“ދޭނެ ޖަވާބެއް ނޭންގުނީތަ؟ ހަމަ މަ އެއްޗެކޭ ބުނާއިރަށް ހައްޕު..” އަދުރާއަށް އެއްޗެކޭ ނުބުނެ ނުހުރެވިގެން ބުންޏެވެ. އިރުކޮޅެއް ނުވެ ފޯން ރިންގްވާންފެށިއެވެ. އެނދުމަތީގައި އޮތް ފޯނަށް ޔާސީން ބަލައިލިއެވެ. އަތުގައި އޮތް ލޯޝަންފުޅި ޑްރެސިންޓޭބަލަން މަތީގައި ބަހައްޓަމުން އެދިމާއަށް ހިނގައިގަތެވެ. އެނދުކައިރީގައި މަޑުޖެހިލަމުން ފޯނަށް ނަޒަރު ހިންގައިލިއެވެ. ގުޅަނީ ލީލާއެވެ. އަދުރާއަށް ބަލައިލަމުން ފޯނު ނެގިއެވެ. “ހަލޯ…” ފޯނު ކަންފަތުގައި ޖައްސާލަމުން ޔާސީން ބުންޏެވެ. ފޯނު ކަންފަތުގައި ޖައްސާލަމުންވެސް އަދުރާއަށް ނަޒަރު ހިންގައިލިއެވެ. އަދުރާ ހުރީ […]
ކަމަކު ނޫނަސް.. މާނު މިއަދު ބުނަން އުޅުނު ވާހަކަ ކޮބާ؟” އެތެރެއަށް ވަންނަމުން މާނާ ހަނދާންކޮށްދިނެވެ. އުސްމާނު ހައިރާންވެފައި މާނާއަށް ބަލަހައްޓައިގެން ދޮރުމަތީގައި ހުރީއެވެ. “ސާބަސް މާނޫ.. ތި ދޮރުލައްޕާފައި އާދެބަލަ…” މާނާ އަޑުހަރުކޮށް އުސްމާނަށް ގޮވައިލިއެވެ. މާނާ ގޮސް އެނދުގެ މަގަތުގައި ޖައްސައިލިއެވެ. އުސްމާނު ހުރިފިޔަވަޅު މަތީގައި ހުއްޓިލައިގެން ހުއްޓެވެ. އޭނަގެ ކަޅި ހުއްޓާލައިގެން ހުރީ މާނާއަށެވެ. މޫނަށް ގޮތެއް ހަދާލަމުން މާނާ އަތުގެ އިޝާރާތަކުން އެދުނީ އައުމަށެވެ. “ދެން އާދެބަލަ.. ދޮންތަ ހަނދާންކޮށްލަ ދޭނަން.. […]
މަންމަގެ އުޅުން…..” އުސްމާނު ހިނިގަނޑެއް ޖަހާލަމުން ބުންޏެވެ. އުސްމާނު އެހެން ބުނުމުން ސަމީރާގެ ތުންފަތަށް ހިނިތުންވުމެއް ދުވެލިއެވެ. ޔަޤިނުންވެސް އުސްމާނަށް ބުނެވުނީ ތެދެއްކަމަށްވެސް ވެދާނެއެވެ. އޭނައަށް ލިބިފައިހުރީ އޭނަގެ މަންމަގެ އުޅުންތާއެވެ. އިތުރު އެއްވެސް އެއްޗެކޭ ނުބުނެ ފެންޑާގެ މޭޒުމަތީގައި ހުރި ކިރުތަށި ތުންޖަހާ އެއްފަހަރާ ދަމާލަމުން އުސްމާނު ނުކުތީ މަދަރުސާއަށް ދިއުމަށެވެ. އޭރު މަދަރުސާގެ ރަނގަބީލުޖެހިއަޑުވެސް އިވުނެވެ. “ހާލަތު.. ކީއްކުރާނީ.. އާން ދެން އަމާގެ އުޅުން ދަސްވެފައި ހުރި ދަރިއެއް…” ތަވާ މަތީގައި އޮތް ރޮށި […]
5ވަނަބައި އަހަރެން ސިއްސައިގެން ދިޔައީ އާޒިމް އަހަންނާއި ދިމާއަށް އެބުރިލުމަށްފަހު އަހަރެންގެ އަތަށް ރަތްކުލައިގެ އަތްކުރު ތުނި ތުނި ނައިޓީއެއް ދިނީމައެވެ. އޭނާ އެދުނީ އެލައިގެން އައުމަށެވެ. އެ ތުނި ކަމުން އަހަރެން ހުރީ ލާން ނުކެރިފައެވެ. އެހެންނަމަވެސް އަޒީމް ކުރުނުކޮށް ކިޔަން ފެށުމުން ފާހާނައަށްގޮސް އެނައިޓީ ލައިގެން ނިކުތީމެވެ. ނައިޓީ ތުނިނުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު އެއްކޮށްހެން ހުރީ ފެންނާށެވެ. “ބޭބީ ހާދަ ލޮއެތްބޭ.. އަހަރެން ބޭނުން މިހާރުމިވަގުތުވެސް ބޭބީ އަހަރެންގެ މީހަކަށްހަދަން..އަހަރެން ބޭނުމެއްނޫން އަހަރެންގެ […]
ނޯޓް:- މި ވާހަކައަކީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް މީގެ ފަސްވަރަކަށް އަހަރު ކުރިން އަޅުގަނޑު ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކަކީ މުޅިންވެސް ޚިޔާލީ ނަންތަކެވެ. މި ވާހަކަ ހާއްސަކުރެވިފައިވަނީ އުމުރުން 18+ (އަށާރަ) އަހަރުން މަތީގެ ބޭފުޅުންނަށެވެ.) *** ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. ތޭރަ ވިލޭރޭގެ ހަނދު އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައެވެ. ބަބުޅަމުންދާ ތަރިތަށް އުޑުގައި ފިޔަޖަހަމުންދިޔައީ އެއްވެސް ކަހަލަ ޚިޔާލެއް ފިކުރެއްނެތިއެވެ. ކައިނާތުގެ ކުޅަދުންވަންތަކަމުގެ މަންޒަރުތަކަކީ އަހަރެމެން އިންސާނުންނަށް […]
އަހަރެންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ވަރަށް ނުވާ ކަމެވެ. އަހަންނަކީ ފިރިހެނެކެވެ. އެކަމަކު ފިރިހެނެއްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ފިރިހެންވަންތަކަން ނެތުމެއް ވެސް ނޫނެވެ. މިއަދު ލޮލުން ކަރުނަ އައިސް އަހަންނަށް ރޮވިއްޖެ އެވެ. މި އޮތް ހުރިހާ ދުވަހު އަންހެން ކުދިންނާ ދުރުގައި އުޅުމުގެ އުނިކަން އަހަރެންގެ ހަޔާތަށް ހިޔަންޏެއް އަޅައިފި އެވެ. އެއިން ނުކެރުމާއި ނުކުޅެދުންތެރިކަމުގެ ވޭން އަހަންނަށް ލިބެމުންދާކަން ވެސް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ. ހަޔާތުގެ އެއް […]
ޔާސިރުމެންނަށް ރިސޯޓަށް ދެވުނުތަނާހެން ޔާސިރުއަށް މައިރާގެ ފޯނެއް އައެވެ. މައިރާގުޅީ ޔާސިރުއަށް ކެއުމަކަށް ދަޢުވަތު ދިނުމަށެވެ. މައިރާ ގާތު ދާނަމޭ ބުންޏަސް ޔާސިރު ހުރީ ދާގޮތަކަށް ނޫނެވެ. އަދި އެވަގުތު އޭނަ ހުރީ ރަށުން ބޭރުނޫން ކަމެއްވެސް މައިރާގާތަކު ނުބުނެއެވެ. އެދުވަހު ޢަޒީޒްއާ އެއްކޮށް ރަށުން ބޭރަށް ދެވުނު ކަމީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ ޢަޒީޒްއަށް ހުރިހާ ކަމެއް އިނގޭނެކަން ޔަޤީނެވެ. ******************************************************* އިރުއޮއްސެމުންދިޔަ ވަގުތެވެ. އާދައިގެ މަތިން ރުކުގައި ލެނގިލައިގެން މައިރާހުއްޓެވެ. އަތުގައި އޭނަ ލިޔަން […]
ޢަޒީޒް ޔާސިރުއާ ސަލާމް ކޮއްލުމަށްފަހު ގެޔަށްދާން ހިގައިގަތެވެ. އޭނާއަށް މިކުރެވެން އުޅޭ ކަންތަކާ މެދު ވިސްނަމުން ދިޔައެވެ. އޭނާގެ ހިތް ބުނަނީ މިކުރެވެނީ ގޯސް ކަމެއް ކަމުގައެވެ. ނަމަވެސް އޭނާގެ ސިކުޑި ބުނަމުން ދިޔައީ މިއީ ރަނގަޅު ކަމެއް ކަމުގައެވެ. ކޮންމެއަކަސް ޢަޒީޒްގެ ބޮލަށް ދިޔައި ބާރުވަމުންނެވެ. މި ވިސްނުންތަކާ ދުރުވުމަށް އޭނާ ގަސްދުކުރީ ނިދާލުމަށެވެ. އެހެންކަމުން ގެޔަށްގޮސް ނިދަން އޮށޯވެތީ ސިކުނޑިއަށް ލުއި ކަމެއް ގެނައުމަށްޓަކައެވެ. ***************************** ހަވީރު އަތިރިމަތިން އައިއްސުރެ ސަނާޝް އެއޮންނަނީ އެޒުވާނާގެ […]
މައިރާ.. އަހަރެން ދުވަހަކުވެސް ކަލެއަށް މާފެއް ނުކުރާނަން… އަހަރެންގެ އަނބިމީހާ މަރުވީ ކަލޭގެ ބަފާގެ ސަބަބުން… ކަލޭގެ ބަފާ އަހަރެންގެ އަނބިމީހާ ގަޔަށް އެރިއިރު އޭނާ ކުރި އާދޭސްތަކަށް ދިނީ ބީރު ކަންފަތެއް… އަހަރެން ކަލޭގެ ދިރިއުޅުން ބަރުބާދު ކޮއްލާނަން….” ޔާސިރު ދިޔައީ މައިރާގެ ދިރިއުޅުން ހަލާކުކޮއްލުމުގެ ތައްޔާރީތައް ވަމުންނެވެ. އެތަކެއް ރޭވުންތަކެއް ރަވަމުންނެވެ. *************************************************************** މޭއީ… ދެން ހިނގާބަ ފެންކުޅިކުޅެން ދާން… ޕްލީޒް… ޒީމެންވެސް ގުޅާފިޔޭ ލަސްވެގެން… ބުނީ މޭއީ ގޮވައިގެން އަންނާށޯ….. މިހާރު ކައްކާވެސް […]