
ހިތުގެ ކޮންމެ ވިންދެއްގައި – 13 –
“މަންމާ” ހީނލާފައި ޔުނާން ބުނެލިއިރު އެދެލޯވެސްވީ ކަރުނައިން ތެމިފައެވެ. އޭރު ޒީހާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
“ދެން ނުރޮއި މަންމާ. އަޅުގަނޑަށް މަޢާފް ކުރޭ. އޭރު ކަންތައްކުރެވުނީ ރަނގަޅަކަށް ނޫންކަން މިޔަދު އިޙުސާސްކުރެވިއްޖެ. އަޅުގަނޑަށް ކުރެވުނު ކުންހީއެއްގެ މައްޗަށް ހުރިހާ ކަމެއް އޭރު ނިންމުނީ. އެކަމު އެދުވަހު މަންމަގެ ލޮލުންފެނުނު އިޙުސާސްތައް އަޅުގަނޑަށް އެ ދުވަހު އެއްޗެހިތަކެއް ކިޔާދިން. އަޅުގަނޑަށް މަޢާފުކުރޭ.” ޒީހާގެ އަތުގައި ހިފަހައްޓާލަމުން ޔުނާން ބުނަމުންދިޔައިރު އޭނާގެ އަޑުގައިވީ ސާބިތުކަމެވެ. ޒީހާ އާއި ހަތަރުކަޅިކަމަކޮށްލައިގެން ހުރިއިރު އެދެލޮލުން ވެސް ހުރަހެއްނެތި ޒީހާއަށް އެނގިގެންދިޔައީ އެ ވާހަކަތަކުގައިވާ ތެދުކަމެވެ.
“މަންމަގެ ޔުނާންއައްޓަކައި އަބަދުވެސް މިހިތް ވަނީ ހެޔޮކޮށް. މިޔަދު މަންމަ ވަރަށް އުފާވެއްޖެ.” ހިނިތުންވެލައިގެންހުރެ ޔުނާންގެ ބޮލުގައި ފިރުމާލިއިރު މިޔަދު ޒީހާގެ ހިތަށް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ.
“މަންމާ. ދެން ނެތް ވަގުތެއް. އަޅުގަނޑު ފުރާގަޑިއާއި ވަރަށް ކައިރިވެއްޖެ. މަންމަ އަޅުގަނޑަށްޓަކާ ވަރަށް ބޮޑުކަމެއް ކޮއްދެވޭނެތޯ؟” ޔުނާންގެ މޫނުމަތީގައިވީ ސީރިޔެސްކަމުގެ ސަބަބުން ޒީހާއަށް ވެސް ސީރިޔެސްވެވުނެވެ.
“ކޮންކަމެއްތަ ދަރިފުޅަށް ކޮށްދޭންވީ؟” ޔުނާންއަށް ބަލާލަމުން ޒީހާ އެއްސެވެ. ޒީހާގެ ދެއަތުގައި ހިފަހައްޓާލަމުން ޔުނާން ޒީހާއައި ހަތަރުކަޅި ހަމަކޮށްލިއެވެ.
“މަންމާ. މަންމަމެން ބޭނުންއިރަކު އަޅުގަނޑުމެންނާއި ބައްދަލުކުރަން އާދެވިދާނެ. އެކަމަކު. އެކަމަކު ޒޯހަންއަށް މަރުހަބާއެއް ނުކިޔޭނެ. އަޅުގަނޑު ބޭނުމެއްނޫން ޒޯހަން މިޝެލިން އާއި ކައިރިވާކަށް. އަޅުގަނޑަކަށް ކެތެއް ނުކުރެވޭނެ އަނެއްކާވެސް މިޝެލިންގެ ދިރިއުޅުމުގައި އެގޮތަށް ހެލްޕްލެސް ވެފައިވާ މަންޒަރުދެކޭކަށް. އާނ މަންމާ. ތިހީކުރެވުނީ ރަނގަޅަށް. މިޝެލިންއަށް ހަމަލާދިނީ ޒޯހަންގެ ރޭވުމުގެ ދަށުން. އެހެންވެ އެ ދުވަހު އެގޮތަށް ޒޯހަން އާއި އަރައިރުންވެވުނީ. އެއްފަހަރެއްކަމަކު އަޅުގަނޑު ޒޯހަންއަށް މަޢާފުކޮށްފިން. ނަމަވެސް ޒޯހަން ކުރީކީ އަޅުގަނޑުގެ ހިތުން ފިލުވާލެވޭނޭ ވަރުގެ ކަމެއްނޫން. އަޅުގަނޑު ބޭނުމެއްނޫން އަޅުގަނޑާ މިޝެލިންގެ ޙަޔާތަށް ޒޯހަންގެ ހިޔަނި އެޅޭކަށް. މަންމަ ޒޯހަން ކައިރީ މިވާހަކަ ނުދައްކަށްޗޭ. މަސްލަހަތަށް ބަލާފައިނަމަވެސް މިކަން އެންމެނަށް ސިއްރުކޮށްދޭނެކަމަށް އުންމީދުކުރަން. މަންމަގެ ހިތުގައި ޖެއްސުނުނަމަ އަޅުގަނޑު މަޢާފަށް އެދެން. ” ޒީހާގެ ނިތުގައި ބޮސްދީފައި ފިނިނޭވާއެއް ދޫކޮށްލަމުން ޔުނާން އެތަނުން ދާން ހިނގައިގަތީ ޒީހާއަށް ހަމަޖެހިލަން ފުރުސަތު ދިނުމަށެވެ.
***
އެއަރ ޕޯޓަށް ވަދެގެން ދިޔައިރު ގިނަބައެއްގެ ނަޒަރުވީ “ބްލޫމްސް” ހޮސްޕިޓަލުގެ އާއިލާ މީހުންނަށް ނަޒަރުހުއްޓިފައެވެ. އަދި އެމީހުންގެ ތެރޭގައި “ބްލެކްރޯޒް” ކޮންޕެނީގެ ވެރިޔާގެ ދަރިފުޅު އައިޝަމް އާއި އޭނާގެ އަންހެނުން، އައިލީން ހުރުމުގެ ސަބަބުން ގިނަމީހުންގެ ނަޒަރު އެދެމީހުންނަށްވެސް އަމާޒުވެގެން ދިޔައެވެ.
“ދެން ދަނީ. އިރުކޮޅަކުން ފްލައިޓު ނައްޓާލާނެ. ” އެންމެންނާއި ވަދާއުގެ ސަލާމު ކުރަމުން ޔުނާން ބުންޏެވެ. އޭނާ ހުރީ އެއްއަތުން ލޯބިވާ އަނބިމީހާގެ އުނަގަނޑުގައި ހިފަހައްޓާލައިގެންނެވެ.
“ދަރިފުޅާ ހަމަ ދިއުން އެހާ މަޖުބޫރުތަ؟ ސަބަބަކާއި ނުލައި ތިހެން ދަރިފުޅު ވަކިވެގެން ދިޔައީމަ ބައްޕަ ކިހާ ދެރަވާނެ. ” ލޯބިވާ ހަގު ފިރިހެންދަރިފުޅު ދާތިވެ ޖަޒުބާތީ ވެފައިހުރެ ޔާއިންއަށް ބުނެވުނެވެ.
“ބައްޕާ. ބައްޕަމެންނަށް ބޭނުން އިރަކު އާދެވޭނޭ އަޅުގަނޑުމެން ކައިރިއަށް. ” ހީނލާފައި ޔުނާން ބުންޏެވެ. ޔާއިން ކައިރީގައި ހުރި ޒީހާ ހުރީ ޔުނާން ދާތިވެ ނުހަނު ދެރަވެފައެވެ. އެތަނުގައި މަދީ ޒޯހަން އެކަންޏެވެ.
“މަންމާ. އަޅުގަނޑު ދަނީ. ވަރަށް ލޯބިވޭ. ” ޒީހާ ގައިގައި ބައްދާލާފައި ނިތުގައި ބޮސްދެމުން ޔުނާން ބުންޏެވެ. އޭރު ޔާއިންއާއި ޔައިޝްމެން ތިބީ ޝޮކެއްގައެވެ. ނަހީކްއާއި އީދާންވެސް މެއެވެ. އެ މީހުންގެ މޫނުމަތިންވެސް އެކަން ދޭހަވަމުން ދިޔައެވެ. ޔުނާން ގާތަށް ކުޑަކޮށް ހިނިއައި ނަމަވެސް އައިޝަމް އާއި އައިލީން އާ ދެމީހުންނަށް ވަދާއުގެ ސަލާމުކުރުމަށްފަހު ފްލައިޓަށް އަރަން ހިގައިގަތެވެ.
***
“ޒީހާ..” ކޮޓަރިއަށް ވަދެވުމާއެކުހެން ޔާއިންއަށް ގޮވާލެވުނެވެ. ސަތާރަ އަހަރު ފަހުން ޒީހާ އާ ދިމާލަށް ޔުނާން މަންމާއޭ ކިޔާފައި ގޮވާލުމުން އެހިތް އުފަލުން ފޮޅުނެވެ. ޔާއިން ޒީހާއަށް ގޮވާލީ އެވީ ކިހިނެއްހެއްޔޭ އަހާލިފަދަ ގޮތަކަށެވެ. ޒީހާ ޔާއިންއަށް ހުރިހާ ކަމެއް އޮޅުންފިލުވައިދިނެވެ. ނަމަވެސް ޔުނާންގެ އެދުމަށް ޒޯހަންގެ ވާހަކަ ކިޔައެއް ނުދެއެވެ.
( 2 އަހަރު ފަސް )
“ނީރާ. ކޮބާ ހުރިހާ ކަމެއް ނިމުނީތަ؟ ” ކާބަދިގެއަށް ވަތް ޒީހާ އަހާލިއިރު އެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.
“ޔުނާންއާ މިޝެލިންއަށް އެންމެ މީރުހެން ހީވާ ހުރިހާ އެއްޗެއް ތައްޔާރުކުރިންތަ؟ އެދެމީހުންގެ ކޮޓަރި ފޮޅާ ސާފުކުރިން ދޯ؟ ” ނީރާއަށް ކަމެއް ހަނދާންކޮށްލަދިން ފަދަ ގޮތަކަށް ޒީހާ އަހާލިއެވެ.
“ލައްބަ ދައްތާ. ހުރިހާ ކަމެއްވެސް ކޮށްނިމިއްޖެ.” ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ނީރާ ބުންޏެވެ.
“އެންމެ ރަނގަޅު. ދެން އިންތިޒާރުކުރަން ޖެހޭނީ ޔައިޝް އެދެމީހުން ބަލާ އަންނަން ދެން. ” ހީނލާފައި ގޭތެރޭގައިވާ ސޯފާގައި އިށީންނަމުން ޒީހާ ބުންޏެވެ. ދެ އަހަރުފަހުން ޔުނާންމެން ފެންނާނެތީވެ އޭނާހުރީ އިންތިހާއަށް އުފާވެފައެވެ.
“މިޝްކާ. ޔައިޝް ގޮއްސިދޯ؟ ” ސިޑިން ފައިބައިގެން އައި މިޝްކާ ފެނިފައި ޒީހާ އަހާލިއެވެ.
“ލައްބަ މަންމާ. ކޮބާ ބައްޕަ؟” ހިނިތުންވެލާފައި މިޝްކާ އަހާލިއެވެ. އޭރު ޔައިޝް އާއި މިޝްކާގެ ހައަހަރުގެ ދަރިފުޅު ޔަޒްކަން ޔޫހާ އާއި ޔާޝާ އާއިއެކު ސިޑިން ފައިބަމުން އާދެއެވެ.
“ބައްޕަ ވީ މީޓިންގ އެއްގައި. ބުނުއްވީ އިރުކޮޅަކުންނޭ އާދެވޭނީ. ޒިއްކު މާމަ ދޫނީ އާދެބަލަ. ” މިޝްކާ ކައިރީގައި މަޑުކޮށްލި ޔަޒްކަން ފެނުމުން ޒީހާ ބުންޏެވެ.
***
“ޔާން. މިސްޑް ޔޫ ބްރޯ.” ކާރުކައިރިގައި މަޑުކޮށްލި ޔުނާން ފެނިފައި ޔައިޝް ލޯބިވާ ކޮއްކޮ ގައިގައި ބައްދާލަމުން ބުންޏެވެ. އޭރު އެ ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. ކޮންމެ އަހަރަކު އެއްފަހަރުހެން އެމީހުންކައިރިއަށް ދިޔަސް މިހާރު ނުދެވޭތާ އަހަރެއްވަރުފަހުން ޔުނާން ފެނިފައި އޭނާއަށް ހިނިތުންވެވުނީއެވެ.
“ކޮބާ މިޝެލިން؟” މިޝެލިންގެ ހިލަމެއް ނުވުމުން ދެލޯ ބޮޑުކޮށްލާފައި ޔައިޝް އަހާލިއެވެ.
“ހަމަޖެހިބަލަ. އަހަރެން ޝެލް ކައެއްނުލަމޭ. ބަލާބަލަ. އެއޮށް އަންނަނީ . ” ހީނލާފައި އެއަރ ޕޯޓުން ނުކުމެގެން އައި ބަޔަކަށް އިޝާރާތްކޮށްލަމުން ޔުނާން ބުންޏެވެ. ނަމަވެސް ޔައިޝްއަށް އެތަނުން ދަންނަ މީހެއް ނުފެނުނެވެ. ތަންކޮޅެއް ދުރުން އެމީހުންކައިރިއަށް އައިސް ހުއްޓުނު ދެ އަންހެންމީހުންނަށް ޔައިޝްގެ ނަޒަރުހުއްޓުނެވެ. ވަރަށް ކައިރިން އެ ދެ އަންހެންމީހުންނަށް ބަލާލުމާއެކު ޔައިޝްއަށް އޭނާގެ ދެލޯ ބޮޑުކޮށްލެވުނެވެ.
“ޔޫއްތާ. މިޝެލިން!” ހައިރާން ކަމާއިއެކު ކުރިމަތީގައިހުރި ދެ މީހުންނަށް ބަލާލަމުން ޔައިޝްއަށް ބުނެލެވުމާއެކު އެދެމީހުން ބޯޖަހާލިއެވެ.
“ޔުނާން. ހާޓް އެޓޭކެއްނުތި ދިނީ. ނުވެސް ބުނަމެއްނު މިޝެލިން ބަނޑުބޮޑުކަމެއް. އަދި ޔޫއްތަ އަންނަ ވާހަކަވެސް ނުބުނޭ. ބައްޕައާ މަންމަގެ ހިތްހުއްޓޭނެ ކަންނޭނގެ.” އިސްތަށިގަނޑުގައި އަތްހިނގާލަމުން ހީނލާފައި ޔައިޝް ބުންޏެވެ. މިޝެލިންގެ ނުވަމަސްފުރިފައިވާ ބަނޑުބޮޑު ފެނިފައި ޔައިޝް އެދެމީހުންނަށް މަރުހަބާކިއެވެ. އަދި ޔޫނާވެސް އެހާދުވަސްފަހުން ފެނުމުގެ ސަބަބުން ޔޫނާއަށް އޭނާ ހޫނު މަރުހަބާއެއް ކިއެވެ. ކުޑައިރު ގައި އޭނާއަށް ވަނީ ޔުނާ ފެނިފައެވެ. ނަމަވެސް ޔުނާންއާއި ޔަޝާގެ އިތުރުން ޔޫހާއަކަށް ޔޫނާ ފެނިފައެއް ނުވެއެވެ. ޔޫނާއަކީ ޔާއިންގެ އެއްބަނޑުއެއްބަފާ ކޮއްކޮއެވެ. ޔޫނާ އަމިއްލައަށް އޭނަގެ ދިރިއުޅުން އެހެން ޤައުމެއްގައި ބާވީސްއަހަރު ހޭދަކުރުމަށްފަހު އައީ އޭނާގެ މައިލަނގޮޑިއަށް ކެއްނުވެގެންނެވެ. މިހާރުވެސް އެހިތް ތެޅެމުންދިޔައީ ދެން ވާނޭގޮތެއް ނޭނގުމުގެ ސަބަބުންނެވެ.
“ހިނގާދަމާ.” ކާރުގެ ދޮރުހުޅުވާލަމުން ޔައިޝް ބުނުމާއެކު ޔުނާންމެންވެސް އެއްބަސްވެ ކާރަށް އަރައިފިއެވެ.
***
ގޭތެރެއަށް ވަދެގެންއައި ހަތަރު މީހުންފެނިފައި ޒީހާއަށް ކޮޅަށްތެދުވެވުނެވެ. އެންމެ ފުރަތަމަވެސް އޭނާގެ ނަޒަރުހުއްޓުނީ ޔޫނާއަށެވެ. ބާވީސްއަހަރުފަހުން ޔޫނާ ފެނިފައި ވީ އުފަލެއްގެ ބޮޑުކަމުން އޭނާއަށް ދުވެފައިކަހަލަގޮތަކަށްގޮސް ޔޫނާ ގައިގައި އޮޅުލައިގަނެވުނީއެވެ. ޔޫނާއަށްވެސް ވީއެވަރެވެ. އޭނާ ކިތަންމެ ދުރުގައިހުއްޓެއްކަމަކު ހުރިހާކަމެއް ޒީހާއާއި ގުޅައިގެން އޮޅުންފިލުވައެވެ. މީގެ މަހެއްހާދުވަސް ކުރިން އޭނާވަނީ ޒީހާއާއި ގުޅައިގެން ގޭގެ ޙަބަރުއޮޅުންފިލުވާފައެވެ. އަމިއްލަ ފަސްގަނޑުދެކެ ނުހަނު ލޯބިވީނަމަވެސް މިވީ ބާވީސް އަހަރުތެރޭގައި އޭނާ މި ފަސްގަނޑާއި ދުރުންއުޅެން މަޖުބޫރުވި ޒުވާންއުމުރުގައު ކުރެވުނު އެންމެ ކުށެއްގެ ސަބަބުންނެވެ.
“ޒީއްތާ. ކޮބާ؟” ވައިއަޑުން ޒީހާގެ ކަންފަތްދޮށުގައި ޔޫނާ ބުނެލިއިރު އެ އަޑުގައި ތުރުތުރުލުމެއްވިއެވެ.
“ނޫކުލައިގެ އަތްދިގު ހެނދުމެއްގަ. ” ޔޫނާގެ ބުރަކަށީގައި ފިރުމާލަމުން ޒީހާ ބުންޏެވެ.
“މަންމާ.” ޒީހާގެ ގައިގައި ބައްދާލަމުން ޔުނާން ބުންޏެވެ.
“މަންމަ ދަރިފުޅު ކިހިނެއްތަ؟” ޔުނާންގެ ބޮލުގައި ފިރުމާލަމުން ޒީހާ އަހާލުމާއި އެކުގައި ރަނގަޅުކަމަށްބުނެ މިޝެލިން ޔުނާންއާ ކައިރިކޮށްލިއެވެ.
“މިޝެލިން ބަނޑުބޮޑުތަ؟ އަލްޙަމްދުﷲ. ޔާން މަންމަކައިރީ ނުވެސް ބުނޭ. ޔާއިން. ބަލާބަލަ. އަހަރެމެންނަށް ދެވަނަ މާމަ ދަރިފުޅު ލިބެނީއޭ.” މިޝެލިންގެ ބަނޑުގައި އަތްޖައްސާލާފައި ޒީހާ ބުނެލީ ގެއަށް ވަދެގެން އައި ޔާއިން ކައިރީގައެވެ.
“ޔާން ދަރިފުޅާ. ބައްޕަމެންކައިރީ ނުވެސްބުނޭ. އަލްޙަމްދުﷲ. ތި ދެކުދިންނާއި އެކު އަބަދުވެސް ބައްޕަގެ ހެޔޮ ދުޢާވޭ.” މިޝެލިންއާއި ޔުނާންގެ ބޮލުގައި ފިރުމާލަމުން ޔާއިން ބުންޏެވެ.
ކަޅުކުލައިގެ އަބާޔާއެއްލާފައިހުރިއިރު މިޝެލިންގެ ބޯ ނިވާކުރެވިފައިވީ ފެހިކުލައިގެ ޝޯލަކުންނެވެ. އެ ދެލޮލުގެ ކުލައާއި ނުހަނު ގުޅެއެވެ. ދޮން މޫނުން ވަރުބަލިކަން ހާމަވަމުންދިޔަ ނަމަވެސް، އެދެލޮލުގައިވީ ހިތްހަމަޖެހުމެވެ. އެތުންފަތްމަތީގައިވީ ހިނިތުންވުމުންވެސް އެކަން ރަމްޒުކޮށްދެއެވެ.
“ޔޫނާ؟” ޔައިންއާއި ދިމާލަށް ބަލަހައްޓައިގެންހުރި ޔޫނާ ފެނިފައި ޔާއިންއަށް ގޮވާލެވުނެވެ.
“ލައްބަ ބޭބޭ. މީ އަޅުގަނޑު. ” ދެލޯފެންކަޅިވެފައިވި ނަމަވެސް، ހިނިތުންވެލަމުން ޔޫނާ ބުނެލީ ޔާއިން ގައިގައި ބައްދާލަމުންނެވެ. ލޯބިވާ ބޭބެ އެތަށް އަހަރެއްފަހުން ފެނުމުން އެ ދެލޮލުން ކަރުނަ ހިލުނެވެ. ޙުދު ޔާއިންގެ ޙާލަކީވެސް އެއީއެވެ.
“ބޭބެ އަޅުގަނޑަށް މަޢާފުކޮއްދީ” ޔާއިންއާއި ހަތަރުކަޅި ހަމަކޮށްލަމުން ޔޫނާ ބުންޏެވެ.
“ބޭބެގެ ހިތް އަބަދުވެސް ކޮއްކޮއަށްޓަކާ ހެޔޮ. ކޮއްކޮއަށް މަޢާފުކޮށްފިން.” ހިނިތުންވެލަމުން ޔާއިން ބުންޏެވެ.
****
ވަރުބަލިކަމާއިއެކު އެނދުގައި ޖައްސާލި މިޝެލިންގެ މޫނުމަތިން ފެނިގެންދިޔައީ އަރާމުކޮށްލަން ބޭނުންވެފައިވާވަރެވެ. އެދެލޮލުން ފެނިގެންދިޔައީ ވަރުބަލިކަމެވެ. އެވަގުތު ކޮޓަރިއަށް ވަތް ޔުނާން ފެނިފައި އެނދުގެ ހެޑްބޯޑުގައި ލެގިލަމުން މިޝެލިން ހީނލިއެވެ.
“އަދިވެސް ނުނިދަންތަ؟ ” މިޝެލިންކައިރީގައި އެނދުގެ މަގަތުގައި އިށީންނަމުން ޔުނާން އަހާލީ ހިނިތުންވަމުންނެވެ.
“އާން. ދެންމެ މި ފާހަނައިން ނުކުތީ. ” ބަނޑުގައި ފިރުމާލަމުން މިޝެލިން ބުންޏެވެ.
“އުނދަގޫވަނީތަ؟” ނުތަނަވަސްވެފައިވާފަދަ ގޮތަކަށް ޔުނާން އަހާލީ މިޝެލިންގެ ބަނޑުގައި އަތްޖައްސާލަމުންނެވެ. މިޝެލިން މަޑުމަޑުން ބޯޖަހާލީއެވެ.
“ބައްޕި ދޫނީ. ދެން މަންމިއަށް އުނދަގޫ ނުކުރޭ އެނގޭ. މަންމި ރެސްޓް ކުރަން ޖެހޭނެއްނު ދޯ. ޑެޑީ ވަރަށް ލޯބިވޭ ދޫނި ދެކެ. ދެން މަންމިއަށް އުނދަގޫ ނުކުރައްޗޭ ” މިޝެލިންގެ ބަނޑުގައި ބޮސްދެމުން ޔުނާން ބުންޏެވެ. އޭރު މިޝެލިން އިނީ ހީނލައިގެން ޔުނާންގެ ހަރަކާތްތަކަށް ބަލާށެވެ. އެހިތް ލޯބިވާ ފިރިމީހައްޓަކާ އުފަލުން ފުރުނެވެ.
“ދެން އަހަރެންދެކެ ލޯތްބެއް ނުވަންތަ؟” ތުންކޮޅު ދަމާލާފައި މިޝެލިން ބުންޏެވެ.
“އުހުން. ތީ މި ހިތުގެ ކޮންމެ ވިންދަކީ. މި ހިތުގެ ކޮންމެ ވިންދެއްގައި ވެސް ވަނީ ތި ލޯބި. އަހަރެމެންގެ ލޯބިވާ ދަރިފުޅަކީ އަހަރެންގެ ފުރާނަ. ތި ދެމީހުނާ ނުލާ އުޅެން އަހަންނަށް ވަރަށް އުނދަގޫވާނެ. ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދައްޗޭ ޝެލް. ” ޔުނާން ބުނެލި ބަސްތަކަކުން ވީ އުފަލެއްގެ ބޮޑުކަމުން މިޝެލިންގެ ދެލޯ ތެމުނެވެ. އޭނާ އާއި އެދެމީހުންގެ އުފަންނުވާ ދަރިފުޅުދެކެ ވާ ލޯތްބަކުން އެހިތް ފުރިގެން ބަންޑުންވަނީއެވެ.
“އިންޝާ ﷲ. ޔުނާން އަހަންނަށް ވަޢުދުވޭ އަހަރެން ނެތް ދުވަހެއްގައިވެސް އަހަރެމެންގެ ދަރިފުޅު ރަނގަޅު ތަރުބިއްޔަތެއްގައި ހެޔޮލަފާ ދީނަށް ލޯބިކުރާ ކުއްޖެއްގޮތުގައި ބޮޑުކުރާނެކަމަށް. އެއީ އަހަރެންގެ ހަމަ އެކަނި އެދުމަކީ. ” ހިނިތުންވެލާފައި މިޝެލިން ބުންޏެވެ. ޔުނާން އެކަމަށް ވަޢުދުވިއެވެ. އެކި ވާހަކައިގައި ތިއްބާ މިޝެލިންއަށް ނިދުމުން ޔުނާން އެ މޫނަށް ބަލަހައްޓައިގެން އޮތެވެ. އުމުރު ދުވަހުވެސް އޭނާއަށް މިގޮތަށް މިޝެލިންގެ މޫނަށް ބަލައިގެން މުޅި ޙަޔާތް ވޭތުކޮށްލެވިދާނެއެވެ.
***
މަޑުމަޑުން އެސްފިޔަތަށް ހުޅުވާލި މިޝެލިންއަށް ދެލޯ މަރާލެވުނީ ލޮލަށް އިރުގެ ރަން ދޯދިތަކުގެ އަލި އެޅުމުގެ ސަބަބުންނެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވެގެން ތާޒާވެލާން ދިޔައިރު ޔުނާންގެ ހިލަމެއްވެސް ކޮޓަރިއަކުނެވެ. މިޝެލިން ޔަގީންކުރީ އޭނާ ނިދާފައި އޮތުމުގެ ސަބަބުން ނުގޮވާ ދިޔައީ ކަމުގައެވެ.
ކަޅުކުލައިގެ ދިގު އަބާޔާއަކާއި ތިނެސްކަން ކަޅު ބުރުގަލެއް އަޅާލުމަށްފަހު މިޝެލިން ކޮޓަރިން ނުކުމެގެން ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. ސިޑީގެ ހަރުފަތްތައް ގިރާކުރަމުން ބާކީ ހަވަރަކަށް ހަރުފަތް އިނދާ ހިނދުމުގެ ފަސްބަޔަށް ފައިން އެރި ބެލެންސް ކަޓައިގެން ވެއްޓުނެވެ.
“މަންމާ!” ބަނޑުވަތަށް ވެއްޓިޖެހުނު ގޮތަކުން ބަނޑަށް ނެގި ތޫނު ދިލައަކުން މިޝެލިންއަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. އޭރު މިޝެލިން ވެއްޓިފައިވީ ދިމާލުން ލޭގެކޯރެއް ހެދިއްޖެއެވެ. ކާބައިން ނުކުމެގެން އައި ޔުނާންއަށް މި މަންޒަރުފެނުމާއި އެކުހެން އޭނާގެ ހޭބުއްދިފިލާދިޔަފަދައެވެ. އަޑުގެ ކޮޅަށް ހަޅެއްލަވައިގަނެވުނީ ނޫނެކޭ ކިޔާފައެވެ. އޭރު ކާބަދިގޭގައި ތިބި އެހެން މީހުންވެސް ދުވެފައިކަހަލަ ގޮތަކަށް ނުކުމެއްޖެއެވެ. މިޝެލިންއަށް ފެނުނީ ހަލިވިކަމާއިއެކު އޭނާކައިރިއަށް އައިސް މަޑުކޮށްލި ޔުނާންއެވެ. އޭރު އޭނާގެ ދެލޯ މަޑުމަޑުން މެރެމުން ދިޔަނަމަވެސް ޔުނާން ލޯ ނުމަރާށޭ ބުނުމުން ހިތްވަރު ކޮށްފައި ދެލޯ ހުޅުވޭތޯ މަސައްކަތްކުރިއެވެ. އޭރު ނަގަމުންދިޔަ ތަދަކުން އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ.
– ނުނިމޭ –
47 Comments!
Comments are closed.
Salam readers. Mi part kamudhaane kamah ummeedhukuran. and mi baiga 1200 bas innaane. insha allah next part ga miyavure ginain liyeladhynan. damn, liye liye ingilithah vaalhuvehjje. next part thursday night ga up kolhladhynan. plx comment ur viwes
love u all , stay home and be safe>3 🙂
No no no.. dhen kihinebbaa vaany alhe.. curiously waitingg fr nxt
N vvvv reethi mi prt vx
Thankx sam. ehe. balamaa dhw vaagotheh vx. be safe 🙂
My first dho vrh reethi vhka and thanks
Mi faharu 2nd. Insha Allah next time ga first libeythw balaanee dhw dhen. Thankx nge. and Wc
be safe>3
Maashaa allah . Story habeyss. Btw m first dho. Hehe ?❤
Thankx. mifaharu 3rd. Next time ga dhen try kuran jehynee. 🙂 ehe. be safe>3
Oops hehe ??
I am a big fan of you…. Vvvvv reethi mi part ves… Waiting for the next part….. I Luv yunan…… Just kidding ???LYSM # stay in home and take care be safe
Awwe. thankx part jimin. Eheh. ly 2
stay home , be safe >3
vvvv Nice waiting for the next part?❤
Thankx >3 stay home be safe
Varah Varah varah reethi ???????
Maa sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Curiously waiting waiting for the next part?????????????????
❤️❤️❤️ Love you lysh dhoonii❤️❤️❤️❤️
Thankx Yan. ly 2 be safe >3
Malluuu…..hiyyy thalhuvaalaafa ingey thi ninmaaly….alhey dhn vaanee kihinehbaa……dhn vaa goii balan keii madhu vefa mi hury….haadha furihama eyy mi bai vx…..stay home …be safe…lysm…
Thankx kai. dhw? mal ge hiyy vx varah thelhunu mi part liyunu iru. heevee fummaala faanehen. Jk nge. 🙂 dhen vaagotheh balamaa dhw. same. stay home be safe kai>3
Alheyyyy ???? kiyeh thiya kuree?? V curious vejje. V avahah dhen oiy bai upload kodhdhechche
thankx dhonthy. dhw . Insha Allah Thursday night ga up kohladhynan. stay home, be safe
Aharun adhi mi part ekani mikee mishelin ah kihthe vee zohan kihkuree eyna anh
Thankx. Eheh. Zohan mishelin ah kameh nukurey adhi. dhen balamaa dhw vaa gotheh vx. stay home, be safe>3
I’m very curious….? can’t wait next ah
Thankx Suba. be safe>3
?Mal kyk admin bunii
adhi reply nudhey
?Mal kyk admin bunii
adhi reply nudhey
Ekamaku eba inennu jahaafa mishelin ah hamalaa dhiny zohan ge reyvumumuge dhashunney mishelin ah kihineh v
ei 12th vana part ga. Zohan ge reyvumehge dhashun mishelin accident v.
haadha avas aruvaalaafa liyefa miothy… kudakoh vaanuvaa neygifa hunnan jehuny.. reethi ekamu… mal thankolheh hama jehigen vaahaka genes dhinu edhen… vaahaka maa avas aruvaalaafa gendhna ulheyny… dnt take negative ingey.. hama bunely.. jazaakallah khairan for the btfl stry
labba. dhen anna bai thankolheh hamajehigen liyaanan. and negative koh nunagan AR. thankx>3 be safe
Message eh dho mal kurii?
labba
Alhyy….no no???…… Malkooo …… story is awesome… Masha Allah….. varah Varah Reethi….. curiously waiting for the next ?…… Stay home….be safe……..luv yeahhhh ❤️❤️ ttyl✌️✌️??❤️❤️
Thankx. ly 2 be safe>3
Wowwww. Vvvv reethi mi part vx.. Curiously waiting for next part ngey… Whn is next part… Emme Kiyaahithun in thankolhun thi nimmaalee mal… Hehe… Anekka Mishelin ah Kihineh baa V…. Curious to know… N mal you are so talented..Maashaallah.. Lysm N stay home and be safe… ???????
Awwe. Thankx girl. Insha Allah Thursday night ga next part up kohla dheynan. dhw. mishelin ah kihineh v baa dhw. Thankx u soo much>3 ly be safe 2>3
Maloooo…. When next part… Curiously waiting for next part…. Keep it up my dear… You are soo talented maashaa Allah…
Thankx park jimin. Insha allah. thursday night ga. thank u soo much>3 be safe
Omg … anekka ves …yunan fakeeru ???
mihen dhanyyaa yunan maruvedhaane dhethin aharu therey ??
Just joking ??
Heheheh….anyways mi part ves v salhi ??
Keep it up gurl
And thnk ehaa avahah up kohhdhinyma. .
Curiously waiting 4 the next part ??
Thankx faiherr, up kohlaafin
no….yunaan ah heart attack eh jehidhaane ehnun….just kidding ingey….kon irakun next part…waiting for it….lysm mal…and stay safe
Thankx Ash. Eheh. up kohlaafin
Mal kobaa next part..bunymennu Thursday night ga up kohdheynamey..stay home n be safe??
sry nge e dhuhu up nukurevuneema. mihaaru innaane up kohfa. thnkx for waiting. U 2 be safe
?????Mal where is the next part … Can’t wait
Thankx Een 🙂 up kohfin