
ހިތުގެ ކޮންމެ ވިންދެއްގައި – 12 –
“ލޫން..ވީއާރ ޓަރައިންގ އަވާރ ބެސްޓް..އިންޝާ ﷲ ކާމިޔާބުވާނެ..އައިލީން މިވަގުތު އެ ވަނީ ވަރަށް ނާޒުކުފައްތަރެއްގައި..މި އޮޕަރޭޝަން ސަކްސެސްފުލް ވާނެކަމުގެ އެންމެ ފިފްޓީ ޕަސެންޓް ދެވޭނީ..” އައިޝަމް އާއި ލޫންއަށް ބަލާލާފައި ޔައިޝް ބުންޏެވެ. އެވަގުތު އެތަނައް އައި ޒުވާނާއަށް ބަލާލާފައި ޔައިޝް ލޫންއަށް އިޝާރާތްކޮއްލިއެވެ. އަދި ޔުނާން ކައިރީގައި ވަގުތެއް ނެތް ކަމަށާއި އަވަހަށް އައުމަށް އެދުނެވެ.
“އިއްބާން..”
***
ލޫންގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުންދިޔައިރު އެ ދެލޮލަށް ރަތްކަމެއްވެރިވެފައިވެއެވެ. އިއްބާން ގައިގައި ބައްދައިގަންނަމުން އަޑުވީއްލާ ރޮއިގަނެވުނީ ލަގޮނޑިއަށް ކެއްނުކުރެވިގެންކަހަލައެވެ. މީގެ ގަޑިއެއްހާއިރު ކުރިން ހިނގި މަންޒަރު އަދިވެސް ލޫންއަށް އޭނާގެ ލޯކުރިމަތިން ފިސަކުރެވެމުންދިޔައެވެ. ސިޑީގެ ހަރުފަތްތައް ގިރާކޮށް ސިޑިން ފައިބަން އުޅުނު އައިލީން ކައްސާލައިގެން ވެއްޓުނު މަންޒަރު އަދިވެސް އެދެލޯ ކުރިމަތީގައި ސިފަކުރެވިގެން ދިޔައެވެ. އެވަގުތު އައިލީން ހަޅޭއްލަވައިގަތް ގޮތާއި އެ ދެލޮލުން ފެނުނު ވޭން ސިފަކުރެވުމާއެކު ލޫންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
“ލިނީ. އިޓްސް އޯކޭ. އިންޗާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މިގަޑީގައި ދުޢާ ކުރޭ.” ލޫން ގިސްލަ ގިސްލާފައި ހިއްދަތިކަމާއެކު ރޯ މަންޒަރުފެނިފައި އިއްބާންއަށް ބުނެލެވުނެވެ. ފަރުވާތެރިކަމާއެކު ލޫންގެ ކޮނޑުގައި ހިފަހައްޓާލަމުން ލޫން ގެނެސް އޮޕަރޭޝަން ތިއޭޓަރު ކައިރީގައި ހުރި ގޮނޑީގައި ބައިންދަމުން ފުންނޭވާ އެއްލާފައި ހަމަޖެހުމަށް ބުންނެވެ. އަދި މިވަގުތު ހިތްވަރު ކުރުމަށާއި، މިވަގުތު އައިޝަމްއަށް މުހިންމުވާނީ ހިތްވަރުކަމަށް ބުނުމުން ލޫން ވެސް ކަށީގައި ނެތް ހިތްވަރެއް ނެރެމުން ބޯޖަހާލިއެވެ. ލޫން އިށީނދެގެން އިން އިރު އިއްބާން ކޮޅަށް ފާރަސް ލެގިލައިގެން ހުއްޓެވެ. ޔައިރާ އެތަނުގައި ހަމަހިމޭންކަމާއެކު އިށީނދެގެން އިނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ޒިލްވާމެންވެސް ތިބީ ކަންބޮޑުވެފައެވެ. ކައިޒިލްވެސް އެތަނުގައި ހުރީ އެކުވެރިޔާގެ ޙަބަރުލިބުމުންނެވެ. ކަންބޮޑުވުމާއެކު ހާސްކަންވެރިވެފައިވާ ހިތް ހަމައަކަށް ނޭޅުވިފައި ހުރި އައިޝަމް ހުރީ ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ.
ދެތިން ގަޑިއިރެއްހާއިރު ފަހުން ދޮރުހުޅުވާލާފައި ނުކުތް ޔައިޝް އާއި ޔުނާން ކައިރިއަށް އައިޝަމް ދިޔައެވެ.
“އައިލީން ކިހިނެއްތޯ؟ ” ހާސްކަން އެކުލެވިފައިވާ އަޑަކުން އައިޗަމްއަށް އަހާލެވުނެވެ. ލިބިދާނޭ ޖަވާބަކާމެދު އޭނާގެ ހިތް ދިޔައީ ބާރު މިނެއްގައި ތެޅެމުންނެވެ. ލިބެން އުޅޭ ދަރިފުޅާއި އަންހެނުންނަށްވެސް ގެއްލުމެއް ލިބޭކަށް އޭނާ ނޭދެއެވެ.
“ހަމަ މިރެކަލްއެއް. ދަރިފުޅާއި އަންހެނުންގެ ހާލުވެސް ހަމަ ބަރާބަރު.” ހީލާފައި ޔުނާން ބުނުމާއެކުހެން އައިޝަމްއަށް ޔުނާން ގައިގައި ހިފައިގަނެވުނީ ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެ ހިނދު މާތް ﷲ އަށް ޙަމްދުކުރިއެވެ. ލުއި ހީނލުމަކުން ހީނލާފައި ޔުނާން އައިޝަމްގެ ބުރަކަށީގައި ދެ ފަހަރަކު ޖަހާލިއެވެ.
“އައި ތިންކް އައި ސޯ ޔޫ ސަމްވެއަރ؟ އެންޑް ވައިފް ވެސް ވަރަށް ދަންނަ މީހަކާ ވައްތަރު؟ ” ސުވާލުގެ ނަޒަރަކުން އައިޝަމް އާ ދިމާލަށް ބަލާލަމުން ޔުނާން އަހާލިއެވެ.
“އޯވްހް ޔާ. އެއްކަލަ ދުވަހު އެކްސިޑެންޑް ވިއެއްނު ކުއްޖަކު. އެ ކުއްޖާއާ އެކުގައި ކާރުގައި އިނީ ޔުނާން.” އެދުވަސް ހަނދާނަށް އައުމާއެކު އައިޝަމްއަށް ބުނެލެވުނެވެ.
“އޯ. ވަރަށް ބޮޑަށް ޝުކުރިއްޔާ! އެ ދުވަހު ޝުކުރު އަދާވެސް ނުކުރެވުނީ ވަރަށް ހާސްވެފަ ހުރީމަ. ނޭނގެއެއްނު މިކަހަލަ ގޮތަކަށް އަލުން ދިމާވާނެ ކަމެއްވެސް. ބައި ދަވޭ، އަހަންނަކީ ޔުނާން.” ސަލާމަށް އަތް ދިއްކޮށްލަމުން ޔުނާން ބުންޏެވެ.
“މީ އައިޝަމް. މިހާރު އެ އަންހެންކުއްޖާ ކިހިނެއްތަ؟”
“މިހާރު ރަނގަޅު. އެދުވަހު އައިޝަމް ވަގުތަށް ނައިނަމަ ނޭނގޭ މިޝެލިން ދުނިޔޭގައި ހުންނާނެކަމެއްވެސް. ކޯމާއެއްގަ އޮތީ. ހޭއަރާނެ އިރެއް ލަފާކުރާކަށް އެއްވެސް ޑޮކުޓަރަކަށް ނޭނގޭ. ޝީ އިޒް ސޯ ހެލްޕްލެސް. އަމިއްލަ ބާރުގަ ނޭވާވެސް ނުލާ.” އިސްޖަހާލަމުން ޔުނާން ބުންޏެވެ. އައިޝަމް ޔުނާންގެ ކޮނޑުގައި ޖަހާލަމުން ހިތްވަރު ކުރުމަށްބުނެ ﷲ އިރާދަފުޅާއެކު އަދި މިޝެލިން ރަނގަޅުވާނެ ކަމަށް ބުންޏެވެ. އެ ދުވަހު އެ ދެމެދުގައި އެކުވެރިކަން އުފެދިގެންދިޔައެވެ.
(1 މަސް ފަސް)
“ޝެލް. މަޑުމަޑުން.” އެނދުން ތެދުވާން އުޅުނު މިޝެލިން އަރި އަޅާލުމުގެ ސަބަބުން ނުހަނު އަވަސް ހަރަކާތަކާއެކު މިޝެލިން އެނދުގައި ބާއްވަމުން ޔުނާން ބުންޏެވެ. ހަފްތާއެއްހާ ދުވަސް ކުރިން މިޝެލިން އޭނާގެ އެސްފިޔަތަށް ހުޅުވާލިތަން ފެނިފައި ޔުނާންއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ރޮވުނެވެ. އެ ދުވަސްތައް ދުވަހަކުވެސް ޔުނާންގެ ހަނދާނުން ފިލައިގެންދާނެކަމެއް ނޭނގެއެވެ.
“ދެން ޔާން. އަހަރެން އޯކޭ އޭ. ކޮންއިރަކު ފުރަނީ؟ ” ލީނލާފައި މިޝެލިން އަހާލިއެވެ. ޔުނާން އޭނާއަށް އަޅާލާވަރުން އޭނާގެ ހިތް ޔުނާންއަށްޓަކާ ވިރިގެން ފައިބަނީއެވެ. އެހާ އޯގާތެރި ފިރިއެއް ދެއްވިކަމަށްޓަކާ އޭނާއަށް މާތްﷲ އަށް ޙަމްދުކުރެވުނު އަދަދެއްވެސް ނޭނގެއެވެ.
“އަދި އެބަ އޮތް ދެ ގަޑިއެއްހާއިރު. އަރާމުކޮށްލާ އެނގެ. އެބަ އޮތް މުހިއްމު ކަމެއް ކުރަން. ޔަޝާ އާ ޔޫހާ އަންނާނެ އެއްޗެހި ފޮއްޓަށް އަޅާ ރެޑީކުރަން. ” މިޝެލިން އާއި ހަތަރުކަޅި ހަމަކޮށްލަމުން ޔުނާން ބުނީ ހިނިތުންވެލަމުންނެވެ.
“ޔުނާން. ޔަގީންތަ މީ ރަނގަޅު ނިންމުމެއްކަން؟ ” ޔުނާންގެ އަތުގައި ހިފަހައްޓާލަމުން އަހާލިއިރު މިޝެލިންގެ މޫނުމަތިން ފެންނުނީ ކަންބޮޑުވުމުގެ އަސަރެވެ.
“ޝެލް. އަހަރެން މި ނިންމީ ޝެލްއަށްވެސް އަހަންނަށްވެސް އަހަރެމެން ދެމީހުންނަށްވެސް، މި އާއިލާ މީހުންނަށްވެސް އެންމެ ރަނގަޅު ނިންމުން. ދެން އިތުރަށް މިކަމާ ބެހޭގޮތުން ސުވާލު ނުކުރަށްޗޭ.” ހީނލާފައި ޔުނާން ބުންޏެވެ. މިޝެލިންވެސް ހީނލުމަކުން ފުއްދާލީއެވެ. އޭނާ މި ފަސްގަނޑު ދޫކޮށް ލަންޑަންއަށް ދާން ނިންމީ އެންމެ ސަބަބަކާ ހެދިއެވެ. އެންމެ މީހެއްގެ ސަބަބުންނެވެ. މިޝެލިން ގެއަށް ގެނަފަހުން ޒޯހަން މިޝެލިންއާ އެކު އެކަނިވެލާނޭ ވަގުތަކަށް ބަލަބަލަ ހުންނަކަށް ޔުނާންއަށް ވަނީ ވަރަށް ރީތިކޮށްވެސް މިވީ ދުވަސްކޮޅުތެރޭގައި ފެނިފައެވެ. އެހެންވުމުގެ ސަބަބުން މިތަން ދޫކޮށް ޒޯހަންގެ ހިޔަނި މިޝެލިންގެ ދިރިއުޅުމަށްވެސް ނޭޅޭހާ ދުރަށް މިޝެލިން ގެންދަން ޔުނާން ނިންމީއެވެ.
ކޮޓަރީ ދޮރުގައ ޓަކިޖަހާލި އަޑަށް ޔުނާން ގޮސް ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ޔަޝާ އާއި ޔޫހާއެވެ.
“މިޝެލިން. އަހަރެން ދަނީ އެނގެ. ޔޫހާމެން އެހީވެދޭނެ އެއްޗެހި ޕެކުކުރަން. ” މިޝެލިން ކައިރިއަށް ހުއްޓެމުން ޔުނާން ބުނުމުން މިޝެލިން ހީނލާފައި ބޯޖަހާލިއެވެ. ގުދުވެލާފައި މިޝެލިންގެ ނިތުގައި ބޮސްދީފައި ޔުނާން ދިޔައެވެ.
***
ފުންނޭވާއެއްލަމުން ބެލްކަނީގައި ގަސްތަކަށް ފެންދޭންހުރި ޒީހާއާ ދިމާލަށް ޔުނާން ބަލާލިއެވެ. ލައިގެންހުރި ކަޅުކުލައިގެ ޖިންސްގެ ޖީބަށް ދެއަށް ޖަހާލަމުން އެދިގު އެސްފިޔަތަށް ލައްޕާލާފައި ހުޅުވާލިއިރު އެ ކަޅުދެލިކޮޅެއްފަދަ ދެލޮލުން ފެނިލީ ތަފާތު އަސަރެކެވެ. އިސްތަށިގަނޑުގައި ދެއަތުން ފުނާއަޅާލަމުން ކުރިއަށް ހިނގައިގަތެވެ. ފަހަތުގައި މީހަކު ހުއްޓުނުކަމުގެ އިޙުސާސްވުމާއިއެކު ޒީހާ ފަސް އެނބުރި ފަހަތް ބަލާލީ ޔުނާން ފެނިދާނެކަމަކަށް ނޫނެވެ. މިވީ މަހެއްހާ ދުވަސްތެރޭގައި ޔުނާންއާ ޒީހާ ދިމާވެފައިވަނީ މަދު ފަހަރެއްގައެވެ. ނަމަވެސް ޔުނާން އޭނާ ފެންނަކަމަށްވެސް ހަދާނުލައެވެ.
“އަޅުގަނޑު ބޭނުން ވާހަކެއްދައްކާލަން. ” ހިނި ނޭވާއެއް ދޫކޮށްލަމުން ޔުނާން ބުންޏެވެ. މިއީ އޭނާ އިސްނަގައިގެން ޒީހާއާއި ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. ހަމަޖެހިލަމުން ޔުނާން ހައިރާންކަމާއެކު އޭނާއާ ދިމާލަށް ބަލަންހުރި ޒީހާއަށް ހިނިތުންވުމެއްދިނެވެ. ކުޑަ އިރުކޮޅެއްފަހުން ހަމަޖެހިލާފައި ޒީހާ ޔުނާންއާ ދިމާލަށް ބަލާލިއެވެ.
“ކީކޭ ދަރިފުޅާ؟”
“އަޅުގަނޑަށް ވަރަށް ބޮޑު ކަމެއް ކޮއްދެވޭނެތޯ؟ އުނދަގޫވާނެކަން އެނގޭ. ” ދުރުބަލަހައްޓައިގެން ހުރެ ޔުނާން ބުންޏެވެ. އަދި ކުއްލިއަކަށް ޒީހާ އާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“މަންމާ.” މަޑުން ނަމަވެސް ޔުނާން ބުނި ލަފުޒު ޒީހާއަށް އަޑުއިވުނެވެ. މޭގައި އަތްޖައްސާލައިގެންހުރި އިރު އޭއަހަށް ހީކުރެވުނީ މި ފެންނަނީ ހުވަފެނެއްކަމަށެވެ. ސަތާރަ އަހަރުފާއިތުވި ފަހުން ޔުނާން އޭނާއާ ދިމާލަށް މަންމާއޭ ކިޔާފައި ގޮވާލުމުން ބަނޑުއަޅާ ވިހެއި ދަރިއަކަށްނުވި ނަމަވެސް، މައިވަންތަކަމުން ހިތްފުރި ބަންޑުންވިއެވެ. މިއީ އޭނާ ހާދަ އިންތިޒާރުކުރި ވަގުތެކެވެ. އޭނާ ހީކުރީ ދުވަހަކުވެސް، ދުވަހަކުވެސް ޔުނާން އޭނާއާ ދިމާލަށ މަންމާއޭ ކިޔާލާފައި ގޮވާނުލާނެކަމަށެވެ.
“އަދި…އަދި..އެއްފަހަރު…” ގިސްލެވެމުންދިޔައިރު ޒީހާއަށް ބުނެލެވުނެވެ. މިޔަދު އުފަލުންގޮސް އެ ހިތް ބަންޑުންވެއްޖެއެވެ.
“މަންމާ” ހީނލާފައި ޔުނާން ބުނެލިއިރު އެދެލޯވެސްވީ ކަރުނައިން ތެމިފައެވެ. އޭރު ޒީހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
– ނުނިމޭ –
46 Comments!
Comments are closed.
Heyy.. This part is awesome.. Mashaa Allah whn next part… Love you and be safe..
thankx Alaaya>3 insha Allah varah avahah. ly 2 be safe 🙂
Salam readers. Ummeedhukuran mi part vx kiyuntherinnah kamudhaane kamah. Next part insha Allah varah avahah. Yunaan Zeehaa kairi edhen e ulhenee kon kamakubaa dhw? Share ur viwes. positive and negative comments are welcome. Love you all my readers
#please stay home, Be safe
Vrh reethi …….?whn is the next part ?
Thankx Suba. Insha Allah varah avahah 🙂 be safe
Wow vrh reethi mi part vex ♥️??
Thankx lai>3 🙂 Be safe
Omg???…..mi part vx hama varah varah reethi???….curiously waiting for the nxt part…..enme kiyaa hiyy vi thankolhun e nimuny vx??….kn irakun nxt part mal??…stay home…be safe…lysm mal
Thankx kai. Eheh. Next part monday ga. ?
Hey malko when next part?dont say ingey varah avahashey i need the final date of uploading. Abadhu geyga thibey iru eh liyaane vaguthu nulibi eh nudhaane yageen kameh eiy mihaaru. Dhigu koh ves liyeveyne avahah ves up kureveyne. Balaaba dhiraa wish men bunaa dhuvahah up nukurevunas up kollaairu kollaane long long part eh. Adhi eyna malko ah thure maa buxy vaane. Dhen bunan v thee kuda kujjekey kuda ve dhigu koh nulivenyaa vaahaka nuliyaanee. Ehaa gina dhuvahun up vaairah liyevifa innany 100 bas. Vaahaka hadi ekey nubunaanan vaahaka varah varah reethi ekm ehn hadhaathy varah foohi kiyan. So mal learn from other writers too. Tell me the day u will upload next part
Eheh. Thankx who ever you are! So I guess its time. Next part monday ga. And dhigukoh genes dheynan insha allah. Next part monday night ga. And kudayas dhigukoh liyeveyne ey bro. So monday ga dhigukoh genesdhevythw mihaaru eba masaikai fashan. Thankx♥
Yes anonymous u r right…mal ge kada thankolhu eiy..dhiraa sis nuves hunnaan varah bunaa dhuvahah up nukoh..egothah vaan jeheyne dhigu part liyan jeheynee
Ok. Next part monday night ga. Dhigukoh genesdhevythw mi masaikai fashee. Sukuran
Varah varah varah reethi ??????
Maa sha Allah ???????????
Curiously waiting for the next part ???
???? love you lysh dhoonii????
thankx yan. ly 2. be safe>3
O God… mi stry dhaagoeh v vx reethi… enme reethi hisaabun thi nimmaaly.. curiously waitingg frr the nxt.. ur besst writer.. ??????
thankx sam. it means a lot to me>3
Yooohoooo haadha reechchey mi bai es. Mallu u are hama best inge. Dhn sukun kurumuga konme es varakah mistakes ulhey. Insha Allah you will improve. Over all koh hama story vvvvvv reethi. Habeys.. Love you so much Mallooo
thank u soo much dhonthy>3 ly
Malkooo…. story is awesome….. Masha Allah….varah Varah Reethi………. curiously waiting for the next…..stay home…be safe……..luv yeahhh….✌️✌️ttyl✌️✌️❤️❤️??
thankx meekko>3 ly 2
Malko kurin lee vaahakaiga ves ulhey ibbaan,Aisham,Loon,Aileen,Zohan dhen
anekka e meehun keehve mi vaahakaiga ulheny. Dhevaahaka gulhuvaafa tha miothy. Mi misunderstanding clear kohdhehchey. Varah gina dhuvas vehje story nukiyetha. By theway vaahaka varah reethi. Waiting for the next part???
morning. “Waanan Umurah” ga ulheyne Aisham men. ekam Zohan eh noolheyne Waanan Umurah ga. mi vaahakaiga zohan ulhyni. Aisham men mi vaahaka ah lee sababu engeyne nge kiyamun dhaairu. there will be some big reasons behind of it. kiyamun dhaa varakah engeyne Kookie. And Yeshh. mi dhevaahaka gulhuvaalaafa mi othee. “hituge konme vidhehgai” mi vaahakathere ah “waanan umurah” ge characters thah laafa hunnaane. adhi doubt eh othiya ahaalahchy. will be happy to clear it to u. btw thankx. stay home, be safe 🙂
hey darlinnn I missed u xo much…Sorry dat I didn’t comment ur stry for so long…m really quilty with dat….anyway I like the way how the stryy goes…dats cute interesting??btw lav uu gurlll..also be safe ngeyy…much misses mal??
Aww. I missed u soo much. Adhi vx rangalhu nuveytha mail? mal ge mihaaru innanee aa mail eh enge. hangout id ga. innaane mi vaahakaige mal ge infomation hunna thanuga hangout id liyefa. and Its ok. lve u. miss u 2. stay home , be safe 🙂
Hiii Lysh….. I’m so happy…. Guess what… ???mi vaahaka kiyaalan libuneema… N next part tomorrow ga up kohdheynamey bunyma…. Thanks… I’m so happy… Curiously waiting for next part… By the way Vvvv reethi mi part vx… #Lysh fan.. #stay home n be safe… N Lysh you are so talented…. Maashaallah… Lysm… Dhigu koh Next part genevey thw balahchey… Again stay home n be safe??????? Lysm ????
Aww. thankx girl. I’m so happy too coz ur happy. such a sweet comment. labba! next part dhigukoh genesdhevythw mihaaruvx masaikaikuramun mi dhanee. thanx u soo much>3 stay home, be safe.ly2
vara vara reethi..mi stry reethi kamun 2 days wait kuran jehunas heevanii 2 years wait kuran jeheyhen..hehe..again vara reethi i stry..go girl,ly<3 be safe
Awwn. Thank u soo much nunnu>3 Insha Allah maadhan reyga up kohladheynan 🙂 Eheh. ly 2. stay home, be safe>3
Mi part ves v reethi ??
Keep it up mal
Be safe ?
Thankx faiher>3 stay home , be safe 🙂
v v v v reethi story eh
Thankx>3
mal….v reethi mi part vx…waiting 4 next part…stay home and be safe lysm????
thankx Ash. be safe
can someone please request the admin to upload new strys soon. vaahaka thah up vaaleh vrh slow baeh dhuvas dhuvahu. although there is alot submitted during quarantine please take this positive and help out. this is a request from alot of readers 🙂
Yes dhow. Admin busy ee kanneynge. Thikujjaa bunihen aa vaahakathau kiyaahithun kennulavaafa mi hunnanee. Hamoo, idontcare, krystal, cherrychoppers, aiminath rau, dhonthy, venom mi kudhin kudhinge vaahaka asssuves v salhi ingeyy. V kiyaahiyvey e vaahakathau. Please admin publish those stories soon. Please. Pls pls pls pls ? ? ? ?
yeah I’ll ask 🙂
alhey thankyouuuuuuu. there is one uploaded but there is a few more that has been submitted
Labba. malkko bunefin
Mal mirey next part dhw.. Yayy????????
Eheh. Labba! mireyga next part 🙂
haadhakurey….thynaa up nukohgn ehn vaahakaeh kiyan feshithanun thi up kury…anyway…sry v salhi ekm thankolheh lahee up kuraaleh…dhn liyumah fah balaalun rangalhvaane..ebahuri gammer baeh mistakes….avahah up kohdhehchey dhn faharakn..??
thankx someone. ekam adhi up eh nukuran. irukolhakun mi ulhenee up kuran. labba. dhen up kuraaney dhuvaheh vx bunefa baindhaanan. and yeah. proof read kohlaafa 13th vana part eba up kohladhen. thankc , be safe>3
Mal kobaa 10 ge kurih up kurahchey cox im a child need to sleep fast lysm
Thankx zaheee. Eheh. labba dear. next part liye nimijje. proof read kohlaafa eba up kohladhen 🙂