Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެން

މަޢާފް – ނަވާވީސްވަނަ ބައި

Hafsath Noora Level 610 Stories100 Comments100 Login500 Comments
April 21, 2020 6 Mins Read
15 Comments

ފްލައިޓްތަކު ތެރޭ ތިބި އެންމެން ސިހިގެން ދިޔައީ ކުއްލިއަކަށް ފްލައިޓަށް ގުޑުން އެރީމައެވެ. ޖަހައިލި ގުގުރިއާއިއެކު މިފަހަރު ބޯއްޓަށް ވަރަށް ބޮޑަށް ގުޑުން އަރައިގެން ދިޔައެވެ. އެއްބަޔަކު ބިރުން ރޯން ފެށިއެވެ. ބޯއްޓުގައި މަސައްކަތް ކުރާ ބައެއް ކުދިން އެމީހުން މަސަލަސް ކުރުމައިގެން އުޅޭތަން ފެނެއެވެ. އެކުދިން ބުނާގޮތުން އެއީ ކުޑަ ވިލާގަނޑެއްގައި ޖެހިގެން ވާ ގޮތްތަކެކެވެ. ޒައިންއަށް އެކަން ޤަބޫލުނުކުރެވިގެން ކައިރީގައި އިން ބިއްލޫރިގަނޑުން ކުޑަކޮށް ބޭރު ބަލައިލިއެވެ. އަސްތާއެވެ! ކަމަކު ދާކަށްނެތެވެ. އެއޮތީ ހަމަ ބޯ ކަޅު ވިލާ ގަނޑެއް ނަގައިފައެވެ. ޒައިންގެ ހިތަށް ކޮންމެވެސްވަރަކަށް ބިރުވެރިކަން ވަންނަން ފެށިއެވެ. ނަމަވެސް އަމިއްލައަށް ހަމަޖެހިލެވޭތޯ ބެލިއެވެ. އަނެއްކާވެސް ފްލައިޓް ހަމަ އެ ވިލާގަނޑުގައި ޖެހުނެވެ. މިފަހަރު ބޯއްޓު ތިރިކޮށްލީއެވެ. ހީވީ ބޯޓު ވައްޓައިލަން އުޅުނުހެނެވެ. ޒައިން އިނީ ސީޓުގެ އަތްގަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. ކުޑަކުޑަ އަތެއްގެ ބީހުން އިޙުސާސްކުރެވުމުން ޒައިން އޭނާ އިން ސީޓާއި ޖެހިގެން އިން ސީޓުގައި އިން މީހާއަށް ބަލައިލިއެވެ. އޭރު އަންހެނެއްގެ އުނގުގައި އިން ތިން އަހަރުގެ އަންހެން ކުއްޖާ ޒައިންގެ އަތުގައި ބާރަށް ހިފަހައްޓައިގެން އިނެވެ. އެ ކުއްޖާއެކޭ އެއްވަރަށް އަންހެންމީހާވެސް އިނީ ބިރުން ކަން އެމީހާގެ މޫނުމަތީގެ ކުލަވަރުތަކުން އެނގެއެވެ. އެ އަންހެންމީހާ ޒައިންއަށް ބަލައިލީ އެހީވެދޭށޭ ބުނާ ފަދައަކުންނެވެ. ޒައިން އެ ކުއްޖާ އޭނާގެ އުނގަށްލުމުން އެކުއްޖާ ޒައިންގެ ކަރުގައި އަތްވަށައިލައި ބާރަށް ޒައިންގެ ގައިގައި ބައްދައިގަތެވެ. އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެޔޭ ބުނަމުން ޒައިން އެކުއްޖާގެ ގައިގައި އޭނާގެ ދެއަތުން ވަށައިލިއެވެ.

“އެ ކޮޅަށް ވަރަށް ބޯ ވިލާގަނޑެއް ނަގައިގެން އެ އުޅެނީ.” ލެޕްޓޮޕުން މޫސުން ބަލަން އިނދެ ރިޝާނާ ބުންޏެވެ. އެ އަޑަށް ކާކޮޓަރީގައި ހުރި އަސްމާ ދުވެފައި އައިސް ރިޝާނާ ކައިރީ އިށީނެވެ. އަދި ލެޕްޓޮޕް ސްކްރީނަށް ބަލައިލިއެވެ. “ޒެކް. ބަލާލަދީބަލަ ފްލައިޓް ވީ ހިސާބެއް.” ވަކިން ހުރި ސޯފާ އެއްގައި ފޯނާ ކުޅެން އިން ނައިޒަކް ކައިރީ އަސްމާ ބުންޏެވެ. ރިޝާނާ އެ ޖުމުލަ ބުނި ހިސާބުން ފެށިގެން އަސްމާގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. ނައިޒަކް ‘ފޮލޯ މީ’ އެޕްލިކޭޝަންއަށްވަދެ މިއަދު ހެނދުނު ފުރި ފްލައިޓް ވީ ހިސާބެއް ބަލައިލިއެވެ. “އަދި މެލޭޝިޔާ އާ ގާތްވެސްނުވޭ. ރިޝޫ ތިބުނީ ތެދެއް. އެބައޮތް ހަމަ ބޯ ވިލާގަނޑެއް ނަގާފަ.” ނައިޒަކް ވެސް ހާސްވެފައި އިނދެ ބުންޏެވެ. “ގުޅޭނެތަ ޒައިންއަށް؟” ރޮވިފައިވި އަޑަކުން އަސްމާ އެހިއެވެ. “މިގަޑިއަކު ނުގުޅޭނެ މަންމާ!” މާޔޫސްވެފައި އިނދެ ރިޝާނާ ބުންޏެވެ. “މަންމާ. ބިރުނުގަނޭ. ﷲ އިރާދަކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ. އިރާދަކުރެއްވިއްޔާ ބޭބެ ހުންނާނީ ސަލާމަތުން.” އަސްމާ އަށް ރޮވެން ފެށުމުން ނައިޒަކް އައިސް އަސްމާ ކައިރީ ދެކަކޫމައްޗަށް ތިރިވެ އަސްމާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފުހެލައިދެމުން ބުންޏެވެ. މަންމަ ގާތުގައި ބިރުން ގަތުމަށް ބުންޏެއްކަމަކު ނައިޒަކްވެސް ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. އާރިޝްމެން އައުމުން ކަންތައް ވީ ގޮތް ނައިޒަކް އެމީހުނަށް ކިޔައިދިނެވެ. ފަސް ދަރިންގެ އެތައް ނަޞޭޙަތަކާއި ދިން ހިތްވަރުން އަސްމާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ.

ފްލައިޓް ތެރޭ ފަސިންޖަރުން ބިރުން ރޮނީއެވެ. ޒައިން ބިރުން އިނެއްކަމަކު ހަމަޖެހިލައިގެން އިނދެވޭތޯ ބެލިއެވެ. ޒައިންގެ އުނގުގައި މައުސޫމް ތުއްތު ކުއްޖަކު އިން އިރު ޒައިން ބިރުން އުޅެން ފެށީމާ ކަމަކު ނުދާނެއެއްނޫންހެއްޔެވެ؟ އެ ކުއްޖާއަށްޓަކައި ނަމަވެސް ކެތްކުރަން އެބަ ޖެހެއެވެ. ޒައިން ކުރިން ފްލައިޓް ތަކަށް އެރިއިރު ބޯ ވިލާގަނޑުގަނޑުގައި ޖެހޭ ފަހަރު ވަކި މަދެއްނޫނެވެ. ނަމަވެސް މިފަހަރު މިއޮތީ އެއަށްވުރެ މާ ބޯ މާ ވަރުގަދަ ވިލާގަނޑަކަށް ލައްވައިލައިފައެވެ. ކުރިން އެރިވަރަށްވުރެ ބޮޑަށް މިފަހަރު ބޯޓަށް ގުޑުން އެރިއެވެ. ބޯޓުގައި މަސައްކަތުގައި ތިބި މީހުންވެސް ހުރި ތަނަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ބޯޓަށް އެ އެރި ގުޑުމަށްފަހު ބޯޓަށް އެއްވެސް ގޮތެއް ނުވެ މިނެޓްތަކެއް ހޭދަވިއެވެ. އަނެއްކާވެސް މާ ބޮޑަށް ބޯޓު ތިރިކޮށްލައިފިއެވެ. މިފަހަރު ހަމަ ހީވީ ބޯޓު ވައްޓައިލަން އުޅުނުހެނެވެ. އެއްބަޔަކު ބިރުން ރޯން ތިބިއިރު ޒައިން އިނީ ދެލޯ މަރައިލައިގެން ޒިކުރުތަކެއް ކިޔަވައިލަ ކިޔަވައިލައެވެ.

ދެލޯ މަރައިގެން އިން ޒިކުރި ކިޔަން އިން ޒައިންއަށް ދެލޯ ހުޅުވައިލެވުނީ މީހުންގެ ރުއިމުގެ އަޑު މަޑު ވާން ފެށުމުންނެވެ. އޭރު ޒައިން ގައިގައި ބައްދައިގެން އިން ކުއްޖާ ކުޑަކުޑަކޮށް ޒައިން އާއި ދުރުވެލިއެވެ. އެންމެން ކަހަލަ ގޮތަކަށް ހަމަޖެހެން މަސައްކަތްކުރަމުން ސީޓުގައި ރަނގަޅަށް އިށީންދެ ހަމަޖެހިލިއެވެ. ޒައިންއަށް ބިއްލޫރިގަނޑުން ބޭރު ބަލައިލެވުމާއިއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި އޭނާގެ އުނގުގައި އިން އަންހެން ކުއްޖާއަށް ބަލައި ހިނިތުންވެލިއެވެ. އެ ބޯ ކަޅު ވިލާ ގަނޑު ހުރަސްކޮށް އާދެވުމުން ޒައިން އަށް ހިތާހިތުން ﷲ އަށް ޙަމްދު ކުރެވުނެވެ. މިހާރު އުޑުމަތިން ކަޅުފުސް ވިލާތަކުގެ އަސަރު ކެނޑި އުޑުމަތި ސާފުވާން ފެށިއެވެ. ޒައިން އެ ކުއްޖާ އަންހެންމީހާ އަތަށް ދިނުމަށްފަހު އޭނާގެ ކަރުގައި ފިރުމައިލިއެވެ. އެހެނީ ފްލައިޓް ވިލާގަނޑުގައި ޖެހުނު ވަގުތުކޮޅު އެ ކުއްޖާ ޒައިންގެ ކަރުގައި ބާރަށް ހިފަހައްޓައިގެން އިނުމުގެ ސަބަބުން ޒައިންގެ ކަރުގައި ކުޑަ ރިހުމެއް އުފެދިފައި ހުރުމުންނެވެ. ދޭތެރޭ ދޭތެރެއަކުން އެކުއްޖާ ޒައިންއަށް ކޮންމެވެސް ޖެއްސުމެއް ކޮށްލައެވެ. ޒައިންވެސް އެކުއްޖާ ޖެއްސުން ކޮށްލާ ކޮންމެ ފަހަރަކު އެކުއްޖާ ހެއްވައިލުމަށްޓަކައި މޫނުމައްޗަށް ވައްތަރެއް ޖައްސައިލައެވެ. އެއާއިއެކު އެކުއްޖާގެ ޅަ ހުނުމުގެ އަޑު ފްލައިޓް ތެރޭ ގުގުމައިގެން ދެއެވެ.

ގަޑިއިރުތަކެއްގެ ދިގު ދަތުރަށް ފަހު ފްލައިޓް މެލޭޝިއާ އެއަރޕޯޓަށް ޖައްސައިފިއެވެ. ފްލައިޓުން ފޭބުމަށްފަހު ޒައިން އެއަރޕޯޓްތެރެއަށް ވަދެ ހުރިހާ ކަމެއް ހަމަޖައްސައިލުމަށްފަހު އޭނާގެ ފޮށި ބަލައި ދިޔައެވެ. މާ ގިނައިރުތަކެއް ނުވެ ޒައިންއަށް އޭނާގެ ފޮށި ލިބުނެވެ. ފޮށި ހިފައިގެން އެއަރޕޯޓުން ނުކުމެ ޒައިން މަޑުކުރީ އޭނާގެ އެކުވެރި ޖިއާން އަންނަންދެނެވެ. ޒައިން އައުމުގެ ހަފްތާއެއްކުރިން ޒައިންގެ ޓީމް ވަނީ މެލޭޝިޔާއަށް އައިސްފައެވެ. ދުރުގައި ހުރި ބޮޑެތި ޢިމާރާތްތަކަށް ބަލަން ހުއްޓައި ތަންކޮޅެއް ދުރުން ޖިއާން ގޮވައިލި އަޑު ޒައިންއަށް އިވުނެވެ. ފަސް އެނބުރި ބަލައިލިއިރު ޖިއާން އައިސް ޒައިންއާއި އަރައި ހަމަކުރަނީއެވެ. “ކޮބާ. ވިލާގަނޑެއްގަ ލައިގަތް ދޯ. އަހަރުމެނާއެކު އޭރު އައިނަމަކަ މިހެނެއް ނުވީހޭ. އެކަމަކު ޒައިން ވެއްޖެވިއްޔަ ފެމެލީ ކައިރީ މަޑުކުރަން.” ޖިއާން ފުރަތަމަވެސް ޝަކުވާ ކުރަން ފެށިއެވެ. “ހެހެ.. ދެން ކޮންމެގޮތެއްވިޔަސް މިއޮތީ އާދެވިފައެއްނު.” މަޑު ހުނުމަކާއިއެކު ޒައިން ބުންޏެވެ. “ޓެކްސީއެއްގަ ދާން ޖެހޭނީ. ފުދޭވަރަކަށް ދުރުގަ އަހަރުމެން އުޅޭ ތަން ހުންނާނީ.” ދެލޯ ހަނިކޮށްލައިގެން ހުރެ ޖިއާން ބުންޏެވެ. ގަދަ އަވީގައި ހުރުމުގެ ސަބަބުން ޖިއާންއަށް ލޯހުޅުވައިލުންވީ ދަތި ކަމަކަށެވެ. ދުރުން އަންނަމުން ދިޔަ ޓެކްސީ ހުއްޓުވުމަށް ފަހު ދެޒުވާނުންވެސް އެއަށް އެރިއެވެ. ޑްރައިވަރު ކައިރީ ދާންވީ ތަން ބުނުމުން އަވަހަށް ޓެކްސީ ސްޓާޓް ކޮށްލީ ޖިއާންމެން ތަންކޮޅެއް އަވަސް ކުރުމަށް ބުނުމުންނެވެ.

މެލޭޝިޔާ ގައި ހުންނަ މަޝްހޫރު ހޮޓެލެއްގެ ކުރިމައްޗަށް ޓެކްސީ ޕާކު ކުރިއެވެ. ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ޖިއާން ޓެކްސީ އިން ފޭބިއެވެ. ޒައިން ފޭބުމަށްފަހު އޭނާގެ ފޮށި ހިފައިގެން ޖިއާންގެ ފަހަތުން ހޮޓެލްއަށް ވަންނަން ދިޔައެވެ. “ރިސެޕްޝަނަށް ނުގޮސްތަ ދަނީ؟” ރިސެޕްޝަން ހުރި ދިމާލަށް އިޝާރާތްކުރަމުން ޒައިން އެހިއެވެ. “ޑޫޑް. އަހަރުމެން ދެމީހުން އެއް ރޫމެއްގައޭ އުޅޭނީ. އަހަރެން ހުންނާނީ ހުރިހާ ކަމެއް ހަމަޖައްސާފައޭ.” ޖިއާން އަށް އެހާ ފަސޭހައިން ހުރިހާ ކަމެއް ހަމަޖައްސައިލެވުނީތީ ޒައިން ޙައިރާންވިއެވެ. ފަހަރުގައި މިއީ ޒައިންއަށް އާ ކަމެއް ކަމުގައި ވުމުން ހައިރާންވެދާނެއެވެ. ހޮޓެލްގެ އެކި ދިމަދިމާލަށް ނަޒަރު ހިނގަމުން ޒައިން ޖިއާންގެ ފަހަތުން ހިނގަމުން ދިޔައެވެ. ދިމާވާ ކޮންމެ މީހަކުވެސް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލައެވެ. މެލޭޝިޔާ މީހުންނަކީވެސް ރީތި އަޚްލާޤެއްގެ ވެރި ބައެއްކަން ޒައިންއަށް މިއަދު ފެނުނު މަންޒަރުތަކުން އެނގުނެވެ.

“ދަރިފުޅާ އަޅެ ބަލާލަބަލަ ފްލައިޓް ޖައްސައިފިތޯ.” އަސްމާ އިނީ ޒައިންގެ ޙާލެއް ބަލައިލައިހިތުން ކެތްމަދުވެފައެވެ. އަސްމާ ކިތަންމެފަހަރަކަށް މިހާރު ފްލައިޓް ޖައްސައިފާނެޔޭ ބުނެފިޔެވެ. ނަމަވެސް ނައިޒަކްމެން އެކަން ޤަބޫލުނުކޮށް ތިބީއެވެ. މަންމަ އާދޭސްކުރަން ފެށުމުން ނައިޒަކް ‘ފޮލޯ މީ’ އެޕްލިކޭޝަންއަށްވަނެވެ. ހަމަ އެ ސިކުންތެވެ. އާރިޝްގެ ފޯނަށް ވައިބަރ އިން ޒައިން ގުޅަން ފަށައިފިއެވެ. “މަންމާ. މިއޮތް ގުޅަނީ ބޭބެ.” ފޯނުގެ ސްކްރީން އަސްމާއަށް ދައްކައިލަމުން އާރިޝް ބުންޏެވެ. އަސްމާ އާރިޝްގެ އަތުން ފޯނު އަތުލަމުން ފޯނު ނަގައި އޭނާގެ ކަންފަތުގައި ޖައްސައިލިއެވެ. “ދަރިފުޅާ.” އެކޮޅުން ޒައިން ހެލޯ އޭ ބުނުމުން އަސްމާއަށް ޒައިންއަށް ގޮވައިލެވުނީއެވެ ރޮވިފައިވި އަޑަކުންނެވެ. ޒައިން ކިހިނެތްވީހޭ އެހި ވަގުތު އާރިޝް ފޯނު އަތުލުމަށްފަހު ސްޕީކަރަށް ލިއެވެ. “ބޭބެ އިން ފްލައިޓް ވިލާގަނޑެއްގަ ޖެހިގެން މަންމަ ބިރުން އެއުޅެނީ.” މުނީޝާ ބުންޏެވެ. “ހަހަ.. މަންމަ މާ ބޮޑަށް ވިސްނާތީ ވާގޮތް ތިއީ. ވިލާގަނޑެއްގަ ޖެހުނެއްކަމަކު މާ ބޮޑު ވަރެއް ނުވެޔޭ.” ޒައިން އެހެން ބުނީ އަސްމާގެ ހިތްހަމަޖައްސައިދޭންވެގެނެވެ. އެތައް އިރަކު މަންމަ އާއި ކޮއްކޮމެންނާ ވާހަކަދައްކަން ތިބުމަށްފަހު ޒައިން ފޯނު ބޭއްވީ އޭނާ މާދަމާ ރޭ އޮންނަ ޝޯ އަށްޓަކައި ތައްޔާރުވާންޖެހޭކަމަށް ބުނެފައެވެ.

ރޭގަނޑުގެ ވަގުތެވެ. މެލޭޝިޔާ ގައި ހުރި އިމާރާތްތަކުން ދިއްލައިފައި ހުރި ލައިޓްތަކުގެ ސަބަބުން ހީވަނީ މުޅި މެލޭޝިޔާ އެކި ކުލަކުލައިން ދިއްލައިފައިވާހެންނެވެ. މެލޭޝިޔާއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެ ޤައުމާ އެންމެ ގަޔާވާ އެއް ސަބަބަކީ އެއީ އެވެ. ރޭގަނޑުގެ ވަގުތުގައި މުޅި ޤައުމު އެކިކުލައިން ދިއްލައިފައި ހުންނަ މަންޒަރަކީ ބަލައި ފޫހި ނުވާނޭ މަންޒަރެކެވެ. އަށެއްޖަހަން ކައިރިވުމުން ޝޯ ބާއްވަން ހަމަޖެހިފައިވި ސަރަޙައްދަށް ޒައިން އާއި ޖިއާން ދިޔައެވެ. ޝޯގައި ދައްކަންޖެހޭ ވާހަކަތައް ގިނަކަމުން ޒައިން ބޭނުންވީ ރިހާސަލް އެއް ބާއްވައި ރަނގަޅަށް ތައްޔާރުވާށެވެ. މެލޭޝިޔާ ދެތިން ކުއްޖަކާއި އަދި ދިވެހި ކުދިންކޮޅަކާއިއެކު ޒައިން މާދަމާ ރޭ އޮންނަ ޚާއްޞަ ޝޯއަށް ތައްޔާރުވާން ފެށިއެވެ. ޖިއާން އެތާ އަތުރައިފައި ހުރި ގޮނޑިބަރިން ގޮނޑިއެއް ގައި އިށީންދެލައިގެން ފޯނާއި ކުޅެން އިނެވެ.

ތިން ރުއް ޕާކުގެ ހިތްގައިމު މާޙައުގައި ޝަމީމް އާއި ޝިމާޔާ ވައިޖައްސައިލަން އެތާ ބަހައްޓައިފައި ހުރި ބޮޑެތި ބޮޅުތަކުން ބޮޅެއްގައި ތިއްބެވެ. ޝަމީމް ވަނީ މިހާރު މުޅިންހެން ބަލިން ރަނގަޅުވެފައެވެ. މިހާރު ޝަމީމްއަށް އަމިއްލައަށް ހުރިހާ ކަމެއްވެސް ކުރެވެއެވެ. ދޭތެރެއަކުން ފައިގައި ރިއްސައިލިއެއްކަމަކި ކޮޅަށް ހުންނަން ދަތިވާބަރަކަށް ފައިގައެއް ނުރިއްސައެވެެ. “ދޮންބޭ ވަރަށް ބަނޑުހައި.” ބަނޑުން އަޑުކިޔަން ފެށުމުން ޝިމާޔާ ބުންޏެވެ. “އާނ. ދޮންބެ ވެސް ވަރަށް ބަނޑުހައިވެފަ މިހުރީ. ހިނގާ މޭރީބްރައުން އަށް.” ޝަމީމް މޭރީބްރައުން ރެސްޓޯރެންޓަށް ދާން ނިންމީ ތިން ރުއް ޕާކާއި އެންމެ ކައިރީގައި ހުރީ އެ ރެސްޓޯރެންޓް ކަމަށް ވާތީއެވެ. ޝިމާޔާ ވެސް އެއްވެސް ދެކޮޅުހެދުމެއްނެތި އެ ރެސްޓޯރެންޓަށް ދާން އެއްބަސްވީ އެތަނުން އަދި ދުވަހަކުވެސް ކެވިފައި ނުވާތީ އެވެ.

ޝަމީމް އާއިއެކީ ޝިމާޔާ ރެސްޓޯރެންޓް ތެރެއަށްވަނެވެ. އެ ތަނަކީ ޝިމާޔާއަށް އާ ތަނަކަށް ވުމުގެ ސަބަބުން ޝިމާޔާ އުޅުނީ ޝަމީމްގެ ފަހަތުންނެވެ. ޝަމީމް ދާހައި ދިމާލަކަށް ޝިމާޔާ ޝަމީމްގެ ފަހަތުން ދެއެވެ. ޝަމީމް ގެއްލިދާނެކަމުގެ ބިރު ހީވާތީއެވެ. ރޭގަނޑުގެ ވަގުތުކަމުން ރެސްޓޯރެންޓެތެރޭ މީހުންތައް ތޮއް ޖެހިފައި ތިއްބެވެ. ތަންކޮޅެއް ދުރުން ހުސްކޮށް ހުރި މޭޒެއްގެ ދެއްކުމަށް ފަހު އެތަނަށް ގޮސް އިށީނުމަށް ޝަމީމް ބުންޏެވެ. ޝަމީމް ކިއުގައި މަޑުކޮށްގެން ހުރީ އޯޑަރު ނަގަންވެގެންނެވެ. ޝިމާޔާ އޭނާގެ އަތްދަބަހުން ފޯނު ނެގުމަށްފަހު ފޭސްބުކަށް ވަދެލިއެވެ. ޕޯސްޓްތައް ބަލަމުން ސްކްރޯލް ކުރަމުން ދިޔަ ޝިމާޔާއަށް ފެނުނު ފޮޓޯއަކުން އޭނާގެ އިނގިލީގެ ޙަރަކާތްތައް ހުއްޓައިލެވުނެވެ. އެއީ ޒައިން ޝެއަރ ކޮށްފައި އިން ފޮޓޮއެކެވެ. އެ ފޮޓޯ ޝެއަރ ކޮށްފައި އިނީ މިރޭގެ ވަގުތެއްގައެވެ. ދުރުދުރުން ފެންނަން ހުރި ބޮޑެތި އިމާރާތްތަކުގެ ސަބަބުން ޒައިން އެ އުޅެނީ މެލޭޝިޔާގައިކަން ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ. ޝިމާޔާ އެ ފޮޓޮއަށް ރިއެކްޓް ކޮށްލުމަށްފަހު ފިލައިގެން އުޅޭ މީހުން އެބަ ފެނެޔޭ ކިޔައި އެ ފޮޓޮއަށް ކޮމެންޓް ކޮށްލިއެވެ. ފޭސްބުކް ހާވަން އިންދައި އިރުކޮޅެއްނުވެ ޝަމީމް އައިސް ޝިމާޔާއަށް ކުރިމަތިވާގޮތަށް އިށީނެވެ. ޝިމާޔާ ފޯނު ބޭއްވުމަށްފަހު ޝަމީމް އަށް ބަލައިލައި ހިނިތުންވެލިއެވެ.

އެކިއެކި ވާހަކަދައްކަމުން ސަކަރާތްޖަހަން ދެބެން ތިއްބައި ވެއިޓަރު ކާއެއްޗެހި ހިފައިގެން އައެވެ. ބިސްމީގެ ބަރަކާތުން ދެބެންވެސް ކާން ފެށިއެވެ. ކެއުން ތައްޔާރުކޮށްފައި ހުރިލެއް ފުރިހަމަކަމުން ޝިމާޔާއަށް އެތާގެ ޝެފުންނަށް ތަޢުރީފުކޮށްލެވުނެވެ. “ގެސް ވަޓް ޝިމް.” ކުކުޅު ކޮޅެއް އަނގައަށް ކަމުން ޝަމީމް ބުންޏެވެ. “ވަޓް؟” ޝަމީމް ބުނި އެއްޗެއް ނޭނގުމުން ޝިމާޔާ އެހިއެވެ. “ދޮންބެއަށް މާދަމާ ނޫން އަނެއްދުވަހު ލިބޭނެ ފޯނެއް. ޒައިން ފުރަން ދިޔުމުގެ ކުރިން ދޮންބެ ޒައިންއަށް ފޯނު ގަންނަން ލާރި ދިނިން.” ނިކަން އުފާވެފައި އިނދެ ޝަމީމް ބުންޏެވެ. “ދޮންބެއަށް އެނގޭ ދޯ އޭނަ މެލޭޝިޔާ އަށް ދިޔަކަން. އަހަރެން ގާތުގަ ބުނެވެސްނުލާ.” ކަޅި މައްޗަށް ހިންގައިލަމުން ޝިމާޔާ ބުންޏެވެ. “ހެހެ.. އެއީ ޝިމް ޒައިން ގާތު އާދޭސްކޮށްފާނެތީ ޝިމް ގޮވައިގެން ދާން.” ޝިމާޔާ ރުޅިއަރުވައިލުމުގެ ނިޔަތުގައި ޝަމީމް ބުންޏެވެ. “ހަހް. އަހަރެން އެބަ އުޅެންތަ ޒައިން ދާހާ ތަނަކަށް ދާން.” ޝިމާޔާގެ އަޑުގައި ފޫހިކަމެއް އެކުލެވިގެންވިއެވެ. ޝިމާޔާ އެ ޖައްސަނީ އެކްޓުކަން ޝަމީމްއަށް ވަރަށް ރަނގަޅަށް އެނގެއެވެ. “ތިކަމެއް ނޭނގެ އެއްކަލަ ދުވަހު ޒައިން އާ އެކީ ހިނގާލަން ދާންވެގެން ދޮންބެ ގާތު ހުއްދަ ހޯދި ގޮތުން.” ޝިމާޔާ ކޯކް ބޯން އިންދައި ޝަމީމް ބުނީ ޖުމުލައަކުން ޝިމާޔާ ކޮށިއަރާގޮތްވިއެވެ. ޝިމާޔާ ޝަމީމް އާއި ދިމާލަށް ލޯ އަޅައިލުމަށްފަހު ކެއުމައިގެން ކުރިއަށްދިޔައެވެ. އެގޮތުގައި އެކަކު އަނެކަކާ ސަމާސާ ކުރަން ދެބެން ތިއްބެވެ.

ކައި ނިންމައިގެން ބިލު ދައްކަން ޝަމީމް ދިޔައެވެ. ޝިމާޔާ ޝަމީމްގެ ފަހަތުގައި ހުރެގެން ރެސްޓޯރެންޓް އަށް ވަދެ ނުކުމެ ހަދާ މީހުން ތަކަށް ބަލަން ތިއްބެވެ. ބިލު ދައްކައި ނިމުމުން ޝަމީމް ޝިމާޔާ ގޮވައިގެން ރެސްޓޯރެންޓުން ނުކުންނަން ދާން ހިނގައިގަތެވެ. އައިނައިތަނެއް ނޭނގި ޝިމާޔާ ގައިގައި މީހަކު ލައިގަތުމުން ދެމީހުންވެސް އެކީ ބިންމައްޗަށް ވެއްޓުނެވެ. ގިނަ ބައެއްގެ ނަޒަރު އެ ދެމީހުންނަށް ހުއްޓިފައިވީއިރު ޝަމީމް ޝިމާޔާ ތެދުވަން އެހީވެދިނެވެ. “ސޮރީ.” ކަންފަތުގައި ޖެހުނު އަޑެއްގެ ސަބަބުން ޝިމާޔާ އާއި ޝަމީމް އަށް ދެލޯ ބޮޑުކޮށްލަމުން ވެއްޓިފައި އޮތް މީހާއާއި ދިމާލަށް ބަލައިލެވުނެވެ.

– ނުނިމޭ –

Share Article

Follow Me Written By

Hafsath Noora

Level 610 Stories100 Comments100 Login500 Comments

Born on 13th April 2005. Always wants to write stories. Specially Dhivehi stories. Love to read stories too. Loves to read comments. Positive and negative comments are always welcome. Lots of loves to my readers from the bottom of my heart ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Other Articles

Previous

ހިތް ކަލާޔަށް އެދޭތީ..3 (އެޑިޓް ކުރެވިފައި)

Next

ވާށޭ މަށާ އެކީ-12

Next
April 21, 2020

ވާށޭ މަށާ އެކީ-12

Previews
April 21, 2020

ހިތް ކަލާޔަށް އެދޭތީ..3 (އެޑިޓް ކުރެވިފައި)

15 Comments!

  1. Dhonthy says:
    April 21, 2020 at 10:19 am

    Salaam all readers. Miothee mi vaahakaige navaavees vana bai upload vefa. Hurihaa kiyuntherinnau es mibai kamudhaanekamau unmeedhukuran. And sorry mibai kurukoh genesdhevuneema? Gina readers ehaa hiyhananujeheyne kanneynge. Anyways Insha Allah dhn anna part v dhigukoh genesdheveythw masakkaiy kuraanu. Everyone stay safe at home. Enjoy reading and leave a comment. Love you all ❤️❤️❤️❤️❤️❤️❤️❤️❤️?

  2. Sunflowe~? says:
    April 21, 2020 at 12:12 pm

    ❤❤❤❤❤❤

    1. Dhonthy says:
      May 7, 2020 at 8:37 pm

      Thank you for the lovely comment sunflowe~?

  3. Liyaa says:
    April 21, 2020 at 1:14 pm

    Nice ?❤️

    1. Dhonthy says:
      May 7, 2020 at 8:37 pm

      Thank you so much Liyaa ????❤️

  4. Meekkomee says:
    April 21, 2020 at 1:41 pm

    Dhonthyy…. Story varah Reethi…. Masha Allah….. curiously waiting for your next……. Stay home….be safe…. Luv yeahhhh n miss yeahhh…ttyl✌️✌️??❤️❤️

    1. Dhonthy says:
      April 21, 2020 at 2:53 pm

      Thank you so much Meekko. Yes dear keep waiting inge. Mihaaru next part liyamun midhanee. Upload kolladheynan v avahah Insha Allah. You too dear. Stay safe at home. Love you too ❤️❤️❤️❤️❤️❤️??? And I miss ya more dear. Ye ttyl Insha Allah

  5. afffraushyyy says:
    April 21, 2020 at 5:29 pm

    luv it dhonthyyy?❤

    1. Dhonthy says:
      May 7, 2020 at 8:39 pm

      Thank you so much afffraushyyy ??????❤️

  6. Hamoo✍ says:
    April 21, 2020 at 7:35 pm

    Wow nice

    1. Dhonthy says:
      May 7, 2020 at 8:40 pm

      Thank you Hamoo. It means a lot ????❤️

  7. Izabell says:
    April 21, 2020 at 9:12 pm

    Mi part vx varah reethi. Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤ kon irakun next part up kollaani. Avahah up kollahche. #staysafe

    1. Dhonthy says:
      April 21, 2020 at 9:20 pm

      Awlhey izabell haadha dhuvaheh kollaafaey. Surprised. Haha. V bodah thank you Izabelle. Next part mihaaru innaane submit kollaafa. Dhn admin will publish it here. ❤️❤️❤️❤️❤️❤️
      Stay home and be safe

  8. Yanaa says:
    April 21, 2020 at 9:29 pm

    Varah varah reethi ?????????
    Maa sha Allah ???????????
    Curiously waiting for the next part ????????????????????♥️♥️♥️♥️ love you dhonthy♥️♥️♥️♥️♥️
    ?????? #staysafe???????

    1. Dhonthy says:
      May 7, 2020 at 8:42 pm

      Thank you so much Yanaa ?????❤️ It means a lot for me ??? And sorry for the late late reply. Love you too Yanaa ❤️❤️❤️❤️ Stay home and stay safe ???????❤️❤️

Comments are closed.


All Right Reserved!