Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

ދުޢާ 3ވަނަ ބައި

lyn Level 110 Stories
August 24, 2015 4 Mins Read
22 Comments

އަހަރެން ކުރިން ނިންމައިގެން ހުރީ ޓްރެއިނިން ހަނދަމުންދިޔަ ތަނުގައި ވަޒީފާ އަދާކުރުމަށެވެ. ނަމަވެސް ރިސޯޓްތަކުގައި މަސައްކަތްކުރަން ޖެހޭނެތީ އެވިސްނުން ބަދަލު ކުރީމެވެ. ދޮޅު މަސްދުވަހުގެ އިންޑަސްޓްރިއަލް ޓްރެއިނިން ނިންމުމަށްފަހު އަހަރެން ނިންމީ ކޮލަޖަށް ހުށަހަޅަންޖެހޭ ޓްރެއިނިން ފޯމްތައް ހުށަހެޅުމަށްފަހު ރަށަށް ދާށެވެ. ރަށަށް ދެވުނީ އެއަހަރުގެ ރޯދަމަހަށެވެ. އެއަށްފަހު ރަށުގައި ދިރިއުޅެން ފެށީމެވެ. އަހަރެން ކިޔެވި ދާއިރާއާއި ގުޅުން ހުރި ކުންފުންޏަކުން ވަޒީފާއެއް ހުސްވީ ހަމަ އެދުވަސްކޮޅެވެ. އަހަރެން އެޕްލައި ކުރި ވަޒީފާއަށް ވުރެ މަތީ މަގާމެއްގެ ވަޒީފާއެއް އަހަރެންނަށް ލިބުނެވެ. ފެނަކަ ކުންފުނީގެ ފަރާއިތުން ހިންގަމުންދިޔަ އަހަރެމެން ރަށުގެ އިންޖީނުގޭގެ ހިންގުން އަހަރެންނާއި ހަވާލު ކުރެވުނެވެ. ﷲއަށް ހަމްދު ހުއްޓެވެ. ރަށުގައި މަންމަމެން ކައިރީގައި ހުރެގެން އަދާ ކުރެވޭނެ މުސާރަ ހެޔޮވަރު، އުޅެންފަސޭހަ، ޒިންމާބޮޑު އަދި ރަނގަޅު ވަޒީފާއެއް ލިބުމުން އަހަރެން ރަށުގައި ދިރިއުޅުން ވޭތުކުރަން ނިންމީމެވެ.

ވަޒީފާގައި އުޅެން ފެށުމުން އަތްމަތި ތަނަވެސްވެ ހޭދަކުރެވޭ ނިސްބަތް އިތުރު ވެއްޖެއެވެ. ރައްޓެހިންނާއިއެކު ރަށުގެ ހޮޓާތަކަށްގޮސް ކޮފީބޮއެ، ފައިސާއިން އިސްރާފް ކުރެވެން ފެށިއެވެ. ރަށުގައި ބޭއްވޭ ކުޅިވަރުގެ އިވެންޓްތަކަށް އަހަރެންގެ މުސާރަ ހަރަދު ކުރެވެންފެށިއެވެ. ގަދަޔަށް ސިގިރޭޓް ބޯމީހުންނާއި އެކު އުޅެވެން ފެށިއެވެ. އެމީހުން ބޮމުންދާ ސިގިރޭޓްގެ ދުންތަކުން އަހަރެންގެ ހަށިގަނޑަށް އެދުންތަކުން ހަމަލާދޭން އަހަރެން އެންމެންގެ މެދުގައި އެތައް ވަގުތެއް ހޭދަކުރެވެން ފެށިއެވެ. ރޭގަނޑު ވަރަށް ލަސްވަންދެން އެމީހުންނާއި އެކު އުޅެން ފެށިއްޖެއެވެ. އެމީހުންގެ މަގުސަދަކީ އަހަރެންވެސް އެމީހުންހެން އުޅޭގޮތައް އުޅުންހެން އިހްސާސް ކުރެވުނެވެ. ނަމަވެސް އަހަރެންނަށް އެމީހުންނާ ދުރަކަށް ނުދެވުނެވެ. އަހަރެން އެކަމަށްޓަކައި މަސައްކަތް ކުރީމެވެ.

އަހަރެން އުޅެއުޅެވެސް އެމީހުންނަކާއި ދުރަކަށް ނުދެވުނެވެ. އަހަރެން ގަސްދުކުރީ ގިނައިން ނަމާދު ކުރާށެވެ. އަދި އަހަރެންﷲ ދުޢާކުރަން ފެށީމެވެ. އަނެއްކާވެސް އަހަރެން ބަލި ވެއްޖެއެވެ. މިފަހަރު ވަރުގަދަ މީހަކަށް ޖެއްސުމެއް ކޮއްލުމުން އެމީހަކު ބަދަލު ހިފާ ބީދައިން އަހަރެނަށް ބަލީގެ އުދަގޫތައް ވާންފެށިއެވެ. އަހަރެން ދުވަހަކުވެސް މިވަރަށް ބައްޔެއްނުވެއެވެ. އަހަރެންނަށް އޮފީހަކަށް ނުދެވުނެވެ. ހަފުތާއެއްވަންދެން ގޭގައި އެއްވެސް ތަނަކަށް ނުގޮސް އޮތީމެވެ. އަހަރެންނަކަށް އަމިއްލައަށް ނުވެސްކެވެއެވެ. އަހަރެންނަށް ކެވެނީ މަންމަ ކާއެއްޗިހި ހިފައިގެން ކޮޓަރިއަށް އައިސް ސަމުސަލުން އަގައަށް ލަވައިދިނުމުންނެވެ. އަހަރެންނަށް ވާހަކައެއް ނުދެއްކެއެވެ. ދުވާލަކު އަހަރެންނަށް ބުނެވެނީ މަދު ލަފުޒުތަކެކެވެ. އަހަރެންގެ ދުލުގައި ކަސްތޮޅެއް އެޅިފައިވާ ކަހަލައެވެ.

އަހަރެން މޮޔަނުވީ ކިރިޔާއެވެ. އެކަމަކަ ﷲގެ ރަހުމަތުން އަހަރެންނަށް ކެތްކުރެވެއެވެ. އަހަރެން ދެރަވެގެންގޮސް ހަލާކުވާވަރުވިއެވެ.  އެކަމަކު އަހަރެންނަށް ވަރަށް ބޮޑު ޔަޤީންކަމެއް އޮވެއެވެ. ޤުރުއާނުގެ އާޔަތެކެވެ. ސޫރަތުލް ބަޤަރާގެ ފަހު އާޔަތެވެ.” ﷲ އެއްވެސް ނަފްއަކަށް، އެނަފްސްއަކަށް ކުޅަދާނަވެގެންވާމިންވަރަކަށް މެނުވީތަކްލީފެއް ނުޖައްސަ ވައެވެ……………………….” އެއީ ހައްޤުތެދުކަން އަހަރެން ޔަގީން ކުރަމެވެ. އަހަރެންނަށް ދިމާވެފައިވާ ކަމަކީ އިމްތިހާނެއް ކަމުގައި ނިންމައި އަހަރެން ކުރިއަމަލެއްގެ ޖަޒާކަމުގައި އަހަރެން ގަބޫލު ކުރީމެވެ. އަހަރެން ނަމާދެއް ވައްޓާނުލައި ކުރިއަށް ގެންދިޔައީމެވެ. ކޮންމެ ހާލެއްގައިވެސް ނަމާދު އަހަރެންނަށްވީ އެންމެ ފުރިހަމައަކަށް ކުރަމުން ދިޔައީމެވެ. އަހަރެންނަށް ހެދުނާއި ހަވީރުގެ ޒިކުރެއް ނުކިޔެވެއެވެ. އަހަރެންގެ ދުލެއް އެކަމަކަށް ހަރަކާތެއް ނުކުރެވެއެވެ.

އަހަރެންގޮވައިގެން ގޭގެ އެންމެން މާލެއަށް އައެވެ. ބައްޕަވެސް ކޯހަކަށް މާލެ އަންނަން ޖެހުމުންނެވެ. އަހަރެންގެ ކަޒިން ޝެއިހް އޭރު އުޅެމުންދިޔައީ މާލޭގައެވެ. އަހަރެން އޭނައާއި ބައްދަލު ކުރީމެވެ. އަދި އޭނަގެ އެހީގައި ރުޣްޔާ ހެދީމެވެ. މަޑުމަޑުން އަހަރެންގެ ބަލި ފަސޭހަވާން ފެށިއެވެ. އަހަރެންގެ ދުލުގައި އެޅިފައިވާ ތަޅު ނެއްޓުނެވެ. ދުލުން ހެޔޮއެއްޗިހި ކިޔުން ގިނަކުރީމެވެ. ސޫރަތުލް ބަޤަރާ ކޮންމެ ދުވަހަކު ކިޔަވަން ފެށީމެވެ. އަހަރެންނަށް ރަށުން ލިބިފައިއޮތް ވަޒީފާވެސް ދޫކޮއްލީމެވެ. އަދި ވަގުތީ ގޮތުން މާލޭގައި ހުންނަންޖުނެވެ. އަހަރެން ﷲއަށް ޝުކުރު ވެރިވީމެވެ. އަހަރެންނަށް ޝިފާދެއްވީ އެފަރާތެވެ.

އަހަރެން ދެދުނިޔޭގެ ހަޔާތް ބާއްޖަވެރިކުރަން އިތުރަށް މަސައްކަތްކުރަން ފެށީމެވެ. އަދި ކުރިން އުޅުނު ގޮތައްވުރެ ރަނގަޅަށް އުޅެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައީމެވެ. އަދި ދުވަހަކުވެސް ގޯސްރައްޓެހިން ނުހޯދުމަށް އަޒުމު ކަނޑައެޅީމެވެ. އަހަރެންގެ ހަޔާތުގައި އެޅުނު ނުބައި ފިޔަވަޅުތަކަށް އަނެއްކާވެސް ތައުބާވާން ފެށީމެވެ. އަހަރެންނަށް ބަލި ފަސޭހަވީކަމުގެ އިހްސާސް ކުރެވުމުން އަމިއްލަ ކުންފުންޏެއްގެ ވަޒީފާއަށް ދާންފެށީމެވެ. އަދި އަށެއްކަމަސް ފަހުން ﷲގެ ހެޔޮރަހްމަތުން ސަރުކާރުގެ ރަނގަޅު ވަޒީފާއެއެ ލިބުނެވެ. އެއަހަރު އަހަރެން ހޭދަކުރީ މާލޭގައެވެ.

އެއަހަރު ފަހުކޮޅުގައި އަހަރެންގެ ފިރިހެން ކޮއްކޮ މީހަކާއިންނަން ނިންމިއެވެ. އަހަރެން ވަރަށް އުފާވެސް ވިއެވެ. އެކަމަކު ހަގީގަތުގައި މިކަމަކީ އަހަރެންގެ ހަޔާތުގައި އެންމެ ބޮޑަށް އަހަރެންނަށް ދެރަވި ދުވަސްތަކެވެ. ކޮއްކޮދެކެ އަހަރެން އިންތިހާއަށް ލޯބިވެއެވެ. އަހަރެންވެސް ހުރީ މީހަކާ އިންނަން ވަރަށް ބޭނުންވެފައެވެ. ނަމަވެސް އަހަރެންނަށް އިންނާނެ ރަނގަޅު ކުއްޖެއް އޭރަކު ނުލިބެއެވެ. އަހަރެން ދެރަވީ ކޮއްކޮ މީހަކާއި އިނީމައެއް ނޫނެވެ. އަހަރެންގެ ވާހަކަތައް ހިއްސާކުރާ އަހަރެންގެ ބެސްޓް ފްރެންޑް އަހަރެނާއި ތަންކޮޅެއް ދުރަށް ދިޔައިމައެވެ. އަހަރެންންނަކީ އަސްލު މާލޭގައި އެހާ އުޅެން ބޭނުން މީހެއް ނޫނެވެ. ބޮލަށް އުދަގޫ ތަނަކަށް ވާތީއެވެ. އަހަރެންނާއި ކޮއްކޮ ކޮންމެ ހަފުތާއަކު ހުޅުމާލެ ދަނީވެސް މާލޭގެ ވަޔައްވުރެ ސާފުވަޔެއް ހަށިގަނޑަށް ހޯދުމަށެވެ. ސިކުނޑި ތާޒާ ކޮއްލުމަށެވެ. ނަމަވެސް އޭނާގެ ހަޔާތަށް އަންބަކު އައުމުން އަހަރެންނަށް އެފުރުސަތު ގެއްލުނެވެ. ކޮއްކޮ އަންބަކު ހޯދައިގެން ދިރިއުޅުމެއް ފެށިއެވެ. އަހަރެންނާއިއެކު ވާހަކަ ހިއްސާކުރާ އަހަރެންގެ އިހްސާސްތައް ދަންނަ ކޮއްކޮ ދިއުމުން އަހަރެން ވަރަށް އެކަނިވިއެވެ.

އަހަރެންގެ މަންމަމެން އެއަހަރު ނިމުމުން ރަށަށް ދިޔައީއެވެ. އަހަރެން މާލޭގައި މަޑުކުރީމެވެ. ކުރިއަށްވުރެ އަހަރެން އެކަނިވިއެވެ. އެހެންކަމުން ހަޔާތުގެ ބައިވެރިއެއްގެ އުނިކަން އިހްސާސް ކުރެވެމުން ދިޔައީ ވަރަށް ބޮޑަށެވެ. އަންބެއް ހޯދުމުގެ ވިސްނުން ވަރައް ބޮޑަށް އަންނަން ފެށިއެވެ. އެކަމަށްޓަކައި މަސައްކަތް ކުރަންފެށީމެވެ.

އަހަރެން ﷲއަށް ދުޢާ ކުރަން ފެށީމެވެ. އަހަރެން ކުރި ދުޢާ އަކީ ދުނިޔޭގައި އިންސާނަކަށް އަންބަކު ހޯދުމަށް ކުރެވޭނެ އެންމެ ރިވެތި ދުޢާތަކުގެ ތެރެއިން ދުޢާ އެކެވެ.” وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا “﴿٧٤﴾   ސޫރަތުލް ފުރްޤާން. މާނަ: ” އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!” މިއީ އަހަރެން ހެޔޮލަފާ އަންބެއް ހޯދުމަށްޓަކައި ކުރި ދުޢާއެވެ. އެތައް ރޭތަކާއި އެތައް ދުވަހެއް އަހަރެން މިދުޢާ ކުރުމުގައި ދެމިހުރީމެވެ. އަހަރެން ދަމުނަމާދަށްފަހުވެސް މިދުޢާ ކުރަމަވެ.

އަހަރެން ދުޢާކުރުމުގައި، މާޔޫސް ނުވަމެވެ. ﷲގެ ހެޔޮ ރަހްމަތުން އަހަރެން އިހްލާސް ތެރިކަމާއެކެ ކުރާ ކޮންމެ ދުޢާއަކުން އެކަމުގެ ފޮނިމީރުކަން ހާސިލްކުރެވެއެވެ. މާޝާﷲ އެވެ. އަހަރެން އެއާޔަތުން ދުޢާކުރަނީ ނަމާދުތަކަށްފަހު ތިންފަހަރުއެވެ. ނަމަވެސް ބައެއްފަހަރު ނަމާދު ކޮއްގެން ދުޢާ ނުކޮއްވެސް ހުރެވެއެވެ. އެކަމަކު ޢާމުކޮއް އަހަރެން ނަމާދަށްފަހު ހަމަދުޢާ ކުރަމެވެ. އަހަރެން ދިމާވާ ރައްޓެހިން ގާތު އިންނާނެ ކުއްޖެއް ހޯދަދޭށޭ ބުނަމެވެ. އަހަރެން ބެނުންވީ އެރޭންޖް މެރިއޭޖްއެކެވެ. އިސްލާމްދީން ބާރުއަޅަނީ މިއަދުގެ ގިނަ ޒުވާނުން ބޭނުން ކުރާ އުސޫލުނޫންކަން އަހަރެން ގަބޫލު ކުރަމެވެ.

އެއްދުވަހަކު އަހަރެން މިސްކިތުން ފައިބައިގެން ގެއަށް އަންނަން އުޅެނިކޮށް އަހަރެން ނުވެސް ދަންނަ ކުއްޖަކު އަހަރެންނަށް ސަލާމް ގޮވާލިއެވެ. އަހަރެން އޭނާގެ އަތުގައި ހިފައި ސަލާމް ކޮއްލީމެވެ. ކުޑަކޮށް ވާހަކަ ދައްކާލިތަނާ އޭނާ އަހަރެންގެ ގާތުން އަހަރެން ކައިވެނިނުކޮއް ހުރުމުން އެކަމަށް ބޭނުންތޯ އެހިއެވެ. އަހަރެން އާއެކޭބުނުމުން އޭނާ ވަރަށް ރަނގަޅު ކުއްޖެއް ހުރިވާހަކަ ބުންޏެވެ. އަހަރެންގެ ނަންބަރު ނެގުމަށްފަހު އޭނާ ގުޅާނަމޭ ބުންޏެވެ. ދުވަސްކޮޅެއްފަހުން އަނެއްކާ އޭނައާ ދިމާވިއެވެ. އޭނާބުނީ އަންހެންކުއްޖާގެ ފެމިލީ މާލޭގައި ނެތުމުން މިވަގުތު ވާންނެތްކަމެވެ. އަނެއްކާވެސް މިސްކިތުން އޭނާއާއި ދިމާވިއެވެ. އެދުވަހު އަންހެން ކުއްޖާގެ ބައްޕައާއި މީޓްކުރަން އޭނާ ފުރުސަތު ހޯދައިދިނެވެ. 2014ފެބްރުއަރީ 2ވަނަ ދުވަހެއްގެ ރެއެވެ. އަހަރެން އެއަންހެން ކުއްޖާގެ ބައްޕައާއި މީޓްކޮށް ހެދީމެވެ. އަދި އެކުއްޖާގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅާއި ވާހަކަ ދައްކާފައި ގޮތެއްނީންމާނީ ކަމަށެވެ. އަދި އަހަރެންގެ ފޮޓޯއެއް ނެގިއެވެ. އަންހެންކުއްޖާގެ ފޮޓޯއެވެސް އަހަންނަށް ދެއްކިއެވެ.

އަހަރެން އޭގެފަހުން ދެރޭދޫކޮއްފައި އެގެއަށް ދިޔައީމެވެ. އަހަރެން ބޭނުންވާ ކަހަލަ ކުއްޖެކެވެ. އަދި އަންހެންކުއްޖާއާއި ވާހަކަ ދެއްކީމެވެ. އެކުއްޖާ ޖަވާބެއް ދޭނެ ކަމަށް ބުންޏެވެ. އޭގެ ދެރެއެއްފަހުން އަރަހެންނާއި މެރީކުރަން އެއްބަސްވިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަދި ކައިވެންޏަށް ތައްޔާރުވީމެވެ. ބަރާބަރު ދެމަސްފަހުން ކައިވެނި ކުރެވޭނެ ގޮތްހަމަޖެހުނެވެ. ﷲއަށް ހަމްދު ހުއްޓެވެ. އަހަރެން ބޭނުންވާ ފެންވަރު ކައިވެނި ވަލީމާއެއްވެސް ބޭއްވުނެވެ. އަހަރެންނަށް އަހަރެން ކުރި ދުޢާތަކުގެ ފޮނި މީރުކަން ލިބުމުންނެވެ. އަހަރެން ބޭނުންވިކަހަލަ ޕްރިންސެސްއެއް ލިބުނީއެވެ. އަހަރެން އުފާވެއެވެ. ލޯބި ލޯބި އަންބެއް ލިބުނީމައެވެ. އަހަރެންގެ ލޯބި ދެވުނު އެންމެ ފުރިހަމައަށް ދެމެވެ. އަދި އަހަރެންވެސް އުފަލުން ފުރޭވަރަށް ލޯބިލިބެއެވެ.އަދިވެސް ﷲއަށް ހަމްދުކުރަމެވެ. އަހަރެންގެ ދުޢާ އިޖާބަ ކުރެއްވީތީއެވެ. އަހަރެން އެދެނީ އެންމެންވެސް ދުޢާ ކުރުމަށެވެ. އެކަމުގެ ފޮނިމީރުކަން ހާސިލްކުރުމަށެވެ.

 

 

 

Share Article

Follow Me Written By

lyn

Level 110 Stories

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

ހަތަރު އުދަރެސް (20)

Next

ދިމްޔާ (6 ވަނަ ބައި)

Next
August 24, 2015

ދިމްޔާ (6 ވަނަ ބައި)

Previews
August 24, 2015

ހަތަރު އުދަރެސް (20)

22 Comments!

  1. naha says:
    August 24, 2015 at 2:00 pm

    vvvvvvvvvvvvvvvvvvv ibraiyytheri n reethi

  2. Anonymous says:
    August 24, 2015 at 2:27 pm

    Dhivehi bahah gonjehi hen heevee baeh jumlathah kiyaafa.. meet ah dhivehin kiyany bahdhalu kurun.. Marry ah kiyany kaiveni.. Marry kurumeh noon kaiveni kurun. meet kurumeh noon. Bahdhalu kurun.. Mee dhen meehakah neygey varuge basthakeh tga? Thihaa igireysin vaahaka dhahkaa hiyvanyaa igiresi bahun vaahaka liyanveenu.. Dhivehi bahah kon malaamaatheh kuraakah tha?

  3. lyn says:
    August 24, 2015 at 2:34 pm

    ތިޔަ ފާޅުކުރެއްވި ހިޔާލު ނުހަނު ލަދުވެތިކަމާއިއެކު ހިތުގެ އެންމެ އިހްލާސްތެރިކަމާއިއެކު ބަލައިގަންނަން. ދެން ފަހަރަކުން އިންޝާ ﷲ ތިފަދަ ކުށެއް ތަކުރާރު ނުކުރާނަން.

  4. kada says:
    August 24, 2015 at 2:40 pm

    Dhn dua kyma nuvane kameh netheh nu???maa over…. Knme kameh vyma ves dua kuryma hallu libey….myhun aadhey innan haadha koosani vaahaka thakekey mee…..

    1. Believer says:
      August 24, 2015 at 3:31 pm

      @ kada
      Dhuaa kohgen nuvaane kameh neh hageegathugaves. Allah ge hazrathugai heyo hithun kurevei dhuaa akee eige javaabu nulibi nudhaane ehcheh. This is my experience, my learning, and my belief.

    2. ree says:
      August 24, 2015 at 3:56 pm

      Kada mennah neygunas aslu hageegathuga ves dua kohgen nuvaane kameh nei.. Allah ah ithubaaru koh hithuge yageen kan baavaigen dua kuraa meehaa ge dua ijaaba nukuravvaa radhdhukurumah Allah tha’ala ladhuvethive vodigen vaakama hadhees ga onnaane.. ekalaange ee fudhivodigen vaa rahmaanvatha ilaah. Kada ah ekan ihusaas nuvaathee hithaama kuran.

  5. shshsh says:
    August 24, 2015 at 4:19 pm

    kada
    thiya fadha ehcheh bunaa iru allah biruvethi ve bala…allah e dhuaa ijaaba kurahvaa raskalan’ge

  6. Saeed says:
    August 24, 2015 at 5:30 pm

    Kada allah ah buruvethivey. Kufuru bas nubune dhenves thauba vey. Allah ge hazrathah kuraa dua akee waste vaa ehcheh noon. U need to learn more about islam dear

  7. Saana says:
    August 24, 2015 at 6:01 pm

    In shaa Allah v reethi vahakah

  8. xxx says:
    August 24, 2015 at 6:16 pm

    mee kada mee beethaa eh dhw… kaakuge baaruntha dhuniyega thi ulheny.. biruvethivey allah ah…

  9. Naax says:
    August 24, 2015 at 6:22 pm

    Allah ah knmekamehga vx dhuaa kureveyne ekanthakakee over wumehnun……maasha allah v.reethi mivaahaka

  10. Axoo says:
    August 24, 2015 at 6:53 pm

    Varah reethi vaahakaeh.v iburaiytheri vaahakaeh.

  11. ❤shif zai❤ says:
    August 24, 2015 at 8:56 pm

    Awsome story

  12. Meera says:
    August 25, 2015 at 6:36 am

    Hada reechey. Mee hagegey vahaka eh dhw. Dua is also a worship. Dua kurumun savabu libey. Dua ijaba nukurava lasviyas ekamun maayoos vume nei. Ae dua ge sababun eyna v bodu faida thake libey.

  13. Azki says:
    August 25, 2015 at 4:33 pm

    varah reethi story 🙂

  14. sau says:
    August 26, 2015 at 12:57 am

    reethi

  15. nuxu says:
    August 26, 2015 at 6:35 pm

    Kada Allah hazrathah kuraa kn me dhua eh ves ekalaange adu asavaane adhi ekallaage ee dhu ijaaba kurahvaa raskallaage…. u need to learn more about islam… v nice story eh keep it up…

  16. shx says:
    August 28, 2015 at 1:17 pm

    kada bunantha vaahakaeh..mashah fennanyy thigola vaahaka kiun huttalan..namun vx ingey meehaku kura bura evvx masahkathakah shukureh adhaeh nukuraanekann..mulhinvxx kada coment kada ehchehi kada kada kada…meehun lia vaahaka ah coment nukuran mashah fennanyy..thikianyy faadeh nuun..thikuranyy malaamaaiyy…really ladhu…..

  17. shx says:
    August 28, 2015 at 1:18 pm

    mashah fennanyy dheenee vaahaka kiann kada…ehcheh visni ingeynyvx eyrunn dhw…

  18. butterfly says:
    September 7, 2015 at 5:12 pm

    alheyy kyvetha mivaahaka continue nuvany 🙁 …mivaahaka v v v v v v rythiiiii….plxxxxx mivaahaka continue kohdhehcheyyy….waiting for the next part

  19. aisha says:
    September 19, 2015 at 5:11 pm

    V v reethi

  20. nanno says:
    April 9, 2018 at 1:18 am

    kada thandhoru olhun nufilaanama alun kiyavan ulhey neygunass thee boduvaru

Comments are closed.


All Right Reserved!