔާލީ ފޮލާ ކައްކާށެވެ. އަހަރެން ހުރީ ބައްޕަގެ ގާތުގައި ދައްކާނެ ވާހަކަތައް ހިތުގައި ރާވައިލައިގެންނެވެ. *** އިރު އޮއްސުނު ވަގުތު އަހަރެން އޮތީ ލިވިންގް ރޫމް ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އެކިޔާށެވެ. ބުނަން ހެއްޔެވެ. […]
ޝާޔާ އެތައް އިރަކު އެދެކުދިންނާ ވާހަކަ ދައްކަން އިނދެފައި ބަލައި އަންނާނެ ކަމަށް ބުނެ އެގެއިން ނިކުތް އިރު އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. އޭނާ ކުރަމުން އައި މަސައްކަތް ފުރިހަމަ ވާން އުޅޭ ކަމުގެ ފެހި ސިގްނަލް އާއެކު އެހިތުގައި އާ ޖޯށެއް އުފެދިފައި ވާފަދައެވެ. ޝާޔާ އެހާވަރަކަށް ވާހަކަ ދައްކާ ނަޔާނީ އެ އެއްބަސް ކުރުވީ ކޮން ކަމަކަށް ބާއެވެ. *** ** *** ކޮޓަރި އަށް ވަދެވުމާއެކު ނިކްހާއަށް ދެވުނީ ޑައިރީ […]