އެއީ މީގެ 5 އަހަރު ކުރިއެެވެ. އަހަރެން އޭރު އުނގެނެމުންދިޔައީ ގްރޭޑް 7 ގައެވެ. އެއީ އަހަރެންގެ ބަލިހާލަތު ހުރިގޮތުން ޑަކުޓަރަށް ދެެއްކުމަށްޓަކައި އަވަށްޓެރި ގައުމު، އިންޑިޔާއަށް ކުރި ދަތުރެކެވެ. އެތަކެއް ފަހަރަކުމެ އެދަތުރު ނުދެވުނުބާއޭ ހިތަށްއަރާ ފައިބަމުން ދެއެވެ. ސަަބަބެއް ނެތިއެއް ނޫނެވެ. އެދަތުރު ވީ އަހަރެންގެ މުޅި ދިރިއުޅުން ވިއްސިވިހާލި ކޮށްލި ހާދިސާއަކަށެވެ. ނުލަފާ މީހެއްގެ ދަންތުރައިގައި އަހަރެން ޖެހުނެވެ. އަހަރެންގެ ޅަ އުމުރުގައި އަހަރެން ހުރީކީ އެފަދަ ކަމަކާއި ދިމާވާނެ ކަމުގައި ބަލައިގެނެއް […]
2011 ވަނަ އަހަރަކީ ހިތުން ފިލު ވާލަން ދަތި އަހަރެކެ ވެ. އެއިރު އަހަރެން އުޅުނީ ގުރޭޑް އަށެށްގައެ ވެ. ސުކޫލުގެ ފުރަތަމަ ދު ވަހެ ވެ. އަހަރެން ހުރީ އުފަލުންނެ ވެ. ގުރޭޑް 8 ގައި ރިޕީޓް ވިޔަސް އާ ރަހުމަތްތެރީންތަކެއް ލިބޭނެތީ އުފަލުންނެ ވެ. އަހަންނާއި ހަނާ އަދި އިޝްކާ ތިބީ އެންމެ ފުރަތަމަ ޑެސްކު ބަރީގައެ ވެ. ހަނާ އަކީ އަހަރެންގެ އާއިލާ ކުއްޖަކަށް ވެފައި އަދި ވަރަށް ރަށްޓެހި ކުއްޖެކެ ވެ. […]
އެއީ މިދިޔަ އަހަރުގެ( ދެހާސް ނަވާރަ) ޢީދު ދުވަސްތެރެއެވެ. އާދައިގެ މަތިން އައިޝާ މިރޭވެސް އިނީ ނުނިދައި ހޭލައި ފޯނު ހިފައިގެންނެވެ. އައިޝާގެ ބަލި ޙާލަތު ހުންނަ ގޮތުން އޭނާއަށް ކޮންމެ ރެއަކު ނިދުން ވަނީ ވަރަށް ބޮޑު ވޭނަކަށެވެ. މެންދަމު ވަގުތު ކެއްސައި ނޭވަޔަށް އުނދަގޫވެ ނޭވާ ހިއްލުމަކީ އޭނާއަށް ރޭގަނޑު ނުނިދޭ އެއް ސަބަބެވެ. މޭގައިވެސް ރިއްސަނީ ވަކިވަރެއް ބަލައިފައެއްނޫނެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ އައިޝާ އިނީ އެކަނިމައިއެކަނި އޭނާގެ ދައްތަގެ ކޮޓަރީގައެވެ. […]
ނޯޓް : މިވާހަކަ އަކީ ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުން ކުރެވިފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ.بِسْمِ اللهِ الرَّحْمَنِ الرَّحِيمِ. ޖިންނި ޝައިޠާނުންނަކީ އާރާއި ބާރު ލިބިގެންވާ ބައެކެވެ. އިންސާނުންނަށް ނުފެންނަ އެތައް ޙަޤީޤަތެއް އެބައިމީހުންނަށް ފެނުމުގެ ބާރު ލިބިގެން ވެއެވެ. **************** ****************** ****************އިރުގެ ދޯދިތަކުން މުޅި ކޮޓަރި ވަނީ ދިއްލިފައެވެ. އިރުގެ ދޯދީގެ ސަބަބުން ނުނިދި ފައި އޮވެވުނެވެ. އެހެން އޮވެފައި ސާރާގެ ލޯ ހުއްޓުނީ […]
މި ވާހަކަ ލިޔެވިފައިވާ ވަނީ ޙަޤީޤީ ވާހަކައެއްގެ މައްޗަށެވެ. ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ﷲގެ އިސްމުފުޅުން ފަށައިގަންނަމެވެ. **************** ****************** ******************* ކޮންމެ ދުވަހަކު އެތައް ބަޔަކު އުފަންވެ، އެތައް ބަޔަކު ވަނީ މި ދުނިޔެއާއި އަލްވަދާޢު ކިޔައިފިޔެވެ. ނަމަވެސް “ޑައްބެ” ،މިއީ އާދައިގެ ކަމެއް ނޫންކަން އެނގުނީ ހައިޝަމްއާ އެ ޖިންނި އަވަލުމުންނެވެ. މިކަން ފެށިގެން ދިޔައީ އެމެރިކާއިން ގިނައިން އަމިއްލަ އަށް މީހުން މަރުވާ ހިސާބުންނެވެ. ފަރަންޖީ ބަހުން ނަމަ “ސުއިސައިޑް” އެވެ. ދެން […]
ފުރަތަމަ ބައި މަވެސް އަހަރެން މަސައްކަތުން މަޑު މަޑުން އަހަރެންނަށް ވާހަކަ ދައްކަން ރަގަޅު ކުރަމުން ގެންދިޔާމެއެވެ . އެތަކެއް ދުވަހެއް މަސައްކަތުން އަހަރެންނަށް ރަގަޅަށް ވާހަކަ ދެކެވެން ފެށިއެވެ . ރާ އަކުރު ވެސް އަހަރެންނަށް ކިޔަން އުދަނގޫ ވިޔަސް އަހަރެން މަސައްކަތުންނާއި އަހަރެންގެ މައިންބަފައިން މަސައްކަތުން ރަގަޅު ކުރީމެއެވެ ######## 2 ވަަނަ ބައި ކޮންމެ ކަމަކީ ވެސް ވަރަށް ކެއްތެރި ކަމާއެކު ކެރިގެން ކުރިމަތި ލުމެއެވެ .ދުވަހަކަށް ފަހު .. އަހަރެން ވެސް އައީ ބޮޑު ވަމުންނެއެވެ […]
މިތުރުންނޭ ހޭލާށޭ ތޫފާނޭ ބޯމަތިވީ މާދަން ވާނޭގޮތްތައް އެކަކަށްވެސް އެނގުމެއްނެތް ފަހު ތާރީޚެއްގައި ބޯ މަތިވީ ބޮޑު ވި ނުރައްކާ ނަވާރައޭ ކޮވިޑުން ނަން ދެވިފައިވީ އެ ވައިރަހަށް ދުނިޔޭ ކަންކޮޅުތަކުގައި ޖެހިގެން ދުނިޔެ އަޅައި ދާ އިންސާނުން ގިނަވެދަނީ މި ވައިރަހުން ނޭ ތެދެކޭ ރާއްޖޭން ވެސް ފެނިގެންގޮސް މާލޭން ވެސް އަދު ފެނުނީ މި ނުރައްކާ ބޮޑުވެދަނީ އަޅެ ކަތުނޭ ވިސްނަބަލަ މިކަމުގަ އެއްވެސް މީހަކު އިސްތިސްނާ ވެފަ […]
އަހަރެންނަކީ އުމުރުން 22 އަހަރު ފުރިފައި ވާ ޒުވާނަކީމެއެވެ . އެތަކެއް ހުވަފެން ތަކެއް އަދި އެތަކެއް އުއްމީދު ތަކެއް ހާސިލް ކުރަމުން އަންނަ ޒުވާނަކީމެއެވެ . އަހަރެންނަށް ޓަކައި އަހަރެންގެ މައިންބަފައިންނާ އި އަހަރެން އެންމެ ގާތް އެކުވެރިން އުޅެމުން ދެއެވެ .. . 15 ޑިސެމްބަރ 1997 އަކީ އަހަރެން ދުނިޔެ އަށް އާ ދުވަހެ އެވެ. އަހަރެންގެ މަންމަ އުފުލި ވޭނާ ރިހުން ނިމުނު ދުވަހެއެވެ . .. އަހަރެންނަށް އެ ދުވަހު […]
ރުޤްގިޔާ ކުރާ މީހާ ބުނާ ގޮތަކަށް އަހަރެން މަސައްކަތް ކުރީމެއެވެ . ސަބަބަކަށް ވަނީ އަހަރެންގެ މަންމަ ސަލާމަތް ކުރުމަށެއެވެ . ކޮންމެ ކަމަކީ ވެސް ފެށުމަކާއި ނިމުން އަންނަ ފަދައިން އަހަރެން ވެސް އުޅުނީ އެކަމުގައި ކަމުން ކޮންމެވެސް ދުވަހަކުން ރަގަޅު ވާނެ ކަމަށް ބަލާފާ އަހަރެން ހިތް ވަރު ކޮށް ފައި މަސައްކަތް ކުރީމެއެވެ އަހަރެންނަކީ ކުރީގައި ފައްޑިތަ އަދި ސިހުރު ގަބޫލް ނުކުރާ މީހެކޭ ބުނެވިދާނެއެވެ . ނަމަވެސް އަހަރެންނަށް ޖެހުނީ މިކަން […]