“އަހަރެން މި ކައިވެނި ކުރީ ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައި. އަހަރެން އާނާ ދެކެ ލޮތްބެއް ނުވޭ” ސުޖާއު ބަސްތައް އިއްވާލީ ހުދުކުލައިގެ ކައިވެނި ހެދުމުގައި އިން އޭނާ ގެ
އަބިމީހާ އަށްށެވެ. “އަހަރެންނަށް އޮޅިފައި އޮތް ކަމެއް ނޫން ތިއީކީ. އަހަރެންނަށް އޮތީ މަސައްކަތް ކުރުން. ކޮންމެވެސް ދުވަހަކުން ސުޖާއު ގެ ތި ނިންމުން ބަދަލުވާނެ.” އާނާ ގެ ހިތުގެ އަޑު ޖެހިލުމެއް ނެތި ހާމަ ކުރިއެވެ.
އާނާ އަކީ ރަށު ސްކޫލް ޓީޗަރެއްގެ މާޤާމު އަދާ ކުރަމުންދާ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. ލޯބީގައި މާ ކާމިޔާބު މީހަކަށް ނުވިއަސް ކައިވެންޏާއި މެދު ފޮނި ހުވަފެން ތަކެއް ދެކެނު ކުއްޖެކެވެ.
ނ. ވެލިދޫ އަށް އުފަން ސުޖާއު އަކީ ހިންނަވަރުގައި މަތީ ސާނަވީ ތައުލީމް ހާސިލް ކުރި ކުއްޖެކެވެ. ޓީޗިންގ ކޯސް ނިންމާލުމަށް ފަހު ހިންނަވަރު ގައި އާއިލާ އާއި އެކު ރަށްވެހި ވެގެން އުޅޭ ރަށްވެއްސެކެވެ. ފުރަތަމަ ދަރިފުޅު ވިހެއުމުގެ ތެރޭގައި ސުޖާއުގެ އަލަތު އަބިމީހާ ފިރްޝާ ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.
ކުޑަކުޑަ އީޝާ އާއި އެކު ހަޔާތް ވެޔަތު ކުރަން ނިންމާފައި ވަނިކޮށް އާނާ ސުޖާއު ކައިވެންޏަށް އެދުނެވެ. އާނާ އަކީ އަޙްލާގް ރަގަޅު ކުއްޖެކެވެ. މީގެ އަހަރު ތަކެއް ކުރިން ވެސް އާނާ ވަނީ ސުޖާއުއަށް ލޯބި ހުށައަޅާފައެވެ. ނަމަވެސް އެއިރު ވެސް ސުޖާއުގެ ހިތް ވަނީ އަލަތު އަބިމީހާ ފިރްޝާ އަށް ދެވިފައެވެ.
އާއިލާގެ އެދުމުގެ މަތިންމާއި އީޝާ އަށް މަންމަ އެއް ލޯބި ހޯދާދެން ބޭނުން ވާތީވެ އާނާގެ ހުށަހެޅުމަށް އާބަސް ބުނީއެވެ. އާނާ ނޭންގުމެއްގެ ތެރޭގައި ބަހައްޓަން ބޭނުން ނުވާތީ ކައިވެނީގެ ފުރަތަމަ ރޭ ސުޖާއު އެވަނީ އޭނާގެ ހިތުގެ ޙާލު ބަޔާން ކޮށް ދީފައެވެ.
އާނާގެ ފަރާތުން އީޝާ އަށް އެންމެ ފުރިހަމަ ލޯބާތް އަޅާލުން ލިބެމުން ދެއެވެ. ވާޒީފާގެ މައިދާނުގައިގެ އިތުރުން ގޭގައި ވެސް އާނާ އަކީ ހީވާގި މުރާލި ގެވެހި އަތްބެކެވެ. އީޝާ ގެ އަދި ސުޖާއު ގެ ހުރިހާ ކަމެއް ވެސް ކޮށް ދެނީ ފަރުވާތެރިކަމާއި އެހާ ލޯތްބާ އެކުއެވެ.
ދުވަސްތައް މި ގޮތުގައި ފާއިތުވަމުން ދެއެވެ. ސުޖާއު ވެސް އާނާ އަށް ހާއްސަ ރަޒަރަކުން ބަލާކަމެއް އާނާ އަކަށް ނޭނގެއެވެ. މި ފަދަ ޒަމާނެއްގައި ދޮންދަރިއަކު ދެކެ އެހާ ލޯބިވާ އޯގާތެރި މަންމެ ނުލިބޭނެކަން ހުދު ސުޖާއު ވެސް ޤަބޫލްކުރެއެވެ. މިކަމުގެ ބަދަލެއްގެ ގޮތުން ފުރިހަމަ އަތްބެއްގެ ގޮތުގައި އާނާ ބަލައިގަންނަން ނިންމިއެވެ.
އާނާގެ އިންތިޒާރުގެ ނިމުން އައީ ކައިވެންޏަށް ދެ އަހަރު ފުރުނުރެއެވެ. ސުޖާއު އާނާ ބަލައިގަތީ އެންމެ ފުރިހަމަ ކަމާއި އެކުއެވެ. އެރޭ އާނާ ރުއީ އުފަލާއި އެކުއެވެ. އާނާގެ ދުޢާ އެކަލާނގެ އިޖާބަ ކުރެއް ވީތީއެވެ. މިހާރު އާނާ އަކީ ދެކުދިން ގެ މަންމައެކެވެ. އަދިވެސް ދިރިއުޅެމުން ދަނީ އުފަލާއެކުއެވެ.
)ނިމުނީ(
31 Comments!
Comments are closed.

its my very first story. hope you guys like it… pls leave a comment… thank u guys..
Yeyyy. Im first.. vrh salhi.. waiting for de nxt prt
Ekam vrh short.
mae vaahaka nimifa a inee
E ee vaahaka rhkoh nukiyai cmnt koh fa ineema.. sry.. waiting for another story of yours..
Than kolheh detail koh liyeli nama.. digu koh..
okk.. dhn faharakun ingey… thank u fr the commnt 🙂
Nice story… But this story is v short… Mae bunihen than khlheh detail kh liyeli nama… Eyrun v salhi vaanne… Waiting 4 another story…
Rythi, but short story akah viyas adhi dhigu kolli nama… like, sujaau ah aana ge faraathun fenna kamudhaa kanthah bubelaa, aana kanthah kuraa goiy bunedhy, mikahsla details himanaali nama… anyways vv nice, hope to c more stories from u aaf,
Faina ah v reethi mivaahaka.. but faina ah mi vaahaka v short.. first dhuvas veeema welcome to this site ige. miah vure thankolheh dhigukuri nama v salhi vaane hen Faina ah hee vanee
Woderful story.. ekm kuru hen liaa ah hee vanee
adhi ehvaahaka.. Bold kohgen nuliyachey.. v udhagoo kiyn.. dhenn OK story.. v salhi..
V v reethi story eh.. kuda koh dhigu kohlli nama…. and welcome to esfiya… hope to c a long nice and detail story of u…… gud lukk….. 🙂
Shalhi asluves
thank u guys… iraadha kureviyya dhn liyaa vaahaka eh ragalhu khlaaanan…:)
Reethi…
owh im a hinnavaru girl too hehehe… btw writer aky vx hinnavaraa gulhun hunna kujjeh tha?nd is the names of people changed in the story? hagygy story eh v ma ahaaly…
story nice but kury
zzzz thank u. one half of me is frm hinnavaru. name of the people is chnged. n the story is not related to hinnavaru.. 🙂
ohh… nice to meet u…. rashu kujjeh dhw hehehe… aaf ge age bunewidhaane tha?
m 22
nice story . detail koh liunu nama maa bodah ves reethi vaane 🙂
V nice
thank u. 🙂
keep it up …varah salhi story
this is not a story… 3 folhuvathuge story nuhunnaane.. mee kuru hulaasa bayaaneh…
V nice story
Very nice story
Nice story…
V reethi.
kuruvaahak eh tha.. varah kada..