Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އެ ހަނދާން – 3

Ushaali Level 810 Stories100 Comments100 Stories500 Comments
June 11, 2015 7 Mins Read
19 Comments

“ދަރިފުޅާ… ކާކު ތިވަރުގެ ހަދިޔާއެއް ދިނީ” މާކުރިންވެސް މި ސުވާލު މަންމަމެންގެ ފަރާތުން އަހަރެންނައް އަންނާނެކަން އެނގެއެވެ. އެއަށް ދޭނެ ޖަވާބެއް ނުވިސްނާހުއްޓާ މި ސުވާލު އަހަރެންނާއި އަމާޒުވުމުން ކިޔާނެ އެއްބަހެއްވެސް އަހަރެންނައް ނޭނގުނެވެ. “އަ..އަ…”..

“އެއީ އަރުޝަދު ގެ ދަރިފުޅު އެ މަންޖެއަށް ދިން އެއްޗެއް” އަހަރެންނައް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މަންމަގެ ސުވާލައް ބައްޕަ ޖަވާބުދިނެވެ. އެވަގުތު އަހަރެންގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އަހަރެން ސިއްސައިގެން ގޮސް ފޯނު ބަލާލިއިރު އޮތީ އަރޫންގެ ނަން އަރާފައެވެ. މަންމަ އާއި ބައްޕަ ކުރިމަތީގައި ހުރުމުން އަހަރެންނައް ފޯނައް ޖަވާބުދޭން ނުކެރި ހުއްޓާ އެފޯނައް ޖަވާބުދިނީ ބައްޕައެވެ. މަންމަ އާއި ބައްޕަ ވެސް ވަރަށް ހިނިއައިއްސަ ވާހަކަދެއްކީ ސަނާދައްތައާއި ކަން އަހަރެންނައް އެނގުނީ މަންމަ ސަނާ އޭ ކިޔާ ވާހަކަ ދެއްކުމުންނެވެ. މަންމަ އަހަރެން އަތައް ފޯނު ދިނުމުން ސަނާދައްތަ އަހަރެންނާ ވެސް ވާހަކަދެއްކިއެވެ. އެހުރިހާ އިރު މަންމަމެން ކޮޓަރީގައި ތިއްބެވެ. އަހަރެން މަންމަ ކައިރީގައި ބުނީ ކިޔަވާ ނިމެންދެން ފޯނު ބޭނުންނުކުރާނެ ކަމުގައެވެ. ނަމަވެސް މަންމަ ވެސް ބައްޕަވެސް އެގޮތާއި އެއްބަސް ނުވުމުން އަހަރެން ފޯނު ބޭނުންކުރަން ފެށީމެވެ. އަހަރެން ބައްޕަ އާއި ސުވާލުކުރީ އެ ހަދިޔާ ބައްޕަ އަށް ލިބުނު ގޮތަކާއި ބެހޭ ގޮތުންނެވެ. ބައްޕަ ބުނީ އަރޫން އާއި އަރުޝަދުބެ ބޯޓު ކައިރިއަށް އައިސް ބައްޕަ އާއި ހަވާލުކުރިކަމަށެވެ. އަދި އަރޫން އެދުނީ އަހަރެންގެ އުފަންދުވަހު މި ހަދިޔާ އަހަރެންނާއި ހަވާލުކުރުމައް ކަމުގައި ބައްޕަ ބުންޏެވެ.

އޭގެފަހުން އަރޫން އަހަރެންނައް ވަރަށް މެސެޖްކޮށް ހަދައެވެ. އަހަރެންވެސް މެސެޖްތަކައް ޖަވާބުދީ ހަދަމެވެ. ކިޔެވުމާއި ބެހޭ ގޮތުން ސުވާލުކޮށް ކޮއްކޮމެންނާއި ބެހޭ ގޮތުންވެސް ސުވާލުކޮށް ހަދައެވެ. އަހަރެން ފޯނު ހިފައިގެން ބައެއް ރައްޓިހިންނާއެކު މަދުމަދުން ބޭރަށް ނިކުންނަން ފެށުމުން އެމީހުން ވެސް ސުވާލުކޮށް ހެދިއެވެ. އަދި އެ ފޯނު ރީތިކަމުން ފޯނައް ވަރަށް ތައުރީފްކޮށްވެސް ހެދިއެވެ. ހުރިހާ ޝުކުރެއްވެސް ހައްގު ވަނީ އަރޫން އަށެވެ. މަންމަ އާއި ބައްޕަ އަހަރެންނައް ދިން ހަދިޔާ އަށް ވުރެ ވެސް އަރޫންގެ މިހަދިޔާ އަހަރެންނައް މާ ކަމުދިަޔއެވެ. ސަބަބެއް އަހަރެންނަކައް ވެސް ނޭނގެއެވެ. ސާއްކޮއާއި ޒީއްކޮ ވެސް ފޯނުން ގޮތް ގޮތައް ފޮޓޯ ނަގާ އަލާން ގޭމް ކުޅެ ވެސް ހަދައެވެ. ދުވަސްތައް ފާއިތުވަމުން ދާ ވަރަކައް އަހަރެމެންގެ ދިރިއުޅުމުގެ ކަންތައްތައް ވެސް ހަމައަކައް އެޅެމުންދެއެވެ. މަޑުމަޑުން ގޭތެރޭގެ ބައެއް ތަންތަން ހަދަން ފަށާ ބައެއް ތަންތަން މަރާމާތުކޮށްވެސް ނިމިއްޖެއެވެ. ގޯތީގެ އެއްފަރާތުގައި ގަސްއިންދޭ ގޮތައް ބައްޕަ ވަކިކޮށްދިނުމުން ބައެއް ކަހަލަ ގަސްތައް އެތަނުގައި މަންމަ ހައްދަން ފެށިއެވެ. މިރުސް ، ފަޅޯ ، ފޭރު ، ބަރަބޯ ހެދި އެތަކެތި ވިއްކަން ފެށުމުން ބޭނުންވާ ވަރަށް ލާރި ލިބިފައި އިތުރުވެސް ވާން ފެށިއެވެ. ހަވާދު ހަދާ އެވެސް ވިއްކަން ފެށިއެވެ. އަދި ކިއްލި ހަދާފަވެސް އެވެސް ވިއްކަން ފެށިއެވެ.

ދުވަހަކައް ފަހު ދުވަހެއް ފާއިތު ވަމުން ދެއެވެ. އެގޮތުން އަހަރުގެ ފަހު އިމްތިހާނު ފެށިގެން ކުރިއަށް ދަނީއެވެ. އަހަރެންނާއި އަލާން އާއި އެއްގޮތައް ސާއްކޮ އާއި ޒީއްކޮ ވެސް ވީ ވަރަށް ހިތް އަލި ދެކުދިންނަށެވެ. އަލާން އާއި ސާއްކޮ އަދި ޒީއްކޮގެ ޓެސްޓްތައް ނިމި ޗުއްޓީ ދުވަސްތައް ގުނަމުން ދެއެވެ. އަހަރެންގެ ޓެސްޓްތައް ކުރިއަށް ދަނީއެވެ. އަހަރެން ހީނުކުރާ ވަރަށް މަންމަ އާއި ބައްޕަ ގެ ފަރާތުން އަޅާލުމާއި ލޯބި ލިބެމުންދެއެވެ. ސަނާދައްތަ އާއި އަރުޝަދުބެ ވެސް ފޯނުން ގުޅައިގެން ވަރަށް ހިތްވަރުދީ ހަދައެވެ. އެންމެ ބޮޑު ހިތްވަރެއް އަހަރެންނައް ލިބެމުންދަނީ އަރޫންގެ ފަރާތުންނެވެ. އަރޫން އަކީ އިންގްލިޝް ، ހިސާބު މި ދެމާއްދާއިން މުޅި ދުނިޔޭން އެއްވަނަ އަށް ވުމާއެކު އަރޫންގެ ފަރާތުން މި ދެމާއްދާއަށް އަހަރެންނައް އެހީތެރިކަން ލިބެމުންދނީ އޭގެ އިންތިހާ އަށެވެ. މިކަންތައްތަކުގެ ސަބަބުން އަރޫން އާއި އަހަރެންނާއި ދެމެދު އޮތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރައް ބަދަހިވެ ވަރުގަދަވެގެން ދިޔައެވެ.

އަހަރެންގެ ޓެސްޓްތައް ނިމުމާއެކު ސާއްކޮއާއި ޒީއްކޮ ބޭނުންވީ ޗުއްޓީ ހޭދަކޮށްލަން މާލެ ދިއުމަށެވެ. މިކަމާއި މަންމަ އާއި ބައްޕަ ހާސްވެ ކަންބޮޑުވީ ކީއްވެކަން އަހަރެންނައް އެނގުނެވެ. މަންމަ އާއި ބައްޕަގެ މި ހާސްކަން ދުރުކޮށްދިނީ ހުރިހާ ކުދިން ގޮވައިގެން މާލެ އައުމަށް އަރުޝަދުބެ ދން ދައުވަތުންނެވެ. މާލެ ދެވެން އުޅޭކަން އެނގުނު ހިސާބުން ފެށިގެން ސާއްކޮއާއި ޒީއްކޮ ދަތުރައް ހަދަން ފެށިއެވެ. އަލާން ވެސް އުފަލުން އަހަރެން ކައިރީގައި މާލެދާން އުޅޭ ވަހަކަ އެތައް ފަހަރަކު ބުނެފިއެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ އަރޫން ފެންނާނެ އިރަކަށެވެ. ފާޅުނުކުރިޔަސް ، ދުވަހަކުވެސް އިތުރު ވިންދެއް ޖަހާނުލާ އަހަރެންގެ ހިތައް ބުނެދޭން ނޭނގޭ ގޮތްތަކެއް ވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަރޫން ދެކޭހިތްވަނީ މާބޮޑަށެވެ. އަރޫން ގުޅާނެ އިރަކައް އިންތިޒާރުކުރެވެން ފެށިއެވެ. އަރޫން އަހަރެންގެ ނަން ކިޔާލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް އުފަލުން ތެޅިފޮޅިގަނެއެވެ. އަރޫންގެ އަޑު އަހާނުލާ އެންމެ ދުވަހެއްވެސް ހީވަނީ އެއް އަހަރު ހެންނެވެ. އަބަދުވެސް ލޯބީގެ ކޮންމެސް ލަވައެއް ކިޔަކިޔާ ހުރުން އާންމު ކަމަކަށްވެއްޖެއެވެ. އަރެންނައް މި އައި ބަދަލު އެންމެ އަވަހައް ނަގައިގަތީ އަހަރެންގެ މަންމައެވެ. ފާޅުގައި އަހަރެންނާއި ދިމާލައް ނުބުންޏަސް އަރޫން އާއި ގުޅުވައިގެން ބައެއް ކަހަލަ ބަސްތައް ބުނެ ހަދާތީ އަހަރެން ވަރަށް ކަންބޮޑުވާން ފެށިއެވެ. ނަމަވެސް އެންމެ ހިނދުކޮޅަކައް ވެސް އަރޫން ގެ ނަން އަރޫންގެ ހިޔާލުތައް އަހަރެންގެ ހިތުން ފިލައިގެން ނުދެއެވެ.

މާލޭ ފަސްގަނޑުގައި ފައި ޖެހުމާއެކު އަހަރެންގެ ފިޔަވަޅުތަކައް ހުއްޓުމެއް އައީ އަހަރެންގެ ކުރިމަތީގައި އަހަރެންނައް ބަލަހައްޓައިގެން ހުރި އަރޫން ފެނުމުންނެވެ. އަހަރެންގެ ދެފައިތިލާއާއި ދެއަތްތިލަ ފިނިވެގެން ދިޔައީ ކުރިމަތީގައި އަރޫން ހީލައިގެން ހުރި އިރު އެދެކޮލައް އެޅިފައި ހުރި އަޑިކޮޅު ފެނިފައެވެ. ކުރިން އަރޫން އާއި އެކު ހޭދަކުރި ދުވަސްތަކުގައި މިކަން އަހަރެންނައް ފާހަގަނުކުރެވުނީ އިސް އުފުލާ ޝައުގުވެރިކަމާއެކު އަރޫން ގެ މޫނައް ބަލާލެވިފައި ނުވާތީއެވެ. އަރޫންގެ ދެ ލޮލައް އަހަރެން ގެއްލިފައި ހުރިއިރު އަހަރެން ސިއްސައިގެޔންދިޔައީ އަލާން ދައްތީއޭ ކިޔާ އަހަރެން އަޅައިގެންހުރި ދޯޕައްޓާއަށް ދަމާލުމުންނެވެ. މަންމަ ހީލުމައްފަހު ބައްޕަ އާއި ދިމާލައް ބަލަލިގޮތުންވެސް އަހަރެން ލަދުން މަރުވާވަރު ވިއެވެ. އަރޫން އައިސް މަންމަ އާއި ބައްޕަ އާ ސަލާންކޮށްލުމައްފަހު ސާއްކޮ އާއި ޒީއްކޮއަށް އެއްވަރަށް ތިރިވެލުމައްފަހު ޖީބުން ނަގާ ދެ ޗޮކްލެޓް އެމީހުންނައް ދިނެވެ. އަދި އަލާންގެ ބޮލުގައި ފިރުމާލުމައްފަހު އަލާން އަށް ވީ ހަދިޔާ ގޭގައި އޮންނާނެ ކަމަށް ބުންޏެވެ. އެވަގުތު އެންމެން ސިއްސައިގެން ދިޔައީ ކާރެއްގެ ބަރުގޮން އަޅާލި އަޑަށެވެ. އޭރު އަރުޝަދުބޭބެ ކާރުގެ ލޯގަނޑު ތިރިކޮށްލައިގެން ހުރެ ބައްޕައަށް އިޝާރާތްކޮށް ކާރަށް އަރަން ބުންޏެވެ. އެވަގުތު ބައްޕަ ވެސް ހީލުމައްފަހު ދަބަސްތަކާއި ރަށުން ގެނައި ހަދިޔާ އަޅާފައިހުރި ފޮށިތައް ކާރުގެ ޑިކީއަށް އަރުވަމުން ދިޔައެވެ. އަރޫން ވެސް ބައްޕައަށް އެހީތެރިވަމުންދިޔައެވެ. ކާރުގެ ކުރީ ސީޓުގައި އަރުޝަދުބެ ދުއްވަން އިން އިރު ދެން އިނީ ބައްޕައެވެ. ބައްޕަގެ އުނގުމަތީގައި ޒީއްކޮ އިންއިރު ފަހަތައް މަންމަ އާއި އަލާންގެ އިތުރުން ސާއްކޮ އެރުމުން ބާކީވީ އަހަރެންނާއި އަރޫން އެކަންޏެވެ.

” ބައްޕަމެން ނައްޓާލާ… އަޅުގަނޑު އީން ގޮވައިގެން ކާރު ފަހަތުން ދާނަން” އަރޫން އެހެންބުނުމުން އަހަރެންގެ ދެލޯ ބޮޑުކޮށްލާފައި ބަލާލެވުނީ އަރޫންގެ މޫނަށެވެ.

“އުމަރުބެ އަށް އެންމެ ރަނގަޅުތަ.. އަޅުގަނޑުގެ ސައިކަލް ފަހަތައް އީން އެރުވިޔަސް. ތިކާރު ފަހަތުން އަޅުގަނޑު ދާނަން. ބޭބެމެންނާއި އެކު އަޅުގަނޑު ގެއަށް ވަންނާނަން” އެއްފަހަރު އަރޫން ބުނި ޖުމްލައިން އަހަރެންނައް ހަމަޖެހުން ނުލިބި އުޅެނިކޮށް އަނެއްކާ އެބުނި ޖުމްލައިން އަހަރެން ހަދާނެގޮޮތެއް ނޭނގިިގެން އަޅައިގެން ހުރި ދޯޕައްޓާގެ އެއްކަނުގައި ހިފައިގެން އިނގިލީކުރީގައި އޮޅާލަ އޮޅާލަ ހުރެވުނީއެވެ.

” އަރުޝަދައް ކުރާ އިތުބާރު ބޭބެ އަރޫން އަށް ވެސް ކުރަން. ބޭބެއަށް ޔަގީން ތި އާއިލާ އެއްވެސް މީހަކު ބޭެބެ ނެތް ދުނިޔެއަކުވެސް ބޭބެގެ ދަރިއަކައް ދެރަ ގޮތެއް ނުހަދާނެކަން” ބައްޕަ އެހެން ބުނުމުން އަރޫން އަށް ބައްޕަ ހާދަ އިތުބާރުކުރެއޭ އަހަރެން ހިތައް އެރިއެވެ.

“އާދޭ އީން…އަރޫން އަހަރެންގެ އަތުގައި ހިފާލުމުން އަހަރެންނައް ބަލާލެވުނީ މަންމަ އާއި ދިމާލަށެވެ. އެވަގުތު މަންމަ ހީލުމުން މަންމަގެ ޖަވަބު އަހަރެންނައް ލިބިގެން ދިޔައެވެ. އަރޫންގެ ސައިކަލު ފަހަތުގައި އަހަރެން އިން އިރު އަހަރެން އިނީ ކޮންމެވެސް ވަރަކައް އަރޫންގެ ބުރަކަށީގައި ޖެހިފައެވެ. ” އީން ހާދަ ލޯތްބޭ މިހާރު” އަރޫން އެހެންބުނުމާއެކު އަހަރެންގެ މޫނައް ގޮތެއް ވެގެންދިޔައެވެ. ހިތްއަވަސްވާން ފެށިއެވެ. ” ހާދަ ލަދެއް ތިގަތީ… ކުރީގެ އީން އޭ ބުނާވަރުވެސް ނުވޭ” އެވަގުތު އަހަރެންނައް ފެނުނީ ސައިކަލުގެ ލޯގަނޑުން އަރޫންގެ ލޯ އަހަރެންގެ މޫނައް އަމާޒުވެފައިވާތަނެވެ. ބައެއް ފަހަރު ގަސްދުގައި އަރޫން އަހަރެން ލަދު ގަންނަވަން އުޅޭހެން އަހަރެންނައް ހީވެއެވެ. އަހަރެންނައް އެނގޭ އެއްޗަކީ އަރޫންގެ އެ އަމަލުންވެސް އަހަރެންގެ ހިތައް ބުނެދޭން ނޭނގޭހާ އުފާ ލިބިގެންދިޔަ ކަމެވެ. އަހަރެމެންނައް ގެއަށް ވަދެވުނުއިރު މަޤްރިބް ނަމާދައް ބަންގި ގޮވަނީއެވެ. އެހެންކަމުން ބައްޕައާއި އަރުޝަދުބެ އަދި އަރޫން ދިޔައީ މިސްކިތަށެވެ. އަލާން ނުގެންދިޔައީ ބޯޓުމަތީގައި އަލާން ވަރަށް ގިނައިން ހޮޑު ލާފައި ހުރުމުގެ ސަބަބުން ދަތުރު ބަލިވެފަ ހުރުމުންނެވެ. ސަނާދައްތަގެ ފަރާތުން އަހަރެމެންގެ އާއިލާއަށް މަރުހަބާ ކިޔެވެ. މަންމައާއި ބައްޕަ އަށް ވަކިން ކޮޓަރިއެއް ދިން އިރު އަހަރެންނާއި ސާއްކޮ އަދި ޒީއްކޮ އަށް ވަކިން އެއްކޮޓަރި ދިނެވެ. އަދި އަލާން ނިދަން ހަމަޖެހުނީ އަރޫން ކައިރީގައި އަރޫން ކޮޓަރީގައެވެ. އަރޫންގެ ފަރާތުން އަލާން އަށް ޕީއެސް ޓޫ އެއް ހަދިޔާއެއްގެ ގޮތުގައި ލިބުމުން އެކުއްޖާފުޅު އުފަލުން އުޅުނުވަރު އަހަރެން ދުށީމެވެ. އަހަރެމެން އެގެއަށް އައިތަނާ އެގޭގައިއުޅޭ ކައްކާމީހާ އޭނާގެ ރަށައް ބަަލުވިއެވެ. ސަނާދައްތަގެ ނުރުހުމަގައި ވިޔަސް އެގޭ ބަދިގޭ ހުރިހާ ކަމަކާ ހަވާލުވީ އަހަރެންގެ މަންމައެވެ. ސަނާދައްތަވެސް ބަދިގެއަށް ވަން ހިސާބަކީ އެއީއެވެ. އަހަރެމެން މާލެއަށް އައިތާ ހަފްތާއެއް ވީތަނާ އަރުޝަދުބެއާއި ބައްޕަ ކަމެއްގަ ރަށައް ދިޔައެވެ. އަރޫންވެސް ސާއްކޮ އާއި ޒީއްކޮ އާއި އަލާން ގޮވައިގެން ބޭރަށްދާން ފެށިއެވެ. މާލެއައިފަހުން އަހަރެންގެ ކޮއްކޮމެންގެ މޫނުމަތިން އަހަރެންނައް ފެންނަނީ އިންތިހާދަރަޖައިގެ އުފާވެރިކަމެވެ. ސަނާދައްތަގެ އެކުވެރި ރީނާދައްތަގެ ކްލިނިކަކައް އަހަރެން ވަޒީފާއަކައް ދާން ފެށީމެވެ. ގޭގައި ހުންނަން ފޫހިވެގެން އެންމެންގެވެސް ރުހުމުގައި އަހަރެން ލާރިލިބޭ މަސައްކަތެއް ކުރަން ބޭނުންވީއެވެ. މަލޭގައި ހުންނަ ދުވަސްކުޅޮގައި މަންމަ ރަށުގައި ކުރި ވިޔަފާރި ހުއްޓިފައި ވުމުން ކޮއްކޮމެންގެ ޒަރޫރީ ބޭނުންތައް ފުއްދުމައް އަހަރެން ބޭނުންވާތީއެވެ. އެ ކްލިނިކަކީ ގެއާއި ވަރަށް ދުރުގައި ހުންނަ ތަނެއްކަމުން އެތަނައް އަހަރެން ގެންގޮސް ގެނެސްދީ ހަދަނީ އަރޫންއެވެ. އަރޫންގެ އެދުމުގެ މަތިން އެއްދުވަހު މެންދުރުކެއުމަށް ރެސްޓޯރެންޓަކައް އަރޫން އާއިއެކު އަހަރެން ދިޔައީމެވެ. އެދުވަހު އަރޫން އެދުނީ އެރޭ ބާރަ ޖަހާއިރު އެންމެން ނިދާފަހުން އެގޭ ޓެރަސްއަށް އައުމަށެވެ.

އެރޭ ބާރަ ޖެހުމާއި އެކު އަރޫން އެދުނު ފަދައިން އަހަރެން ޓެރަސްއަށް އެރީމެވެ. ޓެރަސްމަތީގައި ހުރީ ފެހިކުލައިގެ މަޑުމަޑު އައްޔެކެވެ. އަހަރެން ދެފަރާތައް ބަލާލިއިރު ވެސް އަރޫން ފެންނަން ނެތުމުން މަގުމަތި ފެންނަ ގޮތައް ރެއިލިންގައި އަތްއަޅުވާލައިގެން ހުއްޓުނީ އަހަރެންނައް އަރޫންއަށް ވުރެ ކުރިން އާދެވުނީއޭ ހިތާއެވެ. ކުއްލިއަކައް އަހަރެންގެ ކަންފަތްދޮށަށް މީހަކު ފުމެލުމުން ސިހިފައި އަހަރެން އެނބުރުނު އިރު ކުރިމަތީ ލާނެއް ގޮތަކައް ހީލައިގެން ހުރި އަރޫން ފެނުމުން އަހަރެން ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ހުދުކުލައިގެ އަތްދިގު ލޭސްފޮތީގެ ކުރުތާއިން އަރޫންގެ ހާމައަށް ހުރި މޭމަތި އަހަރެންނައް ހަމަ ރަނގަޅައް ފެންނަމުންދިޔައެވެ. އަރޫން އަހަރެން އަތުގައި ހިފައިގެންގޮސް އިށީނީ ދެމީހުންނައް އިށީނދެވޭ ގޮތައްހުރި އުނދޯއްޔެއްގައެވެ. ދެމީހުން އެކަކު އަނެކަކާ އެއްވެސް ވާހަކައެއް ނުދައްކާ ހިނދުކޮޅެއް ފާއިތުވިތަނާ ކުރިން އިސްވެ އަރޫން ވާހަކަދެއްކިއެވެ.

“އީން… އަހަރެން މިރޭ މިތަނައް އީން މިގެނައީ މިހެން ވާހަކަނުދައްކާ ތިބޭކަށްނޫން.. އަހަރެންނައް އީން ވަރަށް ކަމުދޭ… އީން އާއި ވަރަށް ކައިރީގައި އިނދެ ވާހަކަދައްކާހިތްވޭ.. އީން…. އަހަރެން އީން ދެކެ ވަރަށް ލޯބިވޭ… އަހަރެންނައް އީން ފެނުނު އެންމެ ފުރަތަމަ ދުވަހު އަހަރެންގެ ހަޔާތައް ގެންނަން ބޭނުން އަންހެންކުއްޖަކީ ތިއީ ކަމުގައި ކަނޑައެޅިން” އަރޫން ވާހަކަދައްކަމުން ދިޔައިރު އަހަރެން ދެލޯ މަރާލައިގެން އިނީ އަހަރެންގެ ހިތުގައި އޮތް ގޮތައް އަރޫންގެ ދުލުން ބޭރު ކުރަމުންދާތީއެވެ.

“އީން…. އަހަރެންނައް ޖަވާބެއް ދޭންވީނުން…” އަރޫން އަހަރެންނާއި ދިމާލައް އެނބުރުމުން އަހަރެން ލަދުން އިސް ޖަހާލީމެވެ.

“އަހަރެން ވަކި ކީކޭ ބުނާނީ… އަރޫން އާއި އަހަރެންވެސް ވަރަށް… އެކަމު މަންމަ….” އަހަރެންނައް ޖުމްލަ ފުރިހަމަވެސް ނުކުރެވުނެވެ.

” އަދިވެސް ބޮޑެއްނުވޭ ދޯ… އީން ބޭނުންވިއްޔާ ނަސިއްތަ ކައިރީގައި އަހާ.. އެކަމު މިހާ ހިސާބައް އަހަރެންނައް މި އާދެވުނީ އަހަރެންގެ މަންމަގެ ހިތްވަރުން. އަހަރެންގެ މަންމަ އީން އާއި އަހަރެން ގުޅެން ވަރަށް ގަބޫލު. މިރޭ މިތަނައް އަހަރެން އައިކަން ވެސް އަހަރެންގެ މަންމަ އަށް އެނގޭނެ” އަރޫން އަހަރެން ދެކެ ލޯބިވާކަން ސަނާ ދައްތައަށް އެނގެއޭ ބުނުމުން އަހަރެން އިތުރައް ލަދުގަތެވެ. ވަރަށް ލަސްވެފައި ހުރުމުން އަހަރެން ކޮޓަރިއަށް ދާން ހިނގައިގަތުމުން އަރޫން އަހަރެންގެ އަތުގައި ހިފާ އަހަރެންނާއި އިންނަން ބޭނުންވާ ވާހަކަ ބުންޏެވެ. އެކަމަކު އެއީ އަހަރެން ބޭނުންވާ ދުވަހަކުން ކަމުގައި އަރޫްން ބުންޏެވެ. އަދ އަހަރެންގެ އަތްތިލަ އަރޫންގެ ތުންފަތުގައި ޖައްސާލުމުން އަހަރެން ދުވަމުން އައިސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލީމެވެ. މާލެގައި ކޮއްކޮމެންނާއި އެކު ޗުއްޓީގެ ދުވަސްތައް ގުނަމުން އަހަރެން ދިޔައީމެވެ. ކޮންމެދުވަހެއް ވެސް އަހަރެންގެ ހަޔާތައް އިތުރުު އުފާވެރިކަން ގެނެސްދެމުން ދިޔައެވެ. ސަނާދައްތަގެ ފަރާތުން ވެސް ފެންނަމުންދިޔަ ހިތްހެޔޮކަން އިތުރުވެގެން ދިޔައެވެ. އަދި އަހަރެން އަރޫން އާއި ގުޅެން ބޭނުންވާކަމަށް މަންމަ ކައިރީގައި ބުނީ ސަނާދައްތަ މެދުވެރިކޮށެވެ. މިކަމުގައި މަންމަގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް މަންމަ އަހަރެން ކައިރީގައި ބުންޏެވެ. އަދި އެހަބަރު އަހަރެން އަރޫން އަށް ދިނުމުން ހުރިހާ އެންމެން ކުރިމަތީ އަރޫން އަހަރެން ގައިގާ ބައްދާލިއެވެ. އަހަރެން ލަދުގަތީ އެންމެން އެއްފަހަރާ ހީގަތުމުންންނެވެ.

އަނެއް ދުވަހު އިރު އަރައިގެން އައި އިރު އެހެންދުުވަސްތަކެކެވެސް އެއްފަދައިން އަހަރެންނައް އުފާވެރިކަން ގެނެސްދޭނެކަމަށް އަހަރެން ހީކުރީމެވެ. ނަމަވެސް އަހަރެންގެ ދިރިއުޅުމުގަ ސިއްކަ ޖެހުނީއޭ އަހަރެން ހިތައް އެރީ އަހަރެންނައް ލިބުނު ފޯނުކޯލަކުންނެވެ. އެއީ އަރުޝަދުބެގެ ފޯނުކޯލެކެވެ. އަރުޝަދުބެއާއި އެއްކޮށް ބައްޕަ ރަށައް ދިޔައީ ރަށުން އަރުޝަދުބެ ބިމެއް ގަންނަން ބޭނުންވާތީ އެކަމައް އެހީތެރިވުމުގެ ގޮތުންނެވެ. އެކަމަކު ބައްޕަ އަށް ހާރޓްއެޓޭކެއް ޖެހި އެމެޖެންސީކޮށް މާލެގެންނަ ވާހަކަ އަރުޝަދުބެ ބުނި ހިސާބުން އަހަރެންގެ މުޅި ދުުނިޔެ އަނދިރިވި ކަހަލައެވެ. އަރޫން އައިސް އަހަރެންގެ އަތުގައި ހިފައިގެން ސިޓިންގްރޫމައް ދިޔައިރު ވެސް އަހަރެންނެކޭ ޗާބީ ދީފައިހުރި ބުދެކެ އެއްގޮތެވެ. އަހަރެންނައް ފެނުނީ މަންމަ ގެ މާޔޫސް ވެފައިވާ މޫނެވެ. މަންމަގެ އުނގުގައި ބޯ އަޅައިގެން އޮތް އަލާން އެވެ. ސޯފާގެ އެއްގޮނޑިއަކައް އަރާ އެންމެންގެ މޫނައް ބަލަން އިން ސާއްކޮ އައި ޒީއްކޮއެވެ. ބައްޕަ މާލެ ގެނެސް އައިޖީއެމްއެޗް ގެ އެމެޖެންސީ ރޫމުގައި ފަރުވާ ދެމުންދަނިކޮށް މި ދުނިޔެ ދޫކުރީ އަހަރެން ކުރިމަތީގައެވެ. އަހަރެންގެ ފައި ދަށުން ބިންގަނޑު ދެމިގެންދިޔަ ކަހަލައެވެ. އަހަރެންގެ ބޮލައް އެނބުރުން އަރާ ވެއްޓެންދިޔަ ވަގުތު އެންމެ ކައިރީގައި ހުރި އަރޫން އަހަރެންގެ ހަށިގަނޑުގައި ހިފެހެއްޓިކަން އެނގެއެވެ. ދެންވީ ގޮތެއް ނޭނގުނެވެ. އަހަރެންނައް ހޭވެރިކަން ވީ އިރު ސަނާދައްތަގެ އެކުވެރި ރީނާދައްތަ ކައިރީގައި އިނެވެ. ބައްޕައަށް ވަރަށް ބާރަށް ގޮވާލާ އަހަރެންނައް ފުންމައިގެން އެނދުން ތެދުވުނެވެ. އެވަގުތު ރީނާދައްތަ އަހަރެންގެ އަތުގައި ހިފާ ވަރަށް ލޯބިން ނަޞޭޙަތްދޭން ފެށިއެވެ. އޭރުވެސް އަހަރެންނައް އަޑުއަޑު ނަގާ ރޮވެމުން ދިޔައެވެ. ކުއްލިއަކައް އަހަރެން ހަނދާންވީ މަންމަ މަތިންނެވެ. ރީނާދައްތަ ކައިރީގައި އަހަރެން އެދުނީ އަހަރެން މަންމަ ކައިރިއަށް ގެންގޮސްދިނުމަށެވެ. ރީނާދައްތައާއި އެކު ސަހަރާއަށް އަހަރެން ވަދެ މަންމަ ހޯދާލީމެވެ. ސަނާދައްތަ އާއި ރަށުގައި އުޅޭ ހައްވަދައްތަ އާއި ދެމެދު މަންމަ އިށީނދެގެން އިންއިރު މަންމަގެ ދެއަތް އޮތީ މަންމަގެ މޫނުމަތީގައެވެ. ސާއްކޮ އާއި ޒީއްކޮ މަންމަގެ އުނގަށްވަދެ ތިއްބެވެ. މަންމަ އެހެން އިނުމުން އެންމެ ފުރަތަމަވެސް މަންމަ ރޮނީކަން އަހަރެންނައް އެނގުނެވެ. އަހަރެން މަންމަ ކައިރީގައި ހުއްޓި މަންމަގެ ބޮލުގައި ފިރުމާލީމެވެ. މޫނުމަތިން އަތް ނަގާ މަންމަ އަހަރެންނައް ބަލާލިއިރު މަންމަގެ ދުޅަވެ ރަތްވެފައިވާ ދެލޮލުން ހުއްޓުމެއްނެތި ފައިބަމުންދިޔަ ކަރުނަތައް ފެނި އަހަރެންނައް ވެސް ކޮންޓްރޯލްއެއް ނުކުރެވުނެވެ. ރޮއެގަނެފައި އަހަރެންނައް މަންމަ ގައިގާ ބައްދާލެވުމުން ކައިރީގައި ތިބި ދެ ކޮއްކޮ ވެސް އަހަރެން ގައިގާ ބައްދާލިއެވެ. އަހަރެން އެދެމީހުންނައް ބަލާލިއިރު ދެކުދިން ލޮލުން ވެސް އަހަރެންނައް ފެނުނީ ކަރުނައެވެ. އަހަރެންނައް ދެ ކޮއްކޮ ގައިގަވެސް ބައްދާލެވުނެވެ. އަހަރެންގެ ލޮލުގައި ގިނަވެފައިހުރި ކަރުނައިގެ ތެރޭން ދުރުގައި އަހަރެންނައް ބަލަންހުރި އަރޫން ވެސް ފެނުނީ ފުސްކޮށެވެ. އަލާން ގޮވައިގެން އުޅުނީ އަރުޝަދުބެއާއި އަރޫން ކަން އަހަރެންނައް އެނގުނީ ގެއަށް އައިސް އަރޫން ބުނީމައެވެ. އަހަރެންގެ އުމުރުން ސޯޅަ އަހަރު ވީފަހުން ކައިރީގައި މަންމަ އާއި ކޮއްކޮމެން ތިބެ އެކަނިވެރިކަން އިހުސާސް ކުރެވުނު މީ ފުރަތަމަ ފަހަރެވެ. އެރޭ ނިދަންއަރާ އޮވެ އަހަރެންނައް ނިދޭ ގޮތެއް ވެސް ނުވިއެވެ. ބައްޕަގެ ކޮންމެ ހަނދާނެއް ވަނީ އަހަރެންގެ ދިރިއުޅުމާއި ގުޅިފައެވެ. ނިދަން އުޅެ އެއްގޮތަކައް ވެސް ނިދޭ ގޮތެއް ނުވުމުން އަހަރެން ތެދުވެގެން ގޮސް ޓެރަސް އަށް އަރާ އުނދޯލީގައި ޖައްސާލީމެވެ. ހާމައަށް ފެންނަން އޮތް އުޑާ ދިމާލައް އަހަރެންނައް ބަލާލެވުނީ ހިތައް ހަމަޖެހުމެއް ހޯދުމައް އެދިއެވެ. ބައްޕަ އެދިޔައީ އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލާފައެވެ. މި ދުނިޔެއަށް އަހަރެންނާއި ތިން ކޮއްކޮ އަދި މަންމަ ދޫކޮށް އެދިޔައީ ދުނިޔޭގައި ދެން އުޅޭނޭ ގޮތެއް ހޯދާވެސް ނުދީއެވެ. މަންމަމެން ގޮވައިގެން ބައްޕަ އާއި ނުލާ މި ދުނިޔޭގައި އަހަރެން އުޅޭނީ ކިހިނެއްހެެއްޔެވެ.  އަހަރެމެންނައް ދެން އޮތީ ކޮން ގޮތެއް ބާއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލުމައްފަހު އަހަރެން ލޯ މަރާލީ ދެލޮލުގައި ރިއްސަން ފެށުމުންނެވެ. އެހެން އޮވެ ނިދުނުތަނާ އަހަރެންނައް ހުވަފެނުގައި ބައްޕަ ފެނުނެވެ. ބައްޕަ އަހަރެން ކައިރީގައި އިށީނދެ އިނދެ ވާހަކަދައްކަން ފެށިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ރަޙީން

Next

ޝައިން ( ޕާޓް-10 )

Next
June 12, 2015

ޝައިން ( ޕާޓް-10 )

Previews
June 10, 2015

ރަޙީން

19 Comments!

  1. Tedd says:
    June 11, 2015 at 1:17 am

    Alhey salhi varah. Rovijje. Aneh bayah inthixaari kureveny. Plx avahah up kohdhehchey

  2. ifaa says:
    June 11, 2015 at 1:26 am

    Mi part vex v reethi.. 🙂

  3. zain says:
    June 11, 2015 at 1:35 am

    Hama rangalha ves rovijje. V asaru gadha iburathun furigen v vaahaka ah. Kuri ah oi part ah keitheri kameh nethi inthixaaru kuran

  4. jiji.... says:
    June 11, 2015 at 1:46 am

    Awsome story …. Is this a true story???? Well keep going….. And update soon…. I luv this story….

  5. niyasa says:
    June 11, 2015 at 2:30 am

    Ma shaa allah varah reeth

  6. Ushaali says:
    June 11, 2015 at 2:41 am

    thnx ol….. yes jiji…. this is a true story

  7. Shelly says:
    June 11, 2015 at 4:04 pm

    V interesting..

  8. swyty girl.. says:
    June 11, 2015 at 4:31 pm

    A u seriously Ushaali ,. Is this real story… Vvv interest… Wen next part….. Vvvvvvvv nice..

  9. CHAII says:
    June 11, 2015 at 6:31 pm

    V V NICE … NEXT PART AVAHA UPP KOHLACHEYY…..:)

  10. shiaa says:
    June 11, 2015 at 6:57 pm

    shiaa ah ves musthaq bal ga thihen vaanenama

  11. nihaa says:
    June 11, 2015 at 7:35 pm

    Vvvvvvvvvvvvvvrh nice…….avahah aneh part up kohdhehchey….

  12. zaara says:
    June 12, 2015 at 10:57 am

    Varah reethi vaahaka

  13. shaisha says:
    June 12, 2015 at 1:17 pm

    Shiaa hama egoitha beynumee?een dad ves maru v yey!anyway Hi shiaa u I feel I know u frm somewhere

  14. cute says:
    June 12, 2015 at 1:18 pm

    wow. v. reethi mi part ves.. dhen onna part varah avas koh dhaechhey inge ushaali sis..

  15. Shaiha says:
    June 12, 2015 at 8:04 pm

    Story v nicekeep it up.. Shiaa thee milandhoo tha?

  16. Janna says:
    June 12, 2015 at 10:26 pm

    rovijje… keep going up… nice

  17. Ma says:
    June 13, 2015 at 2:27 am

    Mivaahaka kiyamun dhiya iru mashah ves fenkalui vevofa huree… mashah magey mamma aa bappa ma dheke loabivaavaru andhaazaa ves koh nulevunu… I sukuriyyaa liyuntheriyaa ah …

  18. cute says:
    June 13, 2015 at 10:56 am

    ushali sis . dhen kon iraku tha aneh part up kurany

  19. cute says:
    June 13, 2015 at 10:57 am

    reply soon…

Comments are closed.

Next Episodeއެ ހަނދާން – 4←


All Right Reserved!