Skip to content
އެސްފިޔަ

ހަސްކާ

އަހަރެންނަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. ދޮރު ދާރައިން ގޭތެރެއަށް އެޅިފައި ވާ ރަން އަލި ފެނުމާއެކު އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. އަވަސް އަވަހަށް ތެދުވެ އިސްތަށިގަނޑު އޮޅަލަމުން ހުޅިއެއް ޖަހާލީމެވެ. ގިފިއްޔަށް ވަދެ މޫނު ދޮވެލައި ހަދާލައިގެން ލިބާސް ރީތި ކުރަމުން ކިޔަވަން ގެންދާ ފިލާ ހިފައިގެން ހިނގައިގަތީމެވެ. އެއިރު އަދި ގޭގެ އެކަކުވެސް ހޭނުލައެވެ. ގޭގެ ބޮޑު އުނދޯލީގައި ބައްޕަ ގަދައަށް ނިދާފާ އޮތެވެ. މަންމަ އޮތީ ދިމާ އެނދުގައެވެ. ކޮއްކޮމެންވެސް ބޮޑު އެނދުގައި އެގޮތް މި ގޮތަށް ނިދާފައި ތިއްބެވެ.

ގޭތެރެ ބަލަން ވަގުތު ނެތުމާއެކު ލިބާސް ކޮށިކޮށްލަމުން އަހަރެން އަވަސް އަވަހަށް ހިނގައިގަތީ އެދުރު ގެއަށް ދިއުމަށެވެ. ގަޑި ޖެހިއްޖެ ނަމަ އަދަބު ލިބޭނެތީ އަހަރެންގެ ހިތް ވަނީ އަވަސް ވެފައެވެ. މިއާދެވެނީ އަދި ސައި ނުކައްކާކަން އަހަރެންގެ ހަނދަނަށް އައިއިރު އަހަންނަށް ހުރެވުނީ ގޭއާ ފުދޭވަރަކަށް ދުރުގައެވެ. އެހެންކަމުން ކުޑަކޮށް މަޑުވެސް ކޮށްލެވުނެވެ. ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތެވެ. އެއްކޮޅުން ޤުރުއާން ކިލާހެވެ. އަނެއްކޮޅުން ހެނދުނުގެ ސައެވެ. މި ދެކަންތަކުން އެންމެ ކަމެއް ނުކުރެވުނަސް އަހަންނަށް އަދަބު ހައްޤު ވާނެއެވެ. ބޮޑަށް ވޭން އަޅާނީ މަންމަ ދޭ އަދަބުގައި ކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން ހިނގައިގަތީ އެދުރު ގޯއްޗާ ދިމާއަށެވެ.

 އަވަސް އަވަހަށް ފިޔަވަޅުތައް އަޅަމުން މަގުމަތިން ހިނގާފައިދިޔައިރު، ކުނިކަހަން ނުކުމެ އުޅޭ ދެތިން އަންހެނުން ފެންނަމުންދިޔައެވެ. ރޭ ވެހުނު ވިއްސާރައިގެ ސަބަބުން، މަގުގެ ދެތިން ދިމާއެއްގައި ފެން ހެދިފައި ހުއްޓެވެ. ގަސްތަކުގެ ފަތްތަކުގައިވެސް ކޮންމެވެސް ވަރަކަށް ފެނުގެ އަސަރު ހުރުމުގެ ސަބަބުން މަންޒަރު ފެންނަމުން ދިޔައީ ނުހަނު ތާޒާ ކަމާއެކުގައެވެ. އަރައިގެން އައި އިރުގެ ރަން އަވިން މުޅި އަޑުމަތި އެކީ އެކައްޗަކަށް ވިރުވާ އަޅަމުން ދިޔައެވެ. ގަދަ ނޫކުލައާއި ރަން ކުލަ އެކުވެގެން އުފެދުނު ‘ކުލަ މަޖާ’ ގަނޑު، ބަލާލަން ކިތަންމެހާވެސް ހިތްގައިމެވެ.

ފަސްވަރަކަށް މިނެޓް ހިނގުނު އިރު އެދުރު ގޯތި ފެންނަން ހުއްޓެވެ. އަހަރެން އަދިވެސް އިތުރަށް ހިނގުން ބާރު ކޮށްލީމެވެ. އެއިރު މަޑުމަޑުން އެގެއިން ޤުރުއާން ކިޔެވުމުގެ އަޑު އިވެން ފަށައިފިއެވެ. އަހަރެން ދުއްވައިގަތީ އެހާ ހިސާބުންނެވެ.

އެދުރު ގެއާ އަރާ ހަމަވީއިރު އަހަރެންނަށް ހުރީ މައި ނޭވާ ލެވިފައެވެ. ޖަހާފައި ހުރި ހުޅިވެސް އެއިރު ރޫޅިގެން އައިސް އަހަރެންގެ މޫނުމައްޗަށް އެޅިއްޖެއެވެ. އަތުން އިސްތަށިގަނޑު ހަމައަކަށް އަޅުވާލަމުން ލަދުވެތި ލަސް ހިނގުމެއްގައި އަހަރެން އެެތެރެއަށް ވަނީމެވެ. ހަރުއަޑުން ޤުރުއާން ކިޔަވަމުން ދިޔަ ހުރިހާ ކުދިންގެ ނަޒަރު އަހަރެންނަށް ހުއްޓުނެވެ. އެދުރުބެ ގެ ރުޅިވެރި ނަޒަރު އަހަރެންނަށް ހުއްޓުނީ އޭގެ ފަހުންނެވެ.

އެދުރުބެގެ އަދަބު އަހަންނަށް ހައްޤު ވީއެވެ. ދަނޑިބުރިއަކުން އަހަރެންގެ އަތުގައި އެދުރުބެ ޖެހިއެވެ. ލޮލުން ކަރުނަ ހިލުނީ ނަގައިގަތް ދިލައެއްގެ ބޮޑުކަމުންނެވެ. ދަތް ކުނޑި ވިކާލަމުން އަހަރެން ކެތް ކުރީމެވެ. އެދުރުބެ އަހަރެންގެ ގައިގާ ޖެހީ އެންމެ ފަހަރަކު ނޫނެވެ. އަތުގައި ޖެހީ އެންމެ ފުރަތަމަ ފަހަރުއެވެ. ދެން ޖެހީ އުނަގަނޑުގައެވެ. ބަނޑުގައި ވެސް ޖެހިއެވެ. އަހަރެންނަށް ރޮއެ ގަނެވުނީ އެހާ ހިސާބުންނެވެ.

“ގަޑި ނުޖެހި އަންނަން އެނގޭނީ މިހާވަރު ކުރީމަ! އަދިވެސް ގަނޑި ޖެހޭނަން؟؟؟ އޭނ؟؟” ފަހަރަކު ބޮނޑިއެއް އަޅަމުން ދިޔައިރު އަހަރެންނަށް ހުރެވުނީ ގިސްލަ ގިސްލާފައި ރޯށެވެ. ކުރެވޭނެ އިތުރު ކަމެއް އެބޮތް ހެއްޔެވެ؟ އަހަރެން ފަދަ ނިކަމެތި އަންހެން ކުއްޖަކު، އިދިކޮޅައް އެންމެ ބަހެއް ބުނެލިއަސް…….

އަދަބު ދީ ނިމުނު ކަމުގައި ވިއަސް އަހަންނަށް ހުންނަން ޖެހުނީ ރޯ އަވީގައެވެ. މުޅި ގައިން ދިލަ ނަގަމުން ދިޔައެވެ. ދަނޑިބުރިން ޖެހި ކޮންމެ ތަނަކުން ލޭ ކޮށިފައި ހުއްޓެވެ.

މިއީ އަހަރެންގެ އާދައެވެ. ކޮންމެ ދުވަހަކު އެތަށް ވޭނަކާ ކުރިމަތި ލާން ޖެހެއެވެ. މިއީ އަދި ދުވަހުގެ ފެށުމެވެ. ކުރިންވެސް ބުނި ފަދައިން، މަންމަ ގެ އަދަބު އަދި މާ ބޮޑު ވާނެއެވެ. މާ ވޭން އަޅާނެއެވެ. އެހެން ހިތަށް އެރުމާއެކުވެސް މުޅި ގައިން ހީބިހި ހިލުވާލިއެވެ.

އަހަރެންގެ މަންމައަކީ ދަރިން ދެކެ ލޯބިވާ މަންމަ އެކެވެ. ނަމަވެސް ރުޅި އައިސްފި ނަމަ ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގޭނެއެވެ. އަތުގައި އެވަގުތަކު އޮންނަ އެއްޗަކުން މަންމަ ޖަހާފާނެއެވެ. އެއީ ބޮޑު ގާ ބުރިއަކަށް ވިޔަސް ވެހެވެ. އަހަރެންގެ އުމުރުން 12 އަހަރު ވެފައިވާއިރު، އެ ފަދަ ކިތަންމެ އަނިޔާ އަކާ މިހާރު ކުރިމަތި ލާފައި ހުންނާނެއެވެ.

މަންމަ އުޅެމުންދިޔަ އަވަދިނެތި ދިރިއުޅުން ވަރަށް ކައިރިން އަހަރެން ދުށީމެވެ. ޅަ އުމުރުގައި ގިނަ ކުދިންތަކެއް ވިހެއުމުގެ ސަބަބުން މަންމަގެ ހަށިގަނޑު ވަރަށް ބަލިކައްޓެވެ.  ކައިރި ކައިރިން ކުދިން ވިހެއުމުގެ ސަބަބުން މަންމަ އަށް ބަލަން ޖެހިފައިވަނީ ދާދި އެއް އުމުރެއްގެ ކުދިން ތަކެކެވެ. އަހަރެން މިއީ އެންމެ ދޮށި ކުއްޖާއެވެ. އަހަރެންގެ އިތުރުންވެސް މަންމަގެ 6 ކުދިން ތިބެއެވެ. މަންމަ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ހަމްދަރުދީއިން ފުރެއެވެ. އެއީ ހާދަހާ ވާ ކުޅަ ދާނަ މަންމަ އެކެވެ.

ކިޔަވާ ނިމުމައެކު އަހަރެން އަވަސް އަވަހަށް އެދުރުގެއިން ނުކުތީމެވެ. އެއިރު މުޅި ދުނިޔެ ވަނީ އިރުގެ ހޫނު އަވިން ދިއްލާލާފައެވެ.

ހަށިގަނޑުން ނަގަމުން ދިޔަ ދިލައަށް ސަމާލުކަމެއް ނުދީ އަހަރެން ހިނގައިގަތީ ގެއާ ދިމާއަށެވެ. ގެއަށް ވަދެވޭ ތަނުން ކުރިމަތި ވާނީ ކޮންފަދަ ހައިޖާނުގަނޑަކާކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް އެންމެ ފިޔަވަޅެއްވެސް އަހަރެން ފަހަތަކަށް ނުޖެހެމެވެ. ނުވެސް ޖެހޭނަމެވެ. މަންމަ ގެ އަތުން ލިބޭ އަދަބަކާ އަހަރެން ކުރިމަތި ލާނީ ކެރިގެން ހުރެއެވެ. އަހަރެމެން ދުނިޔެއަށް އުފަން ކުރުމަށްޓަކައި އެ މަންމަ އުފުލިވަރުގެ ވޭނެއް އެހެން އެކަކަށްވެސް ނުއުފުލޭނެއެވެ. އަހަރެން ކެތް ކުރީ އެހެންވެގެންނެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައެވެ.

ގެ ހުރި ގޯޅިއަށް އެޅުމާއެކު އަހަރެންގެ ކަޅި ގޮސް ހުއްޓުނީ މަންމަގެ ރުޅިވެރި މޫނަށެވެ. ފާރުގައި އަތް ވިއްދައިގެން ހުރުމަށްފަހު މަންމައަށް އަހަރެން ފެނުމާއެކު އަވަސް އަވަހަށް އަހަންނާ ދިމާއަށް ހިނގައިގަތެވެ.  މަންމަގެ އަތުގައި އޮތް ދާނި ދަނޑި އަހަންނަށް ފެނުނީ މާ ފަހުންނެވެ. ހިތުގައި ބިރުވެރިކަން ހިނގައިގަތެވެ. ނަމަވެސް އަހަރެންގެ ފިޔަވަޅުތަކަށް އެންމެ ބަދަލެއްވެސް ނުގެންނަމެވެ.

މަންމަ އައިސް ހުއްޓިލީ އަހަރެންގެ ކުރިމައްޗަށެވެ. އަހަންނަށްވެސް މަޖުބޫރުވީ ހުއްޓޭށެވެ. އިސްޖަހައިގެން އަހަރެން ހުރީ މަންމަ ދޭ އަދަބެއް ދޭން ދޫކޮށްލައިގެންނެވެ.

ދާނި ދަނޑި އަތަށް ހެޔޮވަރުކޮށްލުމަށްފަހު ވަރުހުރި އެތިފަހަރެއް އަހަރެންގެ އުނަގަނޑުގައި މަންމަ ޖެހިއެވެ. ހީވީ މުޅި ދުނިޔެ ކުދި ކުދިވެގެން ފޭބިހެންނެވެ. މޫނުމައްޗަށް އަނދިރިވާން އުޅުނުހެން ވެސް ހީވިއެވެ. އަތުގައި އޮތް ޤުރުއާން ފިލާ ވެސް ވެއްޓުނެވެ. އަހަރެންނަށް އަތް ވިއްދާ ލެވުނީ ފާރުގައެވެ. ނުވެއްޓި އަހަރެން ސަލާމަތް ވީ އެހެންވެއެވެ.

އަނެއްކާވެސް މަންމަ ޖެހިއެވެ. މިފަހަރު މަންމަގެ ހޫނު ހަމަލާ އެރީ އަހަރެންގެ ފަޔަށެވެ. ހިވީ ކަށިމަތިން ބިނދައިގެން ދިޔަހެންނެވެ. ޖެހުނުތަން އިސާހިތަކު ދުޅަވެ އަރައިފިއެވެ.

“ހަޔާތް ކުޑަ!! ސައި ނުހަދާ ފިލައިގެން ރައްކާވާން ލަދެއްވެސް ނުގަތެއްނު! ހުރެބަލަ މިފަހަރު ކުޅި ދައްކާލާނަން!” ކަރު ބުޑުން މަންމަ ހަޅޭލަވައިގަތެވެ. އެއަށްފަހު މަންމަ ހިފީ އަހަރެންގެ ލިބާގުގެ ކަރުގައެވެ. ލުއްކެތް ޖަހާލުމާއެކު ލިބާސް ދެފަޅިއަށް ވީދިގެން ދިޔައެެވެ. އަހަންނަށް ބަޖުބޫރުވީ ދެއަތުގެ ހިމާޔަތުން އަހަރެންގެ ހަށިގަނޑުގެ އަބުރު ރައްކާތެރިކުރާށެވެ.

“ފިލާ ގަނޑު ހިފައިގެން އަމާ ގާތަށް އަމާ ދަސްކުރަން ތަ މި ދުވަނީ؟؟ ސައި ނުހަދާ ކީއްވެ ނުކުމެގެން ދިޔައީ؟؟” މަންމަ އަނެއްކާވެސް ތަޅައިގަތެވެ. އަހަރެން ގިސްލަ ގިސްލާފައި ރޮމުންދިޔައިމެވެ. އެއިރު އަވައްޓެރިން ވެސް އެތަނަށް އެއްވާން ފަށައިފިއެވެ. ހާމައަށް އޮތް އަހަރެންގެ ހަށިގަނޑާ ދޭތެރޭވެސް މަންމަ ފަރުވަލެއް ނުބެހެއްޓިއެވެ. ދެ އަތް ހަށިގަނޑުގައި ވަށާލައިގެން އަހަރެން ހުރީ ގޮތް ހުސްވުމުގެ އިތުރުން ލަދުވެސް ގަނެފައެވެ.

“ހައްވާ މޮޔަވީތަ؟” ދެލޯ ފިއްތާ ބާރުކޮށްގެން ހުރުމަށް ފަހު އަހަންނަށް ލޯ ހުޅުވާލެވުނީ އަވައްޓެރި ސަމީމަ ދައިތަގެ އަޑަށެވެ. އެއިރު ސަމީމަ ދައިތަ ހުރީ މަންމަގެ އަތުގައި އޮތް ދާނި ދަނޑީގައި ހިފަހައްޓައިގެންނެވެ. “ބަލަ އެއީ ބޮޑުވެފައި ހުރި އަންހެން ކުއްޖެކޭ، ތިޔަ ހެން ހަދާކަށް ނުވާނެ އެއްނު…”

އެދުވަހު އަހަރެން ސަލާމަތް ކުރީ ސަމީމަ ދައިތައެވެ. ސަމީމަ ދައިތަގެ ގެއަށް ގެނެސް އަހަރެން ވެއްދިއިރުވެސް މަންމަ ކަރުބުޑުން ހަޅޭ ލަވާ އަޑު އަހަރެން އެހީމެވެ.

އަހަރެން ކެތް ކުރީމެވެ. އެއީ އަހަރެންގެ މަންމަ އެވެ. މިއަދު އަހަރެންގެ ގައިގާ މި އެޅި ވޭނަށްވުރެ ވަރުގަދަ ބޮޑު ވޭނެއް މަންމަ ވަނީ އުފުލާފައެވެ. ވީއިރު މަންމަ އަށް އިޙުތިރާމް ކުރުން ނޫން އެހެން ގޮތެއް އެބަ އޮތް ހެއްޔެވެ؟

މަންމަ އަހަރެންގެ ގައިގާ ތެޅި ތަންތަން ހުރީ ފަޅައިގެން ގޮސްފައެވެ. މުޅި ގައިން ދިލަ ނަގަމުން ދިޔައެވެ. ސަމީމަ ދައިތަ އަހަރެން ގެނެސް ވެއްދީ ގިފިއްޔަށެވެ. ފެން އަޅައިގެން ހަށިގަނޑުގައިވާ ލޭތަށް ސާފުކޮށް ބޭސް އަޅައިދިނީވެސް ސަމީމަ ދައިތައެވެ. އެ ދުވަހު ސަމިމަ ދައިތަ ގައިގާ ބައްދައިގަނެގެން އޮވެ އަހަރެން ރުއީމެވެ. ހިތުގައިވީހާ އުދާސްތަށް ބޭރުކުރީ ކަރުނައިގެ ސިފައިގައެވެ.

އޭގެ ފަހުން ގަޑިއިރެއްވެސް ނުވިއެވެ. މަންމަ އަހަރެން ބަލައި އަތުވެއްޖެއެވެ. އަހަރެން ކުރިންވެސް ބުނިފަދައިން މަންމަ އަކީ ދަރިން ދެކެ ލޯބިވާ މަންމަ އެކެވެ. އެ ދުވަހު މަންމަ ރުޔެވެ. އަހަރެންގެ ގައިގާ ފިރުމީ ހަމަ އަހަރެންގެ ގައިގާ ތެޅި ދެ އަތުންނެވެ. ތަފަތަކީ، އެ ދެއަތުން މިހާރު  އުތުރި އަރަމުން ދަނީ މައިވަންތަ ކަމުގެ ލޯބި ކަމެވެ. އަހަރެން ހިތާ ހިތުން މަންމަ އަށް މައާފް ކުރީމެވެ.

***

އަހަރެން މިއަދު މިއީ 5 ކުދިންގެ މަންމަ އަކީމެވެ. އަހަރެންގެ މަންމަ އަހަންނަށް ކުރި އަނިޔާ ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ނަމަވެސް  އަހަރެން ހިތް ހަމަ ޖައްސާލަނީ އެ މަންމަ އަހަރެންގެ ގައިގާ ފިރުމި ދުވަސްތައް މަތިން ހަނދާން ކޮށްލައިގެންނެވެ. އެއިރު އެޅި ވޭނަށްވުރެ ފަހުން ފިރުމި ފިރުމުމުގެ އަރާމު މާ ބޮޑެވެ.

މަންމަ އަހަންނަށް ދެއްކި ހަސްކާ، އަހަރެންގެ ދަރިންނަށް ދައްކާކަށް އަހަރެން ބޭނުމެއް ނޫނެެވެ. އުމުރުން 13 އަހަރުގައި އަހަރެން މީހަކާ އިނދެފީމެވެ. އަހަރެން ހީކުރީ އަހަރެން ކެތްކުރި ފަދައިން އަހަރެންގެ ކޮއްކޮމެންވެސް، މަންމަގެ އަނިޔާއަށް ކެތް ކުރާނެ ކަމަށެވެ. ނަމަވެސް އެހެންނެއް ނުވިއެވެ. އަހަރެންގެ ކޮއްކޮ ސިއާދާ ގެ ދިރިއުޅުމަށް ބަލައިލުމުން ނުހަނު ސާފުކޮށް އެކަން އެނގިގެން ދިޔައެވެ.

ސިއާދާ އަކީ ހަމަ ދެވަނަ ‘މަންމަ’ އެވެ. ހަމަ އެހާ ޒީލަ ގަދައެވެ. އެހާ ރުޅި ގަދައެވެ. އޭނާ ގެ ދަރިންތަކަށް އޭނާ ކުރާ އަނިޔާ އަހަރެން ދެކެމެވެ. ބައެއް ފަހަރު ކުދިން ރުޅިއައިސްގެން ގެއިން ނުކުމެގެން ދޭވެސްމެއެވެ. އަހަރެން ކިތަންމެ ފަހަރަކު ސިއާދާ އަށް ނަސޭޙަތް ތެރި ވީމެވެ. ނަމަވެސް ވީ ފައިދާ އެއް ނެތެވެ. މަންމަ ފަދައިން ސިއާދާވެސް ގިނަ ކުދިންތަކެއް ވިހެއެވެ. އަނެއް ކޮޅުން އޭނާގެ ފިރިމީހާއަކީވެސް އެހާ ޒީލަ ގަދަ މީހެކެވެ. ހުރިހާ ކަމަކާ ވިސްނަން ހަދައިގެން ސިއާދާގެ ބޯ ގޮވީއެވެ. ހުރިހާ ރުޅިއެއް ބޭލެނީ ދަރިން ތަކަށެވެ.

އަހަރެންވެސް މީ ހަމަ އެ މަންމަ ގެ ދަރިއެކެވެ. ސިއާދާވެސް މެއެވެ. ނަމަވެސް ތަފާތަކީ ދެ މީހުންގެ ވިސްނުމެވެ. މަންމަ ސިއާދާއަށް ކުރި އަނިޔާގެ ދެ ގުނަ އަހަރެން ތަހައްމަލް ކޮށްފައިވާނެއެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އަހަރެންގެ ދަރިއެއް ގައިގާ އަހަރެން ނުޖަހަމެވެ. ނަމަވެސް، ދަރިއަކަށް ކުރެވޭނެ ހުރިހާ އަނިޔާއެއް ސިއާދާ ދަރިންނަށް ކުރެއެވެ. އެކުދިންވެސް ބޮޑެތި ވެގެން އަންނައިރު އަޅާނީ ދެ މަގަކުންނެވެ. ހުރިހާ ކުދިންނަކީ އަހަރެން ފަދައިން ކެތްތެރިކަން އިޚްތިޔާރު ކުރާނެ ކުދިންނެއް ނޫނެވެ. ޤަބޫލު ކުރަން ކިތަންމެ ދަތިވިއަސް މީ ހަޤީޤީ ހާދިސާ އެކެވެ.

ނިމުނީ

Comments (35)

  1. Hoody

    Again, here is a short story…. kamudhaane kamah umeedhu kuran…. 🙂
    varah bodah sorry kalhu finifemmaa season 2 genes dhinun las vaathee…. aslu episode thah liyaakah time eh nulibey evarakah… ehenve short stories mi genes dhenee vex…..

  2. Nabhaan

    Mi vahak vx vrh salhi…thnkw hoody nd keep it up….kalhu finifn maa season 2 ah nw inthizaru kurany

  3. Aaan's

    Varah reethi. Kalhu finifenma nereba avahah.. Keep it up.. wwaiting..

  4. neem

    Hehe.. its okayy
    Hoodyge umuruga vx dhn dhe vana faharah 12 eh nukiyeveyne..
    But story loyevidhaane.. so hoody ahnvaguthu v ma liuaanee
    N thnxx, nice story

  5. Sheryn

    Dhen hoody kuru vaahaka thh liyaa vaguthuthakugaa hama kiyehtha vaanny kalhu finifemaa 2 genes dhiniyyaa… vaahaka thh habeys but i wnt kalhu finifenmaa episode 2..plxx mak it fast

  6. juma

    Its ok hoody. Hoody ah vaa varakun genesdhineema rangalhu vaane.. btw story vara nice.. hama rovijje..hoody ur the best …. 🙂

    1. Imattey
      juma

      Hoody mihaary ekakah ves dhuleh nukurey dhw jum

  7. Bathool

    Vahaka varah reethi.. mi site falhu thanekey ehvaru….. vahaka eh up vany etha dhuvahaka fahu…. thnks hood for uploading ur stories….. nd varah ufaa vey ehen liyunthrina thafath v ma … all the best….. 🙂

  8. Crazi

    Inthizaar kuran kalhu finifenmala ehgwy….butthis story als v nice

  9. Hoody

    Thnkx all….
    Yeah sheryn, alhugandu vex hithah eri yey thihen. but ehn hedheema vaane gotheh bunantha? 1 episode up koffa dhn Time nuvegen varah gina dhuvax fahun aneh episode up kuran veema kiyuntherin foohi vaane eh nu dhw… ehnve up nukuranee…. beynunvanee free veema kmme dhuvahakuvex episode eh up kuran… But dont worry, I’ll defntly Upload kalhu finifemmaa sesaon two as soon as I can… 😀

  10. Me

    Hoooooodyy bro…! ❤ This is awesome…! Simply Love it…! Kuryge ideas genesdhyfa hunna goii is the best…. Thank you…! Love you..! Me

  11. Hoody

    hehe thnkx Me…. 🙂

  12. jui

    i love you hoodyyyy…. <3 :* mi vaahaka varah kamudhey.. bt plx kalhu finifenmmaa season 2 avahah genesdhyba… plx… hoody you are the best…. MMMMMMMMWWWWWAAAAAHHHHH!!!!!!!!!!!!!!! hehehe..

  13. jui

    hooodyyy black rose season 2… avahah genes dhyba… i mean kalhu finifenmmaa… hehhehe carn’t wait.

  14. jui

    HHHHHHHHHHHHHHHHHOOOOOOOOOOOOOOOOOODDDDDDDDDDDDDDDDYYYYYYYYYYYYYYYYYYY ……………… I CARN’T WAIT

  15. suza

    Mi aslu vaes aey rugae vara ginakudhin tha hamal kuran jahunu vay nae alhu gandhuvaes kithamae dhuvahaku adhuru dhaitha gae iloshi fathee gae thadhu ihusaas kurin

  16. Athy

    Hoodyge miwaahaka ws wrh salhi .. keep it up

  17. (Naphiu (Batman

    Vara Reethi. Hama Rovijje. All the best bro and keep it up

  18. Hoody

    hehe thnkx bro…..
    BTW, tissue eh beynuntha karuna fuhen…. :p

  19. bn hfngfhngt

    ey haska ge maana bune dheebala.

  20. Meesh

    I don’t think any mother can do this type of thing to her own child…. so this is an unbeleivable story… if this is a real story… thats so sad…

  21. Ina

    Haska means rulhi

  22. Hoody

    Haskaa ge maana akee Aniyaa Or Rulhi……
    Meesh, this is a real story of my own mom…. That girl was my mom…. 🙁 And that furious women was my grandmother…..

  23. fayaa

    އޮންލައިން ވާހަކަ އަކަށް ކޮމެންޓްކުރި ފުރަތަމަ ފަހަރު .. ވަރަށްސަޅި. ކީއްވެ ސަން ގަޔާ ހަވީރުގެ ކުރުވާހަކަ ލިޔުމުގެ މުބާރާތުގަ ބައިވެރި ނުވީ ޔަގީނެ ވަނަ ލިބޭނެކަން….Keep it up bro

  24. Aikko

    hoddy Varah salhi. but then wait eh nukureveene avaha 2 ep nelabla.

  25. Hoody

    Thnkx all! Aikko, mee kuruvaahaka ekey!!!

  26. zzzz

    really a very touching nice story 🙁

  27. zzzz

    <3

  28. shaph

    OMG..mee real story ekey? Unbelieveable..and she’s your grandmom? How touching..?

  29. prrrrr

    and siyaadha is…….. ??? dhw.. n i luv the story.. n sry fr reading it late. hama hoody ge vaahakathah kiyaa hiyy v ma mi feshy thankolheh kuryge vaahaka akun.. 😉 :'( n so touching..

  30. Hahaha

    Aaachaaaaa

  31. Leeeeeeee

    asluves hageegee haadhisaa eh dhw……………………varah salhi

  32. Niha

    v v v v reethi

  33. Aarny

    i thought mii kujakah kiyaa name eh kamah… intresting

  34. shazz

    Nice

Comments are closed.