Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ސިއްރެއް 7

idontcare Level 110 Stories
April 2, 2020 3 Mins Read
2 Comments

އުޝާ އެއެންމެންގެ މޫނަށް ބަލާލިއެވެ. އެއަށްފަހު ނެގީ ޖިންސު ޖީބުގައި އޮތް އޭނާގެ ފޯނެވެ. ފަރިތަކަމާއެކު ޕާސްވޯޑު ޖަހާލުމަށްފަހު އޭނާ ގުޅީ ޝާފިއު ސާރއަށެވެ. އެއަށްފަހު އިންތަނުން ތެދުވެލުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ދެންތިބި މީހުން ތިބީ އުޝާ ކިޔަން އުޅޭ އެއްޗަކަށް ކަންފަތް ދީގެންނެވެ.

“ހަލޯ ސާރ. އަޅުގަނޑު ސުވާލެއް ކޮށްލަންވެގެން… ލައްބަ… އަޅުގަނޑުމެންނާއި މިކޭސް ހަވާލުކުރުމުގެ ކުރިން މި ކޭސް ބެލީ ކޮން ބައެއްތޯ؟” ސާރ ދޭނެ ޖަވާބެއްގެ އިނތިޒާރުގައި އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. “ލައްބަ. ޝުކުރިއްޔާ ސާރ.” އުޝާ ފޯނު ބޭއްވުމާއިއެކު ކޮން ބައެއްތޯ ޔަނާލް އަހާލިއެވެ. “އެ މައްސަލަ ބަލާފައި އޮތީ އޭޖެންސީއަކުންނެއް ނޫން. ފުލުހުންގެ ފަރާތުން. ކޭސްގައި އިސްކޮށްހުރީ ވާރިސް ކިޔާ މީހެއް.” އުޝާ މިހެން ބުނުމުން ޔަނާލާއި މިހުރާން ދެލޯބޮޑުކޮށްލަމުން އެކަކު އަނެކަކަށް ބަލާލިއެވެ. “ވާރިސް؟ އެއީ އެއްކަލަ ބައްޕައާއި ވަރަށް އެކުވެރިއެއްނު ފުލުހުގައި އުޅޭ ވާރިސްބެއާއި؟” ޔަނާލް އަވަސްއަވަހަށް ބުނެލިއެވެ. މިހުރާން އެއްބަސްވިއެވެ. “ތިހެންވީރުން މާ ރަގަޅެއްނު. ތިދެމީހުން ގޮސް އަހަންވީނު އޭނަ ކައިރީ އެ ކޭސްގެ ވާހަކަ. އިއްޔެ ދޯ އަދި މި ކޭސް މި ލިބުނީ. އޭނާއަށް ނޭނގޭނެއެއްނު އަހަރެމެންނަށް ކަމެއް މިކޭސް ލިބުނީ.” އިޝާން މާބޮޑު ވިސްނުމަކާއި ނުލާ ކަންނެތްކަމާއެކު ބުނެލިއެވެ. އޭނާއަށް އަނގައަށް ވައްތަރެއް ޖައްސާލެވުނީ އެންމެން ބަލަހައްޓައިގެން ތިބި ގޮތް ފެނިފައެވެ. “ކިހިނެއްވީ؟” “އޭ އެ ވަރަށް ރަގަޅު ޙިޔާލެކޭ. މާ އޮފިޝަލް ކޮށް ދިޔައީމަ އެކައްޗެއް ވެސް ނޭނގޭނެ. އޭނައާއި މެދު ކުޑަކޮށް ޝައްކު އުފެދޭ ދޯ އެބަ މިހާރު ކަންތައްތައް ވެފައި މިއޮތް ގޮތުން.” އިޝާން ކޮނޑުގައި ޖަހާލަމުން މިހުރާން ބުނެލިއެވެ. އުޝާއަށާއި ޔަނާލަށްވެސް މިޙިޔާލު ކަމުދިޔައެވެ.

“އޯކޭ! ދެން ތިހެންވީރުން ހިނގާ ދާން. މިގަޑީ ފްރީ ވާނެ ކަންނޭނގެ އެމީހުން.” ޔަނާލް މިހުރާން ގޮވައިގެން ދިޔުމުން އުޝާ ލެޕްޓޮޕް ނަގައިގެން ފެށީ މިހާތަނަށް ފާހަގަވީ ހުރިހާކަމެއް ރިޕޯޓެއް ލިޔާށެވެ. އޭރުވެސް އިޝާން އޮތްތަނުން ތެދުވެލަން ހިތަށްވެސް ނާރުވައެވެ. އޮތްތާ އޮވެގެން ޓީވީއިން ފިލްމެއް އަޅުވާލައިގެން ހަމަޖެހިލިއެވެ. އުޝާ ރިޕޯޓު ލިޔެ ނިމިގެން ޔަނާލްއަށް ގުޅާލިއެވެ. “ކޮބާ؟ ކިހިނެއްވީ؟” އުޝާ ސުވާލުކޮށްލިއެވެ. “މިދަނީ އިނގޭ މިހާރު. މިތާ ނެތް ވާހަކަ ދެއްކޭކަށް.” ޔަނާލް ވާހަކަ ދެއްކީ ވައި އަޑަކުންނެވެ. މިހެން ބުނެލުމަށްފަހު އޭނާ ފޯނު ކަނޑާލީއެވެ. އުޝާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލިއެވެ. ނަމަވެސް ޔަނާލްމެން ހޯދަން ގޮސްގެން އަނެއްކާ އިތުރު ނުރައްކަލަކާއި ކުރިމަތިވެދާނެ ކަމަށް ބަލާފައި އޭނާ ނިންމީ މަޑުކުރާށެވެ. އޭނާ ދިޔައީ އެމީހުން ނިދާ ބަޔަށެވެ. އެއްވެސް ތާކު ނީށީނދެ ހާސްކަމާއެކު ބާރުބާރަށް ދެކޮޅަށް ހިނގަމުންދިޔައެވެ.

ދޮރު ހުޅުވުނު އަޑަށް އުޝާއަށް ބަލާލެވުނީ ސިހިފައެވެ. ޔަނާލް ފެނުމާއެކު ބާރަކަށް ގޮސް ޔަނާލް ގައިގައި އޮޅުލައިގަތީއެވެ. އުޝާ ހާސްވެފައި ހުރިވަރު ފެނިފައި ޔަނާލް ފަހަތުން އައިސް ވަތް މިހުރާންގެ ހުރީ ހިނި އައިސްފައެވެ. “އުޝީ ހާދަ ހާސްވެފަ؟ އަހަރުންނަކަށް ކަމެއް ނުވެޔޭ. އޭރު ވާރިސްބެއަށް އަޑު އިވިދާނެތީއޭ އެހެން ބުނީ…” “އެހެންދޯ… ކޮބާ އެއްވެސް އެއްޗެއް ފާހަގަ ކުރެވުންތަ؟” އުޝާ ހަމަޖެހުމުގެ ނޭވާއެއް ލަމުން އަހާލިއެވެ. ސޯފާގައި އިށީންނަމުން ވާހަކަ ދައްކަން ފެށީ މިހުރާނެވެ. “އެގެއަށް ގޮސް އެހެންކަންކަމާއި ވާހަކަ ދައްކަމުން ގޮސް ކުޑާއްތަގެ ވާހަކަ ބުނެލީ އޮޅިގެން ކަމަށް ހަދާފައި. ޔަނާލް ކުޑަކޮށް ރޯކަމަށް ހެދިލީމަ ވާރިސްބެ ބުނީ އެމީހުންގެ މަރުގެ ކޭސް އެމީހުންނަށް ލިބުނޯ. ވަރަށް ބޭނުންވިޔޯ އެމީހުންނަށް އިންސާފު ހޯދައިދޭން. އެކަމަކު އެކޭސް ބޭބެއަކަށް ކުރިއަށް ނުގެންދެވި އުޅެނިކޮށް އެކޭސް އަތުލީއޯ.” މިހުރާން ބުނެދިނެވެ. “އެކޭސް އަތުލި ވާހަކަ ބުނެލިއިރު އާދަޔާހިލާފަށް އޭނަ ރުޅިގަދަވި. އޭނާގެ ދެލޮލަށް ކުޑަކޮށް ރަތްވެސްވި. އަތް މުއްކަވާފައި އަތަށް ވަރަށް ބާރުކޮށްލި. ބަލާލާފައި މީހުން ބުނާނީ އެއީ ގާތް ރަހުމަތްތެރިއެއްގެ އާއިލާ މީހަކަށް އިންސާފު ހޯދައިނުދެވުމުން ވީދެރައެކޭ. އެކަމު އޭނާގެ ލޮލުން އަހަންނަށް ފެނުނު ކޮންމެސްވަރެއްގެ ހާސްކަމަކާއި ބިރުވެރިކަމެއް.”

ޔަނާލްގެ ހާއްސަ ސްކިލްއަކީ ފޮރެންސިކް ކްރިމިނޮލޮޖީއެވެ. މީހަކު ދޮގު ހަދާނަމަ އަދި މީހުންގެ އިހުސާސްތައް އެމީހެއްގެ ހަށިގަނޑަށް އަންނަ ބަދަލުތަކުން ކިޔަވާ އެއްޗިހީގެ އަލީގައި ފަރިތަމަކަމާއެކު ޔަނާލް ދެނެގަނެއެވެ. މިގޮތަށް ކޮންމެ ކުއްޖެއްގެ ހާއްސަ އެއްޗެއް ކިޔަވާފައި ހުންނާނެއެވެ. އުޝާގެ ހާއްސަކަމަކީ ޑިޖިޓަލް ފޮރެންސިކްސްއެވެ. އެއްޗެއް ހެކްކޮށްލުމަކީ އުޝާއަށް މާ އުނދަގޫ ކަމެއް ނޫނެވެ. މިހުރާންގެ ހާއްސަކަމަކީ ފޮރެންސިކް އެކައުންޓިންގްއެވެ. އެއީ ވިޔަފާރި ތަކުގައި ގާނޫނާއި ހިލާފަށް ކޮށްފައި ހުރި ކަންތައްތައް ދެނެގަތުމާއި ވިޔަފާރިތަކުގެ ފައިނޭންޝިއަލް މައުލޫމާތުތަށް ހޯދުމެވެ. އިޝާންގެ ހާއްސަ ކަމަކީ ފޮރެންސިކް ގްރާފޮލޮޖީއެވެ. ކުޑަކުޑަ ތަފާތަކުންވެސް ދެމީހެއްގެ އަތުލިޔުން އޭނާއަށް ވަކިކުރެވެއެވެ. ނަމަވެސް އޭނާގެ ޝަކުވާއަކީ އެންމެ ބޭކާރު ސްކިލް ދަސްކުރީ އޭނާކަމެވެ. އިޝާންގެ ސްކިލް މިހާތަނަށް އަދި އެއްވެސް ކޭސްއެއްގައި ބޭނުންކުރަންޖެހިފައެއް ނެތެވެ. މިހާރު ގިނަ ލިޔުންތައް ޕްރިންޓް ކޮށްފައި ހުންނާތީއެވެ. މި ހުރިހާކަމެއް ދަސްކުރުމަށް އަދިވެސް ހަފްތާއަކު ހަތަރު ފަހަރަށް ކްލާހަށް ދާން ޖެހެނީ ހަތަރު މީހުން ވަކިންނެވެ. ސެލްފް ޑިފެންސާއި  މާޝަލް އާރޓްސް ދަސްކުރަން ޔަނާލާއި އުޝާ އެއް ކުލާހަކަށް ދާއިރު މިހުރާން އިޝާނާއި އެކު ދަނީ އެހެންކުލާހަކަށެވެ.

އެތަށް އިރަކު އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން އިނުމަށްފަހު ކޭސް ކުރިއަށް ގެންދާނެ ގޮތަކާއި މެދު ވާހަކަ ދައްކަން ފެށިއެވެ. “މިހިސާބުން ދެން ބަލަންވީ ބޮޑަށް މޯޓިވްއެއް އޮތީ ކޮންބައެއްތޯ. މިސާލަކަށް އިނދެދާނެ ލާރީގެ މައްސަލައެއްވެސް. އަސްލު މަންމަމެން ހިންގި އޮޕަރޭޝަންގައި އަމިއްލަ ސިފަވެސް ބަދަލުކޮށްގެން އުޅުނު އިރު ހުރިހާ ކަމެއް ފަޅާއެރީ ދެންމެ މަށާއި އިޝާން ސުވާލު ކުރި މީހުން ހައްޔަރު ކުރި ދުވަހުކަމަށް ވަނީ…” “މަޑުކޮށްބަލަ. އިޝާންގެ ވާހަކަ ދައްކާއިރު އެސޮރު ކޮބާތަ މިއޮތް ހުރިހާއިރެއް ވީއިރު؟” މިހުރާން ސުވާލު ކޮށްލިއެވެ. “ނޭނގެ… ތިމީހުން ދިޔައީމަ މަ އިނީ ރިޕޯޓު ލިޔަން އިންއިރު އެތާ ސޯފާގައި ކޮންމެސް ފިލްމެއް އަޅުވާގެން އިން.” އުޝާ މިހެންބުނުމުން މިހުރާން ދެފަރާތަށް ބޯހޫރާލަމުން ތެދުވެގެން ދިޔައީ ދޮންތަމެން ބަޔަށެވެ. މިހުރާންގެ ފަހަތުން އުޝާއާއި ޔަނާލް ވެސް ދިޔައެވެ.

އެންމެން ގޮސް ސިޓިންގްރޫމަށް ބޯދިއްކޮށްލިއިރު އިޝާންއޮތީ ސޯފާގައި ނިދާފައެވެ. ޓީވީން އޭރުވެސް ފިލްމު އަޅުވާފައި ހުއްޓެވެ. މިހުރާން އުޝާއާއި ޔަނާލާއި ދިމާލަށް ބަލާލަމުން އަޑުމަޑުކުރުމަށް އިޝާރާތް ކުރަމުން ދޮންތަމެންގެ ކޮޓަރިއަށްވަދެފަ އައީ މާކަރަކާއި ޕެއިންޓް ބައެއް ސާމާނު ހިފައިގެންނެވެ. އިޝާން ކައިރި މަޑުމަޑުން އިށީނދެލަމުން އޭނާ ފެށީ އިޝާންގެ މޫނުގައި ކުރަހާށެވެ. މިހުރާނަކީ މޮޅު ކުރެހުންތެރިއެކެވެ. އޭނާ ކުރަހާ ނިމިގެން އުޝާމެންނަށް ދައްކާލުމުން ދެމީހުންވެސް ބިރުން ސިހުނެވެ. މިހާރު އިޝާންގެ މޫނުން ސިފަވަނީ ދަ ކޮންޖަރިންގައި އުޅޭ ވަލަކްއެވެ. ނިދާފައި އޮތްއިރު މަޑުމަޑުން ނޭވާލަމުން ދިޔައިރު ވަރަށް ބިރުވެރި ވައްތަރު ޖަހައެވެ. އެހާވަރަށް މިހުރާން އޭނާގެ މޫނުގައި ޕެއިންޓްކުރިއިރުވެސް އިޝާނަށް ހިލަމެއްވެސް ނުވެއެވެ. ޕެއިންޓްތައް ހިކެންދެން މަޑުކުރުމަށްފަހު މިހުރާން ބަދިގެއަށް ވަދެފައި ނުކުމެގެން އައީ ލޮނު އަޅާފައި ހުރި ފުޅި ހިފާގެންނެވެ. އޭނާ ކުރަން އެއުޅޭ ކަންތައްތައް ރޭކާލުމުން އުޝާއާއި ޔަނާލް އަނގަމަތީ އަތްއަޅާލީ މާ ބާރަށް ހެވިދާނެތީއެވެ. އެއަށްފަހު ފާރުކޮޅު ފުރަގަހަށް ވަދެ ފިލީއެވެ.

Share Article

Follow Me Written By

idontcare

Level 110 Stories

Other Articles

Previous

ޚަމްދު ލީލާ – 04

Next

އިޙްނާ (4)

Next
April 2, 2020

އިޙްނާ (4)

Previews
April 2, 2020

ޚަމްދު ލީލާ – 04

2 Comments!

  1. Yan♥️ says:
    April 2, 2020 at 1:28 pm

    Varah reethi Masha Allah

    1. idontcare says:
      April 2, 2020 at 2:51 pm

      thanku

Comments are closed.


All Right Reserved!