ގަޑިން ބާރަޖެހުމާއެކު 16 ވަނަ އުފަންދުވަސް އައިސް މަރުޙަބާ ކިޔައިފިއެވެ. އުފަލުން ނަށަމުން ކަހަލަ ގޮތަކަށެވެ. އުފާވަނީ އަހަރެންނަށް 16 އަހަރު ފުރުނީތީއެއް ނޫނެވެ. މިއަދު އަހަރެންގެ އައިޝަތާއި ދިމާވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތީމައެވެ. އަނެއްކާ މިއީ އައިޝަތަށްވެސް މުހިއްމު ދުވަހެއްކަން އަހަރެންނަށް ކަށަވަރުވެފައިވާތީއެވެ. ސަބަބަކީ އަހަރެންދެކެ އޭނާ ވާ ލޯތްބާއި، އަހަރެންނާއެކު ހޭދަކޮށްލެވޭނޭ ވަގުތަކަށް އަބަދުމެ ކުރަމުންދާ އިންތިޒާރެވެ. މިއީ އަހަރެންގެ މި ދެލޮލުން ދެކެ، ދެ އަތުން ހިފައިފައިވާފަދައިން ކަށަވަރުވެފައިވާ ޙަޤީޤަތެކެވެ. އުފަލުންގޮސް އެނދުމަތީގައި […]
ދާދ ދި އެކަކަށް ދުވަހު އަހަންނަށް ލިބުނު ވާހަކަ އަކުން އަހަންނަށް ހުރެވުނީ ތަނެއް ވެސް ނޭންގުނެއެވެ . ހީވީ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ …. އެއީ އުމުރުން 2 އަހަރު ނުފުރޭ ކުޑަ ކުއްޖެއް ރޭޕް ކުރި ވާހަކަ އިންނެއެވެ … އެ ކުޑަ ކުއްޖާ އަށް ހިމާޔައްކަން ދޭން ޖެހޭ ފަރާތުން އެ ކުއްޖާ ފަހަތް އެރި ވާހަކަ އަކުންނެއެވެ . ﷲ ގެ ކޯފާ އަކަށް ނުބަލާ އެ […]
އަހަރެން ވަކި ހިސާބަކަށް އާދެ ވިއްޖެއެވެ …. އަހަންނަށް އެހެން ކަހަލަ އިހުސާސް އެއް ކުރެވުނު ކަހަލައެވެ … އެއްޗެއްގެ ފުން ނޭވާ އަހަރެންގެ ގައިގައި ބީހުނު ކަހަލަ އެއެވެ … ***************** އަހަރެން ކުއްލިޔަކަށް ހުއްޓުން އެރި ކަހަލައެވެ … އަހަރެން ފަހަތް ބަލާލީ މެއެވެ … ނަމަ ވެސް އަހަރެންނަކަށް އެ އެއްޗެއް ފެންނާ ކަށެއް ނެތެ … އަހަރެންނަށް އެއީ އަހަރެންނަށް ކުރެވުނު ކުންހިޔަކަށް ހެދުމަށް ފަހު އަހަރެން އަނެއް ކާ ވެސް […]
ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. މައިރާ އަށް ވިސްނެނީ އޭނާގެ މާޒީގައި ހިނގި ކަންތަތްތަކާ މެދުގައެވެ. އެ ހާދިސާތަކަކީ ދުވަހަކުވެސް މައިރާގެ ހިތުން ފިލައިގެންދާނެ ކަންތައްތަކެއް ނޫނެވެ. އޭނާއަށް މިއަދު މިހުރިހާ އުފަލެއް ލިބުނަސް އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބޭނީ ކަންތައްތައް ހިނގާދިޔަ ގޮތް ރަނގަޅަށް އޮޅުންފިލީމައެވެ. އޭނާގެ ހިތުގައިވާ ހުރިހާ ސުވާލެއްގެ ޖަވާބުތައް ލިބުނީމައެވެ. ********************************************************** އެއީ ގާތްގަނޑަކަށް މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. މައިރާއަކީ ރާއްޖެތެރޭ ރަށަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ހަނދާން ހުންނަން […]
މިއީ ހަޤީޤީ ހާދިސާ އެކެ … އު ކުރުން އެން މެ 22 އަހަރު ޒުވާނަކަށް ދި މާ ވެފައިވާ ހަޤީޤީ ކަ މެއެވެ ……. *********************** 2019 ވަނަ އަހަރުގެ ފަހު ކޮޅެއެވެ … އަހަރެން އުޅެ މުން ދިޔައީ ވަރަށް ވެސް އުފާވެރި ކޮށެއެވެ . ވާ ކަންތައް ނުވާ ކަ ނަމަށް ހަދައިގެން މެއެވެ . ********* އަހަރެން ގަބޫލް ކުރާ ގޮތުގައި ޖިންނީން ނަކީ އެއްވެސް ބައެއް ނޫނެކެވެ . އަދި […]
4 ވަނަބައި އާދުވަހަކަށް އިރުއަރައިފިއެވެ. އަހަރެންހުރީ ރޭގެ ހަނދާންތަކުގެ ތެރޭގައެވެ. އަހަންނަށް އާޒިމްދެކެ ބޭއިންތިހާއަށް ލޯބިވެވިއްޖެކަން ޔަގީންވީ ރެއަށް ފަހުގައެވެ. ހެނދުނުގެ އެވަގުތު އަހަރެން ސައިބޯލައިގެން 7 ޖަހަންވާއިރަށް ފިހާރައަށް ދިޔައީމެވެ. ފިހާރަގެއާއި މާދުރުނޫންކަމުން ފިހާރައަށްދަނީ ހިނގާފައެވެ. އަހަރެން އިނީ ހިޔާލުތަކަށް ގެއްލިފައެވެ. އެއީ ކިތަންމެ ގޯސް ކަމެއްކަން ގަބޫލުކުރަން ބޭނުންވިޔަސް އަހަންނަށް އެހިޔާލުތަކާއި ދުރަށް ދިއުމަށްކުރި މަސައްކަތްވީ ފޫނެތްފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެހެންއިންދާ ސިއްސައިގެން ދިޔައީ މީހަކުއައިސް އަހަރެންގެ ލޯމަތީގައި އަތްއެޅުމުންނެވެ. ދުވި ސެންޓުގެ […]
2 ވަނަ ބައި “ވަން ނިއު މެސެޖު” އަހަރެން ސިއްސައިގެން ދިޔައީ ފޯނަށް މެސެޖެއް އައި އަޑަށެވެ. މެސެޖުގައި އޮތީ “ގުޑް މޯރނިންގ ލަވް” އެހެންނެވެ. އަހަންނަށް ހިނިތުން ވެލެވުނެވެ. އަވަސް އަވަހަށް މެސެޖުގެ ޖަވާބަކަށް “ގުޑް މޯރނިންގ ބޭބީ” މިހެން ފޮނުވައިލީމެވެ. އެއީ މިވީ ހަފަތާއެއްހާ ދުވަސްތެރޭގައި އަހަރެންގެ ދުވަސް ފެށޭގޮތެވެ.ބާއްޖަވެރި ހެނދުނަކަށް އެދި މެސެޖެއް ކޮށްލާނެއެވެ. ނުވަތަ ގުޅާނެއެވެ. އަދި ކޮންމެ ރެއަކު އޭނަ ނިދަން ބޭނުންވާނީވެސް ގުޅައިގެން އޮވެއެވެ.ދުވާލަކު 10ވަރަކަށް ފަހަރު ގުޅާނެއެވެ. […]
3 ވަނަބައި އެންމެފަހުން ހާސްވެ ބިރުގަތްނަމަވެސް އަހަރެން މަންމައަށް ހުރިހާ ވާހަކައެއް ތެދަށް ކިޔާދިނީމެވެ. މަންމަ ބުނީ އަހަންނަށް ކަމުދާނަމަ މަންމައަށްވެސް އެންމެ ރަނގަޅުކަމުގައެވެ.އަދި އެއާއިލާއަކީ ރަނގަޅު އާއިލާއެއް ކަމަށާއި އެހެންކަމުން އާޒިމްވެސް ގޯސްވާނެހެން ހީނުވާކަމުގައެވެ. އެހެންނަމަވެސް ގޯސްކޮށް ނޫޅުމަށް މަންމަ ނަސޭހަތްދިނެވެ. އަހަރެން އެވާހަކަ އާޒިމްގާތު ބުނުމުން އޭނަވެސް ހުރީ ވަރަށް އުފާވެފައެވެ.އަދި އޭނަގެ އާއިލާ މީހުނަށްވެސް އަހަރުމެންގެ ގުޅުން އެންގިއެވެ. އޭގެ ފަހުން ކޮންމެދުވަހަކުވެސް އޭނާ އަހަރެންގެގެއަށް އާދެއެވެ. އާޒިމްވީ އަހަރެންގެ މަންމަމެންނާއި ކޮއްކޮމެނަށްވެސް ވަރަށް […]
އަނެއް ދުވަހު މައިރާއަށް ހޭލެވުނު އިރު އަދުހަމް އޮތީ މައިރާއާ ދިމާއަށް ބަލާށެވެ.” ގުޑް މޯރނިންގ ސަންޝައިން…” މައިރާ ލޯ ހުޅުވާލުމުން އަދުހަމް ބުންޏެވެ.” ހްމްމްމް… މޯރނިންގ…” އަދުހަމްގެ އަތު ތެރޭ އިތުރަށް ބޮނޑިވެލަމުން މައިރާ ބުންޏެވެ.” ކިހާ އިރެއް ވެއްޖެ މިހާރު؟” އިރުކޮޅެއް ފަހުން މައިރާ އަހާލިއެވެ.” ހަތެއް ޖެހީ…” އަދުހަމް ބުންޏެވެ.” އަސްލުވެސްތަ؟” ކުއްލިއަކަށް ތެދު ވަމުން މައިރާާ އަހާލިއެވެ.” ކިހިނެއްވީ؟” މައިރާގެ އަތުގަ ހިފަހައްޓާފައި އަދުހަމް އެހިއެވެ.” މާ ލަސްވެއްޖެ… ދެން ދޫކުރޭ…” […]