Skip to content
އެސްފިޔަ

ވޭން ލިބުނަސް…

އޭރު، އަހަރެންގެ އުމުރުން 5 އަހަރެވެ. އަހަރެންގެ އަންހެން ކޮއްކޮއަށް 2 އަހަރެވެ. އަހަރެމެންގެ މަންމަ، ރޭގަނޑުގެ ކެއުން ތައްޔާރުކުރަން އުޅެމުން ދަނިކޮށް، މަންމަގެ ހަށިގަނޑުގެ އެއްބައިގެ ވާގި ނެތުނެވެ. އެހެންކަމުން، އަވައްޓެރިންނަށް ގޮވިއެވެ. އެމީހުން އަހަރެމެންގެ ބައްޕައަށް ގުޅިއެވެ. އޭރު ބައްޕަ ހުރީ ވަޒީފާގައެވެ. އެއަށްފަހު، އެމީހުން ގުޅީ އެމްބިއުލަންސަށެވެ. އެމީހުންނަށް، މަންމައަށް ވީ ގޮތެއް ނޭނގެއެވެ. އަހަރެން ހުރީ ބިރުންގޮސް ހަލާކުވާން ގާތްވެފައެވެ.
އިރުކޮޅެއްގެ ތެރޭގައި، އެމްބިއުލަންސާއި އަލިފާން ނިއްވާ ޓްރަކެއް ގޭގެ ބޭރުގައި މަޑުކޮށްލިއެވެ. ޕެރެމެޑިކްސްގެ މީހުން ގެއަށް ވަނެވެ. އެމީހުން، މަންމަގެ ނޭފަތުގައި، ނޭވާލުމަށް ބޭނުންކުރާ ޓިއުބެއް އެޅިއެވެ. އަދި އެއީ، އަހަންނަށް މަންމަ ދިރިހުއްޓާ ފެނުނު އެންމެ ފަހު ހިނދުކޮޅަށް ވެގެން ދިޔައެވެ.

އެރޭ، ބައްޕަ އައިސް މަންމައަށް ވީގޮތް ކިޔައިދިނެވެ. މަންމައަށް ބްރެއިން ހެމޮރހޭޖް ނުވަތަ ސިކުނޑީގެ ލޭނާރެއް ފަޅައިގެން ދިއުން ކުރިމަތިވީ ކަމަށް ބައްޕަ ކިޔައިދިނެވެ. ލޭނާރު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅިފައި ވުމުން، މަންމަ ދިރިހުންނާނެ ކަމުގެ ފުރުސަތު ވަރަށް ކުޑަ ކަމުގައި ބައްޕަ ބުންޏެވެ. އާއިލާގެ މީހުން އައިސް މަންމަ ދެކިލުމަށް ދާންދެން، މަންމަ މެޝިނުތަކެއްގެ އެހީގައި ބާއްވާފައިވާ ކަމަށްވެސް ބައްޕަ ބުންޏެވެ.

ހަސްފަތާލުގައި، ޑޮކްޓަރުން މަންމަގެ ހަށިގަނޑަށް ގުޅާފައި ހުރި މެޝިންތައް ނައްޓާލުމަށްފަހު، އަހަރެމެން ކޮޓަރިއަށް ވެއްދިއެވެ. އަހަރެން ވަރަށް ބިރުގަތެވެ. މަންމަ އެއޮތީ މަރުވެފައިކަން އަހަންނަށް އެނގުނެވެ. އަހަރެން ބޭނުން ނޫންނަމަ، އެތާގެ ތެރެއަށް ވަންނާކަށް ނުޖެހޭނެއެވެ. އެކަމަކު، އަހަރެން މަންމަ ދެކިލަން ބޭނުންވީއެވެ. މަންމަގެ ބޮލުގައި ބެންޑޭޖެއް އޮޅާފައި އޮތެވެ. އެއީ މަންމަގެ ސިކުނޑީގެ ޕްރެޝަރު ދައްކުރަން އޮޕަރޭޝަން ކުރުމަށްފަހު އަޅާފައިވާ އެއްޗެކެވެ.
އަހަންނަށް އަހަރެންގެ މަންމަ ފެނުނީ ނިދާފައިވާ މީހަކު ފަދައިންނެވެ. މަންމަގެ ނިޔަފަތިތައް އޭރުވެސް ހުރީ ފިޔާތޮށިކުލައިން ކުލަޖައްސާފައެވެ. އަހަރެން މަންމަގެ ގާތަށް ގޮސް ސަލާން ކިޔުމަށްފަހު، ލޯބިވާ ވާހަކަ ބުނީމެވެ. މަންމަގެ އަތުގައި ހިފާލަމުންނެވެ.

ގޭގެ ބިއްދޮށްފަރާތުގައި މަންމަ ހައްދާފައިހުރި ފިނިފެންމަލުގެ ބަގީޗާއިން ފިނިފެންމާތަކެއް ހިފައިގެން އަހަރެން، މަންމަގެ ޖަނާޖާއަށް ދިޔައިމެވެ. އަހަންނަށް އެނގިފައިވާ ގޮތުގައި މަރުވުމަށްފަހު ދާނީ ބިމުގެ އަޑިއަށެވެ.

އަހަރެން ވަރަށް ގަދަޔަށް ރުއީމެވެ. އެދުވަސްކޮޅު، ކަލާނގެ ދެކެ، އަހަރެން ވަރަށް ރުޅިގަދަވީމެވެ. ބައްޕައާ މެދުވެސް ކަންތައް ކުރެވުނީ އިހާނެތިކޮށެވެ. އަބަދުވެސް ހުރެވެނީ ރުޅިއައިސްފައެވެ. އެހެންނޫނީ ދެރަވެފައެވެ. އަހަންނަށް ކުރިމަތިވި ކަމަކީ އިންސާފު ނޫންކަމަށް ޤަބޫލުކުރީމެވެ. މިކަންތައް ކުރިމަތިވީ ކީއްވެކަމެއް ނުވިސްނުނެވެ. އަމިއްލަ ނަފްސުދެކެވެސް ނުރުހުންވީމެވެ.
މަންމަ މަރުވި ގޮތަށް، ބައްޕަވެސް މަރުވެދާނެކަމަށް ހީވާންފެށިއެވެ. އެރޭގެ ކުރިން މަންމަ އުޅުނީ ބަލިވެއެއްނޫނެވެ. އެހެންކަމުން، ބައްޕަވެސް ހަމަ ކުއްލިއަކަށް މަރުވެދާނެކަމަށް ޤަބޫލުކުރެވެން ފެށުނެވެ.

މަންމަ މަރުވުމުން މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހުނު ކަހަލައެވެ. މުޅި ގެވެސް ފަޅުވިއެވެ. ބައެއްފަހަރު، މަންމަ އަހަރެންނާއެކީ ނިދައެވެ. ކޮޓަރީގެ ބޮޑު، ކުޑަދޮރުން އެންމެ ފުރަތަމަ ފެންނަ ތަރި ހޯދުމަށްފަހު މިލަވަ ކިޔަމެވެ.
” ސްޓާރ ލައިޓް، ސްޓާރ ބްރައިޓް، ފަރސްޓް ސްޓާރ އައި ސީ ޓުނައިޓް
އައި ވިޝް އައި މޭ، އައި ވިޝް އައި މައިޓް، ހޭވް ދަ ވިޝް އައި ވިޝް ޓުނައިޓް ”

އެލަވަ ކިޔުމަށްފަހު އަހަރެންނަށް،މަންމަ ވާހަކައެއް ކިޔައިދެއެވެ. އެއަށްފަހު ނިދަމެވެ. އެހަނދާންތައް އަހަންނަށް އުނދަގޫކުރަމުން ދިޔައެވެ.
ސްކޫލުގައި، އަހަންނާ އެއްއުމުރެއްގެ ކުދިންނާ މިވާހަކަތައް ހިއްސާއެއް ނުކުރެވެއެވެ. މަންމަމެންގެ ދުވަހުގައި، އެވާހަކަތައް ދައްކަން އުޅުނަސް އެކުދިންނެއް ނާހައެވެ. ކޮންމެވެސް މަޖާ ވާހަކައެއް ދައްކާފައި އެކުދިން އެވާހަކަތައް ހުއްޓުވާލަނީއެވެ.

އުތުރު ކެލިފޯރނިއާއިން ލޮސް އެންޖެލޮސްއަށް އަހަރެމެން ބަދަލުވީ އަހަރެން ގްރޭޑް އެކަކަށް ދިއުމުގެ ކުރިންނެވެ. އަހަރެންގެ އާ ސްކޫލުގައި، އެއްވެސް ކުއްޖަކަށް އަހަރެންގެ މަންމަ މަރުވެފައިވާކަމެއް ނޭނގެއެވެ. އެހެންވެ، އެކަކަށްވެސް އެވާހަކަ ނުކިޔައިދިނުމަށް އަހަރެން ނިންމީމެވެ. ކުދިން، މަންމައާ ބެހޭގޮތުން ސުވާލުކުރާ ކޮންމެ ފަހަރަކު، މަންމަ ވީ ވިޔަފާރި ކަމަކު ރަށުން ބޭރުގައޭ ނުވަތަ ވަޒީފާގައޭ ބުނަމެވެ. އަދި ސްކޫލުގައި، އާއިލާއާއިއެކު ކުރާ ކަންކަމުގައި ބައިވެރިނުވަނީ ޑޮކްޓަރަށް ދައްކަން ދާންޖެހެއޭ، ނުވަތަ އާއިލާއާއިއެކު އެހެން ކަމެއް ކުރަން ޖެހިފައި އެބައޮތޭ ކިޔައިގެންނެވެ.

ދެވަނަ ގްރޭޑުގައި އުޅެމުން ދަނިކޮށް ލޮސް އެންޖެލޮސްގައި ހުންނަ ސަޕޯރޓް ސެންޓަރަކަށް ދާން ފެށީމެވެ. އަހަންނާ އެއްއުމުރެއްގެ، އަހަރެން ކަހަލަ ކުދިންނާ ބައްދަލުވިއެވެ. މަންމަ ނުވަތަ ގާތް އެހެން މީހަކު މަރުވެފައި ތިބި އެތަކެއް ކުދިންނާ ދިމާވެ، އެފަދަ ހިތާމަވެރި ހާދިޘާއެއް ދިމާވެފައިވަނީ ހަމައެކަނި އަހަންނަށް ނޫންކަން އެނގުނެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެގެން ދިޔައެވެ.

ބައްޕަ، އަހަންނަށާއި ކޮއްކޮއަށް ރޭގަނޑު ގަޑީގައި ވާހަކަ ކިޔައިދޭން ފެށިއެވެ. ކޮންމެ ރެއަކުވެސް ކޮއްކޮއާ އަހަރެން، ބައްޕަގެ ވަށައިގެން ތިބެ، ބައްޕަ ކިޔައިދޭ ވާހަކަތައް އަޑުއަހަމެވެ. އިސާހިތަކު އެކަންތައް އާދައަކަށް ވެއްޖެއެވެ.

 

މަރަކީ ކޮންމެ މީހަކާވެސް ކުރިމަތިލާނެ އެއްޗެކެވެ. އެހެންކަމުން، އަހަރެމެންނަށް އޮތީ މަރަށް ތައްޔާރުވެ، ހެޔޮ ޢަމަލުތައް އިސްކުރުމެވެ.

ނޯޓް: މިއީ ހަޤީޤީ ހާދިޘާއެކެވެ.

Comments (25)

  1. Shaan

    Me frst

  2. shx

    me second

  3. kennukbee

    Me third

  4. naj

    Me fourth

  5. iraa

    Me fifth

  6. Eiminath

    Midhen vaahaka eh tha? Heevanee kudakujjeh liyefahen viyya

  7. Shabee

    n me seventh… huh ok dhw dhen… hama bst 🙂 hope we can c more stories of u 😀 bst of luck!!

  8. nukko

    Me 8 th.. dhen ok mi story. Thankolheh rythi love horror or sad long story eh liyebaaa… hop avas musthagubaleh ga fennaane kamah

    1. PluviophileNyctophilia
      nukko

      Hmm Visnaalaanan thi kamaa medhu… Hehe

  9. aathu

    Hahaa..me 9th.. story ehaa rycheh noon ekm ok dhen.. 😉

  10. Mishko

    Me 10th. Reethi Ekamu eyhaa ehaa eh noon?

  11. PluviophileNyctophilia

    Hehe Shukuriyya Hurihaa Kudhin

  12. Crazi

    Shalhi

  13. Saamee

    Me 11th..hageegee story akah balaafa hama nice

  14. toh

    vaahaka nimman neygunu kan faahangakuran.. eyge sababun vaahaka ehkoh hadi v..

    1. PluviophileNyctophilia
      toh

      Oh Shukuriyya thi thankolhu faahanga kohdhineethee.. Alhugandah ves heevey nimmun hen sakaraai vy. Kuri ah oi thaaga ragalhu kureveythoa masaikai kuraanan.. Dhen mi haadhisaa dhimaa vi kuhjaa kiyaidheefa othy hama mi gothah. Ehen ve ithuru baithah nugennan vegen mihen liyuny.. Ekamaku asluves heevany kuda kuhjakah kiyaidheefa huri vaahaka eh hen kiyaa nimmaalaa iru. ehennu, Hehe..

  15. rugiyya

    V salhi

  16. zai

    Me last..?..n mi story ves v nice

    1. xai
      zai

      UHMM

  17. zaii

    vara habeyx

  18. Dimple Garl

    Obi 😉

  19. shaby

    me 18th dhen gohekey nubunuveyne kudin kudin akah habeys 1st story tha?

  20. shiu

    not bad at all

  21. akko

    Me 20th

  22. rana.

    21st

Comments are closed.