އަޑުން އަޑުނަގައި ރޯން ބޭނުންވިއެވެ. ހިތުގައިވާ އިހުސާސުތައް ބޭރުކޮށްލަން ބޭނުންވިއެވެ. އަޑުގެނެތްތަނަށް ކައިރަށް ގޮވަން ބޭނުންވިއެވެ. ކައިރުގެ އޯގާވަންތަ ފިރުމުނަތަކާއި ބޮސްދިނުންތަކަށް ކިތަންމެ ފެންބުވައިގަނެފައި ވީނަމަވެސް މިއަދު އަހަރެން ވަނީ އެނަސީބުން މަޙުރޫމު ވެފައެވެ. ކިތަންމެ ވަރަކަށް ރޯން ބޭނުން ނަމަވެސް ، ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބައިގަންނަން އިންކާރު ކުރަމުންދިޔައެވެ. ހަށީނެތް ވަރުލައި ހަޅޭލެވިޔަސް އަޑު އިވޭނީ ކާކަށް ހެއްޔެވެ؟ ހިތުގައިވާ އިހުސާސުތަކާއި ޖަޒުބާތުތައް ބޭރުކުރަން ކިތަންމެ ބޭނުން ވިޔަސް، މި ކުޑަ […]
ވިރުވައިލި ރަންގަނޑެއްހެން އުދަރެހުގައި ކުލަ ޖެހެމުން ދިޔައެވެ. އިޔެއް އޮއްސުނު އިރު މިއަދުވެސް ދުނިޔެއަށް މަރުޙަބާ ކިޔަމުންދަޔައެވެ. ކާރޫބާރު ބޮޑު މާލެތެރެ ވެސް ވަނީ ހިމޭން ވެފައެވެ. މަދުފަހަރަކު ނޫނީ ދުއްވާ އެއްޗެއްގެ އަޑުވެސް ނީވެއެވެ. ގިނައިރުތަކެއް ވަންދެން ފާޙާނައިގައި ހުރުމަށްފަހު ޒައިނާ ދޮރުހުޅުވައިލިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކޮޅެއް ނެތްހާ އުފާވެރިކަމެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެނދުމައްޗަށް ޖެހިގަތެވެ. އެނދުގައި ގަދަނިދީގައި އޮތް ފިރިމީހާ ޔަނާލަށް ގޮވަމުންނެވެ. “ޔަނާލް… ހޭލަބާ… ބަލާބަ މިއޮއް އެއްޗެއް… […]
އިރުގެ އަލިކަން ދުނިޔެއާ އަލްވަދާޢު ކިޔައި، ކަނު އަނދިރިކަމުން މުޅި ކައުނު ބައްދައިލީ ޢަޒައްލިޔާ ގާނޫނުގެ އެންމެ ފުރިހަމަ ގޮތުގައެވެ. ޖައްވުގައި ޖެހެމުން ދިޔަ ފިނި ރޯޅިތަކުގެ ހަރަކާތްތައް އަވަސްވެ ، ކަޅުވިލާތަކުން ޖައްވު ބައްދާލީ ބޯވިއްސާރަޔަށް ތަންދެމުންނެވެ. އެނދުމަތީގައި ފުންނިންޖަކުން ނިދާފައި ތިބި، އަހަރެންގެ ފުރާނަ ފަދަ ދެ ދެރިންގެ ބޮލުގައި ފިރުމައިލަ ފިރުމައިލާ އަހަންނަށް އޮވެވުނީ ޖަހަމުން ދިޔަ ބާރު ގުގުރީގެ އަޑުތަކަށް ސަމާލުކަން ދީގެންނެވެ. އެއީވެސް ހަމަ މިކަހަލަ ފިނިފިނި ރެއެކެވެ. ބޯވިއްސާރައާއެކު […]
ނޯޓު: މިއީ ހަޤީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޙިޔާލީ ވާހަކައެކެވެ. ވާހަކައިގެ ބައެއް ބައިތަށް ބައްޓަންކޮށްފައިވާނީ އަޅުގަނޑުގެ ޙިޔާލުގެ މައްޗަށްށެވެ. ވާހަކައިގައި ބޭނުންކޮށްފައިވާނީ އަސްލު ނަންތަކެއް ނޫނެވެ. އަހަރެންގެ ވެސް ފުރަތަމަ ކައިވެނި ރޫޅުނީއެވެ. ހަޤީގަތުގައި ބުނާނަމަ ރޫޅައިލީއެވެ. އަހަރެން އަމިއްލައަށްށެވެ. އަހެރެން ބޭނުންވެގެންނެވެ.ފުރަތަމަ ކައިވެނި ނިމުމަކަށް އާތް އިރު އަހަންނަށް ލޯބިލޯބި އަންހެން ދަރިއެއް ލިބިފައި ހުއްޓެވެ. އޭރު ދަރިފުޅަށް 2 އަހަރުވަނީއެވެ. އެކަމަށްވެސް އެއްވެސް ފަރުވާލެއްނެތެވެ. ދަރިފުޅު ބެހެއްޓީ ދަރިފުޅުގެ މަންމަ ކައިރީގައެވެ. […]
ނޯޓް: މިއީ ހަޤީގީ ހަދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެއް! ވާހަކައިގައި ބޭނުން ކުރެވިފައިވާނީ އަސްލު ނަން ތަކެއް ނޫން..! އާދުވަހަކަށް ދުނިޔެ މަރުޙަބާކީ އެއްބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުން، އަނެއް ބައެއްގެ ހިތްތައް ކުދި ކުދި ކުރަމުންނެވެ. ދެރަ މީހާއަށް ދެރަގޮތް، މޮޅުމީހާއަށް މޮޅުގޮތް މެދުވެރި ކުރަމުންނެވެ. އެނދުގެ ބޯލާ ކޮޅުގައި އަޔާޒު ލެގިލައިގެން އިނީ ހިޔާލީ ފުންކަނޑަކަށް ގެނބިފައި ކަހަލައެވެ. އަތުގެ އެތަން މިތަނުން ލޭ އޮހޮރެމުން ދިޔައިރު މުޅި ކޮޓަރި ވަނީ އެފުއްމިފުށަށް […]
މުޅި ގޯތިތެރެ އޮތީ ހިމޭންވެފައެވެ. ކަނުއަދިރީގައި ތާގޯތިތެރޭގައި ހަދާފައިވާ ވެއިޓިންގ އޭރިޔާގެ ހަޓެއްގެ ދަށުގައެވެ. ހިތް ހީވަނީ ވިރޭހެންނެވެ. މީ ކޮންފަދަ ހިތާމަވެރި ކަމެއް ހެއްޔެވެ؟ މިދުނިޔޭގައި ތާރާއަށް އަޅާލާނެ އެއްވެސް މީހެއް ހުރީއެއް ނޫނެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއީތާރާއަށް މިންވަރު ކުރެއްވިގޮތެވެ. ތާރާ ކެތް ކުރާނެއެވެ. ހިތްވަރާއިއެކު ދުނިޔޭގައި އުޅޭނެއެވެ. ކުފުރު މަރަކުން މަރެއް ނުވާނެއެވެ. ގޮތް ހުސްވިޔަސް މެއެވެ. “ތާރާ…” ފަހަތުން ގޮވާލިމީހާ އައިސް އިށީންނީ ތާރާ ގާތުގައި ހުރި ގޮނޑީގައެވެ. އަޑުގައިވަނީ އޯގާތެރި […]
ޕޭޝިއެންޓް އިސް ޕްރެގްނެންޓް…” ޑަކުޓަރުގެ އެ ޖުމުލައިން ފައިސަލަށް ހައިރާން ކަމެއް ލިބުނަސް މޫނުމަތިން އެކަމެއް ނުދައްކައެވެ. ފައިސަލު ފުންނޭވާއެއް ދޫކޮށްލިއެވެ. “މީ ވަރަށް ސީރިޔަސް ކޭސްއެއް… ބަލާބެލުމަށް ސުސައިޑިން.. ފައިސަލަށް ވެސް އިނގޭނެ އަހަރެން މިދައްކާ ވާހަކަ.. ނިހާއަކީ ގާނޫނީ ގޮތުން ބަލާނަމަ އަދި ކުޑަ ކުއްޖެ.. ސޯ… އަހަރެން ޖެހޭނެ ކަމާބެހޭ ފަރާތަށް މިމައްސަލަ ގެންދާން..” ޑަކުޓަރު ދައްކަމުން ދިޔަ ވާހަކަ ހުދު ފައިސަލުވެސް ޤަބޫލު ކުރެއެވެ. އެކަމަކު އެހެން ވާކަށް ފައިސަލު ބޭނުމެއް […]
ގޯތިތެރެ ކުނިކަހާ ނިއްމާލިއެވެ. ވެފައިވާ ވަރުބަލިކަން ފިލުވައިލުމަށް ކައިރީގައި ހުރި ގޮނޑިއެއްގައި ތާރާ އިށީންދެލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތުކޮށްލުމަށްފަހު މޫނުމަތިން ފައިބަމުން ދިޔަ ދާ ތިކިތަށް ފުހެލައި ފުންނޭވާއެއް ލިއެވެ. ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި އިންދާފައި ހުރި އެކި ކަހަލަ މާ ގަސްތަކެވެ. އަވަސް އަވަހަށް ތެދުވެ ފެން އިސްކުރަށް ހޮޅިގުޅާލުމަށްފަހު ގަސްތަކަށް ފެންދޭން ފެށިއެވެ. ގަސްތަކަށް ފެންދެމުން ދިޔައިރު ތާރާގެ ސިކުނޑީގައި އެނބުރެމުންދިޔައީ މުޅިން އެހެން ހިޔާލެކެވެ. ރޭގައި ފެނުނު ހުވަފެނެވެ. ހަޤީޤަތުގައި ވެސް އެހެން […]
އެއްޗެއް ކައިގެންތަ ތިއުޅެނީ…” ނިހާ އާ އަރާ ހަމަވަމުން ތާރާ ސުވާލު ކުރީ ޖެހިލުންވެހުރެއެވެ. ނިހާ ބަލައިލީ ތާރާއާ ދިމާއަށްށެވެ. ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ. ތާރާ ޖެހިލުންވިއެވެ. ކޮއްކޮގެ ރުޅިވެރިކަމާއެކު ލަވާ ހަޅޭކުގެ އަޑު އިވޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަމަވެސް އެ ލޮލުގައި ނަފުރަތުގެ އަލިފާނެއް ނެތެވެ. ރުޅިވެރި ކަމާއި ރަހުމު ކުޑަ ގޮތް ގަނޑެއްވެސް ނެތެވެ. އޭގެ ބަދަލުގައި ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. އެހީތެރިކަމަށް ބޭނުން ވެފައިވާ މިންވަރެވެ. ނިހާ އެގޮތަށް އިނުމަށްފަހު […]