Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތް ކަލާޔަށް އެދޭތީ..3 (އެޑިޓް ކުރެވިފައި)

Cherrychoppers Level 3100 Login10 Stories100 Comments
April 21, 2020 One Min Read
8 Comments

މަޑު ހިނގުމެއްގައި އިވްރާއާއި ނަވާގޮސް ހުއްޓިލީ އާދަައިގެ ގޮތަކަށް

ހަދައިފައި ހުރި ގެއެއްގެ ކުރިމަށްޗަށްށެވެ. އޭރު އެގޭ ދޮރުމަތީގައި

ގުދަށް އޮވެގެން ކުނިކަހަން މެދު އުމުރުގެ އަންހެނެއް އޮތެވެ.”މަންމާ”

އެއަންހެންމީހާ އާއި ދާދި ގާތުގައި ހުއްޓެމުން އިވްރާ ގޮވާލިއެވެ.

އެއަޑަށް ކުނިކަހަން އޮތް ނަސީފާ ތެދުވެ ހިންދެމިލިއެވެ. ކުރިމަތީގައި

ހުއްޓިހުރި ޒުވާން އަންހެން ދަރިފުޅަށް އޭނާ ބަލައިލީ ލޯބިން ފުރިގެންވީ

ނަޒަރަކުންނެވެ.”ހުއްނާނެ ސައި ހަދާފައި..ދޭ އަވަހަށް ނަވާއާއި ދެކުދިން

ސައިބޯން”. އިވްރާގެ ބުރަކަށީގައި ފިރުމައިލަމުން ނަސީފާ ބުނެލިއެވެ.

ކަރުނަވީ ލޮލަކުން އިވްރާ ދިޔަ ދިމާލަށް ނަސީފާއަށް ބަލައިލެވުނީ

މިއަދު ފުރަތަމަފަހަރަށް އެދަރިފުޅާއި ވަކިވާކަމުގެ އިހުސާސް

ކުރެވުމުންނެވެ. ސައި ބޮއެގެން އިވްރާ ކޮޓަރިއަށް ދިޔައީ ފުރުމުގެ

ކުރިން ތައްޔާރު ވުމުށްށެވެ. ގަޔަށްދޫ ކަޅު އަބާޔާއަކާއި ހަމަ އެކުލައިގެ

ޝޯލް އަކުން ބޯ ފޮރުވައިލިއެވެ. ތުންފަތުގައި މަޑު ލިޕްގްލޮސް އެއް

ހާކައިލުމަށްފަހު އިވްރާގަޔަށް ސެންޓު ބުރުވައިލިއިރު ކޮޓަރީގެ ދޮރު

ހުޅުވައިލާފައި ނަވާ ވަންނަނީއެވެ.”ހިނގާ އަވަހަށް…ލާންޗް އަންނަ

ގަޑި ޖެހެނީ..” އިވްރާއާއި ދާދި ގާތުގައި ހުއްޓެމުން ނަވާ ބުނެލިއެވެ.

އަދި އިވްރާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލައިލިއެވެ.” ވާއޫ..

މާޝާ ﷲ” ނަވާގެ ދުލުން އެ ބަސްތައް ނުކުތީ ބޭއިހުތިޔާރުގައެވެ.

އަތުގައި އޮތް ކަޅުކުލައިގެ އަތްދަބަހުން ނަވާގެ ގައިގައި މަޑުމަޑުން

އިވްރާ ޖަހައިލިއެވެ. ބަނދަރާއި ހަމައަށް ދެވުމާއި އެކު އިވްރާ ނަސީފާގެ

ގައިގައި އޮޅުލައިގަތެވެ. ފުރަތަމަ ފަހަރަށް މަންމަ އާއި ބައްޕަ ދޫކޮށްލައިފައި

ދާންވުމުން އިވްރާއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ. އިލްހާމް ވެސް

އިވްރާގެ ބޮލުގައި ފިރުމައިލުމަށް ފަހު އެ ދަރިފުޅުގެ ނިތްކުރިއަށް ބޮސް

ދިނެވެ.”ދަރިފުޅާ އިވްރާ..ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރު ކުރަން..ދޮންތިގެ

ބަސްއަހައިގެން އުޅޭތި..ނަމަ ނަމަ ދޮންތި ޖެހުނެކަހަލަ ކެއްސެއްގައި

ދަރިފުޅު ނުޖެހޭތި..” އިލްހާމްގެ އަޑުބެދުނީ ދޮށީ ދަރިފުޅުގެ ހަނދާން ތައް

އާވާން ފެށުމުންނެވެ. އިވްރާ ވެސް ފެންކަޅިވެގެން ދިޔައީ މާޒީގައި

ދޮންތައާއި އެކު ހޭދަކުރި އުފާވެރި ދުވަސްތައް ހަނދާންވުމުންނެވެ.

އެދެކުދިން އެކަކުއަނެކަކު ދެކެ ވީ ލޯތްބެވެ،އަޅާލި އަޅާލުމެވެ. އެއަށްފަހު

ހިތްދަތި ގޮތަކަށް ދެމީހުން ވަކިވި ގޮތެވެ. ހިންދިރުވައިލަމުން އިވްރާ

ބޯޖަހައިލީ ބައްޕަގެ ވާހަކަތަކާއި އެއްބަސްވުމުގެ ގޮތުންނެވެ. އެވަގުތު

ނަވާ އަތުގެ އިޝާރާތުން ތަންކޮޅެއް ދުރުގައި ހުރި ރުކެއްގައި ލެނގިލައިގެން

ހުރި ޒުވާނަކު ދައްކައިލިއެވެ. އިވްރާގެ ދޮން މޫނު ރަތްވެގެން ދިޔައިރު

ނަސީފާއާއި އިލްހާމުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނަވާ

ބޯޖަހާލުމުން އެދިމާލަށް ދާން އިވްރާއަށް އިށާރާތް ކޮށްލިއެވެ.އެއާއި އެކު

މަޑު ހިނގުމެއްގައި އިވްރާ ކުރިއަށް ހިނގައިގަތް އިރު އޭނާގެ ހަތަރެސްފައި

ފިނިވަމުންދިޔައެވެ.އިވްރާ ގޮސް އެޒުވާނާއާއި ތިންފޫޓު ދުރުމިނެއްގައި ހުއްޓެލި

އެވެ. އޭރު އެޒުވާނާ ހުރީ ކަޅިޖަހައިނުލާ އިވްރާއަށް ބަލަހައްޓައިގެންނެވެ.

“ޔާން” އިވްރާ ގޮވައިލުމުން ހޭވެރިކަންވީ މީހެއްފަދައިން ނިޔާން ދެފަރާތަށް

ބޯހޫރުވައިލަމުން ހިނިތުންވެލިއެވެ. އަޅިކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ

ޖީންސްއެއްގައި ނިޔާން ހުރިއިރު ބަލައިލަން ހިތްގައިމުގޮތެއް ހުއްޓެވެ.

އިވްރާއާއި ދިމާލަށް އެއްފިޔަވަޅު އަޅައިލަމުން އިވްރާގެ މަޑުމަޑު އަތުގައި

ހިފާލަމުން ނިޔާން ވާހަކަ ދައްކަން ފެއްޓިއެވެ.”އިވީ އިވީގެ ކޮންމެ ޑެޒިޝަން

އަކަށް ޔާން ރެސްޕެކްޓު ކުރާނަން، އިވީ ޔާންގެ ހަޔާތަށް އަންނަން ބޭނުން

ވަނީ އިވީގެ ކިޔެވުން ނިއްމައިފައި ކަމަށް ވަނީނަމަ އޭގައި ޔާންގެ އެއްވެސް

ޝަކުވާއެއް ނެތް…އަބަދުވެސް ޔާން އިވީއަށް އިންތިޒާރުކުރާނަން..” އިވްރާ

ހިނިތުންވެލަމުން ބޯޖަހައިލިއެވެ. “އައިވިލް މިސްޔޫ ޔާން” ސީދާ ނިޔާންގެ

ދެލޮލަށް ބަލަހައްޓައިގެންހުރެ އިވްރާ ވާހަކަދެއްކިއެވެ francepharmacie.fr. “އައިވިލް މިސްޔޫ

މޯރ އެންޑް އައިލަވް ޔޫ” ވައި އަޑަކުން ނިޔާން އެހެން ބުނެލުމަށްފަހު

އިވްރާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އިވްރާގެ ނިތްކުރީގައި ލުއި

ގޮތަކަށް ބޮސްދިނެވެ.ނިޔާންގެ ތުންފަތުގެ ބީހުން އޭނާގެ ނިތްކުރިޔަށް

އިހުސާސްވުމާއި އެކު އިވްރާ ދެލޯ މަރައިލިއެވެ. “އެހެމްމްމްމް އެހެމްމް..

ލަވް ބާރޑްސް ދެން ރޮމޭންސް ހުއްޓާލައިފައި ދާން ހިނގާ..އެއޮށް

އައީ ލާންޗް..” ނަވާ ކުދިކިޔައިލިއެވެ. އިވްރާ ބޯޖަހައިލިއިރު ނިޔާންގެ

ނަޒަރު ހުއްޓިފައިވީ އިވްރާއާއި އޭނާގެ ޖޯޑު ކުރެވިފައިވި އަތަށްށެވެ.

އިވްރާގެ އަތް މަޑުމަޑުން އޭނާގެ އަތުން ދޫވެގެން ދިޔުމާއިއެކު ނިޔާން

އޭނާގެ އަތް މުއްކަވާލިއެވެ.ނޭނގޭ ނުތަނަވަސްކަމެއް އޭނާ ވަށައިލީ

ކީއްވެކަމެއްވެސް ނޭނގުނެވެ. އޭނާގެ އަތުން އިވްރާ ބީވެގެންގޮސްފާނެ

ކަމުގެ ބިރުހީވާން ފެށިއެވެ. ބޯހޫރައިލަމުން އިވްރާ ދިޔަ ދިމާލަށް

ބަލައިލިއިރު އިވްރާ ފަހަތްބަލައިލަމުން ސިއްރުން ނިޔާން އަށް ހަނާ

އަޅައިލަނީއެވެ.ނިޔާންވެސް ހިނިތުންވެލަމުން އިވްރާއަށް ހަނާ އަޅައިލީ

މާޔޫސްވެފައިވި ހިތަކާއިއެކުގައެވެ.

“ނުނިމޭ”

 

Share Article

Follow Me Written By

Cherrychoppers

Level 3100 Login10 Stories100 Comments

Other Articles

Previous

ތާރާ-5

Next

މަޢާފް – ނަވާވީސްވަނަ ބައި

Next
April 21, 2020

މަޢާފް – ނަވާވީސްވަނަ ބައި

Previews
April 21, 2020

ތާރާ-5

8 Comments!

  1. Anonymous says:
    April 21, 2020 at 10:50 am

    Vvvvv reethi mi part ves..
    Waiting for the next part…..

    1. Cherrychoppers says:
      April 21, 2020 at 7:41 pm

      Jazaakillah khairan ❤❤ ??

  2. LAZY_QUEENY says:
    April 21, 2020 at 3:25 pm

    Vvvv reethi mi part vx.. Whn is next part… Curiously waiting for next part ngey ??????

    1. Cherrychoppers says:
      April 21, 2020 at 7:42 pm

      Jazaakillah khairan.. insha allah maadhama next part up kureveyne ❤❤❤

  3. Cherrychoppers says:
    April 21, 2020 at 9:36 pm

    Sorry for making you guys wait, here you go our amended third part of the story, hope you guys will like this part as well. Thank you for the support and for your kind information the fourth part of the story we will upload a couple of days later In Sha Allah. Stay home and save lives.

  4. Raa says:
    April 21, 2020 at 11:14 pm

    Finally mi part kiyaalevijje. Thank you so much sis ..it’s awesome maashaa allah curiously waiting for next part ly and tc ?❤❤

  5. Manhaa says:
    April 21, 2020 at 11:35 pm

    Maashaa Allah ? this story is awesome n I luv thiss waitin for d next part can’t wait anymore?❤️

  6. ? ? queen ? ? says:
    June 13, 2020 at 8:22 am

    ❤️❤️❤️❤️❤️

Comments are closed.


All Right Reserved!