Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

ދުޢާ 2ވަނަ ބައި..

lyn
August 20, 2015
4 Mins Read
13 Comments

އަހަރެން ބިރުން ހަލާކު ވާވަރު ވިއެވެ. ކުރެވިފައިވާ ފާފަތަކުގެ ސަބަބަން ބިރުން ހަދާނެ ގޮތް ހުސްވިއެވެ. އެރޭ އަހަންނަށް ނިދުނީވެސް މަންމަމެން ކައިރީގައި ބައިތިއްބައިގެންނެވެ. ޖެހިގެން އައިދުވަހު މެންދުރު ނަމާދު ކުރި ގަޑީގައި ރޮވޭވަރުން އަހަރެންގެ ލޮލުން ކަރުނަތައް އައެވެ. ބިރުންހުރެ ނަމާދު ކުރެވެމުން ދިޔައީވެސް ވަރަށް އަވަސް ކޮށެވެ. ނަމާދަށް ހުރެ ދުއްވައި ގަނެވެން އުޅޭހެން ހީވާ ފަހަރުވެސް އައެވެ. އަހަރެނަށް ކެއްނުކުރެވިގެން ބައްޕަމެން ގާތު އެދުނީ އަހަރެން ޝެއިހް އާއި ބައްދަލު ކުރަން އެރަށަށް ދިއުމަށެވެ. އެއިރު ހަވީރު 5ޖަހައިފިއެވެ. ފަސްގަޑި ބައިގައި ލޯންޗެއް ހޯދައިގެން އަހަރެމެން އެރަށަށް ދިޔައީމެވެ.
އަހަރެންނާއި ޝެއިހް ބައްދަލުވީ އެރޭގެ މަޢުރިބު ނަމާދަށް ފަހުއެވެ. އަހަންނަށް ދިމާވެފައިވާ ކަންތައް ވަރަށް އޯގާތެރިކަމާއި އެކު އޭނާ އަޑު އެހިއެވެ. އަދި އަހަރެނަށް ކެތްތެރިވުމަށް ނަސޭހަތްދިނެވެ. އަހަރެނަށް ދިމާވެފައިވާ ކަންތަކަށް ކެތް ކުރެވޭނެ ހިތްވަރު ﷲ ދެއްވިއެވެ. އެރޭ އިޝާ ނަމާދުފަހުން އަނެއްކާވެސް އަހަންނަށް އޭނަގެ ފަރާތުން ދީނީ ކައުންސިލިން ލިބުނެވެ. 100މީހުން މަރާލާފައިވާ ތައުބާވި މީހެއްގެ ފާފަވެސް ﷲ ފުއްސެވި ވާހަކަ އާއި މާތް ﷲގެ ރަހްމަތް ވަންތަކަން ވިސްނައިދިނެވެ. އަދި އެއިލާހުގެ އޯގާވަންތަކަން ވިސްނައިދިނެވެ. އަހަންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އަހަރެން އެރޭ ނިދަން އޮށޯތީ ޝެއިހްގެ ކޮޓަރީގައެވެ. ނިދަން އޮށޯވެވުނީ ބަންޑުންނެވެ. އެއީ ގޯސްގޮތެއްކަމާއި ކަނާއަތް ފަރާތައް އަރިއަކަށް އޮވެ ނިދުމަކީ ސުންނަތް ގޮތްކަން އޭނާ ބުނެދިނެވެ. އޭގެ ފަހުން އަހަރެން ނިދަނީ އެގޮތަށެވެ.
ޖެހިގެންއައި ދުވަހު އަހަރެމެން އެބުރި ރަށަށް އައީމެވެ. އަދި ޝެއިހް ދެއްވި ޤުރުއާނުގެ އާޔަތްތަކެއް ފެނަށް ކިޔަވައިގެން ބޯން ފެށީމެވެ. އަދި ކޮންމެ ދުވަހަކު ޤުރުއާނުން ސޮފުހާއެއްގެ މިންވަރު ކިޔަވަމުން ގެންދިޔައީމެވެ. އިސާހިތަކު ދިމާވި ކަންތައްތަކަށް ރަނގަޅު ވާންފެށިއެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރަންފެށުނެވެ. އަދި ބަރާބަރަށް ހެދުނާއި ހަވީރުގެ ޒިކުރުތައް ކިޔަމުން ގެންދިޔައީމެވެ. އަދި ދީނީ ކަންކަމަށް ފަރުވާތެރިވާން ފެށީމެވެ.
ދީނީ މައުލޫމާތު ހޯދުމާއި އެކިއެކި ފޮތްތައް ބެލުމުގައި އަހަރެންގެ ވަގުތުތައް ހޭދަކުރަމުން ގެންދިޔައީމެވެ. އަހަރެންގެ ހަތާތުގެ ކަންކަން ކީރިތި ޤުރުއާނާއި ސުންނަތާއި އެއްގޮތައް ބައްޓަން ކުރެވޭތޯ މަސައްކަތް ކުރީމެވެ. ފަތިސްނަމާދަށް މިސްކިތައް ދާން ފެށީމެވެ. ފުރަތަމަ ދުވަސްކޮޅު އަހަރެންނަށް މިކަން ވަރަށް އުދަނގޫ ވިއެވެ. މިސްކިތައް ދާން ޖެހެނީ 5ވަރަކަށް މިނެޓް ހިނގާފައެވެ. އަހަރެން ހިނގަނީ މަގުގެ މެދުންނެވެ. ނިދީގެ ސަބަބުން ފާރު ކައިރިން ދާނަމަ ފާރުގައި ޖެހެން އުޅޭތީއެވެ. ނަމަވެސް ކެތްތެރިކަމާއި އެކު އަހަރެން ފަތިސްނަމާދުގެ ޖަމާއަތުގެ ދަރުމަ ހޯދަން ފެށީމެވެ. އިސާހިތަކު ފަތިހު އެންމެ ފުރަތަމަ ހޭލާ މީހަކި އަހަރެން ކަމުގައި ވިއެވެ. މަންމަ އަހަރެންނަށް ގޮވަންވާއިރަށް އަހަރެން މަންމައަށް ގޮވަމެވެ.
އެންމެހައި ރިވެތި ހަމްދު ހައްޤުވަނީ މާތް ﷲއަށެވެ. އަހަރެންގެ ނަފްސްގައި އުފާވެރިކަން އިތުރުވަމުން ދިޔައެވެ. ޤުރުއާން ކިޔަވަންފެށުމުން ވަރަށް އާދަޔާ ހިލާފްކަމެއް އަހަރެނަށް ފާހަގަވިއެވެ. އަހަރެން ހިތުދަސް ކޮއްފައިވާ ޤުރުއާނުގެ ބައެއް ސޫރަތްތައް އަހަރެން ހުރީ ހަނދާން ނެތިފައެވެ. ނަމަވެސް އަހަރެންނަށް އެސޫރަތްތައް އަލުން ދަސްނުކޮށް އެސޫރަތްތައް ހިތުން އެގެންފެށިއެވެ. އަބަދާއި އަބަދު ޤުރުއާން ކިޔެވެމުން ދިޔައެވެ. ރޭގަނޑު ނިދެނީވެސް ޤުރުއާން ކިޔަވަން އޮއްވައެވެ. އަހަރެންގެ ހަޔާތްވަނީ ރަހްމާން ވަންތަ ރަހީމް ވަންތަ އިލާހުގެ ހެޔޮ ރަހުމަތުގައި ކަމުގެ ވަރަށް މަތީ އިހްސާސެއް އަހަރެންގެ ނަފްސުގައި ވިއެވެ. ހަޤީޤަތުގައި އެއިހްސާސް މިގޮތައް ޖުމުލަތަކަކުން ބަޔާން ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އަދިވެސް އަހަރެން މާތް ﷲއަށް ހަމްދުކުރަމެވެ. އަހަރެންގެ މަންމަގެ މިންނެތް މަސައްކަތަށެވެ. އަހަރެން ބޭނުމީ ކޮންމެ މީހަކަށްވެސް އެފަދަ މަންނައެއް ލިބުމަށެވެ. އަހަރެންނަށް މާޒީގެ ކަންކަން ހަނދާނަށް އަންނަންފެށިއެވެ، އަހަރެން ކުޑައިރު މަންމަ އުފުލި ބުރައެވެ. ފަތިހު މިސްކިތުން ބަންގި ގޮވާއިރަށް މަންމަ އަހަރެންނަށް ގޮވައި ނަމާދަށް ގެންދެއެވެ. އަދި މިސްކިތުން ނަމާދުކޮށް ނިމެންވާއިރަށް މިސްކިތްދޮށަށް ބަލާއައިސް ހުރެއެވެ. އަހަރެން ހަނދާންވަނީ އެންމެ ރެއަކު މަންމައަށް ނާދުވުނު ކަމެވެ. އެރޭ މަންމަ ލަސްވުމުން މިސްކިތައް ދިޔަ ބޭބެ އަކާއި އެކު އަހަރެން ގެއަށް ދާންފެށީމެވެ. ނަމަވެސް މަގުގެ މެދާއިހަމައިން މަންމަ އާއި ދިމާވިއެވެ. ހަޤީޤަތުގައި އަހަރެންގެ މަންމަ އެއުފި ބުރަކީ ކިހައި ބޮޑު ބުރައެއްކަން އަހަރެންނަށް މިއަދު ވަޒަން ކުރެވެއެވެ. އެހެންއެއްވެސް މަޔަކު ދަރިފުޅު ފަތިސްނަމާދަށް ގެންދާތީ އަހަރެން ނުދެކެމެވެ. އަހަރެންގެ ރަށަކުން ނުދެކެމެވެ. މަންމަގެ އެމަސައްކަތުގެ އަޖުރު މިހާރުވެސް އިރާދަ ކުރެއްވިއްޔާ އެބަލިބެއެވެ.
ޖެހިގެންއައި އަހަރު ރަށުން އަހަރެންނަށް ވަގުތީ ވަޒީފާއެއް ލިބުނެވެ. ގާތްގަނޑަކަށް 6މަސް ދުވަހުގެ ސަރުކާރުގެ ވަޒީފާއެކެވެ. މާއުދަގޫ ވަޒީފާއެއް ނޫނެވެ. ވަރަށްބައިވަރު ހުސްވަގުތު ލިބެމުން ދިޔަ ވަޒީފާއެކެވެ. އެހެންކަމުން އެވަގުތުތައް އިސްލާމްދީނާއި ބެހޭ ތަފާތު ފޮތްތައް އަހަރެންނަށް ކިޔުމުގެ ފުރުސަތު ލިބުނެވެ. ވަޒީފާގެ މުއްދަތު ހަމަވުމުން އަހަރެން ވިސްނީ މާލެއަށް ކޯހެއް ހެދުމަށް ދިއުމަށެވެ. ނަމަވެސް ރޯދަމަސް ކައިރީގައި އޮތުމުން މަންމަ ބޭނުންވީ ރޯދަމަސް ނިންމާފައި ދިއުމަށެވެ. އަހަރެން ރަށުން ފުރީ އީދުގެ ދެވަނަ ދުވަހުއެވެ.
އަދި މާލެ އައުމަށްފަހު ސަރުކާރުގެ ވަޒީފާއެއް ހޯދަން ވަރަށް މަސައްކަތް ކުރީމެވެ. އެކަމަކު ލިބޭގޮތެއް ނުވިއެވެ. ނަމަވެސް އަހަރެންގެ ބޭބެއް ހުޅުމާލޭގައި ހިންގާ ފިހާރައަކުން ވަޒީފާއެއް ލިބުނެވެ. ކޮލެޖަށް އެޕްލައި ކޮއްގެން ހަދަންބޭނުންވި ކޯސް ލިބުނެވެ.. ވަޒީފާ އޮންނަނީ ހެންދުނު ނުވަޔަކުން ރޭގަނޑު ދިހައެއް ޖަހަންދެނެވެ. ހަގީގަތުގައި ވަރަށް އުދަގޫ ވަޒީފާއެކެވެ. ހުޅުމާލެއަށް ދާން ޖެހޭތީއެވެ. ފުރަތަމަ ސެމިސްޓަރގައި ކޮލެޖަށް ދާންޖެހުނީ ހަފްތާއަކު ތިންދުވަހު ކުޑަ ވަގުތު ކޮޅަކަށެވެ. އެހެންކަމުން ވަޒީފާގައި އުޅޭތަނުން އެކަމަށް ލުޔެއް ލިބުނެވެ.
އަހަރެން އެއަހަރު ދިރިއުޅެމުން ދިޔައީ ޅިޔަނު ހިފާފައިވާ ކޯޓަރިއެއްގައި އަހަރެންގެ ކޮއްކޮއާއި އެކު ތިން މީހުންނެވެ. އަހަންނަށް އެދިރިއުޅުންވީ ވަރަށް އުދަގޫ ދިރިއުޅުމަކަށެވެ. ކާން ޖެހެނީ ހޮޓަލުންނެވެ. ރޯދަމަހު ހާރުކާން ދިޔައީ އަހަރެން ދިރިއުޅެމުން ދިޔަ ގެ ކައިރީގައި ހުރި ދައްތައެއްގެ ގެއަށެވެ.އެގޭގެ 7ވަނަ ފަންގިފިލާއަށެވެ. އަންނައުނު ދޮންނަން އުޅެންޖެހުނީ އަދި އާދަޔާ ހިލާފުގޮަތަކަށެވެ. އެއްޗިހި ދާވުމުން ތިންމީހުންގެ އެއްޗިހި ފޮށިގަނޑަކަށް އަޅާފައި ފޮނުވަނީ ރަށަށެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާ ދައްތަ އެއްޗިހި ދޮވެ އިސްތިރި ކޮއްފައި ފޮނުވައިދެއެވެ. އަހަރެން ދުވަހަކުވެސް އުޅެފައި ނެތް ގޮތަކަށް އުޅެންޖެހުމުން ވަރަށް އުދަގޫވިއެވެ. އަހަރެން ކުރިން މާލޭގައި އުޅުނީވަރަށް ފަސޭހައިގައެވެ. އަދި އަހަރެންގެ ހަޔާތުގައިވެސް މިގޮތައް އުޅެންޖެހުނު ފުރަތަމަ ފަހަރު ކަމަށްވީމައެވެ. ނަމަވެސް އަހަރެންގެ ހިތާހިތުން ބުނެލެވެ. މާލެއައިސް ކިޔަވަން ފުރުސަތު ނުލިބޭ ބައިވަރު ކުދިން އުޅޭނެއެވެ. އެތައްހާސް ބައެއްގެ ތެރެއިން އަހަރެންނަށް އެފުރުސަތު ލިބުނީތީ އަހަރެން އުފާކުރީމެވެ. އަހަރެން މާތް ﷲ އަށް ޝުކުރުވެރިވީމެވެ.
ކޯހުގެ ފުރަތަމަ ސެމިސްޓަރ އަދި ދެވަނަ ސެމިސްޓައިން އަހަރެން ފާސްވިއެވެ. އެންމެ ހިތްހަމަ ޖެހޭ ނަތީޖާ ނުލިބުނު ނަމަވެސް އެންމެ މުހިއްމުވީ ފާސް ވާށެވެ. ޖެހިގެންއައި އަހަރު އަހަރެންގެ ފަނަލް ސެމިސްޓަރ ކިޔަވަން އައިސް ހުރީ ވިލިގިލީގައެވެ. ދައްތައެއްގެ ކައިރީގައެވެ. ވަރަށް ރަނގަޅަށް ކޯސް ފުރިހަމަކޮށް އަމަލީގޮތުން ހޯދަންޖެހޭ ތަމްރީނުތައް ހޯދަން އަހަރެން ޕްރައިވެޓް ކުންފުންޏަކާއި ގުޅުނީމެވެ. އެތަނުން އަހަރެންނަށް ވަޒީފާވެސް ހަމަޖެހުނެވެ. ނަމަވެސް އަހަރެންނަށް ފުރަތަމަވެސް ޖެހުނީ ރިސޯޓަކަށް ދާށެވެ. ކަންދިމާކުރިގޮތުން އަހަރެންނަށް މަސައްކަތް ކުރަންޖެހުނީ ރިސޯޓްގެ ޑައިވިން ސްކޫލްގައި ބީޗް ގައެވެ. ސަހަޜޯއެވެ. ހަމައެކަނި ދެފޮތިކޮޅުން ހަށިގަނޑުގެ ކުޑަ ތަންކޮޅެއްގައި މަލަންކޮޅެއް އަޅާބީދައިން ތަންފުކުއް ނިވާކޮއްފައިވާ ބޮޑެތި ދޮން އަންހެނުން އުޅެމުން ގެންދިޔައީ އަހަރެންގެ ކުރިމަތީގައެވެ. މުސްލިމު ފިރިހެނަކަށް އެތަނުގައި ﷲއެންގެވި ގޮތަށް އުޅޭނީ ކިހިނެއްބާވައޭ އަހަރެން ހިތައްއެރިއެވެ. ﷲ ބެލުންތަށް ތިރިކުރަންވަނީ އަންގަވާފައެވެ.ެ. އަހަރެން ހިތުން ނިޔަތްގަތީމެވެ. މާލެދާގޮތަށް އޮފީހުން ވަކިވާށެވެ.
އަހަރެންނަށް ވިސްނުނީ އެތަނުގެ މާހައުލަކީ އުޅެން އެހާ ރަނގަޅު މާހައުލެއް ނޫންކަމެވެ. އެތަނުގައި މަސައްކަތް ކުރަމުންދާ އަވައްޓެރި ގައުމުތަކުގެ އަންހެން މުވައްޒަފުންނާއި ދިވެހި މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުންތައް އެގުމުން އަހަރެން ލަދުގަތެވެ. އަދި އަހަރެންނަށް އެރަށުގައި ހޭދަވި އައްދުވަހުގެ ދަތުރު ނިންމާލުމަށްފަހު މާލެއަންނަށް ޖެޓީއަށް ދިޔަވަގުތު ފެނުނު މަންޒަރުން ލަދުން ބޯހަލާކު ނުވީކިރިޔާއެވެ. އެރިސޯޓު މިސްކިތުގައި އިމާމުވެ ނަމާދުކުރި ބަގުލަދޭޝް މުދިމު ދޮންއަންހެނުންތަކަކާއި ބާއްވަމުންދިޔަ ގުޅުން ފެނިފައެވެ.

4
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

lyn

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

އަލްމާޝް 11

Next

ދިމްޔާ (4 ވަނަ ބައި)

Next
August 20, 2015

ދިމްޔާ (4 ވަނަ ބައި)

Previews
August 20, 2015

އަލްމާޝް 11

13 Comments

  1. Aishy says:
    August 20, 2015 at 11:34 am

    varah reethi 🙂
    Thankyou lyn mihaa ibraitheri vaahaka eh genesdheythee!

  2. anth abidha says:
    August 20, 2015 at 1:17 pm

    Varah reethi

  3. Anonymous says:
    August 20, 2015 at 3:09 pm

    Thi resort than thaa vazeefaa adhaa kurimaky ehaa ragalhu kameh noon.. V hiyvarugadha meehakah faafa akah naaraa hureveyny..

  4. jana says:
    August 20, 2015 at 8:39 pm

    އަހަރެން ހިތުދަސް ކޮއްފައިވާ ޤުރުއާނުގެ ބައެއް ސޫރަތްތައް އަހަރެން ހުރީ ހަނދާން ނެތިފައެވެ. ނަމަވެސް އަހަރެންނަށް އެސޫރަތްތައް އަލުން ދަސްނުކޮށް އެސޫރަތްތައް ހިތުން އެގެންފެށިއެވެ.

    mithan kiyaafa hinithunvelevunu. ey hama alsuves vaa kameh. 🙂 Alhamdhulillah 😀 Allah thibaage masakkathugai barakaaiy lavvaashi. Ameen.

  5. Crazi says:
    August 20, 2015 at 10:20 pm

    Ameen

  6. Shax Lyn says:
    August 21, 2015 at 12:57 am

    I love this story… Keep it up….

  7. zai says:
    August 21, 2015 at 8:24 am

    V nice

  8. shafu says:
    August 21, 2015 at 1:07 pm

    Mikahala ibraitheri vaahaka eh genesdheythee liyunthriyaa ah shukuru kuran. Thiba thikuraa masaikathugai barakai lavvaashi

  9. Azu says:
    August 21, 2015 at 5:49 pm

    Masha allah v reethi vaahaka ey.

  10. aisha says:
    September 20, 2015 at 12:15 pm

    v vs reethi ibraitheri vaahakaeh…

  11. Ai says:
    August 18, 2016 at 6:04 pm

    Hageegathugai mi mujthamaugai alhugadu men beynun vany mi fadha vahakahathah.
    Namaves hithamayaky konme farathakunves beleny konmes thineskan loabyge vahaka eh liyeveytw. Adi efada vahaka eh nuliyefinama ebayakah hyvagothun vahaka akahves nuvey. Hageegathakee efadha vahaka thakuge sababun meehunge magu baeh faharu olhidhaakan.
    Eyae hilafah mi fadha vahaka thah liyunumun islam dheenae medu loabi adhagane islam dheen kiyava hihve eyah amal kuran hih jehigen dhaane.
    Veema lyn ehen meehunge negativr commens thakah nubalae thifadha vahaka thah liyumugai huhnaathi.
    Masha allah. Varah reethi. Thibage masahkathugai maiy Allah brakaiy lahvaashi. Ameen

  12. Nash says:
    December 11, 2016 at 10:11 pm

    ma sha allah varah reethi vaahaka eh

  13. rim says:
    February 8, 2017 at 10:45 am

    Gina gina in mikahala waahaka thah kiyaalan libeyne kamah ummiidhu kuran

Comments are closed.

All Right Reserved!