Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

އިޙްނާ (4)

Ihoo Level 2100 Login10 Stories100 Comments
April 2, 2020 2 Mins Read
9 Comments

ފެންގަނޑުގެ ތެރެއަށް ނުވެއްޓި ސަލާމަތްވުމުން އިޙްނާ މަޑުމަޑުން ދެލޯ ހުޅުވާލައިފައި ބަލާލިއެވެ. ނަމަވެސް އެނާ ވެއްޓުނަ ނުދީ ހިފަހައްޓައިގެންހުރި ކުއްޖާފެނި ދެލޯ ބޮޑުވިއެވެ. އޭނާގެ ހިތް ހީވަނީ ދެންމެ ދެންމެ މޭފަޅައިލައިފައި ނިކުމެދާނެ ހެންނެވެ. އެހާވެސް ބޮޑަށް އިޙްނާގެ ހިތުގެ ހިނގުން އަވަސްވިއެވެ. އެވަގުތު ގޭތެރެއިން މިލްނާ ގޮވައިލި އަޑަށް އެކުއްޖާ އިޙްނާގެ ލޫޅާފަތި ހަށިގަނޑު ސީދާކޮށްލާ އިޙްނާގެ ގައިން ދޫކޮށްލިއެވެ.

“އިޙްނާ.. ނަމާއި އެއްވަރަށް މަންޖެވެސް ރީތި”

ލާނެތް ހިނިތުންވުމެއް މުނޫމައްޗަށް ވެރިކޮށްގެން ހުރެފައި އެނާ އަވަހަށް އެގޭތެރެއަށްވަނެވެ.

ގެއަށް އައި މެހެމާނުން ސައިބޮއެ ނިމުމުން އެންމެން އިރުކޮޅަކު ވާހަކަ ދައްކާލަން މަޑުކުރިއެވެ.

“މިގޭގައި ގިނަވަގުތު އުޅޭނީ އިޙްނާއާއި ޔޫން. މަށާއި މަލްސާ ގިނައިން އުޅޭނީ އޮފީހުގައި. ދެންއަންނާނެ މިދެކުދިން ހެނދުނު ސްކޫލަށް ލައިދޭން ޑްރައިވަރަކު. މިހާރު މިދެކުދިންގެ ފަހު އަހަރުކަމުގައިވާތީ މަލްސާ އަންނާނެ ގެއަށް މެންދުރަށް.” މިލްނާ އެމީހުންގެ އައު އަވަށްޓެރި އާއިލާއަށް ކިޔައިދިނެވެ.

“އަހަރެން މިހްރާންގެވެސް ފަހުއަހަރު ވީމާ ބޭނުން ވަރަށް މަސައްކަތް ކޮށްދޭން. އެހެންވެ ވަރަށް އުއްމީދު ތަކާއިއެކު މިރަށަށް ބަދަލުވީވެސް” އެހެން ބުނެފައި ނުހާ ބަލައިލީ މިހްރާންގެ މޫނުމައްޗަށެވެ. ނުހާ އެހެން ބުނުމާއެކު މިހްރާންގެ މޫނުމައްޗަށް ވެރިވީ ފޫހިކަމެވެ.

“މިގޭގައި ގްރޫޕް ސްޓަޑީ ޖައްސަންވީނު؟ ޔޫންއާ މިހްރާންއާ އިޙްނާއާ ރިހާމާ 4 ކުދިންވެގެން.. އޭރުން މިހްރާނަށް ގެއްލިފައިހުރި ފިލާވަޅުތައް އެކުދިން އަތުން ހޯދޭނެ އެއްނު.. އަދި ނޭނގޭ އެއްޗެއް އޮވެއްޖެނަމަ އަހާ ހެދޭނެ..” މަލްސާ އޭނާގެ ހިޔާލު ހުށައެޅިއެވެ.

އިޙްނާ ވަގުތުން އެޚިޔާލަށް އިންކާރުކުރަން ބޭނުންވިއެވެ. އެހެންނަމަވެސް މެހެމާނުންތަކެއް ތިބުމާއެކު އެއްޗެކޭ ނުބުނެ ހިމޭނުން ހުރީއެވެ. ތިއްތަ ނަސީބަކުން ރިހާމްއަށްވެސް އާދެވޭނެ ވާހަކަ ބުނުމުން އުފާވިއެވެ. ދެން ކުއްލިއަކަށް އިޙްނާއަށް ހަނދާންވީ މިއަދު ސްކޫލުން ގެއަށްއައި ފަހުން ޔޫން ނުފެންނަކަމެވެ. އަނެއްކާ ކޮބާބާވައެވެ؟

“ތީވަރަށް ރަނގަޅު ހިޔާލެއް މަލްސާ. އަހަރެން ބަލާނަން މިގެއަށް މިހްރާން ފޮނުވޭތޯ ތިކަމުގަ. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިއަދާކޮށްދިން މެހެމާންދާރީއަށްޓަކައި.. މިއަދު ދެން ގޮސްލީ..” ނުހާ އެހެން ބުނެފައި ގެއަށް ހިނގައި ގަތެވެ. އެގެއިން ނިކުތުމުގެ ކުރިން މިހްރާން އިހްނާއާ ހަތަރުކަޅި ހަމަވުމުން އެއްލޯ މަރާލައިފައި ދިޔައެވެ.

“ބޮޑު ސައިކޯއެއް ކަންނޭނގެ މީ” އިޙްނާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ކޮޓަރިއަށް ދިޔައެވެ.

ޖެހިގެން އައިދުވަހުވެސް ގޭޓު ޑިއުޓީ އޮތުމާއެކު އިޙްނާ ސްކޫލަށް ދިޔައީ ޔޫން އަށްވުރެން ކުރީންނެވެ. ޑިއުޓީ ނިންމައިފައި އަންނަމުން އެގޭގައި ގްރޫޕް ސްޓަޑީސް ފަށަން ހަމަޖެހުނު ވާހަކަ އިޙްނާ ރިހާމް ކައިރީގައި ބުންޏެވެ. އަދި އިއްޔަ ކަންތައްތައް ހިނގައިދިޔަގޮތް އަކުރުން އަކުރަށް ކިޔައި ދިނެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ރިހާމް ބުންޏެވެ.

“އިޙްނާ ތި ކިޔާދިން ކަންތަކުން ހިޔެއްނުވޭ އެއީ ރަނގަޅު ކުއްޖެއްހެންނެއް.. އެކަމް ނޭނގެ ހަމަވެދާނެ ރަނގަޅު ކުއްޖެއްކަމަށްވެސް.. ބޭރުން ފެންނަ ސިފައަށް ބަލާފައި އޭނަގެ ގޮތް ނިންމާކަށްނުވާނެ އެއްނު.. އެހެންމާ އިހޫއަށް ރަނގަޅު ބިޓެއް ލިބުނީތާ ދޯ؟”

“އިއްކުއަށްވެސް އިނގޭނީ އިހޫ ފިރިހެން ކުއްޖެއްގެ ވާހަކަ ދައްކާފިއްޔާ އަޅުވާ ކިޔަން. އިއްކުއަށް ބިޓެއް ލިބޭދުވަހަކުން ކުޅިދައްކާލާނަން..” ރިހާމް ގައިގައި ބޮނޑިއެއް އަޅައިލަމުން އެހެން ބުނެފައި އިޙްނާ ދިޔައީ އޭނަގެ ކްލާހަށެވެ. ފަހަތުން ރިހާމްވެސް އޭނަގެ ކްލާހަށް ދިޔައެވެ.

ކަންދިމާކުރިގޮތުން މިހްރާންވެސް އިނީ އިޙްނާއި ޔޫންމެންގެ ކްލާހުގައެވެ. 3 ވަނަ ގަޑިއަށް ބެލް ޖެހުމާއެކު އަވަހަށް ދެޖިންސުގެ ސަފު ހަދާ ސީދާކުރިއެވެ. ކުޅިވަރުގަޑީގެ މުދައްރިސް އައުމާއެކު މުދައްރިސާއިއެކީ ސްކޫލުގައި އޮންނަ ކުޅިވަރު މައިދާނަށް އެންމެން ސަފުގައި ދިޔައެވެ. މިއަދު އޮތީ ބޭނުން އެއްޗެއް ކުޅޭން ކަމުން ފިރިހެން ކުދިން އަވަހަށް ޓީމް ބެހިލާފައި ފުޓުބޯޅަ ފޯރިއާއެކު ކުޅެންފެށިއެވެ. އަދި އަންހެން ކުދިންވެސް ތިންމުގޯލި ކުޅެން ފެށިއެވެ. ޔޫން ގޯލް ކީޕަރަށް ހުރިއިރު އޭނަގެ ބޮލަށް ގޮތެއް ވާހެން ހީވަމުން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން އިދިކޮޅު ޓީމުން ފޮނުވާލި ބޯޅަ އައިސް ޔޫންގެ ބޮލުގައި ޖެހުނެވެ. އެފަދަ ކަމަކަށް ތައްޔާރު ނުވެހުރި ޔޫން ވަގުތުން ބިންމައްޗައް ވެއްޓުނެވެ.

*ނުނިމޭ*

Share Article

Follow Me Written By

Ihoo

Level 2100 Login10 Stories100 Comments

**April 18** I luv to read and write stories. Hoping one day to become a story writer.. Insha allah!! Everyone is welcome to comment my stories because peoples comments are one of the good ways to improve the stories... Jazakallahu khairan...

Other Articles

Previous

ސިއްރެއް 7

Next

ވާނަމޭ އުމުރަށް އެކީ ޖާނާ 9

Next
April 2, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ 9

Previews
April 2, 2020

ސިއްރެއް 7

9 Comments!

  1. Yan♥️ says:
    April 2, 2020 at 1:35 pm

    Varah reethi Masha Allah

    1. Ihoo says:
      April 2, 2020 at 2:52 pm

      Jazakillah khairan yan

  2. Ihoo says:
    April 2, 2020 at 2:46 pm

    Asslamu alaikum
    How’s the new cover pic? Ummeedhu kuran huriha kudhinnah mi part kamu dhaane kamah.. Jazakillah khairan

  3. Dhonthy says:
    April 2, 2020 at 8:13 pm

    Maasha Allah. Its beautiful. Miss you ihoo dear. And love you so much. Waiting for the next episode of this lovely story. ❤️❤️❤️❤️❤️?❤️❤️❤️❤️❤️

    1. Ihoo says:
      April 3, 2020 at 5:46 pm

      Jazakillah khairan dhonthy.. v miss vey dhonthy mathin vx

  4. Thiththa Faa says:
    April 3, 2020 at 10:01 pm

    ❤️

    1. Ihoo says:
      April 9, 2020 at 8:43 pm

      jazakillah khairan thiththa faa

  5. Lysh says:
    April 3, 2020 at 11:50 pm

    varah rythi..Maasha allah

    1. Ihoo says:
      April 9, 2020 at 8:48 pm

      jazakillah khairan lysh

Comments are closed.


All Right Reserved!