Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

ދިރިހުރުމަށް…

PluviophileNyctophilia Level 110 Stories
August 8, 2015 3 Mins Read
24 Comments

ނޯޓް: މިއީ ހަޤީޤީ ހާދިސާއެކެވެ.
ހަނގުރާމަ ފެށުމުގެ ކުރީން އަހަރެންނާއި އަހަރެންގެ ޢާއިލާ ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. އެހެނަސް، ހަނގުރާމަ ފެށުމުން ތަދުމަޑުކަމުގެ ހިތި ރަހަ ލާން ފެށިއެވެ. ކާނޭ އެއްޗެއް ނެތްތާނގައި ބޯނޭ ފެންފޮދެއްހާ ހިސާބުވެސް ލިބެނީ ވަރަށް ޙާލުންނެވެ. އެލިބޭ މަދު ފެންފޮދުވެސް އަހަރެމެން ބޮނީ ކިހިނެއް ކަމަށް ހެއްޔެވެ؟ ތުންފަތުގައި ފެންފޮދެއް ހަމައެކަނި ހޭކޭ ވަރަށޭ ބުންޏަސް ދޮގަކަށް ނުމެވާނެއެވެ.
މިހެން އުޅެނިކޮށް، އަހަންނަށް ޚަބަރު ލިބުނީ ވަރަށް ދުރު ހިސާބެއްގައި ފެންހުރި ވަޅެއް ހުރިކަމެވެ. އެހެންވެ، އަހަރެން ނިންމީ އަހަރެންގެ ތިން ކުދިންވެސް ގޮވައިގެން އެހިސާބަށް ދިއުމަށެވެ. ލޯބިވާ މަންމައާ ސަލާންކޮށް ތިން ދަރިން ލައްވާވެސް ސަލާން ކުރުވީމެވެ. އަހަރެންގެ ހިތް ބުނެއެވެ. ދެން މިކުދިންނާ އެކުދިންގެ މާމައާ ބައްދަލެއް ނުވާނެއެވެ.
“މަންމާ! ކީއްވެ؟ ކީއްވެ އަހަރެމެން މިދަނީ އެހިސާބަށް؟” ދޮށީ ފިރިހެން ދަރިފުޅު އެއްސެވެ.
“ދަރިފުޅާ، މަންމަ މިކަންތައް މިކުރަނީ ދަރިފުޅުމެންނަށްޓަކައި.” އަހަރެން ޖަވާބުގައި ބުނީމެވެ.

ސަހަރާތެރޭގައި، ހުސްފައިގައި ދަތުރުކުރާތާ އެއް ދުވަސް ހޭދަވެއްޖެއެވެ. އެދިލަ ހޫނުން ހަތަރު މައިން ފިއްސަމުން ގެންދިޔަޔަސް އަހަރެމެންނަށް ފަރުވާލެއް ނެތެވެ. ހިނގުމަށް ބަދަލެއް ނުގެންނަމެވެ. ވަރުބަލި ފިލުވާލަން ތަނެއްގައި ޖައްސާލުން ފިޔަވައެވެ.
ދޮށީ އަންހެން ދަރިފުޅު އަދި ހުރި ހަމައެކަނި އަންހެން ދަރިފުޅު ވަރުދެރަވާން ފެށިއެވެ. އޭނާއަށް ހިނގެނީވެސް ވަރަށް މަޑުންނެވެ. ވެފައިވާ ވަރުބައްޔާއި ބަނޑުހައިކަމުންނެވެ. އޭނާއަށް ނުހިނގޭނެއޭ ހީވާ ދަރަޖައަށް ދިއުމުން އޭނާގެ ބޭބެ އޭނާ އުފުއްލާލިއެވެ. ބޭބެއޭ ބުންޏަސް އޭނާއަށްވުރެ އޭނާގެ ބޭބެ މާ ދޮށްޓެއްވެސް ނުވާނެއެވެ.
އަންހެން ކޮއްކޮ އުރާލައިގެން ކަހަލަ ގޮތަކަށް، ފިރިހެންކުއްޖާ ހިނގަމުން ދިޔައެވެ. އަހަރެންގެ އުރުތެރޭގައި އިން ކުޑަކުޑަ ދަރިފުޅުވެސް ބަނޑުހައިވެގެން ރޮނީއެވެ. އެންމެ ފަހުން، ވަރުބަލި ފިލުވާލުމަށްޓަކައި ހިކި ދަނޑި ގަހެއްގެ ދޮށުގައި ޖައްސާލީމެވެ.
އަންހެން ދަރިފުޅު އޭނާގެ ބޭބެ އުނގުގައި އޮވެގެން ފަހު ނޭވާ ދޫކުރީވެސް އެގަޑީގައެވެ. ހިތަށް އަސަރު ކުރިއެވެ. އެހެނަސް، ކެތް ކުރުން ނޫން ގޮތެއް ނެތެވެ. ބަނޑުހައިހޫނުކަމުގައި އެތައް ބައެއް، އަހަރެންގެ ކުރިމަތީގައި ވަނީ މަރުވެފައެވެ. އޭރުވެސް ހީވިއެވެ. އަންހެން ދަރިފުޅު މި މަރުވަނީއެވެ. އެންމެ ފަހުން މިކުއްޖާ އަރުތެރެއަށް ކާއެއްޗެއް ލީ ކޮން ދުވަހަކު ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.
އެކުއްޖާ މަރުވި ތާނގައި، ގަސްބުޑުގައި ވަޅުލުމަށްފަހު، އަހަރެމެން އަނެއްކާވެސް ހިނގައިގަތީމެވެ. ދެދުވަހެއް ވަރު ވޭތުވިއެވެ. ފިރިހެން ދަރިފުޅުގެ ވަރު ދެރަވާން ފެށިއެވެ. އެހެންވިއަސް، އޭނާ ވަރަށް ހިތްވަރުގަދައެވެ. ކުރިއަށް ދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އެދުވަހު، އޭނާގެ ފުރާނަ ހަށިގަނޑާ ވަކިވިއެވެ. އޭނާގެ ބޮލުގައި ފިރުމާލަ ފިރުމާލާ އެހެން އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އިރުއޮއްސެން ފެށުމުން މިތާ މާގިނައިރު ނުތިބެވޭނެކަން އަހަންނަށް އެނގުނެވެ. އެހެންވެ، ހިތާ ދެކޮޅަށް ދެވަނަ ދަރިފުޅުވެސް ވަޅުލާފައި ހަގު ދަރިފުޅު އުރާލައިގެން އަހަރެން ހިނގައިގަތީމެވެ.
މާސިންގާ ހަނަފަސް ސަހަރާތެރޭގައި ހިނގަމުން ދިޔައިރު ހިތުން ދުޢާކުރެވުނެވެ. މިނޫން ދުވަހެއް ދައްކަވާތޯއެވެ.
އެގޮތުގައި، އަހަރެމެން ދެމައިން ދަތުރުކުރާތާ ހޭދަވީ ދުވަހުގެ އަދަދެއްވެސް އަހަންނަކަށް ނޭނގެއެވެ. އެންމެ ފަހުން، ޓެންޓެއް ޖަހާފައި ހުއްޓާ ފެނިގެން އެދިމާއަށް ދިޔައީމެވެ. އޭރު ހަގު ދަރިފުޅުގެ ޙާލުވެސް ވަރަށް ދެރައެވެ.
އެޓެންޓު ތެރޭގައި އަންހެނަކު ނިދާފައި އޮތެވެ. އަހަރެން އޭނާއަށް ގޮވާ ހޭލެއްވީމެވެ. އަދި އަހަރެން އަންނަންދެން ދަރިފުޅު ބަލާދިނުމަށް އެދުނީމެވެ. ހޫނުގަދަ އަވީގައި އިތުރަށް އުޅެންވެއްޖެނަމަ، އެކުއްޖާފުޅުގެ ޙާލު މާބޮޑަށް ދެރަވެދާނެތީއެވެ.
ޓެންޓުން ނިކުމެގެން ދިޔައިރު އޭގެ ތެރެއިން ދަރިފުޅު ރޯއަޑު ވަރަށް ގަދަޔަށް އިވުނެވެ. ނަމަވެސް އެނޫން ގޮތެއް ނެތެވެ.
އެއްދުވަސް އެއްރޭ ވީއިރު، ފެން ހުރި ވަޅު އަހަންނަށް ފެނުނެވެ. އަތުގައި އޮތް ބާލިދީއަށް ފެން އަޅައިގެން އަހަރެން ހިނގައިގަތީ ކަރުތެރެއަށް ފެންފޮދެއް ނުވެސްލައެވެ. އެފެންފޮދު ދަރިފުޅަށް ދިނުމަށްފަހުގައި ނޫނީ އެއިން ފޮދެއްވެސް އަރުތެރެއަށް ލާން މައި ލަގޮނޑިއަށް ކެތްނުވީއެވެ.
ޓެންޓު ތެރެއަށް ވަނީ ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ. ދެދަރިން ނިޔާވުމަށްފަހު، ހަގު ކުއްޖާ ސަލާމަތްވާނެކަމުގެ ފޮނި އުންމީދާއެކީގައެވެ. އެހެނަސް، އަންހެންމީހާ ގާތު ދަރިފުޅު ކޮބާހޭ އެހުމުން ލިބުނު ޖަވާބުން އަހަރެންނަށް އިތުރަށް ކެތެއް ނުވިއެވެ. ވާރޭ ފަދައިން މިލޮލުން ކަރުނަ އޮއްސީމެވެ. އާނއެކެވެ. އަހަންނަށް އާދެވުނުލެއް މާ ލަސްވީއެވެ. ރޭ، ދަރިފުޅު މަރުވެއްޖެއެވެ. އަދި އެކުއްޖާ ވަޅުވެސް ލައިފިއެވެ.
**********************************************************************************
މިވާހަކަ، އެއަންހެންމީހާ ކިޔައިދިނީ ސޯމާލިއާއަށް އެހީ ހިފައިގެން ދިޔަ ރެޑް ކްރެސެންޓު ޖަމާއަތުގެ މީހަކަށެވެ. އެމީހާއަށް މިވާހަކަ އިވުމުން ވަރަށް ހިތުގައި ޖެހުނެވެ. އަދި އެމީހުން އެއަންހެންމީހާ ދިރިއުޅޭ ހިސާބުގައި ފެން ވަޅެއް ހަދައިދިނެވެ.
**********************************************************************************

ޔޫޓިއުބުގައި އިން މިވީޑިއޯއަށް މީހަކު ކޮމެންޓު ކުރަމުން ލިޔެފައި ވެއެވެ. “އެމެރިކާގައި މީހުންނަށް ހުރިހާ އެއްޗެއް ލިބިފައިވާއިރުވެސް އަމިއްލައަށް މަރުވާން އުޅެއެވެ. މިއަންހެންމީހާ އެތަކެއް ސަތޭކަ މޭލަށް ދަތުރުކޮށްފައި އެދިޔައީ ދިރިހުރުމަށްޓަކައެވެ. ސުބްހާނަﷲ!”
ތެދެކެވެ. ރާއްޖޭގެ ޙާލަތަކީވެސް އެއީއެވެ. ދާދި ފަހަކުންވެސް އަމިއްލައަށް މަރުވުމުގެ ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އަދި އެތައް ބަޔަކު އަމިއްލައަށް މަރުވާންވެސް މަސައްކަތް ކުރެއެވެ. އެހެނަސް، މިއަންހެންމީހާއަށް ކުރިމަތިވި މުސީބާތުގައިވެސް އިސްކުރީ ކެތްތެރިކަމެވެ. ތިން ދަރިން މަރުވެ ދިއުމަށްފަހުގައިވެސް އޭނާ ކެތްކުރިއެވެ. އަމިއްލައަށް މަރުވަން ދުއްވައެއް ނުގަނެއެވެ. ދިރިހުރުމަށްޓަކައި އޭނާ އެތަކެއް ސަތޭކަ މޭލެއް ދުރަށް ހިނގިއެވެ. ގޮތް ހުސްވެގެންނެއް ނޫޅުނެވެ.
މިހާދިސާއިން ޢިބްރަތް ލިބިގަންނަމާ ހިނގާށެވެ. ( ނިމުނީ )

Share Article

Follow Me Written By

PluviophileNyctophilia

Level 110 Stories

Other Articles

Previous

ހިޖުރަ (ބާރަވަނަ ބައި)

Next

ޝުދޫ*******(15)ވަނަބައި

Next
August 8, 2015

ޝުދޫ*******(15)ވަނަބައި

Previews
August 8, 2015

ހިޖުރަ (ބާރަވަނަ ބައި)

24 Comments!

  1. Shabee says:
    August 8, 2015 at 4:29 pm

    V ibraehtheri ingey..n vrh vrh happy vejje dimple grl anekka fenuneema…i missed u a lot 😛 hope can c more stories frm u.. all di bst 😀

  2. mizu says:
    August 8, 2015 at 4:30 pm

    Wow v reethi rovijje hama rangalhah ves

  3. PluviophileNyctophilia says:
    August 8, 2015 at 4:38 pm

    Hehe shukuriyya hurihaa kudhin, I missed you too shabee.. HeHe

  4. elsa says:
    August 8, 2015 at 4:39 pm

    lia , mi story kyn , bt kuda koh jumlathah athuraafa huri goih different , nice ,

  5. elsa says:
    August 8, 2015 at 4:39 pm

    n miss u too

  6. elsa says:
    August 8, 2015 at 4:42 pm

    dhigu story eh fennaane kamah hope kuran

  7. Shabee says:
    August 8, 2015 at 4:59 pm

    Elsa dheyba emme fahun u comment kuri thanah…ingijje dhw 🙂

  8. ken? says:
    August 8, 2015 at 5:02 pm

    Masha allah!! Vvv iburaitheri….

  9. PluviophileNyctophilia says:
    August 8, 2015 at 6:16 pm

    Shukuriyya hurihaa kudhin.. Missed you too elsa.. Hehe

  10. Lali says:
    August 8, 2015 at 6:27 pm

    Vvv nice….

  11. barbie says:
    August 8, 2015 at 10:48 pm

    hoooon,ekkala elsa aaai shabee dho.thibeny vaahaka eh upload nokohgen.haadha jobless baekey dho:D

    1. elsa says:
      August 9, 2015 at 5:08 pm

      barbie hama j vany , lol

    2. Shaan says:
      August 14, 2015 at 6:48 am

      Barbieeee… Long time no talk. Can u come to our chat page in this site??

  12. faahi says:
    August 9, 2015 at 9:09 am

    masha allah kihaa ketheri anheneh dhivehinah ehen kekurah nengeny kevegenbaa…..

    1. PluviophileNyctophilia says:
      August 9, 2015 at 7:40 pm

      Dhoa, vedhaane minvarah eeman vaan neygeythee kamah..

  13. yalvoo says:
    August 9, 2015 at 3:10 pm

    ey hageegey muslimun naky……..v v v dheravehje mivaahaka kiyaafa …….efen valhu hadhaidhin meehunaves ﷲ barakaah lahvaane…….kehtherin naaieku abadhuves ﷲ vodhigenvey………

  14. yalvoo says:
    August 9, 2015 at 3:10 pm

    ey hageegey muslimun naky……..v v v dheravehje mivaahaka kiyaafa …….efen valhu hadhaidhin meehunaves ﷲ barakaah lahvaane…….kehtherin naaieku abadhuves ﷲ vodhigenvey………

    1. PluviophileNyctophilia says:
      August 9, 2015 at 7:42 pm

      Thedhekeve.

  15. Na says:
    August 9, 2015 at 10:55 pm

    Pls change you name

  16. Alice Pearl Jana says:
    August 31, 2015 at 12:20 pm

    ey vv v iburahtheri hama ragalhahvess rovijje i want to ask u smthin thi haadhisaa higy kn aharakutha fen fodhehnulibigen?<3

  17. Jana says:
    August 31, 2015 at 12:21 pm

    thi haadhisaa higy kon aharaku tha?

  18. Jana says:
    August 31, 2015 at 12:21 pm

    vvvvvv iburahtheri i luv it..<3

  19. Jana says:
    August 31, 2015 at 12:25 pm

    luv it

  20. Ushaa says:
    July 3, 2016 at 1:11 pm

    Vvvvvvvvvvvvvvvvvvvvvvvvvvvvvv salhiiiiii.. Moral ix vvv nyc.. I luv dis.. Hop 2 c mr…

Comments are closed.



All Right Reserved!