Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތާރާ-5

Aminath rau Level 110 Stories
April 21, 2020 3 Mins Read
4 Comments

ގޯތިތެރެ ކުނިކަހާ ނިއްމާލިއެވެ. ވެފައިވާ ވަރުބަލިކަން ފިލުވައިލުމަށް ކައިރީގައި ހުރި ގޮނޑިއެއްގައި ތާރާ އިށީންދެލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތުކޮށްލުމަށްފަހު މޫނުމަތިން ފައިބަމުން ދިޔަ ދާ ތިކިތަށް ފުހެލައި ފުންނޭވާއެއް ލިއެވެ. ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި އިންދާފައި ހުރި އެކި ކަހަލަ މާ ގަސްތަކެވެ. އަވަސް އަވަހަށް ތެދުވެ ފެން އިސްކުރަށް ހޮޅިގުޅާލުމަށްފަހު ގަސްތަކަށް ފެންދޭން ފެށިއެވެ.
ގަސްތަކަށް ފެންދެމުން ދިޔައިރު ތާރާގެ ސިކުނޑީގައި އެނބުރެމުންދިޔައީ މުޅިން އެހެން ހިޔާލެކެވެ. ރޭގައި ފެނުނު ހުވަފެނެވެ. ހަޤީޤަތުގައި ވެސް އެހެން ވެދާނެ ނޫންހެއްޔެވެ؟ ފަހީމާއްތައަކީވެސް ކަޅު މީހެއް ނޫނެވެ. ދަރިން ވެސް އެހާމެ ދޮންވެފައި ރީއްޗެވެ. ކަންމިހެން އޮތް އިރު ތާރާ ފަދަ ހަމުގެ ކުލަ ތަފާތު ކުއްޖެއް ފައިސަލުގެ ހަޔާތުގެ ބައިވެރިޔަކަށް ވާން ފަހީމާ ބޭންނުން ވެދާނެ ހެއްޔެވެ؟
ތާރާ ހަނދާންވެއެވެ. ގޯތީގެ ފާރު ކައިރީގައި ހުރި ޗާލު މާގަސްތައް ފެނުމުންނެވެ. މާރީތިނޫން ފަނޑު މުށިކުލައެއްގެ މާގަސްތަކެއް ފައިހާ އެތާގައި އިންދައިފައި ހުރި ތަން ފެނުމުން ،ފަހީމާއްތަ އެ މާގަސްތައް އެތަނުން އުފުރާލީއެވެ. ސަބަބަކަށް ބުނީ ގަސްތަކުގައި އަޅައިހުރި މާތަކުގެ ކުލަ ރީތި ނުވުމެވެ. އެގޮތައް ތާރާއަށްވެސް ހަދާފާނެ ނޫންހެއްޔެވެ؟
ތާރާއަށް ކުއްލި ސިހުމެއް ލިބުނީ ފަހަތުން މީހަކު އައިސް އޮޅުލައި ގަތުމުންނެވެ. ތާރާގެ ހިތް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ. އެދެއަތުގެ ތެރެއިން ދެމިގަނެ ފަހަތަށް އެނބުރެލިއެވެ. މައިނޭވާލަމުންނެވެ. “ފ ފައިސަލް…” ތާރާއަށް ބުނެވުނެވެ.
“ތާރާ ހާދަ ރަނގަޅޭ… މުޅި ގޯތި ދޮންކޮށްލީ ދޯ… އެހެންވެއޭ އަހަރެން ތާރާދެކެ އެހާ ލޯބިވަނީ…” ތާރާގެ ކޮނޑަށް އަތްވައްޓާލަމުން ފައިސަލު އެހެން ބުނީ ނުހަން އޯގާތެރި ކަމާއިއެކުގައެވެ.
“ފައިސަލް… ދެން ތީ ކޮންކަމެއް… މ މީހަކަށް ފެނިދާނެ…” ޖެހިލުންވެފައިހުރި ތާރާ ފައިސަލުގެ ދެއަތް ފޮޅުވާލަން މަސައްކަތްކުރިއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.
“ނުކޮށްފިއްޔާޔޯ؟” ލާނަތް ފާޑަކަށް ފައިސަލު ބުނލިއެވެ.
ތާރާ ބަލާކަށް ނުހުރެ ކަނާއަތުގައި އޮތް ފެން ހޮޅިން ފައިސަލު ތެއްމައިލިއެވެ. ސިހިގެން ގޮސް ފައިސަލަށް ތާރާގެ ކޮނޑުން ދޫކޮށްލިއެވެ. ތާރާގެ ގާތަށް އައީ ހިންޏެވެ. ހޮޅިއަކާހޮޅިއެއް އެއްލާލާފައި ތާރާ ދުއްވައިގަތީ ގެއަށް ދާންށެވެ. ތާރާ ދަންދެން ފައިސަލު ހުރީ ތާރާ އާ ދިމާއަށް ބަލާންށެވެ. މޫނާއި ބޮލުގައި ހުރި ފެންތައް އަތުން ފުހެމުން، ލުއި ހިނިތުންވުމަކާ އެކުގައެވެ.
މައިނޭވާ ލަމުން އައިސް ތާރާ ވަނީ ގެއަށްށެވެ. އަދިވެސް ތާރާ ގާތަށް ހިނި އަންނަނީއެވެ. ފައިސަލަށް ދެވުނު ލަނޑު މަތިން ހަނދާންކޮށް ކޮށްފައެވެ. މީގެން ދުވަހަކުވެސް ތާރާގެ މޫނު މަތިން އެފަދަ ހިނިތުންވުމެއް ނުފެނެއެވެ.
އިލޮށިފަތި ފާރު ކައިރީ ލައްގައިލުމަށްފަހު ތާރާ އަވަސް ވެގަތީ ނިހާގެ ހިލަމެއް ވޭތޯއެވެ. މިހާރަކަށް އައިސް ނިހާ ހުންނަނީ ނެގިމަޑުވެފައެވެ. ސަބަބުވެސް ތާރާއަށް އެނގުމާއިއެކު ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ނިހާ ތާރާއާ މެދު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ތާރާ ނިހާދެކެ ނުހަނު ލޯބިވެއެވެ.
ގޭތެރެއަށް ވަދެގެން ގޮސް ނިހާގެ ކޮޓަރިއާ އަރާ ހަމަ ވިއެވެ. މަޑުމަޑުން ތަޅުގައި އަތްޖައްސާލިއެވެ. ހުޅުވާފައި ހުރުމުން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ވަގެއް ގެއަކަށް ވަންނަހާ ވެސް ސިއްރުންނެވެ. އެނދުމަތީގައި ނިހާނެތުމުން ތާރާ ގަސްތުކުރީ އެއަށްވުރެއް ބޮޑަށް ދޮރުހުޅުވާލާންށެވެ. ތާރާގެ ދެލޯ ބޮޑުވިއެވެ. ހިތްތެޅެން ފެށީއޭގެ އެންމެ ބާރު މިނުގައެވެ. ބަނޑުވަތަށް ވެއްޓިފައި އޮތް ނިހާ ފެނުމުން ހީވީ ތާރާގެ ހިތަށް ހޫނު ފެން އެއްޗެއް ޖެހިހެންނެވެ. ބާރަށް ހަޅޭލަވައި ގަނެވުނެވެ. ދުވެފައިގޮސް ނިހާ ކައިރީ އިށިނދެ ނިހާއަށް ގޮވަމުން ދިޔައެވެ. އަނގައިން ފައިބައިފައި އޮތް ހުދު ފޮނަގަނޑު ފެނުނީ އެވަގުތުގައެވެ. ތާރާގެ ހިތުގެ ތެޅުން އިތުރަށް ބާރުވިއެވެ. ހިތުގެ ވިންދު ހުއްޓިދާނެހެން ވެސް ހީވިއެވެ. ކުރާނެ ކަމެއް ހަދާނެގޮތެއް ނުވިސްނުނެވެ. ހަމަރަނގަޅަށްވެސް ތާރާއަށް ރޮވިއްޖެއެވެ. އެހީއަށް އެދި ގޮވާނީ ވެސް ވަކިކާކަށް ހެއްޔެވެ؟
ކުއްލިއަކަށް ތާރާއަށް ހަނދާން ފައިސަލު މަތިންނެވެ. އަވަސް އަވަހަށް ފޯނުނަގައި ފައިސަލަށް ގުޅަން މަސަކަތް ކުރިއެވެ. ފޯނުގައި ލާރި ނެތްކަން ހަނދާންވީ ނުގުޅުމުންނެވެ. އޭރުވެސް ތާރާ ދިޔައީ ނިހާއަށް ގޮވަމުންނެވެ. އިތުރަށް މަޑު ކުރުމެއްނެތި ތާރާ ދުއްވައިގަތެވެ. ފައިސަލަށް ގޮވާންށެވެ. ކޮއްކޮގެ ފުރާނަ ސަލާމަތް ކުރުމުގެ ބޭނުމުގައެވެ.
ޓޯސްޓުވެގެން ޕާންފޮތި މައްޗަށްއެރިއެވެ. ޕާންފޮތި ތައްޓަށް ލައިގެން އައިސް ފައިސަލު އިށީންނީ ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށްށެވެ. ޕާން ފޮތީގައި ބަޓަރު ކޮޅެއް ހާކާލިއެވެ. ކުއްލިއަކަށް ފޯނު ރަނގަބީލުވާން ފެށިއެވެ.
“ހަލޯ… މަންމާ.. ނުގުޅިގެންނޭ އަދި މިއުޅެނީ…” ފައިސަލު ވާހަކަ ދެއްކީ އޭނާގެ މަންމައާއެވެ.
“ދަރިފުޅު މިހާރު މަންމަ މަތިން ހަނދާން ވާހެނެއް ހީއްޔެއް ނުވޭ.. މަންމަ ގުޅާލީއާ ނޫނީ ގުޅާވެސް ނުލާ…” ފަހީމާ ޝަކުވާ ކުރިއެވެ.
” ނޫނޭ މަންމާ… ހަމަ ގުޅަން އުޅެނިކޮށް…” ފައިސަލަށް ބުނެވުނީ އެހިސާބަށްށެވެ.
” ހޫން ހޫން… މަންމައަށް އެނގޭ ދަރިފުޅު ބުނާނީ ތިހެންކަން…” ވާހަކަ މެދު ކަނޑުވައި ފަހީމާ ބުންޏެވެ.
“މަންމަ މިގުޅީ ވާހަކައެއް ބުނަންށޭ… ދަރިފުޅު އަންނާނަށް ދޯ ދެތިން ދުވަސް ފަހުން… ފައިހާ ބޭނުމެއް ނުވޭ މަންމަ ރަށަށް ފޮނުވާކަށް.. އެހެންވެ މަންމަ މި ގަސްދު ކުރަނީ މާލޭގައި މަޑުކުރަން… ދަރިފުޅުވެސް މެލޭޝިޔާއަށް ދިޔައީމަ މަންމަ އެކަންޏެއް ނު ރަށުގަ އުޅެން ޖެހޭނީ…” ފަހީމާ ވާހަކަ ދައްކަމުން ދިޔައެވެ.
” މަންމައަށްވެސް މާލޭފެން ބޮވުނީދޯ؟ އެންމެ ރަނގަޅު. މަންމައަށް ފެންނަގޮތަކަށް ކަންތައް ކުރަނިކޮށް އަހަރެންގެ މައްސަލައެއް ނެތް.. ދެތިން ދުވަސް ތެރޭ ދެވޭވަރުވާނެ…” އެހެން ބުނެ ފައިސަލު ފޯނުބޭއްވީ ބަނޑުހައި ވެފައިވާލެއް ބޮޑު ކަމުންނެވެ.
ޕާން ފޮތީގައި ދަތްވަޅެއް އެޅުމަށްފަހު ޖޫސްތަށިން ކޯވަރެއް ބޮއިލިއެވެ. ސިއްސައިގެން ގޮސް ފައިސަލަށް ތެދުވެވުނީ ހަށިނެތްހާ ބާރުލައި ދުވެފައި އަންނަނިކޮށް ވެއްޓިފައި އޮތް ތާރާ ފެނުމުންނެވެ. ފައިސަލަށް ދުއްވައިގަނެވުނެވެ. ގޮސް ތާރާގެ އަތުގައި ހިފައި ނެގިއިރު އަތުގެ އެތަން މިތަން ވަނީ ހަންމަށައިގެން ގޮސްފައެވެ.
“ތާރާ…. ތާރާ.. އޭ.. ބަލާބަލާ.. ކިހިނެއްތަ ވީ..” ތާރާ ހަމައަކަށް އަޅުވަން ފައިސަލު މަސަކަތް ކުރަމުން ދިޔައެވެ.
“ކޮއްކޮ… ކޮއްކކޮ އަށް ކޮންމެވެސް ކަމެއްވެފައި އެބަ އޮތް.. ވެއްޓިފަ އޮތީ.. އަނގައިން… އަނގައިން ފޮނަ..ވެސް… ފައިސަލް ހިނގާބަލަ.. ހެޔޮނުވާނެ.. ކޮއްކޮ ސަލާމަތް ކޮއްދީބަލަ…” މައި ނޭވާލަމުން ތާރާ ވާހަކަ ދައްކަމުން ދިޔައެވެ. އެހީއަށް އެދި އާދޭސް ކުރިއެވެ. ކޮއްކޮގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް އެދިއެވެ.
“ވިންދު ވަރަށްދައް.. ހިނގާ އަވަހަށް ހޮސްޕިޓަލަށް ގެންދެވޭތޯ އުޅެމާ…” ތާރާއަށް ދިމާއަށް އެހެން ބުނުމަށްފަހު ފައިސަލު ފޯނުނަގައި އެމްބިއުލައިންސަށް ގުޅިއެވެ.
ތާރާގެ ދެލޯ ވަނީ ތަންމިނަށް ބޮޑުވެފައެވެ. ފައިސަލު ބުނި އެއްޗަކުން ތާރާގެ މޭގަނޑު އަނގަޔަށް އަންނަން އުޅޭހެންވެސް ތާރާއަށް ހީވިއެވެ.
“ކޮއްކޮ.. ކޮއްކޮ.. ސސަލާމަތް ވާނެތަ…؟” ފައިސަލުގެ އަތުގައި ހިފައި ތާރާ ކޮށްލީ އަސަރުގަދަ ސުވާލެކެވެ. ފައިސަލަށް ބުނާނެއެއްޗެއް ނޭންގުނެވެ. ތާރާ އެކުރި ސުވާލަކަށް ޙުދު ފައިސަލަށް ވެސް މިވަގުތު ޖަވާބު ދޭން ދަތި ސުވާލެކެވެ. ފައިސަލު ތާރާގެ އަތް އޭނާގެ އަތުތެރެއަށްލައި ބޮނޑިކޮށްލިއެވެ. އަދި ގަދަކަމުން ހިނިތުންވެލައި ބޯޖަހައިލިއެވެ. އަނގައިން ބަހެއްވެސް ނުބުންޏެވެ. އެވަގުތު އެންބިއުލައިންސް އައިސް ނިހާ ގެންދިޔުމަށް އޭގައި ތިބި މީހުން ހަރަކާތްތެރި ވަމުން ދިޔައެވެ.
ހޮސްޕިޓަލު ތެރެއިން ފެނިގެން ދިޔަ ހަލަބޮލިކަން ގެއްލުނެވެ. ތާރާ ހުރީ ނިހާ ވެއްދި ކޮޓަރި ކައިރީގައެވެ. އޭރުވެސް ލޮލުން ކަރުނަ ނުހިކެއެވެ. ކުއްލިއަކަށް ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ނުކުތީ ފައިސަލެވެ. އެކުގައި ޑރ. ޖާވިދުވެސް ނުކުތެވެ. ތާރާ އަވަސް ވެގަތީ ފައިސަލު ކައިރީގައި ނިހާގެ ވާހަކަ އެހުމަށްށެވެ. ފައިސަލު ލޮލުގެ އިޝާރާތުން ތާރާ ހުއްޓުވިއެވެ. އަތުގައި ހިފާލައި ބޮލުގައި ފިރުމާލިއެވެ.
“ނިހާ މިހާރު ސްޓޭބަލް.. ހާސްވާނެ ކަމެއް ނެތް.. ތާރާ މިތާގަ މަޑުކޮއްލާ… އަދި ނިހާކައިރިއަކަށް ނުވަދެވޭނެ.. ހޭނެތިފަ އަދި އޮތީ… އަހަރެން އެބަ އަންނަން ޑޮކްޓަރ ކެބިންއަށް ގޮސްލާފަ” ފައިސަލު ތަފުސީލު ކޮށްދިނެވެ. ތާރާވެސް ބަސް އެހިއެވެ. ފައިސަލު ބުނި ގޮތަށް އެތާގައި މަޑު ކޮށްލައިގެން އިނީ އެވެ.
(ނުނިމޭ)

Share Article

Follow Me Written By

Aminath rau

Level 110 Stories

Crazy person?? who loves to write✍️? A student nurse ?‍⚕️?? Just 18 years old? A Thalassophile???

Other Articles

Previous

ހިތުގެ ކޮންމެ ވިންދެއްގައި – 13 –

Next

ހިތް ކަލާޔަށް އެދޭތީ..3 (އެޑިޓް ކުރެވިފައި)

Next
April 21, 2020

ހިތް ކަލާޔަށް އެދޭތީ..3 (އެޑިޓް ކުރެވިފައި)

Previews
April 20, 2020

ހިތުގެ ކޮންމެ ވިންދެއްގައި – 13 –

4 Comments!

  1. sama says:
    April 21, 2020 at 11:03 am

    Vaahaka v reethi
    ekam mi haadha vas kohfa up vaavaru ves thankolheh kuree

  2. Nysha says:
    April 21, 2020 at 11:54 am

    ❤❤❤❤❤❤❤

  3. Yan♥️ says:
    April 21, 2020 at 2:59 pm

    Varah reethi Masha Allah

  4. ???Aaliya??? says:
    April 23, 2020 at 3:12 pm

    Varah??reethi???maasha??Allah ??

Comments are closed.


All Right Reserved!