Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދުވެސް މިހިތުގާ ވެޔޭ (5)

Krystal Level 210 Stories100 Login100 Comments
April 18, 2020 3 Mins Read
3 Comments

” ހަމަ މިހާރު ތެދުވޭ ” ނުހާ ހަޅޭއްލަވައިގަތެވެ. އޭނާ ދިޔައީ ސްކްރިޕްޓް ފަރިތަކުރަމުންނެވެ.

“ނުހާ މަޑުކޮށްބަލަ ތީ އަރިންގެ ރޯލު..” ޑައިރެކްޓަރު ނުހާ ހުއްޓުވަމުން ބުނެލިއެވެ.

” އެކަމް މީ ލީޑް ރޯލެއްނުން ” ނުހާ ސުވާލު އުފައްދަމުން ބުނެލިއެވެ. އަރިންނަށް ލީޑް ރޯލް ދޭނަމަ އޭނާއަށް މިފިލްމްގައި ލިބުނީ ކޮން ރޯލެއްބާއޭ ހިތަށް އެރިއެވެ.

” އާން ތީ ލީޑް.. ދެން ކިހިނެއްވީ އެވެސް ޖަހައިގަންނަން ބޭނުންވީތަ. ނުހާ އަކީ އަހަރެންގެ މައިދައިތަ މިފިލްމްގަ. ހަ” އަރިން ވަރަށް ތުއިވެލާފައި މަލާމާތް ކޮށްލިއެވެ.

ނުހާ އަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. އޭނާ އަކީ ވޭތުވެދިޔަ 20 އަހަރު މި އިންޑަސްޓްރީގައިވެސް އެންމެން އެމީހެއްގެ ފިލްމަށް ލީޑަކަށް ނަގަން ބޭނުންވި ތަރިއެވެ. މިއަދު ކުއްލިއަކަށް ނުހާ މަންމައެއްގެ ރޯލު ދޭން ޖެހުނު ސަބަބެއް ނުހާ ވިސްނާ ވިސްނާވެސް ނޭގުނެވެ. އަނެއްކާވެސްމީ އަރިންގެ ރޭވުމެއްބާއޭ ނުހާ ހިތަށް އަރަމުން ދިޔައެވެ. ކަރުނަތައް ހިފަހައްޓާލައިގެން ނުހާއަށް އިންނަން މަޖުބޫރުވިއެވެ. އަވަހަށް އެތަނުން ނިކުންނަން ނުހާ ހުރީ ކެތްމަދުވެފައެވެ.

***

މުޅި އުޑުމަތި އޮތީ ބަނަކޮށްފައެވެ.  ޖައްވުގައި ވަނީ ތެތް ފިނިކަމެކެވެ. ވާރޭ މަޑުމަޑުން ބޯކުރަމުން ދިޔައެވެ. ޖެހޭ ވަޔާ އެއްވަރަކަށް ގަސްތައް ނަށަމުން ދިޔައެވެ. ވިއްސާރަ އަކީ ނުހާ އެންމެ ގަޔާވާ އެއްޗެވެ. ޒީ އަންނަންދެން ނުހާ ބޭރުގައި މަޑުކޮށްލިއެވެ. އޭރުވެސް އޭނާ ވަނީ އިންތިހާއަށް ދެރަވެފައެވެ. ދޮން ކޯތާފަތް މައްޗަށް ކަރުނަތައް ފައިބަމުން ދިޔައެވެ.

” ޒީ އަހަރެން މި ފިލްމު ކުޅޭކަށް ބޭނުމެއް ނުން” ޒީ އައުމުން ނުހާ އިސްޖަހާލައިގެން އިދެ ބުނެލިއެވެ.

” ކިހިނެއް ވީ؟ އަރިން އެއްޗެކޭ ބުނީތަ؟” ޒީ ހައިރާންވެލާފައި އަހާލިއެވެ.

” ނުން.. އެކަމް އަހަރެން އަދި މަންމައެއްގެ ރޯލު ކުޅޭކަށް ބޭނުމެއް ނުން..” ނުހާ ހަމަ އެއިންގޮތަށް އިދެ ބުނެލިއެވެ.

” ތިކަމުގަ ޒީއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް… މިހާރުވެސް އެބައިން ދެ ޕްރޮޖެކްޓެއް އައިސް ނުހާ އަށް ހަމަ ލިބިފަ އިނީ ސެކަންޑް ލީޑް ރޯލެއް… ނުހާވެސް ގަބޫލު ކުރަންދޯ ނުހާ މިހާރު ލީޑް ރޯލު ކުޅޭ ވަރަށް ވުރެ އުމުރު ގޮއްސިކަން..” ޒީ މިހެން ބުނީ ނުހާއަށް ވިސްނާ ދިނުމަށްޓަކައެވެ. އެއްގޮތަކަށްވެސް ނުހާ ދެރަކޮށްލުމުގެ ނިޔަތުގަ ނޫނެވެ. ޒީ މިހެން ބުނުމުން ނުހާއަށް ވެގެން އުޅޭގޮތް އިގިއްޖެއެވެ. އޭނާ އަކީ މިހާރު 37 އަހަރުގެ އަންހެނެކެވެ. އުމުރާ ބަލާފައި ނުހާ ހުންނަނީ އަދިވެސް ވަރަށް ޅަކޮށެވެ. އެހެން ކަމުން މިފަހަރުވެސް މީ އަރިންގެ ރޭވުމެއްކަން ނުހާއަށް ދެނެގަނެވުނެވެ.

ގެއަށްއައިސް ވަތް އިރު ގޭތެރެ އޮތީ އެއްކޮށް އަދިރިކޮށެވެ. ބެލްކަނީގައި އޭރު މީހަކު ހުއްޓެވެ. ނުހާ ޝާން ކަމަށް ހީކޮށް ގޮސް ފަހަތުން އެމީހާ ގައިގާ ބައްދާލިއެވެ. އަދި މަޑުމަޑުން ގިސްލަން ފެށުނެވެ. އެމީހާ ކުރިމައްޗަށް އެބުރި ނުހާގެ މޫނު ކުޑަކޮށް ހިއްލާލިއެވެ. ފަޑު އައްޔެއްގައި ނުހާ ރޮމުން ދިޔަތަން ފެނުމުން ބޭ އިޙްތިޔާރުގައި ނުހާގެ މޫނު ފޮހެލުމަށްފަހު އެމީހާގެ މޫނު ނުހާގެ މޫނާ ގާތް ކޮށްލެވުނެވެ. ޝާން އޭނާ ގައިގާ ހިފަހައްޓާލައިގެން ހުރުމުން ނުހާއަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ނުހާވެސް ބޭއިޙްތިޔާރުގައި އެމީހާ އާ ކައިރިވެވުނެވެ. ކޮޅިގަނޑުގައި ޖެހި ދެ ނަފްސު އެކައްޗަކަށް ވިއެވެ. ދެމީހުން ދެމީހުންގެ ހޫނު ނޭވާތައް ޖެހޭހާ ކައިރިވަމުން ދިޔައެވެ.

ނުހާއަށް ހޭލެވުނީ ހެދުނު 6 އެއްވެސް ޖެހިފަހުންނެވެ. ހޭލެވުމާއެކު ކައިރީގައި ޝާން އޮތްތޯ ބަލާލިއެވެ. ހަމަ ޖެހުމުގެ ނޭވާއެއް ލީ އޭނާ ބަންޑުން އަނެއް ފަރާތަށް އެބުރިގެން އޮތުމުންނެވެ. ނުހާ ތެދުވެގެންގޮސް ފެންވަރާލުމަށްވަދުނެވެ. ފެންވަރާލައިގެން އައިސް އޭނާ އަށް ގޮވަން ފެށިއެވެ.

“ޝާން … ޝާން …. ތެދުވެބަލަ… މިހާރު އެއޮއް 7 ޖަހަނީ އޮފީހަށް ނުދަންތަ.. އަންނަ ވާހަކަ ނުވެސް ބުނަމެއްނުން..” ނުހާ ހަމަޖެހިލައިގެން ގައިގާ ލޯޝަން އުގުޅަމުން ވާހަކަ ދެއްކިއެވެ. ކުއްލިއަކަށް އެދުގައި އޮވެފައި އޭނާ ތެދުވެއްޖެއެވެ. އަދި ނުހާއާ ދިމާލަށް ބަލާލިއެވެ. ދެމީހުންނަށް އެއްފަހަރާ ހަޅޭއްލަވައިގަނެވުނެވެ.

” އަކްރަމް މިތާ ކީއްކުރަނީ… ކިހިނެއް ގެޔަށްވަނީ… ކީއްތިކުރީ؟ ” ނުހާ ދެލޯ ބޮޑުވެފައި ހުރެ ސުވާލުކުރަންފެށިއެވެ. އޭނާއަށް  ރޭގައި އައިސް ބައްދާލެވުނީ އަކްރަމްގައިގާ ތާއެވެ. އެހެންވިއަޔާ ޝާން ކޮބާހެއްޔެވެ؟ ނުހާއަށް ރޮވެންފެށުނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާއާއެކު މިފަދަ އަމަލެއް ހިނގާފާނެކަމަށް އޭނާ ހިތަކަށްވެސް ނާރައެވެ.

” ނުހާ އައޭމް ސޮރީ… އަހަރެން ގަސްދުގައެއް ނުން… ޕްލީސް ދެން ނުރޮއެބަލަ…ލެޓް މީ އެކްސްޕްލެއިން” އަކްރަމް ނުހާ ހުއްޓުވޭތޯ ބެލިއެވެ.

” އަހަންނާ އިހަށް ވާހަކަ ނުދައްކަފާނަންތަ؟ އަކްރަމް ދޭ މިތަނުން… ” ނުހާ މިހެން ބުނުމުން އަކްރަމް ކުޑަކޮށް މަޑު ޖެހިލިއެވެ. އަދި ނުހާއަށް ބަލަން ހުރެލާފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

” ޝާން… ” އަކްރަމަށް ސިހުމެއް ލިބުނީ އެވަގުތު ޝާން ދޮރުމަތީގައި ހުރުމުންނެވެ.

” ހުރި ހަޔާތް ކުޑަކަން ބަލާބަލަ… ތީތަ އެކުވެރި ކަމަކީ؟…. ނުހާ މިހާރު މިކަހަލަ ފިލްމްތަ ނުހާ ކުޅެނީ… ” ޝާން އޭނާގެ އަތުގައި އޮތް ދަބަސް ހޫރާލަމުން ބުނެލިއެވެ. މީހާ ހުރީ ރުޅިއައިސްގެން ކެކިކެކިއެވެ.

” ޝާން. އަހަންނާ ވަހަކަ ދައްކަބަލަ.. ނުހާގެ އެއްވެސް ކުށެއް ތިކަމުގަ ނެތް… ” އަކްރަމް ޝާން ނުހާ އާ ދިމާލަށް ހިގައިގަންނަން އުޅުމުން ހުއްޓުވާފައި ބުނެލިއެވެ.

” ކުރާ ހުރިހާ ކަމެއް ކޮށްފަ އޭނަގެ ކުށެއް ނެތޭތަ ތިކިޔަނީ… އަހަންނަށް ހުރިހާ އެއްޗެއް އަޑު އިވިއްޖެ.. ކަލޭމެން ދެމީހުން ދަންވަރު އެކެއް ދޭން ޖަހަންދެންވެސް މިގަނޑު ދޯ ގަންނަނީ…. މިޔޭ މި ނުހާ ގެޔަށް ލަހުން އަންނަ ކަމަކީ.. ދުރަށްދޭ… ” ޝާން އަކްރަމް ދުރަށް ކޮށްޕާލަމުން ނުހާ އާ ދިމާލަށް ހިގައިގަތެވެ. ނުހާގެ ދެކޮޑުގައި ހިފާ ކޮޅަށް ތެދުކުރިއެވެ. މީ ޝާން ނުހާ ގައިގާ މިހާ ބާރަށް އަތްލި ފުރަތަމަ ފަހަރެވެ.

” ކުޑަ އިރުއްސުރެ ދަންނަ ރަހުމަތްތެރިޔާ އާއެކު އޮންނަނީ މިކަހަ ގުޅުމެއްތަ.. ޗީ… ހުރި ލަދުހަޔާތް ކުޑަކަން ބަލާބަލަ… މިހާރު ޒާން އަކީ އަހަރެންގެ ދަރިއެއް ކަމާމެދުވެސް ޝައްކު…” ޝާންގެ މޫނު މައްޗަށް އައި ނުހާގެ ހޫނު އެތިފަހަރެކެވެ. އޭނާއަށް ކުށެއް ކުރެވުނީ އެންމެ ފަހަރަކު އެވެ. މިހާރު ދަރި ނަފީ ކުރާ ހިސާބަށް ކަންތައް ގޮއްސިއެވެ. ނުހާ ބަލަން ނުހުރެ ގެއިން ނިކުމެގެން ދުއްވައިގަތެވެ. އަކްރަމްވެސް ނުހާގެ ފަހަތުން ނުކުތެވެ.

މުޅި މަލޭގެ އެތަން މިތާގައި ނުހާ ހިނގަމުން ދިޔައެވެ. ގިސްލަމުން ރޮމުންނެވެ. މީހުންގެ ނަޒަރު ނުހާއާ ދިމާލަށް ހުއްޓެވެ. ހަދާނެ ނަހަދާނެ ގޮތެއް ނުހާއަކަށް ނޭގެއެވެ. މުޅި މީހާ ވަނީ ވަރުބަލިވެފައެވެ. ގައިން ހަބަރު ހުސްވެގެން ނުހާ މަގުމައްޗަށް ވެއްޓުނެވެ. އަކްރަމް އޭރުވެސް ދިޔައީ ނުހާގެ ފަހަތުން ހިނގަމުންނެވެ. ނުހާ ވެއްޓުނުތަން ފެނުމުން ދުވެފައި އައިސް ނުހާ ނެގިއެވެ. މަގުމަތީގައި މީހުން އެއްވަމުން ދިޔައެވެ. ފިލްމު ކުޅޭ ނުހާ ވެއްޓިއްޖެޔޭ ކިޔަމުން ބައެއް މީހުން ފޯނުން ވީޑިއޯވެސް ކުރަމުން ދިޔައެވެ. އަކްރަމް ބެލީ ނުހާގެ މޫނު ފޮރުވޭތޯއެވެ. އަދި އެންބިއުލާންސަށް ގުޅާ އޭޑީކޭ ހޮސްޕިޓަލަށް ނުހާ ގެންދެވުނެވެ.

ޝާން ދުވެފައި އައިސް އެމެޖެންސީއަށް ވަނެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ނުހާ އެމެޖެންސީގައި ހޮސްޕިޓަލަށް ގެންދެވުނު ވާހަކަ ބުނުމުން ޝާން ހާސްވާ ގޮތްވީއެވެ.

” ކޮންގުރެޗުލޭޝަންސް. ޝީ އިޒް ޕްރެގްނަންޓް. ޔެސް ޝާން ނުހާ ބަނޑުބޮޑު..” ޝާން އަށް ހީވީ އޭނާގެ ފައިދަށުން ބިންގަޑު ދަމައިގެން ދިޔަހެނެވެ.

= ނުނިމޭ =

Share Article

Follow Me Written By

Krystal

Level 210 Stories100 Login100 Comments

Other Articles

Previous

ވަރުދާން – 2

Next

މަޢާފް – އަށާވީސްވަނަ ބައި

Next
April 18, 2020

މަޢާފް – އަށާވީސްވަނަ ބައި

Previews
April 18, 2020

ވަރުދާން – 2

3 Comments!

  1. Yan♥️ says:
    April 18, 2020 at 5:35 am

    Varah reethi Masha Allah

  2. LAZY_QUEENY says:
    April 18, 2020 at 1:21 pm

    Vvvv reethi mi part vx… Curiously waiting for next part.. Whn is next part… N krystal you are so talented….. Maashaallah… ?????

  3. Krystal says:
    April 20, 2020 at 9:06 am

    Next part submitted.. pending….
    Thank you LAZY_QUEENY ???

Comments are closed.


All Right Reserved!