ދެލޯ މަރައި ބާރުކޮށްގެން ހުއްޓައި ފަހަތުން މީހަކު ޒައިންގެ ބުރަކަށީގައި އަޅައި ކޮށްޕައިލިއެވެ. ޒައިން މަގުމައްޗަށް ވެއްޓުމާއިއެކު އިވުނީ އަންހެނެއްގެ ބާރު ހަޅޭކުގެ އަޑެވެ. އެމީހަކު މަގުމައްޗަށް ވެއްޓި ޖެހިގަތް އަޑު ވަރަށް ބާރަށް އިވުނެވެ. ޒައިން ދުވެފައި ގޮސް ވެއްޓިފައި އޮތް އަންހެން މީހާ ކައިރިއަށް ދިޔައެވެ. ޒައިން ހީކުރީ އެ އަންހެން މީހާއަށް ވަރަށް ބޮޑުވަރު ވި ކަމަށެވެ. ނަމަވެސް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން އޭގެން އެކަކަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. އެ […]
އަހަރެން ގޮސް ފްލައިޓއަށް އަރާ އަހަރެންގެ ސީޓުގައި އިށީންދެލީމެވެ.. އިރުކޮޅެއްނުވެ ނިއަލް އަރާ އަހަރެންނާ ދިމާލަށް ބަލާފައި އެއްލޯމަރާލިއެވެ.. އަހަރެން ވަގުތުން އަނެއްފަރާތަށް މޫނު އަނބުރާލީމެވެ.. އިރުކޮޅެއްނުވެ ނިއަލް އައިސް އަހަރެން ކާރީ އިން ސީޓުގައި އިށިންނިއެވެ.. “ޕިސް ޕިސް މިތަން ނޫން އެހެން ތަނެއް ނުލިބުނީތަ އިށިންނަން.. އެހެން ސީޓަކަށް ދޭ” އަހަރެން މަޑުމަޑުން ނަމަވެސް ހަރުކަށިކޮއް ބުނެލީމެވެ.. ނިއަލް އަހަރެންނަށް ޓިކެޓް ކަރުދާސް ކޮޅުގައި އިން ސީޓްނަންބަރު ދައްކާލާފައި ދެ ކޮނޑުއަރުވާލިއެވެ.. ރުޅިއަރައިގެން ގޮސް […]
ކައި ނިމުމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ވަނުމާއިއެކު ހަލަބޮލި ގޭތެރެ ހިމޭންވެގެން ދިޔައެވެ. ނަމަވެސް ކޮޓަރިއަށް ވަނެ ފަނަރަ ވަރަކަށް މިނެޓް ފަހުން ޒާހިދާ ކޮޓަރިން ނުކުމެގެން އައީ އޭނާގެ ކަންފަތުގައި ފޯނު ޖައްސައިލައިގެން ހުރެއެވެ. ”ސާބަހޭ މާޖިދު. ދެން ތިހާ ވަރަށް ނުގުޅަބަލަ. އާކިފްވެސް އެބައުޅޭ ގޭގަ. އޭނާއަށް މިކަންތައް އިނގިއްޖާ ކަމަކު ނުދާނެ. އެކަމު އަހަރެން އެބޮތް ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ. އާކިފް ދިޔުމުން އެކަމު.” *** ޒައިކް އާއި ޔުނާން ކެތްތެރިކަމެއް […]
އާދައިގެ މަތިން އަހަރެން ލޯހުޅުވާލީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. މިސްކިތް އިންނަނީ ނުލާހިކު ކައިރީގައި ކަމުން އެހަމަހިމޭން ފަތިސް ގަޑީގައި ހީވަނީ ކަންފަތް ބުޑުން ބަންގި ގޮވާލާހެންނެވެ. މުޅި ފަޒާގައި އެއަޑު ދިޔައީ އެކޯ ވަމުންނެވެ. ނަމާދު ކޮށްލައިގެން ޖައްސައިލީ މިއަދުގެ ކަންކަން ކުޑަކޮށް ރާވާލައިފައެވެ. އަންނަން އޮތް ކޮޅިގަނޑުގެ ކުދަ ހިލަމެއް ވިނަމަވެސް އަހަރެން އެނދުގައި އަރާމުކޮށް ނިދާފައެއް ނޯންނާނަމެވެ. ނަމަވެސް ‘ނަމަ’ އަކުން ކެކޭނެ ރިހައެއް ނޯންނާނެއެވެ. *** އަށެއްޖަހާއިރު އަހަރެން ތެދުވީ […]
އީރަމް ކުއްލިގޮތަކަށް ކްލިނިކަށް ދާންޖެހުމާއި އެކު އޮފީސް ނިންމިގޮތަށް މީކާން ހުރިތޯވެސް ބަލައިނުލާ އަވަސްއަވަހަށް ދިޔައެވެ. ނާޒީ ނިކަން އަވަހަށް އައުމަށް އެދުމުން އޭނާވެސް ބެލީ ވީހާވެސް އަވަހަށް ދެވޭތޯއެވެ. އޭނާ ނާޒީގެ ކޮޓަރިއަށް ވަތްއިރު ޓެސްޓް ރިޕޯޓުތަކަކާއިއެކު އިތުރު ބިދޭސީމީހަކު ފެނި އޭނާގެ ފިޔަވަޅުތަށް ހުއްޓުނެވެ. އޭރު ނާޒީ ދިޔައީ އޭނާ ކައިރި އެތަށް ވާހަކަތަކެއް ދައްކަމުންނެވެ. “އޭނާގެ ހުރޭ ނަފްސާނީ ބަލިތަށްވެސް.. އެންޒައިޓީ ވެސް… މިކޮޅުން ސްޕީޗްތެރަޕީއަށްވުރެ ބޮޑަށް ޑިޕްރެޝަންއާއި އެއާއި ގުޅިގެން އަންނަ […]
“އައި ލަވް ޔޫ ޓޫ……” އެ ތިންބަސް ޔުނާންގެ ދުލުން ބޭރުވިއިރު މިޝެލިންގެ ގައިން ހީބިހިނަގައިގެންދިޔައީ ޔުނާން ބުނެލިއިރު އެ އަޑުގައިވި އަސަރަކުންނެވެ. ދެމީހުންގެ އަތް ލާމެހިގެން ދިޔައިރު ޔުނާން މިޝެލިންގެ އަޅިކުލައިގެ ދެލޮލަށް ނަޒަރުހުއްޓާލަމުން ހިނިތުންވެލުމާއެކު މިޝެލިންއަށްވެސް އެ ކަޅުކުލައިގެ ސިހުރެއްފަދަ ދަމާބާރުއެކުލެވޭ ދެލޮލުގެ އެންމެ އަޑިއަށް ފީނައިގަންނަމުން ހިނިތުންވެލިއެވެ. އެރެއިން ފެށިގެން ދެމީހުންގެ ހަޔާތުގެ އާ ބާބެއް ފެށިގެންދިޔައެވެ. ***** އާ ދުވަހަކަށް މަރުޙަބާކިޔަމުން އިރު ފެނުންތޮޅިލިއިރު ޔުނާންއާ މިޝެލިންގެ ދިރިއުޅުމަށް ބަހާރު މޫސުމެއް […]
ގެޔަށްގޮސް ފެންވަރާ ތާޒާވެލައިގެން އީރަމް އެނދުމައްޗަށް ފުންމާލީ ފޯނު ހުޅުވާލަމުންނެވެ. އެޔަށްފަހު ފަރިތަކަމާއި އެކު އަކުރުތަކުގައި އިނގިލިތަށް ހަރަކާތްކޮށްލަމުން މީކާންގެ ނަމްބަރަށް މެސެޖް ފޮނުވާލީ މީކާންގެ ހިތުގައިވި އުދާސްތަށް ފިލުވާލެވޭހާ ރަނަގަޅު ބަސްތަކަކާއި އުފާވެރި ޖަވާބަކާއި އެކުގައެވެ. މޭމަތީ ފޯނާއި އެކު ދެއަތް އަޅާލައިގެން އޭނާ އޮތްއިރު ސިފަކުރެވެމުންދިޔައީ އީރަމްގެ ފައިގައި ހުރި ވެލިތަށް މީކާން ފޮޅާލަދިންގޮތެވެ. އީރަމްއަށް އުނދަގޫކުރަމުންދިޔަ އިސްތަށިގަނޑު އެއްކޮށްފައި އޭގައި ހިފަހައްޓާލައިގެން އިންގޮތެވެ. އީރަމް ދެކޮޅުހެދުމުންވެސް މީކާންގެ ބޫޓުބާލާފައި އީރަމްގެ ފަޔަށް އެރުވިގޮތެވެ. […]
”ދަރިފުޅާ. ބަސް އަހައިގެން ރަނގަޅަށް ކިޔަވާތި. ބަރާބަރަށް ނަމާދު ކުރާތި. ރަނގަޅު ރައްޓެހިން ހޯދާންވާނީ. މާލެއަކީ މިރަށް ކަހަލަ ތަނެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި. އެގޭގައި އުޅޭ ދައްތަމެންނާއި ބޭބެމެންގެ ބަސްއަހާތި. ކަމަކަށް ބޭނުންވަންޏާ މަންމަމެންނަށް ގުޅާތި. މަންމަމެން އަބަދުވެސް މަސައްކަތް ކުރާނަން ދަރިފުޅު ބޭނުން ތަކެތި ހޯދައިދެވޭތޯ. މަންމަ ވަރަށް ހަނދާންވާނެ ދަރިފުޅު މަތިން. ވަރަށް ލޯބިވޭ.” ޝަމްހާ އޭނާގެ އަށާރަ އަހަރުގެ ދަރިފުޅު ނައިޝަމްގެ ގައިގައި ބައްދައިލައިގެން ހުރެ ބުނެލިއެވެ. ޝަމްހާ ބުނަމުން […]
އެންމެން ގޮސް ސިޓިންގްރޫމަށް ބޯދިއްކޮށްލިއިރު އިޝާންއޮތީ ސޯފާގައި ނިދާފައެވެ. ޓީވީން އޭރުވެސް ފިލްމު އަޅުވާފައި ހުއްޓެވެ. މިހުރާން އުޝާއާއި ޔަނާލާއި ދިމާލަށް ބަލާލަމުން އަޑުމަޑުކުރުމަށް އިޝާރާތް ކުރަމުން ދޮންތަމެންގެ ކޮޓަރިއަށްވަދެފަ އައީ މާކަރަކާއި ޕެއިންޓް ބައެއް ސާމާނު ހިފައިގެންނެވެ. އިޝާން ކައިރި މަޑުމަޑުން އިށީނދެލަމުން އޭނާ ފެށީ އިޝާންގެ މޫނުގައި ކުރަހާށެވެ. މިހުރާނަކީ މޮޅު ކުރެހުންތެރިއެކެވެ. އޭނާ ކުރަހާ ނިމިގެން އުޝާމެންނަށް ދައްކާލުމުން ދެމީހުންވެސް ބިރުން ސިހުނެވެ. މިހާރު އިޝާންގެ މޫނުން ސިފަވަނީ ދަ ކޮންޖަރިންގައި އުޅޭ […]