
” އަހަންނަށް މާފުކުރޭ ނައިރާ… އަހަރެން ނައިރާދެކެ ވަރަށް ލޯބިވޭ.. އަހަރެން ނައިރާއާއި ދަރިފުޅު ބޭނުން… އަހަރެން ދޫކޮށްނުދޭ އަހަންނަށް ނައިރާ އާއި ނުލާ ނޫޅެވޭނެ… ނައިރާ އެހެންމީހަކާ އިނިއްޔާ އަހަރެން މަރުވެދާނެ… ޕްލީޒް.. އައި ލަވް ޔޫ އަލޮޓް… ޑޯންޓް ލީވް މީ… އަހަންނަށް އެހީވެދީ… ނައިރާ އަހަރެން ސަލާމަތްކުރޭ… ޕްލީޒް އަހަންނަށް އެހީވެދީ” ރުއިމުގެ ތެރެއިން އާޔަން ކިޔަމުން ދިޔައެވެ. ނައިރާ ހުރީ ބަސްހުއްޓިފައެވެ. އަތެއް ފަޔެއް ގުޑާލަންވެސް ނުކެރިފައެވެ. އާޔަންގެ އެރުއިން ނައިރާގެ ހިތްކަތިލަމުން ދިޔަކަހަލައެވެ.
އެހެން ހުރެފައި ނައިރާ ގަދަކަމުން އާޔަން ދުރަށް ޖައްސާލިއެވެ.
” ބުނަން އާޔަން.. ދެން އިތުރަށް އަހަރެންގެ އިހުސާސްތަކާ ކުޅެން ނޫޅޭ.. އާޔަންގެ ސަބަބުން އަހަރެން ވަރަށްގިނަ ހިތާމަތަކެއް ތަހައްމަލް ކޮށްފިން” ނައިރާ ހިތްހަމަހިފައި ބުންޏެވެ. އާޔަން ނައިރާގެ އަތުގައި ހިފީ ކުއްލިއަކަށެވެ. އެއަށްފަހު އޭނާގެ ކޮޓަރިއާއި ދިމާއަށް ދާންފެށިއެވެ.
” އާޔަން ހަމަމިހާރު އަހަރެން އަތުން ދޫކުރޭ އެހެންނޫނީ ބާރަށް ހަޅޭއްލަވާނަން… ” ނައިރާ އިންޒާރެއްދިނެވެ. ނަމަވެސް އާޔަން މާބޮޑު އަޅާލުމެއް ނުބަހައްޓާ ނައިރާ ގެންގޮސް އޭނާގެ ކޮޓަރިއަށް ވައްދާ ތަޅުލިއެވެ. އެއަށްފަހު ނައިރާގެ ދެކޮނޑުގައި ހިފާ އޭނާއާއި ގާތަށް ދަމާލިއެވެ.
” އަހަރެންގެ މިދެލޮލަށް ބަލާލަބަލަ… ” ކުރަކިވެފައިވާ އަޑަކުން އާޔަން ބުންޏެވެ.
ރުޅިއައިސް ދެބުމަ ގޮށްޖަހައިގެން ހުރެވެސް ނައިރާ އާޔަންގެ ދެލޮލަށް ބަލާލިއެވެ. ރޮއެ ރޮއެ ރަތްވެފައިވާ އެދެލޮލުން އަދިވެސް ރަނގަޅަށް ކަރުނައެއް ނުހިކެއެވެ. އެދެލޮލުން ފެންނަމުން ދިޔަ އިންތިހާ ދަރަޖައިގެ ހިތާމަ ނައިރާއަށް ފެނި އައިސްފައިވާ ރުޅީ ފިނިވިއެވެ. އާޔަންގެ މޫނުގައި ނައިރާއަށް ފިރުމާލެވުނީ ބޭއިޙްތިޔާރުގައެވެ.
” ނައި… އަހަންނަށް މާފުކޮށްދީ… ނައި ދޫކޮށްލާކަށް އަހަރެން ބޭނުމެއްނޫން… ނައި އެހެންމީހެއްގެ ހައްޤަކަށް ވާތަން ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ…” އާޔަން ވާހަކދެއްކިއެވެ.
” ދެން ކީއްވެ އާޔަން އަހަރެން ދޫކޮށްލީ… ކޮބާ އަހަރެންގެ ކުށަކީ… އާޔަން އަހަރެން ވަރިކޮށްލީ އެއްވެސް ރަހުމެއް ނެތި… އެހެންނޫނަސް ދެން އަހަރެން އާޔަންގެ ހަޔާތަށް އެނބުރި ދާކަށް ނެތިން… އަހަންނަށް ފެންނަނީ ދެން އާޔަންވެސް ޒިވީއާއި އެކު އުފަލުގައި އުޅެން… އަހަންނާއި އަހަރެންގެ ދަރިފުޅަށް ހެދިހެން ޒިވީއާއި އޭނާގެ ދަރިފުޅަށް ނުހަދާތި” އަނެއްފަރާތަށް އެނބުރެމުން ނައިރާ ބުންޏެވެ. އާޔަން އަނެއްކާވެސް ނައިރާގެ އަތުގައި ހިފާ އޭނައާއި ދިމާއަށް އަނބުރާލިއެވެ.
” އަހަރެން… އަހަރެން ނައިރާއަށް ވަރަށް ގިނަކަންތައްތަކެއް ސިއްރުކުރިން… ޒިވީ އަކީ އަހަރެންގެ އަންބެއް ނޫން… އަދި ޒިވީގެ ބަނޑުގައި އޮތް ދަރިއަކީ އަހަރެންގެ ދަރިއެއްނޫން.. ޒިވީ އަކީ ޔަމާންގެ އަންހެނުން.. އަހަންނާއި ޒިވީއާއި އެއްވެސް ގުޅުމެއް ނެތް…” އާޔަން ބުނި ވާހަކައިން ނައިރާއަށް ލިބުނީ އަނެއް ޝޮކެވެ.
” ނޯ… ދޮގު ދޯ ތިހަދަނީ.. އާޔަން ޕްލީޒް.. ތިގޮތަށް އަހަރެންގެ ހިތާ ނުކުޅުނިއްޔާ ރަނގަޅު ވާނި..” އާޔަންގެ އަތުތެރެއިން އަތް ދަމައިގަންނަން މަސައްކަތް ކުރަމުން ނައިރާ ބުންޏެވެ.
” އަހަރެން ކުރިން ހަދަމުން އައީ ދޮގު… އެކަމަކު މިހާރު އަހަރެން ބޭނުންވަނީ ނައި އަށް ތެދުތެދަށް ހުރިހާ އެއްޗެއް ކިޔައިދޭން… ނައި އަހަރެން ދެކެވާ ސާފު ތެދުވެރި ލޯބީގެ ކުރިމަތީ އަހަރެން މުޅިން ބަލިވެއްޖެ… ޕްލީޒް ޤަބޫލުކޮށްބަލަ… އަހަރެން އޭރު ނައި ދޫކޮށްލާފައި އައީ މަޖުބޫރުވެގެން… އަހަރެން ނައި އަށް ދުވަހަކުވެސް ބޭވަފާތެރިއެއް ނުވަން.. ނުވެސް ވާނަން… އަހަރެން ނައިރާ ވަރިކުރިނަމަވެސް އަދިވެސް، މިވަގުތާ ޖެހެންދެންވެސް އަހަރެން މިހުރީ ވަފާތެރިކަން މަތީގައި… ” ސީދާ ނައިރާގެ ލޮލަށް ބަލަހައްޓައިގެން ހުރެ އާޔަން ކިޔައިދިނެވެ. އާޔަންގެ ވަހަކަ އަޑުއިވި ނައިރާގެ ދެލޮލުން އަންނަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އާޔަން ގައިގާ ބައްދައިގަނެވުނީ ކުއްލިއަކަށެވެ. އާޔަންއަށް ދެލޯ މަރާލެވުނީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ނައިރާގެ ހަށިގަނޑުގައި އަތްވަށާލައި އެހަށިގަނޑަށް ބާރުކޮށްލެވުނެވެ.
” ސޮރީ… އައި ލަވް ޔޫ އަ ލޮޓް ނައި… ޕްލީޒް ޑޯންޓް މެރީ އެނީވަން އެލްސް ބިކަޒް އައި ވޯންޓް ޔޫ ބެކް” އާޔަންގެ ބަސްތަކުން ނައިރާ އިތުރަށް ރޮއެގަނެވުނެވެ. ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ހިތްފުރެންދެން އެގޮތުގައި ހުރުމަށްފަހު ނައިރާ ދެރުވެލިއެވެ. ދެލޯ ފޮހެލުމަށްފަހު އާޔަންއަށް ހިނިތުންވުމެއް ދިނެވެ. އެއަށްފަހު އާޔަންގެ ލޮލުން އައިސްފައިވާ ކަރުނަތައްވެސް ފޮހެދިނެވެ. ނަމަވެސް އަދިވެސް އާޔަންގެ މޫނު މަތިން ފެންނަމުންދިޔައީ ކަންބޮޑުވުމެވެ.
” ނައި… އަހަންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ… އަހަންނަށް ނައިރާ ދޫކޮށްލަން މަޖުބޫރުވީ އެކުށުގެ ސަބަބުން…” ނައިރާގެ ދެއަތުގައި ހިފާލަމުން އާޔަން ބުންޏެވެ. ނައިރާގެވެސް މުނުމަތިން ހިނިތުންވުން ފިލައިގެން ގޮސް ކަނބޮޑުވުން ފެނިގެން ދިޔައެވެ.
” އޭރު އަހަންނަށް މިކަންތައްގަނޑުގެ ތެރޭގައި ނައި ހިއްސާ ވާކަން އެނގުނު ނަމަ އޭރު ނައި އަށް ހުރިހާ އެއްޗެއް ކިޔައިދިނީމުސް… ” އާޔަން އިތުރަށް ބުންޏެވެ.
” އަހަރެން ބިރުގަނޭ އެބަ.. ” ނައިރާއަށް ބުނެވުނެވެ. އާޔަން ނައިރާ ގެންގޮސް އޭނާގެ އެނދުގައި ބޭންދިއެވެ. އަދި ނައިރާއާއި ދިމާލުން ތިރީގައި އިށީނދެ ނައިރާގެ ދެއަތުގައި ހިފަހައްޓާލިއެވެ.
” ނައި… އަހަރެން ގަސްދަކު ނޫން… ނައިގެ ދޮންބެ ނާއިޝް އެކްސިޑެންޓްވީ އަހަރެންގެ އަތުން…” އާޔަންގެ ޖުމްލައާއި އެކު ނައިރާގެ ފައިދަށުން ބިންގަނޑުދެމިގެން ދިޔަ ކަހަލައެވެ. ފުންމައިގެން ކޮޅަށް ތެދުވެވުނީ ބޭއިޙްތިޔާރުގައެވެ.
” އާޔަން ކީކޭތަ ތިކިޔަނީ… ” ހާސްވެފައި ހުރެ ނައިރާ އަހާލިއެވެ.
” މީތެދެއް ނައިރާ.. ނާއިޝް އެކްސިޑެންޓްވީ އަހަރެންގެ ކާރުގައި ޖެހިފައި… ” އާޔަން ބުންޏެވެ. ނައިރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އާޔަންގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެދެލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ.
” އަހަރެން މިގޭގަ ނޯކަރެއްގެ ގޮތުގަ އުޅެންޖެހުނު ސަބަބަކީ އެއީ” އާޔަން ނައިރާއަށް ފެށުނީއްސުރެ ކަންތައް ވެގެން ދިޔަގޮތް ކިޔައިދިނެވެ. ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ނައިރާ ގޮތް ހުސްވި ކަހަލައެވެ. އަލުން އެނދުމަތީގައި އިށިނދެ ބޮލުގައި ދެއަތް އަޅާލީ ބޮލުގައި ރިއްސަން ފެށުމުންނެވެ. ނައިރާ ބަހެއް ނުކިޔާ އިންނަން ފެށުމުން އާޔަން ކަންބޮޑުވިއެވެ.
” ނައި….” އާޔަން އަށް ނުހުރެވިގެން ގޮވާލިއެވެ.
” ޕްލީޒް އާޔަން.. އިރުކޮޅަކު އަހަރެން މިހެން ބައިންދަދީ… ” ނައިރާ ބުނެލިއެވެ. އާޔަން ބޯޖަހާލުމަށްފަހު ގޮސް އެތާނގައި ހުރި ގޮނޑިއެއްގައި އިށީނެވެ.
ނިޝީއަށް ހޭލެވުނީ ލިލީ ކެއްސާ އަޑިއިވިފައެވެ. ފިނިގަދަވީ ކަމަށް ހީކޮށް އޭސީގެ ފިނިމިން ދައްކޮށްލިއެއެވެ. އެއަށްފަހު ލިލީގެ ގައިމަތީގައި އަޅާފައި އޮތް ރަޖާ ގަނޑު ރީތި ކޮށްލަދިނެވެ. މޫނުމައްޗަށް އިސްތަށިގަނޑު ފައިބާފައި އޮތުމުން ރަނގަޅުކޮށްލަންވެގެން މޫނުގައި އަތްޖަހާލި ވަގުތު ހޫނުކން އިހުސާސް ކުރެވިގެން ދިޔައެވެ. އިތުރަށް ޔަގީންކޮށްލަން ވެގެން ނިޝީ ލިލީގެ ނިތްކުރީގައި އަތްޖަހާލިއެވެ. ވަރަށްބޮޑަށް ހުންއައިސްފައިވާކަން އެނގުމުން ލިލީއަށް ބޭސްދޭން ނިޝީ އަވަސްވެގަތެވެ. ބޭސްފުޅި ހޯދާ ހޯދާ ނުފެނިގެން ނައިލީގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
ސިޑިން އަރައިގެން ގޮސް ނައިލީގެ ކޮޓަރިއާއި އަރާ ހަމަވިވަގުތު ނައިލީއާއި އަޒީދު ކަމަކާ ދެބަސްވާހެން ހީވެ ކޮޓަރިކައިރީގައި ނިޝީ މަޑުކޮށްލިއެވެ.
” ކޮންމެ ދުވަހަކު ހަމަ އެއްވާހަކަތަކެއް ތިދައްކަނީ އަހަރެން ކީއްތަ ކުރަންވީ” އަޒީދު ހިތްހަމަނުޖެހިފައި ބުންޏެވެ.
” އަޒީދުއަށް ކީއްވެތަ ކަމެއް ނުކުރެވެންވީ.. އެއޮފީހުގަ އުޅެމުން ނޫންތަ އެންމެ ބޮޑުކަމެއްވެސް ކުރީކީ… ދެންވެސް ހަމައެކަހަލަ ގޮތަކަށް ނިންމާލެވިދާނެ ނޫންތަ” ނައިލީވެސް ބުނެލިއެވެ.
” އަހަރެން މީ ނައިލީގެ އޯޑަރަށް މަސައްކަތް ކުރަން ހުރި މީހެއްތަ… އޭރު އެގޮތަށް ކަންތައް ކުރުމުގެ ނަތީޖާ ވަކި ރަނގަޅުތަ” އަޒީދު ބުންޏެވެ.
” މިފަހަރަކު ނާއިޝް ދޮންބެއެއް ނެތެއްނު.. ފަޅައެއްވެސް ނާރާނެ” ތަންކޮޅެއް ހަމަޖެހެން މަސައްކަތް ކުރަމުން ނައިލީ ބުންޏެވެ.
” ދެން މިފަހަރު ނާއިޝްގެ ބަދަލުގަ ނައިލީގެ ބައްޕައަށް ބަސްޓްވީމަ ބައްޕަވެސް މަރާލަންވީ ދޯ….އެއީ އެއްނު ނައިލީގެ އުސޫލު ހުންނަގޮތަކީ… ލާރިގަނޑެއް ނަގަން އުޅޭކަން އެނގޭ ކޮންމެމީހަކު ވީ މަރާލަން… އެހެޔޮ އެއްބަނޑު ބޭބެއަކަށް ނޫނީ ބައްޕައަކަސް… އަހަރެން ލައްވާ ކީއްކުރަންތަ ކުރުވަނީ.. ނައިލީ އަމިއްލައަކަށް ކޮށްބަލަ… ” އަޒީދުގެ ބަސްތައް އިވި ނިޝީއަށް އަނގަމަތީގައި އަތްއަޅާލެވުނީ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ.
” މޮޔަވެގެންތަ މާބާރަށް ތިކިޔަނީ… މީހަކަށް އިވުނިއްޔާ މާރިއްޗެއް ނުވާނެ…” ނައިލީ ބުންޏެވެ.
” ރަނގަޅީވެސް އަޑުއިވުނިއްޔާ… ތިހާ އަމިއްލަ އެދުން ބޮޑު އަންހެނެއް އަހަރެން އަދި ދުވަހަކުވެސް ނުދެކެން.. ފައިސާއަށްޓަކާ އަމިއްލަ އެއްބަނޑުއެއްބަފާ ބޭބެ މަރާލި މީހެއް ކޮންމެފަދަ ކަމެއް ކުރާކަށް ވެސް ފަހެއް ނުޖެހޭނެ… މާދަމާ އަހަރެންގެ ދަރިފުޅުވެސް މަރާލަފާނެ… އެވަރުގެ ނުބައި އަންހެނެއްތީ..” އަޒީދު ބުންޏެވެ.
” އަހަރެން ކޮންއިރަކު ނާއިޝް މަރާލީ… އެކަން ކުރީ އަޒީދުއެއްނު… ” މަލާމާތްކޮށްލަމުން ނައިލީ ބުނެލިއެވެ.
” އަހަރެން އަތަށް އިންޖެކްޝަން ދިނީ ކާކު” އަޒީދުވެސް ބުނެލިއެވެ.
” ތީ އަހަރެން ބަލަން ޖެހޭ ކަމެއް ނޫން.. ބުނީމަ ބުނާގޮތަށް ކަންތައް ކުރީމަ ނިމުނީ…. މާފޮނިވެލާފަ ކުރިންދުވަހު މަގޭ ބައްޕަ މަސަލާމަތްކުރާނޭ ބުންޏަސް އެއީ ކިހާވަރެއްގެ ދަހި މީހެއްކަން އަޒީދުއަށްވެސް އޮޅިފައެއް ނޯންނާނެ..” އިންޒާރެއް ދޭފަދަ ގޮތަކަށް ނައިލީ ބުންޏެވެ.
” މިފަހަރަކު އަހަރެން ތިކަހަލަ އެއްވެސް ކަމެއް ނުކުރާނަން.. ހެޔޮ ޖަލުގެ ގޮޅިއެއްގައި އޮންނަން ޖެހުނަސް” އަޒީދު އެންމެ ފަހު ބަސް އިއްވާލިއެވެ.
” ތިއެއް ބަލާނަމޭ” ނައިލީވެސް ދެރަނުވާންވެގެން ބުނެލިއެވެ.
އިވުނު ވާހަކަތަކުން ނިޝީއަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ. އާޔަން ބުނިގޮތުން ނާއިޝްމަރުވީ އާޔަންގެ ސަބަބުންނެނެވެ. އެހެންނަމަވެސް އެމަރުގައި ނައިލީ އާއި އަޒީދުގެ އަތެއްވާކަން މިހާރު ނިޝީއަށް ޔަގީންވެއްޖެއެވެ.އެދެމީހުންގެ އަޑު ކެނޑުނުތާ އިރުކޮޅެއްފަހުން ނިޝީ އެކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. އިރުކޮޅެއްވެސް ނުވެ ހުޅުވާލީ އަޒީދުއެވެ.
” ނިޝީ ކިހިނެއްވީ މިގަޑީގަ.. ލިލީ ރަނގަޅުތަ…” ކަންބޮޑުވެފައި ހުރެ އަޒީދު އަހާލިއެވެ.
” ލިލީ ހުން އައިސްފަ އޮތީ… ބޭސްފުޅި ހޯދަންވެގެން…” ހަމަޖެހޭގޮތް ދައްކާލަމުން ނިޝީ ބުންޏެވެ.
” ހުން އައިއްޔޭ…. ޑޮކްޓަރަށް ދައްކާވަރުވޭތަ… ” އަޒީދުއަހާލިއެވެ.
” ނޫން އެހާ ހޫނެއްވެސް ނޫން… އަފަމޯލް ސިރަޕްކޮޅެއް ދިނީމަ ރަނގަޅުވެދާނެ… ” ނިޝީ ބުނެލިއެވެ. އަޒީދު ލިލީއަށް ރަނގަޅަށް ބަލައްޗޭ ބުނަމުން ކޮޓަރީގައި ހުރި އަފަމޯލް ސިރަޕްފުޅި ނިޝީ އަތަށް ދިނެވެ. ނިޝީވެސް ގަދަކަމުން ހިނިތުންވެލަމުން ފުޅިހިފައިގެން އެތަނުން ދިޔައެވެ.
” ކާކުތަ އައީ” ފާޙާނައިން ނިކުތް ނައިލީ އަހާލިއެވެ.
” ނިޝީއައީ… ލިލީ ހުންއައިސްފަ އޮވެގެން… ” ރުންކުރުގޮތަކަށް އަޒީދު ބުންޏެވެ.
” ދެން… ކީއްކުރަން މިތަނަށް އައީ… ނިޝީއަކަށްވެސް ނޭނގޭތަ ބޭސްދޭކަށް” ނައިލީ ހިތްހަމަނުޖެހިފައި ބުންޏެވެ.
” މިތަނަށް އައީ އަހަރުމެން މީ އެކުއްޖާގެ މައިންބަފައިންނަށްވާތީ… ރަހުމްކުޑައަސް ތިވަރު ތަންފުކެއް ބޮޑު… އެއަފަހަރުވެސް އެކުއްޖާގެ ހާލުހުރިގޮތެއްވެސް އަހައެއް ނުލައެއްނު… ކަމެއް ނުކޮށް ގޭގަ އިންނައިރުވެސް ކުއްޖާ ބަލަން ބޭރުން މީހަކު ގެނައުމުންވެސް އެނގޭ ނައިލީ އެކުއްޖާއާއި އަޅާލާވަރު… ” އަޒީދު ބުންޏެވެ.
” އަޒީދު މިހާރު ތިދަނީ މާމައްޗަށް އެނގޭ… ވަރިކޮށްފަ ދަރި ގޮވައިގެން ދިޔައިމަވީނު… ” ނައިލީވެސް ރުޅިއައިސްފައި ބުންޏެވެ.
” ތިކަން ކުރަން މިހާރު މާލަސްވެސް ވެއްޖެ… ދެންވެސް ބޭކާރު ވާހަކަ ނުދައްކާ ނިދޭތޯ ބަލާ… އެހެންނޫނީ ތިހާ ރީތިކޮށްގެންގުޅޭ މޫނަށް އެކްނޭއެއް އަރާފާނެ” މަލާމާތުގެ ގޮތަކަށް ބުނަމުން އަޒީދު އަރާ އޮށޯތެވެ.
” ކަލެއަށް ކީއް” ނައިލިވެސް ބުނެލިއެވެ. އެނދުމަތީގައި އަޒީދުއާއި ދިމާއަށް ބަލަހައްޓައިގެން އިނީ އަލިފާނުގެ ބެލުމަކުންނެވެ.
ފަތިހު ހަތަރެއް ޖަހަން ގާތްވިއިރުވެސް ނައިރާ ހަމަ އެތާނގައި އިނެވެ. އާޔަންވެސް ނައިރާއަށް ބަލަހައްޓައިގެން އިނީ ތެޅިތެޅިއޮތް ހިތަކާއި އެކުގައެވެ. ނައިރާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބޭތީ އެކަން އާޔަންގެ ހިތަށް އުނދަގުކުރަމުން ދިޔައެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިއުމުން އާޔަން ގޮސް ނައިރާގެ އަތުގައި ހިފާފައި ކޮޅަށް ނެގިއެވެ.
” ނައި… ޕްލީޒް ކޮންމެސް އެއްޗެއް ބުނެބަލަ… ނައި އަށް ހީވޭތަ އަހަރެން ގަސްދުގަ މީހެއް މަރާލަފާނެހެން… އަހަންނަށް ދުއްވުނީ ތަންކޮޅެއް ބާރަށްކަން ޤަބޫލުކުރަން އެކަމަކު އެއީ އަހަރެންގެ ބައްޕްގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ… ނައި އަށް އަހަރެންމީ ކުށްވެރިއެއް ކަމަށް ހީކުރެވެންޏާ އަހަރެން އަދިވެސް ކުރިން އުޅުނުގޮތަށް ނައިރާގެ މައިންބަފައިންގެ އަޅަކަށް ވެގެން އުޅެން މިހުރީ ތައްޔާރަށް… ނައި ބޭނުންފަހުން ފުލުހުން މެދުވެރިކޮށް އަހަންނަށް މަރުގެ އަދަބުދިނަސްވެސް އެންމެ ރަނގަޅު… ބުނެބަލަ އަހަރެން ކިހިނެއްތަ ހަދަންވީ.. އަމިއްލަ އަށް މަރުވަންވީތަ” އާޔަންއަށް ބުނެވުނީ އެވަރަށެވެ. އޭގެ ކުރިން ނައިރާ އާޔަންގެ އަނގަމަތީގައި އަތް އެޅިއެވެ.
” ދެން ދުވަހަކުވެސް ތިހެން ނުބުނާތި… އަހަންނަށް އެނގޭ އަހަރެންގެ އާޔަން ގަސްދުގަ އެއްވެސް މީހެއްގެ ފުރާނަ ދުއްވައެއް ނުލާނެކަން… އަހަރެން އާޔަންއަށް އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިތުބާރުކުރަން… އައި ލަވްޔޫ” އާޔަންގެ ހަށިގަނޑުގައި ބައްދާލަމުން ނައިރާ ބުންޏެވެ. އާޔަންވެސް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން ނައިރާގެ ހަށިގަނޑު ދެއަތުތެރޭގައި ފިއްތާލިއެވެ.
7 Comments!
Comments are closed.
Axoo ehaalahun ves haadha krukey vaahaka.but this is my favorite story.warah reethi part ves. Next part dhigoh lahchey and when next part.?????????❣❣❣stay safe
nice?❤
Varah varah reethi mi part vx….curiously waiting for the nxt part….whn nxt….waiting….
alhey esfiyaiga ehen stories up nuvanytha
Axoo whn next.mi prt vx vrh reethi.thankolheh dhigu kollachey dhen in prt.???????????
❤❤❤❤❤❤❤❤❤
Axoo are not replying the comments.