” އެއީ ކޮންބައެއް ކަން އެނގުމުން އަހަރެން ވަރަށް ބޮޑަށް މާފަށް އެދުނިން އެމީހުން ކައިރިން… އެމީހުން ބުނީ މާފުލިބޭނީ އެންމެ ގޮތެއްގެ މަތިން ކަމަށް.. އެއީ އެމީހުން ހަދާ ޑީލްއަކާ އަހަރެން އެއްބަސްވާގޮތަށް.. އެޑީލްއަކީ ފަނަރަ އަހަރުދުވަސް ވަންދެން އެގޭގައި ނޯކިރީކުރުން… އެއްވެސް މުސާރައަކާ ނުލާ.. އެހުރިހާ ދުވަހެއް ވަންދެން އެމީހުން އަހަރެންގެ ބައްޕަ ބަލާދޭ ގޮތަށް.. އެކަމަކު އެގޮތާ އެއްބަސް ނުވެއްޖެނަމަ ފަންސަވީސް އަހަރަށް ޖަލަށް ދާންޖެހޭނެ ކަމަށް… … އަހަންނާ ފުލުހުން ސުވާލުވެސް […]
” ނިޝީ އަހަރެންގެ މީހަކަށް ވާނަންތަ” އަނެއްކާވެސް އިހުވާން ސުވާލުކޮށްލިއެވެ. ނިޝީ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ވީ އުފަލުން އިހުވާން އަށް ނިޝީގެ އަތަށް ފިއްތާލެވުނެވެ. ” އަހަރެން ކޮންމެ ރެއަކުވެސް ކުލާސް ނިންމާފަ ނިޝީ އާއި ބައްދަލުކުރާނަން… އޯކޭތަ” އިހުވާން އަހާލިއެވެ. މިފަހަރުވެސް ނިޝީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ދުލުން ބަހެއް ނުބުނެވުނު ނަމަވެސް ނިޝީގެ ހިތަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ” މިއޮތީ އަހަރެން ބުނިތަން އައިސްފަ… ދެން […]
އުއްމީދުން އާވެފައި އަހަރެންނަށް ހުއްޓައި އަހަރެން ގެ ދިރިއުޅުން އެއްކޮށް ބަދަލަވެގެން ދިޔައީ ނުލާހިކު ކުޑަ ކުޑަ ވަގުތު ކޮޅެއްގައެވެ . އުފާވެރި ކަމުން ހިތާމަ އަކަށް ބަދަލު ވެގެން ދިޔައީ ކުޑަ ކުޑަ ވަގުތު ކޮޅަކު އެވެ . ކަޅު ބޯ ވިލާގަޑު އަހަރެން ބޯ މައްޗައް އައީ ނުލާހިކު ހަލުވި ކަމާ އެކުއެވެ . އަހަރެންނަށް ވާނުވާ ނޭނި ދާނޭ ކޮޅެއް ވެސް ނޭގެއެވެ . 2019 އަހަރު ގެ އޮކްޓޯބަރ މަހަކީ އަހަރެންނަށް […]
މެންދަމުގެ ހަމަ ހިމޭންކަމެވެ. ފެންރީތި ގޭތެރެވެސް ވަނީ އަރާމު ނިންޖެއްގެ ތެރޭގައެވެ. ކުއްލިއަކަށް އެގޭ ގިފިލީގެ ދޮރު ހުޅުވުނެވެ. ގޭތެރެއަލިކުރަން ދިއްލާފައިހުރި ބޮތްކަށްވެސް ގޮތެއްވާހެން ހީވިއެވެ. އަލި މަޑުވެފައި އަލިގަދަވާންފެށިއެވެ. ހީވަނީ ދެންމެ ދެންމެ ބޮކިވެސް ތަޅައިގެން ކުދިކުދިވާން އުޅޭހެންނެވެ. ގިފިލީގެ ދޮރު ހުޅުވުނުތަނާހެން ގޮތް ނޭންގޭ ވައިރޯޅިއއަކާއެކު ގޭތެރޭގައި އެލުވާފައިހުރި އުނދޯލިވެސް ހެއްލެންފެށިއެވެ. މީހަކު ހެއްލާފަދަ ގޮތަކަށް އުނދޯލި ހެއްލެންފެށިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އުނދާލި ހުއްޓުނެވެ. އެއަށް ގުޑުމެއްވެސް ނުވާފަދައެވެ. އުނދޯލި ހުއްޓުވަގުތު އުނދޯލި […]
“މައިޝާ ފަދައިން އަހަރެން ވެސް މައިޝާ ދެކެ ލޯބިވިން، އެކަމަކު އެ ލޯބި ގަތުލު މިހާރު ގަތުލުވެއްޖެ! މައިޝާ މިތަނުން ދޭ!” ކިޔުންތެރިންގެ އެދިލެއްވުމަކަށް މިފަހަރު ގެނެސްދޭން މިއުޅެނީ ލޯބީގެ ދިގު ވާހަކައެކެވެ. މި ވާހަކަ ގެނެސް ދޭނީ ބައިތަކަކަށް ބަހާލައިގެން ހަފްތާއަކު ބައެކެވެ. އިންތިޒާރުކޮށްލާށެވެ.
ދިރިއުޅުމަކީ އިމްތިހާނެކެވެ . އެކި ފަހަރު އެކި ކަންކަމާ ކުރިމަތި ލާން ޖެހެއެވެ . އެކި ގޮތް ގޮތަށް ވެސް މަސައްކަތް ކުރަން ޖެހެއެވެ . މިއީ ޒުވާން ކުއްޖަކަށް ދިމާ ވެފައިވާ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިފައި ވާ ވާހަކައެކެވެ . މިވާހަކަ އިން ބަލާލާނީ އޭނަގެ އުމުރު މިހާތަނަށް ދިޔަ ގޮތުގެ ވާހަކައެކެވެ . މީހަކަށް ނުވަތަ ބަޔަކަށް ނިސްބަތް ވާނަމަ އެކަމަށް މާފް ކުރުން އެދެމެވެ . އުމުރުން 22 އަހަރު […]
އަހަރެންނަކީ ޒުވާނަކީމެއެވެ . އުމުރުން 22 އަހަރު ފުރި 23 އަހަރު ފުރެން ކާރިވެއްޖެއެވެ . އަހަރެން މި ވާހަކަ މި ލިޔަނީ އަހަރެންނަށް ދިމާވެފައިވާ ކަންތައްތަކު ގެ މައްޗަށް ބިނާ ކޮށްފައެވެ . އަހަރެންގެ ދިރިއުޅޭ ކިތައް އަންހެން ކުދިންނާ ކިތައް ފިރިހެން ކުދިން އުޅޭނެ ބާއެވެ . އަލި ކަމަކަށް ފަހު އަދިރި ކަމެއް އާދޭ ކިޔާ އަޑު އަހަމެއެވެ . އާއެކެވެ . ތެދެކެވެ . އަހަރެންގެ ހަޔާތަށް ވެސް މިވަނީ ކަޅު […]
ބޭބީ.. ރޫމް ރެޑީތަ؟ ފަސްގަނޑިބައިގަ ލީލާއަންނަ ވާހަކަ ބުނީމެންނު. ހުރިހާ ކަމެއް އޯކޭތަ؟” އަދުރާގެ ބޮލުގައި ފިރުމާލަމުން ސައީރު ބުންޏެވެ. “އާން ރެޑީ ގަ ހުންނާނީ.. މި މީހުން ގޮވައިގެން ގެސްޓްހައުސްއަށް ވައްޓާލާފަ އެމީހުން ރިސީވްކުރަންދާންވާނެ..” ތުއި ގޮތަކަށް އަދުރާ ބުންޏެވެ. އެތަނުގައި ތިބި ފަތުރުވެރިންނަށް ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ސައީރު ހިނގައިގަތީ ރަށުގެ ބޮޑުމަގުން ބަނދަރާއި ވީ ކޮޅަށެވެ. ސައީރު ދިއުމުން ފަތުރުވެރިންނާއެކު އަދުރާ ހިނގައިގަތީ ގެސްޓްހައުސްއަށް ދިއުމަށެވެ. އަސުރު ވަގުތު ފަހަނައަޅާއި ގޮސް އިރު […]
މިސް ކިހިނެއްތަވީ؟” ތަކުރާރުކޮށް އުސްމާނު އެ ސުވާލުކުރިއެވެ. ނަމަވެސް ޖަވާބުދިނުމުގެ ބަދަލުގައި ޒުމްރާ އެ ސަރަހައްދަށް ނަޒަރު ހިންގައިލެވުނެވެ. ހަށިފުރާ ނޭވާއެއް ބޭރުކޮށްލަމުން ވާހަކަ ދައްކަން އަނގަހުޅުވައިލިވަގުތު ފިނި ވައިރޯޅިއެއް އޭނަގެ ހަށިގަނޑުގައި ބީހުނެވެ. ޒުމްރާ ތެޅިގަތެވެ. ހަމަ އެވަގުތު އުސްމާނަށްވެސް އެވައިރޯޅީގެ އަސަރުކޮށްލިއެވެ. އުސްމާނުވެސް ތެޅިގަތެވެ. “މިސްއަށް ކަމެއް ފާހަގަ ކުރެވުނުތަ؟” ނިތަށް ކުދި ރޫތަކެއް އަރުވާލަމުން އުސްމާނު ބުންޏެވެ. ޒުމްރާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އެ ފަނޑު ހިނިތުންވުން […]