Skip to content
އެސްފިޔަ

ގޮތް ހުސްވެފައި – ޗެޕްޓަރ 2: އިންތިޒާރު ކުރާނެބާ؟….

(މިއީ، އަޅުގަނޑު ކުރިން މި ސައިޓް ގައި ޝާޢިއު ކުރި ކުރުވާހަކަ ‘ގޮތް ހުސްވެފައި..’ ގެ ދެވަނަ ބާބެވެ. މިއީ އަދިވެސް ހިނގަމުން ދާ ހާދިސާތަކެއް ކަމުގައިވާތީ، މި ހާދިސާތައް ވާހަކައެއްގެ ވަކި ވަކި ބާބު ތަކެއްގެ ސިފައިގައި ކުރިއަށް އޮތް ތާނގައި ގެނެސްދޭނެ ވާހަކަ ދަންނަވާލަމެވެ.)

އަހަރެން އަދިވެސް މިއޮތީ އެނދުމަތީގައެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ބަލަހައްޓައިގެން އޮތް އިރު އަހަރެންގެ ސިކުނޑިތެރޭ ހިޝާމްގެ ނަން އެނބުރެމުން ދިޔައީވެސް އެ ފަންކަލުގެ ފިޔަތައް ފަދައިންނެވެ. އަހަރެންގެ މުސްތަޤުބަލު ބިނާކުރާނެ ގޮތެއް އަހަންނަކަށް ނޭނގުނެވެ. ޤުރުބާން ކުރަންވީ ކޮން “ލޯތްބެއް” ހެއްޔެވެ؟ އިޝްގީ ލޯބި ހެއްޔެވެ؟ ނޫނީ އާއިލީ ލޯބި ހެއްޔެވެ؟ ހަމަ ގައިމުވެސް އަހަންނަށް އެނގޭ އެއްކަމެއް ވެއެވެ. އެއީ އެ ދެލޯބި އެއްފަހަރާ ލިބެން ނެތް ކަމެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭ އަހަރެން ލަންކާއަށް 3 އަހަރު ދުވަހުގެ ކޯހެއްގައި ފުރަން ޖެހޭނެއެވެ. އޭރުން އަހަރެންނަށް ހިޝާމް އެއްކޮށް ގެއްލުނީއެވެ. ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ހިޝާމް އާ ވަކިން އަހަންނަށް ކެތް ވާނެ ބާއެވެ؟

ވިސްނުމަކަށް ގެއްލިފައި އޮއްވައި ކުއްލިއަކަށް ފޯން ވައިބްރޭޓް ވާން ފެށިއެވެ. އަހަރެން ފޯނުގެ ސްކްރީނަށް ބަލައިލީމެވެ. ގުޅަނީ “ދޮންބެ” އެވެ. ދޮންބެ ކުއްލިއަކަށް އަހަރެން މަތިން ހަނދާންވީ އަނެއްކާ ކިހިނެއްވީބާއެވެ؟ ދޮންބެ ކިޔަވަން މާލެއަށް ބަދަލުވިފަހުން ވާހަކަ ނުދެއްކޭތާ މިހާރު މަހެއް ވަނީއެވެ. ސްކްރީނަށް އިރުކޮޅެއް ވަންދެން ބަލަން އޮތުމަށްފަހު އަހަރެން ފޯނަށް ޖަވާބު ދިނީމެވެ.

“ހަލޯ؟؟”

“ކިހިނެއް ވެގެންތަ ތި އުޅެނީ؟!” އެންމެ ފުރަތަމަވެސް ދޮންބެ ބުނީ އެހެންނެވެ. އަހަރެންނަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ކިހިނެއް ވީތަ؟” އަހަރެން މަޑުމަޑުން އަހާލީމެވެ.

“ކަމެއް ވީ ކަމެއް ނޭނގެ؟ ކާކާ ރައްޓެހިވެގެން ތި އުޅެނީ؟” ދޮންބެގެ ރާގުގައި ވަނީ ހަރުކަށިކަމެވެ. ވެގެން މިއުޅެނީ މިކަހަލަ ގޮތެއްކަން އެއިރުވެސް އަހަންނަށް ހީވިއެވެ.

“މަށެއް ނުވަން މީހަކާ ރައްޓެއްސެއް!!” އަހަރެން ބުނީމެވެ.

“މިހާރު ދިމާލަށް ދޮގުވެސް ހަދަންފެށީ ދޯ؟ މަށަށް އެނގެޔޭ އެ ހިޝާމު އާ ރައްޓެހިވެގެން އުޅޭކަން! އެ ނޫން މީހަކު ނުފެނުނީތަ ކޮއްކޮ ރައްޓެހިވާންވެސް! އެއަށްވުރެ މާ ހަރުދަނާ ރަނގަޅު ކުދިންވެސް ރަށުގަ އެބަ އުޅެއެއްނު!” ދޮންބެ ވިސްނައިދޭން މަސައްކަތް ކުރިއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. ދޮންބެ އެ ބުނީ ކިހާ ބޮޑު ތެދެއް ހެއްޔެވެ؟ އަހަންނަށް ހިޝާމް ދެކެ ލޯބި ވެވުނީ ކީއްވެ ހެއްޔެވެ؟ އެއަށްވުރެ ރަނގަޅު މީހަކު އަހަންނަށް ނުފެނުނީ ހެއްޔެވެ؟ ނަމަވެސް އެއީ އަހަރެންގެ ކުށެއް ނޫނެވެ. ލޯތްބަކީ މީހެއްގެ އިހުތިޔާރުގެ ދަށުގައި އޮންނަ އެއްޗެއް ނޫނެވެ. ލޯތްބަކީ ވެވޭ އެއްޗެކެވެ. ވާ އެއްޗެއް ނޫނެވެ.

“ދެން އެކަހަލަ ވާހަކައެއް އަޑުއިވިއްޖެއްޔާ……” ދޮންބެ ވާހަކަ ދައްކަ ދައްކަ ހުއްޓާ އަހަރެން ފޯނު ކަނޑާލީމެވެ. އެއާއެކު އަހަރެންގެ ބަޑި ފަޅައިގެންދިޔައެވެ. ގިސްލަ ގިސްލާފައި ރޮވެން ފެށުނެވެ. މިވަގުތު އަހަރެން ބޭނުމީ ބޯއަޅާލާނެ އޯގާތެރި ކޮނޑެކެވެ. އަހަރެންގެ ކަރުނަ ތަކުގެ އަގު ވަޒަން ކުރާނެ އަތެކެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. އަަހަރެންނަށް މިއަދު އޮތް ގޮތަކީ އެކަނި މާ އެކަނި އޮވެ ރުއިމެވެ.

ބާލީހުގައި ބޯއަޅާލައިގެން އަހަރެން ވިސްނަން އޮތީމެވެ. އަހަންނަށް ހަމަ ރަނގަޅަށްވެސް ގޮތް ހުސްވެއްޖެއެވެ. މިނޫން ދުވަހެއް އަހަންނަށް ދައްކަވާނީ ކޮންދުވަހަކުންބާއެވެ؟ ހިޔާލުތަކުން ބޭރުވެވުނީ ކުއްލިއަކަށް ފޯނަށް މެސެޖެއް އައުމުންނެވެ.

“ވާހަކަ އަޕް ލޯޑް ކޮއްފިން! ކިޔާލަ ބަލަ!” ލެޓިން އިން ލިޔެފައިވާ މެސެޖް ފޮނުވާފައިވަނީ އަހަރެންގެ އެކުވެރިއެކެވެ. އޭނާއަކީ ވާހަކަ ލިޔުންތެރިއެކެވެ. ކަރުނަ ފުހެލުމަށްފަހު އަހަރެން އެނދުން ތެދުވީމެވެ. ކުޑަކޮށް ތައްޔާރުވެލުމަށްފަހު ކޮޓަރިން ނުކުތްއިރު މުޅި ގޭތެރޭ ވަނީ ހަމަ ހިމޭންކަމެވެ. އެކި ދިމަދިމާއަށް ބަލާލުމަށްފަހު އަހަރެން ގޮސް ސިޓިން ރޫމުގައި ހުރި ކޮންޕިއުޓަރު ހުޅުވާލީމެވެ.

‘އެސްފިޔަ’ ސައިޓްގައި އެންމެ ފަހުން އަޕްލޯޑް ކޮއްފައި އިނީ “ގޮތް ހުސްވެފައި..” ގެ ނަމުގައި ލިޔެފައި އިން ވާހަކަ އެކެވެ. އަހަރެން އެ ވާހަކަ ކިޔަން ފެށީމެވެ. ކިޔަމުންދިޔަވަރަކަށް އަހަރެންގެ ދެލޮލަށް ކަރުނަތައް ދިޔައީ ޖަމާވަމުންނެވެ. އެއީ ހަމަ އަހަރެންގެ ހަޔާތުގެ ކުރު ޚުލާސާއެކެވެ. އަހަރެންނާއި ހިޝާމް ދިމާވި ގޮތެވެ. އޭނާއަށް އެ ބަދަލު އަންނަން މެދުވެރިވި ސަބަބެވެ. އެއިން ކޮންމެ ޖުމްލައެއް އަހަރެންގެ ހިތަށް ހެރެމުންދިޔައީ ދާދި ދެންމެއަކު ހަނުލާ ތޫނު ކޮށްފައިވާ ހަންޖަރުތަކެއް ފަދައިންނެވެ. ވާހަކައިގެ ނިމުމާ ހަމައަށް ދިޔައިރު ހަމަ ރަނގަޅަށްވެސް އަހަންނަށް ރޮވިއްޖެއެވެ. ވާހަކަ ކިޔާ ނިމުމާއެކު އިވުނީ މަންމަ ގޮވަން ފެށިއަޑެވެ.

“ނައުރީން! އާދެބަލަ މިފަޅިއަށް!” ކޮންޕިއުޓަރު އެ ހުރިގޮތަށް ބެހެއްޓުމަށްފަހު އަހަރެން އަވަސް އަވަހަށް ގޭގެ ބަދިގެ ފަޅިއަށް ދިޔައިމެވެ. އެއިރު މަންމަ ބަދިގޭގައި ކޮންމެވެސް އެއްޗެއް ކައްކަން އުޅެއެވެ.

“ޖޫސް ގިރާފަ ފްރިޖަށް ލާބަލަ!!” ރުންކުރު ރާގަކަށް މަންމަ ބުންޏެވެ. އަހަރެން އަހަރެންގެ މަސައްކަތައިގެން މަސްޢޫލު ވީމެވެ. އެވަގުތު ބަދިގެއިން ނުކުމެން ގޮސް ގޭތެރެއަށް ވަން ދޮންތަވެސް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ކޮންޕިއުޓަރު އަޅުވާފައި އާދެވުނު ހަނދާން އަހަރެންނަށް ވީ އެވަގުތެވެ. އަހަރެން ކިޔަން އިން ވާހަކަ ވެސް އިންނާނީ ދިމާއަށް ފެންނާށެވެ. ސިޓިން ރޫމަށް ދާން ކިތަންމެ ބޭނުންވިއަސް ކުރަން ހުރި މަސައްކަތް ހުއްޓާލާކަށް ނުކެރުނެވެ. ނުހަނު ގާތުގައި މަންމަ ވެސް އެބަ އުޅެއެވެ.

އަވަސް އަވަހަށް ޖޫސް ގިރާލުމަށްފަހު އަހަރެން ސިޓިން ރޫމަށް ދިޔައިމެވެ. ފެނުނީ އެންމެ ފެންނަން ބޭނުން ނުވި މަންޒަރެވެ. ދޮންތަ އިނީ ކޮންޕިއުޓަރު ކައިރީގައެވެ. ކިޔަމުންދިޔައީ އެ ވާހަކައެވެ. އަހަރެން ސިޓިން ރޫމަށް އައި ކަމެއްވެސް ދޮންތަ އަކަށް ނޭނގެއެވެ. ލަސް ފިޔަ ވަޅުތަކެއްގައި ގޮސް އަހަރެން ފާރާ ނިވައިވީމެވެ. އެތަނުން ވަރަށް ރީތި ކޮށް ދޮންތަގެ މޫނު ފެންނަން ހުންނާނެއެވެ.

ދޮންތަ ގެ ދެލޮލުން އޮހޮރެމުން ދިޔައީ ހޫނު ކަރުނައެވެ. އެއީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. އަހަރެންނާއި ހިޝާމްއާ ދެމެދު އޮތް ގުޅުން މިހާރު ދޮންތައަށް އެނގޭނެއެވެ.  ވާހަކައިގެ ލިޔުންތެރިޔާގެ ނަމުންވެސް ދޮންތައަށް އެއީ އަހަރެންގެ “ވާހަކަ” ކަން އެނގޭނެއެވެ. އަދި އެވަރުން ނުވެގެން އެ ވާހަކަ އިނީވެސް “ހަޤީޤީ” ކެޓަގަރީގައެވެ.

 ވާން މިއުޅެނީ ކިހިނެއް ބާއެވެ؟ ތެޅި ތެޅި އޮތް ހިތަކާއެކު އަހަރެން ގޮސް ކޮޓަރިއަށް ވަދެ އެނދުމަށްޗަށް އުއްޑުން ވެއްޓިގަތީމެވެ. ބާލީހުން މޫނު ފޮރުވާލީމެވެ. އެވަގުތު ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި އޮހޮރިގަތެވެ. ހުރިހާ ކަރުނަތަށް ވަންހަނާވެގެން ދިޔައީ ބާލީހުގެ ތެރެއަށެވެ.

އޭގެ ފަސްވަރަކަށް މިނެޓް ފަހުން ކޮންމެވެސް މީހަކު ކޮޓަރިއަށް ވަން އަޑު އިވުނެވެ. ކާކުތޯ ބަލައިނުލާ އެ އޮތްގޮތަށް އަހަރެން އޮތީ އެއީ ދޮންތަ ކަން އެނގޭތީއެވެ. ދޮންތަ އައިސް އަހަރެންގެ ކައިރީގައި އެނދުގައި އިށީނދެލިއެވެ. އަދި ވަރަށް މަޑުމަޑުން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

އަހަރެންނަށް ހީވީ މުޅި ހަށިގަނޑުގައި ފިނި ފިނި ރާޅު ބާންޏެއް ދުވެލި ހެންނެވެ. އެއީ އެތައް ދުވަހެއް ވަންދެން އަހަރެން އިންތިޒާރު ކުރި ފިރުމުމެކެވެ. ދެން ދުވަހަކުވެސް އެ ލޯބިވެތި ފިރުމުން ނުލިބޭނެކަމަށް ނިންމާ އުންމީދު ކަނޑާލި ފިރުމުމެވެ. އުފަލުން ނުރޮވުނީ ހަމަ ކިރިޔާއެވެ. އަހަރެން މަޑުމަޑުން މޫނުމަތިން ބާލީސް ހިއްލާލުމަށްފަހު ދޮންތައަށް ބަލާލީމެވެ. އެ ދެލޮލުން އަހަރެން ދުށީ ލޯތްބާއި އޯގާތެރިކަމެވެ. ޖަމާވެފައިވާ ކަރުނަތަކުގެ ސަބަބުން އެ ދެލޯ ދަޅައަޅަމުންދިޔައެވެ.

“ދޮންބެ އެއްޗެހި ކީމަތަ ތި ރޮނީ؟” ކުރެހިފައިވާ އަޑަކުން ދޮންތަ ބުންޏެވެ. އަހަރެން މަޑުމަޑުން ތެދުވެ އެނދުގައި އިށީނދެލީމެވެ. އެއާއެކު ދޮންތަ ވަރަށް ލޯބިން އަހަރެން ގެނެސް ގައިގާ ލައްކޮށްލަމުން ބައްދާލިއެވެ.

“ދޮންތަ އަށް މާފް ކުރޭ! ދޮންބެ ކައިރީ އެވާހަކަ ދެއްކީ ދޮންތަ! ހިޝާމް ދެކެ ވާ ފޫއްސެއްގެ ސަބަބުން ދޮންތައަށް ރުޅި ގަދަވެވުނީ! މިހާރު ހުރިހާ ކަމެއް އެނގިއްޖެ! ކޮއްކޮއަށް ދިމާވި ހާދިސާތަކުގެ މައްޗަށް ބިނާކޮށް ކޮއްކޮގެ ފްރެންޑެއް ލިޔެފައި އޮތް ވާހަކަ ކިޔައިފިން!” ދޮންތަ ކަރުނަ ފުހެލަމުން އަހަރެންނާ ހަތަރުކަޅި ހަމަކުރިއެވެ. “ކީއްވެތަ ކޮއްކޮ އެއްވެސް ވާހަކައެއް ނުކިޔައިދެނީ؟ ކީއްވެތަ ހުރިހާ ކަމެއް ސިއްރު ކުރަނީ؟ އެންމެ ފުރަތަމަވެސް ދޮންތަ ސުވާލު ކުރިއިރު ހުރިހާ ކަމެއް ކިޔައިދިން ނަމަ މިހެންނެއް ނުވީހެންނު!”

“އަހަރެން ހިޝާމް ދެކެ ވަރަށް ލޯބިވޭ! ވަރަށް ވަރަށް ލޯބިވޭ!” އެނދުން ތެދުވުމަށްފަހު އަހަރެން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓިލީމެވެ. “އެ ވާހަކަ ކިޔައިފިއްޔާ ދޮންތަ އަށް އެނގޭނެ އަހަރެން ހިޝާމްއާ ރައްޓެހި ނުވާކަން! ދޮންތަ ސުވާލު ކުރި ދުވަހުން އަހަރެން ބުނީމެއްނު ރައްޓެއްސެއް ނުވަމޭ! ދޮންތަ ޤަބޫލު ނުކުރީނު! އެންމެން ތިބީ އަހަރެން ދެކެ ރުޅި އައިއްސަ ކަމަށް ހީކޮށް އެއްވެސް ވާހަކައެއް ބުނާކަށް ނުކެރުނު!”

“ކޮއްކޮ ދެކެ ރުޅި އާދެވުނީތީ ދޮންތައަށް މާފް ކުރޭ!” ދޮންތަ އައިސް އަހަރެންގެ ފުރަގަހުގައި ހުއްޓުނެވެ. “މަންމަ ކައިރީވެސް ހުރިހާ ވަހަކައެއް ދޮންތަ ކިޔައިދޭނަން! އެކަމަކު އަދި އެއްކަމެއް އެބައޮތް! ކޮއްކޮ ހިޝާމްއާ ގުޅޭކަށް ދޮންތަ އެހާ ޤަބޫލެއް ނޫން! އިނގޭ ކީއްވެކަން އޭނާއަށް މަގު އޮޅުނީވެސް! އެކަމަކުވެސް ހިޝާމްއަކަށް ކޮއްކޮގެ މުސްތަގުބަލު އުޖާލާއެއް ނުކުރެވޭނެ! ކޮއްކޮއާ ގުޅެނީ ވަރަށް ހަރުދަނާ ރަނގަޅު ކުއްޖެއް!”

“އެކަމަކު…..”

“އިނގޭ ކޮއްކޮ ހިޝާމް ދެކެ ލޯބިވާކަން! ދޮންތަމެންވެސް ކޮއްކޮ ދެކެ ލޯބިވޭ! އެހެންވެ ވިސްނައިދޭން މި މަސައްކަތް ކުރަނީ! ކޮއްކޮއަށް ހިޝާމްއާ ގުޅެވޭނެ އޮތީ ހަމަ އެންމެ ގޮތެއް! އެއީ ކޮއްކޮ ލަންކާއަށް ކިޔަވަން ގޮސް 3 އަހަރުފަހުން ނިންމާފައި އަންނަން ދެން ހިޝާމް، ކޮއްކޮއަށް އިންތިޒާރު ކުރުން އަދި އެއިރަށް ވާއިރަށް އޭނާގެ އެ އުޅުން ދޫކޮށް ހަރުދަނާވުން!” ދޮންތަ ބުންޏެވެ. އަހަރެންގެ ހިތުގައި ހީވީ މީހަކު ވިކައިގެންހެންނެވެ. 3 އަހަރު ދުވަސް ފަހުން އަަހަރެން އެނބުރި އަންނަ އިރު ހިޝާމް އުޅޭނީ ކޮންތާކު ބާއެވެ؟ އޭނާ އަހަންނަށް އިންތިޒާރު ކުރާނެ ބާއެވެ؟ ކިތަންމެ ބޭނުންވިއަސް މިއަދު އެނޫން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެންގެ މުސްތަޤުބަލުގެ ކޮންޓްރޯލް އޮތީ ހިޝާމްގެ އަތުގައެވެ. އަހަންނަށް އޭނާއާ ގުޅެވޭނީ ކުރިއަށްއޮތްތާ އޭނާގެ ދިރިއުޅުން ބައްޓަން ކުރާ ގޮތަކުންނެވެ.

އޭގެ ފަހުންވެސް އަހަރެން ހިޝާމްއާ ވާހަކަ ދެއްކީމެވެ. އެ ދުވަހު މަންމަމެންވެސް ކައިރީގައި ތިއްބެވެ. އަހަރެން އޭނާ އަށް ނަސޭހަތް ތެރި ވީމެވެ. އަހަރެން އަންނަން ދެން އިންތިޒާރު ކުރުމަށް ބުނީމެވެ. ހިޝާމް އަހަރެން ދެކެ ވަނީ ހަޤީޤީ ލޯބިކަން މަންމަމެންނަށް އެ ދުވަހު ޔަގީން ކޮށްދިނީ އޭނާގެ ދެލޮލުން ވެއްޓުނު ކަރުނަތިއްކެވެ.

ގެއްލުނު އާއިލީ ލޯބި އަނބުރާ އަހަންނަށް ލިބުނެވެ. އެއީ ކިހާ މަތިވެރި ލޯތްބެއްކަން އަހަންނަށް އިހުސާސް ކުރެވުނީ އެ ލޯބި ބީވެގެން ދިއުމުންނެވެ. މަންމަވެސް އަހަންނަށް ނަސޭހަތް ދިނީ ކިޔަވައިގެން މޮޅުވުމަށެވެ. އަހަރެން އަންނަން ދެން ހިޝާމް އިންތިޒާރު ކޮށްފިނަމަ މަންމަގެވެސް އެއްވެސް މައްސަލައެއް ނެތެވެ. އަހަރެން އެ ޝަރުތު ހިތުގެ އަޑިން ޤަބޫލު ކުރީމެވެ. ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭ އަހަރެން ހުންނާނީ ހިޝާމްއާ އެތަކެއް މޭލު ދުރުގައެވެ. ފުރާ ދުވަސް ކައިރިވަރަކަށް އަހަރެންގެ ހިތް ބިރުގަނެއެވެ. މާދަމާ ވާނީ ކިހިނެއްކަމެއް ނޭނގޭތީއެވެ. އަހަރެން ހިޝާމް ބޭނުމެވެ. އޭނާގެ ލޯބި ބޭނުމެވެ. އޭނާ އުޅެމުން އެދަނީ ނުރައްކާތެރި ކަޅު ތޫފާނެއްގެ ތެރޭގައެވެ. އަޅާފާނެ ބާރު ހޮނުގުގުރިއަކުން އޭނާ ފިހިގެން ދުއުމުގެ ކުރިން، ސާފު ނޫރުގެ ރޯޝަން މަގަށް ނެރެން ބޭނުމެވެ. އޭނާއަށް ތެދުމަގު ދައްކައިދޭން ބޭނުމެވެ.

ހިޝާމްއެވެ. އަހަރެން މިދަނީއެެވެ. އަހަންނަށް އިންތިޒާރު ކުރައްޗެވެ. އަހަރެމެން ދެމީހުންގެ މުސްތަޤުބަލު އޮތީ ހިޝާމްގެ އަތުގައެވެ. ނަމަ ނަމަ އެއަށް ގޮތެއް ނުހަދައްޗެވެ. އަހަންނަށް އިންތިޒާރު ކުރާނަން ދޯއެވެ! ފްލައިޓަށް އަރަން ދިޔައިރު އަހަރެންގެ ހިތް ރޮމުންދިޔައެވެ. އަހަރެން ހިޝާމްއަށް އިތުބާރު ކުރަމެވެ. ނަމަވެސް ހިތުގައި އުތުރިއަރަމުން ދިޔަ ސުވާލަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގުނެވެ. ހިޝާމް އަހަންނަށް އިންތިޒާރު ކުރާނެބާއެވެ؟

ނިމުނީ

މިއީ އަންހެން ކުއްޖެއްގެ ހަޔާތުގައި ހިނގަމުންދާ ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔަމުންދާ ވާހަކައެކެވެ. ހާދިސާތައް ކުރިއަށް ދިޔަވަރަކަށް މި ވާހަކައިގެ އިތުރު “ޗެޕްޓަރ” ތައް ގެނެސް ދޭނެ ވާހަކަ ދަންނަވާލަމެވެ.

Comments (88)

  1. Hoody

    varah dhuvas fahun dhw story eh uplod mi kurevunee??!! 🙂 Sorry guyx.. hama busy kamun vaguthu nuvanee story up kuran!! Ummeedhu kuran mi story reethi vaane kamah!

  2. Sam

    Salaam Hoody..! V happy vejje xamaan thakakah fahu Hoody ge story eh kiyaalan libuniima… Thanks.! BTW How are you..? Now grade 12 ,ga dhw ulheny..? How’s it…? Samge vx mock mihaaru… But hama studies inn break eh nagaa irakah story kiyanii.. Hehe

    1. Hoody
      Sam

      Im gud, Alhamdhulillah! yeah 12 ga miulhenee! gud luck with your exams!! study well!! 🙂

  3. Sam

    Ehehehe…Thank yu brother..! ❤

    1. Hoody
      Sam

      Welcome! Can I ask yu a question? Sam ko rasheh tha?

  4. Sam

    Baa.Thulhaadhoo kanneyge..! Hehehe but I live in Male’ igey…! What happened..?

    1. Hoody
      Sam

      Nothing! hama ahaalee!!! thnkx!!! 🙂

  5. Sam

    Yu are most welcome..! ☺ but konmes kameh vegennu ahaanii.. Hehe

    1. Hoody
      Sam

      No!!! maa frndly koh talk kuraathy hama balaalaa hiyy vee!!

  6. nukko

    Omg hoody u r back.. Yippee….. v v v happy vejje. V balan hoody ge story eh up veythoo… v salhi mi stry vs.. hope to c many more story of u.. 🙂

    1. Hoody
      nukko

      Thnkx nukko

  7. kayaani

    hi hoodh. i have read every story of yours but i dont like horror stories for the first time in my life i was able to read a horror story starting to end. and that was your story black rose and havaathif. and happy to see you after such a long time. well the story is awsome but ihave a question. howcome you know what happend to her when no one knew exactly what was happening i know its based on the incident but still that part was disturbing me thats why im asking.. keep up the good work and hope to see a long story of yours..

    1. Anonymous
      kayaani

      E anhen kuhjaa hoody ah kiyaidhineema ehnu e iguny.. BTW hoody thi kury v baraabaru kameh.. ey mi vaahaka upload kurun.. eyna ge dhahtha ah hageegai iguny ehnu.. ehen veema hoody thy v best kuhjeh..
      Kuriah oi thaaga ves hoody ge ithuru vaahaka thakeh fennnaane kamah ummeedh kuran.. Thibaa ge hiy ali kohdhehvaa musthagbal ujaalaa kohdhehvaashi.. Ameen

    2. Hoody
      kayaani

      Thnkx kayaani and anonymous! e girl akee Hoody ge varah gaai frnd eh!! eyna hurihaa kameh kiyaidhey Hoody ah!!!

  8. Sam

    Oh..! It means Hoody Sam akaa friend eh nooney dho..! V dhera vejje man ?

    1. Hoody
      Sam

      Nooney sam!!! Hoody ehnneh nubunamenu!! Sam vex thee hama frnd ekey!!! 🙂

  9. naj

    Hooodyy!!! U r back.missed u so much.Hooody eh anhen kuhjaa akey hoody ge friend eh that?? Anyway its really nice 🙂

  10. naj

    So that girl mi vaahaka kiyaafi dho?

  11. naj

    Hoody if this is a true story..than do we have to wait for 3 years for this story??.. Sorry too much question s

    1. Hoody
      naj

      Thnkx naj! eiy hoody ge frnd eh! and e kujjaa mihaaru mi story kiyaane! This is a true story and kmmes dhuvahakun anekkaavex baeh genesdheynan In Sha Allah!

  12. Hudhu

    Lovely.

    1. Hoody
      Hudhu

      Thnkx

  13. hana

    Nice story…

    1. Hoody
      hana

      Thnkx hana!

  14. Sham

    So Mihaaru mikuhjaa ulheyny lanka ga dhw hoody 🙂

  15. Sham

    Btw story vv rythi.. I like ur stories 🙂

    1. Hoody
      Sham

      Yea! eyna kurin dhuvahu e dhiyaee lanka ah!! thnkx sham!

  16. UHAF

    V ASARU GADHA HAMA RANGALHAHVEX ROHVAALAIFI, BTW STORY IS OWESOME… GOOD LUCK HOODY, UR SUCH AN GREAT WRITTER. KEEP IT UP & HOODY GE HURIHAA STORY EHVEX V KAMUDHEY… THANK U 🙂

  17. Nabhaan

    Nice mi part vx ingey…

  18. prrrrrr

    hey hoody.. u knw me ryt.. prrrrr… :p.. vrhh vrhh salhi…. luv it.. thnks.. 🙂

  19. Hoody

    Thnkx UHAF and nuboo!!

  20. prrrrrr

    Wow… vrh vrhh salhi.. luv it.. thnks… 🙂

    1. Hoody
      prrrrrr

      Your most welcom my dearest prrrr!!!

  21. naff

    Hoodh ge vaahaka thah hama varah ves obbi… kiyaa foohi nuvaane… ekuhjas kairi beney naff bunyey adhi hihvaru kuraashey libeyne yey thi loabi ves… love is a precious gift given by allah to join to souls…thanks hoodh avahah new story eh upload koh dhehvaa… 🙂

  22. Shabee

    hoody thihama best…..vrh ufaavejje mi story ge dhevana prt ehvexx genesdhineethee… evex suprise kh… heeves nukoh huttaaa…sooooooo happy 😀 jazakillah khairan 🙂 dhen thinvana prt eh genesdheveyneevex e girl 3 yrs fahn insha allah maldivex ah aeema dhw? tooo bad 🙁 vrh dhera dhw… haadha dhigu inthixaar ekey… omg 😮 hope ehn vaahaka eh hoody vrh avahah up kohdheynekamah 😉 n good luck for ur exam.. do ur bst hoodh bro 😛

  23. Shabee

    ey hoody naff bunyekey noon ingey bunaanee… bunaanee shabee bunyey ingey… naff ah dhen lalalaaa 😛

    1. naff
      Shabee

      Shabee dhen thihen naff ah hadhaigen nuvaane dho…

  24. Hoody

    Thnkx naff and Shabee!!!

    1. naff
      Hoody

      My life story fonuvantha vaahaka eh liyaanan dho hoody..

  25. Mishal

    hey hoody ……………. kihinehtha??? … v dhuvas fahun dhw hoody ge story eh kiyaalan mi libuny … btw naj abunihen dhen 3 years fahuntha dhn baeh genes dheynyy??? … i mean eyna 3 ahru fahun nehnu dhen annaany … anyways v beynun hoody ge friend akah vaan … i mean private koh vaahaka dhahkaalan … but unfortunatly i dont use fb … and hoody ge ehn stories thah hen mi story ves vvvvvvvvvvvvvv slahi .. i like ur stories v much cux hoody abdhuvess v thafaathu vaahaka liyaathy … hehehe … may god bless u hoody .. n gud luck 🙂

    1. Hoody
      Mishal

      Owww!!! 🙂 thnkx mishal!!!

  26. ThoO

    Hama rovijje.! Awesome story.! Good luck.. Waiting for the next part ?????

  27. yooha

    hoody. can you write a story on my life?

    1. Hoody
      yooha

      hehe!! Life ge story akee assu varah gaai meehakah noonee liyan varah undhagoo ehcheh!! But Yooha ge life saafu koh kiyaidhiniyya liyevidhaane!

  28. fareeaaa

    v salhi hoody ge vaahaka thah.

  29. smilebuddy

    waau interesting amazing story vv nice .

  30. smilebuddy

    hoody ur stories are the best stories. hoody ge stories thah v interesting . keep it up hoody.

  31. shx

    wowww hoody….vvvvvvvvvvvv nyc nd v intresting…i love this story…

  32. naff

    Hoodh dhen genes dheeba e firihen kuhjaa aa behey kuda vaahaka kolheh eirun varah salhivaane vaahaka…

    1. Hoody
      naff

      Thnkx for the Idea! 🙂

  33. faya

    thi firehen kuhjaa islahihyya ah fonuvaaa…

  34. Anonymous

    Hey hoody magey hayaathuge vaahaka liyedhevi dhaanetha? Ma gey hayaathuga ves baivaru baabu eba huri.. please.. plz

  35. Shabee

    hoody naff bunihen hadhaabaa… eyrun vrh habeys vaane… nd anonymous aslahvestha?? hoody thijehunneee kommehenvex story ehliyan…. anonymous ah haassa vaahaka eh dhw liyaanee? anonymous shabee ah kiyaadheebaa plx… vrh interesting vejje.. 😉

    1. Anonymous
      Shabee

      oh.. dhen mi thaaga eh nukiyaidheveyne ehnu.. V hithaamaveri baabu thah ves hunnaane.. Hoody vaahaka liye dheefiyya v ragalhu..

  36. mahusoos

    hoody liyaa vaahaka thah varah salhi…. mee furathama faharah esfiya site ah comment eh mikuranee… mivaahaka kiyaa lumah fahu comment eh kohlaanamee…

  37. ***

    Wow. After a long time hoody ge vaahaka eh mi kiyuny. Mi vaahakaige dhn in part ves kiyan beynun. Avahah up kohdhehchey ingey.
    Anyways hoody kiyavany kon school eh ga?

    1. Hoody
      ***

      Thnkx!
      Hoody kiyavanee Raa Atoll Education Center ga!

  38. Aishaa

    Varah reethi mi vaahaka…..

  39. Aishaa

    N hoody thy kihaavareh ge kuhjeh tha….mibuny hoody ge age kihaa vareh…..hoody gr 12 ga ey ulheny buny ma aslu mi ahaaly…hw old r u?

    1. Hoody
      Aishaa

      Im 17 years old!

  40. Hoody

    Thnkx all!!!!

  41. shx

    hooooody…ur great…

    1. Hoody
      shx

      Thnkx

  42. sweep

    i think mivaahakaige ulhey boy akee hoody hen..

    1. Hoody
      sweep

      Nooney sweep! eiy hoody eh nooon! Eiy Hoody ge best frnd and cousine eh!!

  43. me

    ‘fankaleh’ noon.. ‘ fankaa’… !!

  44. kokeelaa

    V salh. Ur the best

  45. Aishaa

    Oh,..hoodhy ah 17 years old dho……Aishaa heekury 18 years old kamah…..

    Gud Luck For Your Exam Hoody 🙂

    Best Of Luck! 🙂

  46. Aishaa

    When is ur birth day hoody??????

  47. Aishaa

    Maashaa Allah!
    Hoody haadha molhey vaahaka liyan 🙂

    1. Hoody
      Aishaa

      Thnkx Aisha! Alhugandu birth day gossi! July 3rd!

  48. Anonymous

    Reethi

  49. zainee

    sam ge full name buneba B.Thulhaadhu kujjekey bunyma ahaaly mi

  50. Aishaa

    Ehntha hoody….mi aharu dho 17 years old vy hoody ah…..pls reply this comment hoody

  51. Aishaa

    Ehntha hoody….mi aharu dho 17 years old vy hoody ah…..pls reply this comment hoody….

  52. Aishaa

    Aishaa aslu heekury thy maaley kuhjeh kamah….

  53. Aishaa

    Aishaa aslu heekury thy maaley kuhjeh kamah….

    Aishaa mee friend eh kamah balaa dhn hoody…

  54. Aishaa

    Aishaa aslu heekury thy maaley kuhjeh kamah…

  55. Anonymous

    Nice

  56. Anonymous

    salhi

  57. zai

    Oh im also 17 years n birth day july 12..?

  58. Sham

    Sham ves Lanka ga dhiri ulheny.. Ekuhjaa aa meet kohlaa hiyy vany hama.. 😀 .. hoody sham ah ekuhjaa aa meet kureveyne gotheh hadhaadhyba. Grl kairy ahaafa grl beynumiyyaa :). Rply me hoody

  59. Hi

    Kobaa continue eh nukuraanantha hoody? Mihaaru keeve kuru vaahaka nuliyany. ?.. Inthizaaruu kuran ingey hoody

  60. midnight girl

    Hoody i want ur help… want talk to u …. ur awsm writer…

  61. Yoohaa

    Kihineh kiyaidheyny?

  62. Emily

    hoody…?? i want contact you. can we be frnd ?? i really really really really really really want..

  63. Emily

    hoody let me know ur fb id.. anyhow i want contact you.. plx m begging you.. pls…

  64. Nuzu

    masha Allah varah reethi mi part ves waiting for next part??????????

Comments are closed.