Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތީ އޭ އުފަލަކީ…(1)

lilly Level 510 Stories100 Comments100 Login500 Comments
April 3, 2020 5 Mins Read
19 Comments

އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ އަހަރެން ވަރަށް ކުޑަ އިރު ނިޔާވެފައެވެ.. އަހަރެންނާއި އަހަރެންގެ ކޮއްކޮ ބަލަމުންދިޔައީ މާމައެވެ.. ނަމަވެސް މާގިނައަހަރެއް ނުވެ މާމަވެސް މިދުނިޔެ ދޫކޮއްދިޔައީއެވެ.. އޭރު އަހަރެންގެ އުމުރުން އެންމެ 16 އަހަރެވެ.. އަހަރެންނާއި އަހަރެންގެ ކޮއްކޮ މުޅިން ނިކަމެތިވެ ބޯހިޔާކޮއްލާނެ ތަނެއް ނުލިބުނެވެ.. އެއްފަހަރު ކައފިއްތާ އަނެއްފަހަރު ހުންނަނީ ނުކައެވެ.. މިފަދަ ދަތިހާލުގައި އަހަރެމެން ދިޔައީ އުޅެމުންނެވެ.. ސުކޫލަށް ދަމުން އަހަރެން ދިޔައީ ވަޒީފާވެސް އަދާކުރަމުންނެވެ.. ކިތަންމެ ނިކަމެތި ހާލެއްގައި ދިރިއުޅެމުން ދިޔަނަމަވެސް އަހަރެންނާއި އަހަރެންގެ 14 އަހަރުގެ ފިރިހެން ކޮއްކޮ އުޅެމުންދިޔައީ އުފަލުގައެވެ.. މާތްﷲ އަހަރެމެންނަށް ދެއްވި ނިއުމަތަށް ޝުކުރުކޮއްގެނެވެ.. އަހަރެން ކޮންމެ ދުވަހަކުވެސް އަމިއްލަ ނަފްސައް ވިސްނަދެމެވެ.. އަހަރެން ހިއްވަރު ކުރަންޖެހެއެވެ.. އަހަރެންގެ ލޯބިލޯބި ކޮއްކޮއަށް ޓަކާއެވެ.. ނަމަވެސް އަހަރެންގެ ހިތް މުޅިން ފުނޑުފުނޑުވެ ދިރިއުޅުން މަތިން އެއްކޮށް ފޫހިވީ އަހަރެންގެ ކޮއްކޮ ގެއްލުނު ދުވަހުންފެށިގެނެވެ.. އަހަރެން ވަޒީފާ އަދާކުރަމުންދިޔައީ ފިހާރައެއްގައެވެ.. ރޭނގަޑު 10 ޖެހުމުން ފިހާރަ ބަންދުކޮއްފައި ގެއަށް ދިޔައިރު ކޮއްކޮގެ ހިލަމެއްނުވެއެވެ.. އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ.. ކޮއްކޮ ގެއްލުނުތާ 24 ގަޑިއިރަށް ވުރެ ގިނައިރުވުމުން އަހަރެން ޕޮލިހަށް އެކަން އެންގީމެވެ.. ނަމަވެސް ކޮއްކޮ ފެންނަ ގޮތެއްނުވިއެވެ.. އަހަރެން މުޅިން ގޮތް ހުސްވިއެވެ.. ލޮލުން ކަރުނައެއް ނުހިކެއެވެ… ސުކޫލަށް ނުދާތާވެސް ހަފްތާއެއް ވަރު ވެދާނެއެވެ… ދުވަސް ވާ ވަރަކަށް އަހަރެންގެ އަޒުމު ދިޔައީ ވަރުގަދަ ވަމުންނެވެ.. އަހަރެން ކޮއްކޮ ހޯދާނަމެވެ.. އެދުވަހުން ފެށިގެން އަހަރެން ހުރި ހިއްވަރެއް ލާފައި ކިޔަވަން ފެށީމެވެ.. އެންމެ ސިކުންތުކޮޅެއްވެސް ބޭކާރު ނުކޮށް … ފޮތް ކިޔުމުގަޔާއި ނަމާދު ކޮށް ކޮއްކޮ ފެނޭތޯ ދުއާކުރުމުގައި ހޭދަކުރަންފެށީމެވެ.. އަހަރެން ދިޔައީ ޕޮލިހަކަށް ވެވޭތޯ ކުރެވެން އޮތް ހުރިހާ މަސަތްކަތެއް ކުރަމުންނެވެ.. ޕޮލިހަކަށް ވުުމުގެ އެންމެ ބޮޑު ސަބަބަކީ ކޮއްކޮ ހޯދުމެވެ… އަހަރެން ކުރި ބުރަ މަސަތްކަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ…އުމުރުން އެންމެ 18 އަހަރުގައި ޕޮލިސް ވަޒީފާ އަަހަރެންނަށް ލިބުނެވެ.. ޒިންމާދާރު ކަމާއެކީ އަހަރެން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ.. ނަތީޖާއެއްގެ ގޮތުން ދެ އަހަރުތެރޭގައި އަހަރެންނަށް ޕްރޮމޯޝަން ލިބި ޕޮލިސް މަތީމަގާމެއް ލިބުނެވެ… ކިތަންމެ ކާމިޔާބީއެއް ލިބުނެއްކަމަކު ކޮއްކޮ ނެތުމުގެ ހިތްދަތިކަން އަަބަދުވެސް އަހަރެންގެ ހިތުގައިވެއެވެ.. އަދި އަހަރެން ދިޔައީ ކޮއްކޮ ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސަތްކަތެއްވެސް ކުރަމުންނެވެ..

އެއީ ހޯމަ ދުވަހުގެ ހަވީރެވެ.. ޑިއުޓީ ނިންމާފައި ގެއަށް ދިއުމަށް އަހަރެން މިސްރާބު ޖެހީމެވެ.. މާލޭގެ މަގުމަތި ވަރަށް ވެސް ހަލަބޮލިއެވެ… އަހަރެން ދިޔައީ މަޑުމަޑުން ސައިކަލު ދުއްވަމުންނެވެ.. ނަމަވެސް ޕޯނުކޯލެއް އައުމުން އެއްފަރާތުގައި ސައިކަލު މަޑުކޮއްލާފައި ޕޯނު ނެގީމެވެ.. “ލާރާ!!!!!!!!! އަވަހަށް އައިސްބަލަ މިއުޅެނީ ޖޫޖު ފާހަނަ ތެރެއަށް ވެއްޓި ބޯފަޅައިގެން ގޮސްގެނޭ…” އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މާޝާ ވާހަކަ ދައްކަން ފެށިއެވެ.. އަހަރެންނާއި މާޝާ އަދި ޖުނާ (ޖޫޖު) ޕޮލިސް ވަޒީފާ އަށް ވެންނީ އެކު އެކީގައެވެ.. އަހަރެމެން ތިން މީހުންގެ މިޒާޖު އެއްގޮތް ކަމުން އަަހަރެމެންގެ ތެރޭގައި ރަހުމަތްތެރިކަން އުފެދޭކަށް މާގިން ދުވަހެއް ނުނެގިއެވެ.. އަހަރެމެން ތިން މީހުން ދިރިއުޅެނީ މާލޭ އެޕާޓްމެންޓެއް ކުއްޔައް ހިފައިގެނެވެ.. “ޕިސް ޕިސް މި ދަނީއޭ”..ފޯނު ބޭއްވުމަށްފަހު ގެއަށް ދިއުމަށް އަނެއްކާވެސް މިސްރާބުޖެހީމެވެ.. އެޕާޓްމެންޓް ދޮރުހުޅުވާލިއިރަށް އެންމެން އެއްއަޑަކުން ހެޕި ބާތްޑޭ އޭ ކިޔަންފެށިއެވެ.. މިއަދު މީ އަހަރެންގެ އުފަންދުވަސް ކަމެއް އަަހަރެން ހަނދާނެއް ނެތެވެ.. އަހަރެން ވަނުމުން މާޝާ އާއި ޖޫނާ އަަހަރެންގެ ގައިގައި އޮޅުލައިގަތެވެ.. އެހެން ރަހުމަތްތެރިންވެސް އެތާގައި ތިއްބެވެ.. އަހަރެންނަށް އުފަލުން ރޮވުނެވެ.. “ހޫން އަދި އެބަ ރޮއެ އެންނު”.. ލާރާ ބުނެލިއެވެ.. “ބަލަ ރޯންޖެހޭނެ އެއްނު މުސްކުޅިވީމަ އަހަ އަހަ” އަަހަރެން ސަމާސަ ކޮއްލީމެވެ.. އަހަރެންގެ އުމުރުން މިހާރު 20 އަހަރެވެ.. އެއްވެސް ފިރިހެން ކުއްޖަކާ މިހާތަނަށް ލޯބީގެ ގޮތުން ގުޅިފައެއް ނޯންނާނެއެވެ.. އަހަރެން ލޯބިވާ އެންމެންވެސް ލިބިފަ ގެއްލުނީއެވެ.. އިތުރަކަށް އެކަހަލަ ކަމެއް ދިމާވާކަށް އަހަރެން ނޭދެމެވެ.. ޕާޓީ ނިމުނީ 11 ވެސް ޖެހިފަހުންނެވެ… އަހަރެން ގޮސް ފެންވަރައިލައިގެން އެނދުގައި އޮށޯވެލީމެވެ.. އެ އެޕާޓްމެންޓް ފުދޭވަރަކަށް ބޮޑެވެ.. ތިން ކޮޓަރިއާ ބޮޑު ސިޓިންރޫމެކެވެ…. ޖުނާ އައިސް އަހަރެންގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ.. “ލާރާ އާދެބަލަ ގާލްސް ޓޯކެއް އެބައިނޭ.. މާޝާވެސް މީނީ .. އަދި ނުވެއެންނު ނިދާކަށް “.. ޖުނާ އައިސް އަހަރެން ދަމައިފައި ސިޓިންގްރޫމަށް ގެންދިޔައެވެ.. އޭރު މާޝާ ސޯފައިގައި އޮށޯވެލައިގެން އޮތެވެ..” ހޫން ދެން ތިކިދައްކަން އުޅޭވާހަކައެއް އަވަހަކަށް ދައްކަބަލަ” އާފުރެމުން އަހަރެން ބުނެލީމެވެ.. “ގާއިސް.. އައި އެމް ގޮއިންޓު ގެޓް މެރިޑް!!!!” ޖުނާ ބުނެލިވާހަކަ އަކުން މައިޝާ ފެން ބޯން އިންދާ ކުށިއެރިއެވެ.. އަނގައިގެ ހުރި ހުރިހާ ފެންތަކެއް ދުއްވާލީ އަހަރެންގެ މޫނަށެވެ.. އަހަރެން ގޮސް މަޝާގެ މޫނަށް ތައްޓުގަ ބާކީ ހުރި ފެންތައް އަޅާލީމެވެ..”ހާމޯޝް!!!” ޖުނާ މެދަށް ވަނެވެ.. “ޖޫޖު ތި ބުނި ވާހަކަ އިން އަހަރެންވެސް ކިރިޔާ ހޭނުނެތުނީ..” އަހަރެން ބުނެލީމެވެ.. ” އަހަ އަހަ މިހާރު އަހަރެން ނަބީލް އާ ރައްޓެހިވެގެން އުޅޭތާ 2 އަހަރު ވަނީ.. ސޯ މަންމަ މެނާވެސް މިހާރު ވާހަކަ ދައްކައިފިން އެމީހުން ވެސް ބުނީ އަވަހަށް މެރީ ކުރާށޯ..” ޖޫޖު އެއްނޭވާ މަތިން ހުރިހާ އެއްޗެއް ކިޔާލިއެވެ.. “އަޅޭ މައި ޖޫޖުގެ ވެޑިން  އިޓް ހޭޒް ޓުބީ ޕާފެކްޓް..” އަހަރެންނާއި މާޝާ ޖުނާގައިގައި އޮޅުލައިގަތީމެވެ… “ސޯ ކިހިނެއް ވެޑިންކަންތައް އޮތީ” އަހަރެން އަހާލީމެވެ.. “ބުނަން ހަނދާން ނެތިފައޭ މީނީ ވަރަށް ބޮޑު މައްސަލަ އެއް ދިމާވެގެން މިއުޅެނީ … ނަބީލްގެ މަންމަ ބަލިވެގެން އުޅޭތީ ރަށަށް ދާން އެއުޅެނީ … އަހަރެން ވެސް ނަބީލް އާއެކީ އެރަށަށް ދާން ކަމަށް މިއުޅެނީ..”.ޖުނާ ބުނެލިއެވެ.. “ދެން ކޮބާ ތީގަ މައްސަލަ އަކީ؟؟” އަހަރެން އަހާލީމެވެ.. “އަހަރެން ބޭނުންވަނީ ރިސޯޓެއްގަ ވެޑިން ބާއްވަން .. އެންޑް ވެޑިން ޕްލޭނާ އަކަށް ބޭނުމީ ޗާލީ .. އަހަރެން ޗާލީ އާ ވާހަކަ ދެއްކީން މި ވެޑިން ކަންތަކާ އޭނަ ބުނީ މި މަހުގެ ފަހުކޮޅުގައޭ ފްރީވާނީ ދެން ހުރިހާ ޑޭޓެއް އޮތީ ފުލް ވެފައޭ.. އިނގޭންނު ދޯ އައި އެމް އަ ބިގް ފޭން އޮފް ޗާލީ”… “ޖޫޖު އަށް ޗާލީ ކާރިން ފުރުސަތެއް ލިބުނީތީވެސް އަހަރެން ކޮސްވެއްޖެ”.. މާޝާ ބުނެލިއެވެ.. “މި ޗާލީ ބޭނުމޯ ދެ ހަފްތާ ތައްޔާރުވަން އެންޑް އަހަރެންނާ ނަބީލް ވެސް ހުންނަންޖެހެޔޭ.. ބަޓް ވީ ކާންޓް ދޯ މާދަން މިއުޅެނީ ފުރަންވެގެން.. އެކަމަކު މި އޮޕޮޗިއުނެޓީ ގެއްލޭކަށް ވެސް ބޭނުމެއް ނޫން”….”ސޯ ކިހިނެއް ހަދަންވީ؟؟؟” އަހަރެން އަހާލީމެވެ.. “ތި ދެމީހުނުން ފްރީއީ ކާކު؟؟” ޖުނާ އަހާލިއެވެ.. “ސުއްބޫސް އިހައްދުވަހަކު އަހަރެންގެ ޗުއްޓީ އެހަމަވީ.. މޮޔަ މީހެއް ނޫނީ ދެން އަހަރެންނަކަށް ޗުއްޓީއެއް ނުދޭނެ އެންނު އަހަ އަހަ .. އަހަރެންނަށް ޔަގީން ލާރާ ފްރީވާނެކަން ޖޮބަށް ވެންނީއްސުރެ ލާރާ ނުނަގާ ޗުއްޓިއެއްވެސް .” މާޝާ ބުނެލިއެވެ.. މާޝާ އާއި ޖުނާ އަހަރެންނާ ދިމާލަށް ބަލާފަ އަނގަޔަށް ވައްތަރު ޖައްސަން ފެށިއެވެ..”ލާރާ.. އައި ލަވްޔޫ.. އިނގޭނު ޖޫޖު ލާރާ ދެކެ ލޯބިވާ ވަރުދޯ އުމްވާ..” ޖުނާ ބުނެލިއެވެ..” އަހަ އަހަ ކިހިނެއްވީ މިހާރު .. އޮހޯ! ކީއްކޮއްދޭންވީ ޖޫޖުގަނޑާ!! އަހަ އަހަ” އަހަރެން ދޫ ދިއްކޮއްލަމުން ބުނެލީމެވެ.. “ދެ ވީކްވެސް ޗުއްޓީއެއް ނަގައިގެން އަހަރެންގެ ވެޑިން އޮންނަ ރިސޯޓަށް ދާންވީ!! އަހަރެންގެ ދޮންބެ ވެސް ދާނެ.. ޗާލީ އަކަށް އަދި އަހަރެންނެއް ނުފެންނާނެ.. އެހެން ވީމަ ލާރާ އާއި އަހަރެންގެ ދޮންބެ އަހަރެންނާއި ނަބީލް ގެ ރޯލް ކުޅެދޭންވީ.. ވެޑިން އޮންނަ ދުވަހުގެ ދެދުވަސް ކުރިން އަހަރެމެން ދާނަން… ޕްލީޒް ލާރާ.. “…”ނޯ ނޯ ނޯ!!”..”ދެން  ..ލާރާގެ ބެސްޓީ އަށް ޕާފެކްޓް ވެޑިން އެއް ބާއްވާކަށް އެހީއެއްނުވާނަންތަ..”…ޖުނާ ހުއްޓާނުލާ ކިޔަންފެށިއެވެ.. “އަސްލުވެސް ލާރާ ހަމަޖެހިލާ ރިލޭކްސް ވެލަން ރަނގަޅު ފުރުސަތެކޭ މީ.. ” މާޝާ ބުނެލިއެވެ.. އެއީވެސް ތެދެކެވެ .  އަހަރެންގެ ހިތަށް އެރިއެވެ.. އަހަރެން އެންމެ ފަހުން ޖުނާގެ އެދުމަށް ގަބޫލުވީމެވެ.. “ތޭންކިއޫ!!!!!” ޖުނާ އައިސް އަހަރެންގާ ބައްދައިގެން އޮތެވެ.. ދުލެއްވެސް ނުކުރިއެވެ.. “ޕިސް ޕިސް މިހިރަ ތައްލާ ބޯވައެއްދޯ.. ދެންވެސް ހަދަން ޖެހޭގޮތް ބުނެބަލަ”..އަހަރެން ޖުނާގެ ބޮލުގައި ޖަހާލަމުން ބުނެލީމެވެ.. ” މާދަމާ ފުރަންޖެހޭނެ އިނގޭ.. ދޮންބެވެސް ދާނެ .. އެންޑް ދޮންބެ ކިޔާދޭނެ ހަދަންވީ ގޮތް”…ޖުނާ އާ ކިތަންމެ ގާތްވިއަސް ޖުނާގެ އާއިލާގެ މީހެއް އަލަށް ވެސް އަހަރެން ނުދެކެމެވެ… އަހަރެން 2 ހަފްތާގެ ޗުއްޓީއެއް ނެގީމެވެ.. ހެނދުނުގެ ވަގުތެވެ.. ފޮއްޓައް އެއްޗިސް އަޅަންވެގެން ފޮށި ހޯދަ ހޯދާވެސް ނުފެނުނެވެ.. “ޖުނާ!!! މާޝާ!!!! އަހަރެންގެ ފޮށިދެކުނިންތަ؟؟؟” އަހަރެން ހަޅޭލަވައިގަތީމެވެ.. މާގިނަ އިރެއްނުވެ ފޮށި ދަމަމުން ޖުނާ އާއި މާޝާ އައެވެ.. “ހާސްނުވޭ އަހަރެމެން ދެމީހުން އެހެރީ ފޮށި ތައްޔާރު ކޮއްދީފަ… ދިއުމުގެ ކުރިން އެތެރެ ބަލައިގެން ނުވާނެ”..މާޝާ ބުނެލިއެވެ.. ޖުނާ ކޮޓްރިއަށް ވަދެ ޓޮޕް ކޮޅަކާ ޖިންސަކާ ހިފައިގެން އައެވެ..” ދާއިރުގަ މި ލާނީ އިނގޭ.. ގޯނި ގަނޑަކަށް އެރިގެނެއްނޫން ދާނީ ކީ” ޖުނާ ހެމުން ހެމުން ބުނެލިއެވެ.. ހަވީރުވުމުން އަަހަރެން ތައްޔާރުވަން ފެށީމެވެ.. ފެންވަރައިގެން ނިކުމެ ބޯހިއްކާލީމެވެ.. ޖުނާ ދިން އެއްޗިސް ލުމަށް ފަހު ލޮގަނޑުން ބަލާލީމެވެ.. ވަގުތުން އަހަރެން އަޑު ނެތް ކޮޅަށް ހަޅޭލަވައިގަތީމެވެ.. އެއަޑަށް މާޝާއައެވެ.. ކަންފަތުގައި އަތް އުނގުޅަމުން ކީއްވީތޯ މާޝާއެހިއެވެ.. އަހަރެން ލައިގެން ހުރި އެއްޗިސް ދައްކާލީމެވެ.. ވަގުތުން މާޝާގެ ދެލޯބޮޑުވިއެވެ.. “ތިލައިގެން ދާންވާނީ ހަމަ ރީތި ވިއްޔަ ނުވާނެ އިނގޭ ބާދަލުކޮއްގެނެއް”.. މާޝާ އައިސް އަހަރެން މޭކްއަޕް ކުރަން ފެށިއެވެ.. އަހަރެންމީ އެއްގޮތަކަށް ވެސް މޭކްއަޕް ކުރާމީހެއްނޫނޭ.. ތައްޔާރުވެ ނިމުނު އިރު 5 ޖަހަން އުޅެއެވެ.. ފްލައިޓް އޮތީ 6 ޖަހާއިރުގައެވެ.. އަހަރެން މާޝާއާއެކީ ގެއިން ނިކުތީމެވެ.. އަތް ދިގު އޮފްޝޯލްޑާރ ޓޮޕްއަކާ ރިޕްޑް ޖިންސެއްލައިގެން ހުރުމުން އުނދަގޫވާގޮތްވިއެވެ.. އިރުއިރު ކޮޅާ ޓޮޕްކޮޅު ދަމާލަން ޖެހެއެވެ.. މަގުމަތިން ހިނގަމުން ދާ މީހުންގެ ނަޒަރު އަހަރެންނަށް ހުއްޓެމުންދިޔައެވެ… އެކަން ވެސް އަހަރެންނަށް ވީ އިތުރު އުނދަގުލަކަށެވެ.. ޖުނާއަށް ކުދިކިޔަމުން  އަހަރެންނާއި މާޝާ ޓެކްސީއަކަށް އެރީމެވެ.. “އޭ ޖޫޖު ގެ ދޮންބެ ވަރަށް ހޭނޑްސަމޯ ޖޫޖު ބުނި”..މާޝާ ބުނެލިއެވެ.. “އަހަރެން މިދަނީ ޖޫޖުގެ ދޮންބެއާއެއްކޮށް ބްްލައިނޑް ޑޭޓަކަށް ނޫންވިއްޔަ އަހަރެންނަށް ވަރިހަމަ ޖޫޖުގެ ދޮންބެ ކޮންމެ ވައްތަރަކަށް ހުއްޓަސް” އަހަރެން ޕޯނުން ގަޑިބަލާލަމުން ބުނެލީމެވެ.. އަަހަރެން އެއާޕޯޓަށް ލާފައި މާޝާ އެނބުރި ގެއަށްދިޔައެވެ.. އަހަރެން ޖުނާއަށް ގުޅާފައި މިހިރީ އެއާޕޯޓުގައި ކަމަށް ބުނީމެވެ.. އެތާހުރި ގޮނޑިއެއްގައި އަހަރެން އިށީދެގެން އިންދާ ފަހަތުން މީހެއް އައިސް އަހަރެންގާގައި ބައްދާގަތެވެ.. ސިހުނު ވަރުން އަހަރެން އެމީހާގެ ބަނޑަށް ހޫނު ހަމަލާއެއް ދިނީމެވެ.. އަދި ނުދެވޭނެހެން ލޮކްއަޅުވާލީމެވެ..”އައްދޯއި މަންޖޭ ދޫކޮއްބަލަ.. ގޭންގްސްޓާއެއްތަ ތިއީ” އަހަރެން އެމީހާ ދޫކޮއްލީމެވެ.. އެޒުވާނާގެ މޫނު އެހާކާރިން ފެނުމުން އަހަރެންގެ ދެލޯބޮޑިވިއެވެ.. ނަމަވެސް އަނެއް ސިކުންތުގާ ދުރަށް ކޮއްޕާލީމެވެ.. “ތާކުން މީހެއް ފެންނަ އިރަށް ބައްދަން ޖެހޭތަ؟؟” އަހަރެން ރުޅިވެރި ރާގަކަށް ބުނެލީމެވެ..”ބަލަ މަންޖޭ އެއީ އަހަރެން ގަސްތުގަ ކުރި ކަމެއްނޫނޭ.. އަހަރެންގެ ކޮއްކޮ ގުޅާފަ ބުނީ މިތާ ގޮނޑީގަ އިށީންދެގެނޯ މީނީ”… އަހަރެން ވަށައިގެން ބަލާލީމެވެ.. އެތާ އިށިންދެގެން އިން މީހަަކަށް އިނީ ހަމައެކަނި އަހަރެންނެވެ.. “ތި ލައިގެން އިން ޓޮޕްކޮޅުން އަހަރެން ހީކުރީ އަހަރެންގެ ކޮއްކޮ ކަމަށް” އެޒުވާނާ ބުނިއެވެ… އަހަރެން މީނީ ޖުނާގެ މަތިކޮޅަކާ ޖިންސެއް ލައިގެން ކަން އަހަރެން ހަނދާންވިއެވެ.. “ދެން ..އެކަމަކުވެސް މީހާގެ މޫނު ބަލަން ވާނެދޯ..” އަހަރެން ހުރީ ދޫކުރާގޮތަކަށް ނޫނެއެވެ.. އެޒުވާނާ ފޯނުން ފޮޓޯއެއްބަލާލަމުން އަހަރެންގެ މޫނަށް ބަލާލިއެވެ..”ލާރާ ދޯ؟؟ މީ ނިއަލް ޖުނާގެ ދޮންބެ”..ނިއަލް ސަލާން ކޮއްލަން އަތް ދިއްކޮއްލިއެވެ.. އަހަރެން އަތް ދިއްކޮއްލުމުން އަތް ނަގާ ބޯކަހާލިއެވެ.. އަހަރެންގެ ރުޅިވީ އިތުރެވެ.. “ހާދަހާ ރުޅިގަދަ މަންޖެއެކޭ ދޯ” ނިއަލް ހެމުން ހެމުން ބުނެލިއެވެ.. ދެ ހަފްތާ އަހަރެން ނިއަލް އާއެކީ ހޭދަކުރަން ޖެހޭކަން ހަނދާންވުމުން އަދި އިތުރަށް ރުޅިގަދަވިއެވެ.. ދެހަފްތާ ކީއްކުރަން ނިއަލް އާއެކު އަހަރެންނަށް އެންމެ ސިކުންތު ކޮޅެއްވެސް މަޑެއްނުކުރެވޭނެއެވެ.. 6 ޖަހަން އުޅުން އަހަރެން އަވަސް ވެގަތީ އެތެރެއަށް ވަނުމަށެވެ.. “އޭ  ފޮށި ހިފަން ގެނޭ އަހަރެންގެ އަތަށް” ނިއަލް އެހެން ބުނަމުން އަހަރެންނާ ހަމަ ކުރިއެވެ.. ނަމަވެސް އަހަރެން ނިއަލް އަށް ބަލާވެސް ނުލާ ދިޔަ ގޮތަށް ދިޔައީމެވެ.. އަހަރެން ގޮސް ފްލައިޓއަށް އަރާ އަހަރެންގެ ސީޓުގައި އިށީންދެލީމެވެ.. އިރުކޮޅެއްނުވެ ނިއަލް އަރާ އަހަރެންނާ ދިމާލަށް ބަލާފައި އެއްލޯމަރާލިއެވެ.. އަހަރެން ވަގުތުން އަނެއްފަރާތަށް މޫނު އަނބުރާލީމެވެ.. އިރުކޮޅެއްނުވެ ނިއަލް އައިސް އަހަރެން ކާރީ އިން ސީޓުގައި އިށިންނިއެވެ.. “ޕިސް ޕިސް މިތަން ނޫން އެހެން ތަނެއް ނުލިބުނީތަ އިށިންނަން.. އެހެން ސީޓަކަށް ދޭ” އަހަރެން މަޑުމަޑުން ނަމަވެސް ހަރުކަށިކޮއް ބުނެލީމެވެ.. ނިއަލް އަހަރެންނަށް ޓިކެޓް ކަރުދާސް ކޮޅުގައި އިން ސީޓްނަންބަރު ދައްކާލާފައި ދެ ކޮނޑުއަރުވާލިއެވެ.. ރުޅިއަރައިގެން ގޮސް އަހަރެންގެ ދެ އަތްތުރުތުރު އަޅަން ފެށިއެވެ.. ނިއަލްގެ ތުންފަތްމައްޗަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

އިންތިހާ އައް ލޯބިވޭ

Next

މަޢާފް – ވިހިވަނަ ބައި

Next
April 3, 2020

މަޢާފް – ވިހިވަނަ ބައި

Previews
April 3, 2020

އިންތިހާ އައް ލޯބިވޭ

19 Comments!

  1. Yanaa says:
    April 3, 2020 at 2:38 am

    Varah varah reethi…❤maa sha Allah?????waiting waiting ❤❤❤❤❤❤❤❤❤❤❤

    1. lilly says:
      April 3, 2020 at 12:48 pm

      thank u sooo much yanaaaa❤❤❤❤❤

  2. No one says:
    April 3, 2020 at 9:08 am

    Kon irakun next part?

    1. lilly says:
      April 3, 2020 at 12:49 pm

      miadhu submit kuraanan next part ❤❤❤❤❤

  3. Kairaa says:
    April 3, 2020 at 10:32 am

    Varah varah reethi…whn nxt..waiting

    1. lilly says:
      April 3, 2020 at 12:50 pm

      thank u sooo much kaii .. next part nimee ebaulhey soo miadhu submit kuraanan ❤❤❤❤❤❤

    2. Felix says:
      May 21, 2020 at 9:32 pm

      Miakii dhw evhk

  4. Yan♥️ says:
    April 3, 2020 at 1:44 pm

    Varah reethi Masha Allah curious to know what will happen

    1. lilly says:
      April 3, 2020 at 2:20 pm

      thank u sooo much yan

  5. Aashaa Aash says:
    April 3, 2020 at 2:51 pm

    Varah riythi mi part. Whn is next….. Waiting waiting…….

    1. lilly says:
      April 4, 2020 at 1:37 am

      very sooooon darla…❤❤❤?

  6. Ahu____________shan says:
    April 4, 2020 at 12:18 am

    Ahslu mi vaahaka varah varah reethi igey Lilly I love this story so much ❤️❤️❤️???Lilly wooooowww ?❤️❤️❤️?

    1. lilly says:
      April 4, 2020 at 1:37 am

      thank u soo much ahu ….❤❤❤❤❤❤❤

  7. Faushaii says:
    April 4, 2020 at 12:35 pm

    Vrh vrh reethi mi part? Masha Allah ? when is the next part✨

  8. Ahu____________shan says:
    April 4, 2020 at 4:09 pm

    Lilly Kon irakun nxt part neareanee ??waiting for a nxt part pls pls pls avahah upload kohdeeba ????

  9. Ahu____________shan says:
    April 4, 2020 at 6:16 pm

    Lilly nxt part Maadhan upload kureavenyaa upload kohdeeba igey ❤️❤️❤️??varah reethi mi vaahaka ahslu ves igey ?????

    1. lilly says:
      April 4, 2020 at 8:01 pm

      submit koffin 2nd part

  10. Anonymous says:
    April 5, 2020 at 7:50 pm

    Nice

  11. Nana?? says:
    April 30, 2020 at 12:42 am

    Wow I really like ths waiting for next part

Comments are closed.

Next Episodeތީ އޭ އުފަލަކީ…(2)←


All Right Reserved!