އޮފީހަށްވަތްގޮތަށް މީޓިންއަކަށް ތައްޔާރުވެލުމަށް އެދި ހަމްދާ ފޮނުވާލާފައި މީކާން ގާތްވެލީ އީރަމްގެ މައުސޫމް ސޫރަ ފެންނަ ދިމާ ބިއްލޫރިގަނޑާއެވެ. އަވަދިނެތި އޮފީހުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންނަށް އޭނާ މިއަދު ރާވާފައި އޮތްކަމެއްގެ ވާހަކަ ބުނެފިނަމަ ގަބޫލުވެސް ނުކުރެވޭނެކަންނޭނގެއެވެ. އީރަމް ފައިލުތަކަށްފަހު ފައިލެއް ނަގާ ހަމަޖައްސަން އުޅުނުއިރު އޭނާގެ ހަރަކާތްތަށް އަވަހެވެ. މީކާން ބިއްލޫރިގަނޑުގައި ޖަހާލުމާއި އެކު އީރަމްގެ ހަރަކާތްތަށް ހުއްޓި އަޑުއައިދިމާލަށް ބަލައިލީ މީކާން ފެންނާނެކަން އެނގިހުރެއެވެ. “ނޫކުލަ އީރަމްއާއި ވަރަށް ގުޅޭ…” މީކާންގެ އަތުން ކޮށްލި ހަރަކާތުގެ […]
” އަދިވެސް ޝުހާދު ނުހޭލަނީތަ؟ ” ތައުފީގް ޝުހާދުގެ ކޮޓަރިއާދިމާއަށް ބަލާލުމަށްފަހު ސަކީލާ ކުރެން އަހާލިއެވެ. ” އާން. އަދި ނުހޭލާ. ހޭލައިގެން ޝުހާދު ތައުފީގް ހެން ގޮދަޑި ހޫނު ކުރާކަށް ނޯއްނާނެ ” ސަކީލާ ހީލަމުން ބުނެލިއެވެ. ” އަންނާނަން ގޮވާފަ. މިއަދު އެންމެން އެއްކޮށް ސައި ބޯނީ ” ތައުފީގް ގޮޑިން ތެދުވަމުން ބުނެލިއެވެ. އަދި ގޮސް ޝުހާދުގެ ކޮޓަރީ ދޮރު ހުޅުވާލިއެވެ. އޭރު ޝުހާދު އަރާމު ނިންޖަކުން ނިދާލާފަ އޮތެވެ. ވިދާން ވެސް […]
ނޯޓް: 6 އަދި 7 ކަށް ކުޑަ ބަދަލުތަކެއް ގެނެވިފައި..ގިނަ ކިޔުންތެރިންނަށް ބިރުވެރި ބައި ކަމުނުދާތީވެ އެބައިތަށް ނުލައި ވާހަކަ ކުރިޔަށް ގެންދާގޮތަށް ޕްލޭންކޮށްފައި މި 2 ޕަޓް އެޑިޓް މިކުރީ.. “ޝަޓްއަޕް….ޖަސްޓް ޝަޓްއަޕް..” ކުއްލިއަކަށް ކޮޅަށްތެދުވަމުން މޭޒުމަތީގައި މުއްކެވިފައިވާ އަތުން ނިކަން ބާރަށް ޖަހާލަމުން ބުނެލިއިރު ޔުނާން ހުރީ އެ ނުރައްކާތެރި ރުޅިވެރިނަޒަރުން ޒޯހަންއާ ދިމާލަށް ބަލަހައްޓައިގެނެވެ. އެ ރީތި ދެލޮލުން އަލިފާންކަނި ބުރަމުންދާފަދައެވެ. ދެން ޔުނާން ކޮއްލިކަމަކުން އެންމެން ހައިރާންވިއެވެ. ޔައިޝް އާއި ޔާއިން […]
ފުންވިސްނުންތަކަކުން ބަންޑުންވަމުންދިޔަ ސިކުނޑި ހުއްޓުމަކަށް ނައެވެ. އީރަމް ގެ ފިޔަވަޅުތަށް ލަސްވެފައި ކުރެވެ. ދިޔަމަގުމަތީ އީރަމް މީހެއްގެ ގައިގައި ޖެހި އަރިއަޅާލަންދިޔައެވެ. ނަމަވެސް އޭނާގެ ދެއަތުގައި ހިފާ ދަމައިގަތުމާއި އެކު އެމީހެއްގެ ގައިގާ ގޮސް އޭނާ ލައްވިއެވެ. އީރަމް ވަގުތުން ދުރަށް ޖެހިފައި އެމީހާއާއި ކުރިމަތިލިއެވެ. އީރަމްއާއި އެއްވަރަށް ސިހިފައި ހުރި ނާޒީ ފެނިފައި އީރަމް މައާފަށް އެދުނެވެ. ނާޒީ ކައިރި ބިޔަކޮށް ހުރި ފިރިހެނަކާއި ދިމާ އީރަމް ބަލައިލީ ބޯ ހިއްލާލާފައެވެ. “އީރަމް… ކިރިޔާއެއްނު.. އަބަދުވެސް […]
އީރަމް އެދުވަހުގެ ކުލާސް ނިންމާލުމަށްފަހު އޭނާ ކުއްޔަށް ހިފައިފާ ހުރި އެޕާޓްމެންޓަށް ދިޔައެވެ. އެއްކޮޓަރިއާއި އާދައިގެ ކުޑަ ސިޓިންރޫމްއަކާއި އެކު ބަދިގެ ހުރިއިރު އެކަކަށް ހިތްހަމަޖެހިލައިގެން އުޅެވޭހާ ރީތިވެފައި ސާފުތާހިރެވެ. އީރަމް ގެޔަށް އާއިރު މޭޒުމަތީ ކޮތަޅެއް ހުރިތަން ފެނި ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދޮންމަންމައާއި ދުރުގައި އުޅޭއިރުވެސް ދޮންމަންމަ، ނަޒީރާ، ނެތްކަމުގެ އިހުސާސެއްނުކުރެވެއެވެ. އީރަމް އޮފީސް ނިންމާގޮތަށް ގެޔަށް ނައިސް ތެރަޕީ ކުލާސްތަކަށް ދާތީ ދޮންމަންމަ ނުހަނު ހިތްހަމަނުޖެހިފައި ހުންނަނީ ކެއުމެއް ބުއިމެއް ނެތި އެގޮތަށް […]
” މަންމައަށް އެނގޭ ނައިރާއާއި ކުރިމަތިލާން ދަރިފުޅަށް އުނދަގޫ ވާނެކަން… އެކަމަކު އޭރު ތިދެކުދިންގެ ކައިވެނި ހަމަޖެހުމުގެ ކުރިން ތީ ގާތް ދެ އެކުވެރިން ދޯ… މިދަނޑިވަޅުގަ ދަރިފުޅުގެ އެހީތެރިކަމާ އަޅާލުންވެސް ނައިރާއަށް ބޭނުންވާނެ… އެނގޭ ނައިރާ ދަރިފުޅާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން… އެކަމަކު އަދިވެސް ދަރިފުޅު ނައިރާއާއި ދޭތެރޭ ވިސްނާކަން މަންމައަށް އެނގޭ… ނޫންތަ އަޅެ” އިހުވާންއަށް ވިސްނައިދެމުން ނާއިފާ ބުންޏެވެ. ” އަހަރެން ނައިރާއާއި ބައްދަލު ކުރާނަން.. އެކަމަކު އެއީ އަދި […]
މީކާން އެދުވަހު އެނބުރި ގެޔަށްދިޔައީ ނާޒީ އާއި އެކު އިނގިރޭސި އަކުރުތަކަށް ހުންނަ ސައިންތަކާއި އަމިއްލަ ތައާރަފް ދޭނެ ގޮތް ދަސްކޮށް އަދި އޭގެ ޗާރޓެއްވެސް ހިފައިގެންނެވެ. އެތަށްއިރަކު މީކާން އަންނަންދެން ސިޓިންގރޫމްގައި އިށީނދެ އިން މުނާ އިނީ ކަންތަށްބޮޑުވެފައެވެ. މީކާންއަކީ އޮފީހުން އަންނަގޮތަށް ގެއިން ބޭރަށް މަދުފަހަރަކު ދާމީހަކަށްވެފައި ދާއިރުވެސް ދާނީ މުނާ ކައިރި ބުނެފައިކަމުން މިއަދު އޭނާއަށް ނާންގާ އެދިޔަތަނެއް ބަލަން މުނާ ހުރީ ބޭނުންވެފައެވެ. މީކާން ގެ އުމުރުން ސައުވީސް އަހަރުވީއިރުވެސް މުނާގެ […]
މީކާން ނިކުންނަމުން ހަމްދާގެ ކެބިންއަށް ލޯ ދިއްކޮށްލީއިރު އެދެމީހުން ބުރަމަސައްކަތެއްގައި ތިބިތަން ފެނި އެމީހުންކައިރިއަށް ދިޔައެވެ. ހަމްދާ އެމީހުން މިއަދު ނިމޭލެއް ލަސްވާނެކަމަށް ބުނުމުން މީކާން އެދުނީ އަޞުރުނަމާދުކުރިން ނިންމާލުމަށާއި އޭނާ ނަމާދުކޮށްގެން އައިސް އޮފީސް ތަޅުލާނެކަމަށެވެ. ހަމްދާއެކަމަށް އެއްބަސްވިއެވެ. އޮފީހުގައި ދެމީހުން އެކަނި ތިބެ މަސައްކަތްކުރަމުންދިޔައިރު ކޭންޓީންގައި ކުރެވެމުންދިޔަ މަސައްކަތްވެސް ހުއްޓިއްޖެކަން ޔަޤީންވީ އިވެމުންދިޔަ އަޑުތަށް ކެނޑުމުންނެވެ. އޮފީހުގައި ތިބިއްޔާ ތިބި ބަޔަކު ނިކުމެއްޖެކަން ޔަޤީންވިއެވެ. ހަމައެހިނދު ހަމްދާއަށް އައީ ފޯނެކެވެ. އޭނާ ފޯނު ކަންފަތުގައި […]
ފޮޓޯ ގަނޑުގައި އިން ލިޔުންކޮޅުން ހަތަރު ވަނަ ޖުމުލަ ކިޔުނުތަނާ ޒައިން ހާސްވާން ފަށައިފިއެވެ. ވާން މިއުޅެނީ ކިހިނެތްބާއެވެ؟ ވާން އުޅޭ ގޮތެއްވެސް އިނގޭނީ ދެން ހުރި ޖުމުލަތައް ވެސް ކިޔައިގެންތާއެވެ. އެކަމަކު ދެން އިން ޖުމުލައިގެ ފުރަތަމަ އަކުރުވެސް ކިޔައިނުލެވެނީސް އެ ދޮރުގައި މީހަކު ޓަކިދޭން ފެށިއެވެ. މޫނުމަތީގައިވި ހާސްކަން އެއްފަރާތް ކޮށްލުމަށް ފަހު ޒައިން އެނދުން ތެދުވެ ގޮސް ދޮރު ހުޅުވިއެވެ. “ޝިމް. ކަމަކުތަ؟ ކޮބާ ދޮންބެ؟” ކުރިމަތީގައި ހުރި ޝިމާޔާ ފެނި ޒައިން […]