Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

އެސް.އެމް.އެސް. (2)

GOLDENPEN0555 Level 110 Stories
August 1, 2015 3 Mins Read
13 Comments

 

ފޯން ނަގާ މީހަކަށް ގުޅާލަން އުޅުނު ތަނާހެން އައީ އެސް.އެމް.އެސް އެކެވެ. އެ. އެސް.އެމް.އެސް ކިޔާ ނިމުނު އިރު އަހަރެންގެ ދެލޯ ފެންކަޅި ވެއްޖެއެވެ.

“ I swear by the mercy and grace of Almighty Allah that I will never see you, hear from you and will never aid you, help you or corporate no matter whatever happens in the future no matter how tough, bad or urgent your situation is….????!!!!!”

ބޭބެގެ އެސް.އެމް.އެސްގައި ވަނީ އެހެންނެވެ. އެސް.އެމް.އެސް ކިޔާނިމުމުން އަހަރެން ހިތަށް އެރިއެވެ. އިންސާނުންނަކީ އާދައިގެ ބައެއްނޫނެވެ. އަހަރެންގެ ނިކަމެތިކަން އަހަރެން ދަންނަމެވެ. އެކަމަށް ޝުކުރު ކުރަމެވެ. އެކަމަކު މިއަދު އަހަރެންގެ ބޭބެ އަހަންނަށް މަލާމާތްކުރާކަށް ނުޖެހޭނެއެވެ. އެގޮތަށް މަލާމާތްކޮށް އެސް.އެމް.އެސް ފޮނުވަން ބޭބެއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ބޭބެއަށް މިއަދު ލިބިފައިވާ ތަނަވަސްކަމުގައި އެހެން މީހުނަށް އެހީވުމަކީ ބޭބެގެ ވާޖިބެކެވެ. ބުނާތީ އަޑުއަހަމެވެ. ގާތްތިމާގެ ކަމުގައި އެއްބަނޑު ތިމާގެ މީހުންނަށް އެހީވުމަކީ ނިޢުމަތްތައް އިތުރުވާކެމެވެ. އެކަން މިއަދު ބޭބެއަށް ނޭގުމުން އަހަރެން ވަރަށް ދެރަވިއެވެ. މައްސަލައެއް ނެތެވެ. އެކަމަކު ވަރަށް ދެރަވިއެވެ. މާތް ﷲ ރަސްކަންފުޅު މެދުވެރިކޮށް ބޭބެގެ އެކުރީ ހުވައެވެ. އަހަންނާއި އޮތް ހުރިހާ ގުޅުމެއް ޢުމުރަށް ކަޑާފައެވެ. ވީއިރު ދުވަހަކު ކޮޅުންވެސް ދެން އަހަރެން ބޭބެ ކައިރިއަކަށް ނުދާނަމެވެ. އަދި ބޭބެގެ ކައިރިއަށް ދުވަހަކުވެސް ކަމަކުނޮގޮސް ވޭތޯ އަހަރެން ބަލާނަމަވެ.

އަހަރެން މަޑުމަޑުންގޮސް ސިޓިންގ ރޫމްގެ ކުޑަ ސޯފާގައި އިށީނީމެވެ. ދެން ބޮލުގައި ފިރުމާލީމެވެ.

” ހާދަ ވަރަކަށް ތިވިސްނަނީ؟” ލީނާ އައިސް އަހަރެންގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.

” ވިސްނޭނެދޯ މިހެންވީމަ؟” ބޭބެގެ އެސް.އެމް.އެސް ދައްކާލަމުން ބުނެލީމެވެ.

” އަޅާ ނުލާ! ބައެއް މީހުންނަށް ތަނަވަސް ކަމެއް ދެއްވީމަ. ދެން ހެއްދެވި ފަރާތެއް ޢާއިލާއެއް ތިމާގެ ކަމެއް ނޯންނާނެ. ސަލާމް ދެރަނުވޭ. މާދަމާކަން ނޭނގެ މަންޒަރު ބަދަލުވާނީ. އަހަރުމެންނަށް އޮތީ ކެތްކުރުން.” އަހަންނަށް ލީނާ ހިތްވަރު ދިނެވެ.

” ބައްޕާ. އިޝާ ނާމާދަށް ބަންގި ގޮވަނީ. ހިނގާ ދާން ނަމާދަށް.” ގްރޭޑް ފަހެއްގައި އުޅޭ އަހަރެން ދަރިފުޅު އަޔާން އައިސް ބުނެލިއެވެ.

އަހަރެން ވުޟޫކޮށްލައިގެން ނިކުމެ ދަރިފުޅުގެ އަތުގައި ހިފައިގެން ދިޔައީ މިސްކިތަށެވެ. އަހަރެންގެ ދަރިފުޅު އަހަންނަށް ނަމާދަށް ދިއުމަށް ހަނދާންކޮށް ދިނުމުން އަހަރެން ވަރަށް އުފާވިއެވެ. އާދައިގެ ދިރިއުޅުމެއް އުޚެން ޖެހުނަސް، ދުވަހަކުވެސް އަހަރެންގެ ދަރިފުޅު އަޔާން ޝަކުވާއެއް ނުކުރާނެއެވެ. އެއީ ވަރަށް ބަސްއަނހާ ކުއްޖެކެވެ. ނޫންނަމަ، އަހަރެންގެ ދިރިއުޅުން ވަރަށް އުދަނގޫ ވާނެހެންވެސް ހީވެއެވެ. ކުޑަކުދިންނަކީ ރީތި އެއްޗެއްސަށް ހިތްކިޔާ ބައެކެވެ. ސްކޫލުގައި އުޅޭ ކުދިން ގެންގުޅޭ މޮޅެތި އެއްޗެހި ހޯދަން ބައެއް ފަހަރު ޝަކުވާކުރާ ކުދިން އުޅޭނެއެވެ. އެފަދަ އެއްވެސް ކަމެއް އަޔާންގެ ފަރާތުން ނުފެންނާނީ އަހަރެން ހުންނަނީ ހިތްހަމަ ޖެހިފައެވެ. ޙަޤީޤަތުގައި އެހުރިހާ ކަމަކީވެސް ލީނާގެ ތަރުބިއްޔަތުގެ ފުރިހަމަ ކަމެވެ.
” އަޅުގަނޑު ކޮށްލަންތަ ބައްޕައާއި ސުވާލެއް؟” މިސްކިތުން ފައިބައިގެން ގެއަށް އަންނަމުން އަޔާން ސުވާލުކޮށްލިއެވެ.

” ކޮށްބަލަ އަޅެ؟” އަހަރެން މަޑުމަޑުން ބުނީމެވެ.

” ކީއްވެތަ ބޭބެ އަހަރުމެންދެކެ އެވަރަށް ރުޅި އަންނަނީ؟ ކޮބާތަ ބޭބެގެ މައްސަލަޔަކީ؟” އަޔާން ކުރީ ގޯސް ސުވާލެއް ނޫނެވެ.

” ދަރިފުޅު އެކަމާއި ނުވިސްނާ. ބައްޕަގެ ދުޢާއަކީ ބޭބެއަށް ހެޔޮވިސްނުން ދެއްވުން.” އަހަރެންގެ ހެޔޮދުޢާ އަބަދުވެސް ވާނީ ބޭބެ އާއިއެކުގައެވެ.

” ތީ ހަމަ އަޅުގަނޑުގެވެސް ދުޢާ.” އަހަރެންގެ ދަރިފުޅު އަޔާންއަކީ ރަނގަޅު ކުއްޖެކެވެ.

އަހަރެމެން ދެބަފައިން ގެއަށް އައިރު ލީނާ ހުރީ ރޭގަނޑު ކާން ހަދާފައެވެ. އަހަރެމެންގެ ފެންވަރުންނެވެ. އަހަންނަށް ވީވަރަކުން އަބަދުވެސް ކޮންމެ ރެއަކު ޢާއިލާއާއި އެކުގައި ކެއުމަށް އިންސާފް ކުރުމަށް ލޯބި ކުރަމަވެ. އެވަގުތުގައި އަހަރުމެން ދިރިއުޅުމުގެ ކަންތައްތަކާއި ވާހަކަ ދައްކަމެވެ. އަޔާން ވެސް މުސްތަޤްބަލަށް އޭނާ ކުރާ ފޮނި އުންމީދުގެ ވާހަކަ ދައްކާނެއެވެ. ލީނާ ހުންނާނީ އަޔާނަށް ހިތްވަރު ދޭށެވެ. އަހަރެންގެ އަންހެނުން ދަރިންދެކެ ވާލޯބި ފެނިފައި އަހަރެން ވަރަށް އުފާވެސް ކުރަމެވެ.

” ކޮބާ ނިދީތަ އެމަންޖެ؟ ދިނިންތަ ބޭސް؟” ކައިނިމެގެން ތެދުވަމުން އަހަރެން އަނހާލީމެވެ.

” ނަޞީބަކުން ބޭސް ދިންހާއިރުން ނިދައިފި. މިހާރު ކުޑަކޮށް ހުން ރަނގަޅު.” ލީނާ ބުނެލިއެވެ.

” އަލްޙަމްދު ﷲ.” އަހަރެން މަޑުމަޑުން ބުނީމެވެ.

” ބައްޕާ. އެބައޮތް ހޯމް ވާރކެއް. ނެތްތަ ހެލްޕެއް؟” އަހަރެން ގެއިން ނިކުންނަން ހިނގައިގަތުމުން އަޔާން ބުނެލިއެވެ.

” ކޮން އެސައިންމެންޓެއް.؟” އަހަންނަށް ވީވަރަކުން ދަރިފުޅުގެ ކިޔެވުމަށް އެހީވެވޭތޯ ބަލަމެވެ.

” މިނިވަން 50 ހާއި ގުޅިގެން 05 ޕޭޖްގެ ޕްރެސެންޓޭޝަނެއް. ބައްޕަ ލިޔެދޭންވީނު.” އަޔާން ބުނެލިއެވެ.

” ނޫނޭ. އޭރުން ދަރިފުޅަށް ދަހެއްނުވާނެ. ބައްޕަ ކިޔައިދޭނަން މެއިން ޕޮއިންޓްސް. ދެން މަންމަގެ ހެލްޕާއިއެކު ލިޔޭ. މިއަދު އަމިއްލައަށް ލިޔަން މަސައްކަތް ކޮށްގެން މާދަމާ މޮޅަށް ލިޔެވޭނީ. ދޯލީނާ.” އަހަރެން ލީނާއަށް ދޯދިނީމެވެ.

” ބައްޕަ އެބުނީ ތެދެއް. ނޫނަސް އަޔާން ތީ މޮޅުކުއްޖެއްނު. ހިނގާ ފައްޓަމާ.” އަޔާން ގެންގޮސް ކިޔަވާ މޭޒުކައިރީގައި ބަހައްޓަމުން ލީނާ ބުނެލިއެވެ.

ލީނާ އަޔާނަށް ކިޔަވައިދޭން ފެއްޓުމުން އަހަރެން ނިކުތީ ގެއިން ބޭރަށެވެ. ކަރަންޓް ކަނޑާލުމުގެ ކުރިން ފައިސާ ކޮޅެއް ހޯދުމުގެ ބޭނުމުގައެވެ. އަހަރެން ނިކުމެގެން ސައިކަލަށް އަރާލި ތަނާގެން ފަހަތުން މީހަކު އައިސް ކޮނޑުގައި ކޮށްޓާލިއެވެ.

” ކޮބާ ކޮންތާކު ތިއުޅޭނީ ގުޅާވެސް ނުލާ.” އަހަރެންގެ ކޮނޑުގައި ކޮށްޓާލީ ޒަމާންވީ ރައްޓެއްސެއް ކަމަށްވާ ނަވީނެވެ.

” ދެން އެކަހަލަ ގޮތެއް؟” އަހަރެން މަޑުމަޑުން ބުނީމެވެ.

” ހިނގާ ކޮފީއަކަށް.” އަވަސް އަވަހަށް އޭނާ ބުނެލިއެވެ.

” މާލަސްނުކޮށް އަންނަވާނެ. ހެނދުނު ދަރިފުޅު ސްކޫލަށް ގެންދަން ޖެހޭނެ. އޮފީހަށްވެސް ދާންޖެހޭނެ.” އަހަރެން ބުނީމެވެ.

=ނުނިމޭ=

Share Article

Follow Me Written By

GOLDENPEN0555

Level 110 Stories

Other Articles

Previous

ހަދިޔާ

Next

ރޯޒީ ***** (1)

Next
August 1, 2015

ރޯޒީ ***** (1)

Previews
August 1, 2015

ހަދިޔާ

13 Comments!

  1. liu says:
    August 1, 2015 at 8:43 pm

    VARAH FURIHAMA…VEN next part

  2. Ruhu says:
    August 1, 2015 at 8:54 pm

    Vaahaka salhi ekam haadha kurey nextpart thankolheh dhigukon up kohdhehchey

  3. s.m.s says:
    August 1, 2015 at 8:54 pm

    nice ,

  4. zai says:
    August 1, 2015 at 8:56 pm

    Nice

  5. naakiaa says:
    August 1, 2015 at 9:21 pm

    eh faharu ayaan.. aneh faharu layaan.. btw story hama habeys.. ekam kuru!!.. hehehe.. how older u are… mihen bunee beybe ves buni eyna ge frnd ehves alah story liyan feshy oh… ehn ve mihen ehy.. hama same name eh veema

  6. somebody says:
    August 1, 2015 at 9:39 pm

    v reethi mi story

  7. Anonymous says:
    August 1, 2015 at 10:34 pm

    Mee Hageegee haadhisaa eh tha?

  8. ken says:
    August 1, 2015 at 10:45 pm

    Reethi..☺

  9. Na says:
    August 2, 2015 at 12:14 am

    Wow wow I am speechless. . It’s so interesting. MashaAllah Abaan haadha molhey. .. Pls aneh bai avahah genesdhyyyyy

  10. maaya says:
    August 2, 2015 at 3:17 pm

    nice story….avahah update kohdhyba

  11. nihaa says:
    August 2, 2015 at 6:49 pm

    Maakury

  12. suha says:
    August 2, 2015 at 10:32 pm

    Mivaahaka v salhi ingey bt v kuru.

  13. Shabee says:
    August 3, 2015 at 8:58 pm

    Mujthamauaaa v gulhey hen heevanee… 😉 v salhi

Comments are closed.


All Right Reserved!