Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

އެސް.އެމް.އެސް. (3)

GOLDENPEN0555 Level 110 Stories
August 3, 2015 5 Mins Read
16 Comments

 

” ހިނގާ ކޮފީއަކަށް.” އަވަސް އަވަހަށް އޭނާ ބުނެލިއެވެ.

” މާލަސްނުކޮށް އަންނަވާނެ. ހެނދުނު ދަރިފުޅު ސްކޫލަށް ގެންދަން ޖެހޭނެ. އޮފީހަށްވެސް ދާންޖެހޭނެ.” އަހަރެން ބުނީމެވެ.

” މައްސަލައެއް ނޯންނާނެ. ހިނގާ އަވަހަށް ދަމާ.” އަހަރެންގެ ސައިކަލް ފަހަތަށް ނަވީން އަރަމުން ބުނެލިއެވެ.

އަހަންނާއި ނަވީން ދިޔައީ ހާބަރަށެވެ. މާ އަބޮޑު ތަނަކަށް ދިއުމަކީ އަހަންނަށް މުހިއްމު ކަމެއް ނޫނެވެ. އަހަރެން ދެކޭ ގޮތުގައި ކޮފީގެ ބޭނުމަކީ ޚިޔާލު ބަދަލުކޮށްލުމެވެ. ރައްޓެހިކަން ބަދަހި ކޮށްލުމެވެ. އެކަމަށް އަހަރެން ކަހަލަ މީހަކަށް މާ މަތީ ތަނެއް ބޭނުމެއް ނުވާނެއެވެ. އެކަމާއި ކުޑަކޮށް ނަވީން ދެކޮޅު ހެދިއެވެ. ޒަމާން ތަކަކަށް ފަހު ދިމާވުމުން ނަވީން ބޭނުންވީ އަހަރެން ބޭނުން ކޮންމެ ތަނަކުން ކޮފީ ނުވަތަ ކެއުން ދިނުމަށެވެ. އެންމެ ފަހުން އަހަރެން ގޮތް ދޫނުކުރުމުން ނަވީން ވެސް އެއްބަސްވީ އަގު ހެޔޮ ތަނަކަށް ވަނުމަށެވެ.

” އަދި ކިރިޔާދޯ މިދިމާވީ؟ ކޮންތާކުތަ މިއޮތް ހުރިހާ ދުވަހު ތިއުޅުނީ ސްކޫލު ނިންމިފަހުން ޚަބަރެއްވެސްކޮށްނުލާ؟ ” ގޮނޑީގައި އިށީންނަމުން އަހަރެން އަނހާލީމެވެ.

“” ކޯސް ނިންމާފައި މާލެ އައީ މިދިޔަ ހަފްތާގަ. ވަރަށް ގުޅަން އުޅުނިން. އެކަމަކު ނަންބަރު ހަނދާން ނެތުނީމަ ކުރިން ދިމާނުކުރެވުނީ. ލައިފް އޯކޭތަ؟” ނަވީން އަވަސް އަވަހަށް އަނހާލިއެވެ.

” އަނެއްހެން ދެން އޯކޭ.” ނުތަނަވަސް ރާގެއްގައި އަހަރެން ބުނީމެވެ.

” ހާދަ ފާޑަކަށް ތިބުނީ. ތިހެން ބުނީމަ ހީވަނީ ހުރިހާ ކަމެއް ރަނގަޅެއްނޫންހެން. ކޮބާތަ ބޭބެ؟” ނަވީން ސުވާލުކޮށްލިއެވެ.

” ބޭބެގެ ވާހަކަ ނުދައްކާ.” އަހަރެން އެމަޢުޟޫއަށް ދާކަށް ބޭނުމެއްނޫނެވެ.

” އެކީއްވެ؟ އެއީ ރާއްޖޭގެ ނަން މަޝްހޫރު އެންމެން ދަންނަ ބޮޑު މަހުޖަނެއްނު. އަދި އެވެސް ސަލާމްގެ ބޭބެ. ނޫނޭ ސަލާމް ތީ ހަމަ ނަޞީބުވެރިއެއް. އަހަރެންގެ ހިތަށް އަރާ އެކަހަލަ ބޭބެއެއް އަހަންނަށްވެސް ލިބޭނެ ނަމައޭ.” ނަވީން ހަމަޖެހިލަމުން ބުނެލިއެވެ.

” އަހަރެންގެ ދުޢާއަކީ އެފަދަ ބޭބެއެއް ދެވަނަ އެއްވެސް އިންސާނަކަށް ނުދެއްވުން. ދެން އެ ވާހަކަ ނުދައްކާ؟ ދަރިޔަކު ހޯދީތަ މިހާރު؟ ” އަހަރެން އަނހާލީމެވެ.

” ތި ނޫން ހުރިހާ ކަމެއް ބަރާބަރު. ކައިވެންޏަށް 03 އަހަރު މިވަނީ. މައްސަލައަކީ އަންހެނުންނަށް ދަރިޔަކު ނުލިބޭ. އެކަމަކު އަންނަ މަހު ފުރާގޮތަށް މިނިންމަނީ. އުންމީދަކީ އެކަންވެސް ރަނގަޅުވާނެކަން.” ނަވީންގެ އުންމީދު ވަރަށް ފޮންޏެވެ.

” އަހަރެންގެ ހެޔޮދުޢާ.” އަހަރެން މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

” ހާދަ ވަރަކަށް ތި ބޯގާނަނީ؟ ވެގެން އުޅޭގޮތް ކުޑަކޮށް ހައިލައިޓް ކޮށްލީމަދޯ އެހީވާނީވެސް!.” ނަވީން ބޭނުންވަނީ އަހަންނަށް ދިމާވެގެން އުޅޭ މައްސަލަ ހޯދާށެވެ.

” މީ މައްސަލައަކީ!؟. މިބިލް ދައްކަން ރައްޓެއްސެއްގެ އަތުން ރުފިޔާއެއް ހޯދަން މިނިކުތީ.” ކަރަންޓް ބިލް ދައްކާލަމުން ބުނެލިއެވެ.

އަހަރެން އެހެން ބުނުމާއިއެކު ނަވީން ވޭޓަރަށް ގޮވާލިއެވެ. އަދި އަވަސް އަވަހަށް ބިލްގެނެސް ބިލް ދައްކާލިއެވެ.

” ހިނގާދަމާ. ބިލްދައްކަން. މިހާރު ގަޑިން ނުވައެއް ޖަހަނީ. ބިލްދައްކާތަން އަދި ބަންދެއް ނުކުރާނެ. ” ގޮނޑިން ތެދުވަމުން ގަޑިއަށް ބަލާލަމުން ނަވީން ބުނެލިއެވެ.

އަހަރެން ނަވީން ގޮވައިގެން ދިޔައީ ބިލްދައްކާ ތަނަށެވެ. ނަޞީބަކުން އެތަން ހުރީ ހުޅުވާފައެވެ. އެއްވެސް ސުވާލެއް ނުކޮށް ބިލަށް އަރާފައި އިންވަރު ނަވީން ދައްކާލިއެވެ. އަހަރެން ޤަބޫލެއްވެސް ނުކުރަމެވެ. ކުރީގައި ނަވީންއަކީ ވަރަށް މުށް ބާރު މީހެކެވެ. ކުއްލިއަކަށް ނަވީން އަހަންނަށް މިހާ ހަމްދަރުދީމިވީ ކީއްވެގެންހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. މީ އަމިއްލަ އެދުން ބޮޑު ޒަމާނެކެވެ. މީހަކަށް ހެވެއް އެދިގެން ދެން ހުންނަ މީހަކު ކަމެއް ނުކޮށްދޭނެއެވެ. އަހަންނަށް އެފަދަ މަދު މީހަކާއި މެނުވީ އަދި ދިމާލެއް ނުވެއެވެ. ނަވީންނަށް އައިސްފައިވާ ކުށްލި ބަދަލު ފެނުމުން އަހަރެން ކުޑަކޮށް ޙައިރާން ވިއެވެ. އެއްވެސް ޝަކުވާއެއް ސުވާލެއް ނުކޮށް، ބިލަށް އެރީ ކިހާވަރުހެއްޔޭވެސް އަނހާ ނުލާ ނަވީންގެ ކޭޝް ކާޑުން އަހަރެންގެ ކަރަންޓް ބިލް ދައްކާލިއެވެ. ރައްޓެހިންގެ ތެރޭގައި ރަނގަޅު މީހަކުވެސް ހުރެދާނެކަން އަހަންނަށް އިހްޞާޞްކުރެވުނީ ދެނެވެ.

” ނަވީން ތީ ތިހާ ރަނގަޅު ރައްޓެއްސެއް ކަމެއް ދުވަހަކުވެސް ހީއެއް ނުކުރަން.” ބިލްދައްކާ ތަނުން ނިކުންނަމުން އަހަރެން އެހެން ބުނީމެވެ.

” ސަލާމަށް ރަނގަޅުނުވެ އަހަރެން ކާކަށްތަ ދެން ރަނގަޅުވާނީ؟ ހަނދާންވޭތަ މީގެ ހަތް އަހަރު ކުރި. އަހަރެން ބުނެގެން އަހަރެންގެ އެކައުންޓަށް އެއްހާސް ރުފިޔާ ޖަމާކުރި ހަނދާން.” ނަވީން މާޒީން ހަނދާކޮށްލިއެވެ.

” އެއީ ރައްޓެހިކަމުގައި އަހަރެން ކޮށްދިންކަމެއް. އަނެއްކޮޅުން އޭރު އެއީ އަހަންނަށް މާ ބޮޑު އެއްޗެއްނޫން. އެކަމު މިއަދު ދެކުދިންނާއި އަންބަކު ގޮވައިގެން މިމާލޭގައި ދިރިއުޅޭއިރު އެންމެ ރުފިޔާއަކީވެސް އަހަންނަށް ވަރަށް ބޮޑު އެއްޗެއް؟” އަހަރެން ބުނީމެވެ.

” އޭރު އެއީ އަހަންނަށް ވަރަށް ބޮޑު އެއްޗެއް. އެ އެއްހާސް ރުފިޔާ އަކީ އަހަންނަށް އެދުވަހު އެއް ލައްކައެއްހާ ރުފިޔާ. ވަރަށް އާޖެންޓްވެގެން އެތައް ރައްޓެހިންނަކަށް ގުޅާފަ ނުލިބިގެން އެންމެ ފަހުން އެދުވަހު ސަލާމަށް ގުޅީ. ހީވެސް ނުކުރަން ސަލާމް ދޭނެކަމަށް. އެކަމަކު ސަލާމް އެކޮށްދިން ހެޔޮކަން އަބަދުވެސް އަހަރެން ހަނދާން ބަހައްޓާނަން. ހެޔޮކަމުގެ ބަދަލު ދޭންޖެހޭނީ ހެޔޮކޮށްދޯ. އެއީ ދޯ އަހަރެމެންނަށް ލިބުނު ތަރުބިއްޔަތަކީ.” ނަވީންނަށް ވިސްނޭތީ އަހަރެން ވަރަށް އުފާކުރީމެވެ.

ނަވީން ގެއަށް ލާފައި އަހަރެން އައީ ގެއަށެވެ. އަހަރެން އެންމެ އެހީއަށް ބޭނުންވި ގަޑީގައި ނަވީން އެހީވުމުން އަހަރެން ވަރަށް އުފާވިއެވެ. އިއްތިފާޤުން ނަމަވެސް ނަވީން އާއި މިދިމާވީ މިކަރަންޓް ބިލުގެ ބޮލުގެ ރިހުމުން ސަލާމަތްވާންވެގެންކަންވެސް ނޭނގެއެވެ. ކޮންމެ ގޮތެއް ވިޔަސް ގެއަށް އައިރު އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ބޮޑު ބޮލުގެ ރިހުމަކުން ސަލާމަތްވީމައެވެ. ކުޑަކުޑަ ދަރިއަކީ ކިޔަވާ ކުއްޖަކު ގެންގުޅޭއިރު، ކަރަންޓް ކަނޑާލައިފިނަމަ އަހަންނަށް ވުރެ ބޮޑަށް އެކުދިންނަށް އުދަނގޫވާނެއެވެ. މިއަދު އަހަރެން ތަޖުރިބާކުރަމުން މިގެންދާ އުދަނގޫ ދަތި ދިރިއުޅުން، މުސްތަޤްބަލުގައި އަހަރެންގެ ދަރިން ތަޖުރިބާ ކުރިއަކަ ނުދޭނަމެވެ. އެހެންވެ، ވީވަރަކުން އެކުދިންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭތޯ އަހަރެން ބަލަމެވެ.

އަހަރެން ގެއަށް އައިސްވަން އިރު އަދި އަންހެނުން ނުނިދައެވެ. އަންހެނުން އޮތީ ކުޑަ ދަރިފުޅުގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ. އަޔާން އޮތީ ނިދާފައެވެ. އަހަރެން މަޑުމަޑުން ގޮސް އަޔާންގެ ބޮލުގައި ފިރުމާލީމެވެ. އަޔާން ކުޑަކޮށް ހަމަޖެހިލިއެވެ. އެއްކޮޓަރީގެ ކުޑަކުޑަ އެޕާޓްމެންޓެއްގައި ދިރިއުޅެން ޖެހުނަސް، އަހަރެންގެ ހިތުގައި ދަރިންނަށްވާ ލޯތްބީގަ ހައްދެއްނޯންނާނެއެވެ. ކޮޓަރި ކުޑަވެފައި ބައެއް ފަހަރު ނުތަނަވަސްވިޔަސް، އަހަރެމެން ދެމަފިރންގެ ލޯތްބާއި އަޅާލުމުން އެކަން އެކުދިންނަށް އިޙްޞާޞްވިޔަކަ ނުދޭނަމެވެ. ދެން ހިތަށް އެރިއެވެ. މައިވަންތަ ކަމުގެ ލޯތްބަކީ ހާދަހާވާ އަސަރުގަދަ މާތް އެއްޗެކެވެ. އަހަރެންގެ މައިންބަފައިން އަހަރެންގެ ބޭބެވެސް ބޮޑުކުރީ ހަމަ އެހާ ލޯބި ދީގެންނެވެ. އަހަރެންގެ މައިންބަފައިންގެ ހީރޯ އަކީ ބޭބެއެވެ. އަހަރެންގެ ބޮލުގައި އެއްފަހަރު ފިރުމާލައިފިއްޔާ ބޭބެ ބޮލުގައި އެމީހުން ދިހަފަހަރު ފިރުމާފައި އެބަހުއްޓެވެ. ވީއިރު، ޙަޤީޤަތުގައި ބޭބެގެ ކުލުނު އަހަންނަށް އޮންނަޖެހޭނެތާއެވެ. އެކަމަކު ދެން އެހެނެއް ނުވާނެއެވެ.

” ނުނިދަންތަ އަދިވެސް؟’ އަހަރެން އަންހެނުންގެ ކައިރީގައި  އިށީންނަމުން ސުވާލުކޮށްލީމެވެ.

” ދިޔަ ކަންތައްވިތަ؟” އަންހެނުން ބޭނުންވީ އަހަރެން ކުރަން އުޅުނު ކަންތައްތައް ވެއްޖެތޯ ބެލުމަށެވެ.

” މާތް ﷲ ގެ ރަޙްމަތް ވަނީ ހީކުރާ ވަރަށް ވުރެ ތަނަވަސްވެގެން. ނިކުތް ތަނާހެން ދިމާވި އެއްކަލަ ނަވިނާއި. އޭނާ އެކަން ކޮށްދީފި.” ކަންވީގޮތް އޮޅުން ފިލުވައި ދެމުން އަހަރެން ބުނީމެވެ.

” އަސްލުވެސްތަ ހަމަ؟ ދެން ފެނުނީމަ، ނަވީނަށް އަހަރެންގެ ފަރާތުން ޝުކުރު އަދާކުރާތީ؟” އަންހެނުން މަޑުމަޑުން ބުނެލިއެވެ.

އަހަރެން ބޯހޫރާލަމުން އާނއެކޭ ބުނީމެވެ. ދެން މަޑުމަޑުން ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން ނިދަން އެރީމެވެ. އަހަރެންގެ ހިތާއި ހިތުން ދުޢާކުރީމެވެ. އަހަރެންގެ މަޢުޞޫމް ކުޑަ ދެކުދިންނަށްޓަކައި އަހަރެންގެ ޙަޔާތް ބާއްޖަވެރިކޮށްދެއްވުމެވެ. އަހަންނަށް ނިދުނީ އެފަދަ ހެޔޮދުޢާ ކުރަމުން ދަނިކޮށެވެ.

” ބައްޕާ… ބައްޕާ.. ބައްޕާ.. ފަތިސް ނަމާދަށް ބަންގި ގޮވަނީ..” އަހަރެންގެ ދަރިފުޅު އަޔާން އޭރު ހުރީ ފެންވަރާ ނަލަހެދިގެން ފަތިސް ނަމާދަށް ދިއުމަށް ތައްޔާރުވެގެންނެވެ.

” އަވަސް ކުރާތީ. އެހެންނޫނީ އަޅުގަނޑުމެންނަށް ޖަމާޢަތް ކަޓާނެ. އޭރުން އަޔާން ވަރަށް ދެރަވާނެ.” ލުއި ހިނިތުންވުމަކާއިއެކު އަޔާން ބުނެލިއެވެ.

އަހަރެން އަވަސް ކޮށްލައިގެން ފާޚާނާއިން ނިކުތް އިރު އަޔާން އިނީ ސޯފާގައި ފައިތަޅުވާލާ ތަޅުވާލައެވެ. ހީވަނީ ނަމާދަށް ޖަމާޢަތަށް ނުދެވިދާނެތީ ހިތްހަމަނުޖެހިގެން އުޅޭ ހެންނެވެ. އަހަރެން ކުޑަ ދަރިފުޅު މުރާލިކަމާއި އިސްލާމްދީނަށް ބަހައްޓާ ލޯބި ފެނިފައި އަހަރެން ތާޢަބަދު ޝުކުރު ކުރަމެވެ. އަހަރެންގެ ތާ އަބަދުގެ ދުޢާއަކީވެސް އޭނާގެ ފަހު ނޭވާޔާއި ޖެހެންދެންވެސް އެގޮތުގައި ލެހެއްޓެވުމެވެ.

” ހިނގާ އަވަހަށް ދާން.” އަހަރެންގެ އަތުގައި ހިފާލުމުން އަޔާން ބުނެލިއެވެ.

ފަތިސް ނަމާދުކޮށްގެން އިރުއަރަން ކައިރިވަންދެން އަޔާންގޮވައިގެން އަހަރެން ހުންނަން ޖެހުނީ މިސްކިތުގައެވެ. އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އެހާ ކުޑައިރު އެހާ މުރާލިކަމެއް އޭނާއަށް ލިބުނީ ހަމަ ލީނާގެ ސަބަބުންނެވެ. އަހަންނަކީ ކުރިން އެހާ މުރާލި މީހެއް ނޫނެވެ. އެކަމަކު ލީނާ އާއި އަޔާންގެ ސަބަބުން އަހަރެން މުރާލި މީހަކަށް ވާން ފެށުމުން އަހަރެން ވަރަށް އުފާކުރަމެވެ.

އަޔާން ސުކޫލަށް ލައިފައި އަހަރެން ދިޔައީ އޮފީހަށެވެ. ކިތަންމެ ހިތްހަމަ ނުޖެހުން ތަކުގެ ތެރޭގައި އުޅެން ޖެހުނަސް ވަޒީފާއެއް އަދާކުރަން އަހަރެން ބޭނުމެވެ. އަހަރެންގެ އަނބިދަރިންނަށް ޙަލާލުގޮތުގައި ހޯދާ އެއްޗެއްނޫނީ ދޭކަށް އަހަރެން ބޭނުމެއްނޫނެވެ. ޙަޤީޤަތުގައި އެންމެ ނިކަމެތި މީހަކީ މީހުން ފަހަތުން ދުވާ މީހާއެވެ. ތިމާއަށް ލިބޭ އެއްޗަކުން މިންވަރު ދަނެގެން ދިރިއުޅެން ވިސްނާނަމަ، އެކަމަށް މާތް ﷲ އެމީހަކަށް މިންވަރުކުރައްވާނެއެވެ. އެއީ ތެދެކެވެ. އެކަމަކު ދިރިއުޅުމަކީ އިމްތިޙާނެކެވެ. އަތްމަތި ދަތި ދުވަސްވަރާއި ފަސޭހަދުވަސްތައް ދިމާވާނެއެވެ. އެއީ އިންސާނާ ކެތްތެރިވާ މިންވަރު ބެލުމަށް މާތް ﷲ ކުރާ އިމްތިޙާނެކެވެ. އެކަން ޤަބޫލުކުރަމެވެ. އެފަދަ ދަނޑިވަޅުތަކުގައި އެންމެ ފުރަތަމަވެސް ދުއްވައިގަނެވޭނީ އެއްބަނޑު ގާތް ތިމާގެ މީހުންގެ ގާތަށެވެ. ދެން ރައްޓެހިންގެ ގާތަށެވެ. އެކަމަކު މިއަދު އަހަރެންގެ އެފަދަ ބަޔަކު ނެތެވެ. އެހެންކަމުން، އިތުރަށް މަސައްކަތްކޮށް ދިރިއުޅުން އާބާދުކުރުމަށް އަހަރެން މަސައްކަތްކުރާނަމެވެ. އަހަރެންގެ ދަރިންނަށްޓަކައެވެ. އެކުދިންގެ ޙައްޤުގައެވެ. އޮފީހުގައި މަސައްކަތް ކުރަމުން ދިޔައިރުވެސް، އަހަންނަށް ދަނީ ޚިޔާލުކުރެވެމުންނެވެ.

” ސަލާމް. ބޮސް އެބަ ހޯއްދަވާ. ބުނި ކެބިން އަށް ޖައްސާލަ ބަލާށޯ.” ބޮސްގެ ސެކެރެޓަރީ ނިނާ އައިސް އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

އަހަރެން ތެދުވެގެން ބޮސްގެ ކެބިންއާއި ދިމާލަށް ހިނގައިގަތީމެވެ. ހިތަށް އެރިއެވެ. އަނެއްކާ މިވާން އުޅެނީ ކީއްބާވައެވެ؟ މިދުވަސްކޮޅުގައި އަހަންނަށް މިލިބެނީ މުޅިންވެސް ހިތާމަވެރި ޚަބަރު ތަކެވެ. އަނެއްކާ އަހަންނަށް ހިތާމަވެރި ޚަބަރެއް ލިބެން އުޅެނީ ބާވައެވެ؟ އަނެއްކާ މިއުޅެނީ ވަޒީފާ ގެއްލެން ބާވައެވެ؟ އަނެއްކާ އެހެން އިމްތިޙާނެއް ކުރިމަތިވަނީ ބާވައެވެ؟

އަހަރެން ގޮސް ބޮސްގެ ކެބިންގެ ދޮރު ކުރިމަތީގައި ހުއްޓިލީމެވެ. ދެން ޓަކި ޖަހާލީމެވެ.

” ކަމިންގ.” ބޮސް އެހެން ބުނުމާއި އެކު އަހަރެން ކެބިންގެ ތެރެއަށް ވަނީމެވެ.

” އަނެއްކާ ކިހިނެއްވީ؟ އަޅުގަނޑު ތިހޯއްދަވަނީ؟” ބޮސްގެ އިޝާރާތަކަށް ބޮސްގެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން އަހަރެން ބުނީމެވެ.

” ހެޕީތަ؟ ވަރަށް އުފާވެރި ޚަބަރެއްދޭން ވެގެން މިގެނައީ؟” ބޮސް އެހެން ބުނުމުން އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

=ނުނިމޭ=

Share Article

Follow Me Written By

GOLDENPEN0555

Level 110 Stories

Other Articles

Previous

ހަތަރު އުދަރެސް (14)

Next

އަލްމާޝް 7

Next
August 3, 2015

އަލްމާޝް 7

Previews
August 3, 2015

ހަތަރު އުދަރެސް (14)

16 Comments!

  1. helloween says:
    August 3, 2015 at 4:49 pm

    salhi

  2. Reen says:
    August 3, 2015 at 5:01 pm

    Nice

  3. Reen says:
    August 3, 2015 at 5:06 pm

    Halloween dho frst . Me 2nd. V.nice story

  4. arsy says:
    August 3, 2015 at 5:07 pm

    Nice

  5. Reen says:
    August 3, 2015 at 5:08 pm

    *helloween

  6. helloween says:
    August 3, 2015 at 5:12 pm

    oooooooooooo , m 1st

  7. stranger says:
    August 3, 2015 at 5:17 pm

    No. No. No. Somebody else. Ok

  8. Need a help? says:
    August 3, 2015 at 5:22 pm

    helloween first ah dhiyaee dw… hehehehe.. story salhi

  9. halloween says:
    August 3, 2015 at 5:23 pm

    stranger ? haadhavarakah no , no thikiyany

  10. stranger says:
    August 3, 2015 at 5:25 pm

    Its ok. Nice story. Best of luk…

  11. Shaha says:
    August 3, 2015 at 5:32 pm

    V v v v v. Reethi.. mibaivx waiting 4 next part..

  12. Shabee says:
    August 3, 2015 at 9:16 pm

    Halloween stranger ulheyneevr, strange gieh gothakahnun??? Hahahah ….haadha tudun tudun vaa thakashey thi nimmaalee….. happy nws ey kiyaafa vazeefaa in kandaalaanee thoache… 😛 lets c wat happens…

  13. Aaliya says:
    August 3, 2015 at 10:02 pm

    V.nice

  14. shasha says:
    August 4, 2015 at 4:08 pm

    mi part ves varah rythi ingey…promotion libeny yoww…hey hey oo oo la la la

  15. fareeeeaaa says:
    August 5, 2015 at 2:45 pm

    Ey abaan…kobaa tha next part.v kiyaa hithun meeneee.avas kohllaa bala

  16. fareeeeaaa says:
    August 5, 2015 at 2:46 pm

    V salhi vaahaka

Comments are closed.


All Right Reserved!