
ސިއްރެއް 12
އުޝާއާއި ޔަނާލްވެސް ޝައުގުވެރިކަމާއެކު ބަލަން ފެށިއެވެ. ވާރިސް އޭނާގެ އޮފީހުގެ މޭޒުމަތީގައި އިށީނދެލާގެން ފޯނުން މީހަކާއި ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފާޅުވެއެވެ.
ވާރިސް: މީހަކު އަޖާބު ވެދާނެ. މިހާރު ކިތައް ފަހަރު ބުނެފިން މަށެއް ނޫނޭ މިހާރު އެކޭސް ބަލަނީ. އުޅެއުޅެވެސް އެކޭސް މިހާރު ބަލާ ފަރާތެއް ނޭނގުނޭ. ދެންވެސް ވީހާވެސް އަވަހަކަށް ފުރޭތޯ ބަލާބަ. ސިންގަޕޯރގައި ތިބޭނެ ކަމެއް ނެތެއްނު. ބެންކޮކްގައި ތިބޭނެ އަހަރުންގެ މީހުން. މަ މިހާރު އެމީހުނަށް ގުޅާފަ ތިމީހުނަށް ފިލޭނެ ގޮތް ހަދާފިން. ހާރިސް ގޮވާގެން ނައްޓާލާ. މާދަމާއަށް ތިމީހުންގެ ފްލައިޓް ހަމަޖައްސާފައި އިންނާނެ. މީގެފަހުން އާނިޔާއާއި ޔާސިރުގެ ނަންވެސް ނުކިޔާތި ކަލޭމެންގެ ދުލުން. ކަލޭމެން ދެމީހުންނަކީ އެމީހުންގެ މަރާއި ގުޅުންހުރި ބައެއް ނޫން. އެނގިއްޖެ؟
މިހިސާބުން އޭނާ ފޯނު ކަޑާލުމަށްފަހު އޮފީހުން ނިކުމެގެން ދިޔައީއެވެ. “ދެން އެއްވެސް ވަރަކަށް މަޑުކުރާނެކަމެއް ނެތެއްނު. ބެންކޮކަށް ދާންވީ. އެކަމް މިކޮޅުގައި މަޑުވެސް ކުރަންވާނެ ދެމީހަކު. އަވަސް ހިނގާ ޝާފިއު ސާރ ކައިރި ބުނެގެން ދަތުރު ހަމަޖައްސަން.” ޔަނާލް ހީވަނީ ގަޔަށް ހިނި އަރާގެން އުޅޭހެންނެވެ. “ޔަނާ. އެހަކަށް މިތާ އިށީނދެބަލަ. ރަނގަޅު ވާހަކައެއް ތިބުނީ. އެމީހުން އެކޮޅަށް ދާންވާއިރަށް އަހަރުން ތިބެންވި އެކޮޅުގަ ތައްޔާރުވެގެން. ޝާފިއު ސާރ ކައިރިއަށް ހިނގާ ދާން. ހުއްދަ ހޯދަންވެސް ޖެހޭނެއެއްނު. އެހަކަށް ދެންމެ މިހޯދި ކަންކމުގެ ރިޕޯޓެއް ލިޔެލަބަ. އޭރުން ދޯ ފަސޭހަވާނީ.” އުޝާ ޔަނާލް ކައިރީ ބުނެލުމުން ޔަނާލް އޭނާގެ ޓެބުގައި ރިޕޯޓު ލިޔަންފެށިއެވެ. އެލިޔެ ނިމުމުން އެހިފައިގެން ހަތަރު މީހުންވެސް ހިނގައިގަތެވެ.
ހަތަރު މީހުން ގޮސް ސާރގެ ކެބިންއަށް ވަތްއިރު ޝާފިއު ސާރ އިނީ ފޯނެއްގައެވެ. އުޝާމެން ފެނުމުން އޭނާ އެތާނގައި ހުރި ސޯފާ ސެޓަށް އިޝާރާތް ކޮށްލުމުން އެ އެންމެންވެސް ގޮސް އިށީނެވެ. ފޯނު ކޯލް ކުރުކޮށްލަމުން ޝާފިއު އެކުދިން ކައިރީ އިށީނދެލިއެވެ. “ކޮބާ؟ ކޭސްގެ ކަންތައް ކިހިނެއް؟ ސާރއަށް ކިޔާލަދިބަލަ މިހާތަނަށް ހޯދުނު ހުރިހާ ކަންކަމެއް.” ޝާފިއު ހިނިތުންވުމަކާއެކު ކޮންމެ ކުއްޖެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ. ޔަނާލް ޝާފިއު ސާރ އަތަށް އެމީހުން ހޯދި ހުރިހާކަމެއްގެ ރިޕޯޓް އޭނާގެ ޓެބުން ހުޅުވާލުމަށްފަހު ދިނެވެ. ޝާފިއު އެފައިލް ކިޔަން ފެށިއެވެ. އޭނާ ކިޔަމުން ދިޔަވަރަކަށް ނިތަށް ރޫތައް ޖަމާވަމުން ދިޔައެވެ. “ޕޮލިހުންނަށް މިހާތަނަށް ހޯދިފައިވާ ވަރުގެ ދެގުނަ ދެދުވަހުން ތިކުދިން ހޯދާފަ އެބަހުރި. ވަރަށް ރަނގަޅު. އެކަމަކު ވާރިސްއަކީ މިހަތަނަށް ވަރަށް ގިނަ ކޭސްތައް ކާމިޔާބު ކޮށްފައިވާ، ވަރަށް ގިނަ ބަޔަކު އިތުބާރު ކުރާ މީހެއް……” “ސާރ އެކަމަކު ޕޮލިސް ރިޕޯޓްގައި ހުރިހާ ކަމެއް ނުބައި ކޮށްލިޔެފަ ހުރީމަ އޭނާއަށް ޝައްކު އުފެދެއެއް ނޫންތޯ؟ މިއަދު އަޅުގަނޑާއި މިހުރާން ޕޮލިހަށް ދިޔައިން ޖަލުގައ ތިބި ގޭންގް މީހުން ހައްޔަރު ކުރެވުނު އިރު އަތުލެވުނު އެއްޗިހި ބަލާ. އެމީހުންގެ ފޯނުތައް އެނެލައިސް ކުރަން ފާތިޙް ސާރ އަތަށް ދިނީ އއ ފޯނެއްގެ ވެރިފަރާތުގެ ހުއްދަ ލިބުނީމަ. ދެން އެކޮޅުގައި ހުއްޓާ އަޅުގަނޑުމެން ކުރި ވީޑިއޯ ބައްލަވާ. މިވީޑިއޯއިން އެކަނިވެސް ވާރިސް ސާރ އާއި ބެހޭގޮތުން ޝައްކު އުފެދެއެއް ނޫންތޯ؟” އިޝާން ފޯނު ނަގާ ވީޑިއޯ ހުޅުވާލުމަށްފަހު ޝާފިއުއަށް ދައްކާލިއެވެ.
ވީޑިއޯ ނިމުމުން ޝާފިއު ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެންމެ ރަނގަޅު. މިވީ ގޮތުން ވާރިސްއަށް އެބަ ޝައްކު ކުރެވޭ. ސާރ ބަލާނަން މިކަމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދޭތޯ.” ޝާފިއުގެ މި ވާހަކައިން ހަތަރު މީހުނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ސާރ. އަޅުގަނޑުމެން ކޭސް ކުރިއަށް ގެންދަން އަޅުގަނޑުމަން ބޭނުން ބެންކޮކަށް ދާން. ދެމީހަކު މިކޮޅުގައި މަޑުކޮށްފައި އަނެއް ދެ މީހުން އެކޮޅަށް ދާގޮތަށް.” އުޝާ ބުނެލުމުން ޝާފިއު ފުން ނޭވާއެއް ދޫކޮށްލިއެވެ. “ސާރ އަށް އެނގޭ އެހެން ބުނަންކަން ތިއުޅުނީ. އެކަމަކު ސާރއަށ ތިކުދިނއ ފޮނުވޭނީ އެކޮޅުގައު ތިބި އޭޖެންޓުންނާއި ވާހަކަ ދައްކާ ހުރުމުގެ ކަންތަކާއި ތިކުދިންގެ މަސައްކަތަށް އެހީވާން އެމީހުންގެ ފޮރެންސިކް ޓީމް އެކޮޅުގައި ތިބިއްޔާ. ބެންކޮކްއަކީ ފުދޭވަރަކަށް ގިނައިން ދިވެހިން ގޮސް އުޅޭ ތަނެއް. އެހެންވީމާ ދާދެކުދިންނަށް ކަވާރއެއް ހަމަޖައްސަންޖެހޭނެ. މިހުރިހާކަމެއް ހަމަޖައްސަން ފަސްވަރަކަށް ދުވަސް ސާރ ބޭނުންވާނެ.” ޝާފިއުގެ މިވާހަކައިން ހުރިހާކުދިންނަށްވެސް ކަރުއެލުވާލެވުނެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން އެންމެންވެސް އެކަމާއި އެއްބަސްވީއެވެ.
4 Comments!
Comments are closed.
Varah reethi Masha Allah
thanks
Vvvv reethi mi part vx… Curiously waiting for next part… Whn is next part… ?????
When is next????