
“މިއީ ފުލޯކު ވާހަކައެއް ނޫނެވެ. ނުވަތަ ހިޔާލުގައި ކުރަހާލެވޭ މަންޒަރުތަކުގެ ތަފްޞީލެއްވެސް ނޫނެވެ. މިއީ އަހަރެންގެ ހިތުގައި ޖަހަމުންދާ ކޮންމެ ވިންދަކާއެކު މިހަށިން ދޫކޮށްލާ ކޮންމެ ނޭވާޔަކާއެކު މި ސިކުނޑިޔަށް ވެރިވާ އިޙްސާސްތަކެވެ. މިހިތުގައި އުފެދޭ ޝުއޫރުތަކެވެ. ލޯބިވާ އިންސާނާއާއި ދުރުގައި އުޅުމަކީ ނުހަނު އުދަނގޫކަމެއްކަން އެންމެނަށްވެސް އެނގެއެވެ. ހުދު އަހަރެންނަށްވެސް ދެނެހުރީމެވެ. ނަމަވެސް ލޯބިވާ އިންސާނާއާއެކު އުޅުމަކީ މިހާ ދަތި އުދަނގޫ އިޙްސާސްތަކެއް ހިތަށް ވެރިކުރުވާ ކަމެއްކަން މިއަދު ތަޖުރިބާ ކުރެވިއްޖެއެވެ.
އެކަނި ވަގުތުތައް ހޭދަކުރަމެވެ. މީހުން ތެރޭގައި އުޅުމަށް ހިތް ނޭދޭތީއެވެ. ހަމަހިމޭން ކަމަށް ލޯބި ކުރަމެވެ. މީހުން ދައްކާއުޅޭ ވާހަކަތައް އަޑުއަހާހިތް ނުވާތީއެވެ. އެކަހެރިކޮށް އުޅެމެވެ. މީހުންގެ ސުވާލުތަކަށް ޖަވާބުދޭހިތް ނުވާތީއެވެ. އަޑުއަހާހިތް ވަނީ އެންމެ އަޑެކެވެ. އަހަރެންގެ ވަށިގެން ތާއަބަދު އެނބުރި އެނބުރި ހުންނަނީ އެހިޔާލްތަކެވެ. އަހަރެންގެ ޒަމީރު އަހަރެން ކުއްވެރިކުރަމުން ދާއިރުވެސް އަހަރެންގެ ހިތް އާދޭސްކުރަނީ އަހަރެންގެ އަތުން އަހަރެންގެ ލޯބި ކަފުންކޮށް ވަޅުނުލުމަށެވެ.
އަހަރެންނަށް އޭނާދެކެ ވެވުނު ލޯއްބަކީ އިމާރާތް ކުރަންފަށާ ނުނިމިހުރި ގެއެއްފަދަ އެއްޗެކެވެ. އެއިމާރަތްވަނީ ނުހަނު ވަރުގަދަ ފައުންޑޭޝަނެއްގެ މަތީގައެވެ. ނަމަވެސް އިމާރަތް ނިންމާނެ ޤާބިލްކަމެއް އަހަރެންގެ ކިބާގައި ނެތެވެ. އަދި އިމާރަތް ތަޅާލާނެ ހިތްވަރެއް މިހަށީގައި ނެތެވެ. މިއީ ކޮންފަދަ ލޯތްބެއް ހެއްޔެވެ. މިލޯތްބަށް ދޭނީ ކޮންނަމެއްހެއްޔެވެ.
ތިމާގެ ލޯތްބަށްޓަކައި އެހެންމީހުންގެ ލޯބި ޖަހައިގަތުމަކީ އަހަރެންނަށް ޤަބޫލުކުރެވޭނެ އަމަލެއްނޫނެވެ. ނަމަވެސް ނޭނގިހުއްޓާ އަހަރެންގެ ދިރިއުޅުމުގެ ނައު މިސްރާބުޖަހާފައިއެވަނީ އެ އަމަލާދިމާއަށެވެ. އަހަރެން އެންމެ ނަފްރަތުކުރާ އެއް އަމަލާދިމާއަށެވެ. މިއަދު އަހަރެންގެ ޒަމީރު އަހަރެންނަށް މަލާމަތްކޮށް ހީހަދާކަހަލައެވެ. އަދި ބުނާކަހަލައެވެ. ” ކުއްވެރިޔާއެވެ! އެމީހުން ދުވަހަކުވެސް ކަލެޔަށް މާފެއް ނުކުރާނެއެވެ! މުޅި ދުނިޔެވެސް ކަލެޔަށް ނަފުރަތު ކުރާނެއެވެ! ދުވަހަކުވެސް ކަލޭކުރި ކުށުގެ މާފެއް ނުލިބޭނެއެވެ!”
އޮއްސެމުންދިޔަ އިރާދިމާއަށް ބަލަހައްޓައިގެން ހިޔާލުގެ ތެރެޔަށް ގެއްލިފައިން ފައިޝާގެ މޫނުމަތީގެ އިރުވެސް އޮއްސިފައިވާ ކަހަލައެވެ. އުންމީދުގެ ކުލަވަރު ފަނޑުވެފައިވާ އެލޮލުގައި ކަރުނަތަށް ޖަމާވަނުންދިޔައެވެ. އެތެރެހަށީގައި އަނދާ އަލިފާނުގެ އަސަރު އެމޫނުން ފާޅުވޭވެ ހުއްޓެވެ.
ފައިޝާ ސިއްސާގެންދިޔައީ އޭނާގެ ތަރުގައިއޮތް ފޯން ރިނގުވާން ފެށުމުންނެވެ. ފޯނުގެ ސްކްރީނަށް ބަލާލުމާއެކު އެމޫނަށް އުޖާލާކަމެއް އައެވެ. ފޯނަށް ޖަވާބުދިނުމަށްޓަކައި އަތުގެ އިނގިލިތަށް ހަަކާތްކުރިއެވެ.ނަމަވެސް ދެވަނަ ހިނދުކޮޅުގެ ތެރޭގައި އެމޫނުގެ އުޖާލާކަން ގެއްލި ސުވާލުގެ ނަޒަރަކުން ރިންގުވަމުންދިޔަ ފޯނަށް ބަލަންފެށިއެވެ. އެވަގުތު އޭނާގެ ލޮލުން އެއްވެސް އިޙްތިޔާރަކާނުލާ ފާބައިގަތް ކަރުނަތަށް ސުވާލުކުރި ކަހަލައެވެ. “ތިޔަ ލޯތްބާނުލާ އުފަލެއްނެތެވެ! ތިޔަ ލޯތްބާއެކު ހަމަޖެހުމެއްނެތެވެ! އަހަރެން ހަދަންވީ ކޮންގޮތެއް ހެއްޔެވެ؟؟؟” ފައިޝާ ކަރުނުން ފުރިފާއިވާ ލޮލުން އުދަރެހަށް ބަލާލިއެވެ. މިހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ދޭށޭ ބުނާފަދަ ގޮތަކަށެވެ.
- ނިމުނީ –
24 Comments!
Comments are closed.
Eha rangaleahnun.. tan koleah digu koh hadisaa gen dianama rangalu… den vahakaiga uley anhen kujja nun myhunge nan jahaafa hadisaatah gina kohlinama salhivis
Okay stranger
Aslu hageegi story eh veema ehaa details kureven netheee sorry abt it .. 🙂
Foundation ge badaluga bingaa.. anehkolun faisaa loabivy kaaku dekw kihineahkan.. emyhaa faisaa ah hadaali goi.. emmen malaamai kuran jehunu sababu…. mi suvalu takuge javàaaabeah nulibey… ekamu feshub rythi… keep it up…
Is this even a story? Meega vaanuvaa eh neynge ehnu.. hageegaiy haama nukuranya keehkuran hageegy vaahaka liyany? Kiyuntheriyaa suvaalu mark thakeh therey bahahtaafa vaahaka nimuny yo..
I dont get this but it is nice
Suvaal kiyun therin nah :p
Miakun vaanuvaaeh neynge. V hadi Vaahaka eh. Mihen bunan dherawes wey. V bodah sorry. Dhen faharakun miahwure rangalhu waane kamah unmeedhu kuran. Mihen
Asluves v salhi. mi story nimuny eh nun Nxt part ga ves suvaalu thakuge javaabu libidhaane so waiting for Nxt part once again story v salhi
There is no next part it says nimuny
Aslu reethi ingey
Kuru vaahaka eh dhw mee?? Aneh gothah giaheh noon but maa kuree…shabee vex faahaga khlan huree hama stranger ebuni kanthahthah…
Aslu neynge haadhisaage details eii…i mean egothah kanthah dhimaavi goi kurugothakah buneladhyfa nimmaali nama reethivaane…
grt bunymehnu faya ah mikan vaane ey. to be cont writing igey. best of luck.
unique story
dhigukohlinama
Mivahaka mi iny furathama meeha ge nazarun adhi thinvana meehage nazarun liyefa. not good.
kind of good.. kuri ah adhi dheveyne fayaa masakkai kuriyyaa..
Javaab nulibey suvaalthah ebahuri. Nice faadakah. Keep it up
I don’t get this thing
not bad
Faya ge emme vaahaka eh mi site ga iny. you can try better than this. good luck 🙂
meehun kiya ehchah alhaalaane kameh neh varah rythi your first story in this site rocks i love it look foreward for another one keep up the gud work gud luck dude
Fudhey v vey☺
I want next part dhigu vaahakah hedhyma i think reethi vaane.feshun v salhi.please don’t stop writing stories.u have that talent in u.always try one day u will be successful