Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

އަދިވެސް ވަރަށް ލޯބިވޭ

Aaf Level 1
July 22, 2015 3 Mins Read
23 Comments

އަހަރެންގެ އުމުރުން މިހާރު 23 އަހަރެވެ. އަދި މިހުރީ ހުސްހަށިބަޔަށްށެވެ.  އެކުގައި އުޅުނު ގިނަ ކުދިން މިހާރު މިހުންނާއި އިނދެ ދަރިން އެބަ ތިބެއެވެ.  މީހަކާ އިންނަން ބޭނުމެވެ. އެކަމަކު އިންނަން ބޭނުން ވާ މީހާ ލިބެންނެތީއެވެ.

އަހަރެންނާއި އޭނަ އާއި ދިމާވީ މީގެ ގާތް ގަޑަކަށް 6 ވަރަކަށް އަހަރު ކުރިން މިގް33 އިންނެވެ. އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. މިގް33 ޒަރިއްޔާއިން އޭނަ އާއި ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރީމެވެ. އޭގެ ފަހުން ފޯނުން ވެސް ވާހަކަ ދެކެވުނެވެ. އަހަރެންގެ ހިތް އޭނާ އާއި ދިމާލަށް ލެބޭކަށް ގިނަ ދުވަސް ތަކެއް ނުނެގިއެވެ. އަހަރެންނަށް ހަމަ ރަގަޅަށް ވެސް އޭނާ ދެކެ ލޯބިވެވިއްޖެއެވެ. އޭނަގެ ނަމަކީ އާދުއެވެ.

އާދު ވެސް އަހަރެން ދެކެ ލޯބިވާ ކަމުގައި ބުންޏެވެ. ރައްޓެހިވެގެން 3 މަސް ވެގެން ދިޔައިރުވެސް ދެ މީހުން ބަދަލެއް ނުކުރަމެވެ.  ވާހަކަ ދެކެވެނީ ފޯނުންނެވެ. އަހަރެމެންގެ ގުޅުމަށް 5 މަހަށް އެޅި ތަނާހެން އަހަރެން މާލެ ބަދަލުވީމެވެ. އަހަރެންގެ ހުވަފެން ކާމިޔާބު ކުރާށެވެ. އަހަރެންގެ މަންމަ ގެ ހުވަފެން ތެދުކޮށް ދޭށެވެ. ނަރުސްކަން ކިޔަވާށެވެ.

އޭގެ މާ ގިނަ ދުވަހެއް ނުވެ އާދު ވެސް މާލެ އައީ ވަޒީފާއެއް ހޯދައިގެން އަވަހަށް ކައިވެނި ކުރަންށެވެ. އެކަމަކު ކައިވެނި ކުރެވެނީ އާދު ގެ ގެ ހަދާ ނިމުމުން ކަމަށް އަބަދު ވެސް ބުނާނެއެވެ. އަހަރެންގެ ވެސް އެއްވެސް މައްސަލައެއް އެއަކު ނެތެވެ.  އަދި އެއިރު އަހަރެންގެ އުމުރުން 18 އަހަރު ވެސް ނުވޭ ވިއްޔާއެވެ. އަހަރެން ވެސް ފުރަތަމަ ބޭނުން ވަނީ ކިޔަވާ ނިންމާށެވެ.

ވަޒީފާއެއް ހޯދުމުގައި ވަރަށް ގިނަ ދަތިތަށް އާދު އަށް ކުރިމަތިވިއެވެ. ރަގަޅު ފެންވަރަކަށް ކިޔެވިފައި ނެތީމައެވެ. އެކަމުގައި އަހަރެން ވަރަށް އެހީ ވީމެވެ. އޮފީސްތަކަށް ހިގުމާއި ޖޮބް ހޯދާ އެޕްލައިކޮށްދީ ހެދީމެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ހިތް ބުރައެއްވެސް ނުކުރަމެވެ. ކުރި ކަމެއް ކުރީ ދެމީހުންގެ ވެސް މުސްތަޤްބަލަށްޓަކައެވެ. ހަމަ އޭނާ ދެކެ ވާ ލޯތްބަކުންނެވެ.

އެންމެފަހުން ވަޒީފާއެއް ލިބުނީ މާލެ ކައިރީ ރިސޯރޓަކުންނެވެ. ފުރުމުގެ ކުރިން އަހަރެން އޭނައަށް ވައުދުވީ އާދުގެ އިންޒާރުގައި ކިތަންމެ ގިނަ ދުވަހަކު ހުންނަން ޖެހުނަސް ހުންނާނެ ކަމުގައެވެ. ދެގޮތެއް ނުވާނޭ ކަމުގައެވެ. ރިސޯރޓަށް ދިޔަ ފަހުން ވެސް އަހަރެމެންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ. ކުރިއައް ދިޔައީ އިތުބާރާއި ޔަޤީން ކަމާއި އެކުއެވެ.

ރިސޯރޓަށް ދިޔަތާ 3 މަސް ފަހުން އާދު މާލެ އައީ ވަޒީފާއިން ކެޑިގެންނެވެ. މުސާރަ ކުޑައީޔޯލައެވެ. މަސައްކަތް ބުރައީޔޯލައެވެ. އަހަރެންގެ މައްސަލައެއް ނެތެވެ. އަހަރެން ހުރީ ކޮންމެ ހާލެއްގައި ވެސް އާދު އާއި އެކުގައެވެ. ހަމަ ލޯބިވާތީއެވެ. ހިތާއި ފުރާނައިންނެވެ.

އަނެއްކާ ވެސް މަސައްކަތް ފެށީ ވަޒީފާއެއް ލިބޭތޯއެވެ. އުދަގޫ ތަކަކާއި އެކު ނަމަވެސް މި ފަހަރު ވެސް ވަޒީފާއެއް ލިބުނެވެ. ރަގަޅު ވަޒީފާއެކެވެ. ސަރުކާރު އޮފީހަކުންނެވެ. މުސާރަވެސް ވަރަށް ރަގަޅެވެ. މިހާރު އަހަރެންގެ ކިޔެވުން ވެސް ނިމެން އުޅެނީއެވެ. އަވަސް މުސްތަޤްބަލެއްގައި ކައިވެންޏަކާއި ހަމަ އަށް ދެވޭނެ ކަމުގައި އުއްމީދު ކުރީމެވެ.

ކައިވެނީގެ ހުވަފެންތައް އަހަރެން ދެކުނީމެވެ. ޕާރޓީގެ ތީމެވެ. ހެދުން ބަހައްޓާނެ ގޮތާއި ކާރޑް ޕްރިންޓް ކުރާނެ ގޮތެވެ. އިންވައިޓް ކުރާނެ މީހުންނާއި ޕާޓީ ބާއްވާނެ ތަނެވެ. ނުވިތާކަށް އަހަރެންގެ އާއިލާއަށް ވެސް އާދު ތަޢާރަފް ކޮށްދިނީމެވެ. ދޫކޮށްލާފައި ނުދާނެކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުންނެވެ.

ނަމަވެސް އާދުގެ އުޅުން ދިޔައީ ބަދަލު ވަމުންނެވެ. ދުވަހެއް ދުވަހަކަށް ދިޔައީ އަހަރެންނާއި ދުރުވަމުންނެވެ. ވަޒީފާއަށް ދާއިރު ބިޒީވާނެ ކަން ޤަބޫލްކުރީމެވެ. އެކަމަކު 24 ގަޑި އިރުން އެއް ފަހަރު ވެސް ނުގުޅުން އެއީ ޤަބޫލުކުރަން ވަރަށް އުދަގޫކަމެކެވެ. އަހަރެން ބައްދަލު ނުކުރެވުނަސް ރައްޓެހިންނާއި އެކު ރެސްޓޯރެންޓް ތަކުން ” ޗެކްއިން” ވެވެއެވެ. އަދި ދަންވަރު ގަޑީގައި ކޯލް ވެއިޓިންގް ގައި އިނުން ވެސް ދިޔައީ އިތުރު ވަމުންނެވެ. ހަމަ އެކަނި ނުގުޅެނީ އަހަންނަށެވެ. ބައްދަލު ނުކުރެވެނީ އަހަންނާއެވެ.

ޝަކުވާނުކޮއް ހުންނަން ވަރަށް މަސައްކަތް ކުރީމެވެ. އިތުރަށް ކެތް ނުވާވަރު ވުމުން އަހަރެންގެ ހިތުގެ އާދޭސް އިއްވީމުއެވެ. އެވާހަކަ ދެއްކުމުން ހަފްތާއެއް ހާ ދުވަހު ރަގަޅަށް އުޅުނެވެ. އަނެއްކާ ވެސް ކުރީގެ އުޅުން އުޅެން ފެށީއެވެ. މިކަހަލަ ގޮތަކަށް ކަންތައް ވަމުން ގޮސް 3 އަހަރު އެކީ ހެދަކުރީމެވެ.

އޭގެ ފަހުން އެއްރޭ ވެވުނު ދެބަސް ވުމެއްގައި އަހަރެންނަށް ބުނެވުނު އެއްޗަކުން މުޅި އުމުރަށް އަހަންނަށް އާދު ގެއްލުނީއެވެ. އެހެން މީހަކު ހޯދައިގެން ދާށޭ ބުނީ އެހެން ކަންތައް ކުރާނޭ ކަމަކަށް ނޫނެވެ. ރުޅި އާދެ ވުނީމަ ބުނެވުނީއެވެ.

އަހަރެން މައާފަށް އެދުނީމެވެ. ރޮއެ އާދޭސް ކުރީމެވެ.  އަލުން އެބުރި އާދޭތޯއެވެ. އެކަމަކު އެހިތައް ހަމަ އެއްޗެއް ނޭރިއެވެ. ދުވަހެއްގެ ކޮޅުން ވެސް އެ ހިތުގައި އަހަރެންޓަކައި  ކުޑަވެސް ލޮތްބެއް އޮތް ނަމަ އަހަރެންގެ އާދޭހަށް އެންމެ ފަހަރަކު ނަމަވެސް އިޖާބަ ދޭނެތާއެވެ. ބައެއް ފަހަރު ހިތައް އަރައެ، އާދު ދުވަހަކުވެސް އަހަރެންދެކެ ލޯބިވި ބާ އެވެ. ލޯބިވި ނަމަކާ އަހަރެންނަކާ މިހެން ނަހަދާނެ ދޯ އެވެ.

އަހަރެންގެ ފަރާތުން އުދަގޫވާތީ ކަމަށް ބުނެ ފޯން ނަމްބަރ ބަދަލުކޮށް، އެފް ބީ އައިޑީ ވެސް ޑީއެކްޓިވޭޓް ކޮއްލިއެވެ. ހަމަ އެހާ އުދަގޫ ކުރެވުނީ ހެއްޔެވެ؟ ހޯދަން ބޭނުން ނަމަ ފަހުން ވެސް ނަމްބަރާ އެއްޗެހި ހޯދޭނެ ގޮތް ގޮތް މަށަށް އެގޭނެކަން އާދު އަށް އެގޭނެއެވެ. ނަމަވެސް އަހަރެން ޙިޔާރު ކުރީ އެހެން ގޮތެކެވެ. އަހަރެންގެ ފަރާތުން އެއްވެސް  މީހަކަށް އުދަގޫ ވާކަށް އަހަރެންނެއް ނޭދެމެވެ.

މިހާރު އާދުގެ ހަބަރެއް ނުވާތާ ދެއަހަރާއި ގާތް ވަނީއެވެ. ކޮންމެވެސް ދުވަހަކުން ބައްދަލުވާނެ ކަމަގެ އުއްމީދުގައި އަހަރެން އަދިވެސް މިހުރީ އިންތިޒާރުގައެވެ.  ތިޔަ ނޫން މީހަކަށް މި ހިތަކުން ޖާގައެއް ނެތެވެ.  އަހަރެން އަދިވެސް ވަރަށް ލޯބިވެއެވެ. ވަރަށް ވަރަށް ލޯބިވެއެވެ.

)ނިމުނީ(

Share Article

Follow Me Written By

Aaf

Level 1

Other Articles

Previous

ހިތް ވިންދާނުލައި… (28)

Next

ކަޔާލް-5

Next
July 22, 2015

ކަޔާލް-5

Previews
July 22, 2015

ހިތް ވިންދާނުލައި… (28)

23 Comments!

  1. Aaf says:
    July 22, 2015 at 5:35 pm

    hope u guys like this one too… pls leave your comment 🙂

    1. sweet heart says:
      July 22, 2015 at 9:18 pm

      kommehen nujehey dhw………bllllllllllllllllllllbllllllllllllllllllllblllllllllllllllll

  2. ken says:
    July 22, 2015 at 5:42 pm

    Story reethi…dn addhu ge inthizaaru hunnaaane kamei neii…he dnt luv u so it wud b waste of tym…
    ThnkZ

  3. alisha says:
    July 22, 2015 at 5:54 pm

    My life story aa hama same.. thafaathaky age and job hoadun.. btw story is nice and very heart touching.. thankx Aaf.. 🙂 🙂

  4. shahidha says:
    July 22, 2015 at 5:56 pm

    Aaf thy boy ehtha n gril ehtha me ge baby namakyvs Aaf n story vvv nice

    1. Aaf says:
      July 23, 2015 at 12:30 am

      m grl… aaf is my nick name

  5. Juma says:
    July 22, 2015 at 5:56 pm

    Wow nice story.. awsm..gud luck 4 ur nxt story..:)

  6. Faarish says:
    July 22, 2015 at 7:00 pm

    Aaf keehve tha maakuru vaahaka liyany… Maaa kuru… Dhigu vaahaka eh liyeba

  7. mae says:
    July 22, 2015 at 7:10 pm

    aaf than kolheh digu khlaanamey bunymennu keeve ehaa kurukoh meendhi.. anyways stwry is awwwwwsommmmme

  8. liu says:
    July 22, 2015 at 7:24 pm

    awwwsome storyeh……..hope you will write more longer

  9. shy says:
    July 22, 2015 at 7:29 pm

    Kada

  10. Crazi says:
    July 22, 2015 at 7:58 pm

    Vrh shalhi but dnt waste ur time…eh hen ulhey myhun ulhey nee hama eh hen…hadaa. Nah thaalaafah eh hen life eh fashaa

  11. Aaf says:
    July 23, 2015 at 12:28 am

    its nt my life story… its one of mu friends. miee vs kurin liyefa in vaahaka eh… kuree vaahaka ah vurn mi vaahaka dhiguvaane… dhn huri vaahaka tha mi aj vurn vs dhigu kuramun gendhaani…. vrh boadh thank u hurihaaa kudhinah vs <3 🙂

  12. Azki says:
    July 23, 2015 at 12:01 pm

    varah reethi mi story and obviously its longer than the privious one 🙂

  13. anju says:
    July 23, 2015 at 4:47 pm

    same like mine. firihenun ge vahtharu ei…inthizaar ga hunnaane kameh neh.. thihen hure umuru hus vias emyhun hithah ehcheh naaraane

  14. Sweet girl says:
    July 23, 2015 at 7:38 pm

    Story v reethi n heart touching
    Dhn evarah inthizaaru kuraane kameh neh… Eyna anbira naannane

  15. Sweet girl says:
    July 23, 2015 at 7:39 pm

    Anbura***

  16. don.don says:
    August 13, 2015 at 3:46 am

    Aaf.. hiyy gaimu kiyaalan fasey mikahalaa ehen vaahakathah geness dheyne kamuge ummeedhu kurann.. story hama habes

  17. Fathun says:
    August 31, 2015 at 1:18 pm

    Nice heart toucing rell her that dont waste tyme

  18. ARA says:
    September 12, 2015 at 12:48 pm

    some boys r like that. but others arent. ekahala myhunah buneveyny oyaadha kaateh rashakah nulagaaneyeh. past is past, should think about future….. 😉

  19. Nunnu says:
    March 1, 2016 at 1:29 am

    Vrh tragic n heart tuchin story eh

  20. Niha says:
    April 17, 2016 at 12:12 pm

    varah reethi vaahakaeh. ummeedhu kuran mikahala vàhakaeh adhi liyaane kamah.

  21. zaru says:
    February 25, 2017 at 1:26 pm

    v reethi

Comments are closed.



All Right Reserved!