އެއް މަސް ފަސް****** ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކޮށް ޒައިންގެ ޕްރޮގްރާމް ނެގުމަށްފަހު މާލެ އެއައީ މިއަދުއެވެ. ރަށްތަކަށް ގޮސް އެ ކުރެވުނު ތަޖުރިބާއަކީ ވަރަށް ފުރިހަމަ ތަޖުރިބާއެކެވެ. ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ މީހުން ކިޔާތީ ޒައިން އަޑުއަހައެވެ. ނަމަވެސް އޭނާ އެކަން އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެއެވެ. އެއީ އޭނާ އުޅެ ބޮޑުވި ރަށުން އެހާ ރީތި ތަންތަން ނުފެންނާތީއެވެ. ނަމަވެސް މިއަދު ޒައިންއަށް އެކަން ޤަބޫލުކުރެވުނެވެ. ޙަޤީޤަތުގައި ވެސް މި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ އެވެ. […]
ދިރިއުޅުމަކީ އިމްތިހާނެކެވެ . އެކި ފަހަރު އެކި ކަންކަމާ ކުރިމަތި ލާން ޖެހެއެވެ . އެކި ގޮތް ގޮތަށް ވެސް މަސައްކަތް ކުރަން ޖެހެއެވެ . މިއީ ޒުވާން ކުއްޖަކަށް ދިމާ ވެފައިވާ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިފައި ވާ ވާހަކައެކެވެ . މިވާހަކަ އިން ބަލާލާނީ އޭނަގެ އުމުރު މިހާތަނަށް ދިޔަ ގޮތުގެ ވާހަކައެކެވެ . މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތް ވާނަމަ އެކަމަށް މާފް ކުރުން އެދެމެވެ . އުމުރުން 22 އަހަރު […]
މިހާ ހިސާބުން ކޯލް ނިމުނު ވަގުތަށް މިހުރާނާއި އިޝާން އައިސް ވަތެވެ. އިޝާން ދިޔަގޮތަށް ފާހާނާއަށް މޫނުދޮންނަން ވަތުމުން މިހުރާން އައިސް ސޯފާގައި އިށީނުމުން ޔަނާލް ހުރިހާ ވާހަކައެއް ކިޔާދޭން ފެށުމުން އުޝާ ހުއްޓިލީ ޓީވީއާއި ޖެހިގެން ހުރި ބޮޑު ބޯޑާއި ދިމާލުގައި އެވެ. އެންމެ މަތީގައި އޭނާ ލިޔުނީ ‘ބޮސް؟’ އެވެ. އޭގެ ތިރީގައި ގޭންގު ލީޑަރު އޭނާގެ ނަން،އަހުމަދު ޝުހާން އަލީ އަދި އޭނާގެ އުމުރު29 ލިޔުމަށްފަހު އޭނާގެ ފޮޓޯ ހަރުކުރީ އޭނާއާއި ބެހޭގޮތުން […]
މުޅި ކޮޓަރިއަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ. އަންހެން ކުއްޖެއްގެ ރުއިމުގެ އަޑު މަޑު މަޑުން އިވެމުން ދިޔައެވެ. އެ އަޑުގައި ވަނީ ވެނީ އާހެކެވެ. އަދި އެ އަޑު އިވޭމީހަކަށް އެއަންހެން ކުއްޖާއަށް ކޮށްފައިވާ އަސަރު އިޙްސާސް ކުރެވޭނެއެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. އެ އަންހެން ކުއްޖާގެ ނަޒަރު ދޮރާ ދިމާލަށް ހުއްޓުނެވެ. “ކަޓް. ނެކްސްޓް ސީންއަށް ރެޑީވޭ” ޑައިރެކްޓާރު ބުނުމުން ނުހާ ތެދުވެގެން ގޮސް އޭނާ އަށް ހާއްސަ ކުރެވިފައިވާ ގޮޑީގައި އިށީދެލިއެވެ. […]
އަހަރެންނަކީ ޒުވާނަކީމެއެވެ . އުމުރުން 22 އަހަރު ފުރި 23 އަހަރު ފުރެން ކާރިވެއްޖެއެވެ . އަހަރެން މި ވާހަކަ މި ލިޔަނީ އަހަރެންނަށް ދިމާވެފައިވާ ކަންތައްތަކު ގެ މައްޗަށް ބިނާ ކޮށްފައެވެ . އަހަރެންގެ ދިރިއުޅޭ ކިތައް އަންހެން ކުދިންނާ ކިތައް ފިރިހެން ކުދިން އުޅޭނެ ބާއެވެ . އަލި ކަމަކަށް ފަހު އަދިރި ކަމެއް އާދޭ ކިޔާ އަޑު އަހަމެއެވެ . އާއެކެވެ . ތެދެކެވެ . އަހަރެންގެ ހަޔާތަށް ވެސް މިވަނީ ކަޅު […]
ޑޯންޓް ލެޓް ހާރ ޑައި..ޕްލީޒް..ޕްލީޒް..މޭކް ހާރ ބްރީތް…” ރޮއިގަންނަމުން ޔައިޝްގެ ގައިގައި ހިފައިގަންނަމުން ޔުނާން ބުންޏެވެ. މިޝެލިންއާއި ވަކިވެދާނެކަމުގެ ބިރު އޭނާ ވަށާލާފައިވާފަދައެވެ. ***** ޔުނާންގެ އެ ހަރަކާތުގެ ސަބަބުން ޔައިޝްގެވެސް ލޯތެމުނެވެ. ބުނާނެ އިތުރު އެއްޗެއްނެތުމުން ޔުނާންގެ ގައިގައި ބައްދާލަމުން ޔުނާން އެތަނުން ނުކުއްދުވާފައި އައިސީޔޫ ކުރިމަތީގައި ހުރި ގޮނޑިއެއްގައި ބައިނދުމަށްފަހު ޔައިޝް އައިސީޔޫއަށް ވަންނަންދިޔައީ އޭނާއަށް މިވަގުތު އެތާގައިހުރުން މުހިއްމުވެފައިވާތީއެވެ. ޔުނާންފަދައިން ޔާއިޝްއަކީވެސް ސާރޖެންއެކެވެ. އަނބިމީހާއާ ދަރިފުޅުގޮވައިގެން މެލޭޝިޔާއަށް ބަދަލުވިތާ ދެ އަހަރުފަހުން އަނެއްކާވެސް […]
އެންމެ ފުރަތަމަ އިހުވާން ކުލާހުން ފެނުނު ދުވަހުން ފެށިގެން ނިޝީގެ ހިތް އިހުވާންއަށް ދެވުނެވެ. އިހުވާން ކިޔަވައިދޭއިރު އެމޫނަށް ބަލަހައްޓައިގެން އިނދެވެނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އިހުވާން ބަލާލުމުން އިސްޖަހާލެވެނީ ހަތަރުކަޅި ހަމަކުރަން ނުކެރޭތީއެވެ. އެހުރިހާ ކަމެއް އިހުވާންއަށް ފާހަގަވެދާނެ ކަމަކަށް މީގެ ކުރިން ނިޝީއަށް ހީކުރެވިފައެއް ނުވެއެވެ. މިރޭ އިހުވާންގެ އަމަލުތައް ހުރި ގޮތުން ނިޝީ ލަދުން މަރުވެއްޖެއެވެ. އިހުވާންގެ ހިތް އޮތްގޮތްވެސް ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. އެއަޑުގައިވި ފިރިހެންވަންތަކަށް ހަމަ ރަނގަޅަށްވެސް ނިޝީ މޮޔަކޮށްލައިފިއެވެ. […]
“އީރަމްއަށް އަޑުއިވުނުތަ؟ އީރަމް އެއްދުވަހު ބުނީމެއްނު އީރަމްގެ ދޮންމަންމަ ކޮށްދިން ހުރިހާ ކަމެއްގެ ބަދަލަށް އެންމެ ފަހަރަކުވެސް އަނގައިން މަންމާއޭ ކިޔާ ގޮވާލެވޭނެނަމައޭ… އީރަމްގެ މަންމައަކީ ތިއީއޭ ބުނާހިތްވެޔޭވެސް ބުނީމެއްނު..މިހާރު އެހުރީ އީރަމް ކައިރިއަށް އައީހޭ.. ދެން ތެދުވެފައި މަންމައާއި ވާހަކަދައްކަބަލަ…. ކިހާ ދެރަވެފައި އެދިޔައި..” ހަރަކާތްހުއްޓިފައި އޮތް އީރަމްގެ އަތުގައި ހިފަހައްޓާފައި މީކާން އެހެން ބުނީ އީރަމްއަށް އިއްވާށެވެ. އީރަމް ހޭނާރާތާ މިވީ ފަސްދުވަހެވެ. މިވީ ފަސްދުވަސްތެރޭ ދެ ފަހަރެއްގެ މައްޗަށް ހަރަކާތެއްކޮށްލިއެއްކަމަކު އަނެއްކާވެސް ހަބަރުހުސްވެގެންދަނީއެވެ. […]
އެ އަންހެންމީހާގެ ކޮނޑުގައި ހިފައްޓާލުމާއެކު ޔުނާންއަށް ލިބުނީ ސިހުމެކެވެ. މޫނުގެ އެއްފަޅި ވަނީ ހަލާކުވެފައެވެ. އަނދާފައިކަން ނޭނގެއެވެ. ނަމަވެސް އެ އަންހެން މީހާގެ މޫނުގެ އަނެއް ފަޅިއަށް ބަލާލުމުން އެއީ ނުހަނު ރީތި މީހެއްކަން އެނގޭނެވެ. އެ އަންހެން މީހާއާއި ހަތަރުކަޅި ހަމަކޮށްލެވުމާއެކު ޔުނާންގެ ހިތް ތެޅިލައިގެންދިޔައީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ. ހަރަކާތެއް ގެންނަން ނޭނގިފައި އެ އަންހެން މީހާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. **** އެ އަންހެންމީހާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއެކު ޝުކުރުއަދާކޮށްފައި އެތަނުން ދިޔައިރުވެސް […]