Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ވިހިވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 3, 2020 7 Mins Read
9 Comments

މަގުމަތިން ހިނގަމުން ދިޔަ ޒައިންގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިއަދުގެ ބަސްދީގަތުމަށް ފުރިހަމައަށް ޖަވާބުދެވޭނެ ކަމާމެދު މިހާރު ޒައިންއަށް ޝައްކެވެ. ޒައިންގެ ސިކުނޑިތެރޭ އެ ސިޓީ ނޫން އެހެން އެއްޗެއް ދައުރު ނުވާ ކަހަލައެވެ. އަބަދުވެސް އެސިޓީގައި ލިޔެފައިވާ ކޮންމެވެސް ޖުމުލައެއް ޒައިންގެ ސިކުނޑިތެރޭ އެނބުރެއެވެ. މި ޚިޔާލުތަކެއްގެ ތެރޭގައި ހުރެ ޒައިންއަށް ޓީވީ މޯލްޑިވްސް އިމާރާތާއި ހަމައަށް އާދެވިއްޖެއެވެ. ސިކުނޑިތެރޭ ދައުރުވަމުން ދިޔަ ޚިޔާލުތައް އެއްފަރާތްކުރަން މަސައްކަތް ކުރަމުން ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޒައިން އިމާރާތުގެ ތެރެއަށްވަނެވެ.

ޝަމީމް ހުޅުމާލޭގައި އޭނާގެ މަސައްކަތައިގެން އުޅެމުން ދިޔައެވެ. ޝަމީމްއަކީ ކަރަންޓު ވައިރު ކުރުމުގައި އެއްވަނައިގެ މީހެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ހުޅުމާލޭގައި އަލަށް ހަދަން ފަށައިފައި ހުރި އިމާރާތެއްގެ އެންމެ ފަހު މަސައްކަތެއްގެ ގޮތުން އޮތީ ކަރަންޓު ވައިރު ކުރުމެވެ. އެ އިމާރާތުގެ ބޮޑު މީހާ ބޭނުންވީ ހަމައެކަނި ޝަމީމް ލައްވައި އެކަން ކުރުވާށެވެ. ސަބަބަކީ ޝަމީމް ވަނީ ހުޅުމާލޭގައި ހަދާ ގިނަ ޢިމާރާތްތަކުގައި އެ މަސައްކަތް ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ގިނަ މީހުންނަށް ޝަމީމްގެ މޫނަކީ އާ މޫނަކަށް ނުވާނެއެވެ.

ކޮޓަރިތެރެ އެއްކޮށް އަނދިރި ކޮށްލައިގެން ރޯން އިން އަސްމާ އެންމެ ފަހުން ދޮރު ހުޅުވީ މުނީޝާ އޭނާއަށް ގޮވުމުންނެވެ. މުނީޝާ އެތެރެއަށް ވަދެ އަސްމާ ގައިގައި ބައްދައިގަނެފައި ރޯން ފެށިއެވެ. ދެން ދުވަހަކުވެސް އެކަހަލަ ގޯސް ވާހަކައެއް ނުދައްކާނެކަމަށް ބުނެ ވަޢުދުވިއެވެ. އަދި މަންމަގެ ވާހަކަތަކުގެ އެއްބައި އަޑުއެހުމަށް ފަހު ހުރިހާ ކަމެއް އަމިއްލައަށް ނިންމައިލެވުނީތީ މަޢާފަށްވެސް އެދުނެވެ. އަސްމާ ހެޔޮހިތުން އޭނާގެ ލޮލުގެ ކޮއެ ފަދަ ދަރިފުޅަށް މަޢާފް ކުރިއެވެ. އަސްމާ ޙައިރާންވީ މުނީޝާގެ ތިރީ ތުންފަތް ރަތްވެގެންގޮސް ނޫފައިގެންފައި ހުރިތަން ފެނުމުންނެވެ. އޭނާ ހަމަ އެހައި ބާރުގަދައީ ހެއްޔެވެ؟ އަމިއްލަ އަތުން ދަރިފުޅަށް އަނިޔާއެއް ދެވުމުން އަސްމާ ދެރަވެސްވިއެވެ. އެއީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކުރި ކަމެއް ނޫންކަމަށް ބުންޏެވެ. “މަންމާ! މިކަމުގަ މަންމަގެ އެއްވެސް މައްސަލައެއް ނެތޭ. މީ މަންމަ ޖެހީމަ ނޫފައިގެންފައެއްވެސް ނޫން މިހުރީ. އަހަންނަށް ތުންފަތުގަ ބާރަށް ދައިގަނެވުނީމަ އެހެން ވެފަ އެހުރީ.” މުނީޝާ އަސްމާގެ ހިތްހަމަޖެއްސޭތޯ މަސައްކަތްކުރިއެވެ. އެކަން ވަރަށް ފަސޭހައިން ކާމިޔާބުވެސް ވިއެވެ.

ރޭގަނޑުގެ ވަގުތެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ އުޑުމަތީގައި އެއްވެސް ދިރުމެއް ނެތެވެ. ކުދި ކުދި ޖަވާހިރުތަކެއްހެން ވިދައިލަ ވިދައިލައި ހުންނަ ތަރިތައް މިރޭ އުޑުމައްޗަކު ނެތެވެ. ހީވާގޮތުން ނައިޒަކްމެންގެ އާއިލާ އެ ކުރާ ހިތާމައިގައި ތަރިތައްވެސް ބައިވެރިވުމަށް ޓަކައި ފިލައި ތިބީއެވެ. ދެލޯ ކަރުނުން ފުރެންފެށުމުން އުޝާ އަވަސްއަވަހަށް ދެލޯ ފުހެލިއެވެ. މަޑުމަޑުން އެނދުން ތެދުވެ ކޮޓަރީގައި ހުރި ބެލްކަންޏަށް ނުކުތެވެ. ވިދައިލި ވިދުވަރާއިއެކު އުޝާ ސިހިގެން ދިޔައެވެ. މީހާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އުޝާ ރެއިލިންގް ގައި ހިފަހައްޓައި މަގުމައްޗަށް ބަލައިލިއެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާ މަގުމަތިން ހީވަނީ ރާސްލައިފައި އަލި ދަތުރުކުރާހެންނެވެ. އުޝާއަށް މިކަންވީ މަޖާ ކަމަކަށެވެ. އަމިއްލައަށްހުރެ ހީލެވުނީ ހިތަށް އެރި އެއްޗެއްގެ ސަބަބުންނެވެ. ކިތަންމެ މަޑުމަޑުން ހުންނަ މީހެއްކަމަކު އުޝާއަކީވެސް ލާނެތް ކުއްޖެކެވެ. މީހުންތަކުތެރޭ މަޖާކޮށް ނޫޅުނަސް އަމިއްލައަށް ހިތަށް އަރާ އެއްޗެހިން އުޝާއަށް އަމިއްލައަށް ހުރެފައިވެސް ހެވޭނެއެވެ.

އެހެން ރޭރެއާއި ޚިލާފަށް މިރޭ އަސްމާ ހުރީ ވަރަށް ހަމަޖެހިފައެވެ. ސިކުނޑިއަށް ލުއެއް ލިބިގެން ދިޔައިރު ހީވީ ކުރިން އޭނާގެ ސިކުނޑީގައި ހަރުއެއްޗެއް ތަތްކޮށްފައި ހުރިހެންނެވެ. އެހާވެސް އެ ސިކުނޑިއަށް ފަސޭހަވެގެން ދިޔައެވެ. ދެން ބޭނުންވަނީ އޭނާގެ ދޮށީ ދަރިފުޅު އޭނާގެ ކައިރިއަށް ގެނައުމެެވެ. އެކަން ކުރަން އޭނާގެ ހިތްވަރުގަދަ ފަސް ދަރިން އެބަ ތިއްބެވެ. ދެ ގެއެއްގައި ދިރިއުޅުނަސް އެއް ފަސްގަނޑެއްގައި ދިރިއުޅޭތީ ޒައިން ހޯދުމަކީވެސް އެހާ އުނދަގޫ ކަމެއް ކަމަކަށް އެމީހުނެއް ނުދެކެއެވެ.

“ކޮބާ ދެން އިއްޔެ ކިހިނެތްވީ؟” ސައިބޯން އިން ޒައިން ގާތުގައި ޝިމާޔާ އެހިއެވެ. “ހަމަ ވަރަށް ބަރާބަރު. ހިއެއް ނުކުރަން އެހާ ފަސޭހައިން ސުވާލުތަކަށް ޖަވާބުދެވިދާނެކަމަކަށް. އަސްލު އިއްޔެ ކުޑަ ކަމަކާ ވަރަށް ހާސްވެގެން ހުރެ ދިޔައީވެސް. އެކަމު އަލްޙަމްދުލިއްﷲ އެއްވެސް އުނދަގުލެއް ނުވޭ.” ޒައިން ބުންޏެވެ. ޙަޤީޤަތުގައި ވެސް ޒައިން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ހީނުކޮށް ހުއްޓައި އިއްޔެގެ ބަސްދީގަތުން އެހައި ފުރިހަމަ ކަމާއި އެކު ކުރިއަށް ދިޔައީމައެވެ. “ސައުންޑްސް ގުޑް. ދެން ކޮން ދުވަހަކުން ގުޅާނީ އެމީހުން؟” ފެންތަށިން ކޯވަރެއް ބޮއެލަމުން ޝިމާޔާ އެހިއެވެ. “ވަރަށް އަވަހަށް ގުޅާނެކަމަށް އެމީހުން ބުނީ. އިރާދަކުރެއްވިއްޔާ އަހަންނަށް މި ވަޒީފާ ލިބޭނެ… ޝިމް ސައިނުބޮންތަ؟” ޝިމާޔާ އެއްވެސް އެއްޗެއް ނުކައި އިނުމުން ޒައިން އެހިއެވެ. “ނޫން މިގަޑީގަ ދެން އެހާ ކާހިތެއް ނެތް. ތަންކޮޅެއް ފަހުން ދެން ސައިބޯނީ.” ޝިމާޔާ ބުންޏެވެ. ޒައިން ސައިބޮއެ ނިމެންދެންވެސް ދެމީހުން ތިބީ ވާހަކައިގައެވެ. ޒައިން ސައިބޮއެ ނިމިގެން ތެދުވިތަނުން ގޭބޮޑުދޮރުގައި ޓަކިޖެހި އަޑު އިވުނެވެ. ޝިމާޔާ ގޮސް ދޮރު ހުޅުވުމާއިއެކު ޝަމީމް އެތެރެއަށްވަނެވެ. ޝަމީމްގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުރުމުން ޝިމާޔާ އެންމެ ފުރަތަމަވެސް ޝަމީމްއަށް ފިނިފެންތައްޓެއް ގެނެސްދިނެވެ. އަދި އެއަށްފަހު ބަދިގެއަށް ދިޔައީ ޝަމީމް އަށް ސައި ހަދައިދޭށެވެ.

ކޮޓަރިއަށް ވަތްގޮތަށް އެންމެ ފުރަތަމަވެސް ޒައިން އޭނާގެ ފޯނު ނަގައި އާރިފްގެ ނަމްބަރަށް ގުޅައިލިއެވެ. “ބްރޯ ކޮބާ އެ ކީމުތަ؟” ފޯނު ނެގުމާއިއެއްކޮށް އެންމެ ފުރަތަމަވެސް އާރިފް ކޮށްލީ ސުވާލެކެވެ. “އާނ ކީމު އޭތި. ވަރަށް ދެރަވި އަސްލު. އަހަންނަށް އަހަންނަކީ ކާކުކަންވެސް މި އެނގުނީ ދުނިޔޭގަ އުޅިބޮޑުވިތާ ތިރީސް ހަތަރު އަހަރު ފަހުން. އަޖައިބުވެ އަންތަރީސްވެފަ ކޮންމެއަކަސް އަހަރެން މިހުންނަނީ…. ބްރޯ ކޮންތަނަކުންތަ އެ ކަރުދާސްގަނޑެއް ހޯދީ؟” ޒައިންވެސް އޭނާ ދައްކަން ބޭނުންވި ވާހަކަ ދެއްކުމަށްފަހު އޭނާގެ ހިތުގައި އުފެދުނު ސުވާލު ކޮށްލިއެވެ. “އަހަރެން ބައްޕަ ބުނެގެން އެ ދުވަހު ދިޔައީ ޒައިން އުޅުނު ގެއަށް ފޮތިގަނޑެއް ބަލައި. ހަމީދާ ދައްތަ ކޮޓަރި އަލަމާރިތެރޭން އެ ފޮތިގަނޑު ނެގި ތަނުން އަހަންނަށްވެސް ފެނުނީ. އަހަރެން އޮންނާނެ އަދިވެސް އެ ކަރުދާސްގަޑު ފޮރުވާފަ.” އާރިފް ބުންޏެވެ. “ރަނގަޅު. އަހަރެން ދުވަސްކޮޅަކުން ރަށަށް ޖައްސައިލާނަން. އަހަރެން ދިޔައީމަ ތި ކަރުދާސްގަނޑު ދޭތި އަހަރެން އަތަށް. އޭރުން އަހަރެން އޭތި އަހަރެންގެ މަންމައަށް ދޭނަން.” ޒައިން ބުންޏެވެ. އާރިފް އާނއެކޭ ބުނެ ފޯނު ކަނޑައިލިއެވެ. ފޯނު އެނދުމަތީ ބޭއްވުމަށްފަހު ދެލޯ މަރައިލަމުން އެނދުގެ ހެޑްބޯޑުގައި ޒައިން ލެނގިލިއެވެ. ކަމެއް ހަނދާންވި ފަދައަކުން ޒައިން އޭނާގެ ދެލޯ ހުޅުވައިލިއެވެ. އަދި ފޯނު ނަގައި ގެލެރީއަށްވަދެ ނައިޒަކް ގެ އުފަންދުވަހު ނަގައިފައި ހުރި ފޮޓޯތައް ބަލަން ފެށިއެވެ. އެންމެ ފަހަށް އިން ފޮޓޯ ފެނުމުން ޒައިންގެ ދެލޯ ފެންކަޅިވިއެވެ. ޒައިން އާއި ޝަމީމް އާއި ނައިޒަކްގެ ފަހަތުގައި އަސްމާ ރީތި ހިނިތުންވުމެއްގައި ދުރުބަލަހައްޓައިގެން އިން އެ ފޮޓޯއިން އެކަނިވެސް އަސްމާގެ މައުސޫމްކަން ޒައިންއަށް ފެނުނެވެ. “މަންމާ. އިންޝާﷲ އަހަރެން މަންމަ ކައިރިއަށް ވަރަށް އަވަހަށް ދާނަން. މަންމައާ ދުރުގަ މިއޮތް ހުރިހާ ދުވަހު އަޅުގަނޑަށް އުޅެވުނީތީ މާފުކޮށްދެއްޗޭ.” އަސްމާ ވަކިން ފެންނަ ގޮތަށް އެ ފޮޓޯގަނޑު ޒޫމްކޮށްލައި ފޯނުގެ ސްކްރީނުގައި ފިރުމައިލަމުން ޒައިން ބުންޏެވެ.

ބެލްކަންޏަށް ޖެހޭ ހިތްގައިމު ވައިރޯޅިން ނައިޒަކް އަރާމް ލިބިގަންނަން ހުރި ކަހަލައެވެ. ޖެހޭ ފިނިފިނި ރޯޅިވަޔާއިއެކު ނައިޒަކްގެ ދެލޯ މެރިގެންދެއެވެ. އިސްތަށިގަނޑު ވެސް އެގޮތްމިގޮތަށް ވަޔާއިއެކު ވިހުރެނީއެވެ. ވައިބާރު ދުވަހެއްކަމުން ނައިޒަކް އެންމެ ބޭނުންވީ އަތިރިމައްޗަށް ދާށެވެ. ނަމަވެސް މާލޭގައި އޭނާ އެހައި ހިތްހަމަޖެހޭކަހަލަ ބީޗެއް ނުހުރެއެވެ. ރާއްޖެތެރޭގެ ރަށަކަށް ދިއުން މިއަދު މާ ބުއްދިވެރިއޭ ނައިޒަކްގެ ހިތަށް އެރިއެވެ. ނައިޒަކް ހިތްފުރޭވަރުވީ ކަންނޭނގެއެވެ. ބެލްކަނީގައި ހުރި ގޮނޑީގައި އިށީންދެލައި ސޯޓުގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި އޭނާ އަބަދުވެސް ކުޅޭ ގޭމުކަމަށްވާ ޓޫން ބްލާސްޓް އަޅުވައިލިއެވެ. އެ ގޭމްގެ މިއުޒިކްވެސް ނުފެށެނީސް ޝަމީމް ގުޅަން ފަށައިފިއެވެ. ނައިޒަކް އައި ރުޅިން ފޯނު ހޫރައިލައިފާނަމޭވެސް ހިތަށް އެރިއެވެ. ޝަމީމް އަބަދުވެސް ގުޅާނީ ނައިޒަކް ފޯރިގަދަ ގޭމެއް ކުޅެން ފައްޓާ ތަނުންނެވެ. “ޝައްމު ހަމަ އަހަރެން ގަނޑަކަށް އަރަން ރެޑީވާގަޑީ ތި ގުޅަނީ ކޮންމެފަހަރަކުވެސް.” ނައިޒަކް އެންމެ ފުރަތަމަވެސް ޝަކުވާ ކޮށްލިއެވެ. “ހެހެ. ޕަބްޖީވެސް ކުޅެން ފެށީތަ މިހާރު؟” މަޑު ހުނުމަކާއިއެކު ޝަމީމް އެހިއެވެ. “ނޫނޭ ދެން ޝައްމުއަށްވެސް އެނގެއެއްނު މަ އެކަހަލަ ގޭމް ނުކުޅޭނެކަން. އަހަރެންގެ ޕަބްޖީއަކީ ޓޫން ބްލާސްޓްއޭ.” ނައިޒަކް ބުންޏެވެ. ދެމީހުން ވާހަކަދައްކަން ތިބެފައި އެންމެ ފަހުން ފޯނު ބޭއްވީ އެދުވަހު ހަވީރު ބައްދަލުކުރަން ގަޑި ކިޔައިފައެވެ.

ހަވީރުގެ ވަގުތެވެ. ވައިބާރު ކަމުން މަގެއްގެ މަތިން ހިނގޭ ވަރެއްވެސް ނުވެއެވެ. ހީވަނީ ދެންމެ ދެންމެ ވަޔާއިއެކު މައްޗަށް އަރައިފާނެހެނެވެ. ދެލޯވެސް ހުޅުވެނީ ކިރިޔަ ކިރިޔާއެވެ. ނައިޒަކް އަށް އެ ހުރިހާ އުނދަގުލަކުން ސަލާމަތްވެވުނީ ސިޓްރޯނަށް ވަދެވުމުންނެވެ. ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު ހޭވިފައި އޮތް އިސްތަށިގަނޑު ރީތިކުރަމުން ނައިޒަކް ސިޑިން މައްޗަށް އަރަން ފެށިއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއް ކައިރީ އިން ޝަމީމް ފެނި ނައިޒަކް އެދިމާލަށް ދިޔައެވެ. “ޒައިން ބުނި އިއްޔެ ޝައްމު ހުޅުމާލެ ދިޔަ ވާހަކަ. އެ ކޮންކަމަކުއޯ؟” ޝަމީމް އަށް ކުރިމަތިވާ ގޮތަށް އިން ގޮނޑީގައި އިށީންނަމުން ނައިޒަކް އެހިއެވެ. “އެ ދެން ހަމަ އިމާރާތެއްގެ ވައިރު މަސައްކަތް ކޮށްލަންވެގެން.” އަތުގައި އޮތް ފޯނު ބާއްވައިފައި ޝަމީމް ބުންޏެވެ. އިރުކޮޅެއްނުވެ ވެއިޓަރު އަތުވެއްޖެއެވެ. ދެމީހުންވެސް އޯޑަރު ކުރީ ފިނި ބުއިމަކަށެވެ. ދެ އެކުވެރިން ވާހަކަދައްކަން ތިއްބައި ޝަމީމްގެ ފޯނު ރިންގްވާން ފެށިއެވެ. “ކީކޭ ޝިމް…. ކުއްޖަކާ އެކީ ޑޭޓަކަށް އައިސް މީނީ.” ޝަމީމް ބުނި ވާހަކައަކުން ނައިޒަކް ޝަމީމް އާއި ދިމާލަށް ދެލޯ އަޅައިލިއެވެ. “ހެހެހެހެ.. ހަމަ އެހާވަރަށް ބުނެލީމަވެސް މި ނައިކު.. ހަަހަހަ.. ޝިމް. ދޮންބެ މީނީ ނައިކުއާ އެއްކޮށް ސިޓްރޯންގަ. ދާނަން އިނގެ ވަރަށް އަވަހަށް ގެއަށް.” ޝަމީމް އެހެން ބުނެ ފޯނު ކަނޑައިލިއެވެ. “ޝައްމު ޖެހޭތަ އެކަހަލަ އެއްޗެހި ބުނަން.؟” ޓިޝޫ އަޅައިފައި ހުރި ތަށިން ޓިޝުލެއް ނަގައި ޝަމީމް އާއި ދިމާލަށް އެއްލަމުން ނައިޒަކް ބުންޏެވެ. “ޔާރައްބި. ނައިކު ކޮންއިރަކު އަންހެން ކުއްޖަކަށްވީ؟ ހާދަ ލަދުގަނެފައޭ ތީނީ.” ޝަމީމް ނައިޒަކް އަށް ޖެއްސުމަށް ބުންޏެވެ. ނައިޒަކް ދުރު ބަލައިލިއެވެ. މީހަކު އެކަހަލަ އެއްވެސް ވާހަކައެއް ދައްކައިފިއްޔާ ނައިޒަކް އަކީ އަބަދުވެސް ލަދުގަންނަ މީހެކެވެ. އެކަހަލަ ވާހަކަދެއްކުމުން އޭނާ ލަދުގަންނަ ސަބަބެއް އެއްގޮތަކަށްވެސް އޭނާ އަކަށް ނޭނގެއެވެ.

“ކޮބާ ޒައިންބެ؟” ރެސްޓޯރެންޓުން ނުކުންނަމުން ނައިޒަކް ޝަމީމް ގާތުގައި އެހިއެވެ. “ޒައިންބެޔޭ؟ ޒައިން ކޮންއިރަކު ނައިކުގެ ބޭބެއަކަށްވީ؟” ނައިޒަކް ބުނި އެއްޗަކުން ޝަމީމްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ޔެސް ޝައްމު. ހީ އިސް ރިއަލީ މައި ބްރަދަރ. ބްރަދަރ އޮފް ފައިވް އޮފް އަސް.” ނައިޒަކް ބުންޏެވެ. “ތިބުނީ ނައިކު އާ ނައިކުގެ ބޭބެއާ ދައްތައާ ކޮއްކޮމެންގެވެސް ބޭބެއޭތަ ޒައިންއަކީ؟” ޝަމީމް އިތުރަށް ޔަޤީން ކުރުމުގެ ގޮތުން އެހިއެވެ. ނައިޒަކް މަޑުމަޑުން ބޯ ޖަހައިލިއެވެ. “އެކަމަކު ކިހިނެތް؟” ޝަމީމް އަށް އަދިވެސް ހުރީ ޤަބޫލުނުކުރެވިފައެވެ. “ހެހެ.. ހިނގާބަލަ ރަސްފަންނަށް. އަހަރެން ކިޔައިދޭނަން.” އެކިއެކި ވާހަކަ ދައްކަމުން ދެ ޒުވާނުން ވެސް ގޮސް ރަސްފަންނަށް ވަނެވެ. ދެ ޒުވާނުން ވެސް ރަސްފަންނުގައި ހުރި އުނދޯލީގައި އިށީނެވެ. “ހްމްމް. ދެން ކިޔާބަލަ.” ދުރަށް ނަޒަރު ހިންގައިލަމުން ނައިޒަކް ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި ހުރިހާ ވާހަކައެއް އަކުރުން އަކުރަށް އެންމެ ތަންފުކެއްވެސް އުނިނުކޮށް ކިޔައިދިނެވެ.

ނައިޒަކް ގެ ވާހަކަތައް އަޑުއަހައިފައި ޝަމީމް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ނައިޒަކް އާއި ޒައިން ވައްތަރުވިޔަސް މިހެން ވެދާނެކަމަކަށް ޝަމީމް އެއްގޮތަކަށްވެސް ހިއެއްނުކުރެއެވެ. “އަހަރެން މިރޭ ޒައިންއާ ވާހަކަދައްކަންވީ ދޯ. އޭނަ އެބައުޅޭ ވަޒީފާއަކަށް ކުރިމަތިލައިގެން މިހާރު.” ޝަމީމް ބުންޏެވެ. “އަސްލު؟ ކޮން ވަޒީފާއެއް؟” ލިބުނު އުފަލުން ނައިޒަކްއަށް އެއް ނޭވާއިން ސުވާލުކުރެވުނެވެ. “ޓީވީ މޯލްޑިވްސްގެ ޕްރެޒެންޓަރަކަށް.” ޝަމީމް ބުންޏެވެ. ދެ އެކުވެރިންވެސް އެދުވަހު އިރު އޮއްސެންދެން ތިބީ ރަސްފަަންނުގައެވެ. ބަންގި ގޮވުމުން ދެ އެކުވެރިންވެސް މިސްކިތަށް ދިޔައެވެ.

މަޣްރިބް ނަމާދުކުރުމަށްފަހު ޒައިން އިނީ ޤުރްއާން ކިޔަވާށެވެ. ހިތްހަމަޖެހޭވަރަށް ޤުރްއާން ކިޔަވައިލެވުމުން ފޯނު ބާއްވައިފައި ސިޓިންގްރޫމަށް ނުކުތެވެ. އޭރު ޝަމީމް ގެއަށް ވަންނަނީއެވެ. “ޒައިން. ޒައިން ތީ ފަސްކުދިންގެ ބޭބެއެއް ދޯ!” އިތުރު ވާހަކައަކަށް ނުގޮސް ޝަމީމް ދިޔައީ ހަމަ ސީދާ މަޢުޟޫއަށެވެ. ޒައިން ހިނިތުންވެލައިފައި ބޯ ޖަހައިލިއެވެ. “އަހަރެން ވަރަށް އުފާވޭ އަހަންނަށް އަހަރެން މީ ކާކުކަން އިނގުނީމަ. އަދި އިއްތިފާގުންވެސް އަހަންނަށް އަހަރެންގެ ކޮއްކޮ އަކާ އެކީގަ އުޅެވިފަތާ ހުރީ.” ޒައިން ސޯފާގައި އިށީންނަމުން ބުންޏެވެ. ޝަމީމް ވެސް ހުރީ ޒައިން އެ އަނދިރިގަނޑުން ސަލާމަތްވުމުން އުފާވެފައެވެ. ހެޔޮއެދޭ އެކުވެރިއަކަށް ހެޔޮގޮތެއް މެދުވެރިވުމުން އުފާނުވާނީ ފަހެ ކާކުހެއްޔެވެ؟

އޭގެ އަނެއްދުވަހެވެ. ކޮފީ ބޯން އިން ޒައިންއަށް ފުންމައިގެން ތެދުވެވުނީ ޓީވީ މޯލްޑިވްސްއިން ގުޅައިފައި ދިން ޚަބަރަކުންނެވެ. “ޔެސް.” ފޯނު ބާއްވައިފައި ޒައިން އަޑަށް ބާރުލައިފައި ބުންޏެވެ. “ޒައިން؟ ކިހިނެތްވީ މާވަރަކަށް މަތި ބަލާފަ ދެކޮޅަށް ދެކޮޅަށް ތި ހިނގަނީ؟” ކޮޓަރިން ނުކުތް ޝިމާޔާއަށް ޒައިން އުޅުނުގޮތް ފެނި އަހައިލެވުނެވެ. ހީވަނީ ބޮޑު އުފަލެއް ލިބިގެން އުޅޭހެންނެވެ. “އަލްޙަމްދުލިއްﷲ. ޝިމް. އަހަންނަށް ވަޒީފާ ލިބިއްޖެ. ހަފްތާއެއް ފަހުން ނުކުންނަންވީ ވަޒީފާއަށް.” ޝިމާޔާގެ ދެ އަތުގައި ހިފައިލަމުން ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން އިނދެ ޒައިން ބުންޏެވެ. “އަސްލުވެސްތަ؟ ވާއު! ދެން ޒައިން ފެންނާނީ ޓީވީއަށް އަރައި އިންދަ ދޯ. ޝިމާޔާވެސް ލިބުނު އުފަލުން ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ. ޒައިން ޔެސް އޭ ބުނެ ޝިމާޔާގެ ކޮލުގައި ހިފައިލިއެވެ. “އައުޗް.” ތަދުވާކަމަށް ހެދެމުން ޝިމާޔާ ބުންޏެވެ. ޒައިން ނުވާކަމަކަށް ހަދައިލައިފައި ބޯ ކަހަން ހުއްޓެވެ. ޝިމާޔާ ބަދިގެއަށް ދިޔައީ ޒައިންގެ އަތުގައި ވިކައިގަނެފައެވެ.

ޒައިން އެ ޚަބަރު ޝަމީމްއަށް ދިނުމުން ޝަމީމްވެސް ހީވީ އެހެން ފަދަ ކަމެއް ވެގެންް އުޅޭހެންނެވެ. ގާތް މީހަކު އެގޮތަށް ޓީވީ ސްކްރީނުން ފެނުމުން ކުރެވޭނީ ބުނެދޭން ނޭނގޭ ކަހަލަ އިޙުސާސެކެވެ. ޝަމީމްއަށް އިންތިޒާރުކުރެވެމުން ދިޔައީ ޒައިން ޓީވީ ސްކްރީނުން ފެންނާނެ ދުވަހަކަށެވެ. ޝަމީމް އެ ޚަބަރު ނައިޒަކް އަށް ދިނުމުން ނައިޒަކް ގޭ މީހުން ގާތުގައި އެ ވާހަކަ ބުންޏެވެ. އެކަމާ އެންމެ އުފާވި އެކަކަށް ހަމަ ގައިމުވެސް އަސްމާ ވާނެއެވެ. “އެހެންވީމަ ޒައިންބެއަކީ ހަމަ ލައޮނެލް މެސީ ކަހަލަ މީހެކޭ ދޯ. ކުޑައިރު ނިކަމެތި ޙާލުގައި އުޅެފަ މިހާރު އެންމެންގެ ތެރޭގަ މަޝްހޫރު މީހެއް.” ރިޝާނާ ބުންޏެވެ. އެންމެން ވެސް މަޑު ހުނުމަކާއިއެކު ރިޝާނާގެ ވާހަކައަށް އެއްބަސްވިއެވެ. އަސްމާ އަށް އިންތިޒާރުކުރެވެމުން ދިޔައީ ޒައިން އޭނާ ކައިރިއަށް އަންނާނެ ދުވަހަކަށެވެ. އޭނާގެ ދަރިން ވެސް އެ ތިބެނީ އެ ދުވަހަކަށް އިންތިޒާރުކޮށްލަ ކޮށްލައެވެ.

ޝިމާޔާ ބުނެގެން އެދުވަހު މެންދުރު ކުކުޅު ހަދަން ބޭނުންވާ ސާމާނު ގަންނަން ޒައިން ފިހާރައަށް ދާން ހިނގައިގަތެވެ. މަގުގެ އެއްފަރާތުން ޒައިން ހިނގަމުން ދިޔައިރު އެތައް ބައެއްގެ ނަޒަރު ޒައިންއަށް ހުއްޓެމުން ދިޔައެވެ. ކިތަންމެ އާދައިގެ ގޮތަކަށް ހުއްޓަސް ޒައިން ހުންނަނީ މޮޑެލްއެއްހެންނެވެ. މިކަމުން ޒައިންއަށް ވަރަށް ގިނަ މީހުން ތަޢުރީފުވެސް ކުރެއެވެ. އެއިން ކޮންމެ ތަޢުރީފަކަށް ޒައިން ހަމައެކަނި ހިނިތުންވެލަނީއެވެ. މީހުން ކުރާ ތަޢުރީފު ތަކަށް ހެއްލުމަކީ ޒައިންގެ ކަށީގައި ހިފާފައި ހުންނަ ކަމެއް ނޫނެވެ.

އޮރެންޖް މާޓް ހުރީ ޒައިން ހުރި ފަރާތް ނޫން އަނެއް ފަރާތުގައި ކަމުން ޒައިންއަށް މަގު ހުރަސް ކުރަން ޖެހުނެވެ. މަގުމަތި ތޮއްޖެހިފައި އޮތުމުގެ ސަބަބުން ޒައިން މަޑުކޮށްލައިގެން ހުއްޓެވެ. މަގުމަތިން ދުއްވާ އެއްޗެހި މަދުވާނެ އިރަކަށް އިންތިޒާރު ކޮށްލަ ކޮށްލައި ޒައިން ހުއްޓެވެ. މަގު ހުރަސްކުރަން ލިބުނު ދަނޑިވަޅުގައި ޒައިން އަވަހަށް މަގު ހުރަސް ކުރުމަށްޓަކައި ހިނގައިގަތެވެ. ޒައިން ކުއްލިއަކަށް ހުއްޓުން އެރީ އޭނާއާއި ދާދި ގާތުން ޕިކަޕެއް ބަރުގޮނުއެޅި އަޑު އިވިފައެވެ. ދެލޯ މަރައި ބާރުކޮށްލެވުނީ އޭނާގެ ނިމުންއައީކަމަށް ހިތަށްއެރުމުންނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ތީ އޭ އުފަލަކީ…(1)

Next

ސިއްރެއް 8

Next
April 3, 2020

ސިއްރެއް 8

Previews
April 3, 2020

ތީ އޭ އުފަލަކީ…(1)

9 Comments!

  1. Yanaa says:
    April 3, 2020 at 2:35 am

    Varah Varah reethi ?????
    maa sha Allah❤❤❤❤❤❤❤❤
    waiting for the next part❤❤❤

    1. Dhonthy says:
      April 3, 2020 at 2:17 pm

      Thank you so much Yanaa❤️❤️❤️??❤️❤️?? yes dear keep waiting. Insha Allah next part will be uploaded soon

  2. Dhonthy says:
    April 3, 2020 at 7:43 am

    Salaam all readers. Here is the twentieth episode of this story. Unmeedhukuran hurihaa kiyuntherinnau es kamudhaanekamau. Zain au bodu kameiy vaan ulheneebaa dhw? Enjoy reading and leave a comment. Everybody stay safe at home and always follow the instructions given by WHO and the hospitals. Love you all❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️

  3. malsamalkkomal says:
    April 3, 2020 at 1:11 pm

    what what waht..Noo dhonthy. zain ah gotheh nuhadhahchy..waiting waiting..avahah up kohladheythi

    1. Dhonthy says:
      April 5, 2020 at 2:16 pm

      Zain akau nuhadhan ehves gotheiy. Hehe. Zain is safe ???

  4. Thiththa Faa says:
    April 3, 2020 at 9:56 pm

    ❤️

    1. Dhonthy says:
      April 4, 2020 at 10:41 am

      ❤️

  5. taetae says:
    April 5, 2020 at 6:11 pm

    wooowwwww…….vvvvvvv reethi…

    1. Dhonthy says:
      April 5, 2020 at 8:29 pm

      Thank yooooooo so much taetae

Comments are closed.


All Right Reserved!