Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އެ ހަނދާން – 4

Ushaali Level 710 Stories100 Comments100 Stories500 Comments
June 13, 2015 4 Mins Read
23 Comments

“ދަރިފުޅާ… ބައްޕަ އަބަދުވެސް ބުނަމެއްނު ދުނިޔޭގައި އުޅޭއިރު ކަންތަކާއި ދިމާވާނޭ.. ހިތްވަރާއެކު ކޮންމެ ކަމަކައް ވެސް ކުރިމަތިލާށޭ. ދަރިފުޅު ތިހެން އުޅުނީމަ ކޮއްކޮމެންނައް ވާނީ ކިހިނެއް. މަންމަ އަށް ވާނީ ކިހިނެއް. ބައްޕަ މިހުރި މަގާމައް ދެން އަންނަން ޖެހޭނީ ދަރިފުޅު. ދަރިފުޅުގެ އާއިލާގެ ޒިންމާ ނަގަން ދެން ޖެހޭނީ ދަރިފުޅު. ދަރިފުޅަކީ މިހާރު ހެޔޮ ވިސްނޭ ބޮޑުވެފައިހުރި އަންހެން ކުއްޖެއް. މަންމައާއި ބައްޕަ ދަރިފުޅައް ދިން ތަރުބިއްޔަތުގެ ބޭނުންހެޔޮ ގޮތުގައި ހިފަންވާނެ. ކޮއްކޮމެން ބިކަ ވާން މިދުނިޔެއަށް ދޫކޮށްނުލާތި. މަންމަ ވަރަށް ރަނގަޅައް ބަލާތި. ދަރިފުޅުގެ އާއިލާގެ ވެރިޔަކީ މިހާރު ދަރިފުޅު. ބައްޕަގެ ތި ދަރިފުޅައް ބައްޕަ ވަރަށް އިތުބާރު ކުރަން. ބައްޕަ މިއަދު މި ބުނާ ވާހަކަ ދަރިފުޅު ރަނގަޅައް އަޑުއަހާތި… ފިޔަވަޅަކައް ފަހު ފިޔަވަޅެއް ކުރިއަށް އަޅަން ޖެހޭނީ މުރާލިކަމާއެކު. އޭރުން ކޮންމެސް ދުވަހަކުން ތިމާގެ މަންޒިލައް ދެވޭނެ. އެކަމަކު ކަންެނެތް ކަމާއެކު ، މާޔޫސް ކަމާއެކު ތިމާ ހުއްޓިހުރެއްޖެނަމަ ދުވަހެއްގެ ކޮޅުންވެސް ދެވޭނެ މަންޒިލެއް ނޯންނާނެ” ކުއްލިއަކައް އަހަރެންނައް ދެލޯ ހުޅުވާލެވުނެވެ. އާއެނކެވެ. އަހަރެންނަކީ އެހާ ހިތްވަރުދެރަ ކުއްޖެއްނޫނެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ އަހަރެންނައް މި ދުނިޔޭގައި އުޅެން ދަސްކޮށްދީފައެވެ. މަޑުމަޑުން އަހަރެން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީމެވެ.

އާ ދުވަހަކައް އިރު އަރައިގެން އައި އިރު އަހަރެން އައީ ހިތުގައި އާ އަޒުމެއް ކަނޑައަޅައިގެންނެވެ. ބައްޕަ ބުނި ފަދައިން މިހާރު އަހަރެން ދެކޭ ގޮތުގައި އަހަރެންނަކީ މި އާއިލާގެ ވެރިޔާއެވެ. އަހަރެންގެ ބައްޕަ ގެ ޒިންމާތައް އަހަރެންގެ ބޮލުގައި އަޅައިފީމެވެ. އަރުޝަދުބެއާއި ސަނާދައްތަ އާ ވާހަކަދައްކައިގެން މަލޭ ސްކޫލައް އަހަރެންގެ ތިން ކޮއްކޮ ވެއްދީމެވެ. ބައްޕަ ނިޔާވުމުގެ ކުރިން ރަށުގައި ހުރި ގެ ފުދޭވަރަކަައް ހަދާފައި ހުރުމުން ޓީޗަރުންނައް ކުއްޔައް ދިނީމެވެ. އަދި ވަރަށް ގާތުން ގެ ކަންތައް ބަލަން ހައްވަދައްތަ އާއި ހަވާލުކުރީމެވެ. ރީނާދައްތަގެ ހެޔޮ ކަމުން އަހަރެންގެ ވަޒީފާ އައިޖީއެމްއެޗް އަށް ބަދަލުކޮށްދިނެވެ. ހީވާގި ކަމާއެކު އަހަރެން މަސައްކަތް ކުރަމުން އައިއިރު ކައިރީގައި އުޅޭ އެންމެންގެ ފަރާތުން ވެސް އަހަރެންނައް އެއްބާރުލުމާއި ލޯބި ލިބެމުންދިޔައެވެ. އަރުޝަދުބެއާއި ވާހަކަދައްކައިގެން އަހަރެންނައް ގޮތެއް ފެންނަންދެން އެގޭގައި ބެހެއްޓުމައް އެދުނީމެވެ. އަރުޝަދުބެ ހިތްހަމަނުޖެހުނީ އަހަރެން އެހާ ދުރުބައެއްގެ ގޮތުގައި އެގޭ މީހުން ދެކުނީމައެވެ. ބައްޕަގެ ކުއްލި ވަކިވުމާއި ގުޅިގެން މަންމަގެ ސިކުނޑިއަށް ވަރަށް ބޮޑަށް އަސަރުކޮށް މީހުންނާއި ވާހަކަދެއްކުން ހުއްޓާލިއެވެ. އަހަރެން ހިތްވަރުދެރަ ނުކުރަމެވެ. ބައްޕަ ބުނިފަދައިން ފިޔަވަޅަކައް ފަހު ފިޔަވަޅެއް އަހަރެން އަޅަނީ މުރާލިކަމާއެކު އެވެ. ސަނާދައްތަ އާއި ރީނާދައްތަގެ ބުރަ މަސައްކަތުން މަންމަ އަށް ހެޔޮ ބަދަލު އަންނަމުންދިޔައެވެ. އަހަރެން އެކަމާ އިންތިހާއަށް އުފާވިއެވެ.

އާ އަހަރުގެ ކިޔެވުން ފެށިއިރު ކޮއްކޮމެންގެ ސްކޫލައް ބޭނުންވާ ހުރިހާ ސާމާނެއް އަހަރެން ހޯދަދނީ އަހަރެންގެ އަމިއްލަ މަސައްކަތުންނެވެ. ސްކޫލް ހުޅުވުނު ހަފްތާގައި އަހަރެންގެ ނަތީޖާ ވެސް ލިބުނެވެ. މަންމަ އާއި ބައްޕަ ބޭނުންވި ފަދައިން އަހަރެންނައް ހުރިހާ މާއްދާއަކުން “އޭ” ގްރޭޑް ލިބުނެވެ. ގޭ އެންމެން އުފާކޮށް އަހަރެންނައް މަރުހަބާ ކިޔަމުންދިޔައިރު މަންމަ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިހުރިކަން އަހަރެންނައް ފާހަގަކުރެވުނެވެ. އެކަނިވީ ވަގުތު ހިތްފުރެދެން އަހަރެން ރޯލީ ބައްޕަ މަތިން ހަނދާންވި ވަރުންނެވެ. މިއަދު އަހަރެންގެ ބައްޕަ ދުނިޔޭގައި ހުރިނަމައޭ އަހަރެންގެ ހިތައް އެރިއެވެ. އެރޭ އަހަރެންނާއި ވަކިން ބައްދަލުކޮށް އަރޫން އެދުނީ އަހަރެން އިތުރައް ކިޔެވުމަށެވެ. އަހަރެން އަރޫން އަށް ޖަވާބުދިނީމެވެ. އަހަރެންގެ ކިޔެވުމައް ވުރެ ބޮޑަށް މިއަދު އަހަރެން ވިސްނަން ބޭނުންވަނީ ކޮއްކޮމެންނާއި ދޭތެރެ ކަމަށް ބުނީމެވެ. އަހަރެންގެ އަޒުމަކީ އެކުދިންނައް ރަނގަޅު މުސްތަގުބަލެއް ހޯދާ ދިނުމޭ ބުނީމެވެ. އަހަރެންގެ ކޮއްކޮމެންނައް އަޅާލުމައް މިައަދު އަހަރެން ނޫނީ މިދުނިޔޭގަ އެއްވެސް މީހަކު ނެތް ކަމުގައި ބުނީމެވެ. އަހަރެންވެސް ވަރަށް ބޮޑަށް ކިޔަވަން ބޭނުންވާކަމަށް ބުނެ އަހަރެންގެ ވިސްނުމުގެ އެންމެކުރީގައި ބަހައްޓަން ބޭނުންވަނީ ކޮއްކޮމެން ކަމުގައި ބުނި އިރު އަހަރެން ހިފަހައްޓައިގެން ހުރި ކަރުނަތަކައް ބާރު ބޮޑު ވެގެން ތިރިއަށް ފައިބަން ފެށިއެވެ. އަރޫން އަހަރެންގެ އަތުގައ ހިފައިގެން ކައިރިއަށް ގެނެސް އަހަރެން ގައިގަ ބައްދާލާ އަހަރެންނާ ދޭތެރެ ފަހްރުވެރިވަމޭ ބުނެ ކިޔެވުމައް ވަކި އުމުރެއް ނޯންނާނޭ ބުންޏެވެ. އަހަރެން ބޭނުންވި ކޮންމެ ވަގުތެއްގައި އެހީތެރިވުމައް އެންމެ ކައިރީގައި އަރޫން ހުންނާނަން ކަމުގައި ބުންޏެވެ.

ދުވަސްތައް ހަފްތާތަކައް ، މަސްތަކައް ބަދަލުވަމުން ގޮސް އެއް އަހަރު ދުވަސް ފާއިތުވެގެން ގޮއްސިއެވެ. އަހަރެން އަމިއްލައަށް ތަނެއް ކުއްޔައް ހިފައިގެން އެގެއިން ދާން އުޅުމުން އަރުޝަދުބެ ވަގުތުން ދެކޮޅު ހެދިއެވެ. އަރުޝަދުބެއަށް އެ ތަނަވަސްކަން ލިބުމުގެ ފަހަތުގައި އެންމެ ބޮޑަށް މަސައްކަތްކޮށްދިނީ ބައްޕަ ކަމުގައި ބުންޏެވެ. އަރުޝަދުބެއާއި ބައްޕަގެ ޒަމާންވީ އެކުވެރިކަމަށްޓަކައި އަރުޝަދުބެ ބޭނުންވި ގޮޮތައް އެގެއިން ނުގޮޮސް މަޑުކުރީމެވެ. ރަށުގައި ކުއްޔައްދީފައިހުރި ގެއިން އެއް އަހަރު ދުވަހުގައި ލިބުނު ފައިސާއިން އަހަރެންގެ ކޮންމެ ކޮއްކޮއެއްގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވާދިނީމެވެ. އަދި އަހަރެންގެ އަމިއްލަ މަސައްކަތުން މަންމަ ހައްޖަށް ފޮނުވީމެވެ. އަހަރެންގެ އުއްމީދަކީ އަހަރެންގެ ބައްޕަ މަތިން ވެސް ހައްޖެއްކުރުުމައް މަންމަ ފޮނުވުމެވެ. އަހަރެންނާއި އެއްގޮތައް ކިޔެވުމުގައި ވަނަތައް ހާސިލްކުރަމުން ކޮއްކޮމެންވެސް އާދޭއެވެ. އަހަރެންގެ މަންމަ އާއި ބައްޕަ އަށް ދެއްވާފައިވާ ހުރިހާ ކުދިންނަކީވެސް ވިސްނުންތޫނު ކުިދިބަޔަކައްވި ކަމަށްޓަކައި އަހަރެން މާތްﷲ ގެ ކިނބަފުޅައް ޝުކުރުވެރިވީމެވެ.

ގޭ ހުރިހާ އެންމެންގެ އެދުމުގެ މަތިން 2007 ވަނަ އަހަރުގެ ޖެނުއަރީ 1 ގައި އަހަރެންގެ އާއިލާ ގޮވައިގެން އޮސްޓްރޭލިއާ އަށް ދިރިއުޅުން ބަދަލުކުރީ އަހަރެން ޑޮކްޓަރުކަން ކިޔެވުމައްޓަކައެވެ. އަދި ކޮއްކޮމެންނައް ވެސް ރަނގަޅައް ކިޔަވާދިނުމުގެ ބޭނުމުގައެވެ. އެކުގައި އަރޫންގެ އާއިލާ ވެސް އައީ އަރުޝަދުބެގެ އެއްބަނޑު ދައްތަ ޔޫކޭ މީހަކާ ކައިވެނިކޮށްގެން އެތަނުގައި ދިރިއުޅޭތީއެވެ. އަހަރެންނައް ލިބޭ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި އަރޫން ހުންނާތީ އެކަމާއި އަހަރެން ވަރަށް އުފާކުރަމެވެ. އަދި އަހަރެން އެންމެ އުފާވީ އެތަނުން އަހަރެންނައް ވަރަށް އެކުވެރި ރަހްމަތްތެރިއެއް ލިބުމުންނެވެ. ނަހާ އަކީ އަރޫޫންގެ ބޮޑުދައިތަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އަރޫންގެ ބޮޑުދައިތަ އަކީ ދީނައް ވަރަށް ލޯބިކުރާ މީހެއްކަމުން އަހަރެންކައިރީގައި ދިގުކޮށް ހެދުން އަޅާ ބުރުގާ އެޅުމައް ބުނުމުން އެކަމައް އަހަރެން އެއްބަސްވެ އެގޮތައް ކަންތައްކުރީ އެއީ އަހަރެންވެސް ވަރަށް ލޯބިކުރާ ކަމަކައްވީމައެވެ. އަހަރެންނާއި ކޮއްކޮމެން ކިޔަވަމުންދިޔައީ މަންމަގެ ހެޔޮނަސޭހަތާއި އެއްބާރުލުމުގެ ލިބިގެންނެވެ. އަހަރެންގެ ބައްޕަގެ މަރައް ކިތަންމެ ދުވަހެއް ވިޔަސް އެ ހަނދާންތައް އަދިވެސް އަހަރެންގެ ހިތަކުންފިލައިގެން ނުދޭއެވެ. ނުވެސް ދާނެއެވެ.

ތަޅައިގެންދިޔަ ބިއްލޫރިތަކެއް ފަދައިން އަހަރެންގެ ހިޔާލުތައް ވިއްސި ވިހާލިވެގެން ދިޔައީ ފަހަތުން އަރޫން އަހަރެން ގައިގަ ބައްދާލުމުންނެވެ. “ކޮން ފިކުރެއްގަ” އަރޫން އާއި ވީ ދިމާލައް އަހަރެން އަނބުރާލުމުން އެމޫނުމަތީގައި ހުރި ހިތްހަމަޖެހުން ފިލައިގެން ދިޔައީ އަހަރެންގެ ރޮވިފައިވާ މޫނު ފެނުމުންނެވެ. “ކުއްލިއަކައް ބައްޕަ މަތިން ވަރަށް ބޮޑަށް ހަނދާންވީ” ދެލޯ ފޮހެލަމުން ހިނިތުންވެލަން އަހަރެން މަސައްކަތް ކުރީމެވެ. “އީން…. ޕްލީޒް…. އެނގޭ ބައްޕަ މަތިން ހަނދާންވާނެކަން.. އެކަމު މިހާރު ކިހާ ދުވަހެއް މިވީ.. ބައްޕަގެ ހުރިހާ އުންމީދެއް އީން ފުރިހަމަ ކޮށްދީފި… އީން މޮޅައް ކިޔަވައިގެން މީހުންގެ ގަދަރު ލިބޭ މީހަކައް ވެއްޖެ. އީން މިހާރު ތީ ހީވާގި މޮޅު އަންހެނުންގެ ހާއްސަ ޑޮކްޓަރެއް. އަލާން ވެސް އެންމެ ބޭނުންވި ދާއިރާއިން ކިޔަވަމުން އެދަނީ… ސާއްކޮ އާއި ޒީއްކޮވެސް އެކަކު އަނެކަކައް ދޫނުކޮށް ކިޔަވަމުން އެދަނީ….ދެ އަހަރު ފަހުން އެނބުރި ގައުމަށް ގޮސް ރައްޔިތުންނައް ހިދުމަތްކޮށްދެންވީ… އީން ފަދަ ދަރިއަކު އެފަދަ މަންމަ އަކައް ދެއްވިކަމައްޓަކައި މަންމަ ވެސް ހުންނަނީ ނުލާހިކު އުފަލުން. ދެން ކޮންކަމަކާ އީން ހިތާމަކުރަންވީ” އަރޫން އަހަރެންނާއި ވާހަކަދައްކަމުން ދިޔައިރު ކަޅި ޖަހާނުލާ އަހަރެން ހުރީ އަރޫންގެ މޫނައް ބަލަހައްޓައިގެންނެވެ. “އަހަރެންވެސް ވަރަށް އުފާކުރަން… ހަމަޖެހުމުގެ ނޭވައެއް އަދި މިލެވުނީ. ބައްޕަގެ ހުވަފެންތައް ހަގީގަތަކައް ހަދާ ދެވިއްޖެ. އަރޫން އަށް އެނގޭތަ.. މިހާ ހިސާބައް އަންނަން އަހަރެން ހާދާ ހިތްވަރެއް ކުރީމޭ… ހަގީގަތުގައި އަހަރެންގެ ހުރިހާ ވެސް ހިތްވަރަކީ އަރޫން…އަރޫން އަހަރެންނާއި އެކު ނުވިނަމަ މިހާ ހިތްވަރެއް އަހަރެންނަކައް ނުކުރެވުނީސް… އަރޫން ތީ އަހަރެންގެ ނަސީބު…އަރޫން އަށް އަހަރެން ޝުކުރު އަދާ ކުރާން ގޮތެއް ވެސް ނޭނގެ” އަހަރެން މިހެން ބުނުމުން އަރޫން އަހަރެންގެ ގައިގާ ލޯބިން ބައްދާލިއިރު އަހަރެންގެ ލޯ އަމާޒުވެފައި ހުރީ ކޮޓަރިތެރޭން ފެންނަހުރި ފޮޓޯ ލޯގަނޑަށެވެ… އެއީ އަހަރެންގެ ވިހި ވަނަ އުފަން ދުވަހު ނެގި ފޮޓޮއެކެވެ. އޭގައި މަދުވަނީ ހަމައެކަނި އަހަރެންގެ ބައްޕައެވެ. ފޮޓޯގައި ބައްޕަ ނެތަސް ބައްޕަ ނެތް ކަމުގެ އިހްސާސް އަހަރެންނައް ނުކުރެވެއެވެ. ސަބަބަކީ އަހަރެންގެ ބައްޕަ ވަނީ އަހަރެންގެ ހިތުގައެވެ. މި ދުނިޔެ ދެމި އޮތްހާ ހިނދެއްގައި އަހަރެންގެ ހިތުން ނުފިލާނެ ހަމައެކަނީ ހަނދާނަކީ އަހަރެންގެ ބައްޕަގެ ހަނދާންތަކެވެ. މި ދުނިޔެއާ ބައްޕަ ވަކިވެގެން ދިިޔަ ފަހުން ގިނަ ވާނީ ހުވަފެނުގައި ބައްޕަ އަހަރެންނާއި ބައްދަލުކުރި ރޭތަކެވެ. ބައްޕަ މަތިން އަހަރެން ހަނދާންވާ ކޮންމެ ވަގުތެއް އެއީ ކަރުނުން އަހަރެންގެ ދެލޯ ތެންމާލާ ވަގުތެކެވެ. ބައްޕަ މަތިން އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. އެ ހަނދާންތައް މުޅި އުމުރައްވެސް އަހަރެން ހިތުގައި ބިންވަޅުނެގިފައި ވާނެއެވެ.

—————– ނިމުނީ ———————

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

ޝައިން ( ޕާޓް-10 )

Next

ރަހީނު (02 ވަނަ ބައި)

Next
June 14, 2015

ރަހީނު (02 ވަނަ ބައި)

Previews
June 12, 2015

ޝައިން ( ޕާޓް-10 )

23 Comments!

  1. Ushaali says:
    June 13, 2015 at 1:51 pm

    hurihaa ekuverin na. Mi vaahaka akee alhugandu liyunu kuru vaahaka e keve. Adhi enmme furathama vaahaka ves me eve. Iraadha kurrviyya mi ramazan mahu alhugandu ge dhigu vaahaka e genes dheynameve.
    Once again thank u for all the comments and support.

  2. zuha says:
    June 13, 2015 at 2:16 pm

    Varah reethi . Hieh nuvey alah heneh.

  3. jiji.... says:
    June 13, 2015 at 2:19 pm

    Nice….. V furihama v asaru kohfi….. U are a good writter….. Hope u will write an ausome new story…. Keep it up u can do better next time

  4. swyty girl.. says:
    June 13, 2015 at 2:21 pm

    Alhe hadha kurey… BT anywayxx vvvvvvvv salhi…… Thankxehaa avavhah part than up khdhey they’ve… Luv this story…….. Vvvvvvvv nice.. Once agn thankxx vvvv much….

  5. alma says:
    June 13, 2015 at 2:50 pm

    THANKOLHE DHIGU KOLINAMA.VARA VARA REETHI STORY EH MEEEEEEEE…..THANKS

  6. nishy says:
    June 13, 2015 at 2:53 pm

    Vvvvv reeeethi mivaahaka … v asarugadha Vaahaka eh Mee. hama rangalhah ves rohvaalaifi

  7. nihaa says:
    June 13, 2015 at 3:16 pm

    Vrh nice n vrh asarugadha storyeh:-)

  8. Shaiha says:
    June 13, 2015 at 3:17 pm

    V reethi mu vaahakaehen vaahaka eh avahah genes dheyne kamah ummeedhu kuranmi story vvvvvvvvv reethi..hama. Heevanee aslu hen

  9. Shaiha says:
    June 13, 2015 at 3:19 pm

    V reethi mi vaahaka…ehen vaahaka eh avahah genes dheyne kamah ummeedhu kuran..mi story vvvvvvvv reethi…hama heevanee aslu hen

  10. smilebuddy says:
    June 13, 2015 at 3:38 pm

    v nice

  11. shiaa says:
    June 13, 2015 at 7:15 pm

    this was a true story shaiha

  12. shukoo says:
    June 13, 2015 at 7:39 pm

    oh..im in tears..aharen dhuvahakuvs aharenge bappa nudeken. hitha v asaru kofi mivahaka kiyalumun.

  13. Jenny says:
    June 13, 2015 at 8:58 pm

    Vvvv nice mi story.. I love it!!! Hope kuran new story eh vvv Ava’s musthag balehga genes dheyne kamah… gud luck…

  14. jee says:
    June 14, 2015 at 1:25 pm

    mi story iny hageegee catogry ga

  15. ކިއުންތެރިއެއް 14 ޖޫން 2015 says:
    June 14, 2015 at 2:42 pm

    އަލަށް ލިޔުނު ވާހަކަޔާއި އަޅާބަލާއިރު ވަރަށް ރަނގަޅު. އުޝާލީއަކީ ވާހަކަ ލިޔުމުގެ ހުނަރު ހުރި އަދި މިރޮނގުން ވަރަށް ކުރިޔަށް ދެވިދާނެ ކުއްޖެއް ކަމަށް ފެނޭ. މީ އެއްރޭގެ ހުވަފެނަށް ނުވެއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅު!

  16. How says:
    June 15, 2015 at 12:28 am

    Manjey hama kurin ves buni gothah sukun rangalhu kobbala.. Kiyan beynumas v undhagoo kiyan.. Ahannah kiyaa iru onnaanee shaviyani sukuneh.. Mi kanthah rangalhu kolleema ok

  17. ifaa says:
    June 15, 2015 at 4:12 pm

    Mi story v v v v v v v v v reethi mashah.. 🙂

  18. Cristal says:
    June 15, 2015 at 9:31 pm

    Cril ah ves vvvvvvvvvvvvvvv nice mivaahaka… Cril ves huvafeneh dheken… liyun theri akah vaan… Cril ge family enmennakeeves story writers… Dhivehi vaahaka liyaa Aishaa ves… dhen ulheynee kudakudhinge vaahaka liyaa 2 meehan…. dhen cril 18 veema cril ves liyun theri akah vaanan… vvvvvvvvvvvvv nice this story

    1. Yumnu says:
      August 29, 2017 at 3:35 pm

      Konirakun 18 vany☺

  19. cute says:
    June 16, 2015 at 2:14 pm

    nimmun v.hadi. achiiii. eiwwwwwwwwwwww

  20. KITY says:
    July 22, 2015 at 7:44 pm

    Superb!

  21. nax says:
    July 27, 2015 at 2:19 am

    V v reethi mivaahaka

  22. Lithoo says:
    August 6, 2019 at 11:11 am

    mee aslu storyeh? Someone please tell me!

Comments are closed.


All Right Reserved!