ހަވީރުގެ މަރިޔާދު ވަގުތެވެ. ޖެހެމުންދިޔަ ފިނި ވައިގެ ބާނިތަށް ހިތްތައް ފަތަޙަ ކުރަމުން ދިޔައެވެ. އެއަރާމު ވަގުތުގެ އިސްތިޤުބާލުގައި އެކި އުމުރު ފުރައިގެ މީހުން ފިނި މައިޒާން ތަކުގައި މަސްޢޫލު ވަމުން ދިޔައެވެ. ފަރި ހިނގުމެއްގައި ނިހާ ރަށުގެ ބޮޑު މަގުން ހިނަގައިފައި ދިޔައެވެ. ލައިގެން ހުރި ގަޔަށް ބާރު ހެދުމުގެ ސަބަބުން ކިތައްމެ ހާވެސް ރަނގަޅަށް އޭނާގެ ހަށިގަނޑު ފާޅުވަމުން ދިޔައެވެ. މަޑު މުށިކުލައެއް ޖައްސާފައިވާ ބުޅި އިސްތަށިގަނޑު އެއްފަރާތަށް ވައްޓާލައިފައި އޮތް އިރު ތުންފަތް […]
ވާނީވެސް އެހެންތާއެވެ. ރޭގައި މޭޒުމަތީގައި ބާއްވާފައި ދިޔަ ފައިލްތަކެއް ނެތެވެ. އުޝާމެންގެ ޓެބާއި ލެޕްޓޮޕް އޮތްތަނުގައި އޮތެވެ. އެއިން އެއްޗެއް ހުޅުވޭނީ އެއެއްޗެއް ގެންގުޅޭ މީހަކަށެވެ. އުޝާ އެއެންމެންގެ ޓެބާއި ލެޕްޓޮޕްތަކުގެ ސެކިއުރިޓީ އެހާވަރަށް ވަރުގަދަ ކުރިއެވެ. ނަމަވެސް އެހުރިހާ ފައިލްތަކުގެ އިތުރު ކޮޕީއެއް އެހެން އެއްވެސް ތާކު ނުހުންނާނެއެވެ. އެހެންވީމާ ގޭންގް މެމްބަރުންނާއި ބެހޭ އެއްވެސް މައުލޫމާތެއް އުޝާމެނަކަށް ނޭނގޭނެއެވެ. “ކޮބާ އިޝާން؟” އުޝާއަށް ލިބިފައިވާ ހާސްކަމާއެކެ އޭނާއަށް އަހާލެވުނީ ހަރުކަށިކަމާއެކުއެވެ. “އޭނާއަށް ގޮވާގޮވާ ވަރުބަލިވެގެން […]
އަހަރެންނަކީ އުމުރުން 22 އަހަރު ފުރިފައި ވާ ޒުވާނަކީމެއެވެ . އެތަކެއް ހުވަފެން ތަކެއް އަދި އެތަކެއް އުއްމީދު ތަކެއް ހާސިލް ކުރަމުން އަންނަ ޒުވާނަކީމެއެވެ . އަހަރެންނަށް ޓަކައި އަހަރެންގެ މައިންބަފައިންނާ އި އަހަރެން އެންމެ ގާތް އެކުވެރިން އުޅެމުން ދެއެވެ .. . 15 ޑިސެމްބަރ 1997 އަކީ އަހަރެން ދުނިޔެ އަށް އާ ދުވަހެ އެވެ. އަހަރެންގެ މަންމަ އުފުލި ވޭނާ ރިހުން ނިމުނު ދުވަހެއެވެ . .. އަހަރެންނަށް އެ ދުވަހު […]
ކުރިމަތީގައި ހުރި މީހާ ފެނުމާއިއެކީ އޭނާގެ ބަޑި ފަޅައިގެން ދިޔަފަދައެވެ. އޭރު ރަފީގާ ވެސް ހުރީ ފެންކަޅިވެފައެވެ. ޒުވާން ދަރިފުޅު ތަހައްމަލް ކުރަމުންދާ ހިތާމައިގައި ބައިވެރިވަމުން ދިޔަޔަސް މިއަދު އެ ދަރިފުޅަށް ޓަކައި ކަމެއްކޮށްދިނުމަށް ހުދު އޭނާވެސްވަނީ ނުކުޅެދިފައެވެ. ގެއްލެމުން ދިޔަ ހިޔާލުތަކުން އޭނައަށް ނިކުމެވުނީ ކުއްލިއަކަށް ޒާއިޝް އޭނާގެ މެދުހަށީގައި އޮޅުލައިގަތުމުންނެވެ. އެނދުމަތީގައި ތުއްތު ޒުކާ މައުސޫމްކަމާއި އެކު ނިދާލާފައި އޮތްގޮތުން އެކުއްޖާގެ ހަޔާތައް ވެރިވެގަތް ކަޅު ވިލާގަނޑުގެ ހިލަމެއްވެސް ނުވާފަދައެވެ. އަރުތެރެ ބެދެމުންދިޔަ ނަމަވެސް […]
ރުޤްގިޔާ ކުރާ މީހާ ބުނާ ގޮތަކަށް އަހަރެން މަސައްކަތް ކުރީމެއެވެ . ސަބަބަކަށް ވަނީ އަހަރެންގެ މަންމަ ސަލާމަތް ކުރުމަށެއެވެ . ކޮންމެ ކަމަކީ ވެސް ފެށުމަކާއި ނިމުން އަންނަ ފަދައިން އަހަރެން ވެސް އުޅުނީ އެކަމުގައި ކަމުން ކޮންމެވެސް ދުވަހަކުން ރަގަޅު ވާނެ ކަމަށް ބަލާފާ އަހަރެން ހިތް ވަރު ކޮށް ފައި މަސައްކަތް ކުރީމެއެވެ އަހަރެންނަކީ ކުރީގައި ފައްޑިތަ އަދި ސިހުރު ގަބޫލް ނުކުރާ މީހެކޭ ބުނެވިދާނެއެވެ . ނަމަވެސް އަހަރެންނަށް ޖެހުނީ މިކަން […]
އޮޕަރޭޝަން ތިއޭޓަރގެ ދޮރު ހުޅުވުނު އަޑަށް ނައިޒަކްމެން އެ ދިމާލަށް ބަލައިލިއެވެ. އޭރު ޑޮކްޓަރުންނާއި ނަރުހުން އޮޕަރޭޝަން ތިއޭޓަރުން ނުކުންނަނީއެވެ. ޑޮކްޓަރު އައިސް ނައިޒަކްމެން ކުރިމަތީ ހުއްޓިލިއެވެ. އަދި އެއަށްފަހު ހިނިތުންވެލިއެވެ. “އޮޕަރޭޝަން ކާމިޔާބު.” ނައިޒަކްގެ ކޮނޑުގައި ހިފަހައްޓައިލަމުން ޑޮކްޓަރު ބުންޏެވެ. ނައިޒަކްއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އާރިޝްމެނާއި ދިމާލަށް ބަލައިލެވުނެވެ. އޭރު އާރިޝް އާއި ޝިމާޔާ އެކަކު އަނެކަކަށް ބަލައި ހެވިފައި ތިއްބެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އުފާވެރިކަމުގެ ކުލަވަރެވެ. “އެންޑް. ޕޭޝަންޓް ހޭއެރިހާ އަވަހަކަށް […]
ޒީވާ ވަޅުލުމުގެ ކަންތައް ނިމުން އިރުވެސް ޝާޔަންގެ އަނގައިން އެންމެ ބަހެއްވެސް ބޭރެއް ނުވެއެވެ. ނުވެސް ރޮވެއެވެ. އޭނާއަށް ހުރެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ޔަނާހު އަދި ލިއަމްވެސްވަނީ ނެގިމަޑުވެފައެވެ. ގެއަށް ވަދެވުމާއެކު ޝާޔަން އެނދުގައިއޮށޯވެ ހަމަޖެހިލިއެވެ. އެވަގުތު ޒީވާގެ ހަނދާންތައް އާވެގެން ދިޔައެވެ. ކަރުނައިގެ ތެރެއިންވެސް ޝާޔަންއަށް ހީލެވުނެވެ. ޒީވާއަކީ ޝާޔަންގެ އެންމެ ކުޑައިރުގެ އެކުވެރިޔާއެވެ. ދިމާވާ ހުރިހާ ކަމެއްގައި ދެކުދިން ތިބެނީ އެކުގައެވެ. ކިތަންމެ ހިތްދަތި ކަމެއް ވިޔަސް ކިތަންމެ އުފާވެރި ކަމެއްވިޔަސް ދެކުދިން […]
ނަމަވެސް ކޮޓަރިން ނުކުމެ ކާބަޔަށްދާން މިސްރާބުޖެހި ޔުނާންގެ ފިޔަވަޅުތަށް ގަނޑުވީ އިވުނު އަޑަކުންނެވެ. އެވަގުތު އޭނާގެ ދެލޯ ބޮޑުވިއެވެ. އިރުކޮޅަކު އެހެން ގަނޑުވެފައި ހުރެފައި ކުއްލިއަކަށް އެދެލޮލުންފެނުނު ރުޅިވެރިކަމާއި ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައިރު އަތް މުއްކަވާލިއިރު އެންމެ ތަނަކަށް އެ ނަޒަރުހުއްޓުނުއިރު އޭނާ ހުރީ ހަމައިންނައްޓާލާފައެވެ. އެދިޔަ ބާރުމިނުގައި ގޮސް އޭނާއަށް ފުރަގަސްދީގެންހުރި ޒޯހަންގެ އަތުގައި އޮތް ފޯނުނަގާ ބިމަށް ޖަހާލިއިރަށް އެތިކޮޅުތަކަށް ވެގެން އެ ފޯނު ހަލާކުވެއްޖެއެވެ. “ކީކޭ އިޑިޔަޓް..އަދި އެއްފަހަރު ބުނެބަލަ ތި ބުނި ޖުމުލަ…” […]
ހިތަށް އަރައި ފައިބަމުން ދިޔަ ސުވާލުތައް އެއްފަރާތްކޮށްލުމަށްފަހު ނައިޒަކް ރޫމަށް ވަނެވެ. އަދި ޝަމީމް ގާތުގައި އިށީނެވެ. “ޝައްމު. ޝައްމުގެ އޮޕަރޭޝަން ކަންތައް ހަމަޖައްސާފަ މިއައީ.” ނައިޒަކް އޮޕަރޭޝަނޭ ބުނުމުން ޝަމީމްއަށް ވީގޮތެއް ވެސް ނޭނގުނެވެ. “އޮޕަރޭޝަނޭ؟ ދެން އަހަންނަކަށް ނުކެރޭނެ އެކަމަކު ހާދަ ތޫނު އެއްޗެހި ހަރާނެޔޭ. ކެންސަލް ކޮށްލަދީ. ހެޔޮނުވާނެ.” ޝަމީމް ނައިޒަކްގެ އަތުގައި ހިފައިލަމުން އާދޭހުގެ ރާގެއްގައި ބުންޏެވެ. ޝަމީމް އަކީ ދުވަހެއްގެ ކޮޅުންވެސް އޮޕަރޭޝަނެއް ކުރި މީހެއް ނޫނެވެ. އެހެންކަމުން އޮޕަރޭޝަނެއް […]